ކޮޓަރިއަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭން އީނާ ލޯމަރާލަމުން ފުންނޭވާއެއް ލިޔެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެފައި ވާއިރު ރަގަޅަށް ނުވެސް ނިދެއެވެ. އޭނައަށް ލިބިފައިވާ ފުން ހިތާމަތަކާ ދުރުވާން ބޭނުންވިޔަސް އެއީ ކުރެވޭނެ ވަރުގެ ކަމެއް ނޫންކަން އޭނަ ދަނެއެވެ. އޭނަގެ ހިތް އެދި ރޮނީއެވެ. އަލްޔަސްގެ އަޑު އަހާލަން ދެކަންފަތް ވަނީ ބޭޤަރާރު ވެފައެވެ. އެހެނަސް އޭނަގެ ހިތުގައި އުފެދިފައިވާ ޒަހަމްތަކުން ރޯވެގެންދަނީ ނަފްރަތުގެ ހުޅުކޮޅެކެވެ. އޭނަ އަލްޔަސްއަށް މާފް ނުދޭނެއެވެ. ނަމަވެސް އަލްޔަސް ފެންނަން ބޭނުންވަނީ […]
ކައިލް ކޮޓަރި ދޮރު ހުޅުވާލައިފައި ވަދެގެން އައީ އަހަރެންނަށް މަންމަ ބުނި އެއްޗެއް ޤަބޫލް ނުކުރެވިގެން މަންމަގެ މޫނަށް ބަލަހައްޓައިގެން އޮއްވައެވެ. ކައިލް އަހަރެން ސަލާމަތްކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ރަނގަޅުވާނީވެސް އަހަރެން މަރުވިއްޔާއެވެ. އަހަރެންނަށް އެއްފަހަރު މަންމަގެ މޫނަށް އަނެއް ފަހަރު ކައިލްގެ މޫނަށް ބަލަމުން ދިޔައީމެވެ. މަންމަގެ މޫނުމަތިން އުފާވެރިކަން ފެންނައިރު ކައިލްގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ކުއްލިއަކަށް އަހަރެންގެ ހިތުގައި ގޮތް ނޭގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. މަންމަ މިހާ ހަމަޖެހި […]
އަހަރެން ވެއްދުނީ ބޮޑު ކޮޓަރިއަކަށެވެ. ހުދުކުލައިގެ ބެޑްޝީޓެއް އަޅާލާފައިވާ ފެންވަރުރަނގަޅު ރީތި އެނދު ފެނުމާއިއެކު އަހަރެން ބޭނުންވީ އެއެނދުގެ މަޑުކަމުގެ ތެރެއަށް ގެނބިގެންދާށެވެ. އެއާއިއެކު ގޮސް އެނދުތެރެއަށް ވެއްޓިގަނެވިއްޖެއެވެ. އޭރު އެނދާއި ދިމާލަށް ފަރިހިނގުމެއްގައި އަންނަމުންދިޔަ ނަޝީއަށް އަހަރެންގެ ލޯހުއްޓާލެވިފައި އޮތްއިރު ނަޝީގެ މަސްތުން ފުރިފައިވާ ދެލޮލުގެ ދަޢުވަތަށް ހިތާހިތުން މަރުހަބާކިޔެމުންދިޔައެވެ. ނަމަވެސް އަހަރެންގެ ސިކުނޑިއަށް ކުރަމުން ދިޔަ ބާރާއ އެކު ލޮލަށް ދިޔައީ ބަރުވެ މަންޒަރު ކެނޑެމުންނެވެ. އަހަރެންގެ ޖިސްމުގައި ހުޅުރޯކުރަމުން މަޑުހިނގުމެއްގައި ކައިރިވަމުން އައި […]
“އެންމެ ރަނގަޅު.. ޝާއިޤާ ތިހާ ގެންދަން ބޭނުންވީމަ ދެން މިފަހަރު ގޮސްލާނީ..” މުޙައްމަދުބެ އެހެން ބުނުމާއިއެކު ރަނާއާއި ރިޔާ ހީވީ އުފަލުން އުދުހިދާނެހެނެވެ. އަޔާން އާއި ޒާނިޝް އަދި ވަކިން އުފާވެފައި ތިބި ކަހަލައެވެ. އިޝީވެސް އިނީ އެކުދިން އުޅޭގޮތް ފެނި މަޖާވެފައެވެ. “މަންމާ.. އަޅުގަނޑުވެސް އެބައޮތް ވާހަކައެއް ނަންގަނެލަން ވެފަ.. މިރޭ ދުރުވަން ވީނުންތޯ އަޅުގަނޑާއެއްކޮށް ރަށުތެރެ ބަލާލާ ކުޑަކޮށް ހިނގާލަން..” އަހަރެން އެހެން ބުނުމާއިއެކު އަޔާންމެން ކަރުކެހެން ފަށައިފިއެވެ. އަހަރެން ބުނަން އުޅޭވާހަކަ އަކީ […]
