
ކަޝްފު (4)
“ކޮބާ އަވަހަށް ކާން ފާށާ އެންމެން. ޒާހިދާ މަށަށް ފިނިފެން ތަށްޓެއް އާޅާދީބަލަ.” ސަލީމް ތަޢްޓަށްބަތް އަޅަމުން ބުނެލިއެވެ. “ދޮންބޭ އަޅުގަނޑަށް އިކޮނޮމިކްސް ޓިއުޝަން ޓީޗަރެއް ހޯދަދީބަ. ޕްލީސް.” ޝަޒިންއަށް މަންމަ ބުނި ވާހަކަ ހަދާންވުމުން އަވަހަށް ބުނެލިއެވެ.
“ދިމްނާ އެބައުޅެ އެއްނުން. މިދިޔަ ހަފްތާގަ މެލެޝިއާއިން ކިޔާވާނިމިގެން އެއައީ. އޭނަ ރަނގަޅުވާނެ ހެން ހީވަނީ. ބައްޕަ ވާހަކަ ދައްކާލާނަން. ދެން އަންނަ ޓާރމްގަ ސްކޫލަށް ކިޔަވަދޭން ދާނެ ވާހަކަ އަޑު އިވުން. ތެދެއްދަ ދަރިފުޅާ؟” ބައްޕަ ދެއްކި ވާހަކަ އަކުން މިޝަލް އަނގައަށް ލާންނެގި ބަތް ސަމްސާއަށް ވެސް ހުއްޓުންއެރިއެވެ. ދިމްނާގެ ނަން އިވިފައި ހިތު ތެޅުން އަވަސްވިއެވެ. ނިއްކުރިން ދާތިކިތަށް ފާލުވަމުން ދިޔައިރު ނޭވާވެސް ކުރު ވެއްޖެއެވެ. “ދި..ދިމްނާ ދޯ. ނޭނގެ އަޅުގަނޑަކަށް.” މިޝަލްގެ ހިތަށް އަރާ ފައިބަމުން ދަނީ ދިމްނާގެ ނަމެވެ. “މަންމަ ބުނީ ކޮން އިރަކުންހޭ ދެން ދެކުދިން އިންނަނީ. މިފަހަރު ބަންދުވީމާ އިންނަން ވީއެއްނުން؟” ޒާހިދާ ދެއްކިވާހަކައަކުން ޖީލާ ލަދުން އިސްޖަހާލިއިރު މިޝަލްއަށް ހޭވެރިކަން ވީދެނެވެ. “ބައްޕަ މެންނަށް ފެންނަގޮތެއް ހަމަ ރަނގަޅުވާނެ.” މިޝަލް މިހެން ބުނެލުމުން އެންމެންގެ މޫނުމަތި ފާޅުވެގެން ދިޔައީ އުފާވެރިކަމެވެ. ކެއުން ނިމިގެން ދިޔައީ ކައިވެނީގެ ކަންތައް ހަމަޖެއްސާނެ ގޮތަކާއިމެދު ވާހަކަ ދެކެވެމުންނެވެ.
ގަޑިން ރޭގަނޑު ދިހައެއް ޖެހިއިރު ކޮޓަރި ތެރޭގައި އިވެމުން ދަނީ އެނބުރެމުން ދިޔަ ފަންކާގެ އަޑެވެ. ގަޑިއަށް ނަޒަރު ހުއްޓާލައިގެން އޮތް ޝަޒިން އޮތީ ޖުމައިލްއަށް ގުޅަން ކެއްމަދުވެފައެވެ. އެންމެފަހަރަކު ރިންގު ވުމާއިއެކީ އެކޮޅުން ފޯނު ނަގައިފިއެވެ. ހީވަނީ ޝަޒިން ނުގުޅައިގެން ހުރި ހެންނެވެ. “ހަލޯ..” އިވުނީ ހިތްގައިމު ފިރިހެންވަންތަ އަޑެކެވެ. ޝަޒިންގެ ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހުނެވެ. ދެން ދިޔައީ ހަމަހިމޭން ވަގުތު ކޮޅެކެވެ. “ޝަޒޫ. ވާހަކަވެސް ނުދައްކަނީތަ؟”ހަމަހިމޭން ފިލުވާލަދިނީ ޖުމައިލްގެ އަޑެވެ.
