Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މަރުވިޔަސް ކަލާގެ ނަން މިހިތަކުން ނުފިލާނެޔޭ….

fai Level 1
May 14, 2014 3 Mins Read
1 Comment

މިވާހަކަ ބުނެދޭނީ ކިހިނެއްކަމެއް ނޭނގެއެވެ. މިހާރު އަހަރެންގެ އަތުން ދެން އިތުރަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތެވެ. ކެއްތެރިކަން ކޮޅުން ލައިފިއެވެ. އެންމެފަހުން ހިތަށް ކެއްނުވެގެން، ހިތުގެ އުދާސްތައް ހާމަކުރަން މަޖުބޫރުވީއެވެ. މިހާރު އަހަރެންނަށް ހުރިހާ އެއްޗެއް ގެއްލިފައިވާ ފަދައެވެ. މިސިޓީ ތިބާ ކިޔާއިރު، އަހަރެންވާނީ މިދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. ނުވަތަ އަހަރެން ގުނަމުންދާނީ އަހަރެންގެ ހަޔާތުގެ އެންމެ ފަހު ސިކުންތުތަކެވެ. އަހަރެން މިވަނީ މުޅިން މާޔޫސްވެ، މޮޔަވެފައެވެ. އެކަމަކު، ތިބާއަށް މިކަން ނޭނގިދާނެއެވެ. ހަޔާތުގެ ވަކި ހިސާބަކުން އަމިއްލަ ނަފްޞުގެ ބާރު ކެނޑިގެން ދިޔަ ކަހަލައެވެ. އެފަދަ އިހްސާސްތައް ކުރެވެން ފެށިއެވެ. ތިބާއަށް އަހަރެން މުޅި ފުރާނައާއި ހަށިގަނޑު ނޭނގި ބޭއިޚްތިޔާރުގައި ޤުރުބާންކޮށް މިލްކުކޮށްދެވުނެވެ.

އެކަމަކުވެސް، ތިބާދިޔައީ، ކޮންމެ ދުވަހަކުމެ އަހަންނަށް ހިތުހުރިހައި ގޮތެއް ހަދަމުންނެވެ. މިސަބަބުތަކާހުރެ، ނިދިން ހޭލިއަސް އަލިކަމެއް ނުފެނެއެވެ. އަދި ހޭލާހިތެއްވެސް ނުވެއެވެ. ދެމީހުންގެ ގުޅުމުގައި، ތިބާއާއެކު އަހަރަމެންގެ މުސްތަޤްބަލަށް ފޮނި އުއްމީދުތަކެއް ކުރެވިގެންދިޔަ ދުވަސްތަކެއް އަހަރެން ދުށީމެވެ. އެކަމަކުވެސް، ތިބާ އެހުރިހާ ހުވަފެނެއްގައިވެސް ކޮޅުފައިން ޖެހީމު ނޫން ހެއްޔެވެ. މިހިސާބުން ފެށިގެން އަހަންނަކީ ދިރި ހުއްޓަސް މަރުވެފައިވާ މީހެކެވެ. އަހަރެންގެ ޙަޔާތުގައި ދުވަހަކުވެސް މީހެއްދެކެ ލޯބިނުވާވަރަށް ތިބާދެކެ ލޯބިވީމުއެވެ. އޯގާތެރިވީމުއެވެ. ވަފާތެރިވީމުއެވެ.
މީގެ ބަދަލެއްގެ ގޮތުން އަހަން ލިބުނީ، މަކަރުވެރިކަމާއި އޮޅުވާލުމެކެވެ. ދޮގުވެރިކަމާއި ލަދުވެތިކަމެވެ. އަހަރެންވީ ޤުރުބާނީތަކާ އެއްވަރަށް ތިބާއަށް އެއްޗެހިވެސް ހޯދަދިނީމުއެވެ. އަހަންނަކީ ރީތި މީހެކޭ ކިޔައިގެން އަހަރެން ހެއްދީމުއެވެ. އެކަމަކުވެސް، މިއިން އަހަންނަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. އަހަރެން ތިބާގެ ދަރިއަކަށް ބަނޑުބޮޑުވެދާނެތީ ބިރުގަތެވެ. އެކަމަކުވެސް، ތިބާގެ ލޯތްބާއި އަޅާލުން ލިބޭތޯ އަހަރެން މިހުރިހާކަމަކަށް ކެތްކުރީމުއެވެ. މިހާލުގައި ދުވަހެއް ދުވަހަކަށް އަހަރެންދިޔައީ ވީރާނާވެ، ހަލާކުވަމުންނެވެ. މިޙާލުގައިވެސް ކެތްކުރީމެވެ. މިސަބަބުތަކާހުރެ ކެއުމާއި ނިދުމުން އަހަރެން މަޙްރޫމްވެގެން ދިޔައެވެ. އެއްވެސްކަމެއްވެސްކުރާ ހިތެއްނުވެއެވެ. މިކަމުގައި އަހަރެން މިދަނީ ދުވަހެއް ދުވަހަކަށް ފަނާވެ ވިރާނާވަމުންނެވެ. މިހާރު އަހަރެންގެ މަންޒިލަކީ ކޮބައިކަމެއް އަހަންނަކަށްވެސް ނޭންގެއެވެ. ޚުދު އަހަންނަށް މިކަން މިހާރު އިޙްސާސްވެސް ކުރެވެން ފަށައިފިއެވެ.

