.އަހަރެމެންނަށް ކަންތައް ދިމާވި ގޮތުން އިރަމް އާއި ޝެނިން އާދައިގެ ހަޔާތެއް ހޯދަން އުޅޭ ކަމަކީ އެންމެ ހަމަޖެހޭ ގޮތެވެ ނަމަވެސް ބަޔަކު ސަލާމަތް ކުރުމުގެ ބާރު ތިމާގެ އަތުގައި އޮތްނަމަ އެބަޔަކަށް އެހީވުމަށް ތިމާ ކަމެއް ނުކުރާނަން ހެއްޔެވެ؟ .ނަމަވެސް ކަންތައް ވަމުން ދާއިރު އަހަރެންނަކަށް އަތް އުރާލައިގެންނެއް ނުހުރެވޭނެއެވެ .އެއީ އެއް އިރެއްގައިވެސް އަހަރެންނެއް ނޫނެވެ .ސިއްރުން ގޭންގު ތަކުގެ ކަންތަކާއި އެފަދަ ކުށްތައް ކުރުމުގެ ކުރިން ޕޮލިހުންނާއި އެފަދަ މީހުން ހަވާލު ކުރަމުން […]
މިއީ ކަޝްފުގެ އޮފިޝަލް “ބްލާރބް” އެވެ. ކުރިން ދެވިފައިވަނީ ކަޝްފުގެ ނުރަސްމީ މައުލޫމާތު ކޮޅެކެވެ. އަޅުގަނޑުގެ ލޯބީގެ ވާހަކައަކަށް އިންތިޒާރު ކުރަމުން އަންނަ ކުދިންނަށް ޚާއްސަ. ނަމަވެސް މިވާހަކައަކީ ބަލި ހިތްތަކަށް އަޅުގަނޑު “ރިކޮމެންޑް” ކުރާނެ ފޮތެއް ނޫނެވެ. ވާހަކަ ބިނާ ކުރެވިފައިވަނީ ހަޤީގީ ބައެއް ހާދިސާ ތަކެއްގެ މައްޗަށެވެ. ”Pretty Hurts” ރީތި ވުމަކީ އެކަމުގެ ގޮތުގައި ވޭނެކެވެ. ރީތި ވުމަކީ އޭގެ ގޮތުގައި އަނިޔާއެކެވެ. ޔުވޯންއަށް އެކަން އެނގުނީ އުނދަގޫ ގޮތަށެވެ. 14 އަހަރުގައި […]
ހަތިޔާރުގެ ސީޒަން 2 ފެށޭ އިރު ވާހަކައިގެ ނަމަކ: ފިނި ހިތް (ވާހަކައާއި ގުޅޭނެ ނަމެއްގެ ޚިޔާލު ތިޔަ ބޭފުޅުން ދިނުން މަރުހަބާ) ވާހަކަ އަންނާނީގެ ލިވީގެ ނަޒަރުނެވެ. އޮކްޓޯބަރ މަހުގައި އަންނަނީ (ހަމައެކަނި އެސްފިޔައިން)
މުދަލާއި ތަނަވަސްކަމާއި ބާރުގެ ގޮތުން އައިދިންގެ ބައްޕަ ވަރުގެ ވަރުގަދަ މީހަކު ނެތެވެ. ނަމަވެސް އައިދިން އެއިން އެކައްޗެއްވެސް ބޭނުމެއް ނޫނެވެ. އައިދިން ހަމަ އެކަނި ބޭނުންވަނީ އޭނާގެ މަގާމުގައި ހުރި މީހަކަށް ނުލިބޭނެ އެއްޗެވެ. ލޯތްބެވެ. ނޫނީ ލިބިވެސް ދާނެ ހެއްޔެވެ؟ އަށް އަހަރުގައި އައިދިންގެ މަންމަ އައިދިން އާއި ވަކިވެއްޖެއެވެ francepharmacie.fr. އައިދިންއަށް ހަމައެކަނި ލިބެމުން އައި ލޯބިން އައިދިން މަޙްރޫމް ވީއެވެ.
