ކައިވެނި ދިރިއުޅުމަކީ އިންސާނާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު އިމްތިހާނެކެވެ. އެއިމްތިހާނުން ފާސްވާން ވަރަށްގިނަ ހުރަސްތަކާއި ކުރިމަތިލާންޖެހެއެވެ. އެގޮތުން ބައެއް ފަހަރު ކާމިޔާބުވެއެވެ. އަދި އަނެއްބައިފަހަރު ނާކާމިޔާބުވެއެވެ. ނަސީބަކީވެސް ދިރިއުޅުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެކެވެ. ޙަޔާތުގައި ތިމާ ބޭނުންވާ މީހަކާއި ކައިވެނި ކުރެވެނީ މަދު ނަސީބުވެރިއަކަށެވެ. އަދި އުފާވެރި ފާގަތި ދިރިއުޅުމެއް ވޭތި ކުރެވެނީވެސް މަދު ބަޔަކަށެވެ. ލޯތްބަކީ ބާރުގަދަ ހަތިޔާރެކެވެ. އެހަތިޔާރުން ޒަޙަމްވަނީ ކިތައް ހިތް ހެއްޔެވެ؟. “އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް […]
ޝެރީން ބާރަށް ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އެނދުގަ އިށީދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ހިތުގަ އުފެދެމުން ދިޔަ ޝަކުވާތައް ފުނިޖެހުނު ވަރަކަށް ޝެރީންގެ މޫނުމަތިން ރުޅިވެރިކަމުގެ ކުލަވަރުތައް ފެންނަން ފެށިއެވެ. ” އަހަރެން މިއީ އިންސާނެއްކަމަށް އެންމެން ޤަބޫލު ނުކުރަނީ ކީއްވެތަ؟ އަހަރެންގެ ހިތެއް އޮވޭ…..ބޭނުން ތަކެއް އޮވޭ…..” ޝެރީން އަމިއްލަ ނަފްސަށް އަހާލިއެވެ. އެނދުގަ ތަރުތީބުން އަތުރާލާފައިވާ ބާލީސްތައް ނަގާ ކޮޓަރީގެ އެކި ދިމާލަށް އުކަން ފަށައިފިއެވެ. ދެވަނަ ބާލީސް […]
މިވާހަކަ ބުނެދޭނީ ކިހިނެއްކަމެއް ނޭނގެއެވެ. މިހާރު އަހަރެންގެ އަތުން ދެން އިތުރަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތެވެ. ކެއްތެރިކަން ކޮޅުން ލައިފިއެވެ. އެންމެފަހުން ހިތަށް ކެއްނުވެގެން، ހިތުގެ އުދާސްތައް ހާމަކުރަން މަޖުބޫރުވީއެވެ. މިހާރު އަހަރެންނަށް ހުރިހާ އެއްޗެއް ގެއްލިފައިވާ ފަދައެވެ. މިސިޓީ ތިބާ ކިޔާއިރު، އަހަރެންވާނީ މިދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. ނުވަތަ އަހަރެން ގުނަމުންދާނީ އަހަރެންގެ ހަޔާތުގެ އެންމެ ފަހު ސިކުންތުތަކެވެ. އަހަރެން މިވަނީ މުޅިން މާޔޫސްވެ، މޮޔަވެފައެވެ. އެކަމަކު، ތިބާއަށް މިކަން ނޭނގިދާނެއެވެ. ހަޔާތުގެ ވަކި […]
ޗެކިންއަށް ވަނުމުގެ ކުރިން އީނާ ފަޒްލާގެ ގައިގައި ބައްދާލީ ބާރަކަށެވެ. ޢާއިލާ ދޫކޮށްފައި ދާންވުމުން އީނާގެ ހިތުގައި އަޅަމުން ދިޔަ ވޭން ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. އެއަށްވުރެ ބޮޑަށް އޭނައަށް އަސަރުކޮށްފައިވަނީ ފަހުފަހަރަށް ވިޔަސް އަލްޔަސް އޭނައާ ބައްދަލުކޮށްލަން ނައީީތީއެވެ. ހިތް ޝަކުވާތަކުން ފުރިފައިވާއިރު އޭނަ ހުރީ ހިސާބަކަށް ރުޅިވެސް އައިސްފައެވެ. ފަޒްލާ އީނާގެ ބުރަކަށީގައި ފިރުމާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. ”ނުރޮއި… މަންމަމެން ނެތަސް މުނީރާ އާންޓީ އީނާއަށް އެންމެންގެ ލޯތްބާއި އަޅާލުން ދޭނެ….” ފަޒްލާއަށް […]
