ހިތުގާ ފޮރުވާލަދޭށޭ 12
ލަސްލަހުން އެސްފިޔަ ޖަހަމުން ބަލަހައްޓައިގެން ހުއްޓެވެ. ދެލޯ ބޮޑުވެފައެވެ. އަދި އޭނާގެ ތުންފަތް ހަރަކާތްކޮއްލިއެވެ.
” ފަހުދު!؟ “
ދެމީހުންގެ މޫނަށް ބަލަން ހުރި ޝާނާ ރުޅިއައިސް ފުފުނެވެ. ފަހުދުގެ އަތުން ދޫކޮއްލުމަށްފަހު އޭނާ ބާރަށް ހިނގައިގަތީ ބޭރަށް ނުކުތުމަށެވެ. ފަހުދު ޝާނާއަށް ބަލާލުމަށްފަހު އަނެއްކާވެސް ޔާނާގެ މޫނަށް ބަލާލިއެވެ. ފަހުދު އަވަސް އަވަހަށް ނުކުތެވެ. އޭރު ޝާނާ ލެކިޔުޓް ދޮރުމަތީގައި ހުއްޓެވެ. ފަހުދު ފެނުމާއި އެކު އޭނާ ދެބުމައިގައި ގޮއްޖެހިއެވެ.
” ހިނގާ އެހެން ޝޮޕަކަށް؟ ” ޝާނާގެ އަތުގައި ހިފައިގެން ހުރެ ފަހުދު ބުނެލިއެވެ. ހިނަގައި ގަންނަމުން ޝާނާ ބުންޏެވެ.
” ގޮތެއްވިދޯ… ؟ ” ފަހުދު ޝާނާގެ މޫނަށް ބަލާލަމުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
” ނުވޭ! ދެން އެވާހަކަ ނުދައްކާތި ! ” ފަހުދު ރުޅި އައުމުން ޝާނާ މައިތިރި ވިއެވެ.
ޔާނާގެ މުޅި ދުވަސް ހަރާބުވީއެވެ. އެތައް ދުވަހަކަށްފަހު ފަހުދު ފެނުމުން އޭނާގެ ހިތް ބާރުބާރަށް ތެޅެއެވެ. އޭނާ ދެލޯ ފުހެލުމަށްފަހު ހަމަޖެހިލިއެވެ.
*****************
ފާހާނާއިން ނުކުތް އިރު ޝާނާ އޮތީ ނިދާފައެވެ. ސިގިރެޓެއް ހިފައިގެން އޭނާ ބެލްކަންޏަށް ނުކުމެ ޔާނާ އާއި މެދު ފިކުރު ކުރަންފެށިއެވެ. ޔާނާ އަދިވެސް މާލޭގައެވެ. ކުރިއަށްވުރެންވެސް ހާސްބައި ތަފާތެވެ. ހާދަ ރީއްޗެވެ. ކޮންމެވެސް މީހެއްގެ ހައްޤަކަށް ވާނެކަން ގައިމެވެ. އަވަސް އަވަހަށް ސިގިރެޓް ދަމާލާ ހުސްކޮއްލުމަށްފަހު ކޮޓަރިއަށްވަނެވެ. އަދި ނިދާފައި އޮތް ޝާނާ އަށް ބަލާލިއެވެ.
ފަހުދެވެ. ޝާނާއަކީ ކަލޭގެ އަނބިމީހާއެވެ. މިހާރު ވިސްނަންވީ އޭރުގެ ދިރިއުޅުމަކަށް ނޫނެވެ. ކުރިއަށް ވިސްނާށެވެ.
ފަހުދު މަޑުމަޑުން ޝާނާ ކައިރީ އޮށޯތެވެ. އަދި ނިތްމަތީ އަތްބާއްވައިގެން އޮވެ ލޯ މަރާލިއެވެ.
*************
ޑިޔުޓީ ނިންމާފައި ޔާނާ ލެކިޔުޓުން ނުކުތެވެ. ކާރެއް ލިބޭތޯ ދޮރުމަތީ ހުއްޓައި ، ކައިރއަށް އައިސް މަޑުކޮއްލީ ސައިމަންއެވެ. އެއްވެސް އެއްޗެއް ނުބުނެ އޭނާ އިނެވެ. ލަސްފިޔަވަޅު ތަކެއްގައި ގޮސް ޔާނާ ސައިމަންގެ ސައިކަލްފަހަތަށް އެރިއެވެ.
” ކިހިނެތްވަނީ ޖޮބް؟ ” މަޑުމަޑުން ސައިމަން އަހާލިއެވެ. ޔާނާ ހަނދާންވީ ފަހުދުގެ މަތިންނެވެ. ފަހުދު ފެނުނު ވަގުތެވެ.
” ރަނގަޅު.. ދެކެން ބޭނުންވެފައިވާ ސޫރައެއް އެތައް ދުވަހަކަށްފަހު ފެނުނު………… ”
ބޭއިޚްތިޔާރުގައި ޔާނާއަށް އެހެން ބުނެލެވުނެވެ.
” ފަހުދު؟ ” ސައިމަން ބުނެލިއެވެ.
” ހޫމ… ވައިފް ގޮވައިގެން………… ” ޔާނާ ސައިމަންއަށް އޮޅުވާލާކަށް ބޭނުމެއް ނުވިއެވެ.
” އަދިވެސް ދެރަވޭތަ؟ ” ސައިމަން އެއްސެވެ. ޔާނާ ދުރަށް ބަލާލަމުން މަޑުމަޑުން ބުނެލިއެވެ.