އެޕިލޮގް ނޭވާ ހަމަ ހީވީ ކުއްލިއަކަށް އައި ހެންނެވެ. ބޮނޑި ބޮނޑިއަށް އައި ހެންނެވެ. އަހަރެންނަށް އެރީ ކޮށްޓެވެ. ލޯ ހުޅުވީމެވެ. އިރަމް އުފަލުން ފަޅައިންދާން ތައްޔާރުވެފައި އިންހެން ހީވިއެވެ. ތެދުވި ގޮތަށް ތެދުވެ ލިވީ ގައިގައި އޮޅުލައިގަތެވެ. ލިވީ ވެސް ހީވަނީ އުފަލުން އެހެން ފަދަ ކަމެއް ހެއްނެވެ. “އަހަ…. އަހަރެންވެސް ލޯބިވޭ އިރަމްދެކެ……” ކޮށި އަރަމުން އަހަރެން ބުނީމެވެ. އިރަމް އައި ގޮތަށް އައިސް އަހަރެންގައިގައި އޮޅުލައި ގަތެވެ. އޭނާ ތުރުތުރު އަޅާއެބައެވެ. […]
އިރަމް އަހަރެންނަށް ހޭވެރި ކަމެކޭ ކިޔާ އެއްޗެއް ވީއިރު މުޅިތާ ވަނީ އަލލިފާން ރޯވެފައެވެ. ހުރިހާ ގޮނޑިތަކެއްގައެވެ. ކަބަޑުތަކުގައެވެ. އަހަރެންގެ އަތް ގުޑުވަން އުޅުނީމެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުވެއެވެ. އަތައް ބަލައިލީމެވެ. ބަނދެފައެވެ. ލިވީވެސް މެއެވެ. ޝެނިންވެސް މެއެވެ. އިސްމާއިލް ހޯދަންފެއްޓީ ދެނެވެ. އޭނާވެސް އެބައުޅެއެވެ. ގަނޑުކޮށްފައި ތިބި މީހުންތައް ފުންޏަކަށް ޖަހަނީއެވެ. ނޫނެކެވެ. އަހަރެންނަށް ދެން އަންނަން އޮތް އެއްޗެއް އެނގެއެވެ. އެއުޅެނީ އަންދާލަންށެވެ. އޭނާ ކުރާ ކަމެއް އާންމުންނާއި ހިސާބަށް […]
ޝެނިން އެމީހުން އިރަމްގެ މަންމަ ކައިރިއަށް ދިޔަތާ މާގިނައިރެއް ނުވެއެވެ. އިތުރު ގާރޑުތަކެއް އެދިމާލަށް ދުވަން ފެށި އިރަށް ކަންތައް ގޯސްވީކަން އެނގުނެވެ. ވާނެ ގޮތަކީވެސް އެއީއެއް ނޫން ހެއްޔެވެ؟ އެހެން ގޮތެއް ވާނެ ކަމަށް އަހަރެން އުންމީދު ކުރަންވީވެސް ކީއްވެ ހެއްޔެވެ؟ އެނގިހުރެ އަލިފާންގަނޑަށް ވަދެ ނުއަނދާ ނުކުމެވޭނެހެއްޔެވެ؟ އަހަރެން އަދިވެސް މިއޮތީ އެމީހުން އަހަރެން ބަނދެފައި ބާއްވާފައިވާ ތަނުގައެވެ. އެގޮނޑީގައެވެ. އެހާ ބޭކާރު ހެން އަހަރެންނަށް ހީވަނީ ކީއްވެ ހެއްޔެވެ؟ ޖަވާބު އަހަރެންނަށް […]
އިރަމް އިސްމާއިލް ފުރަތަމަ ބުނި ގޮތުންވެސް އަހަރެންގެ ގޮހޮރު އެނބުރުން ކަހަލައެވެ. ލިވީވެސް އަހަރެންނާއި ކައިރިއަށް ޖެހުން ކަހަލައެވެ. ނަމަވެސް އަހަރެންނެއް ނޭނބުރެމެވެ. އަހަރެން ވިސްނަމުން މިދަނީ ދެން މި ހާލަތު ކުޅެވިގެން ދާނެ ގޮތަކާއި މެދުގައެވެ. ހަމަގައިމުވެސް އެއިން ހުދު ބްލީޗް ވަސް ދުވާ ކޮޓަރިއެއްގައި ތިބުން އެޖެންޑާގައި އެބައޮތް ކަންނޭނގެއެވެ. ނަމަވެސް އަހަރެންނަށް ނަފްރަތުގެ ރަތް ކުލަ ފެނުނީ ޝަހުދު ފެނުމުންނެވެ. އަހަރެން އަތް ފޯރާ ފަށުގައި އޭނާ ހުރި ނަމަ ހަގައިމުވެސް […]
ޝެނިން އެއްމަހުގެ ރޭވުމާއި ދެމަސް ދުވަހުގެ ފިލުމުން އަހަރެންނަށް އާދެވުނީ ކޮންތާކަށް ހެއްޔެވެ؟ ހަމަ ފެއްޓި ހިސާބަށެވެ. މީހަކަށް ކަނު އިތުބާރެއް ކުރުމުން ލިބޭ ނަތީޖާ އަކީ މިއީ ކަންނޭނގެއެވެ. ޝަހުދް އަހަރެންނަށް މިކަހަލަ ގޮތެއް ހަދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. ގައިގެ ތުރުތުރު އެޅުން ހުއްޓުމަކަށް ނާދެއެވެ. އަހަރެންގެ ބޮލަށް ވަމުންދާ ތަދަށްވުރެ ބޮޑަށް ތަދުވަނީ ހިތަށެވެ. މީހެއްގެ އޮޅުވާލުމެވެ. ލޯ ހުޅުވައިން އަހަރެން ހަމަ އޮތީއެވެ. ބަނދެފައިވާ އޮތް ގޮނޑިން […]