ކަފުނަށް މިހިތް އަދި ނުލަކަން ޔަގީން……………16
“ޑޮކްޓަރ… ޑޮކްޓަރ ހިޒް ހާރޓް ބީޓް އިޒް ސިންކިންގް… ޕްލީޒް ކަމް” އައިސީ ޔޫ އިން ނިކުމެގެން އައި ބިދޭސީ ނަރުސް އެމަޖެންސީ ވޯޑް ތެރޭގައި ހުރި ޑޮކްޓަރަށް ގޮވާލިއެވެ. ޑޮކްޓަރު ވެސް އަވަސް ހިނގުމެއް ގައި އައިސީ ޔޫ އާއި ދިމާލަށް ދިޔައެވެ. އެ މަންޒަރު ބަލަން އޮތް ނިޝްވާ އަށް ހިތުގައި އަތްއަޅާލެވުނެވެ.
މަގޭ އަންމަޑޭ އޭ ކިޔާ ހަޅޭއްލަވަމުން ފުންމައިގެން ނިޝްވާ ތެދުވިއެވެ. ކައިރީގައި އިން މަރީނާ ވެސް ދިޔައީ ސިއްސައިގެންނެވެ. ދެފަޔަށް ބާރުލާފައި ނިޝްވާ އައި ސީ ޔޫ އާއި ދިމާލަށް މިސްރާބު ޖެހިއެވެ. މަރީނާ ވެސް ނިޝްވާއަށް ގޮވަމުން ދުއްވައިގަތެވެ. އައިސީ ޔޫ ގެ އެތެރެއަށް ވަދެވޭ ގޮތް ނުވުމުން މާޔޫސް ކަމާއެކު ކުޑަ ދޮރު ބިއްލޫރިގަނޑަށް ބަލަހައްޓައިގެން ނިޝްވާ ހުރީ ގާވެފައެވެ. ކިތަންމެ ކުޑަކޮށް ފެނުނަސް ނަރުހުން ނާއި ޑޮކްޓަރުން ތެޅިފޮޅޭތަން ފެނެއެވެ. ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ޑޮކްޓަރުގެ މޫނުމަތިން ގޮތް މާޔޫސްކަން ފެންނަމުން ދިޔައެވެ. އެކި މެޝިންތަކުގެ ތެރޭގައި ފިތި ބާރުވެފައި އޮވެ ލޯބިވާ ފިރިމީހާ މަރާއި ހަނގުރާމަ ކުރަމުން ދަނީއެވެ. ނިޝްވާ ގެ ހިތް ވިރިގެން ފައިބަމުން ދިޔަ ކަހަލައެވެ. އޭނަގެ ދެލޯ ވަނީ ރޮއި ރޮއި ފާރުވެފައެވެ. އޭނާގެ ހިތުގެ ތެޅުން އެ ހިތާއި އަބަދަށް ވަކިވަނީ ބާވައެވެ. ލޯބިން މަހުރޫމް ވެ ހުވަފަތް ވަނީ ހެއްޔެވެ؟
ނޫން ނޫން… އަހަރެން ދޫކޮށް ނުދޭ! އަހަރެން މޮޔަ ވެދާނެ! ޕްލީޒް ޔޫ ހޭވްޓް ކަމް ބެކް…. ” ނިޝްވާއަށް ބޯ ހޫރާލެވުނެވެ. އައިސީޔޫ ކައިރީ ތިބި އެންމެން ވެސް ލޯފޮހެލި މަންޒަރު ފެނުނެވެ. ދެހިތެއް ގައި އުފެދިފައިވާ ލޯތްބެއްގެ ވަރުގަދަ ކަމުން އެހިތްތަކަށް ވެސް އަސަރުތަކެއް ކުރުވީ އެވެ.
މަރީނާ ނިޝްވާ ގަދަ ކަމުން ކަހަލަގޮތަކަށް އަތުލަފި ކޮށްގެން އެއްފަރާތަކަށް ގެންދިޔައެވެ. ނިޝްވާ ގެ ހާލަތު ގޯސްވެދާނެތީ އެވެ.
“މިހުރިހާ ކަމެއް މި ވީ އެޒާހިރޭ ކިޔާ މީހާ އާއި ހެދި… އޭނަ މަގޭ ހިތް މަށާއި ދުރުކޮށްފި މަންމާ!…… އަންމަޑޭ ދަނީ ތަ މަންމާ…..ނިޝްވާ ގެ އަޑު ވޭނީ އާހެއްގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. މަރީނާގެ ލަގޮނޑި ފަޅައިގެން ދިޔަފަދައެވެ. އޭނަގެ އެއްވެސް ދަރިޔަކަށް ރަހުމަތެއް ހަމަ ނެތީ ހެއްޔެވެ. ދަރިއެއް ފަދައިން ލޯބިވާ ދަނބި ދަރިފުޅު ވެސް އެ އާއިލާ އާއި ވަކިވަނީ ހެއްޔެވެ؟ އެހެނެއް ނުވާނެއެވެ. އިރާދަ ފުޅުން އެދަރިފުޅު ސަލާމަތުން އަންނާނެއެވެ.
“މަގޭ ދަރިފުޅާ…. އަހުމަދު އަދި އަންނާނެޔޭ…. ދެން ނުރޮއި ހުއްޓާލާ” ނިޝްވާ ގައިގައި ބައްދާލަމުން މަރީނާ ބުނެލިއެވެ.
“މަންމާ އަހަރެން ބޭނުން އެކަނިވެލަން…. ވަރުބަލި ވަނީ… އަހަރެން މިތާ އިންނާނަން…..އަންމަޑޭ ރަނގަޅު ވީމަ ގޮވާތި އިނގޭ…..” ނިޝްވާ ވަރުބަލި ކަމާއެކު ބުނެލިއެވެ. ހަގީގަތުގައި އެންމެ މިނެޓެއް ވެސް އެތަނުން ދުރަށް ދާން އޭނާ ބޭނުމެއް ނޫނެވެ. ވަރުބަލި ވެފައި ޥާލެއް ބޮޑުކަމުން އައިސީ ޔޫ ފެންނަފަށުގައި ހުރެވުމާއެކު މަޑުކޮށްލީ އެވެ.
ނަޝާޔާ ޒާހިރު އަތުގައި ހިފައިގެން އައެވެ. ކަންދިމާކުރިގޮތުން އާދެވުނީ ނިޝްވާ ހުރި ދިމާލުންނެވެ. ޒާހިރު ފެނުމާއެކު ނިޝްވާ ގައިގައި އާދަޔާ ޚިލާފު ބާރެއް އުފެދުނު ކަހަލައެވެ. ރުޅިއައިސް ރަތްވެފައިވާ ސިންގާއެއް ފަދައިން ފުންމާގެން ތެދުވީ ޒާހިރަށް ވެސް އެއްޗެކޭ ނުބުނެވި އުޅެނި ކޮށެވެ.
“ކަލޭ މަގޭ ފިރިމީހާ މަރާލަނީ ތަ؟ އޭނަގެ ކޮން ކުށެއް އޮތީ…..އަހަރެންގެ ލޯބި އަހަންނާ ދުރުކޮށްލީ… .”ނިޝްވާ ރުއިމުގެ ތެރެއިން ބުނެލިއެވެ. ނިޝްވާ އައިސްފައި ވާ ރުޅި ބޭރު ވަމުން ދިޔައީ ކަރުނަޔާއި އެކީގައެވެ.
“ނިޝް އެއީ އެކްސިޑެންޓެއް! ޒާހިރު ކީއްވެ އަންމަޑޭ އަށް ގެއްލުމެއް ދޭންވީ…. ކެތްކުރޭ ކޮއްކޯ އަންމަޑޭ ރަނގަޅު ވާނެޔޭ! އަވަހަށް ނުރޮއި ރުޅި މަޑުކޮށްލާފަ އާދޭ ދައްތަ ކައިރިޔަށް….” ނަޝާޔާ ނިޝްވާ ހަމަ ޖެއްސޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
” ރުޅި މަޑެއް ނުވާނެ….އަންމަޑޭ ގެ ބަދަލުގަ އޭނަ ކީއްވެ އައިސީ ޔޫ ގަ ނެތީ….މަށަށް އެނގިއްޖެޔޭ ހުރިހާ ކަމެއް…. ދައްތަގެ ފިރިމީހާ ގެ ހަގީގަތް އަންމަޑޭ އަށް އެނގޭތީ އޭނަ މަރާލަން އެއުޅެނީ…. ޕްރޮސްޓިޓިޔުޓުން ކައިރިޔަށް ދާކަން އެނގުނީ. “ނިޝްވާ ގޮވެލި ފައްޗެއް ގެ ސިފައިގައި ހިތުގެ އުދާސް ތައް ބޭރުކުރަމުން ދިޔައެވެ.
