Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގާ ފޮރުވާލަދޭށޭ 11 ވަނަ ބައި

Salaa Level 210 Stories100 Comments
February 27, 2014 7 Mins Read
4 Comments

ނާސިހާ ބޭރަށް ހިނގައިގަތުމާއި އެކު ހުއްޓުނެވެ. އޭނާގެ މޫނުމަތިން ހާސްކަން ފެނުނެވެ. ނާސިހާގެ އަތް ފޮޅުވާލުމަށްފަހު ޖަމީލާވެސް ހުއްޓުނެވެ. ޝާނާ ބޭރަށް ބޯދިއްކޮއްލިއެވެ. އޭނާ އިންތިޒާރު ކުރި ވަގުތު އައިސް ޖެހުނީއެވެ. ފަހުދު މިޔަދު އަންނަކަން އޭނާއަށް އެނގެއެވެ.   ދޮރާށި ހުޅުވާފައި އެހެރަ އަންނަނީ ފަހުދެވެ. ޝާނާ ދުވެފައި ގޮސް ފަހުދު ގައިގައި އޮޅުލައިގަތެވެ. އަދި ރޮމުން ރޮމުން ކުޓުވަން ފެށިއެވެ.

“އަހަރެން ބުނީމެއްނު… މަންމަގެ ކަންކަން ހުރި ނެތް ގޮތް ބަލަން އަންނާށޭ.. މީހުން ގޮވައިގެން އައިސް އަހަރެން ކަމެއް ނުކުރެޔޯ ކިޔާފަ ދައްކަނީ.. ފަހުދުއަށް އިނގެއެއްނު އަހަރެން ބޮލުގަ ރިއްސާތީ ނުތެދުވެވުނީކަން… އެންމެ ފަހުން އެދަނީ މިގެ ދޫކޮއްފަ ދާން… “

ފަހުދު އާދޭހުގެ ރާގަކަށް ވާހަކަދައްކަން ފެށިއެވެ.

” މަންމާ! އަހަރެން ދިރިއުޅުމެއް އުޅުނަދީބަލަ! އަހަރެންގެ އަނބިމީހާއަށް ރަނގަޅަށް ކަންތައް ކޮއްދީބަލަ! އަހރެން މިއައީ ބޯ ހާސްވެގެން.. މަންމަ ޝާނާއާއި މެދު ކަންތައް ކުރާ ގޮތް ކިޔައިދިނުމުން އަހަރެންވެސް ހިތުގަ ޖެހޭ! އަހަރެން ބޭނުމެއް ނުވެޔޭ މަންމައަށް ދެރަގޮތެއް ހަދާކަށް.. މިގެއިން ދާނީ މަންމައެއް ނޫން.. އަހަރެމެން… “

އެހެން ބުނުމާއި އެކު ޝާނާ ދުވެފައި ކަހަލަ ގޮތަކަށް ގޭތެރެއަށްވަދެ ފޮށި ހިފައިން ނުކުތެވެ. އޭނާ ހުރީ އެވަގުތަށް އެދި އެދިއެވެ. އެކަމަށް ތައްޔާރުވެގެންނެވެ.

” އާނ ފަހުދު އަހަރެން ބޭނުމެއް ނޫން އެންމެ ވަގުތު ކޮޅަކުވެސް މިހިތާމަ ލިބެން މިއަނިޔާގަ ހުންނާކަށް! ”

ޝާނާ ދެރަވާކަމަށް ހެދިގެން ބުނެލިއެވެ. އޭރު ފަހުދުގެ ލޮލުން ކަރުނަ އާދެއެވެ. ޖަމީލާ ރޮވިފައި ފަހުދުގެ އަތުގެ މުލައްދަނޑީގައި ހިފުމަށްފަހު ބުނެލިއެވެ.

” ދަރިފުޅާ! މަންމަ ބަލިޙާލަށް ދޫކޮއްނުލާ! މަންމަ ދޫކޮއްފަ މި ގޮތްކުޑަ އަންހެންކުއްޖާގެ އަޑު އަހާފަ ނުދޭ.. ހެޔޮނުވާނެ! ” ފަހުދު ޖަމީލާގެ އަތް ފޮޅުވާލަމުން ބުނެލިއެވެ.

” މަންމާ! މަންމަގެ ބަލި ޙާލަށް ވިސްނާފަ އަހަރެން މީހަކާ އިނީ. އެކަމަކު މަންމަ ތިހުރީ އޭނާ އާޢި މެދު ކަންތައ ކުރިގޮތް. އަހަރެންގެ ހިޔާލެއް ދެން ބަދަލެއް ނުވާނެ! ދެން ދަނީ… ” ފަހުދު ޝާނާގެ އެއް އަތުގައި ހިފައިގެން ހިނގައިގަތުމުން ނާސިހާ ބުނެލިއެވެ.