“ނޫން. މި ވާހަކަ ދައްކަނީ އެއްނުން. ޖުމައިލް ދޯތީ؟” ޝަޒިން ކުޑަކޮން ޖެހިލުން ވެ ހުރެ ވާހަކަ ދެއްކިއެވެ.
” ޔެސް. މިއީ ހަމަ ޝަޒިންގެ ޖުމައިލް. އެންމެފަހުން ތި ރީތި ހިއްގައިމު އަޑު އިވުމުން މި ހިތަށް ފިނިކަން ލިބިއްޖެ”
މި ބަސް ތަކުން ޝަޒިން ލަދުގަންނަ ގޮތްވިއެވެ.
އެރޭ ހަތަރުދަމު ދިޔައީ ފޯނުން ޖުމައިލްއާއި ވާހަކަ ދެއްކުމުގައެވެ. ގަޑި އަރައިގެން ދިޔަގޮތްވެސް ނޭނގުނެވެ.
ނަމަވެސް ގަޑި ހިނގާލެއް ލަސްވެފައި އެނދުގައި ދެފަރާތަށް އެނބުރި އެނބުރި އޮތީ މިޝަލްއެވެ. އޭނާގެ ޚިޔާލުތަކުގައި ފުނިޖެހިފައި ވަނީ ދިމްނާއެވެ. އެ ނަމަވެ. އެސޫރައެވެ. މީގެ ހައަހަރު ކުރިން ހިނގާދިޔަ ކަންތައް އަދިވެސް އެހިތުގައި ބިންވަޅު ނެގިފައި ވެއެވެ.
އިރު އަލި ދޯދިތަށް ފަރުދާގެ ތެރެއިން ފުރޭނިގެން އައިސް އެނދުގެ އެއްފަރާތެއްގައި ނިދާލާފައި އޮތް ޝަޒިންގެ މޫނު މައްޗަށް އެޅިފައި ވެއެވެ. އެދޮން މޫނު އިރުގެ އަލީގެ ސަބަބަން ދަޅަ އަޅައެވެ. ކުއްލިއަކަށް ހުވަފެނެއް ފެނިގެން ތެދުވާހެން ޝަޒިން ފުއްމައިގެން ތެދު ވިއެވެ. ގަޑިން މެންދުރު ބާރަޖެހީއެވެ. ރޭގައި އެހައި ލަހުން ނިދުމުން ނުހޭލެވުނީކަން އިހުސާސް ވިމުން އެ ރީތި ތުންފަތުން ލުއި ހިނުތުންވުމެއް ފާޅުވިއެވެ. ޖުމައިލް އާއި ރޭގައި ދެއްކި ވާހަކަތައް މަތިން ހަނދާން ވުމުން ހިތް އުފަލުން ފޮޅުނެވެ.
“ދަރިފުޅާ. ބައްޕަ ދިމްނާއާ ވާހަކަ ދައްކައިފިން. ކޮންމެ ރެޔަކު އަށެއްޖަހައި އިރަށް އެގެއަށް ދާންވީ އިނގޭ” ސިޓިން ރޫމަށް ވަދެގެން އައި ޝަޒިން ފެނުމުން ސަލީމް ބުނެލިއެވެ.
“ޑޭޑް އަޅުގަނޑު ދާނަން ޝަޒޫ ގޮވައިގެން. ސައިކަލުގައި ދިޔައީމަ އަވަހަށް ދެވޭނެ އަނެއްކާ ރޭގަނޑު އެކަނި ފޮނުވާކަށްވެސް ނުވާނެ.” ދާނިޝް ބޭނުންވީ އޭނާ ޝަޒިން ލާން ދާށެވެ.
“ބައްޕައަށް މައްސަލަ އެއް ނެތޭ. އެކަމަކު ދަރިފުޅު ކޮންއިރަކުންތ ވަޒީފާ އަކަށް ދަނީ؟ އަބަދު ތިހެން އުޅޭކަށް ނުވާނެ. ދޮންބެހެން ތަންކޮޅެއް ހަރުދަނާ ވިއްޔާ ކަމެއް ވާނެތަ!” ސަލީމް ނުރުހިފައި ބުނެލިއެވެ. ދާނިޝް ވަޒީފާއަކަށް ނުގޮސް އަބަދު ގޭގަ ހުންނާތީ ސަލީމް ވަރަށް ނުރުހެއެވެ.