” ދެން.. ނޭނގެ.. ކޮންމެވެސް ވަރަކަށް ދެރަވޭ ކަންނޭނެގެ. އެކަމަކު އޭރު އަހަރެން އުޅެންޖެހުނު ގޮތް ހިތައް އަރާފަ ހަމަ އަސަރުކުރޭ! ” އެ ޖުމުލަ، އާއި އެކު ސައިކަލް މަޑުކޮއްލީ ގޭ ދޮރުމައްޗަށެވެ.
” އެކަމާ ދެން މިރޭ ނުވިސްނާތި! ދޭ އެތެރެއަށް.. ޕާކު ކޮއްފައި މިދަނީ……. ” ސައިމަން އޯގާތެރިކަމާއި އެކު ބުނެލިއެވެ.
***************
” ހިނގާ ބަލަ ދެން ޓެސްޓް ހަދާލަން……. މިހާރު ޕްރެގް ވިޔަސް އެނގޭނެ! ” ފަހުދު އަވަސް އަވަހަށް އެދުނެވެ. ޝާނާގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ.
” ނޫން.. އަދި ނޭނގޭނެ! ފަހުދު ދެން އުޅޭ ގޮތެއް……. ” ޝާނާ ފަހުދު އޮފީހަށް ދާ އެއްޗެހި އިސްތިރިކުރަން ހުރެ ބުނެލިއެވެ. ފަހުދު އެއްގޮތަކަށްވެސް ދުލެއް ނުކުރިއެވެ.
” ދެން ހަމަ……. ގޮތްދޫކޮއްބަލަ! ޓެސްޓް ކޮއްލެވިދާނެއެއްނު……. ކުރިން ފަހަރު ގަތް ކިޓްވެސް އެބައޮތް! ޕްލީޒް.. މިފަހަރު ވަރަށް ހީވޭ ވާނެހެން…… ” ފަހުދު ޝާނާގެ ގައިގައި ބައްދާލިއެވެ.
” ހޫމް…… ކުރެއް ނުކުރާނެ! ނުވާޏެޔޭ ބުނީމަވެސް…. ” ކުނޑިކިޔަމުން އަލަމާރި ހުޅުވުމަށްފަހު ކިޓް ހިފައިގެން އޭނާ ވަނީ ފާޚާނާއަށެވެ. ފަހުދު ހުރީ ހިތްހަމަ ނުޖެހިފައެވެ. ނުވާނެކަމެއް ޝާނާއަށް އެނގެނީ ކިހިނެތް ހެއްޔެވެ؟ ކުރިންފަހަރު ވެސް ފަހުދު އާދޭސް ކުރުމުންވެސް އޭނާ ބުނީ އެހެންނެވެ. ފާޚާނާޢިން ނުކުތުމާއި އެކު ފަހުދާއި ދިމާއަށް ކިޓް ހޫރާލުމަށްފަހު އަނެއްކާވެސް އޭނާ އެއްޗެހި އިސްތިރި ކުރަން ފެށިއެވެ. ޝާނާގެ މޫނުމަތިން ހިތާމައިގެ އަސަރުވެސް ނެތެވެ، ފުހުދު ގޮސް ޝާނާގެ އަތުގައި ހިފާ އޭނާއާއި ދިމާއަށް އަނބުރާލިއެވެ.
” ކީއްވެ ނުވާނެޔޭ ބުނީ؟ “
” ދެން …. މަ އެހެން ބުނި އެއްޗެއް ނޫން އެއީ…. އަބަދު ކިޔާތީ އެހެން ބުނީ…… ހަމަ ނުވިއެއްނު ޕްރެގެއް! ” ފޫހިގޮތަކަށް ޝާނާ އެހެންބުނެ އިސްތިރިކޮއްފައިވާ ގަމީސް ދިއްކޮއްލިއެވެ. އިތުރު އެއްޗެއް ނުބުނެ ތައްޔާރުވެލައިގެން ފަހުދު ނުކުތީ އޮފީހަށް ދާށެވެ.
ފަހުދު ދިޔަތަނާހެން ޝާނާ ފޯން ނަގާ ނަންބަރަކަށް ގުޅާލިއެވެ.
” އޭ ! ސައްޕޭ އާދޭ! އެގޮލާ ގޮސްފިއޭ! ” ޝާނާ ހިނިތުންވުމާއި އެކު ފޯން ކަނޑާލިއެވެ.
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ދޮރުގައި މީހަކު ޓަކިޖެހުމުން ސިހިފައި ޝާނާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ލޯބިވެރިޔާ ސައްޕޭއެވެ.
” އޯހ ޑާލިންގ………… ” ޝާނާ ފެނުމާއި އެކު ބަނޑުހައި ވެފައި އޮތް ކުއްތާއެއް ފަދައިން ޝާނާގެ ގަޔަށް އަރައިގަތެވެ.
” ހޫމ އިހަށް މަޑުކޮއްބަލަ! ކޮންމެ ދުވަހަކު އަހަންނަށް ދޭ ޗޮކްލެޓް ކޮބާ؟ ” ޝާނާ ސައްޕޭގެ މޫނުގައި ފިރުމާލިއެވެ. ތެދެކެވެ. ޝާނާ މާލެ އައިފަހުން ސައްޕޭ ޗޮކްލެޓެއް ނުގެންނަ އެންމެ ދުވަހެއްވެސް ނުދެއެވެ… ފަހުދުގެ އޮފީސް ގަޑީގައި އޭނާ ކުރާކަމަކީ ލޯބިވެރިޔާ ސައްޕޭ އާއި އެކު ވަގުތު ހޭދަކޮށް ނާޖާއިޒް ގުޅުންތައް ކުރިއަށް ގެންދިއުމެވެ. ފަހުދަށް އެނގޭނީ ކޯއްޗެއް ހެއްޔެވެ؟ ފަހުދުގެ ލޮލުގައި އަނދުން އެޅުވުން ނޫންކަމެއް ޝާނާ ނުކުރެއެވެ.