” ރަނގަޅު ފަހުދު! ހަމަ ސާބަސް… ތިޔަ އަންހެން ކުއްޖާގެ ހުރި ކުޅިމީރު އަހަރެން ދެކެފިން.. އޭނާގެ ނުބައި ދޮގު ތަކުގެ އަވައިގަ މިޔަދު ފަހުދަށް ދެވިދާނެ!!! އެކަމަކު މާދަމާ މަންމަ އާއި ނުލާ ފަހުދަށް ހެޔޮގޮތެއް މިންވަރެއް ނުކުރައްވާނެ! ”

އެޖުމުލަ އާއި އެކު ފަހުދު ހުއްޓި ޖަމީލާއަށް ބަލާލިއެވެ. އޭރު ޖަމީލާ ހުރީ ރޮއި ރޮއި ބަލިވެފައެވެ. ޝާނާ ހުރީ ފަހުދުގެ އަތުގައި ހިފާ ބާރުކޮއްގެންނެވެ.

” މަންމާ އަހަންނަށް މަޢާފް ކުރާތި.. ” ފަހުދު ޖަމީލާ ދޫކޮށް އެގެއިން ނުކުތެވެ. ޖަމީލާ ރޮމުން ގިސްލަމުން ބިންމައްޗަށް ތިރިވިއެވެ.

ބައްޕައަކާއި ނުލާ ބަލާބޮޑުކުރި ދަރިފުޅު އޭނާ ދޫކޮއްދިޔައީއެވެ. ހިތައް ކުރާ އަސަރު ބަޔާންކުރަންވެސް ދައްޗެވެ. ޖަމީލާ މޭގައި އަތްއަޅާ ދަރިފުޅާ އޭ ކިޔާ ގޮވާލިއެވެ. ނާސިހާ ޖަމީލާގެ ކޮނޑުގައި އަތްޖައްސާލައިގެން އިނެވެ. ރޮވިފައެވެ.

ކަރުނައިން ފުރިގެންވާ ލޮލަކުން ޖަމީލާ ބަލާލީ ނާސިހާއަށެވެ. ނާސިހާ ޖަމީލާގެ އަތުގައި ހިފާ ތެދުވުމަށް އެދުމުން ގިސްލަމުން ޖަމީލާ ތެދުވިއެވެ. ނާސިހާ ޖަމީލާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

” ޔާނާއަށް މިކަންތައްތައް މިހެން ވީކަން އެނގިއްޖެނަމަ ހަމަ ހުވާ އޭނަ ޖަމިއްތައަށް އެހީވާން އަންނާނެކަން. ” ނާސިހާއަށް ފެށުނީ ޔާނާގެ ވާޙކައެވެ. ޖަމީލާ ހުއްޓުމަށްފަހު ދެރަވެލާފައި ނާސިހާއަށް ބަލާލިއެވެ.

” ނާސިހާ…. މަގޭ ފަހުދު… މަ ދޫކޮއްފަ އެދިޔައީ… ” މޫނުގައި އަތް އަޅާފައި އަނެއްކާވެސް ޖަމީލާ ރޯންފެށިއެވެ.

” ފަހުދަށް އަދި ވިސްނޭނެ… އޭނައަށް އަދި ވިސްނިގެން އަންނަންވެސް އަންނާނެ! އެ ޝާނާ އާއި އެކު އޭނައަކަށް ނުވެސް އުޅެވޭނެ! ” ދަތްކުނޑިވިކާލަމުން ނާސިހާ ބުނެލިއެވެ. ޖަމީލާ މަޑުމަޑުން ގެއަށް ވަނެވެ. އޭނާގެ ކޮޓަރިއަށް ފެންފުޅިއެއް ވައްދައި ދިނުމަށްފަހު ނާސިހާ ގެއަށްދިޔައެވެ.

**************

” ފަހުދު މިފަހަރު ތިހިފީ ކޮންކަހަލަ ރޫމެއް؟ ”

ޝާނާ ހޭންޑް ބޭގް އެނދުމައްޗަށް އެއްލުމަށްފަހު ރުންކުރު ގޮތަކަށް ބުނެލިއެވެ. ފަހުދު ހުރީ ބެލްކަނިން ބޭރުބަލާށެވެ. މަންމަ ދޫކޮއްފައި އާދެވުމުން އެކަންތައް ހިތައް އަރާފައި އޭނާ އެކަމާ ނުހަނު ދެރަވެއްޖެއެވެ. ނަމަވެސް ފަހުދު މިހާރު ބޭނުންވަނީ ރަނގަޅު ދިރިއުޅުމެއް އުޅޭށެވެ. ތަފާތު އެކި އެކި ހިޔާލްތައް ކުރަން ހުރުމަށްފަހު ފަހުދު ޖީބުން ފޯން ނަގާ ޖަމީލާއަށް ގުޅާލިއެވެ. ނަމަވެސް ހިތްވަރު ނެތުމުން ރިންގު ވުމުގެ ކުރިން ކަނޑާލުމަށްފަހު ފޯން ޖީބަށް ލައި ކޮޓަރިއަށް ވަނެވެ. އޭރު ތުންދަމާފައި ޝާނާ ހުއްޓެވެ. ފަހުދު ފެނުމާއި އެކު ފަހުދުގެ ގައިގައި ތަތްވެފައި ކުސްތަޅަން ފެށިއެވެ.