”ނޫރާލް…” މައިމޫނާ ކޮޓަރިއެއްގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަމުން ހަރުކަށި އަޑަކުން ބުންޏެވެ. މިލަ ހަނދުވަރުގެ އަލިފެތުރިފައިވާ އެކޮޓަރިއަކީ އަލަށް ރާނަން ފަށާފައިވާ ތަނެކެވެ. ސިމެންޓި ބަސްދާތަކުން ކޮޓަރި ފުރާލާފައި ވާއިރު ރޯޅިތަކާއެކު ދުންގަނޑެއް ފެތުރިގަނެއެވެ. މަތިން ބަލާއިރު ތޮއްޖެހިފައިވާ މާލޭގެ އެކިތަންތަން ފެނެއެވެ. ޓްރެފިކް ޖެމްއަކާ ކައިރި ހިސާބަކަށް ވުމުން ދުއްވާތަކެތީގެ އަޑު ހިނދުކޮޅަކަށްވެސް ކެނޑިގެން ނުދެއެވެ. ގޮނޑިއަކަށް ބަނދެފައި އިން ނޫރާލްއަށް މައިމޫނާގެ އަޑު އިވުމާ އެކު ބަލާލެވުނެވެ. މިއީ މައިމޫނާގެ ރޭވުމެއްތާ އެވެ. ދޮގުހަދާފައި […]
“..މަން..މާ..” ކައިލް މަންމައާ ދިމާއަށް ބަލާލަމުން ގޮވާލުމާއެކު މަންމަ އަތުގެ ހޫނު އެތިފަހަރެއް ކައިލްގެ ކަންކަށި މައްޗަށް އަރައިގެންދިޔައެވެ. އަހަރެންނަށް ހީވީ އަހަރެންގެ ކަންކަށިމަތީ ވީއްލާލިހެންނެވެ. މޫނު މަތިން ދިލައަރައިގެން ދިޔަހެންހީވިއެވެ. އެހިނދު އަހަރެންނަށް މަންމައާ ދިމާއަށް ބާރަށް ފިޔަވަޅުތައް އަޅަންފެށުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް މަންމަ އެކުރީ މަންމަގެ މަޤާމްގައި އަހަރެން ހުރި ނަމަވެސް ކުރާނެކަމެއްކަން ވިސްނުމުން ހުއްޓުނީއެވެ. ކައިލް އެއްފަރާތަކަށް މޫނު އަނބުރާލައިގެން ހުރެފައި މަންމައާ ދިމާއަށް އެނބުރުނުއިރު އެލޮލުގެ ތެރޭގައިވަނީ ކަރުނަތައް ގިނަވެފައެވެ. “..މަމް.. […]
އަހަރެން ފެނުމާއިއެކު ޝާޔާގެ މޫނުމަތިން ފެނިގެންދިޔަ އަޖައިބެއްފަދަ ހިނިތުންވުން އަހަރެންގެ ހިތުގެ ހިނގުން ބާރުކޮށްލިއެވެ. ޝާޔާ ކުޑަކޮށް ތެދުވެލާ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. ލައިގެންހުރި ފިޔާތޮށި ކުލައިގެ ޓޮޕްކޮޅާއި ދޫކޮށްލާފައި ވާ ސިލްކް ކޮޅެއްފަދަ ކަޅު އިސްތަށިކޮޅާއިއެކު ޝާޔާގެ ރީތިކަން ޝާޢިރުންގެ ގަލަންތަކަށް ނުކުޅެދޭވަރުވެއެވެ. އަހަރެން މަޑުފިޔަވަޅު ތަކުގައި ޝާޔާގެ ކައިރިޔަށް ޖެހިލަމުން އަހަރެންގެ މޫނުމައްޗަށް ވެއްޓިފައިވާ ތެތް އިސްތަށިކޮޅު އެއްފަރާތްކޮށްލީމެވެ. އަދި އަތުގައި،ފޮރުވާފައި އޮތް މާބޮނޑި މަޑުމަޑުން ނަގާ ޝާޔާގެ އަތަށް ދިއްކޮށްލީމެވެ. “ގެޓް ވެލް […]
“ސަމްބޮޑީ. . ހެ. . ލް. . ޕް. . ” އަހަރެންނަށް ރޮއެގަނެވުނެވެ. އޭރު އަޔާންމެން އަހަރެން ފެނިފައި ދުވެފައި އަންނަތަން ފެނިއްޖެއެވެ. ޒާނިޝްމެން ފެނިފައި އަހަރެންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ޝާޔާއަށް ސީ.ޕީ.އާރު ދެމުން ދިޔައީމެވެ. “އޯ މައި ގޯޑް. . ” ޒާނިޝް އާއި އަޔާން އައިސް ހަމަވުމާއިއެކު ލިބިފައި ވާ ޝޮކާއިއެކު ބުނެލިއެވެ. ކަންތައްތައް ގޯސް ވެފައިވާ ހިސާބު އިޙްސާސް ކުރެވުނީ އެވެ. ރަނާއާއި ރިޔާއަށް އަނގަމަތީގައި އަތް […]
ރިހާގެ އަޑަށް ސިޓިން ރޫމްގެ ދޮރާއި ދިމާލަށް އެންމެންހެން ބަލާލިއެވެ. އޭރު ރިހާ އައިސް ވަންނަނީއެވެ. ރިހާގެ ފަހަތުން މީހަކު އަންނަހެން ހީވުމުން އެންމެންގެ ނަޒަރު އެދިމާއަށް ދަތުރު ކުރިއެވެ. ނަމަވެސް ވަކި ހިސާބަކުން އެމީހަކު ހުއްޓުމުން އެހިސާބަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން މޫނުއެނގޭ ވަރެއް ނުވިއެވެ. އެނގެނީ އަންހެން ކުއްޖެއް ކަމެވެ. ފަހަތުން އައި ރިއާ ހުއްޓުނުކަން އެނގުމުން ރިހާ އަނބުރާލާފަ ރިއާ ގާތަށް ގޮސް ހުއްޓުނެވެ. ރިއާ ބުނީ ޖެހިލުންވަނީ ކަމުގައެވެ. ރިހާ ހާސް […]