Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިޙަޔާތާ ދުރުނުވޭ (6ވަނަބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
January 8, 2015 7 Mins Read
22 Comments

“އައްޗީ…. ދުވާ ނުބައި ވަސް…. މީހާދަ ލާނެއް ކާޅުތަކެކޭ….” ބޮލުގައި އަހިވަށް ޖެހުނުތަނުގައި އަތްލުމަށްފަހު އަތުން ވަސްބަލާލަމުން ސުހާ ބުނެލީ އަނގަ ޗޭ ވެފައި ހުރެއެވެ. މިމަންޒަރު ފެނުމުން ލިމްޝާއާއި ނަޝާމް އަޑުނުވީއްލާހުރެ ހެމުން ދިޔައެވެ. އެމީހުން ތިބީ އެބޮޑުގަހާ ނިވާވެގެންނެވެ. އެންމެފަހުން ސުހާމެން އެތާ މަޑުނުކޮށް އެތަނުން ދިޔައީއެވެ. ސުހާމެން ދިޔުމުން ލިމްޝާމެންވެސް އެތަނުން ދިޔައީއެވެ. ދަމުން ދިޔައީ ސުހާމެންގެ ކަންތައް ބަސްޓްކޮށްލަން މޮޅުރޭވުމެއްވެސް ރާވާލައިގެންނެވެ.

ކުރުމަގަކުން ދިޔުމުން ލިމްޝާމެންނަށް ސުހާމެނަށްވުރެ ކުރިން އެހެންމީހުން ތިބިތަނަށް އާދެވުނެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން ސުހާވެސް އެތަނަށް އައެވެ.

“ސުހާ ކިހިނެއްތަ ހެދީ…؟؟؟ އަހަރެން ހޯދާ ހޯދާ ނުފެނުނީމަ އެންމެފަހުން އަނބުރާލާފަ އައީ….” ސުހާ ހުރިގޮތް ފެނި ކުޑަކޮށް ހިނިއައި ނަމަވެސް ސީރިޔަސްކަން ދައްކަމުން ލިމްޝާ ބުނެލިއެވެ.

“އެއީ… ވީ ގޮތަކީ މަދު ގަހެއް ފެނިގެން އެގަހާ ދިމާލަށް ދެވުނީ….” ކުޑަކޮށް ހީލަމުން ސުހާ ބުނެލިއެވެ.

“އެހެންތަ..؟؟ ކޯއްޗެއްތަ ބޮލުގައި ތިހުރީ…؟؟” ސުހާގެ ބޮލަށް އިޝާރާތްކޮށް ލިމްޝާއަހާލީއެވެ.

“އެއީ… އެއީ… މަތިންދިޔަ ކާޅެއް ވައްޓާލި ފާއަހިވަކެއް ބޮލުގަ ޖެހުނީ… އަހަރެން އަންނާނަން ބޯދޮވެލައިގެން…” ލިމްޝާ މާ ސުވާލުގިނަވުމުން ސުހާ ހުރީ ކުޑަކޮށް ހާސްވާގޮތްވެފައެވެ. އެހެންކަމުން އަވަހަށް އެތަނުން ދިޔައީއެވެ. ސުހާ ދިޔުމުން ލިމްޝާއަށް އަނެއްކާވެސް ހޭންފެށުނީއެވެ. ލިމްޝާ ބަލާލީ ރުކެއްގައި އެއްފައި ލައްގާލައިގެން ދެޖީބަށް އަތްޖަހާލައިގެން އެމަންޒަރު ބަލަން ހުރި ނަޝާމަށެވެ. އޭރު ނަޝާމްވެސް ހެނީއެވެ. ލިމްޝާ ބަލާލުމުން ލޮލުގެ އިޝާރާތުން ނަޝާމް ދައްކާލީ ގަސްތަކުތެރޭން ނުކުތް އިޖާޒެވެ. އޭނާވެސް އިރުއިރުކޮޅާ މޫނުގައި އަތްލާފައި އަތުން ވަސްބަލާލައެވެ.

 

މެންދުރުގެ ކެއުމަށްފަހު އޮތީ ޓުރުތް އޯ ޑެއަރ ކުޅުމެވެ. މިގޭމް ރޭވީ ނަޝާމްއާއި ލިމްޝާއެވެ. އެންމެން ވަށްބުރަކަށް އިށީނެވެ. ނަޝާމް ހުސްފުޅިއެއް އެންމެންގެ މެދުގައި އަނބުރާލިއެވެ. ފުރަތަމަވެސް ފުޅި ހުއްޓުނީ ޒަޔާންއަށެވެ. ޒަޔާން ނެގީ ޓުރުތްއެވެ. ޒަޔާންއާއި ކުރެވުނު ސުވާލަކީ އޭނާގެ ލޯބިވެރިއަކު ހުރެތޯއެވެ. ޖަވާބުގައި ޒަޔާން ބުނީ ނުހުންނަކަމަށެވެ. ޒަޔާން އަނެއްކާވެސް ފުޅި އަނބުރާލިއެވެ. އެގޮތަށްގޮސް ފަސްވަނަބުރު ދިމާވީ ލިމްޝާއަށެވެ. ލިމްޝާ ނެގީ ޑެއަރއެވެ.

“ލިމްގެ ޓާސްކް ހަވާލުކުރާނި އަހަރެން….” ނަޝާމް އަވަސްއަވަހަށް ބުނެލިއެވެ. “ލިމް ކުރަންވީކަމަކީ މިތާ އެންމެންގެ މެދުގައި ހުރެގެން ސުހާގެ އާރޓް ދައްކާލަދޭންވީ….”

