…..ނިހާ ކޮންމެތާކު ވީނަމަވެސް ނިހާ ހޯދައިގެން ގެނެސް އޭނާގެ މަންމަގެ ހިތުގައި އަޅަމުން ދިޔަ ވޭން ކުޑަކޮށްދިނުމެވެ. އަދި އެއަށްފަހު ރިހާ އެ ގެއާއި އޭނާގެ ޢާއިލާ ދޫކޮށް އަބަދުގެ އަބަދަށް ދިއުމެވެ. އެހެންކަމުން އަޒުމަކާއި އާ ހިތްވަރަކާއެކު ދެލޯ ފުހެލަމުން ރިހާ ތެދުވިއެވެ. ތާޒާ ވެލައިން ނުކުމެ އެންދުގެ އެއްކަނުގައި އިށީނދެލައިން ރިހާ ކޮޓަރީގެ އެކި ތަންތަނަށް ފަރުވާތެރިކަމާއިއެކު ނަޒަރު ހިންގައި ބަލާލާ ގޮތުން ހީވަނީ އެކޮޓަރީގެ ކޮންމެ ތަނެއް، ކޮންމެ ކަނެއް ސިކުނޑީގައި […]
މެންދުރުވާން ކައިރިވެފައި ވަނިކޮށް އީނާއާއި ޒަނާ ތައްޔާރުވެލައިގެން ބޮޑުކޮޓަރިއަށް ވަންއިރު ޒަވާން ދެކުދިންގެ އިންތިޒާރުގައި އިނެވެ. ޓީވީން ދައްކަމުން ދިޔަ ފުޓްބޯޅަ މެޗެއް ބަލަމުން ދިޔައިރު އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް އޭނަ ބަލައިލައެވެ. ”ކޮބާ ނަޒްޔަކް؟…” ޒަނާ މުޅިތަނަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ. ”ދެންމެ ގުޅީމަ ބުނި މިއަންނަނީއޭ…” ޒަވާން ސޯފާގެ ލެނގޭބަޔަށް ލެނގިލަމުން އީނާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އޭރު އީނާ ހުރީ ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ. އެއްލިކަޅިއަކުން ޒަވާން އޭނައާ ދިމާއަށް ބަލަހައްޓައިގެން […]
“ޒެން.. ދެން ކޮންއިރަކު ޒެންގެ ފެމިލީ އިންޓްރޮޑިއުސް ކޮށްދޭނީ.. ތިހެން ހުއްޓަ އާން ރަނާ ގޮވައިގެން ދާއިރުވެސް ޒެންނަށް ހުންނަންޖެހޭނީ ތިހެން ކަންނޭނގެ..” އަހަރެން ޒާނިޝްއާއި ދިމާކޮށްލީމެވެ. ނިދަން އަރައި ތިބިއިރު ޒާނިޝް ނިތްމަތީގައި އަތްބާވައިލައިގެން އޮތްތަން ފެނުމުން ޒާނިޝްގެ ވިސްނުން ހުރި ގޮތެއް ބަލާލަން ބޭނުންވީއެވެ. “ވެއިޓިން ފޯރ ދަ ރައިޓް ޓައިމް.. ހީވަނީ ވަރަށް އަވަހަށް އެ ވަގުތު އައިސްދާނެހެން ދެން..” ޒާނިޝްގެ ވާހަކަތަކުން އޭނާވެސް އެކަމަށް ތައްޔާރީތަކެއް ވަމުން ދާކަން ހާމަވިއެވެ. “އާން.. […]
“އެކަމު މިއަދު ބައްޕަ އާއި މަންމަގެ އިންތިޒާރުގެ ނިމުން އަތުވެއްޖެ.” ނަސީމާގެ ގާތުގައި އިން ނިހާއަށް ބަލާލާ ހިނިތުންވެލަމުން ނަސީރު ބުނެލިއެވެ. ނަސީރުގެ ދެލޮލުން ފެންނަން ހުރި އުފާވެރިކަމެވެ. “ބައްޕަމެނަށް ނުވިކަންތައް ރިހާ ކޮށްދިނީ…” އެހިސާބަށް ބުނެފަ ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދަ ގޮތަކަށް ނަސީރު ވަށައިގެން ހޯދާލިއެވެ. ވަށައިގެން ބަލާލި އިރު ހުރިހާ ލޯތަކެއްހެން ވަނީ ނަސީރުގެ ވާހަކައިން އަސަރު ކޮށްގެން ފެންކަޅިވެފައެވެ. ނަމަވެސް އެ އެންމެންގެ ތެރެއިންވެސް ނަސީރު ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. […]
ހަވީރުގެ ވަގުތެވެ. ގަޑިން ހަތަރުގަޑި ބައިވަނީއެވެ. އަހަރެން ކިނާން އުރާލައިގެން ހަނިމާދޫއަށް ފުރާމީހުން ނުކުންނަ ގޭޓުން ނުކުމެ މިސްރާބުޖެހީ ފްލައިޓާ ދިމާއަށެވެ. ލޫޠު ދަބަހެއް ހިފައިގެން އަހަރެންނާއި އެއް ހަމައެއްގައި ހިނގަމުންދިޔައިރު މަންމަ ހުރީ ފަހަތުގައެވެ. ކައިލްއާ ބައްޕަ މިއަދުގެ ހެނދުނުގެ ވަގުތެއްގައިވަނީ ބެންކޮކަށް ފުރާފައިވާތީ އަހަރުމެންވެސް ރަށަށް ދިޔުމަށްޓަކައި ފުރަނީއެވެ. ކައިލް ފުރިފަހުން އަހަރެންނަށް އުނދަގޫތަކެއްވި ނަމަވެސް ބައްޕަ ހުންނާނެކަން އެނގޭތީ އަހަރެން މިހުންނަނީ ހިތްހަމަ ޖައްސާލައިގެންނެވެ. “..ލޫޠު.. ކޮއްކި.. އުރާލަބަ..” އަހަރެން ކިނާން އުރާލުމަށް […]