” އޫޕްސް ސްވީޓީ……… ހަނދާން ނެތުނީ….” ޝާނާގެ ތުންފަތުގައި ކޮއްޓާލަމުން ސައްޕޭ ބުނެލިއެވެ. ސައްޕޭގެ އަތް ފޮޅުވާލަމުން ޝާނާ ތުންދަމާލިއެވެ.
” ފާޑެއްގެ ރާއްޖެތެރޭ ރަށްގަނޑެއްގަ އުޅެއުޅެފަ ސަލާމަތުން މި އާދެވުނީ ކިރިޔާ! އެވަރުންވެސް……….. ” ޝާނާގެ ޖުމުލަ ހުއްޓުވަލީ މަސްތުވެގެން ގޮސް ހަލާކުވަމުންދާ ސައްޕޭއެވެ.
” ދެން. މާ ވާހަކަ ދިގުނުކޮށް އައިސްބަލަ! ” ސައޕޭގެ ބޮލުގައި ޖަހާލަމުން ޝާނާ ހޭންފެށިއެވެ.
” ޕްރެގް ވާނެކަމަށް އެމީހާ ހާދަވަރަކަށް އެބައުޅެޔޭ! ވަރަށް ފޫހިވޭ! ” ޝާނާ ތުއިވިއެވެ.
” ޕްރެގޭ! ނެވަރ ދޯ ދޫނީ………. ” ސައްޕޭ ޝާނާގެ ގައިގައި އޮޅުލައިގަތެވެ. ޝާނާގެ ހުނުމުގެ އަޑުން ކޮޓަރިވެސް ހީވަނީ ބިރުގަނެފައިވާހެނެވެ
ދުވަސްތައް މާޒީވަމުން ދާވަރަކަށް ފަހުދުގެ ޙަޔާތުގެ ބޯ ފޮތުން ސަފްޙާއެއް އެއްލެއެވެ. ޙަޔާތުގެ އަނދިރިކަން ފަހުދަށް އިޙްސާސްވާން ފަށައިފިއެވެ. ދިރިއުޅުން ފެންނަން ފަށައިފިއެވެ. ހިތްހަމަ ޖެހުމެއް ނޫނެވެ. ބޯ ހާސްވުމެވެ. އުފަލެއް ނޫނެވެ. ނުތަނަވަސްކަމެވެ. އަރާމެއް ނޫނެވެ. އަނިޔާއެވެ. ދުވަހެއް ދުވަހަކަށް ޝާނާ އަންނަނީ ބަދަލުވަމުންނެވެ. ބޭރަށް ދާންފެށިއެވެ. ފަހުދު ގެއަށް އަޔަސް ޝާނާއަށް އިންތިޒާރުކުރަންޖެހުން އިތުރުވާން ފެށިއެވެ.
ހަވީރެވެ. ފަހުދު ހުރީ ބެލްކަނީގައެވެ. ކޮޓަރި ދޮރުގައި ޓަކި ދިން އަޑަށް ދޮރުހުޅުވި އިރު ޝާނާއެވެ. ފަހުދު ފުރަތަމަ ފަހަރަށް ޝާނާދެކެ ރުޅިއައެވެ.
” އަހަރެން އޮފީހުން ދާއިރަށް ގެއިން ނުކުންނަ މީހާ އަދިކިރިޔާ ދޯ ތި ވަދެވެނީ ގެއަށް…. ” ފަހުދުގެ އަޑުގައި ހުރި ހަރުކަށިކަމުން ޝާނާވެސް ހަޑު ހަރުކޮއްލިއެވެ.
” ގުރާގަނޑެއްހެން ބަންދުވެފަ މި ކޮޓަރިގަނޑު ތެރޭގަ މަށަކަށް ނީންދެވޭނެ! ” ޝާނާ ދަބަސް އެނދުމައްޗަށް ހޫރާލަމުން ފަހުދަށް ފުރަގަސް ދިނެވެ.
” ވާ! ކިހާ ރީތި! ބަލަ މިއީ ޝާނާގެ ރަށޭ! ކޮބާ ޝާނާގެ ބޮޑުގެ! ބައްޕަގެ މުއްސަނދިކަން…. އެމީހުންގެ ހިތުގަ ކިރިޔާވެސް ރަހުމެއް ހުރިނަމަ މިޔަދު ޝާނާގެ ފިރިމީހާއަކަށް ނުޖެހޭނެ މިގޮތަށް އުޅޭކަށެއް! ” ފަހުދު ހުރީ ވަރަށް ރުޅިއައިސްފައެވެ. ގަމީހުގެ ގޮށްތައް ނެއްޓުމަށްފަހު އެނދުމައްޗަށް ގަމީސް ހޫރާލައި އެނދުގައި އިށީނެވެ. ބޯ ހާސްވެގެންނެވެ.
” ތިހެން ތިވާހަކަ ދައްކާކަށް ނުޖެހޭނެ! އެނގެ އެއްނު އެއީ މަގޭ ދޮންބައްޕަ ކަން… މަ މީހަކާ އިންނަން ވަންދެން އޭނަ މަ ބެލެހެއްޓިކަންވެސް ރަނގަޅު.. ދެން މަ ބޭނުން ގޮތަކަށް މަ ގެންގުޅެންޖެހޭނީ ފަހުދެއް ނޫންތަ؟ “
” އެނގޭ ތިކަން… އެކަމަކު މަގޭ ފެންވަރު ހުރި ވަރަކުން އެހެންވާނީ…. ނެތް ފެންވަރެއް ދައްކައިގެން އަހަރެން ކިހިނެތް ދިރި އުޅޭނީ؟ ” ފަހުދު އަސަރާއި އެކު ސުވާލުކުރިއެވެ. ޝާނާ އެނދުމައްޗަށް ޖެހިގަނެ ބާލީސް މޫނުގައި އަޅައިގެން އޮތެވެ. ފަހުދު ސިގިރެޓެއް ހިފައިގެން އަނެއްކާވެސް ބެލްކަންޏަށް ނުކުތެވެ.