 

އަހަރެން ތިބާއާ ބައްދަލުވި ފުރަތަމަ ދުވަހުން ފެށިގެންވެސް ގޮތްނޭންގޭ އިޙްސާސްތަކެއް ކުރެވުނެވެ. އަދި ކުރިމަގަށް ފޮނި އުއްމީދުތަކެއް ކުރެވިގެން ދިޔައެވެ. މިއީ، މިލޯބީގެ ފެށުމެވެ. މިލޯބީގައި އުފާވެރި ދުވަސްތަކަކަށް ދިގު އިންތިޒާރުތަކެއް ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ނަމަވެސް، ޤުދުރަތުގެ ނިޔާއިން ދެމީހުން ދިމާވީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. މިލޯބީގައި ތިބާގެ ސަބަބުން އަހަރެން ތަހައްމަލް ކުރަން ޖެހުނު އަނިޔާތަކާއި ހިތާމައަކީ ދުވަހަކުވެސް އަހަރެންގެ ހިތުން ފޮހެވިގެންދާނެ ކަންކަމެއް ނޫނެވެ. އަދި ތިބާ އަހަންނާ ދޭތެރޭގައި ކަންތައްކުރި ދަށުދަރަޖައިގެ އިހާނެތި ގޮތްތަކަކީ، އަހަންނަށް ޙައްޤުނޫން ގޮތްތަކެއްކަންވެސް ވިސްނެއެވެ. އެކަމަކުވެސް ތިބާގެ ލޯތްބަށްޓަކައި ހަމަކެއްކުރެވެނީއެވެ. އަހަރެމެން ދެމީހުންގެ މިލޯބީގައި ތިބާގެ ފަރާތުން އެއްވެސް ލޯތްބެއް ހަމްދަރުދީއެއް ނުވަތަ އަޅާލުމެއްވެސް ނުފެނުނެވެ.

 

މިލޯބީގެ ޙަޔާތުގެ މިހާހިސާބުން، ތިބާ އަހަންނަށް ނަފްޞާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުންދީފާނެކަން އަހަންނަށް ޤަބޫލު ކުރެވުނެވެ. ތިބާގެ މުޅި ހަޔާތް ބިނާވެގެންވަނީ ޝަހްވާނީ އެދުމާއި، އަންހެނުންނާއެކު މަޖާކުރުމާއި އަދި ޕާރޓީކުރުމުގެ މައްޗަށެވެ. މިހުރިހާކަމެއް އަހަންނަށް އިނގޭއިރުވެސް، އަހަރެންގެ ހުރިހާވެސް އުއްމީދަކީ އަދި ޙަޔާތަކީ ހަމަ ތިބާއެވެ. އަދި މިކަން ޙާޞިލްކުރުމަށްޓަކައި އަހަރެން ބުރަ މަސައްކަތްތަކެއް ކުރީމުއެވެ. އަހަރެން މިދުނިޔޭގައި ހުރެއްޖެނަމަ، ތިބާއަށްޓަކައި ވާނީ މޮޔައެވެ. އަދި މިއަދު ތިބާމަތިން ހަނދާން ނައްތާލުމަކީވެސް އަހަރެންގެ ބާރުގައި ވާކަމެއް ނޫނެވެ. އަހަރެން މިއަލްވަދާޢު ކިޔަނީ އަހަރެންގެ އުފާވެރި ހުވަފެންތަކާއެވެ. ތިބާގެ ފަރާތުން ބޭވަފާތެރިކަން ނޫންކަމެއް އަހަންނަކަށް ނުލިބުނެވެ. އެކަމަކުވެސް އަހަރެން މައްސަލައެއް ނުޖައްސަމެވެ. އަދި އެވާހަކަނުވެސް ދައްކަމުއެވެ. އަހަރެން ތިބާދެކެ ވާލޯތްބެއްގެ ބޮޑުކަމުން އެންމެ ފަހުން ނިންމީ މިކަމާ އަޅާނުލުމަށެވެ. އަދި މިވާހަކަތައްވެސް ނުދެއްކުމަށެވެ.