” ދެން….. ފަހުދު މީ ހާދަ ކަޑަ ރޫމެކޭ… ހިނގާބަ އެއްކަލަ ގެސްޓް ހައުސްއަށް…. ” ފަހުދު ޝާނާ އާޢި ދުރުވެލަމުން ބުނެލިއެވެ.

” ރުފިޔާ އެއް ނެތެއްނު… ކިހިނެތް އެހާ ހިތްމޮޅުކޮށް އުޅޭނީ… ޝާނާއަށް ފަސްވައްތަރުގެ ރީތިވާ އެއްޗެހި ގަނެދީފަ، ތިން އިރަށް ހެދުމާ ފައިވާނާ ގަނެދީފަ، ހަތަރު އިރަށް ރެސްޓޯރެންޓުން ކާންދީފަ މަ އަތުގައި އޮންނާނީ ކޯޢްޗެއް؟ ” ފަހުދު ބޮލުގައި ދެއަތުން ހިފަހައްޓާލުމަށްފަހު އެނދުގައި އިށީނެވެ. ޝާނާ ހުރީ ފާޑަކަށް ލަދުގަނެފައެވެ. އޭނާ ފަހުދަށް ފުރަގަސްދިނުމަށްފަހު ބުނެލިއެވެ.

” އަހަރެންނަށް ޚަރަދުކުރަންޖެހޭތީ ބޮޑުވަނީތަ؟ “

” އެނ.. ތިހެނެއް ނުބުނަން… ހަމަ އެނގޭނު އަހަރެން މިހުރީ ވަރަށް ޓެންޝަނުގަކަން… ދެން ޝަކުވާ ނުކޮއްބަލަ ޕްލީޒް.. ” ފަހުދު އެނދު ހުރަހަށް ޖައްސާލުމުން އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޝާނާ ނުކުތީ ބެލްކަންޏަށެވެ.

**********************

ބަދިގޭގެ ކަންތައްތައް ނިންމާލުމަށްފަހު ޔާނާ ޓީވީ އަޅުވާލައިގެން ސިޓިންގ ރޫމުގައި އިނެވެ. ފޯން ރިންގުވާޏް ފެށުމުން އޭނާ އަވަސް ހިތަކާއިގެން ފޯނު ނެގީ ޝާހުއަށް އުއްމީދު ކޮއްގެނެވެ. ވީވެސް އެހެންނެވެ. އިވުނީ ޝާހުގެ އަޑެވެ.

” ކީކޭ؟ ” ޔާނާ ބުނެލިއެވެ.

” ވަރަށް ބޮޑު ވާހަކަތަކެއް ދައްކަން…. ވަރަށް ބޮޑު ހައިޖާނު ގަނޑެއް ހިނގައިފި ގޭތެރޭގަ… ” ޝާހު އެހެން ބުނުމުން ޔާނާ އަވަސްއ އަވަހަށް ބުނެލިއެވެ.

” ކޮންކަމެއް؟ ކިހިނެތްވީތަ؟”

” ފޯނުން ދެއްކޭވަރަށް ވުރެން މާ ދިގު…. ހިނގާބަލަ މިރޭ ވުޑް އެޕަލްއަށް…. ” ޝާހު ގަޔާވެލާފައި ބުނެލިއެވެ.

” ވުޑް އެޕަލްއަށް؟ މިރޭ….؟” ޔާނާ ލަސްލަހުން ބުނެލިއެވެ.

” އެކަނި އަންނަން ނުކެރެންޏާ ޔާނާގެ ފްރެންޑް ކުއްޖާ އާޢި އެކު އަޔަސް އޯކޭ… ޕްލޯޒް ނޯ އޭ ނުބުނާތި! ” ޝާހުގެ އާދޭހަށް  އާނއެކޭ ބުނުމަށްފަހު ޔާނާ ފޯން ބޭއްވިއެވެ. އަދި ދުވެފައި ގޮސް ކޮޓަރިއަށް ވަތްއިރު ލިޔުޝާ އިނީ ޑެސްކްޓޮޕް ކައިރީގައެވެ.

” އޭތް އޭތް! ރެޑީވެބަލަ! މިރޭ ވުޑް އެޕަލްއަށް ކެއުމަކަށް ދާން.. ”

އުނގަށް ބާލީސް ލަމުން އެނދުގައި އިށީންނަމުން ޔާނާ ބުނެލިއެވެ.

” ނެތް ދާހިތެއް! ” މާބޮޑު ޝައުޤްވެރިކަމެއް ނެތި ލިޔުޝާ އެހެން ބުނުމަށްފަހު އަނެއްކާވެސް ޑެސްކްޓޮޕަށް ބަލާލިއެވެ.

” ހޫނ އޯކޭ.. މަހިނގައިދާނަން ޝާހު އާޢި އެކު… ” ޔާނާ އެއްލޮލުން ލިޔުއަށް ބަލާލިއެވެ. ލިޔުޝާ ފުންމައިގެން ތެދުވެ ޔާނާ އާއި ނުހަނު ގާތުގައި އިށީނެވެ.

