ހަވީރުގެ ހިތްގައިމު ވަގުތެވެ. ޖެހެމުންދާ ތާޒާ ވައިރޯޅީގެ ތާޒާކަން ލިބިގަތުމަށްޓަކައި އަތިރި މައްޗަށްދާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ނަމަވެސް ޒިލާލް އާއި ލުބާ ތިބީ ރަށުގެ ތުނޑީކޮޅުގައެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާނެ ހިސާބެއްގައެވެ. ލުބާ އިނީ ޒިލާލްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ޒިލާލް އާއި ލުބާ އަކީ ދެ ލޯބިވެރިންނެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. ސްކޫލްދައުރު ނިންމާލުމަށްފަހު ޒިލާލް ރަށު އޮފީހަށް ވަޒީފާއަށް ވަނެވެ. ލުބާ ބޭނުންވަނީ ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ. އަތްމަތި […]
ކައިވެނި ދިރިއުޅުމަކީ އިންސާނާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު އިމްތިހާނެކެވެ. އެއިމްތިހާނުން ފާސްވާން ވަރަށްގިނަ ހުރަސްތަކާއި ކުރިމަތިލާންޖެހެއެވެ. އެގޮތުން ބައެއް ފަހަރު ކާމިޔާބުވެއެވެ. އަދި އަނެއްބައިފަހަރު ނާކާމިޔާބުވެއެވެ. ނަސީބަކީވެސް ދިރިއުޅުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެކެވެ. ޙަޔާތުގައި ތިމާ ބޭނުންވާ މީހަކާއި ކައިވެނި ކުރެވެނީ މަދު ނަސީބުވެރިއަކަށެވެ. އަދި އުފާވެރި ފާގަތި ދިރިއުޅުމެއް ވޭތި ކުރެވެނީވެސް މަދު ބަޔަކަށެވެ. ލޯތްބަކީ ބާރުގަދަ ހަތިޔާރެކެވެ. އެހަތިޔާރުން ޒަޙަމްވަނީ ކިތައް ހިތް ހެއްޔެވެ؟. “އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް […]