އެރިއިރާއިއެކު މ.ރަބާބް ހިޔާ އަށް ހީވަނީ ބަހާރު މޫސުމެއް އައިސްގެން އުޅޭހެނެވެ. ގޭތެރެއަށް ކުޑަވަރެއްގެ ޢީދެއް އައިސްފައިވާ ކަހަލައެވެ. ގޭތެރެ ޑެކަރޭޓް ކުރާ މީހުން ދަނީ ވަގުތަށް ހުރިހާ އިންތިޒާމެއް އެންމެ ފުރިހަމައަށް ނިންމޭތޯ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ނަންމަޝްހޫރު ކޮންޝްޓްރަކްޝަން ކުންފުނި ކަމަށްވާ ޑްރީމް ބިލްޑާރސްގެ ވެރިޔާ ޢަބްދުﷲ ނައީމްގެ އެންމެ ހަގު ކާފަ ދަރިފުޅު ޒަކްވާން ހިތާނަކުރުމުގެ ހަފްލާއަށް އެގޭގެ ހުރިހާ މެންބަރުންނާއި ނޯކަރުން ދަނީ ތައްޔާރުވަމުންނެވެ. “ޒަކްވާން ގެއަށް ދޫކޮށްލާއިރެއް މިހާރު އެނގިއްޖެތަ؟” […]
“ނިޝްވާ މަންމައަކަށް ވަނިއްޔޯ!” ނަޝާޔާ ބުނެލި ޖުމްލައިން ނިޝްވާ އަށް ހީވީ މުޅި ދުނިޔެ މިލްކު ވީހެންނެވެ. އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހިގެން އައުމުން ހުރިހާ ހިއްސުތަކެއް އުފާ ފާޅުކުރަމުން ދާހެން ހީވާން ފެށިއެވެ. ދެވަނަ ފަހަރަށް ވެސް އެ ޖުމްލަ ތަކުރާރު ކުރުމަށް އެދެވުނީ އެ ބަސްތައް އަހާލާ ހިތުންނެވެ. ޚިޔާލީ ދުނިޔެއަށް ގެބެނމުން ދަނިކޮށް ނަޝާޔާ ނިޝްވާ ސަލާމަތް ކޮށް މި އުފާވެރި ދަނޑިވަޅުގެ ނާޒުކު ކަން އޭނައަށް އަންފަގައިދިނެވެ. […]
“ލިމް….” ފަހަތުން އިވުނު ނާއިޝްގެ އަޑަށް ސިހިފައި ލިމްޝާއާއި ނަޝާމް އެކަކު އަނެކަކާ ދުރުވެލިއެވެ. އަދި ދެމީހުން އެކަކު އަނެކަކަށް ބަލާލަމުން ނާއިޝްއަށް ބަލާލިއިރު ނާއިޝް ބުނާނެ އެއްޗެއް ނޭނގޭތީ ދެމީހުންވެސް ތިބީ ހާސްވެފައެވެ. ލިމްޝާ ލޮލުން އައިސްފައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. “ލިމް ތީ ކޮންކަމެއް….؟؟؟” ލިމްޝާމެންނާއި ދިމާއަށް ހިނގައިގަންނަމުން ނާއިޝް މިހެން އަހާލިއިރު އޭނާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. “ދޮންބޭ…” ނާއިޝް އައިސް އެތާ މަޑުކޮށްލުމުން ނަޝާމް އެތަނުން ތެދުވިއިރު އޭނާއަށް ނާއިޝްއަށް ގޮވާލެވުނެވެ. […]
ވާރޭ ވެހެން ފެށީ ކުއްލިއަކަށެވެ. އަހަރެން އިނީ ގޭ ބޭރުގައި ހުރި ޖޯލި ފަތީގައެވެ. އަހަރެން ނޫން އެންމެން ވާރޭން ސަލާމަތްވުމަށްޓަކައި ގޭތެރެއަށް ވަނެވެ. އެކަމަކު އަހަރެން ގޭ ތެރެއަށް ވަންނަ ހިތެއް ނުވިއެވެ. ބޭނުންވީ ވާރެޔާއި ތެމިލާށެވެ. ވާރޭ ވެހޭ ވަގުތަކީ އަހަރެން އެންމެ ހިތްހަމަ ޖެހޭ ވަގުތެވެ. އަހަރެންގެ އެންމެ އިންތިޒާރު ކުރާ އެއް ވަގުތަކީވެސް އެއީއެެވެ. ވާރޭގެ ތިކިތަށް ގައިގައި ބީހެމުން ދާއިރު ހީވަނީ ފިރުމަމުން ދާހެނެވެ. އިރުއޮއްސުނީވެސް އަހަރެން އެ ޖޯލީގައި […]
“ހިތުގާ އެޅި ކޫރުމުން އެކުގާ ތިޔަދިން ލައްޒަތުން މިތުރާގެ އެކި ހަނދާނުން ރޭތައް ގުނިން އިންތިޒާރުން” ޒާޔާ އޭނަގެ ޑައިރީގައި ޅެން ލިޔަމުން ގެންދިޔައިރު އެވަށް މޫނު މައްޗަށް ވެރިވެފައިވަނީ މައުނަވީ ހިނިތުން ވުމެކެވެ. ބައެއްފަހަރު ލިޔެވޭ އެއްޗެހިން ކުޑަކޮށް ހީލައެވެ. އަނެއްބައިފަހަރު ލަދުގެނފައި މޫނުގައި އަތް އަޅައެވެ. ޅެން ލިޔެ ނިންމާލުމަށްފަހު ޅެމުގެ ތިރީގައި “ހުރީމޭ ތި އިންތިޒާރުގައި” މިހެން ލިޔެލިއެވެ. އަދި ޑައިރީގެނެސް މޭގައި ޖައްސާލުމަށްފަހުއެނދުގައި އުއްޑުން އޮށޯވެލިއެވެ. އެތުނފަތުގައިވި ރީތި […]