ވިސްނާލެވުނީ ޔާނާ އާއި އެކު އުޅުނު އުފާވެރި ދިރިއުޅުމާއި މެދުގައެވެ. ހިޔާލުތަފާތު ވާ ކަންކަމުގައިވެސް ފަހުދު ބޭނުން ގޮތަކަށް ކަންކުރުމަށް ޔާނާ އަބަދުވެސް އެދެއެވެ. އެއްޗެއް ހޯދައި ނުދެވިގެން ޝަކުވާއެއް ނުކުރެއެވެ.ދުވަހަކުވެސް ޒުވާބެއް ނުކުރެއެވެ. އޭނާއަށް މައްޗަށް ބަލާލެވުނެވެ. ދުންގަނޑު ދޫކޮއްލަމުންނެވެ.
****************************
ނޫރީން އާއި ޝާހުގެ ވެޑިންގ އަށް ދިޔުމަށް ދަޢުވަތު ލިބުމުން ލިޔުޝާ ފާޑަކަށް ތުންފިއްތާލިއެވެ.
” ޖޭ ވީތަ؟ ” ޔާނާ ހީލަމުން އެހިއެވެ. ލިޔުޝާ އޭރު ދަބަސް އަޅުވައިގެން ނުކުންނަނީއެވެ. ޑިޔުޓީއަށް ދާށެވެ. ޔާނާ އޭނާގެ މޫނުގައި އުފާވެރިކަމުގެ ކުލަތައް ޖައްސާފައި ވެއެވެ. ބޭބެ އެއްފަދަ ޝާހުއަށް އުފާވެރި ދިރިއުޅު މަކަށް އެދެމުންނެވެ.
” ނޫން…… މަ ޖޭ އެއް ނުވެ.. މާ ލޯބި ބިޓެއް ލިބިއްޖެ! ” ހެމުން ހެމުން ލިޔުޝާ ނުކުތެވެ. ޔާނާ އެ ކާޑް ސިޓިންރޫމް މޭޒުމަތީގައި ބޭއްވުމަށްފަހު ބަދިގެއަށްވަނެވެ. ކާންހެދުމަށެވެ. މޭޒުމަތި ތައްޔާރުކޮއްލުމަށްފަހު ފެންވަރާލަން ދިއުމަށް ހިނގައިގަތްވަގުތު ސޯފާގައި އިން ސައިމަން ފެނުމުން ޔާނާއަށް ހިނިތުން ވެލެވުނެވެ.
” ކާންވީނު… ” ޔާނާގެ ސުވާލަށް ޖަވާބެއް ނުދީ ސައިމަން އިނެވެ. ޓީވީއަށް ގެއްލި ހުސްވެފައެވެ. އަރސެނަލް އާއި ބާސާގެ ވަރުގަދަ މެޗެއް ބެލުމަށެވެ.
” ސައިމަން! ” ޔާނާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
” އެނ…” ސައިމަންއަށް ޔާނާ ފެނުމުން ހީލިއެވެ. އަދި ޓީވީ ނިއްވާލުމަށްފަހު ކޮޅަށްތެދުވިއެވެ.
” ކާން……….. ” ޔާނާ ބުނެލިއެވެ.
” ކާން؟ ދޭބަލަ! އަތް ނެތީތަ؟ ” ކުޑަކޮށް ހީލަމުން ސައިމަން ހިންގައިގަތެވެ. ޔާނާއަށްވެސް ހެވުނެވެ.
” ނޫން… ސައިމަން އަށް ކާންހަދާފަ! ” ޔާނާ ރަކިވެފައި ހުރެ ބުނުމުން ސައިމަން ހުއްޓުނެވެ.
” މިދަނީ ފެންވަރާލައިގެން……… ” ސައިމަން ކޮޓަރިއަށް ވަނުމުން ޔާނާވެސް ފެންވަރަން ދިޔައެވެ.
އަވަސް އަވަސް ކޮއްލައިގެން ނުކުތް އިރު ސައިމަން ކައިގެން ނުކުންނަނީއެވެ.
” އަހަންނަށް ވަންދެން މަޑުވެސް ކޮއްނުލާ! ” ބޭ އިހްތިޔާރުގައި ޔާނާއަށް ބުނެލެވުނެވެ.
ސައިމަން ކުރިއަށް އެޅި ފިޔަވަޅު ފަހަތަށް އަޅާ ޔާނާގެ ކުރިމަތީގައި ހުއްޓުނެވެ.
” މަޑުކުރާށޭ ބުނިންތަ؟ ނުބުނަމެއްނު……. ބުނިނަމަ އަހަރެން މަޑުކުރީމުސް…. ޔާނާ ބުނަންދެން… ކިތަންމެ އިރެއްވިޔަސް… އެއްވެސް ފަރުވާލެއްނެތް……. “
ސައިމަންއަށްވެސް އިހްތިޔާރުން ބޭރުވެވުނެވެ. ސައިމަންއަށް ބުނެވުނު އެއްޗަކާއި މެދު ވިސްނާލެވުނީ ޔާނާގެ ލަދުރަކި މޫނަށް ވީގޮތް ފެނުމުންނެވެ. ސައިމަން ހަޤީޤަތުގައިވެސް ރަކިވެއްޖެއެވެ. ފާޑަކަށް ހުރުމަށްފަހު އޭނާ ބޭރަށް ނުކުތެވެ. ސައިމަން ނުކުންނަންދެން ޔާނާ ބަލަން ހުއްޓެވެ.