މިދުނިޔޭގައި އެއްވެސް މީހަކަށް ނުކުރާ އިތުބާރު ތިބާއަށް ކުރީމެވެ. އެކަމަކުވެސް، ބަދަލެއްގެ ގޮތުން، ތިބާ އަހަރެން ފަޟީހަތް ކުރީމެވެ. އަހަރެންނަކީ މީހުންނާއެކު ބޭރަށްގޮސް އުޅޭ މީހެއްނޫނެވެ. އެއްވެސް މީހަކާ ގުޅުމެއްވެސް ނޯންނާނެއެވެ. އަދި އަހަރެން ތިބާއަށް އަބަދާއި އަބަދުމެ، ވަފާތެރިވީމުއެވެ.
އަހަރެން އެއްވެސް މީހަކާ ބައްދަލެއް ނުކުރަމެވެ. މިދުނިޔޭގައި އަހަރެން ތިބާދެކެ ލޯބިވާވަރަށް ލޯބިވާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. މިކަން އަހަރެންގެ ލެއިންވެސް ލިޔެލަދީފާނަމެވެ. އެކަމަކުވެސް، ތިބާ އަހަންނަށް ނުކުރާ އެއްވެސް އަނިޔާއެއް މިދުނިޔޭގައި ދެން މީހަކަށް ނުކުރެވޭނެއެވެ. އަހަރެންގެ އެކުވެރިންނާއި ތިބާގެ އެކުވެރިންގެ ކުރިމަތީގައި އަބަދާއި އަބަދުމެ އަހަންނަށް އިހާނެތިކޮށް ހިތައި، ހިތުގައި ޖެއްސީމުއެވެ. އަދި ތިބާ ބޭނުންވި ކޮންމެ ގޮތަކަށް އަހަރެން އެނބުރުވީމުއެވެ.

 
ތިބާ އަހަރެންގެ ލޯބިވާ ޢާއިލާއަށްވެސް އިހާނެތިކޮށް ހިތީމުއެވެ. ތިބާވަނީ އަހަރެންގެ ހިތްކުދިކުދި ކޮށްލާފައެވެ. މިހާ ހިސާބުން އަހަރެން ދެން މިދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަހަރެން ތިބާގެ ފަރާތުން ބޭނުންވީ ހަމަ އެންމެ އެއްޗެކެވެ. އަދި އެދުނީވެސް ހަމަ އެންމެ ކަމަކަށެވެ. އެއީ ހަޤީޤީ ލޯތްބަށެވެ. މިނިޔަތުގައި އަހަރެން ތިބާއަށް ހުރިހާ ކަމެއްވެސް ކޮށްދިނީމުއެވެ. އެކަމަކު، އަހަރެންގެ ދުނިޔެ މިއަދުމިވަނީ ނިމިގެންގޮސްފައެވެ. އަހަރެންގެ އުފާވެރި ޙަޔާތް، ތިބާވަނީ އަހަރެންގެ ކިބައިން އެއްވެސް ކުށަކާނުލައި، ފޭރިގެންފައެވެ. އަހަރެން މަސައްކަތްކުރީ އުފާވެރި ޙަޔާތެއް އެކުގައި އުޅުމަށެވެ. އަހަރެން އަބަދުވެސް އެދުނީ ތިބާގެ އުފާވެރިކަމަށެވެ. އަދި އަހަރެންގެ އަތުގައިހުރި ހުރިހާ ފައިސާއެއް ތިބާގެ ބޭނުންތަކަށް ޚަރަދު ކުރީމުއެވެ. އެކަމަކުވެސް، ތިބާ އަހަރެންގެ ލޯތްބަށް ކެހިދިނީއެވެ. އަހަރެންގެ މޫނުމަތީގައި ކޮޅުފައިން ޖެހީއެވެ. މިއަދު އަހަރެން މިވަނީ މާޔޫސްވެ، ގޮތްހުސްވެފައެވެ. އަމިއްލަ ނަފްޞަށް އިތުބާރު ގެއްލިފައެވެ. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވެސް ކޮށްލީމުނޫން ހެއްޔެވެ. މިކަމުން އަހަންނަށް ހާދަ އަސަރެއް ކުރެއެވެ. މިހިތުގެ ވޭނާއި އުދާސްކަންމަތީގައި އަހަރެން އެއް އަހަރު ހޭދަކުރީމެވެ. މިހާލުގައި އަހަރެން ދުވަސްތައް ހޭދަކުރިއިރުވެސް، ތިބާ އެންމެ ކުޑަމިނުން އަހަރެންގެ ހާލުވެސް ބަލައި ނުލަމުއެވެ.

