އަހަރެންނަށް އެޗްއައިވީ ޖެހުނީ ކައިލްގެ ސަބަބުންނެވެ. އެކަން ކައިލްއަށްވެސް އެނގިހުރެ އަހަރެން ބަދުނާމް ކުރީ ކީއްވެގެން ބާއެވެ؟ “..ތިހިރީ ވަރިކޮށްފަ.. ރައްކާވޭ މިގެއިން..” ކައިލްގެ އަނގައިން ބޭރުވެގެންދިޔަ ބަސްތައް ހޮނު ގުގުރިއެއްހާ ބާރަށް އައިސް އަހަރެންގެ ހިނދުރީގެ ތެރެއިން ވަދެގެންދިޔައެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަކަހަލައެވެ. ލޫޠުގެ ގައިގައި ބާރަށް ހިފަހައްޓާލެވުނުއިރު ލޮލުން ވަނީ ކަރުނަ ހިލިފައެވެ. ކައިލް އަހަރެން ވަރިކުރީ ހެއްޔެވެ؟ ޤަބޫލްކުރަން އުނދަގޫވި ވަރުން އަހަރެންނަށް ކައިލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ދެން ބުނަންވީ […]
ނާޖިހުގެ ބައްޕައާއި ޒުލްފާގެ މައިންބަފައިންނަކީ ފެށުނީއްސުރެ އެކުވެރި އެއްބައެއްގެ ހާލުއަނެއް ބަޔަކު ބަލާ އުޅުނު ގުޅޭ ދެ އާއިލާއެވެ. ނާޖިހާއި ޒުލްފާއަކީ ކުޑައިރުންސުރެ އާއިލީ ބަދަހިކަމުގެ ތެރެއިން ދެކެފަރިތަ ރައްޓެހި ދެ މިތުރުންނެވެ. ދެފަރާތުގެ އާއިލާއިން ވެސް ބޭނުންވީ އެ ރަޙުމަތްތެރިކަމުގައި ރަސްމީކުލަ ޖައްސާށެވެ. އެކަކު އަނެއްކަކަށް އަންގައި ވެސް ނުލަ އެވެ. ވަލީމާގެ ކަންކަމާ ހުރިހާކަމެއްގެ ތައްޔާރީތައްވަމުން ދިޔައީ ދެ ފަރާތުގެ އާއިލާއިންނެވެ. ގޭތެރޭގެ ހަލަބޮލިކަމާއި މައިންބަފައިންގެ ތުންގުޅުވުންތަކުން ކޮންމެވެސް ބޮޑު ހަރަކާތަކަށް އާއިލާއިން ތައްޔާރުވަމުންދާކަން […]
ނީރާ ”ނައިޓިންގޭލް” އަށް އަންނަން އޮތް ދުވަހު މުނީރާ ހުރީ ގަދަޔަށް ކައްކާލާފައެވެ. ކުޅިދިޔާވާފަދަ މީރުވަހެއް ގޭތެރެއަށް ފެތުރިފައިވާއިރު ފޮނިއެއްޗެހި ހެދުމުގައި ޒަނާއާއި އީނާ އެހީވެދިނެވެ. ގަޑިއަށް ހުރިހާކަމެއް ނިންމާލެވުނެވެ. ”ދަރިފުޅުމެން ދެންދޭ ތައްޔާރުވެލަން….” މުނީރާ އީނާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ޒަނާއާއި އީނާ ކޮޓަރިއަށްދާން މިސްރާބު ޖެހުމުން މުނީރާ، މެއިޑަކަށް ގޮވާލައިފިއެވެ. ކާކޮޓަރީގައި މުނީރާ ހުއްޓާ ޒަވާން ވަންތަން ފެނުމުން އޭނަ ހިނިތުންވެލިއެވެ. ޒަވާން ލުއި ފިޔަވަޅުތަކެއްގައި އައިސް މުނީރާގެ ގައިގައި ބައްދާލިއެވެ. ޒަވާން އުފާވެފައިވާ […]
އަހަރެން ތެޅިތެޅި އޮތް ހިތަކާއެކު ގޮސް ޑޮކްޓަރ މޭޒް ކުރިމަތީ ހުރި ގޮނޑީގައި އިށީނީމެވެ. ޑޮކްޓަރ އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. އަހަރެންގެ ނުތަނަވަސްކަން ދިޔައީ ހައްތަހާ ބޮޑުވަމުންނެވެ. “..ލޫޝާ ވަރަށް ހިތާމަވެރި ހަބަރެއްދޭންވެފަ މިއޮތީ..” ޑޮކްޓަރ އަހަރެންގެ މޫނަށް ބަލާލަމުން މަޑުމަޑުން ބުނެލިއެވެ. “..ކި.ކި. ކި ހިނެއްވީ..” އަހަރެން މޫނުމަތީގައިވާ ދާތިކިތައް ފޮހެލީމެވެ. އޭސީކޮށްފައިވާ ކޮޓަރީގައި އިންއިރުވެސް ހާސްވެ ދާހިއްލަމުން ދިޔައެވެ. ހިތްވެސް ބާރުބާރަށް ތެޅެމުން ދިޔައެވެ. “..އެޗް. އައި. ވީ. ޕޮޒިޓިވް..” އަހަރެންނަށް ލިބުނު […]