” އަސްލުގަވެސް… މަވެސްތަ؟ “

” ހޫމް… އޭނަ ބުނީ…… ” ޔާނާ ހުއްޓާލުމުން ލިޔުޝާ ޔާނާގެ އަތުގައި ކޮއްޓަމުން އެއްސެވެ.

” ކީކޭ ބުނީ… ކީކޭ ކީކޭ ކީކޭތާ… ބުނެބަ…. “

” ހޫމް ދެން މަ ރޮލާ ނުކާލާ ހެޔޮނުވާނެ. އޭނަ ބުނީ ……. އޭނަ ބުނީ އެދުވަހު އަހަރެންގާތު ހުއްޓެއްނޫންހޯ ކުއްޖެއް.. އެކުއްޖާ ނުލާހިކު ރީއްޗޯ.. ފުރަތަމަ ފެނިލުމުންވެސް ހިތްކިޔޯ.. ބޭނުމޯ ވާހަކަ ދައްކާލަން.” ޔާނާ ބޭނުންވީ ލިޔުޝާއަށް ވާގޮތް ބަލާށެވެ. ޔާނާ އެހެން ކީ ކީ ހެން ލިޔުޝާގެ ލޯ ބޮޑުވަމުން ދެއެވެ. އަނގަ ހުޅުވެމުންދެއެވެ.

‘ ޔަޤީން އޭނަ ލައިކްވީކަން… އެދުވަހުވެސް ބަލާލިއޭ ފާޑަކަށް… ” ލިޔުޝާ ޖައްސާލަމުން ބުނެލިއެވެ.

ޔާނާ ބާރަށް ހޭންފެށުމުން ލިޔުޝާ ތެދުވިއެވެ. އަދި ހައިރާންވެފައި ކީއްވީތޯއެހިއެވެ،

” އެއީ ދޮގެއް.. އެހެންނެއް ނުކިޔާ… ބުނީ އެކަނި އަންނަން ނުކެރެންޏާ ޔާނާގެ ފްރެންޑް ކުއްޖާވެސް ގޮވައިގެން އަންނައްޗޯ…”

އަނެއްކާވެސް ޔާނާ ހޭންފެށިއެވެ. ވަރަށް ބާރަށެވެ. ލިޔުޝާ ބާލީހުން ޔާނާގެ ގައިގައި ތަޅައިގަތެވެ، ދެމީހުން ހީ ހީ ބަލިވެގެން މައިތިރިވެ ތިއްބެވެ،

ޔާނާގެ ސިކުނޑި އެހާ އަވަހަށް ވަރަށް ދުރަށް ދަތުރު ކޮއްފިއެވެ. އެންމެ ލޯބިވި ފަހުދުގެ ހަނދާންތަކަށެވެ. ލޯބިން އުޅުނު ދުވަސްތަކަށެވެ. ނަމަވެސް އެދުވަސްތައް ދެން އަނބުރާ ލިބޭނެހެއްޔެވެ؟ އެއީ ލިބުމެއްނެތް އުފަލެއްކަން ޔާނާ ހަނދާންނެތުނީ ހެއްޔެވެ؟ ދެން ކީއްވެ ހެއްޔެވެ؟ ފަހުދު މަތިން ހަނދާންކޮއްފައި ލޮލުން ކަރުނަ އޮހޮރަންވީ ކީއްކުރަންހެއްޔެވެ؟

ހަމަހިމޭން ވަގުތުކޮޅެއްގެ ތެރެއިން ލިޔުޝާއަށް އިވުނީ ޔާނާގެ ގިސްލުމުގެ އަޑެވެ. އަވަހަށް ތެދުވެ ޔާނާއަށް ބަލާލިއެވެ.

” އޭ.. ކިހިނެތްވީ؟ ކީއްވެ …. ރޮވެނީ…. ؟ ” ލިޔުޝާ ކަންބޮޑުވުމުން އަވަސް އަވަހަށް ކަރުނަތައް ފޮހެލުމަށްފަހު ޔާނާ ހިނިތުންވެލިއެވެ.

” އެއީ… ދެން ހަމަ ރޮވުނީ… އަޅާނުލާބަލަ! ” މޫނުމައްޗަށް ފައިބާފައި ހުރި އިސްތަށިތައް ރަނގަޅުކޮއްލުމަށްފަހު ޔާނާ ތެދުވެގެން ފާހާނާއަށް ވަނެވެ. ލިޔުޝާ ފާޑަކަށް ބަލަހައްޓައިގެން އިނެވެ.

******************

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. ކޮޓަރިތެރޭގައިވަނީ ފަނޑު އައްޔެކެވެ. ފަހުދުގެ މޭމަތީ ބޯއަޅާލައިގެން އޮތް ޝާނާގެ އިސްތަށިގަނޑާއި ކުޅެލަ ކުޅެލާ ފަހުދު އޮތެވެ.

” ޝާނާ އަހަރެން ކުއްޖަކު ބޭނުން…. ” ފަހުދުގެ އަޑާއި އެކު ޝާނާ ކުއްލިއަކަށް ބޯ ހިއްލާލަމުން ބުނެލިއެވެ.

