“ތިގަނޑެއް ނުގަނެވިގެން ދޯ ކަލޭމެން އަހަރެންގެ ބޮލަށް އެރިގެން ދަތުރު އައީ. .” ޝައިހާގެ ރުޅިވެރިއަޑުން ޝާޔާގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. “ކަލޭގެ ހާދަ ލަދެއް ހަޔާތެއްވެސް ނެތޭ ދޯ. . ؟ ހަމަ ތަނަކުން ފިރިހެނެއް ފެންނައިރަށް ފަހަތުން މޮޔަވެގެން ދުވާއިރު ކަލޭގެ ފެންވަރު އެނގޭތަ؟؟ ކަލޭތީ ބޮޑު މަންމަނެއްކަން އެނގޭތަ؟ ކަލެޔަކާހެދި ލަދުން މަށަކަށް ނެތޭ މީހުންގެ ކުރިމަތީގަ އިސްއުފުލާލައިގެން އުޅޭކަށް!! މަށަށް މިހާ ދުއްޕާން ބޮޑުނުކޮށް މަރުވާނަމަ ކިހާ ރަނގަޅުތަ މީނދަ […]
އަރްޝީ ފެންވަރާލައިގެން ނިކުމެޑްރެސިން ޓޭބަލް ކައިރީ މަޑުކޮއްލިއެވެ. ޔޫނާ އާއި ހަސީބާ ސިޓިންރޫމްގަވާހަކަ ދައްކަން ތިބި އަޑު އިވެމުން ދިޔައެވެ. ރަބީއު އެ ކޮޓަރީގެ ދޮރުގަޓަކިޖަހާލާ އަރްޝީގެ ސަމާލުކަން ހޯދިއެވެ. ” ބޭރަށް ދަނީތަ؟” ރަބީއު ކޮޓަރިއަށް ނުވަދެ މަޑުކޮއްލީ ހުރި ފިޔަވަޅުގެ މަތީގައެވެ. އަރްޝީ ޖަވާބު ދިނީ ބޯ ހަލުވާލަމުންނެވެ. ” ކާކު އާއި އެކު؟” ރަބީއުގެ މޫނުމަތި ބަދަލުވެގެން ދިޔައެވެ. ” އަހަރެން ބޭރަށް ދާނެ ވަރަށް ބައިވަރު މީހުން ތިބޭތަ؟” އަރްޝީގެ ރާގުގަވަނީ […]
”ނިމުނީ…” މައިމޫނާ އޭނަގެ އަތްދަބުން ނެގި އެއްޗެހިތައް ޑްރިންކް ތައްޓަކަށް އަޅަމުން އުމެއިރާއަށް ބަލާލިއެވެ. އުމެއިރާ ހުރީ ހިސާބަކަށް ނުތަނަވަސް ވެފައެވެ. އޭނަ ދެއަތް ޖޯޑުކޮށްލަމުން ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. ”އުމޭ ކިހިނެއްވީ؟ ހާދަ ވަރަކަށް ހާސްވެފަ ތިހުރީ….” މައިމޫނާއަށް ނުބައި ޝައްކުތަކެއް ވިއެވެ. އުމެއިރާ ކޮންމެވެސް ބޮޑުކަމެއް ސިއްރުކުރަނީ ހެއްޔެވެ؟ އަނެއްކާ އޭނަ މިހުރިހާ ކަމެއްގައި ބައްދާލަން އުޅޭނީ ބާވައެވެ! ގިނަ ފަހަރު ގާތް ރަޙުމަތްތެރިންވެސް ލަނޑު ދެއެވެ. މައިމޫނާގެ ހިތް ޝައްކުތަކުން ފުރިގެން […]