“ދަރިފުޅާ ކިހިނެއްވީ… އޭ ދަރިފުޅު މަޑުކޮށްބަލަ.. ކިހިނެއްތަވީ..” އަހަރެންނަށް މަންމަގޮވި އަޑަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އަހަރެންނަށް ހަމައެކަނި ބުނެވުނީ “ޝާޔާ..” މިހެންނެވެ. އޭރު އަހަރެންގެ ފަހަތުން ނިކުތް އަޔާން އާއި ޒާނިޝް ވެސް އައިސް މަންމައާއި އަރާ ހަމަކުރީއެވެ. އަހަރެން އެދިޔަބާރުމިނުގައި ގެއިން ނިކުމެ ދޮރުލައްޕައިލީމެވެ. އަހަރެންގެ މިސްރާބަކީ ޒަބަރުޖުދުގެއެވެ. އަހަރެންގެ ގައިގައި ބާކީ ހުރި ހުރިހާ ވަރެއް ދެފަޔަށް ލާފައި އަހަރެން ދުއްވައިގަތީމެވެ. ސްޓްރީޓް ލައިޓް ތަކުގެ ފަނޑުއަލިކަމުގައި، ފަޅުވެފައި ވާ މަގު މަތިން […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. ޖެހެމުންދާ ތާޒާ ވައިރޯޅީގެ ތާޒާކަން ލިބިގަތުމަށްޓަކައި އަތިރި މައްޗަށްދާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ނަމަވެސް ޒިލާލް އާއި ލުބާ ތިބީ ރަށުގެ ތުނޑީކޮޅުގައެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާނެ ހިސާބެއްގައެވެ. ލުބާ އިނީ ޒިލާލްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ޒިލާލް އާއި ލުބާ އަކީ ދެ ލޯބިވެރިންނެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. ސްކޫލްދައުރު ނިންމާލުމަށްފަހު ޒިލާލް ރަށު އޮފީހަށް ވަޒީފާއަށް ވަނެވެ. ލުބާ ބޭނުންވަނީ ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ. އަތްމަތި […]
ކޮޓަރިން ނިކުންނަން އުޅެފައިވެސް އީނާ އައިސް އިށީންދެލީ ރަތާއި ހުދުން ފަރުމާކުރެވިފައިވާ ސޯފާގައެވެ. ކޮޓަރީގެ ކޮންމެ ދިމާލެއްވެސް ވަނީ ރަތާއި ހުދުން ޒީނަތްތެރި ކުރެވިފައެވެ. މޮޅު ކުރެހުންތެރިންގެ ކުރެހުންތަކާއި ފާރުގައި ހަރުކުރާ މާވަށިގަނޑުތަކުން މަޑު ރަތްކުލައަކުން ޕެއިޓްކޮށްލާފައި ހުރި ފާރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އޮފްއަރަމުން ދިޔަ ހުދު މާރބްލްސްތަކަށް އެޅިފައި ވަނީ ސީލިންގްގައި ކުރަހާފައިވާ ރީތި ޑިޒައިންތަކެވެ. އޭސީގެ ފިނިކަން ރަސްކަން ކުރަމުން ދިޔަ ކޮޓަރިއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ސޯފާއާ ކުރިމައްޗަށް ވާގޮތަށް ހުރި […]
“އައި ނޯވް ޔޫ ޑޯންޓް ލަވް މީ.. ވަރަށް މަސައްކަތް ކޮށްފިން ވިޝޫ އަމިއްލައަށް ލޯބިނުވާ ވާހަކަ ބުނޭތޯ.. ވިޝޫ.. އައި ނޯވ.. އައި ނޯ ޔޫ ލަވް އާލިކް..” ޒައިދު ފެންކަޅިވެފައި ހުރެ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ ވޭނާއި ރިހުމެވެ. އޭނާގެ އެޖުމްލައާއިއެކު ވިޝާ އިތުރަށް ލޯބޮޑުކޮށްލަމުން އެމޫނަށް ބަލާލިއެވެ. އޭރު ވިޝާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. ބާރު ބާރަށް ހިތް ތެޅިގަތްއިރު ބޮޑުކޮށްލާފައިވާ ދެލޯ ފުރެމުން ދިޔައީ ކަރުނައިންނެވެ. ތުނި ތުނި ތުންފަތް ތުރު ތުރު […]