“ހޫމް ތީ ވަރަށް މޮޅު ކަމެއް….” ވާން މިއުޅެނީ ކީއްކަން ނޭނގި ސުހާވެސް ނަޝާމްއާއި އެއްބާވެލިއެވެ.

ލިމްޝާ ތެދުވުމަށްފަހު އެންމެންގެ މެދަށްގޮސް ހުއްޓުނެވެ. “އަހަންނަށް އެކަންޏެއް މިކަމެއް ނުވާނެ…. ނަޝާމްވެސް އަންނަންވީނު….” ލިމްޝާގެ ޖުމްލަ ނުނިމެނީސް ނަޝާމްގޮސް ހުރީ ލިމްޝާގެ ގާތުގައެވެ. ނަޝާމްގެ މިހަރަކާތުން އެންމެން އެކީ ހޭންފެށިއެވެ.

“ހިނގާ ފައްޓަމާ….” ލިމްޝާ ކަރުކެހިލަމުން ބުނެލިއެވެ. ނަޝާމް އޭނާގެ ޓީޝާޓް ދަމާލަމުން ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލިއެވެ. ދެމީހުން ގާތްވެލާ ސިއްރުވާހަކައެއް ދައްކާލިއެވެ.

“އޭ އިޖާ… ކޮންކަހަލަ މަންޒަރެއްތަ އަހަންނަށް މިފެންނަނީ…. އަނެއްކާ މީހުވަފެނެއްތަ…؟؟؟” ލިމްޝާއާއި ނަޝާމް އެހާގާތުގައި ތިބެ ހީހީފައި ވާހަކަ ދައްކަމުންދިޔަ މަންޒަރަށް ބަލަހައްޓައިގެން ހައިރާންވެފައި އިނދެ ޒަޔާން ބުނެލިއެވެ.

“ތިކަމާ އަހަރެންވެސް މިވިސްނަނީ…. ހާދަ ގަބޫލުކުރަން ދަތި މަންޒަރެކޭ….” ހަލުވިކަމާއިއެކު އެސްފިޔަ ޖަހާލަމުން އިޖާޒުވެސް ބުނެލީ ހައިރާންކަމާއި އެކީއެވެ.

“ކޮބާ އެންމެން ރެޑީތަ…؟؟؟ އަހަރެމެން ފައްޓަނީއޭ…” ލިމްޝާއާއި ދުރަށް ޖެހިލަމުން ނަޝާމް ބުނެލިއެވެ.

ލިމްޝާ ނަޝާމްއާއި ކުރިމަތިވާގޮތަށް ހުއްޓެލިއެވެ. “ދެން އަހަރެން ދަނީ… މިހާރު ލިމް އަހަރެން ހޯދާނެ….” މިހެން ބުނެފައި ލިމްޝާ އެނބުރުންވަގުތު ނަޝާމް ލިމްޝާގެ އަތުގައި ހިފެހެއްޓިއެވެ. ލިމްޝާ ނަޝާމާ ވީ ދިމާއަށް އެނބުރުނެވެ.

” ސުހާ ނުފެނުނީމަ ލިމް ދިޔައީ ކަންނޭނގެ… ނެތެއްނު ފެންނާކަށް… މަދުފަހަރަކު އަހަރެމެންނަށް މިގޮތަށް އެކަނި ވާހަކަ ދައްކާލަން ފުރުސަތެއް ލިބޭނީ… އާދެބަ މިތާ އިށީންނަން…” ތިރީގައި އިށީންނަމުން ނަޝާމް ބުނެލިއެވެ.

“އެހެންނޭ ވާނި… އިޖާ ބޭނުމެއް ނުވޭވިއްޔަ އަދި މީހަކަށް އަންގާކަށް… ދެން ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް ނުލިބޭނެއްނު…” ނަޝާމްގާތު އިށީންނަމުން ލިމްޝާއަށް މިހެން ބުނެވުނުއިރު ލިމްޝާގެ ހިނިގަނޑު ފަޅައިގެން ގޮއްސިއެވެ. އެންމެނަށް އެއްފަހަރާ ބަލާލެވުނީ ސުހާއަށާއި އިޖާޒަށެވެ. ހައިރާންވެފައި އިންނަމަވެސް އެންމެންގެ ލޯތައް އަމާޒުވުމުން ސުހާ ލަދުގަތެވެ. ޒަޔާންވެސް ކައިރީގައި އިން އިޖާޒުގެ ކޮނޑަށް އަތްވައްޓާލަމުން ބުމަ އަރުވާލިއެވެ. އަދި އަތުގެ އިޝާރާތުން ކޮންކަމެއްހޭ އަހާލިއެވެ.

“ކިހިނެއް ތި ޑައިލޮގް ޖައްސަން އެނގުނީ….؟؟؟ ކަލޭމެން އަހަރެމެންނަށް ފާރަލީދޯ….” ކޮނޑުމަތީގައި އޮތް ޒަޔާންގެ އަތް ފޮޅުވާލަމުން އިޖާޒު ކޮޅަށް ތެދުވިއެވެ. ލިމްޝާއާއި ނަޝާމް ދެކޮނޑު އަރުވާލަމުން އެކަކު އަނެކަކަށް ބަލާލުމަށްފަހު އިޖާޒަށް ބަލާލަމުން ހިނިގަނޑެއް ޖަހާލިއެވެ.

“މާ ސިއްރުން އުޅެންޏާ ލިބޭނީ ތިކަހަލަ ލަނޑެކޭ….” ނަޝާމް ބުނެލިއެވެ.

“އެހެންވީއިރު އެ އަހިވަށް އެއްލީވެސް ތިމީހުންދޯ….” ސުހާވެސް ކޮޅަށް ތެދުވިއެވެ.