************
ފަހުދަށް ހޭލެވުނު އިރު ގަޑިޖެހިއްޖެއެވެ. ޝާނާ އޮތީ ނިދާފައެވެ. އަވަސް އަވަސް ކޮއްލައިގެން ފަހުދު ނުކުތެވެ. އޭނާގެ ހިތައް މިޔަދު ވަރަށް އަސަރު ކޮއްފިއެވެ. ދުވަހަކުވެސް ގަޑިޖެހިފައިނުވާ ފަހުދު މިޔަދު އޮފީހަށް ދާންޖެހުނީ ގަޑިޖެހިގެންނެވެ. ފަހުދު ފެނުމާއި އެކު އާމިރު ސުވާލުކުރިއެވެ.
” ކަލޭ ކިހިނެތްތަ ތި ހަދަނީ؟ މިހާރު މީހާއަށް ތި އަންނަ ބަދަލުތަކުން އަހަރެންނަށް ހީވަނީ ދިރިއުޅުމުގައި މައްސަލަތަކެއް އުޅޭހެން…… ” ފަހުދު ޝާނާގެ އެއްވެސް ކަމެއް އާމިރުއާއި މިހާރު ހިއްސާއެއް ނުކުރެއެވެ. ކޮޅުން ނުލާނެތީއެވެ. ފަހުދު ހީލަމުން ބުނެލިއެވެ.
” އަބަދަކު އެއްގޮތެއް ނުވާނެއެއްނު…. ” ފަހުދު އަޅާނުލުމުން އާމިރު ކޮނޑު އަރުވާލިއެވެ. އާމިރު މެންނާވެސް ވާހަކަ ދައްކާ ހަދަނީ ވަރަށް މަދުންނެވެ. އޮފީސް ނިންމާފައި ކޮފީއަށް ދިޔުންވެސް ހުއްޓިއްޖެއެވެ. އާމިރު ބޭނުންވީ އިތުރަށް ކަންކަން އޮޅުންފިލުވާށެވެ.
” ކޮންމެވެސް ކަމެއް ގޯސްވާކަން އެނގިއްޖެ! އަހަންނަށް ސިއްރު ކުރަނީތަ؟ އަނބިމީހާ އައި ފަހުން އައިސްގެން އުޅޭ ބަދަލެއް ހެން ހީވޭ! ” އާމިރު ފަހުދު ކައިރީ އިށީނެވެ. އޭރު ފަހުދުގެ ވާތްފަރާތުގައި ރާޒީ އިނެވެ.
” އަނބީމީހާ އައީމަ ދެން ގެއަށް ދާނެއްނު އަބަދު.. އާމިރު ކަލޭ މީހުންނާ އިނދެގެން އުޅޭ އިރުވެސް އެވަރު ނޭންގެ.. މަ މާ މޮޅެއްނު! ” ރާޒީ މަޖާވެލާފައި އެހެން ބުނުމުން އާމިރު ހޭންފެށިއެވެ. ނަމަވެސް ފަހުދު ހިތްހަމަ ނުޖެހޭފަދަ ގޮތަކަށް ބަލާލުމަށްފަހު ހިނގައިގަތީ ދޮރާއި ދިމާއަށެވެ.
” ފަހުދު ވަރަށް ބަދަލުވެއްޖެ! އަހަންނާ މިހާ ގާތުގަ އިންނަ އިރުވެސް ވާހަކަވެސް ނުދައްކާ! ” ރާޒީ ދޮރާއި ދިމާއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އާމިރުވެސް ބޯޖަހާލިއެވެ.
************
ބޯގަނވިލާމަލެއްފަދައިން ޒީނަތްތެރިވެގެން މާމެލާމެލީގެ ސެންޓުން ވަސްމީރުކޮއްގެން ހަތަރެސް ފައިގައި ގަހަނާއަޅާ ޖަރީވެގެން އެކިއެކި މޭކަޕުން މޫނު ނަލަކޮށްގެން ޝާނާ ހުރީ ބެލްކަނީގައެވެ. އޭނާގެ ލޯބިވެރިޔާ ސައްޕޭގެ އިންތިޒާރުގައެވެ. ތިރިއަށް ބަލަހައްޓައިގެންނެވެ. ސައްޕޭގެ ޕަލްސާ ދޮރުމައްޗަށް މަޑުކޮއްލިކަން އެނގުމުން ޝާނާ އަވަސް އަވަހަށް ދޮރު ތަޅުހުޅުވުމަށްފަހު އެނދުގައި އިށީނެވެ. އަދި ލައިފައިވާ ދިގު ދިގު ހެދުމުގެ ފަސްބައި ކަހާލުމަށްފަހު ފަލަމަސްގަނޑުން ބޮޑުބައެއް ހާމައަށް ދައްކާލިއެވެ. އަދި ފަލަމަސްގަނޑުމަތީ އަތްބާއްވާލައިގެން އެއްފައި މައްޗަށް އަނެއްފައި ލައިގެން އިނެވެ.
