މިވާހަކަ ބުނެދޭނީ ކިހިނެއްކަމެއް ނޭނގެއެވެ. މިހާރު އަހަރެންގެ އަތުން ދެން އިތުރަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތެވެ. ކެއްތެރިކަން ކޮޅުން ލައިފިއެވެ. އެންމެފަހުން ހިތަށް ކެއްނުވެގެން، ހިތުގެ އުދާސްތައް ހާމަކުރަން މަޖުބޫރުވީއެވެ. މިހާރު އަހަރެންނަށް ހުރިހާ އެއްޗެއް ގެއްލިފައިވާ ފަދައެވެ. މިސިޓީ ތިބާ ކިޔާއިރު، އަހަރެންވާނީ މިދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. ނުވަތަ އަހަރެން ގުނަމުންދާނީ އަހަރެންގެ ހަޔާތުގެ އެންމެ ފަހު ސިކުންތުތަކެވެ. އަހަރެން މިވަނީ މުޅިން މާޔޫސްވެ، މޮޔަވެފައެވެ. އެކަމަކު، ތިބާއަށް މިކަން ނޭނގިދާނެއެވެ. ހަޔާތުގެ ވަކި […]
ވަގުތަކީ ހަވީރު ވަގުތު ކަމުން ކުޑަކުދިން ތައް ކުޅެން އުޅޭ މައްޒަރު ބަލަން ދުރުގައި ހުރި ރުކެއް ގައި ލެނގިލައިގެން ލޫނާ ހުރި އިރު އެހެން އެއްވެސް ކަމަކަށް ސަމާލުކަން ނުދޭ ކަހަލައެވެ. މިހެން އިރު ކޮޅަކު ހުރުމައްފަހު އެނބުރިލި ވަގުތު މީހެއް ގެ ގައިގާ ޖެހި ވެއްޓެން ދިޔައެވެ. އެވަގުތު ބާރު ގަދަ އަތަކުން ލޫނާ ހިފަހައްޓާލާ ބެހެއްޓުމުން ލޫނާ ހިނިތުން ވެލަމުން އިސް އުފުލާ ކުރިމަތީ ހުރި މީހާ އަށް ބަލާލި ހިނދު ލޫނާ […]