އަހަރެން ވޭނާއި ކެކުޅުމުގައި، އަހަރެމެންގެ ދަރިފުޅު އެބޯޓްވެސް ކުރީމުއެވެ. މިކަމުން އަހަންނަށްކުރި އަސަރު ބަޔާންކޮށްދިނުމަކީ އަހަންނަށް މިއަދު ވާނެކަމެއް ނޫނެވެ.
އަހަރެންގެ މިހުރިހާ ޤުރުބާނީތަކާއެކުވެސް، ތިބާ އަބަދުވެސް ބޭނުންވީ އަހަންނާ ވީހާވެސް ދުރުގައި އުޅުމަށެވެ. އަދި ތިބާ ޙަޔާތުގައި މަޖާކޮށް އަބަދު ޕާރޓީކުރަން ބޭނުންވިޔަސް، އަހަރެން އެދުނީ ހަމައެކަނި ތިބާގެ ފަރާތުން ޙަޤީޤީ ލޯބި ލިބުމަށެވެ. އަދި އުފާވެރި ދިރިއުޅުމެކެވެ.
އެހެންނަމަވެސް، މިދެކަންތައްވެސް ތިބާވަނީ އަހަރެންގެ ކިބައިން ނިގުޅައި ފޭރިގެންފައެވެ. މިއަދު އަހަރެން މިވަނީ މިދުނިޔޭގައި ތިބާގެ މަކަރުވެރިކަމާއި ކެހިވެރިކަމުން އެކަނިވެރިއަކަށް ވެފައެވެ. އަހަރެން ތިބާދެކެ ޙަޤީޤީ ލޯބިވިފަދައިން، ތިބާވެސް އަހަރެން ދެކެ ލޯބިވިނަމަ ކޮންފަދަ ހެއްޔެވެ.

އަހަރެން ދެމީހުން އެކުގައި މުސްތަޤުބަލްގެ ހުވަފެންތައް ދުށީމުއެވެ. އެކަމަކު، މިއަދު އަހަރެން މިދުނިޔެ ދޫކޮށް މިދާންޖެހުނީ، އެކަނިވެރި ކަމާއި މާޔޫސް ކަންމަތީ ތިބާގެ ހަނދާނުގައެވެ.
މިގޮތުގައި އަހަރެން ވަރުބަލި ވެއްޖެއެވެ. ދެން އިތުރަށް ކުރާނެ ހިތްވަރެއް މިހަށިގަނޑަކު ނެތެވެ. މިހާރު އަހަރެން ބޭނުންވަނީ، އަބަދުގެ އަބަދަށް ހަމަހިމޭން ނިންޖަކުން ނިދާށެވެ. ތިބާއާ ދިމާވުމުގެ ކުރިން އަހަރެންގެ ހުރިހާކަމެއްވެސް ހުރީ ފުރިހަމަވެފައެވެ. އަދި އުޅެމުންދިޔައީ އުފާވެރި ޙަޔާތެކެވެ. އެހެންނަމަވެސް، ތިބާގެ ފަރާތުން އެކަނިވެރިކަން ނޫން އެއްޗެއް އަހަންނަށް އިޚްސާސް ނުކުރެވެއެވެ. ތިބާ އަހަރެން އެކަނިވެރިކޮށް އެކަން އިހްސާސްވެސް ކޮށްދިނީމުއެވެ. އަހަރެން މި ދުނިޔެއިން ނިމިގެން ދިޔަސް ކަލާ ދެކެ ވާ ލޯތްބަށް ފަނޑުކަމެއް ނާންނާނެއެވެ.
“މަރުވިޔަސް ކަލާގެ ނަން
މިހިތަކުން ނުފިލާނެޔޭ…
ގިސްލަމުން ރޮއެފާ ބުނަން
ކެހިދިނީ ފަހެ ކީއްވެހޭ ….
އޭރު ކުރިހާ ހުވާ
ހަނދުމަ ނެއްހޭއޭ ކަލާ …
ދޮގު ހުވާ ކޮށް މަގޭ
ހިތް ވަނީ އަދު މޮޔަވެފާ…
ލޯބި ނުލިބި ދުނިޔެއިން
މިއަދު ވީ ބާކީވެފާ…
މަރުވިޔަސް ކަލާގެ ނަން
މިހިތަކުން ނުފިލާނެޔޭ…
( ނިމުނީ )

Share Article

Follow Me Written By

fai

Level 1

Other Articles

Previous

އޯގާވީ ހިތަކުން…26

Next

ހިތް ފަނާވެދަންދެން… 8

Next
May 14, 2014

ހިތް ފަނާވެދަންދެން… 8

Previews
May 14, 2014

އޯގާވީ ހިތަކުން…26

One Comment

  1. thaath says:
    May 16, 2014 at 12:30 am

    This story resembles to jiah khan. This was exactly whts written in her suicidal note..its very painful and you have presentd it quite good. 🙂 n…

Comments are closed.


All Right Reserved!