” ތީ ދޮގެއް…. ތި ވާހަކަތައް ދައްކާނީ ގެޔަށް ދެވުނީމަ… ނިޝްވާ އަށް ހީވި ހީވުމަކަށް ތިވާނީ… ދޯ ޒާހިރު!..” ނަޝާޔާ އިސްޖަހާލައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. އިސްއުފުލާ ލެވުނު ނަމަ ޒާހިރު ދިޔަކަން މޭރުން ވީހެވެ.
“އެ ދިޔައީ ނު! ދޮގެއް ނަމަ އެހެން ރައްކާ ވާކަށް ނޫޅޭނެ… އޭން މިހާރުވެސް ޒޫނާ ކައިރިޔަށް ދޭ! ހުރޭ އޭނަ ޑިފެންޑް ކޮށްލަ ކޮށްލާ! މަނަމަ ފަސް އެނބުރި ބަލާވެސް ނުލާ ވަރިވެގެން ހިނގައިދާނަން….އަންމަޑޭ އަށް ކަމެއް ވެއްޖެއްޔާ ކުޅި ދައްކާލާނަން!”އެއް އަތުން ލޯ ފޮހެލަމުން ނަޝާޔާ އާއި މުޚާތަބުކޮށް މީގެ ކުރިން ނިޝްވާ ދުވަހަކުވެސް ނުކުރަފަދަ ހަރުކަށިގޮތަކަށެވެ.
އައިސީ ޔޫ ދޮށުގައި ޖަމާވެފައި ތިބި މީހުން ވެސް ހައިރާން ކަމާއެކު ކުޅިވަރު ބަލަމުން ދިޔައެވެ. ނަޝާޔާ ގަތް ލަދުންނާއި ވީދެރައިން އަނބުރާލާފައި ނިކުމެގެން ދިޔައެވެ. ނިޝްވާ ވެސް މަޑުމަޑުން އައިސީ ޔޫ ދޮށަށް މިސްރާބު ޖެހިއެވެ. ހިތުގައި ވާހާ އެއްޗެއް ބޭރުކުރެވުމުން މީހާ ވެސް ހަމަޔަކަށް ކުޑަކޮށް އެޅުނެވެ.
“ޕޭޝަންޓް ހޭ އަރައިފި….އަދިވެސް ކްރިޓިކަލް…ވަރަށް އަވަހަށް އޭ ޕޮޒިޓީމް ލޭ ބޭނުން….ލޭގެ އިންތިޒާމް ތައް ވީހާ ވެސް ހަމަޖެއްސުން އެދެން…. ” ނަރުސް ބޯދިއްކޮށްލަމުން ބުނެލިއެވެ.
“އަހަރެން މިހިރީ…. މަގޭ ގައިގަ ހުރިހާ ލެޔެއް އަޅާފަ ވެސް އަންމަޑޭ ސަލާމަތް ކޮށްދީ ނާރސް” ނިޝްވާ ތެޅިގެންފައި ބުނެލިއެވެ.
“ދަރިފުޅާ… ހަމަޖެހިބަލަ….އިރާދަ ކުރެއްވިޔާ އަހުމަދު ރަނގަޅު ވާނެ… ބައްޕަ ދީފާނަން ލޭ…. ދަރިފުޅަކީ އާދަކޮށް ލޭ ދަށްކޮށް ހުންނަ ކުއްޖެއް ނު…”ލުތުފީ ބުނެލިއެވެ.
“ނޫނޭ… މަމިދަނީ ލެބަށް…. މަ ހަމަ ދޭނީ..އަންމަޑޭ މިއަންނަނީ އިނގޭ..”ނިޝްވާ ދުއްވައިގަތެވެ. ފަހަތުން ލުތުފީ ވެސް ދިޔައެވެ.
ނިޝްވާ ގެ އެދުމުގެ މަތިން އޭނަގެ ޓެސްޓްތައް ވެސް ކުރެވުނެވެ. ލުތުފީވެސް ކައިރީގައި ހުއްޓެވެ. އިންޖެކްޝަނެއް ޖަހަން ނުކުރޭ ފިނޑި ދަރިފުޅު މިއަދު ހާދަ ހިއްވަރު ގަދަ ވެއްޖެޔޭ ލުތުފީ ހިތަށް އެރިއެވެ. ނިޝްވާ ލޭ ހަދިޔާ ކުރަން އުޅޭތީ ދެފަރާތުގެ އާއިލާއިން ކަންބޮޑު ވިޔަސް އޭނައަށް ކަން އޮތްގޮތް އެނގޭތީ އެއްވެސް ކަހަލަ ހާސް ކަމެއް ނެތެވެ.
އިރުކޮޅެއްގެ ތެރޭގައި ރިޕޯޓްތައް ނިމުނެވެ. ނިޝްވާގެ ގައިގަ ހުރީ ދިހަ ފޮއިންޓް ލެޔެވެ. ނިޝްވާ ވެސް ހަތިޔާރު ބެހެއްޓީ ޑޮކްޓާރު ވެސް ވާހަކަ ދައްކައިގެންނެވެ. ނިޝްވާގެ ރިޕޯޓް ތައް އިރުކޮޅެއްގެ ތެރޭގައި އަތަށް ލިބޭނެ ކަމަށް ބުނަމުން ލުތުފީގެ ގައިން ލޭ ނެގުމުގެ މަސައްކަތް ފެށުނެވެ. ނަޝާޔާ ދެވަނަ ފަހަރަށް ހޮސްޕިޓަލަށް އައެވެ. ޓެސްޓް ހަދަން ދީފައި އޮތުމާއެކު ނަތީޖާ ބަލާ އައިސީޔޫ އަށް ދިޔަމަގުމަތީގައި ލެބަށް ވަނެވެ. އޭރު ނިޝްވާ ގޮނޑިއެއްގައި ރިޕޯޓް ގެ އިންތިޒާރުގައި އިނެވެ.
“ދައްތާ!… އައިމް ސޮރީ….. ރުޅި އައީތަ؟ އަހަންނަށް މާފް ކުރޭ އެގޮތަށް ރުޅި އާދެވުނީމަ…” ޖެހިގެން އިން ގޮނޑީގައި ނަޝާޔާ އިށީނުމުން ނިޝްވާ ދެރަވެލާފައި ބުންޏެވެ.
“އިޓްސް އޯކޭ…އަހަންނަށް ވިސްނޭ… ދެން ފަހުން އެވާހަކަ ދައްކާނީ… މަންމަ ގުޅާފަ ބުނި ނިޝްވާ ޔޯ އަންމަޑޭ އަށް ލޭ ދެނީ.. ތެދެއްތަ؟”
“ނޫން އެކަމެއް ނުވި…. ބައްޕަ ލޭ ދިނީ…” ނިޝްވާ ދެރަވެލާފައި އޮޅުން ފިލުވައިދިނެވެ.
“މި އޮތީ ރިޕޯޓް… ” ނިޝްވާ އަށް ވުރެ ކުރިން ނަޝާޔާ ރިޕޯޓް ޖަހައިގަތެވެ. ޖެއްސުންކޮށްލުމުގެ ނިޔަތުގައެވެ. ނަޝާޔާ ހައިރާން ކަމާއެކު ރިޕޯޓަށް ބަލަން ހުއްޓެވެ. ޔަގީން ނުވެފައެވެ. ރިޕޯޓް ގެ ނަންވެސް ރަނގަޅެވެ. ހުރިޙާ މައުލޫމާތު ރަނގަޅެވެ.
“ދައްތާ! އަވަސް ކޮށްބަލަ! ކިހިނެއްވީތަ؟ ހިނގާ ދާން…އަންމަޑޭ އަށް ވީގޮތެއްވެސް ނޭނގެ ” ނިޝްވާ ބޭނުން ވީ އަވަހަށް ދާށެވެ.
” ކޮއްކޯ! ނަޝާޔާ ހަޅޭއްލަވައިގަންނަމުން ނިޝްވާ ގައިގައި ބައްދާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


މި ދުވަސްކޮޅު ވަރަށް ބުރަކޮށް އުޅެން ޖެހުމުން ވާހަކަ ގެނެސްދެވުނުލެއް ލަސްވި ކަމަށްޓަކައި ކިޔުންތެރިން ގެ އަރިހުން މާފަށް އެދެން
nishwa preq vee dho 🙂
thank god ammadey maraanulikan..alhe a zahir bust kobbala leyfaaaa
keep it up leyfaa <3
vara kiyaa hithun hutta thi up kollee..next part a intizaaru kuran
I like your story..
leyfa .. nama nama alhugandu beyzaru koa beykaaru koa nulachea .. aharen inthihaara nashayaa dheke loabi vea …