ކޮޓަރީގެ އެކިދިމަދިމާއިންއަންނައުނުތައް ނަގައިގެން ފާހާނާއަށް ކައިއާ ވަންއިރުވެސް ޔާނިސްއަށް ހަދާނެގޮތެއް ނޭނގިފައި ހުރެވުނީއެވެ. ކައިއާގެ ތުރުތުރު އަޅަމުންދިޔަ ހަށިގަނޑާއި ހިނގުމަށް އުނދަގޫވެގެން އުޅުނު މަންޒަރު ފެނުމާއެކީ އަމިއްލަ ނަފްސް ކުށްވެރިކުރެވުނީވެސް ވަކިވަރަކަށްނޫނެވެ. ބައިގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ކައިއާ ފާހާނާއިން ނުނިކުތުމުން ޔާނިސް ދެފަރަކު ދޮރުގައި ޖަހާލިއެވެ. ކައިއާގެ ހަބަރެއްނުވުމުން ކުރިއަށްވުރެ ބާރަށް ދޮރުގައި ތަޅައިގަތެވެ. ފެންމާގަނޑުން ފެންތައް އޮހެރެމުންދާ އަޑުފިޔަވައި އެއްވެސް އަޑެއްނީވުމުން ޔާނިސްއަށް ހަދާނެ ގޮތް ބޮޑުވިއެވެ. ކައިއާއަށް ވެދާނެ ގޮތަކާމެދު އެނޫނީ ވިސްނުނު ވަގުތެއް […]
އިރުގެ ދޯދިތަކުން ރޭގަނޑުއަނދިރިކަމުގައި އޮތް ދުނިޔެ އަލިކޮއްލާ އާދުވަހެއްކަން އިއުލާންކޮއްފިކަހަލައެވެ. ހުކުރުދުވަހެއް ކަމަކު މީހުންގެ ހަލަބޮލިކަން މަގުތަކުގެހިމޭންކަން ނަގާލަމުން ދިޔައެވެ. ނިދައިގެން ހޭލިގޮތަށް އެނދުގައި އޮވެގެންޒައިދު ވިސްނީ މިއަދު ކުރާނެކަމަކާއި މެދުއެވެ. މަސައްކަތް ނުކޮށް އެންމެދުވަހެއް ހޭދަކޮއްލުމަކީ ހުސްއަތާއި ހުރެ އަހަރު ދުވަސް ހޭދަކޮއްލުން ފަދަފޫހި ވަގުތުތަކެއް ކަމުގައި އޭނާ ދެކެއެވެ. ކުއްލިއަކަށް ޒައިދުގެސިކުނޑިއަށް ހިޔާލެއް އައި ކަހަލައެވެ. ބޯއަޅާލައިގެން އޮތް ބާލީހުގައިހިފަހައްޓާލަމުން ތެދުވެ ފަހާނާއަށް ވަނެވެ. އަރާމް ނިދީގައި އޮތް ޝެރީންއަށް ހޭލެވުނީ މެދުކެނޑުމެއްނެތި އެލާރމްވަމުން […]
ވަގުތު ކުޑަތަންވަމުން ދާވަރަކަށް އާލިފްގެ ނުތަނަވަސްކަން ދިޔައީ ބޮޑުވަމުންނެވެ. އޭނާގެ އެންމެ ބޮޑު ހިތާމައަކީ އޭނާ ބަލާބޮޑުކުރި މައިންބަފައިންނާއި ހިތުގެ ފުންމިނުން ލޯބިވާ ލޯބޮވެރިޔާ ދޫކޮށްލަންޖެހިދާނެތީއެވެ. މަޣްރިބްނަމާދުން ފައިބައިގެން ހަސަނު ދިޔައީ އިބްރާހީމްފުޅުބޭ ބުނި ތަކެތި ހޯދާ ދޯނި ތައްޔާރުކޮށްހަދާށެވެ. އޭނާއާއެކު ވަހީދުވެސް އުޅެއެވެ. އާލިފް ބޭނުންވީ މަންމައާއި ބައްދަލުކުރާށެވެ. ފަހަރެއްގައި މިރެއަށްފަހު ލޯބިވާ މަންމައާ ބައްދަލު ނުވުންވެސް އެކަށީގެންވެއެވެ. އާލިފް ގޮސް މަންމަ އުޅޭ ރޫމްއަށް ވަތްއިރު މަންމަ ހުރީ ނަމާދަށެވެ. އިމްނާ ފެންނާކަށް ނެތެވެ. […]