“ސިއްރުން އުޅޭ ބަޔަކަށް އަހިވަކުގެ ހަދިޔާއަކަށް ވުރެ ރަނގަޅު ހަދިޔަލެއް ކޮބާ…؟؟؟ ލިމްޝާ ހެމުން ހެމުން ބުނެލިއެވެ.

“ހޫމް ހޫމް… ތީ ކޮންއިރަކު ފަށައިގެން އުޅުން ކަމެއްތަ…؟؟؟ އަހަންނަށް މިހާރު ޔަގީންވެއްޖެ ދެންމެ ކުރިމަތިން އެފެނުނު ޑުރާމާއަކީ ހަގީގަތެއްކަން….” ޒަޔާންވެސް ކޮޅަށް ތެދުވަމުން ލާނެއް ރާގަކަށް އަހާލީ އިޖާޒުމެންނާ ދިމާކޮށްލުމުގެ ގޮތުންނެވެ. އިޖާޒު ބޯކަހާލަމުން ބަލާލީ ސުހާއަށެވެ. ސުހާ ލަދުން އިސްޖަހާލިއެވެ. އެވަގުތު ދެންތިބި މީހުން އައިސް ސުހާއާއި އިޖާޒު އުފުލާލައިގެން ދިޔައީ މޫދަށްލާށެވެ. ލިމްޝާ ހެވިފައި މި މަންޒަރު ބަލަން އިންއިރު ނަޝާމް އިނީ ލިމްޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. ނަޝާމް ބަލާކަން އެނގުމުން ލިމްޝާ ނަޝާމަށް ބަލާލިއެވެ. އަދި ނަޝާމާއި ދިމާއަށް އަނގައިން ވައްތަރެއް ޖައްސާލިއެވެ. ނަޝާމް އުޅުނީ އިޖާޒު ސުހާގެ އުގުގައި ބޯއަޅާލައިގެން އޮތްހެން ލިމްޝާގެ އުނގުގައި ބޯއަޅާލާށެވެ. ނަޝާމް ބޯތިރިކޮށްލިވަގުތު ލިމްޝާ އެއްފަރާތްވެލަމުން ތެދުވިއެވެ. ނަޝާމްގެ ބޯގޮސްޖެހުނީ ބޯކިރުކޮޅެއްފަދަ ހުދު އޮލަ ފަސްގަނޑުގައެވެ. މިމަންޒަރު ފެނުމުން ލިމްޝާ އަނގަމަތީ އަތްއަޅައިގެން ހޭންފެށިއެވެ. ނަޝާމް ތެދުވެ އޭނާގެ ބޮލުން ވެލި ފޮޅާލިއެވެ. ލިމްޝާ ދުއްވައިގަތީ މޫދާވީ ދިމާއަށެވެ.

 

ލިމްޝާގޮސް މަޑުކޮށްލީ މޫދުފެންނަ ހިސާބު ކައިރީގައި ހުރި ގަހެއްގެ ހިޔަލުގައެވެ. އޭރު ދަތުރުގެ ބައިވެރިން މޫދަށް އެރި މަޖާކުރަމުންދިޔައެވެ. ބައެއްފަހަރު އެމީހުން ސުހާއަށާއި އިޖާޒަށް ކޮށްލާ ޖެއްސުމާއި ގޯނާއިން މަޖާވެފައި އިނދެ ލިމްޝާ ހީލައެވެ. މީހަކު އައިސް ލިމްޝާގެ ފަހަތުގައި ހުއްޓުނުހެން ހީވެގެން ލިމްޝާ ފަހަތް ބަލާލިއެވެ. ފަހަތުގައިހުރީ ޒަޔާންއެވެ. ޒަޔާން ހީލަމުން ލިމްޝާގެ ގާތު އިށީނެވެ. ލިމްޝާވެސް ހީލިއެވެ.

“ލިމް މޫދަށް ނޭރެނީތަ….” ޒަޔާން އަހާލިއެވެ. ލިމްޝާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“ސަރ ވެސް ނޭރެންތަ…؟؟؟” ލިމްޝާ މިހެން އަހާލުމުން ޒަޔާން ދައްކާލީ އޭނާގެ ފައިގާ އަޅާފައި އޮތް ބޭސްގަނޑެވެ.

“އަހަރެން ހިތަށް އަރާ ލިމްގެ ތިގޮތްގަނޑު ކެނޑޭނީ ކޮންދުވަހަކުންބާވައޭ….” ޒަޔާން މިހެން ބުނުމުން ލިމްޝާ ހައިރާންވެފައި އިނދެ ޒަޔާނަށް ބަލާލިއެވެ.

“އަޅުގަނޑަކަށް ނުވިސްނުން….” ލިމްޝާ ހުރީ ކުޑަކޮށް ހާސްވާގޮތްވެފައެވެ.

“އޯ ކަމޯން ލިމް… އަހަރެން މިދައްކަނީ ލިމްގެ ތިއަދަބުވެރިކަމުގެ ވާހަކަ… ކިތައް ފަހަރުތަ އަހަރެން ބުނާނީ އަހަންނާ ތި ގޮތަށް ވާހަކަ ނުދައްކާށޭ…. ލިމްއަށްވެސް އެނގޭނެ އަހަރެން މީ ވަރަށް ފުރެންޑްލީ މީހެއްކަން… އޮފީހުގެ ހުރިހާ ކުދިންވެސް އަހަންނާ މުހާތަބު ކުރާނީ އަހަރެންގެ ނަމުން…. ސަރ އެކޭ ނުކިޔާނެ…. އެހެންވީމަ ލިމްވެސް މީގެ ފަހުން އަހަންނަށް ކިޔަން ޖެހޭނީ ޒަޔާން… ސަރ އެއްނޫން… އިނގޭ” ޒަޔާން ހިތްހެޔޮކަމާއިއެކު ބުނެލިއެވެ. ލިމްޝާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“އަދި އެއްވާހަކަ…. މީގެ ފަހުން އަޅުގަނޑު ކިޔައިގެންވެސް ވާހަކަ ދައްކައިގެން ނުވާނެ….” ލިމްޝާ ބޯޖަހާލިއެވެ. އެއަށްފަހު މޫދާ ދިމާއަށް ބަލާލިއެވެ.