ދޮރު ހުޅުވާލުމާއި އެކު ޝާނާއަށް ކޮޅަށް ތެދުވެވުނެވެ. މޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. ހިތް ނުތަނަވެސްވިއެވެ. ބިރުގަތެވެ. ތުރުތުރު އަޅައިގަތެވެ. ދޮރުމަތީގައި ހުރީ ފަހުދެވެ. ފަހުދު ކޮޓަރިއަށް ވަދެ ނުސީދާ ގޮތަކަށް ބަލަމުން ޝާނާއާއި ދިމާއަށް އަންނަން ފެށިއެވެ. ޝާނާއަށް ފަހަތަށް ޖެހިލެވުނު ނަމަވެސް އަވަސް އަވަހަށް މޫނުމަތީގެ ނުތަނަވަސްކަން ފިލުވާލަމުން ހިނިތުންވެލަމުން ފަހުދާއި ގާތްވެލިއެވެ. ފަހުދު ފުން ނަޒަރަކުން ޝާނާއަށް ބަލާލިއެވެ.
” ސޮރީ ލޯބި! އަހަންނަށްވެސް ހޭނުލެވުނީ….. އެހެންވެ ލޯބިގެ އިންތިޒާރުގަ މިހުރީ……… ” ޝާނާ ފަހުދުގެ މޭގައި ބޯއަޅާލިއެވެ.
” އެކަމަކު… ކިހިނެތް….. މިގަޑީގަ އަންނާނެކަން އެނގުނީ؟ އެހެންޏާ އަންނަނީ މެންދުރެއްނު… ތިހާ ވަރަށް ރީތިވެގެން ތިހުރީ ކީއްވެ؟ ކޮންހެދުމެއްތިއީ؟ . ” ފަހުދުގެ ސުވާލުތަކުން ޝާނާ މޫނު ކުނިކޮއްލިއެވެ. އަދި ހިނިތުންވެލަމުން ފަހުދަށް ބަލާލިއެވެ.
” މިއީ ރޭގަ އަހަރެން ފަހުދަށްޓަކައި ގަތް ހެދުމެއް….. މިހެދުން ލައިގެން އިންތިޒާރުގަ އިންނަން ބޭނުންވީ…….. އޭރުން ލޯބިވާ ވަރު ބަޔާން ކުރެވިދާނެ! ދެން……. ޝްޝްޝް….. ” ޝާނާ ފަހުދުގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އެނދުގައި އިށީނެވެ. ފަހުދުވެސް އާވާރާވެފައިވާ ފަދަ ގޮތަކަށް ޝާނާގެ ދަލުގައި އަޅުވެތިވެއްޖެއެވެ. ޝާނާ ބޭނުންވީ އިތުރު ސުވާލެއް އަމާޒުވުމުގެ ކުރިން ފަހުދު ބަނދެލާށެވެ. ޝާނާގެ މަކަރުގަދަ ރޭވުމުގައި ފަހުދު ހައްޔަރުވިއެވެ.
އޮފީހަށްދާން ތައްޔާރު ވެލުމަށްފަހު ފަހުދު ބަލާލީ އެނދުމަތީގައި އޮތް ޝާނާއަށެވެ. ހިނިތުންވެލަމުންނެވެ. އަތުގައި ގަޑި އެޅުމަށްފަހު ބުނެލިއެވެ.
” އަހަރެން އުފާކޮއްދިނުމަށްޓަކައި ތިޔަފަދަ ބޮޑު ތައްޔާރީޢެއް ވުމުން ވަރަށް އުފާވެއްޖެ! ދެން ދަނީ…. ” ލުއި ހިނިތުން ވުމެއްގައި ހުރެ ފަހުދު ނުކުތެވެ. ޝާނާގެ ގައިމަތީ އަޅާފައި އޮތް ބެޑްޝީޓް ގައިގައި އޮޅާލުމަށްފަހު ގޮސް ދޮރުތަޅުލިއެވެ. އަދި ދޮރުގައި ލެނގިލުމަށްފަހު ރުޅިގަދަވެގެން ދެލޯމަރާ ފިއްތާލިއެވެ.
ފޯންވެސް ރިންގް ވީ އެވަގުތެވެ. ހާސްހިތަކާއި އެކު ފޯންނެގުމުން ސައްޕޭ ބުނެލިއެވެ.
” ކިރިޔާ ސަލާމަތްވީ! ސައިކް މަޑުކުރިވަގުތު ކަލާގެ ރަސްގެފާނު ދޮރާށިން ވަންނަތަން ފެނުނީ…… އަވަހަށް މަ ނައްޓާލީ… ކޮބާ ކިހިނެތްވީ؟ “
” ސައްޕޭ!! އަހަރެން ސައްޕޭއަށްޓަކައި އެހާ ރީތިވެގެން ހުއްޓަ އޭނަ އައީމަ އަހަރެން ހަދާނެ ގޮތް ހުސްވެގެން މަޅިއެއް ޖެއްސިން! ” ޝާނާ އެނދުގައި އިށީނެވެ.
” އެކަމަކު…. އަހަރެން ބުނީމެއްނު ދެން އޭނަ އާއި ގާތް ނުވައްޗޭ ގިނަގިނައިން…. އޯކޭ! ސަލާމަތް ވެއްޖެދޯ! އެކަމަކު ބުނަން… މާދަމާ ހަމަ އެގޮތަށް ތައްޔާރުވެގެން ހުންނާތި! އަހަރެން ގަނެދިން ޕިންކް ޑްރެސްގަ!.. މިހާރުވެސް ހުރެވެނީކީ ނޫން…….. ” ސައްޕޭ ވައި އަޑަކުން ބުންޏެވެ، ޝާނާ ހިނިތުންވެލިއެވެ.
” އެކަމަކު…… އޭނަ އައްޔާ ޔޯ؟ މިޔަދުވެސް އެ އައީނު…… ” ޝާނާ ގެ ޖުމުލައަށް ސައްޕޭ ފަރުވާލެއް ނުބަހައްޓައެވެ.