” މިއުޅެނީ މިތާ ކައިރި ރިސޯޓަކަށް ދާންކަމަށް.” ދާނިޝް ފޯނާއި ކުޅެމުން ތެދުވެ ހިނގައިގަތެވެ. އެވާހަކަ ދެއްކުމަކީ ދާނިޝްއަށް ކަމުދާ ކަމެއް ނޫނެވެ. ވަޒީފާގެ ވާހަކަ ދައްކައިފިއްޔާ އަބަދުވެސް ބަލާނީ އެތަނަކުން ދެވޭތޯއެވެ.
އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން ދޮރުގައި ލެނގިލައިގެން ހުރި މިޝަލް ގެ މޫނުމަތިން ފެންނަމުންދަނީ ނުތަނަވަސް ކަމެވެ. ފޯނުގެ ސްކްރީނަށް އަރާފައިވަނީ ނަންބަރެކެވެ. ގުޅަންވީ ބާއެވެ. ނުގުޅަންވީބާއެވެ. އޭނާގެ ހާލު ބަލައިލަން ގުޅާލުމަކުން ގޯހެއްނެތެވެ. އެކަމަކު މިހާރު އޭނާ މިޝަލްއާއި ވާހަކަ ދައްކާނެބާއެވެ. އަނެއްކާ މިހެން ހެދުމުން ޖީލާއަށް ބޭވަފާތެރިވެވެނީ ބާއެވެ. ހިތަށް އަރައި ފައިބަމުން ދިޔަ ސުވާލުތަކުގެ ޖަވާބެއް މިޝަލްއަކަށް ނޭނގުނެވެ. މިހާ ދުވަސްވީ އިރުވެސް ފޯނުގައި އިން ދިމްނާގެ ނަންބަރެއް ފޮހެއެއް ނުލެވުނެވެ. މިހާރު އޭނާ ގެންގުޅޭނީ މި ނަންބަރު ކަމެއްވެސް ނޭނގެއެވެ.
ކޯލް ބަޓަންއަށް މިޝަލް ފިއްތާލީކީ ކޮންމެހެން އެއީކީ ދިމްނާގެ ނަންބަރު ކަމަށް ހީކޮށެއް ނޫނެވެ. “ހަލޯ” އިވުނު އަޑުން މިޝަލްއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެ އަޑު ދުވަހަކުވެސް ނޯޅޭނެ އެވެ. އެއަޑު އިވުމުން ކުރިންވެސް ތުންފަތަށް އެ ވެރިވާ ހިނިތުންވުން މިއަދުވެސް ވެރިވިއެވެ. ކިތަންމެ ދުވަހެއްވިޔަސް އެ ނިޔަނެތި އަޑަކީ އޭނާއަށް އޮޅޭނެ އަޑެއް ނޫނެވެ. އެއީ ދިމްނާއެވެ. މިޝަލްގެ ދިމްނާއެވެ. ނޫނެކެވެ. މިހާރަކު އެއީ އޭނާގެ ހައްޤެއް ނޫނެވެ.
ހުވަފެނަކުން ހޭލެވުނުހެން ކުއްލިއަކަށް މިޝަލްއަށް ހޭވެރިކަން ވެ ފޯނު ކަނޑާލިއެވެ. މި ކުރެވުނީ ކީއްކަން ރޭކާލީ އަދިކިރިޔާއެވެ. ނަމަވެސް އެހިތަށް ހިތްހަމަޖެހުމެއް ލިބުނީ ކީއްވެ ކަމެއް ޚުދު މިޝަލްއަކަށްވެސް ނޭނގުނެވެ.