” އެކަމަކު އަހަރެން ބޭނުމެއް ނޫން… ” އެ ޖުމުލައިން ފަހުދު ހައިރާންވިއެވެ.

” އެއީ؟ ކޮބާ މައްސަލައަކީ..؟ “

” އަހަރެން އަދި ބޭނުމެއް ނޫން… ދަރިން ހޯދީމަ ޒުވާންކަން ގެއްލޭނެ.. އަހަރެންގެ ހަށިގަނޑު ގުޅަގުޅަވެދާނެ… ބަރިބަރިއަޅާފަ އޭރުން ހުންނާނީ..ފަލަވެ ޗަސްވެދާނެ.. ޗި! މަ ބޭނުމެއްނޫން… “

ޝާނާގެ ޖުމްލަ ތަކަކީ އޭނާގެ އަތްބެއްގެ ފުށުން ދުވަހަކުވެސް އަހަން ބޭނުންނުވާ ޖުމްލަތަކެކެވެ. ފަހުދު ގާތަށް އިންތިހާއަށް ރުޅިއަތުވެއްޖެއެވެ.

” ތިހިރަ ވިސްނުމެއް؟ ތީ އަންހެނެއްގެ ބަނޑުން އުފަންވެފައިވާ މީހެއްތަ؟ ” އެ ޖުމުލައިން ޝާނާ ވަރަށް ކަންބޮޑުވެއްޖެއެވެ.

” ފަހުދު ތިއުޅެނީ އަހަންނާ ޒުވާބު ކުރަންތަ؟ އަހަރެން ރޮއްވަންތަ؟ ” ޝާނާ އަޑުގައި ތުރުތުރު ލެއްވިއެވެ.

ފަހުދު ދަށުކޮއްލުމަށެވެ. ކަންތައް ވީވެސް ޝާނާ ބޭޏުންވާ ގޮތަށެވެ. ފަހުދު ޝާނާއާޢި ގާތްވެލަމުން ބުންޏެވެ.

” އަދި އަވަސް ކަމަށް ބުނުމަކުން އަހަރެން ރުޅިއެއް ނާންނާނަމޭ! އެކަމަކު ތިކަހަލަ އެއްޗެހި ކިޔަންޏާ ހިތްހަމައެއް ނުޖެހޭނެ…….. ” ޝާނާވެސް ފަހުދުގެ މޭމަތީ ބޮނޑިވެގަތެވެ. އަދި ލޯބިން ބުނެލިއެވެ.

” ފަހުދު ބޭނުމިއްޔާ މިހާރުވެސް އަހަރެން ތައްޔާރު….  ‘” މިވަގުތު ޝާނާ އެބުނަނީ ފަހުދުގެ ހިތްހަމަޖެހުމަށެވެ. އޭނާ ބޭނުންވެގެންނެއް ނޫނެވެ،ފަހުދު އުފަލުން ޝާނާގެ ގައިގައި އޮޅުލައިގަތެވެ. އެހާ ކިޔަމަންތެރި އަތްބަކު ލިބުނީމަވެސް ވާނީ އެހެންތާއެވެ.

*************************

ޔާނާ އާޢި ލިޔުޝާ ވުޑްއެޕަލްއަށް ވަނެވެ. ވަރަށް ހިތްގައިމެވެ. މޭޒުތައް ފުރިފައިވަނީ ތަފާތު އެކިކަހަލަ ކާއެއްޗެއްސަށް އިންސާފުކުރަމުންދާ ލޯބިވެރިންގެ ޖޯޑުތަކުންނެވެ. މަޑުމައިތިރި އިނގިރޭސި ލަވައަކުން ފަޅުފިލުވައިދެއެވެ. ލިޔުޝާ ޔާނާގެ އަތުގައި ހިފާލަމުން ސިއްރު ސިއްރުން އެއްސެވެ.

” އަހަރެން އަސްލުގަވެސް މިރޭ ރީތިތަ؟ ” ލިޔުޝާގެ ޖުމުލައިން ޔާނާއަށް ހެވުނެވެ. އަދި ހިނިތުންވެލަމުން ބުނެލިއެވެ.

” އަސްލުގަވެސް ވަރަށް ރީތި.. ދެން ޝާހުއަށް ރީތިވިއްޔާ އެއްނު އަދި އެކަން ވާނީ.. ” ދެމީހުން އެއްފަހަރާ ހޭންފެށިއެވެ.

 ކުއްލިއަކަށް ލިޔުޝާގެ ހުނުން މައިތިރި ވިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވިއެވެ. ހެމުންދާ ޔާނާއަށް އެކަން ފާހަގަ ކުރެވުމުން ފަސްއެނބުރި ބަލާލިއެވެ. އޭރު ޝާހު އާދެއެވެ. ޝާހުގެ އަތުގައި ހިފާލައިގެން ހުރީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. ބަލާބެލުމަށް ހީވަނީ ހަމަ ދެލޯބިވެރިންހެންނެވެ.ޔާނާއަށް ބަލާލެވުނީ ލިޔު އަށެވެ. ލިޔު ފާޑަކަށް އިނދެ ގަދަކަމުންކަހަލަ ގޮތަކަށް ހީލިއެވެ.