“ޖަސްޓް އެންޖޯއި ދިސް ނައިޓް….. ގުޑް ލަކް….” ނަވީން ބުނެލިއަޑު އިވުނެވެ. “ދިސް އިސް ނޮޓް ފަނީ…. އޯޕަން ދި ޑޯ” ޔާނިސްއަށް އެމީހުންގެ ސަމާސާ ކަމަކު ނުދިޔައެވެ. ޔާނިސްގެ ވާހަކަތަކަށް ސަމާލުކަން ނުދިނުމުގެ ގޮތުން ޖަހަމުންދިޔަ ލަވައިގެ އަޑު އިތުރަށް ގަދަ ކޮށްލިއެވެ. ޔާނިސް ހިމޭންވީ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެއަޑު އެމީހުންނަށް ނީވޭނެކަން ޔަގީންވީމައެވެ. “ލެޓްސް ގޯ…. މިހާރުވެސް މާ ލަސްވެއްޖެ…” ފާހާނާގެ ދޮރު ލައްޕާލަމުން ކައިއާ ބުނެލިއެވެ. “ވަޓްސް ރޯންގް” ޔާނިސް އެއްވެސް […]
ކައިލް ކައިގެން ގެއިން ނުކުމެގެން ދިޔައީ 08 ޖަހާ ބޮޑުވި ފަހުންނެވެ. އަހަރެން ހުރީ އެވަގުތަށް އިންތިޒާރުކޮށްގެންނެވެ. އަވަސް އަވަހަށް މޭޒުމަތީ ހުރި ތަށިތައް ނަގައި ސިންކް ތެރެއަށް އަޅާލުމަށްފަހު މޭޒުމަތި ސާފުކޮށްލީމެވެ. އަދި ހުރިހާ ތަށިތަކެއް ދޮވެލައި ބަދިގެ ތެރެވެސް ފޮޅާ ސާފުކޮށްލައިފީމެވެ. ތެލީގައި ހުރި ބަތްތައް ޑަސްބިންއަށް އަޅާލުމަށްފަހު ގަޑި ބަލާލިއިރު 08:25 ވެއްޖެއެވެ. މިރޭ ކޮންމެހެންވެސް 09 ޖެހުމުގެ ކުރިން ޔުމްނުގެ ގެ ކައިރިޔަށް މަންމަ ގޮވައިގެން ދާން އެބަޖެހެއެވެ. އަދި މިއުޅެވެނީ […]
“އާ ޔޫ އޯކޭ” ކައިއާގެ މޫނަށް އަލިކޮށްލަމުން ޔާނިސްއަހާލިއެވެ. ފޯނުން އެޅިގެންދިޔަ ފަނޑުއަލީގައި ކައިއާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. ތުރުތުރު ލަމުންދިޔަ ކައިއާގެ ތުންފަތް ފެނުނު ހިނދު އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުހީވިއެވެ. ކައިއާގެ ކޯތާފަތުގައި ޔާނިސްގެ އިނގިލިތައް ބީހިލުމާއެކު ކައިއާއަށް ލޯމަރާލެވުނެވެ. އަދި ޔާނިސްގެ ޓީޝާޓުގައި ކައިއާއަށް ހިފާލެވުނެވެ. ޔާނިސް ކައިއާގެ ތުންފަތުގައި ބޮސްދިނެވެ. ޔާނިސްގެ ފޯން ރިންގުވި އަޑަށް ދެމީހުންނަށްވެސް ސިހުންގެނުވިއެވެ. ޔާނިސް ކައިއާއާއި ދުރަށް […]