“އިޖާޒާއި ސުހާ ވަރަށް ގުޅޭ ދޯ…” މޫދުގައި ތިބި އިޖާޒާއި ސުހާ ފެނުމުން ޒަޔާން ބުނެލިއެވެ. ލިމްޝާ ހީލިއެވެ.

“ލިމް އަހަންނަށް ފެންފުޅިއެއް ގެނެސްދީފާނަންތަ….؟؟؟” ޒަޔާން މިހެން ބުނުމުން ލިމްޝާ އެއްގަމަށް ހިނގައިގަތީ ފެންފުޅިއެއް ބަލާށެވެ.

 

މޭޒުގަނޑުމަތީގައި ހުރި ފެންކޭހުން ކުޑަފެންފުޅިއެއް ނަގައިގެން ލިމްޝާ އެނބުރުންވަގުތު ކުރިމަތީގައި ހުރި ނަޝާމްފެނުމުން ސހިފައި އޭނާގެ އަތުގައި އޮތް ފެންފުޅި އަތުންދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.

“ސާބަސް ނަޝާމް… ކިރިޔާ ބިރުންގޮސް ހަލާކުނުވީ… ތިހާ ކައިރީގަ ނޫނީ ހުންނާކަށް ނޭނގުންތަ… އެވެސް ސިއްރުން އައިސް…” ތިރިއަށް ވެއްޓުން ފެންފުޅި ނަގަމުން ލިމްޝާ ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

“ކީއްކުރާނީ…. ކައިރީގައި ނޫން އެހެންތާކު ހުންނާކަށް މިހިތެއް ނޭދެޔޭ…. ގައިމުވެސް ފާޅުގައި އައިސް ލިމްއާއި ގާތްވިޔަކަ ނުދޭނެ ވިއްޔަ… ދެން ޖެހޭނީސިއްރުން އުޅޭކަންނު….” ލާނެއް ގޮތަކަށް ނަޝާމް މިހެން ބުނެލީ އިތުރަށް ލިމްޝާއާއި ގާތްވެލަމުންނެވެ.

“ނަޝާމް ކިހިނެއް ވެގެންތަ ތިއުޅެނީ…؟؟؟” ލިމްޝާ ނަޝާމްގެ މޭގައި އަތްއަޅާ ކޮށްޕާލިއިރު އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަނުޖެހުމުގެ ކުލަވަރުތަކެވެ. ނަޝާމް ހުރީ ހައިރާންވެފައެވެ. އޭނާ ލޯބި ހުށައެޅީއްސުރެ ލިމްޝާ އުޅެނީ އޭނައާ ވަރަށް ދުރުންނެވެ. ނަމަވެސް މިދަތުރުގެ ތެރޭން ލިމްޝާވަނީ އަނެއްކާވެސް ކުރީގަ އޮންނަކަހަލަ ގާތްގުޅުމެއް އޭނައާ ބާއްވަން ފަށާފައެވެ. ނަމަވެސް ކުއްލިއަކަށް ލިމްޝާއަށް މިވީ ކީއްހެއްޔެވެ.؟

ނަޝާމްއާއި ދޭތެރޭ ކަންތައް މިކުރެވުނު ގޮތުން ލިމްޝާވެސް ދެރަވިއެވެ. މިއީ އެއްގޮތަކަށްވެސް އޭނާ ކަންތައް ކުރަން ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ.؟ ނަޝާމް އޭނާއާއި އެހާ ގާތްވުމުން ލިމްޝާގެ ހިތުގައި ނަޝާމަށްޓަކައި އުތުރިއަރަމުންދާ އިހުސާސްތައް ބޭރުކުރެވިދާނެތީ ލިމްޝާ ބިރުގަންނަނީއެވެ. އެއިހުސާސްތައް ނަޝާމަށް ފަޅާއަރާކަށް ލިމްޝާ ބޭނުމެއް ނުވެއެވެ.

ލިމްޝާ ނަޝާމަށް ބަލާލުމަށްފަހު ދެފަރާތަށް ބޯހޫރާލަމުން އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. އެވަގުތު ނަޝާމް ލިމްޝާގެ އަތުގައި ހުށިޔާރުކަމާއި އެކު ހިފެހެއްޓިއެވެ.

“ލިމް މިޔަދު އަހަންނާ އެހާ ރީތިކޮށް ވާހަކަ ދައްކާފަ ކުއްލިއަކަށް ތިވީ ކިހިނެއް…” ނަޝާމް ހުރީ ލިމްޝާ ކަންތައް ކުރިގޮތުން ވަރަށް ދެރަވެފައެވެ.

“އެހެންވެގެންތަ އަހަންނާ ގާތްވާން ތިމަސައްކަތް ކުރީ… އަހަރެން ނަޝާމްއާއި ރީތިކޮށް ވާހަކަދެއްކީ އަހަރެމެންގެ ގެއްލިފައިވާ އެކުވެރިކަން އިއާދަ ކުރަން ބޭނުންވާތީ… އެކަމަކު ނަޝާމް ހިޔެއްނުވެ އަލުން އެއެކުވެރިކަން ބޭނުންވާހެންނެއް….” ނަޝާމްގެ އަތުތެރޭން ލިމްޝާގެ އަތް ދަމައިގަންނަމުން ލިމްޝާ ބުނެލިއެވެ.

“އަހަރެންވެސް އެއެކުވެރިކަން ބޭނުމޭ… އެކަމަކު އެކުވެރިކަމަށްވުރެ ބޮޑަށް އަހަރެން ލިމްގެ ލޯބި ބޭނުން…” ނަޝާމް ފާޅުކުރީ ހަގީގަތެވެ.

“ހުއްޓާލާ ނަޝާމް… އަހަރެން އިތުރަށް ތިވާހަކަތައް އަޑުއަހާކަށް ބޭނުމެއް ނޫން…” ލިމްޝާ ހިގައިގަތީ އެތަނުން ދާށެވެ. ނަޝާމް ދިޔައީ އެތާހުރި މޭޒުގަނޑާދިމާއަށެވެ. ނަޝާމް މޭޒުމަތީގައި އޮތްވަޅި ނެގި ވަގުތަކީ ލިމްޝާއަށް ފަސްއެނބުރި ބަލާލެވުނު ވަގުތެވެ.

“ނަޝާމް…” ދެލޯ ބޮޑުކޮށްގެން ހުރެ ލިމްޝާ ގޮވާލުމުން ނަޝާމް ބަލާލިއެވެ. އޭނާ އުޅުނީ މޭޒުމަތީގައި އޮތް ކެރެޓްގަނޑު ބުރިކޮށްލާށެވެ. ނަމަވެސް ލިމްޝާ ދެލޯބޮޑުކޮށްގެން އޭނާޔަށް ބަލަހައްޓައިގެން ހުރިގޮތުން ލިމްޝާގެ ހިތުގައިވާ އެއްޗެއް އޭނާ ދެނެގަތެވެ. ކުޑަކޮށް ހިނިއައި ނަމަވެސް އެކަން ސިއްރުކުރަމުން އަތުގައި އޮތްވަޅި އޭނާގެ އަނެއް އަތުގައި ޖައްސާލީ ލިމްޝާ ހަދާގޮތެއް ބަލާލުމުގެ ބޭނުމުގައެވެ.

“ނަޝާމް ކީއްކުރަން ތިއުޅެނީ….؟؟؟” ދުވެފައިކަހަލަ ގޮތަކަށް ނަޝާމްގެ ގާތަށް ލިމްޝާ އައި އިރު ލިމްޝާގެ ބޮޑުދެލޯހުރީ ފެންކަޅިވެފައެވެ. ނަޝާމް އަނގައިންވެސް ނުބުނެ ހުރީއެވެ.

“ނޫން ނަޝާމް… ޕްލީޒް… ތިހެން ނަހަދައްޗޭ….” ނަޝާމްގެ އަތުގައި ހިފައިލަމުން ލިމްޝާ ބުނެލި ގޮތުން އޭނާ ހާސްވެފައިހުރިވަރު ހަމަރަނގަޅަށްވެސް ދޭހަވެއެވެ.

“ކީއްވެ އެހެން ނަހަދަންވީ…؟؟؟ މީއަހަރެންގެ އަތް… ވޭންއަޅާނީ އަހަންނަށް ލިމްއަކަށްނޫން… ދެން އެހެންވީއިރު ލިމްގެ ލޮލުން ފައިބަން ތައްޔަރުވެފައި ތިހުރީ ކޮންކަރުނައެއް…؟؟؟ އަހަރެންދެކެ ލިމް ލޯބިނުވާނަމަ އަހަރެން ހުއްޓުވަން ތިއުޅެނީ ކީއްވެ…؟؟؟ އަހަންނަށް އިނގޭ ލިމް ނުބުންޏަސް އަހަރެންދެކެ ލޯބިވާކަން…” ނަޝާމް ވާހަކަދެއްކީ ސީދާ ލިމްޝާގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ.

“ނޫން ނަޝާމް… ތީ ކުށްހީއެއް… އަހަރެން ނަޝާމް ދެކެ ލޯތްބެއް ނުވެ…” ލިމްޝާ ހުރީ އަދިވެސް ގޮތުގައެވެ. އިހުސާސްތައް ފޮރުވަން މަސައްކަތްކުރިވަރަކަށް ލިމްޝާގެ ހިތަށް ދިޔައީ ތަދުވަމުންނެވެ.

“ދެން އެހެންވީއިރު ކީއްކުރަން އަހަރެން ހުއްޓުވަން ތިއުޅެނީ..؟؟ މިތަނުން ދާންވީނު….” ނަޝާމް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.

“ނުދާނަން… އަހަރެންގެ ހައްގުގައި އެހެންމީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމަކީ އަހަންނަށް ރުހެވޭނެ ކަމެއްނޫން… ހަމަމިހާރު ތިވަޅިގެނޭ އަހަރެންގެ އަތަށް….” ނަޝާމަށް އަމުރުކޮށްލަމުން ލިމްޝާ އުޅުނީ އޭނާގެ އަތުން އެވަޅި އަތުލާށެވެ. ނަމަވެސް ނަޝާމް އެވަޅި ދޭޚިޔާލެއް ނުކުރިއެވެ. ވަޅި އަތުލަން އުޅުމުގެ ތެރެއިން ލިމްޝާގެ ވާއަތުގެ ހުދުހަންގަޑު ކަނޑައިގެން ދިޔައެވެ. އެވަގުތު ވަޅިވެސް ބިންމައްޗަށް ވެއްޓުނެވެ. ލިމްޝާއަށް ވީތަދުން އައްދޯއިއޭ ކިޔާ ބާރަށް ހަޅޭލައިގަނެވުނެވެ. އޭރު އޭނާގެ އަތުން ލޭއަންނަނީއެވެ. ނަޝާމް ތެޅިގެންފާ ލިމްޝާގެ އަތުގައި ހިފަހައްޓާލިއެވެ. އަދި ސޯޓު ޖީބުގައި އޮތް ސްކާފް ނަގާ ލިމްޝާގެ އަތުގައި އައްސަން ދިމާކޮށްލިވަގުތު ލިމްޝާ އޭނާގެ އަތް ދަމައިގަތެވެ. “ނަޝާމް މިހާރު ހިތްހަމަ ޖެހިއްޖެއެއްނު….” ރުޅިއައިސްފައި ހުރެ ލިމްޝާ ބުނެލިއެވެ.