“ކުޑަބެ ތިހާބާރަށް ނުދުއްވަބަ، ވެއްޓިދާނެ.” ދާނިޝްގެ ގައިގައި ނިކަން ބާރަށް ހިފައިލައިގެން އިން ޝަޒިން ދެޅޯމަރާ ފިއްތައިގެން އިނދެ ބުނެލިއެވެ. ދުއްވަމުން ދިޔަ ސައިކަލުގެ ކުރީގައި އިން ދާނިޝްއަށް މިކަންވަނީ މަޖާ ކަމަކަށްށެވެ. ނަމަވެސް ޝަޒިންވަނީ ނުތަނަވަސް ވެފައެވެ. މާ ބާރަށް ސައިކަލު ދުއްވުމަކީ އޭނާ އިންތިހާއަށް ބިރު ގަންނަ ކަމެކެވެ.
ކުއްލިއަކަށް ސައިކަލުގެ ބުރަކި ޖައްސާލިތަނާ ފަހަތުގައިއިން ޝަޒިން ނިކަން ބާރަށް އައިސް ދާނިޝްގެ ބުރަކަށީގައި ޖެހުމާއި އެކީ ތޫލި ހަޅޭކެއްގެ އަޑުއިވުނެވެ. އޭރުވެސް ކުރީގައި އިން ދާނިޝް ހެނީއެވެ.
“ވަޓްއެވާ! މަންމަ ކައިރި ބުނާނަން ކުޑަބެ ބާރަށް ސައިކަލު ދުއްވާ ވާހަކަ” އަތުގައި އޮތް ފޮތުން ދާނިޝްގެ ބޮލުގައި ޖަހާލުމަށްފަހު ޝަޒިން ސައިކަލުން ފޭބިއެވެ.
“ދެން ދޭ. ނިމުނީމަ ގުޅާ އިގޭ” މިހެން ބުނުމާއި އެކީ ދާނިޝް ސައިކަލު ދުއްވާލުމަށްފަހު އެތަނުން ދިޔައެވެ. ޝަޒިން ކުރިމަތީގައި ހުރި ގެއަށް ވަދެގެންގޮސް ގެއްލުނެވެ.
“އައްސަލާމް ޢަލައިކުމް” ގޭގެ ދޮރުމައްޗަށް އަރާފައި ޝަޒިން ގޭތެރެއަށް ނަޒަރު ހިނގާލިއެވެ. ކުރިމަތިން ފެންނަށް ހުރީ ދިގު ހޯލްއެކެވެ. ދެފަރާތުގައި ތިން ކޮޓަރި ހުރިއިރު ދޮރުގެ ކަނާތްފަރާތުގައި ފުދޭވަރަކަށް ބޮޑު ސިޓިންރޫމްއެއް ހުއްޓެވެ. “ވައިލައިކުމުއް ސަލާމް. ޝަޒިން ދޯ. އަވަހަށް ވަދޭ އެތެރެއަށް” ސިޓިންރޫމްގެ މެދުގައި ހުރި މޭޒުކައިރީގައި އިން ގޮނޑިއަކުން ތެދުވި އަންހެން ކުއްޖެއް ބުންޏެވެ. ކުރުކޮން ކޮށާލެވިފައިވާ އިސްތަށިގަނޑު ހާމައަށް ދޫކޮށް ލެވިފައިވާއިރު ކޮނޑާ ހަމައަށް އަރައެވެ. އައްދިގު ގަމީހަކާއި ޖިންސެއް ލައިގެން ހުރިއިރު އަތުގައި ރިހި ކެވެލިފަށެއް އޮތެވެ. ޝަޒިންއަށް އެންމެ އަޅައިގަތީ އޭނާއަށް ލިބިފައިވާ އަޅި ކުލައިގެ ކަޅިއެވެ. އެއިން އޭނާގެ ލޮލުގެ ރީތިކަން އިތުރުކޮށް ދެއެވެ.
މަޑު ހިގުމެއްގައި އައިސް ޝަޒިން ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެލިއެވެ. “ހާއި. ދިމްނާ. ކިޔާނީ ދިމް އިގޭ. އަނެއްކާ މިސް އެކޭ ނޫން ކިޔާނީ.” ހިނިތުންވުމަކާއި އެކީ ދިމްނާ ވާހަކަދެއްކިއެވެ.