” ޔާނާ! ސަޕްރައިޒް… މިހުރީ އަހަރެންގެ ގާރލްފްރެންޑް ނޫރީން…….! ސްވިޓީ! މީ ޔާނާ އިނގޭ.. ކިޔާދިނީމެއްނުދޯ… ” ނޫރީން ހީލިއެވެ. ލިޔުޝާއަށްލިބުނީ ކުއްލި ސިހުމެކެވެ.. ޔާނާ ހީލަމުން ނޫރީންއާއި ސަލާމްކޮއްލިއެވެ.

އޯޑަރ ދިނުމަށްފަހު ޝާހު އަވަސްވީ ޔާނާއަށް ކިޔައިދޭންހުރި ވާހަކަތައް ކިޔައިދިނުމަށެވެ.

” އަޑުއަހާނަމޭ! ކިޔައިދީބަލަ! ” ޔާނާ ހަމަޖެހިލިއެވެ. ޝާހު ކުރިއަށް ދާ ވަރަކުން ޔާނާގެ މޫނުމައްޗަށް އެކިއެކި ކުލަވަރުތައް އަރާ ފައިބަމުންދެއެވެ. ޝާހު ހުރިހާ ވާހަކައެއް ދައްކާ ނިމުމުން ޔާނާ ފުންނޭވާއެއް ބޭރުކޮއްލިއެވެ.

” ނޫރީންގެ މައިންބަފައިން ހާދަ ރަނގަޅޭ! އަސްލުގަވެސް….. ” ޔާނާ ލޮލުން ކަރުނަ ފޮހެލަމުން ބުނެލިއެވެ. އަސްލަމްގެ ނުބައިކަން އެނގި އޭނާ ފަޟީޙަތްވުމުން ޔާނާ ހިތްހަމަޖެހުނެވެ. ނަމަވެސް ސީމާދައްތައަށް ދިމާވި ހިތްދަތި ޙާލާއި މެދު ހަމްދަރުދީ ވާކަމުގައިވެސް ޝާހުގާތު ބުންޏެވެ. އެކި އެކި ވާހަކަތައް ދެކެވިގެން ދިޔައިރުގައިވެސް ލިޔުޝާ ވާހަކައެއް ނުދައްކައެވެ. ލުއި ހިނިތުންވުމަކުން ފުއްދާލަނީއެވެ. އޭނާއަށް ކުރެވުނު ބޭކާރު އުއްމީދަކުންކަމަށްވެސް ވެދާނެއެވެ.

ކައިގެން ގެއަށް ދިޔަ މަގުމަތީގައި ލިޔުޝާގެ ކޮނޑުގައި ޖަހާލަމުން ޔާނާ ބުނެލިއެވެ.

” މޭމް…. ” މަޖަލަކަށް ހަދާފައި މަލާމާތްކޮއްލުމުން ލިޔުޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

” ނަސީބެއްނު މާ މައްޗަށް އުއްމީދު ނުކުރެވުނުކަން…. އެހެން ނޫންނަމަ ފަންޑިތަ ހަދައިގެންވެސް ޝާހު ހޯދީމުސް.. ނަސީބެއްނު ލޯބި ނުވެވޭކަން… ” ދެރަނުވާންވެގެން ލިޔުޝާ އޭނާގެ ކޮޅު ގަދަ ކުރިއެވެ.

” ދެން ބުނެބަލަ! އަސްލު ވަރަށް ކަޑަވިދޯ؟ ” ޔާނާ ސީރިއަސް ވެލާފައި ބުނެލިއެވެ. ލިޔުޝާ ކޮޑުއަރުވާލަމުން ޔާނާއަށް ލޯ އަޅާލިއެވެ.

” ޗި! ނުވޭ ކަޑައެއް..”

ޔާނާ އާޢި ލިޔުޝާގޮސް ގެއަށް ވަތްއިރު ސިޓިންގ ރޫމުގެ ސޯފާގައި ސައިމަން އިނެވެ. ޔާނާ ދިޔަގޮތަށް ދިޔައީ ފެންފުޅިއެއް ނަގަން އައިސްއަލަމާރި ކައިރިއަށެވެ. ސައިމަން ފެނުމާއި އެކު މަޑުމަޑުން ގޮސް ލިޔުޝާ ކޮޓަރިއަށް ވަނެވެ. ދޮންބެ ސުވާލު ގޯނި ހިފައިގެން ކޮޓަރިއަށް އަތުވެދާނެތީ އޭނާ އަވަސްއަވަހަށް އެއްޗެހި ބަދަލުކުރުމަށްފަހު ނިދަން ޖައްސާލީ ހެޑްސެޓްޖަހާލައިގެން ލަވަ އަޑުއަހާލުމަށެވެ. މިރޭ ލިބުނު ނާކާމިޔާބީގެ ސަބަބުން ހިތްހަމަ ޖައްސާލުމަށްޓަކައެވެ.