އަހަރެން ސައިބޮއެ ނިމުމާއެކު ކައިލް މޭޒު ދުރުކޮށްލަމުން ގޮސް ދޮރު ހުޅުވާލިއެވެ. އަދި އަތުގެ އިޝާރާތުން އެތެރެއަށް އައުމަށް އެދުނެވެ. އަހަރެންނަށް ޔަޤީންކުރެވުނީ ސިޓިން ރޫމްގައި އިނީ ކޮންމެވެސް މީހެއްކަމެވެ. އެއީ ކާކުކަން ބެލުމުގެ ޝަޢުޤުވެރިކަމެއް އުފެދިގެން ދިޔައެވެ. “..ސަޕްރައިޒް..” ކުއްލިއަކަށް އެމީހަކު ކޮޓަރި ދޮރުމައްޗަށް އަރަމުން ފިރިހެން ވަންތަ އަޑަކުން ބާރަށް ބުނެލިއެވެ. “..ލޫޠު..” އަހަރެންނަށް ލިބުނު ހައިރާންކަމާއެކު ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ އަނގަމަތީ އަތްއަޅާ ލަމުންނެވެ. އެޔާއެކު އަހަރެންގެ އަނގައިން ނުކުތް މަޑުމަޑު ހަޅޭކުގެ […]
ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ޔުނިވަރސިޓީއިން ކައިއާ ފެނުމުން ޔާނިސް ދުރުގައި ބަލަންހުރެއެވެ. ކައިއާ ނުރުހޭތީ ކައިރިއަށްގޮސް ވާހަކަ ދައްކާކަށް މަސައްކަތެއްނުކުރެއެވެ. ޔާނިސް ކްލާސްތަކަށް ދިޔަނަމަވެސް ފިލާވަޅަށް ދޭންވާ ސަމާލުކަންވެސް ނުދެވެއެވެ. ނަވީންމެން ކިތަންމެ ވަރަކަށް އެކަން ހަނދާން ނައްތާލުމަށް ބުނި ނަމަވެސް އިއްޔެވީ ކަމެއްހެން ޔާނިސްއަށް އެކަން އުނދަގޫކުރަމުންދިއައެވެ. ޔާނިސްގެ މިޒާޖަށްއައި ބަދަލާއެކު ނަވީންއަށް އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވުނީ އެކަމަކީ އޭނާގެ ހިޔާލުގެ މަތިން ކުރިކަމަކަށްވާތީއެވެ. ރާއިން އާއި ލޫތުއަށް ނޭނގުނަސް، އެކަމުގެ ހަގީގަތް […]
”ވަޓް! …މެރިއޭޖްއާ ހަމައަށް ގޮސް ކިހިނެއްވީތަ އަނެއްކާ؟ އީނޫ ބުނީމެއްނު އެއީވަރަށް ރަގަޅު ކުއްޖެކޭ… ” ޒަނާއަށް ބުނެލެވުނެވެ. ޒަނާ އިނާއަށް ބަލައިލިވަގުތު ކަރުނަ ފޮހެލިތަން ފެނި ދެރަވި އެވެ. އޭނައަށް ނޭގި ބޮޑުކަންތައް ގަނޑެއް ހިނގައިފިއެވެ. އީނާ ފަދަ ހިތްވަރުގަދަ ކުއްޖަކު ބޮޑުކަމެއް ނުވަނީސް ނުރޯނެއެވެ. ”ޒީ އާދެބަލަ އަހަންނާއެކު…” ރޫޔާ ޒަނާގެ އަތުގައި ހިފާލަމުން ބުންޏެވެ. ޒަނާ ބޯޖަހާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ރޫޔާއާއި ޒަނާ ދިޔައީ ބެލްކަންނަށެވެ. ރޫޔާ ހުރިހާ އެއްޗެއް ކިޔައިދިނުމުން […]
މިއީ ކަޝްފުގެ އޮފިޝަލް “ބްލާރބް” އެވެ. ކުރިން ދެވިފައިވަނީ ކަޝްފުގެ ނުރަސްމީ މައުލޫމާތު ކޮޅެކެވެ. އަޅުގަނޑުގެ ލޯބީގެ ވާހަކައަކަށް އިންތިޒާރު ކުރަމުން އަންނަ ކުދިންނަށް ޚާއްސަ. ނަމަވެސް މިވާހަކައަކީ ބަލި ހިތްތަކަށް އަޅުގަނޑު “ރިކޮމެންޑް” ކުރާނެ ފޮތެއް ނޫނެވެ. ވާހަކަ ބިނާ ކުރެވިފައިވަނީ ހަޤީގީ ބައެއް ހާދިސާ ތަކެއްގެ މައްޗަށެވެ. ”Pretty Hurts” ރީތި ވުމަކީ އެކަމުގެ ގޮތުގައި ވޭނެކެވެ. ރީތި ވުމަކީ އޭގެ ގޮތުގައި އަނިޔާއެކެވެ. ޔުވޯންއަށް އެކަން އެނގުނީ އުނދަގޫ ގޮތަށެވެ. 14 އަހަރުގައި […]
‘ އަރްޝީއަށް ކޮންމެވެސް ބަދަލެއްއަންނަން ފަށައިފި….ބުނޭ އަހަރެން ކައިރީ…….” ޒައިދު ގަދަކަމުންއަރްޝީގެ ކޮނޑުގަ ހިފާ އޭނަގެ ކައިރިއަށް ދަމާލިއެވެ. ” އަހަންނަށް އެއްވެސް ބަދަލެއް ނާދޭ…ހުރިހާ ބަދަލެއްވެސް އައީޒައިދުގެވިސްނުމަށް……ތިއީ އިތުބާރު ކުރާލެއް ކުޑަކަން…..ޒައިދުއަހަންނާއި ދޭތެރޭ ތިހެން ވިސްނަން ޖެހޭތަ؟” އަރްޝީ ހުރީރުޅިގަދަވެފައެވެ. ” އަދި މިވީހާ ތަނަށް ނުހުންނާނެ އަރްޝީ އާއި ދޭތެރޭ ނުބައިކޮންވިސްނާފައެއް……އެކަމަކު އަހަރެންނަށް ހީވަނި އަރްޝީ އަހަންނަށްނުބައިކޮން ވިސްނަން މަޖުބޫރު ކުރާހެން……މިރޭ ޕާރޓީން އަހަރެންނަށްފެނުނީ ކޮންކަންތައްގަނޑެއް….ބަލާ ކޮންމެ މީހަކަށްވެސް ހީވާނެ އަރްޝީރައްޓެހިވެގެންއުޅެނީ ނަބީހް އާއިއޭ….” […]