“ޔެސް މިސް.” ޝަޒިންއަށް އޮޅިގެން މިސް އޭ ބުނެވުމުން ދެ މީހުންއެކީ ހޭންފެށިއެވެ. ފުރަތަމަ ބައްދަލު ވުމުންވެސް ދެމީހުން ދޭތެރޭގައި ގާތް ރަހުމަތްތެރިކަމެއް އުފެދުނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް މިޝަލްއާއި ޖީލާގެ ކައިވެނި ކުރެވެން ހަފްތާއަކަށްވީއެވެ. ސިޓިން ރޫމްގައިހުރި ބިއްލޫރު މޭޒުމަތީގައި ރަތްކުލައިގެ ކާޑުތަކެއް އަތުރާލެވިފައި ވެއެވެ. ރިބަންކޮޅެއް ހިފައިގެން އަތުގައި އޮތް ކާޑުގައި އައްސަން އިން ޝަޒިން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ސޯފާ މައްޗަށް ދާނިޝް ޖެހެގަތުމުންނެވެ.
“މިއަދުވެސް ދުއްވާލަން ދާންވަނެ ދޯ. އިއްޔެ މާއަވަހައްށޭ ޝަޒޫ ގެޔަށް އަންނަން ބޭނުންވީ. އިރު އޮއްސޭތަން ބަލަން ތުނޑިއަށްވެސް ނުދެވުނު ވިއްޔަ.” އަތުގައި އިން ދަޅަކުން ބަނބުކެޔޮ ފޮއްޗެއްނަގާ އަނގަޔަށް ލަމުން ދާނިޝް ބުނެލިއެވެ.
ޝަޒިން އިނީ ހައިރާންވެފައެވެ. އެހެން ނޫނީ އަބަދު ދުއްވާލަން ދާން ކިޔާނީ ޝަޒިންއެވެ. ނަމަވެސް މިއަދު ކުއްލިއަކަށް ދާނިޝް އަމިއްލައަށް އައިސް ދުއްވާލަންދާން ބުނުމުން ޤަބޫލެއް ނުކުރެވުނެވެ. އެހެންނޫނަސް އިއްޔެ ތުނޑިއަށް ދާ ވާހަކައެއްވެސް ނުބުނެއެވެ. ދެން މިހާރު މާ ޝަޒިން ގޮވަގެން ދުއްވަން ދާހިތުން މިއުޅެނީ ކީއްވެގެންކަން ނޭގީ ހިތުގައި ސުވާލު އުފެދުނެވެ.
“ނޭނގެ. މަންމަ ބުނީ ދޮންބެމެން ހޮނިހިރު ދުވަހު މެރީ ކުރާތި އެހާ ބޭރަށް ނުގޮސް ގޭގަ ހެލްޕްވާން ހުންނާށޯ” ޝަޒިން ދިން ޖަވާބުން ދާނިޝްގެ މޫނަށް ވެރިވީ މާޔޫސް ކަމެވެ. ޒާހިދާ ގޮވާލުމުން ޝަޒިން އަވަހަށް ތެދުވެ ދާން ހިނގައިގަތެވެ. ރުޅިވެރި ކަމާއިއެކި ދާނިޝް މޭޒުމަތީގައި ދަޅުބަހައްޓާލީ އަޑު އިވިގެންދިޔައެވެ. އިސް ޖަހައިގެން އިންއިރު ނިއްކުރި މައްޗަށް އަރާފައިވާ ރޫތަކުން އެއިނީ ހިތްހަމަނުޖެހިފައި ކަން ހާމަވެއެވެ.
ދަތްދޮޅީގައި އަތް އަޅުވާލައިގެން އިން މިޝަލް އިނީ ލެޕްޓޮޕް އަށް ގެއްލިފައެވެ. ޝޭވް ނުކޮށް ހުރުމުން ތުނބުޅި ކޮންމެވެސް ވަރަކަށް ބޯވެލާފައި ހުރުމުން އެ ފިރިހެންވަންތަކަށް އިތުރު ކޮށްދެއެވެ. އިރުކޮޅަކު މިހެން އިނދެލުމަށް ފަހު އިސްއުފުލާފައި މޯޅިއަކަށް ދެމިލިއެވެ. ފޯނު ހިފައިގެން ކޮޓަރިން ބޭރަށް ނިކުން މިޝަލްގެ ފިޔަވަޅުތައް ހުއްޓުނީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ. އެންމެ ފަހުން އެ އަޑުއިވުނުތާ ދެތިން ހަފްތާ ވީއެވެ.
ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. މަޑު ހިނގުމެއްގައި ސިޓިން ރޫމާއި ދިމާއަށް މިސްރާބުޖެހީ ކުރެވުނު ޝައްކު ޔަޤީން ކުރުމަށްޓަކައެވެ. މިޝަލްއަށް ފުރަގަސް ދީގެން ހުރި އަންހެން ކުއްޖާފެނި ހިނގުން ހުއްޓުނެވެ. ރީތި ވަރަކަށްފަލަ މިކުއްޖާގެ ކުރު އިސްތަށުކޮޅު އައްސާލާފައި އޮތްއިރު އަތުގައި ކައިވެނީގެ ކާޑު އޮތެވެ.
މިޝަލްއަށް ހިއްހަމަޖެހުމުގެ ނޭވާއެއް ލެވެނެވެ. އެއީކީ ދިމްނާއެއްނޫނެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އަތުގައި އަޅާފައި އޮތް ރިހި ކުލައިގެ ކުދި ހިތްތަކެއް އެލުވިފައި އޮތް ކެވެލިކޮޅެވެ. އެއީ މިޝަލް އޭނާއަށް ދިން ކެވެލިކޮޅެކެވެ. ހަމަ އެހިނދު އެކުއްޖާ ފަސް އެނބުރި ބަލައިލިއެވެ. މިޝަލްގެ ނޭވާ ކަރުތެރޭ ތާށިވީހެން ހީވިއެވެ. ކުޑަކޮން ފަލަވެފައި ކޮލުގައި މަސްޖަހާލައި ރީތި ކަން އިތުރުވެފައިހުރި މިއީ ދިމްނާ ނޫން ދެވަނަ މީހެއް ނޫނެވެ. ހަ އަހަރު ތެރޭގައި ކިތަންމެ ބަދަލެއް އައިސްފައި ހުޓަސް މިޝަލްއަށް ދިމްނާއެއް ނޯޅޭނެއެވެ.
ދިމްނާގެ ހިތަށް އެތަށް ޝުޢޫރު ތަކެއް އަރާފައިބަމުން ދިޔައެވެ. މިޝަލް ލައިގެން ހުރި ދިގު ދޫ ސޯޓާއިއެކީ ހުސްގަޔާއި ހުރުމުން އެ ރީތިކަން އިތުރުވެއެވެ. ހަށިގަނޑު ކަސްރަތީވެ ރީތި ވެލާފައި ހުއްޓަކަސް ކޮނޑުކައިރީގައި އިން އުފަންލަށް ފެނި ހިތުގައި ނޭގޭ ރިހުމެއް އުފެދުނެވެ.
“ދޮންބޭ. މިއީ ދިމް. އިގެއްނުން. ޓިއުޝަން ޓީޗާރ ވިޔަސް ވީއާ ވެރީ ކްލޯސް ފްރެންޑްސް ދޯ. އަޅުގަނޑު ލާނެ ހެދުމެއް ފައިނަލައިސް ކުރަންވެގެން ދިމް މިގެނައީ.”ޝަޒިން އަޑު ޖެހުމުން ދެ މީހުންނަށް ޚިޔާލީ ދުނިޔެއިން ނިކުމެވުނެވެ. “ހިނގާ ރޫމްއަށް.” ޝަޒިން ދިމްނާގެ އަތުގައި ހިފާ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.
ދިމްނާ ގޮސް ޝަޒިން ގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕި އިރުވެސް މިޝަލްއަށް ހުރެވުނީ އެދިމާއަށް ބަލަހައްޓައިގެންނެވެ. “ދަރިފުޅާ އެހެރީ ޖޫސް ގިރާފަ. ދޭ ބޯލަން” ސިޑިން މައްޗަށް އަރަން ދިޔަ ޒާހިދާއަށް މިޝަލް ހުރިތަން ފެނުމުން ބުނެލިއެވެ. މިޝަލް އެއްޗެކޭ ނުބުނެ ކާގެއާއި ދިމާއަށް މިސްރާބުޖެހިއިރުވެސް އޭނާގެ ޚިޔާލުގައިވަނީ ދެންމެ ހިނގާދިޔަ ކަންތަކެވެ. ދިމްނާގެ ސޫރައެވެ.