އަހަރެންނަށް އިވެމުން ދަނީ ކޮއްކޮގެ އަޑެވެ. އެހީ އަކަށްއެދި ކޮއްކޮ ހަޅޭލަވާ އަޑެވެ. މަންމަ އަށާއި ބައްޕައަށް އަދި އަހަރެންނަށް ގޮވަމުން ރޯ އަޑެވެ. ކައިރިނުވުމަށް އެދި އާދޭސް ކުރަމުން ގިސްލާ އަޑެވެ. އަހަރެންނަށް އެއަޑުތައް ސާފުކޮށް އިވެއެވެ. އަޑުއިވެނީ ކޮޓަރި ތެރެއިންނެވެ. އަހަރެންނާއި މަންމަ އާއި ބައްޕަ ތިބީ ކޮޓަރިން ބޭރުގައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ކޮއްކޮއަށް އެހީތެރިވުމަށް އަހަރެންގެ ހިތާ ސިކުނޑި ބުނަމުންދިޔައެވެ. ނަމަވެސް ހިތްވަރުކުރީމެވެ. އެކޮޓަރިއަށް ނުވަދެ ހުރެވޭތޯއެވެ. ކޮއްކޮގެ […]
ގަޑިން މެންދަމު ބާރަ ޖެހީއެވެ. ނިދަން އޮށޯތް ފަހުންވެސް 02 ގަޑިއިރު ވީއެވެ. އަދިވެސް އަހަރެންނަށް މިއޮތީ ނުނިދިފައެވެ. ހަމަހިމޭން ވަގުތެކެވެ. ފަންކާގެ އަޑު ފިޔަވައި އިތުރު އަޑެއް ކޮޓަރި ތެރެއަކުން ނީވެއެވެ. ބޭރަކުންވެސް ނީވެއެވެ. މިހަމަ ހިމޭން ވަގުތުގައި ލޮލަށް ނިދި ނައިސްގެން މިއުޅެނީ ކީއްވެ ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭގެއެވެ. އަހަރެންގެ ދިރިއުޅުމުގައި މަދު އެކައްޗެއްވެސް ނެތެވެ. މަންމަ އާއި ބައްޕަގެ ލޯބި އިންތިހާއަށް ލިބެއެވެ. އަހަރެންގެ ލޯބިވެރިޔަކު ނުހުރެއެވެ. ލޯބިވެރިޔަކު ހޯދުން އެއީ […]
ކަރުނުން ފުރިފައިވާ ދެލޮލުން ލިމްޝާ ބަލާލީ އަޒީމްއާއި ދިމާއަށެވެ. އޭރު އަޒީމް ގަދަކަމުން ނަޝްވާ ގެންދަނީއެވެ. ނަޝްވާ ސަލާމަތްވުމަށްޓަކައި އޭނާއަށް ވީވަރަކުން ގަދަހަދަމުން ދިޔައެވެ. ލިމްޝާއަށް މިމަންޒަރު ފެނުމުން ވަރަށް ދެރަވިއެވެ. އެންމެ ދެރަވީ އޭނާއަށް އެހީވެދޭން ނުދެވުނީތީއެވެ. ލިމްޝާ އަވަސްއަވަހަށް ފޯނު ނަގައި ނަޝާމަށް ގުޅާލިއެވެ. އަދިކުރުގޮތަކަށް ކަންވީގޮތް ކިޔައިދީފައި އަވަހަށް އެތަނަށް އައުމަށް ބުނަމުން ފޯނުކަނޑާލިއެވެ. އޭގެ ދިހަވަރަކަށް މިނެޓްފަހުން ނަޝާމްއާއި ޒަޔާން އެތަނަށް އައެވެ. ނަޝާމަށް ލިމްޝާ އިން ހާލު ފެނި ދުވެފާ […]
އެއަންހެން ކުއްޖާ ފެނުމުން ނާއިޝްއަށް އެކުއްޖާއަށް ބަލަން އިނދެވުނީ އެއީ ދަންނަ ކުއްޖެއްހެން ހީވުމުންނެވެ. އެކުއްޖާވެސް ވަންގޮތަށް ހުއްޓުން އަރާފައި ނާއިޝްއަށް ބަލަހައްޓައިގެން ހުރީއެވެ. “ނާއިޝް….” އެއަންހެންމީހާ އެކުއްޖާގެ ގައިގައި ކޮށްޓާލުމަށްފަހު އިށީންނަން އަންނާށޭ ބުނުމުން ނާއިޝްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން އެކުއްޖާ ނާއިޝްއަށް ގޮވާލިއެވެ. “ޒޯޔާ…” ނާއިޝްގެ ކަންފަތުގައި އެކުއްޖާގެ އަޑު ޖެހުމުން ނާއިޝްއަށް އެއީ ޒޯޔާކަން ޔަގީންވުމުން ޒޯޔާއަށް ގޮވާލިއެވެ. އެވަގުތު ދެމީހުންވެސް އެކަކު އަނެކަކަށް ހީލިއެވެ. ދެއަހަރެއްހާދުވަސް ފަހުން ނާއިޝްއަށް ޒޯޔާ […]