“ލިމް ތިހާ ބޯހަރު ނުވެބަލަ… ހާދަބައިވަރު ލެއެކޭ ތިއަންނަނީ… މީތި އެއްސީމަ ލޭމަނާވެދާނެ…” އަތުގައި އޮތް ސްކާފް ދައްކާލަމުން ނަޝާމް ބުނެލީ ތަންކޮޅެއް ބާރަށެވެ. އެވަގުތަކީ ޒަޔާންވެސް އައިސް އެތާ މަޑުކޮށްލިވަގުތެވެ. ލިމްޝާގެ އަތުން ލޭއަންނަތަން ފެނުމުން ޒަޔާން ދުވެފައިކަހަލަ ގޮތަކަށްގޮސް އައީ ފަސްޓްއެއިޑް ބޮކްސް ހިފައިގެންނެވެ.

“ކިހިނެއް އަތްކަނޑައިގެން ދިޔައީ….؟؟؟” ލިމްޝާގެ އަތުގައި ބޭސްއަޅާދެމުން ޒަޔާން އަހާލިއެވެ. ލިމްޝާ ބަލާލީ އެތާކޮޅަށްހުރި ނަޝާމަށެވެ. އޭނާގެ މޫނުމަތިން ކުރެވުނު ކަންތަކާމެދު ދެރަވެފާ ހުރިކަން އެނގެއެވެ.

“ކެރެޓްކޮޅެއް ބުރިކުރަން އުޅެނިކޮށް…” ދުރު ބަލަހައްޓައިގެން އިނދެ ލިމްޝާ ބުނެލިއެވެ. ނަޝާމް ހައިރާންވެފައި ލިމްޝާއަށް ބަލަން ހުއްޓެވެ. ލިމްޝާ ދޮގުހެދީ ކީއްވެބާއޭ ނަޝާމްގެ ހިތަށް އެރިއެވެ. ވެދާނެއެވެ. އެދެމެދުގައި ހިނގާދިޔަ ކަންތައް އެހެންމީހަކަށް އެނގެން ލިމްޝާ ބޭނުންނުވަނީ ކަންނޭނގެއެވެ.

އެދުވަހުގެ މެންދުރުފަހު ތިނެއްޖަހާކަށްހާއިރު ނަޝާމްމެން އެނބުރި މާލެ ދިޔައެވެ.

 

އެދުވަހުގެ ހަވީރުގެ ވަގުތެވެ. ލިމްޝާއާއި ސުހާ ތިބީ ފައިވާންވިއްކާ ފިހާރައެއްގައި ލިމްޝާއަށް ފައިވާނެއް ގަންނަން ގޮހެވެ. ފައިވާންތައް ބަލަމުން ދެމީހުން ކުރިޔަށް ދިޔައެވެ. އެވަގުތު ކައިރިން ހިނގާފައި ދިޔަ މީހާގެ އަތުގައި އަޅާފައިވާ ގަޑީގައި ލިމްޝާ އަޅައިގެން ހުރި ދޯބައްޓާގައި އެލުވިފައި ހުރި ރޮދިތައް އެޅުނެވެ. އެމީހާއަށް އެކަން އެނގުމުން ރޮދިތައް ހަލާކުނުވާނެހެން މަޑުމަޑުން ނައްޓާލިއެވެ.

“ސޮރީ…” ލިމްޝާ މާފަށްއެދުނެވެ. އެމީހާ އިސްއުފުލާ ލިމްޝާއަށް ބަލާލިއެވެ. އެމީހާ އެގޮތަށް ބަލަން ހުރުމުން ލިމްޝާ ދެވަނަ ފަހަރަށްވެސް މާފަށް އެދުނެވެ. އެމީހާ ހިނިތުންވެލަމުން އެއީ އެވަރުކަމެއް ނޫނޭ ބުނެލިއެވެ. އެމީހާ މިހެން ބުނުމުން ލިމްޝާވެސް ހިނިތުންވެލިއެވެ. އަދި ސުހާއާއިއެކު ފިހާރައިން ނުކުމެގެން ދިޔައެވެ. ލިމްޝާ ދިޔަދިމާއަށް ބަލަހައްޓައިގެން އެމީހާ ހުއްޓެވެ.

“ލިމް… އެމީހާ ވަރަށް ސްމާޓް ދޯ…” ފިހާރައިން ނުކުމެވުމާއިއެކު ސުހާ ބުނެލިއެވެ.

“އިޖާޒަށްވުރެވެސް ތަ…؟؟؟” ބުމައަރުވާލަމުން ލިމްޝާ އަހާލީ ހިނިގަޑެއް ޖަހާލަމުންނެވެ.