ކަބަޑުގެ ދޮރުފައްތައް ހުޅުވައި އެކި އެއްޗެހި އެކިތަންތަނަށް އުކަމުން ދިޔަ ޝަޒިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. “އަޅެ ކޮބައިތަ؟ ހަމަ މިތާގަ ބޭއްވި.” ހެދުމުގެ ޑިޒައިން ކުރުހާފައި އޮތް ގަނޑުގެއްލިގެން މާޔޫސްކަމާއި އެކީ އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރެ ޝަޒިން ބުނެލިއެވެ. “އެބަ އަންނަން މަންމަ ކައިރި އަހާފަ. މަންމަ ނެގީ ކަންނޭގެ” ޝަޒިން ބާރު ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ދިޔައިރު ދިމްނާ ކުޑަދޮރުކައިރީގައި ބޭރުބަލަހައްޓައިގެން ހުއްޓެވެ.
“މަންމާ! ކޮބާ މަންމަ؟” ޒާހިދާ ފެންނަން ނެތުމުން ކާމޭޒުކައިރި ޖޫސް ބޯން އިން ދާނިޝްގެ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. “މައްޗަށް ދިޔައީ” ޝަޒިން ބާރުމިނުގައި ސީޑިގެ ހަރުފަތްތަށް ގިރާ ކުރަމުން މައްޗަށް އެރިއެވެ. ވަގުތުގެ ބޭނުން ހިފާ މިޝަލް ބޯން އިން ޖޫސްތަށި ބެހެއްޓުމަށްފަހު ޝަޒިންގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ކޮޓަރި ދޮރު ހުޅުވުނު އަޑަށް ދިމްނާ ފަސް އެނބުރި ބަލައިލިއިރު ކުރިމަތީގައި ހުރި މިޝަލް ފެނި ސިހުނެވެ. އިރުގެ ދޯދި އެދޮން މޫނަށް އެޅިފައިވާއިރު ބޯ އެސްފިޔަތަކުގެ ތެރެއިން އަޅި ކުލައިގެ އެދެލޯ ވިދައެވެ. މޫނުމަތިން ފެންނަމުން ދަނީ ހާސް ކަމެވެ.
މިޝަލް ކުރިއަށް ހިނގަންފެށިއެވެ. އޭނާގޮސް ހުއްޓުނީ ދިމްނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. މިޝަލްގެ ނޭވާގެ ހޫނުކަން ދިމްނާގެ މޫނަށް އެޅުމާއި އެކީ ދެފިޔަވަޅު ފަހަތަށް ޖެހެވުނެވެ. ދިމްނާގެ ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވޭ. މިޝަލް އަކަށް ދިމްނާއާއި ކުޑަކޮންވެސް ކައިރި ވުމުގެ ހައްޤެއް މިހާރަކު ނޯންނާނެއެވެ. އެއް އިރެއްގައި ހިތުން ރުހުމުން އެ ހަށިގަނޑުގެ ހިމާޔަތް ހޯދިއެއްކަމަކު މިހާރު އޭނާގައިގައި އިނގިލި ކުރިވެސް ޖައްސާލިޔަކަ ނުދޭނެއެވެ.
“ދިމްނާ..” މިޝަލްއަށް ބުނާނެ އެއްޗެއް ނޭގުނެވެ. ކުރެވޭހާވެސް ކަމަކީ ދިމްނާއާއި ގާތަށް ޖެހެވުމުވެ. ނޭދުނަސް ހިތް ގޮވަމުން ދަނީ ދެމެދުގައިވާ ދުރުކަން ނައްތާލުމަށްށެވެ. މިޝަލް ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅާކާއި އެކީ ދިމްނާ ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ.
ގޭގޭ މައި ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި ޖީލާގެ މޫނުމަތިން ފާޅުވަމުން ދަނީ އުފާވެރިކަމެވެ. ގޭތެރެއަށް ވަދެވުމާއިއެކީ ލޮލުގައި އަޅައިގަތީ މޭޒުމަތީގައިހުރި ކާޑުތަކެވެ. ހަލުވި ހިނގުމެއްގައި ގޮސް އެތަނުން ކާޑެއް ނަގައި ހުޅުވާލިއިވެ. ‘ޖީލާ ވެޑްސް މިޝަލް’ ރަން އަކުރުން ފެވިފައިވާ މި ބަސްކޮޅުފެނުމުން އެ ފިޔާތޮށިކުލައިގެ މަޑު ތުންފަތުން ހިނިތުންވުން ފާޅުވިއެވެ. އެނާގެ ހުވަފެން ހަޤީޤަތަކަށް ވަނީއެވެ. އުމުރަށް މިޝަލްގެ ހައްޤަޤަކަށް ވަނީއެވެ.