” އޭނަ އައްޔާ ދެން ރަނގަޅީ! މިހާރު ޔޫ ބޭނުންވާ ބަދަލުވެސް ހިފިއްޖެ އެއްނު! އޭނައަށް ބިކަ ޙާލު ޖައްސަނީނުތި! ” ސައްޕޭގެ އަޑުން ޝާނާ ދެލޯބޮޑުކޮއްލިއެވެ.
” ޗި! އަދި މިއީ ކުޑަ މިންވަރެއް! ދުނިޔެ ދައްކާލާނަން! މައިދައިތަ ފިތާލާފަ މަ އައީ.. ދެން ފިތާލާނީ ފަހުދު… ” ޝާނާ ގެ މޫނުމަތިން ރުޅިވެރިކަން ފެނެއެވެ. ނަފްރަތެވެ. ބަދަލުހިފުމުގެ ރޫހެވެ.
****************
ލިޔުޝާގެ ޑިޔުޓީ ގަޑިވުމުން ޝާހުގެ ވެޑިންއަށް ސައިމަން އާއި އެކު ދިޔުމަށް، ސައިމަންގެ އިންތިޒާރުގައެވެ، އޭނާއާޢި އެކު ދިޔުމަށެވެ. ސައިމަން ކޮޓަރިން ނުކުތްވަގުތު ޔާނާ ފެނި އޭނާ ހުއްޓުނެވެ.
ޔާނާ ލައިފައިވަނީ ރީތި ހެދުމެކެވެ. ކަޅުކުލައިގެ މަހުމާ ހެދުމެކެވެ. ފައިތިލަ އާއި ހަމައަށް ދިގުވި ނަމަވެސް މުޅިހަށިގަނޑުގެ ބައްޓަން ފާޅުވެއެވެ. އިސްތަށިގަނޑުވަނީ ރީތިގޮތަކަށް ހަދާފައެވެ. އެހެންކަމުން ހެދުމުގެ ކަރު ބޮޑުކަމުން ބުރަކަށިން ބޮޑުބައެއް ހާމައަށް ފެނެއެވެ. އަދި އޭނާގެ ދޮން އޮމާން މޭމަތިން ދަޅައަރަމުންދާ ފަދައެވެ. ކަންފަތުގައި ލައިފައިވާ އިއަރ ރިންގް ކޮނޑާއި ހަމައަށް ފައިބައިފާ ވާއިރު ތުންފަތުގައި ޖައްސާފައިވާ ލޭރަތްކުލައިން ޔާނާގެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.. އޭނާއަށް ޤުދުރަތުން ދެއްވާފައިވާ ރީތިކަން ފާޅުކޮށް ދައްކާލި ފުރަތަމަ ރެއަކީ މިއީއެވެ. އެ ނަސީބު އެލިބުނީ ސައިމަންއަށްކަން ގައިމެވެ.
ސައިމަން އާއި ދިމާއަށް ޔާނާ ހިނގައިގަތެވެ. އެ ހިނިތުންވުމުން ލޯބި ލޯބި މޫނު ރަތްވެގެން ދެއެވެ.ސައިމަން ހުރީ ރަނގަޅަށްވެސް ގެއްލިފައެވެ. ޔާނާ އެގޮތަށް މީހުންގެ ތެރެއަށް ގެންދިޔުމަށް ހިތެއް ނުރުހުނެވެ. ހިތް ހަސަދަވެރިވިއެވެ.
” ހިނގާ ދަމާ…. “
ޔާނާ އެހެން ބުނެ ދޮރާއި ދިމާއަށް ހިނގައިގަތެވެ. ސައިމަންއަށް ފެނުނީ ޔާނާގެ އޮމާން ދޮން ބުރަކަށިން ބައެކެވެ. އޭނާއަށް ފަހަތުން ހިނގައިގަނެވުނެވެ. ޔާނާ މަޑުމަޑުން ކުރިއަށް ދެއެވެ. ސައިމަން ޔާނާގެ ފަހަތުން ދެއެވެ. އޭނާގެ ހިތުގައި ޔާނާއަށް ޓަކައި ހުސްކުރެވުނު ޚާއްސަ މަޤާމް ފުޅާވެގެން ދިޔައެވެ. ނޭނގުމެއްގެ ތެރޭގައި ނަމަވެސް ސައިމަންގެ ހިތުގެ ރާނީއަކަށް ޔާނާ ވެއްޖެއެވެ. މީގެ ކުރިން ޔާނާއާއި މެދު ކުރެވުނު ޚިޔާލްތަކުގައި ކުލަޖެހެން ފެށިއެވެ.
ދޮރުހުޅުވުމަށްޓަކައި ތަޅުގައި ޔާނާ ހިފި ވަގުތު ޔާނާގެ އަނެއް އަތުގައި ހިފާ ސައިމަން އާއި ގާތަށް ދަމައިގަތެވެ. ސައިމަންގެ އަތްމަތީގައި ޔާނާ އޮތެވެ. ސައިމަންގެ މޫނު ޔާނާގެ މޫނާއި ދާދި ކައިރި ކޮއްލިއެވެ. ދެމީހުންގެ ލޯ އަމާޒުވިއެވެ. ޔާނާ ސައިމަންގެ ލޯތެރެއަށް ފީނައިގަތެވެ. އެލޮލުން ފެންނަނީ ކޯއްޗެއްހެއްޔެވެ؟ ލޯތްބެވެ. ކާކަށް ޓަކައި ހެއްޔެވެ؟ ޔާނާއަށް ޓަކައި ހެއްޔެވެ؟ އާނއެކެވެ. ޔަޤީނެވެ.