“ދެން ލިމްގަނޑާ…. އަހަންނަށް އެނގެއޭ ލިމްއަށް އެނގިއްޖާ އަބަދު ދިމާކުރާނެކަން… އެކަމަކު ހަގީގަތަށް ބުނަންތަ ވާހަކައެއް… އެމީހާ އިޖާޒަށް ވުރެ ރީތި…” ލިމްޝާގެ އަތުގައި ޖަހާލަމުން ސުހާ ބުނެލިއެވެ. ލިމްޝާވެސް ހިނިގަނޑެއް ޖަހާލަމުން ސުހާއާއި އެއްބާވުމުގެ ގޮތުން އާނއެކޭ ބުނެލިއެވެ.

 

އެރޭގެ ވަގުތެވެ. ނަޝާމްގެ ކޮޓަރިތެރޭގައިވަނީ ފެހިކުލައިގެ ފަނޑުއަލިކަމެކެވެ. ކަކުލާ ހަމައަށް އަރާ ރަތް ކުލައިގެ ސޯޓެއް ލައިގެން ނަޝާމް ހުރީ ބެލްކަނީގައެވެ. ރެއިލިންގައި ދެއަތް އަޅުވާލައިގެން ހުރިއިރު ޖެހެމުންދާ ފިނިފިނި ވައިރޯޅިތައް އައިސް އެއްވެސް ހުރަހެއްނެތި ނަޝާމްގެ ފިރިހެންވަންތަ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. އިސްތަށިގަނޑުގައި ތެތްކަމެއް ހުރުމުން ދެންމެ އެއައީ ފެންވަރައިގެންކަން އެނގެއެވެ. ނަޝާމްގެ ނަޒަރު ހުއްޓިފައި ހުރީ ދުއްވާއެއްޗިއްސާއި މީހުންގެ ސަބަބުން ހަލަބޮލިވެފައިވާ މަގުމައްޗަށެވެ. އެތާހުރެގެން އޭނާ ވިސްނަމުން ދިޔައީ ލިމްޝާއާއި ދޭތެރޭގައެވެ. އެވަގުތު ކޮޓަރިތެރެ އަލިވެގެން ދިޔުމުން ނަޝާމް ފަސްއެނބުރި ބަލާލިއިރު ނާއިޝް އެދިމާއަށް އަންނަނީއެވެ.

“ކޮޓަރިތެރެ އަނދިރި ކޮށްލައިގެން ކީއްތިކުރަނީ….؟؟؟” އެހިސާބަށް އައިސް މަޑުކޮށްލަމުން ނާއިޝް ބުނެލިއެވެ. ނަޝާމް ވަކި ޖަވާބެއް ނުދީ ހިނިތުންވުމަކުން ފުއްދާލީއެވެ. ނާއިޝްގޮސް ވެއްޓިގަތީ ބެލްކަނީގައި ހުރި ސޯފާއަށެވެ.

“ނަޝްކޮއާއި ދެމީހުން ފައިޓިންގްއެއް ހިންގާލާފަދޯ މިހުރީ….” ބުރަކަށިދޮށުގައި އޮތް ފައިވާންކިބައެއް ނަގަމުން ނާއިޝް ބުނެލިއެވެ.

“ނޫނޭ… ތީ ނަޝްކޮގެ ފައިވާނެއް ނޫން….” ނާއިޝްގެ އަތުން ނަޝާމް އެފައިވާންކިބަ ޖަހައިގަތެވެ. އެއަށްފަހު ނާއިޝްގެ ގާތު ނަޝާމްވެސް އިށީނެވެ.

“ދެން އެހެންވީއިރު ތީކާކުގެ ފައިވާނެއްތަ…؟؟؟” ނާއިޝް މިހެން އެހުމުން ނަޝާމް އޭނައަށް އެފައިވާން ލިބުންގޮތް ކިޔާދިނެވެ. ނަޝާމް އެވާހަކަ ކިޔައިދިނުމުން ނާއިޝް ހޭންފެށިއެވެ.

“ހާދަ ގަދަ ކޮށްލައިގެންނޭ ތިއުޅެނީ…؟؟؟ އެކަމަކު އަހަރެން ގާތު ކުރިން ނުބުނަމެއްނު އެކުއްޖާޔާ އެއް އޮފިހެއްގައި އުޅޭ ވާހަކައެއް…” ނަޝާމްގެ ކޮނޑުގައި ޖަހާލަމުން ނާއިޝް ބުނެލިއެވެ.

“އެއީ ދެން އަދި ނެތެއްނު ނުބުނެވިފައެއް….” ބޯކަހާލަމުން ނަޝާމް ބުނެލިއެވެ.

“އަދިވެސް އެކުއްޖާއަށް ކިޔާ ނަމެއް ނުބުނަމެއްނު….ނަން ނުބުނެ އެކުއްޖާ ކިޔާގެން ތި ވާހަކަ ދައްކަނީ….”

“ދޮންބެ ކައިރީގައި އެކުއްޖާގެ ނަން ބުނާނީ އެކުއްޖާ އަހަންނަށް ލިބި ކައިވެންޏަކާއި ހަމައަށް ދެވުނު ދުވަހަކުން…” ނަޝާމް ބުނެލިއެވެ.

“އައްދޭ ހާދަ ދުވަހެކޭ… ދެން ނަން ނުބުނަންޏާ އަހަރެން އޭނަޔަށް ކިޔާނީ ސަންތިމަރިޔަނބު….” ހިނިގަނޑެއް ޖަހާލަމުން ނާއިޝް ބުނެލިއެވެ.

“އޭނަޔަށް އެހެން ނުކިޔައްޗޭ….” ނާއިޝްގެ ގައިގައި ފައިވާނުން ބޮނޑިއެއް އަޅާލަމުން ނަޝާމް ބުނެލިއެވެ.