“ކެތެއް ނުވާނެ… ކެތްކުރެވޭނީވެސް ވަކިވަރަކަށް… އުޅޭނެހާ ގޮތަކަށް އުޅެފަ ޖަހާނެހާ ސަކަރާތެއް ޖަހައިފަ އަންނައިރު ތިމާގެ ފިރިމީހާގެ ޙައްޤުތައް އަދާކުރެވޭބާއޭ އެއްފަހަރުވެސް ހިތަކަށް ނާރާދޯ! މޫނުގެ ދެ ފަރާތުން ޗޯކު ކާރުވާ ފައުންޑޭޝަންގެ ކޯޑުތައް ދުއްވާ ކިތައްމެ ތިއްތި ދެއްކިޔަސް ފިރިމީހާގެ ޙައްޤުތައް އަދާނުކޮށް….” ނާޖިހު އައިސްއަލަމާރިން ނެގި ފެންފުޅީގެ މަތި މޭޒުމަތީ ބާއްވާލަމުން ފުޅި އަނގަޔާ ދިމާކޮށްލިއެވެ. މޫނުމަތިން އުފާވެރިކަން ފެންނަން ނެތްއިރު، ހިތާމައިގެ އަސަރުވެސް ފެންނާކަށް ނެތެވެ. “ތިމާގެ ހާލު އަމިއްލައަށް ވަޒަންކޮށް އަނެއްކާއަށް […]
ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް އީނާގެ ދިގު އިންތިޒާރަށް ނިމުމެއްނައެވެ. ފޯނު ލިބޭނެކަމަށް އޭނަ ކޮންމެ ދުވަހަކު އުއްމީދުކުރެއެވެ. ނަމަވެސް ނަޒްޔަކް އެގެއަށް ނާންނަތާ ފަސްދުވަސް ވެފައިވާއިރު އީނާ ހުންނަނީ ރުޅިއައިސްފައެވެ. ފަހުން ނަޒްޔަކް އޭނަގެ ފޯނު ގެންދިއުމުން އަމިއްލަ ނަފްސާ ޝަކުވާކުރެވުނު އަދަދެއް ނޭގެއެވެ. ޒަވާން އަތަށް ދިންނަމަ މިހާރު ފޯނު ލިބުނީހެވެ. ނަޒްޔަކްގެ ފޯނު ނަންބަރު ހޯދަން އުޅެފައިވެސް އީނާ އެޚިޔާލު ދޫކޮށްލިއެވެ. ކޮލެޖްގެ އިމްތިހާނުތައް ކުރިއަށްދާ ދުވަސްކޮޅަށް ވުމުން ނަޒްޔަކް މާބޮޑަށް ބިޒީވީކަމަކަށްވެސް […]
އެއްވެސް ވާހަކައެއްގައި ހަޑި މީހަކު ނޫޅޭ ކަމަކީ އަޖައިބެއް ކަލަ ކަމެއް ނޫން ހެއްޔެވެ؟ ވާހަކަތަކުގއި އުޅެނީ ހުސް ރީތި މީހުންނެވެ. އަންހެން ކުއްޖަ ފަޤީރު ވެއްޖެއްޔާ ފިރިހެންމީހާ އެހާ މއްސަނދި ވާނެއެވެ. ހަމަ އެހާމެ އެ ފިރިހެން މީހާ އޭނާ އަށް ނުލަފާވެސް ވާނެެވެ. ނަމަވެސް ނިމޭ އިރު އުފަލާއި އެކު ދިރިއުޅުން އުޅެނީީވެސް އަންހެން ކުއްޖާ ކުޅޭ ކުޅޭ އެއްޗެއްހެން ގެންގުޅޭ މީހައެވެ. އަހަރެން މިއީ ވާހަކަތައް ނިމުމުގެ ކައިރީގައި ބާކީވާ ރަނގަޅު ފިހިެން […]
“އައި ހެވް އެރޭންޖްޑް ޔޯރ މެރިއެޖް..” ބައްޕަގެ އެ ޖުމްލައާއި އެކު އަހަރެންގެ ދުނިޔެހީވީ އެނބުރިގަތް ހެންނެވެ. ބޮލަށް އެނބުރުންއަރާ ގޮތްވެ، ދެލޯ ބޮޑުވެ މީހާ ގަނޑުވިއެވެ. އަތުން ދޫވެގެން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. “ވީވިލް ޑިސްކަސް އެބައުޓް އިޓް ލޭޓަރ.. ދަރިފުޅު މެން މިކޮޅަށް އައީމަ އެކަން އޮތީ.. އެވްރިތިންގް ހެޕަންޑް ސޯ ފާސްޓް.. ދަރިފުޅުގެ މަންމަ ކައިރީވެސް ނުބުނެ މިއުޅެވެނީ.. އައި ވިލް ޓޯކްޓު ޔޫ ލޭޓަރ.. ބާއި ސަން..” އެއްނޭވައިން ހުރިހާ ވާހަކައެއް […]
.އަހަރެމެންނަށް ކަންތައް ދިމާވި ގޮތުން އިރަމް އާއި ޝެނިން އާދައިގެ ހަޔާތެއް ހޯދަން އުޅޭ ކަމަކީ އެންމެ ހަމަޖެހޭ ގޮތެވެ ނަމަވެސް ބަޔަކު ސަލާމަތް ކުރުމުގެ ބާރު ތިމާގެ އަތުގައި އޮތްނަމަ އެބަޔަކަށް އެހީވުމަށް ތިމާ ކަމެއް ނުކުރާނަން ހެއްޔެވެ؟ .ނަމަވެސް ކަންތައް ވަމުން ދާއިރު އަހަރެންނަކަށް އަތް އުރާލައިގެންނެއް ނުހުރެވޭނެއެވެ .އެއީ އެއް އިރެއްގައިވެސް އަހަރެންނެއް ނޫނެވެ .ސިއްރުން ގޭންގު ތަކުގެ ކަންތަކާއި އެފަދަ ކުށްތައް ކުރުމުގެ ކުރިން ޕޮލިހުންނާއި އެފަދަ މީހުން ހަވާލު ކުރަމުން […]