” މަޑުކޮއްލެވިދާނެތަ؟ ” އެއަޑުން ދެލޯ މަރާލަމުން ޔާނާ ހުއްޓި ސައިމަންއާޢި ކުރިމަތިލިއެވެ..

‘” އަހަންނަށް އަހާލެވިދާނެތަ ކޮންތާކުންތޯ ތިއައީ؟ ” ސައިމަން ޔާނާއަށް ބަލާވެސް ނުލައެވެ. ޔާނާ މަޑުމަޑުން ބުނެލިއެވެ.

” ޝާހު އާޢި އެކު ކާންގޮސް… “

އެވަގުތު ޔާނާ ސިހުނީ  ސައިމަން ކުއްލިއަކަށް ތެދުވުމުންނެވެ. ޔާނާއަށް ފަހަތަށް ޖެހިލެވުނެވެ. ސައިމަން ޔާނާއާއި ދިމާއަށް އަންނަން ފެށިއެވެ.

” ރޭގަނޑު ބޭރަށް ދަންޏާ ބުނެލާތި އިނގޭ!” އަވަސް އަވަހަށް ސައިމަން ހިނގައިގަތެވެ.. ޔާނާ ހުއްޓި ހުރީއެވެ. ސައިމަން ނުކުތީ ބޭރަށެވެ. ޔާނާއަށް އެމަންޒަރު ބަލަންހުރެ ސޯފާގައި އިށީނދެވުނެވެ.

” ސައިމަން ކީއްވެބާ ހިތްހަމަ ނުޖެހެންވީ؟ އޭނަ ހާދަވަރަކަށް އަހަރެން ރައްކާތެރިކުރެޔޭ! ވަޒީފާއަކަށްވެސް ދާކަށް އެއްބަހެއްނުވޭ! އެކަމަކު…. އަހަރެން ކިހިނެތް ފައިސާ ނެތި އުޅޭނީ…… މާދަމާ ވެސް ސައިމަން މީހަކާ އިނީމަ އަހަންނަށް ޚަރަދު ކުރާކަށް ސައިމަންގެ އަނބިމީހާ އެއްބަހެއް ނުވާނެ! ” ޔާނާ އަމިއްލައަށް ހުރެގެން ވާހަކަ ދައްކަ ދައްކާފައި ހިނގައިގަތީ ކޮޓަރިއަށް ވަނުމަށެވެ. ތަޅުގައި ހިފިއިރު ހުރީ ތަޅުލާފައެވެ. އެއްޗެހި ބަދަލުކުރުމަށް ތަޅުލިގޮތަށް ލިޔުޝާއަށް އޮށޯވެވުނީ ހަނދާންނެތި ތަޅު ނުހުޅުވައެވެ.

” ނިދަންމިޔަރު ޔަޤީން ނިދީކަން…….. ” ޔާނާ ކޮޓަރި ދޮރުގައި ދެތިންފަހަރު ޓަކި ދިނުމަށްފަހު އަނބުރާ ސޯފާގައި އިށީނެވެ. އޭނާ ފޯނުގެ އަތްގަނޑު ނެގުމަށްފަހު ލިޔުއަށް ގުޅާލިއެވެ.

” ހުއް.. އަދި ނިދާނީވެސް މީހަކަށް ނުގުޅޭގޮތް ހަދާފަ…ކޮންކަހަލަ ކުއްޖެއްތަ؟ “

ޔާނާ ހާފުރެލިއެވެ.ނިދި އަންނަ ވަރުން ސޯފާގައި ޖައްސާލިތަނާހެން އޭނާއަށް ނިދުނެވެ،

ވަރަށް ގިނަވަގުތު ބޭރުގައި ހޭދަކުރުމަށްފަހު ސައިމަން އައިސް ގެއަށް ވަނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އަރާމު ނިދިން ނިދާލައިފައިވާ ޔާނާ ސޯފާގައި އޮއްވައެވެ. އޭނާގެ ހިތާއި ސިކުނޑި އިހްތިޔާރުން ބޭރުވިއެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް ޔާނާ އާއި ދާދި ގާތުގައި ހުއްޓި މުށިގަނޑުމަތީ އިށީނެވެ. ޔާނާގެ ލޯބި ލޯބި މޫނުގައި ފިރުމާލުމަށް ހިތް އެދެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ބޭނުންވަނީ ގާތުގައި އޮވެލާށެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ބޭނުންވަނީ އެ އެސްފިޔަތަކުގެ ހިޔަލުން ފިނިކަން ހޯދާށެވެ. ކީއްވެ ހެއްޔެވެ؟ ސިކުނޑި ހިތައް ފޮނުވާ ސުވާލުތަކުން ބޯ ހާސްވެގެން ސައިމަން ކުއްލިއަކަށް އެތަނުން ތެދުވިއެވެ. އަދި ހަލުއި ކަމާއި އެކު ކޮޓަރިއަށްވަނެވެ. ދޮރުގައި ލެނގިލުމަށްފަހު ލޯ މަރާ ބާރުކޮއްލިއެވެ.