ޔާނާގެ ލޮލުން ސައިމަންއަށް ފެންނަނީ ކޯއްޗެއް ހެއްޔެވެ؟ ލަދުރަކި ކަމެވެ. އެދޭވަރެވެ. ކޮންމެވެސް ލޯތަބަކަށް ފެންބޮވައިގަނެފައިވާ ކަމެވެ. މިކަހަލަ އަތެއްގެ ހިމާޔަތް ބޭނުންވާކަމެވެ. މިއަތްދަށުން ދުރުވާން ބޭނުންނުވާކަމެވެ. އަބަދުވެސް ސައިމަންގެ ހިތުގައި ފޮރުވާލަދޭށޭ ބުނާފަދަ ގޮތަކަށް ޔާނާގެ ނަޒަރު ހުރުމުން ސައިމަންގެ ހިތް ބުނާކަހަލައެވެ.
މިހިތަކަށް ނެތޭ އަރާމެއް ހިލާ
މާޔޫސްވާނީ ކަލާޔާ ނުލާ
މަގޭ ޙާލަކީ މިއޭ ނޭނގުނަސް
ދާކަށް ނެތޭ ހަނދާނުން ފިލާ
މިވާގޮތް ނޭނގޭ
ދޫވެސް އޮޅޭ…………….
ޔާނާ މަޑުމަޑުން ތެޅިލިއެވެ. ސައިމަން ސިހިފައި ޔާނާގެ ގައިން ދޫކޮއްލިއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ފުރަގަސްދިނެވެ. ދެމީހުންގެ ހިތް ބުނަނީ ކީކޭ ކަމެއް އެކަކަށްވެސް ނޭނގެއެވެ. ލަދުރަކި ފަރުދާއެއްގެ ދަށަށް ވަދެ ފިލަން ބޭނުންވެފައިވާ ޔާނާ ފަސް އެނބުރި ބަލާލި އިރު ސައިމަންހުރީ ދާދި ގާތުގައެވެ. ޔާނާ ލަދުން ދުއްވައިގަތީ ކޮޓަރިއަށެވެ. ޖީބަށް އަތްޖަހާލުމަށްފަހު ސައިމަން ހިނިތުންވުމެއްގައި ހުއްޓެވެ. ކޮންމެވެސް މިންވަރަކަށް ނަމަވެސް އޭނާގެ ހިތުގެ ޙާލު ޔާނާއަށް ބަޔާންކޮއްދެވިއްޖެޔޭ ހީކުރެވުނެވެ.
ޔާނާ ކޮޓަރިއަށް ވަދެ ދޮރުގައި ތަތްވިއެވެ. އޭރުވެސް މާނޭވާ ލެވެއެވެ. ހިތް ބާރު ބާރަށް ތެޅެއެވެ. މީހާ ހުރީ ފިނިވެފައެވެ. އެއީ ސައިމަން ބާވައެވެ. ؟ ޔާނާގެ އަތުގައި ހިފީ ހަމަ ސައިމަން ބާވައެވެ؟ ޔާނާގެ ހިތް އުފާވެފައިވާކަން އޭނާއަށް އެނގެއެވެ. ހިތައް ހަމަޖެހުމެއް ލިބިފައިވާކަންވެސް އެނގެއެވެ. މަޑުމަޑުން އޭނާ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ލޮލުން ކަރުނަ އައިސްވާކަމެއް އޭނާއަކަށް ކުރިއަކުން ނޭނގެއެވެ. ފޮހެލުމަށްފަހު ޔާނާ ހީލިއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ހިތައް ދިރުން ލިބުނެވެ. އުފަލުން ހެވުނެވެ. އޭނާގެ ހިތުގައި ސައިމަން އާއި މެދު ޚާޢްސަ ގޮތެއް އުފެދިއްޖެކަން އިހްސާސް ކުރެވިއްޖެއެވެ. ޔާނާއަށް ޤަބޫލުކުރަން ދަތިވެފައި ހުރެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Ebbai miss vefa ennu miothy salaa! :/ part 11 miss veha
yeah… aslu vee gothakee.. me liyefa onnaany vaahaka ekkoh.. dhen publish kuraa varun highlight kuramun dhany. reyga 11th gennan vegen 11th part ah vaa varah highlight kollin.. bt net slow kamun upload vaa gotheh nuvi.. ehenve dhen save koffa e in gothah file close kollevuny.. dhen miadhu handhaan neh 11th nugenevey kameh.. heekuree genai kamah file fenifa.. so 12 jahaafa next part genevuny.. sorrrrrrry vvvv sorrryy….. but mihaaru mistake OK kofffin.. 🙂
Wow v v v nice ingey salaa v molhu vaahaka liyun
wooooooooow vvvvvvvvv nice mi partves.fahudhu ah shanaa ge goyy falhaa aruvaala eyrun maareethi vaane….keep it up waiting 4 the next part
vvvvvvv habeys!!!!!!!!!!!!!! :p
salaa pic ga in boy kujja v salhi..miharu na ge dream thkun ves fennane hama eyna……love this story…….and love you…..waiting for next part….
story thankolhe avaha upload kodhybaa salaaaa plxxx 🙂 vvvv rythi mi part ves
ALHEY AWAS KOH UP KOHDHYBA . ABDHU INTIXAARU KUREVENY EY
Mibai
V
VV
VVV
VVVV
VVVVV
Reethi
Keep it up
Saabahey Salaa
Always
Lovely manaal
My lovely princess salaa
story thankolhe avaha upload kodhechey without a break 🙂 vvvv rythi mi part
Aneh part upload kohdhyba. Plx
My princess.. Kobai anehbai?? Salaa thankolheh avahah up kuraathi inge. Eyrun kudhinge faraathun hiyvaru libeyny Inge ok bye
salaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa kobaa 13 vana bai soooooooooooooooooooooooooon