“ތިފައިވާން ފެނުނީމައޭ މިހަނދާންވީ… އެނގޭތަ… މިޔަދު ފައިވާން ވިއްކާ ފިހާރައަކުން ވަރަށް ރީތި ކުއްޖެއް ފެނިއްޖެ….” ފައިވާން ފެނުމުން ނާއިޝް މިޔަދު ހަވީރުގެ ހަނދާން އާކޮށްލިއެވެ.

“އަސްލުވެސްތަ…؟؟ އަހަންނަށް ޔަގީން ތިކުއްޖާ ވާނީ ވަރަށް ވަރަށް ޚާއްސަ ކުއްޖަކަށް… މީގެ ކުރިން ދޮންބެ ދުވަހަކުވެސް އަންހެންކުއްޖަކު ރީތި ވާހަކައެއް ނުބުނެ… އަހަރެން މާތް ﷲގެ ކިބަފުޅަށް ދުޢާ ކުރާނަން ދޮންބެއަށް ތިކުއްޖާ ލިބޭތޯ….” ނަޝާމް ހުރީ ވަރަށް އުފާވެފައެވެ.

“އެއީ ކާކު ކަމެއްވެސް އަހަންނަކަށް ނޭނގެ… އެކަމަކު މާތްﷲ އިރާދަކުރެއްވިއްޔާ ކޮންމެވެސް ގޮތަކުން އަހަރެން އެކުއްޖާ ހޯދާނަން… އަހަރެންގެ ޙަޔާތަށް އެކުއްޖާ ގެންނާނަން….” ނާއިޝް ބުނެލީ ވަރަށް ޔަގީންކަމާއިއެކީގައެވެ.

“އަހަރެންވެސް ބެނުންވަނީ ދޮންބެއަށް އެކުއްޖާ ލިބެން….” ހިނިތުންވެލަމުން ނަޝާމް ބުނެލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ކަޝްފު (3)

Next

ހިތް ނުރޮއްވާ… (33)

Next
January 8, 2015

ހިތް ނުރޮއްވާ… (33)

Previews
January 7, 2015

ކަޝްފު (3)

22 Comments!

  1. minte says:
    January 8, 2015 at 9:44 pm

    Minute first yayy!next part up vany kon irakun baa?

  2. minte says:
    January 8, 2015 at 9:45 pm

    Minte first yayy!next part up vany kon irakun baa?

  3. Ishy says:
    January 8, 2015 at 9:45 pm

    Oh my god. Mioh v gotheh…. eynage dhnbe ah lim nudhechey…. plxxx

  4. aii says:
    January 8, 2015 at 10:24 pm

    Nice one..v curious abt next part

  5. athoo .. says:
    January 8, 2015 at 10:28 pm

    Eemoo, abadhu coicidence genesfa hunnaathy kudakoh foohi.
    meehaku hama egigen kuraa kahala kameh genesdhee bala.
    mi part ves goaheh noon. Wish u luck.

  6. eemiyaa says:
    January 9, 2015 at 12:07 am

    Minte, saturday nyt ga next part genesdheynan In Sha Allah

  7. eemiyaa says:
    January 9, 2015 at 12:10 am

    Ishy dhn vaa gotheh balaalyma engeynee lim libeny kaakah kan..

  8. eemiyaa says:
    January 9, 2015 at 12:15 am

    Thanks aii 🙂

  9. eemiyaa says:
    January 9, 2015 at 12:20 am

    Next time dw athoo
    real life ga coincidence gina v ma storythakuga ves mihen mi geneveny ekm dhn thikama visnaanan..
    btw Thanks athoo.. i really appreciate ur feedback 🙂

  10. ummi says:
    January 9, 2015 at 12:23 am

    woewwwwwwww v v reeethi huvaaaaaa…. luv u eemiyaa 🙂

  11. eemiyaa says:
    January 9, 2015 at 12:27 am

    Thanks ummi 🙂

  12. minte says:
    January 9, 2015 at 11:17 am

    Saturday ge kurin up nukureveyne tha?

  13. eemiyaa says:
    January 9, 2015 at 1:28 pm

    yaa minte, sat ge kurin up kureveykah nei..

  14. Nish says:
    January 9, 2015 at 2:06 pm

    Nice waiting for next part

  15. maee says:
    January 9, 2015 at 7:36 pm

    Subhanallah!! Ya rabbee!! Kihineh mi v?? 2 meehunah vx ekaku dheke….dhn alhey!!! Masha allah!! Vvvvvvv reethi mi prt vx….nasham ge brw ah lim nudhehchey ingey!! Waiting 4 nxt prt!! Heekuran thnkolheh avahah up kohdheyne kamah! Wish u all the bst!!

  16. fary says:
    January 9, 2015 at 10:46 pm

    Oooo no 2bro going to fight dhoo .don’t. To that it’s so old story. Nice

  17. eemiyaa says:
    January 10, 2015 at 8:13 pm

    Thanks Nish, Maee and Fary

  18. shai says:
    January 11, 2015 at 4:35 pm

    v.v.v.salhi ingey. kn irakun tha 7th part nukunnaanee????

  19. eemiyaa says:
    January 11, 2015 at 9:57 pm

    Thanks shai 🙂
    7th part already genesdhyfa

  20. Shai says:
    January 12, 2015 at 4:20 pm

    8th part up kobba

  21. eemiyaa says:
    January 14, 2015 at 7:30 pm

    🙂

  22. LIM🖤 says:
    February 15, 2025 at 2:51 am

    My ge Nan in story eh alheyyy 🤭

Comments are closed.


All Right Reserved!