ގޭތެރޭގައި މީހެއް ފެންނަށް ނެތް ތާނގައި އަޑެއް ބަޑެއް ނީވެއެވެ. އެންމެން ކޮބައިތޯ ބެލުމަށް ކުރިމަތީގައި ހުރި ކޮޓަރިތަކާއި ދިމާއަށް ޖީލާ މިސްރާބު ޖެހިއެވެ.
ފަހަތަށް ޖެހެމުން އައި ދިމްނާގެ ފައި އެނދުގައި ޖެހި ވެއްޓެން ދިޔުމުން ހިފެހެއްޓުމަށް ތިރިވި މިޝަލް ފައިކައްސާލައިގެން ދިމްނާ އާއި އެކީ އެނދުމައްޗަށް ވެއްޓުނެވެ. ދިމްނާ ލޯމަރައި ފިއްތައިގެން އޮތްއިރު މިޝަލްގެ ގައިން ދުވާ ބޮސް ސެންޓުގެ ވަސް އެނާގެ ނޭފަތުގައިޖެހުނެވެ. ކުއްލިއަކަށް ދިމްނާ ދެލޯ ބޮޑުކޮށް މިޝަލްއާއި ދިމާއަށް ބަލާލިއެވެ. މިޝަލްގެ އަތް ދިމްނާގެ ބުރަކަށި ދަށުގައި އޮތް އިރު އަނެއް އަތް އޮތީ އެނދުމަތީގައި ފެތުރިފައި އޮތް ދިމްނާގެ ކަޅުކަންގަދަ އިސްތަށިގަނޑު މަތީގައެވެ. އިސްތަށިގަނޑުން ދުވާ އެ ހިތްގައިމު މީރުވަހުން މިޝަލްގެ ހިތުގެ ތެޅުން އަވަސް ކުރުވިއެވެ. އޭނާގެ ހޫނުނޭވާތަށް ދިމްނާގެ އެ ރީތި ތުންފަތަށް އެޅެމުންދިޔައިރު ތުންފަތުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ.
ދޮރު ހުޅުވާލާފައި އެތެރެއަށް ނަޒަރު ހިންގައިލިތަނާ ޖީލާގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ގައިގެ ހުރިހާ ނާރުތަކެއް އައްސިވިހެން ހީވިއިރު އެ ބޮޑު ދެލޮލުން ކަރުނަ ވިދައެވެ. މިޝަލް އާއި ދިމްނާ އޮތް ގޮތް ފެނީ ޖީލާގެ ހެއަށް ގޮތް ނުވީ ކިރިޔާއެވެ.
އަތެއްފައެއް ހިރުވާލަންވެސް ނޭނގި އޮތް މިޝަލްގެ ކުރިމަތީގައި މިހިރީ އޭނާގެ ވާން އުޅޭ އަލަތު އަނބިމީހާއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިއެއްކަމު ދޫ ހަރަކާތެއް ނުކުރިއެވެ.
-ނުނިމޭ-
5 Comments!
Comments are closed.
Mivaahaka ehaa reecheh noon. Mi site furifa miohnany hus loabyge vaahaka thakun. Kiya eh style eh kiyan kiyuntherinves foohi vaane dhw.. Vaki zai akah noon. Hurihaa liyun therinnah ves mibunany.. Rahagandu eba jehey change kohlan. Biruveri vaahaka liyan neyngeytheetha nuliyany.. Or maa loabyge bai bodeebaa???
aslu v salhi vaane kannneynge dhen unmeedhukuran v aadhayaa hilaafu vaanekammah….
dhen goaheh noon. next part ithurah interesting kohlahchey!!!!!!!!!!!!!!!!!!!!!!!
mishel dhen vara anhen name a
varah las 🙁