******************

ޖަމީލާއަށް އަޅާލާނެ މީހަކު ނެތުމުން ނާސިހާ އޭނާއަށް އެހީތެރިވެދެނީ އިންސާނިއްޔަތަށްޓަކައެވެ. ފަހަރެއްގާވެސް ޔާނާއާޢި މެދު ކަންތައް ކުރިގޮތެއް ނާސިހާގެ ހިތަކުން ފިލައެއް ނުދެއެވެ. ޖަމީލާގެ ކަމަކީ ކަރުނަ އެޅުމެވެ. ފަހުދުގެ ޚަބަރެއް ނުވާތީ އޭނާ އެކަމާ ނުލާހިކު ހިތާމަކުރެއެވެ.

” ޔާނާ ކިބައިން މަޢާފަށް އެދެން ބޭނުން….. ” ޖޯލީގައި އޮވެ ޖަމީލާ ބުނެލީ ނާސިހާ އާއި ދިމާއަށެވެ.

” އަހަންނަކަށް ނޭނގެ އޭނައަށް ގުޅާނެ ގޮތެއް.. ޔާނާގެ ނަންބަރަކަށް ނުގުޅޭ..” ނާސިހާ ހިނގައިގަންނަމުން ބުނެލިއެވެ.

” މަޑުކޮއްބަލަ! ޔާނާ މަޢާފްކުރާނެތަ އަހަންނަށް؟ ” ނާސިހާގެ އަތުގައި ހިފަމުން ޖަމީލާ އެއްސެވެ.

” ނޭނގެ! ވަރަށް އިހާނެތި ގޮތަކަށްދޯ އަސްލު ކަންތައް ކުރީ؟” ނާސިހާގެ ޖުމްލައިން ޖަމީލާ ދެރަވެ އިސްޖެހިއެވެ.

” އަހަރެން ދަނީ ދެން.. މިރޭ މަ ގެނެސްދޭނަން ކާއެއްޗެހި….. ” ނާސިހާ އާދައިގެ ގޮތަކަށް ބުނެލިއެވެ.

ޖަމީލާ އޮތީ ވިސްނާށެވެ.ދެރަވެފައެވެ.

********************

ލިޔުޝާގެ އެހީގައި ޔާނާ ވަޒީފާއެއް ހޯދައިފިއެވެ. ލެކިޔުޓްގެ ސޭލްސް ގަރލްއަކަށް މަސައްކަތްކުރުމަށް ދާނެ ފުރަތަމަ ދުވަހަކީ މިއީއެވެ. ސައިމަން ޤަބޫލުނުވީ ކަމުގައި ވިޔަސް ޔާނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. އެހެންކަމުން ސައިމަން އަޅާނުލާ ހުރީއެވެ.

ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގެ ތެރޭގައި އުޅެނިކޮށް ޔާނާގެ ލޮލުގައި އަޅައިގަތީ ވަދެގެން އަންނަ ފަހުދާއި ޝާނާއެވެ. ޔާނާ އާއި ދާދި ގާތަށް އަންނަން ފެށުމުން އެމީހުންނަށް ނުފެންނަންވެގެން އަވސް އަވަހަށް ޔާނާ ފުރަގަހަށް އެނބުރު ނަމަވެސް ފަހުދުގެ ކޮނޑު ޔާނާގެ ބުރަކަށީގައި ޖެހުމުން ޔާނާއަށް އެނބުރިގަންނަން މަޖުބޫރުވިއެވެ.

” އޯހް ސޮރީ!…….”

މިހެން ބުނަމުން ހިނިތުންވަމުން ފަހުދުއަށް ޔާނަގެ މޫނަށް ބަލާލެވުމާއި އެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ފައިން ފެށިގެން ޔާނާގެ ބޮލާއި ހަމައަށް ފަހުދު ބަލާލިއެވެ. ޔާނާގެ ޙާލަކީ ތޯއެވެ. ލަސްލަހުން އެސްފިޔަ ޖަހަމުން ބަލަހައްޓައިގެން ހުއްޓެވެ. ދެލޯ ބޮޑުވެފައެވެ. އަދި އޭނާގެ ތުންފަތް ހަރަކާތްކޮއްލިއެވެ.

” ފަހުދު!؟ “

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ހިތުގާ ފޮރުވާލަދޭށޭ 12

Next

ހިތް މިއެދޭ ސޫރައޭ ތީ މަގޭ 9

Next
February 27, 2014

ހިތް މިއެދޭ ސޫރައޭ ތީ މަގޭ 9

Previews
February 27, 2014

ހިތުގާ ފޮރުވާލަދޭށޭ 12

4 Comments!

  1. aroo says:
    February 27, 2014 at 10:21 am

    wwoooooooooooow vvvvvvvv nice

  2. Naash says:
    February 27, 2014 at 1:27 pm

    woow varah habeyss

  3. kiyuntheriyaa says:
    March 1, 2014 at 9:29 am

    vvvvvv reethi

  4. Naash says:
    March 1, 2014 at 10:17 am

    Salaa alhee konirakuntha next part up kuraniii

Comments are closed.


All Right Reserved!