Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިޙަޔާތާއި ދުރުނުވޭ (8ވަނަބައި)

Eemyaa
January 13, 2015
6 Mins Read
15 Comments

 

ނަޝާމަށް ލިބުނު ސިހުމާއިއެކު ކޮޅަށް ތެދުވެވުނީ ފޮޓޯގަނޑުގައިވާ ނަޝްވާ ފެނުމުންނެވެ. އެވަގުތު ޒަޔާން ފާހާނައިން ނުކުތެވެ. ނަޝާމް އަތުގައިވާ ފޮޓޯ ފުރަގަހަށް ލިއެވެ.

“ކިހިނެއްވެފަ ކޮޅަށް ތިހުރީ…؟؟؟  މާބޮޑަށް ބަނޑުހައިވީތަ…؟؟” މަޖާވެފައި ހުރެ ޒަޔާން އަހާލިއެވެ.

“ޒަޔާން މީކޮންކަމެއް….؟؟؟” ނަޝާމް އަތުގައި އޮތް ފޮޓޯގަނޑު ޒަޔާނަށް ދައްކާލަމުން އަހާލިއިރު އޭނާގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. ނަޝާމްގެ މޫނު ފެނި ޒަޔާނަށް އިސްޖަހާލެވުނެވެ. ކުށްވެރިއެއް ފަދައިންނެވެ.

“ކީއްވެ އަނގައިން ނުބުނެ ތިހުރީ…؟؟؟ އަހަރެން ހިތަކަށް ނާރަ އަހަރެންގެ ބެސްޓްފުރެންޑްގެ މަގާމުގައި ހުރެ ޒަޔާން އަހަރެންގެ ކޮއްކޮއާއި ދޭތެރޭ މިފަދަ ނަޒަރަކުން ދެކެފާނެކަމަކަށް….” ޒަޔާން އެއްޗެކޭ ނުބުނެ ހުރުމުން ނަޝާމް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ނަޝާމް.. އަހަންނަށް މާފުކުރޭ… ނަޝާމް ހިތްހަމަ ނުޖެހެންޏާ އެއީ ނުވާކަމެއްކަމަށް ހީކޮށްލާ….” ޒަޔާން ނަޝާމްއާއި ފުރަގަސްދިނެވެ. ޒަޔާން އަނެއްފަރާތަށް އެނބުރުމުން ނަޝާމްގެ ތުންފަތުގައި ލާނެއް ހިނިތުންވުމެއް ދުވެލިއެވެ. އޭނަ ބޭނުންވީ އަދިވެސް ޒަޔާން ތަޅުވާލާށެވެ.

“ޒަޔާން ތިހެން ބުނީމަ އެއީ ނުވާކަމަކަށް ވާނެތަ..؟؟؟ ޒަޔާން ނަޝްދެކެ ލޯބިނުވާ ކަމަށްވާނެތަ…؟؟؟” ނޫނީ ޒަޔާނަށް ނަޝް މަތިން ހަނދާން ނައްތާލެވޭނެތަ…؟؟؟” ނަޝާމް މިހެން އެހުމުން ޒަޔާން ނަޝާމްއާއި ކުރިމަތިލިއެވެ.

“އަހަންނަށް ނަޝް މަތިން ހަނދާން ނައްތާލަން ވަރަށް އުނދަގުވާނެ… އެކަމަކު ވަރަށް މަސައްކަތް ކުރާނަން….” ޒަޔާން މިހެން ބުނީ ސީދާ ނަޝާމްގެ ދެލޮލަށް ބަލަން ހުރެއެވެ. ނަޝާމަށް ހިފަހައްޓާލެވުނީ އެހިސާބަށެވެ. އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނަޝާމް ހޭންފެށުމުން ޒަޔާންހުރީ ވާނުވާ ނޭނގިފައެވެ.

“ކަމްއޯން ބަޑީ… ނަޝްދެކެ ތިހާ ލޯބިވަންޏާ ކީއްކުރަން ހަނދާން ނައްތާލަން ތިއުޅެނީ….؟؟؟” ޒަޔާންގެ ކޮނޑަށް އަތްލަމުން ނަޝާމް ބުނެލިއެވެ.

“ތި… ތިބުނީ….” ޒަޔާން އުފާވެފައި ހުރިވަރުން ބުނަން އުޅުން ޖުމްލަވެސް ފުރިހަމަ ނުކުރެވުނެވެ. ނަޝާމް ހީލަމުން ބޯޖަހާލިއެވެ.

“އެކަމަކު އަހަރެން ހައިރާންވަނީ މިހާ ދުވަސްވީއިރު ނަޝްގާތު ލޯބިވާ ވާހަކަ ނުބުނިތާނގަ އަހަންނަށްވެސް އަންގާނުލީމަ…” އެނދުމަތީ އިށީންނަމުން ނަޝާމް ސުވާލުކުރިއެވެ.

“އަހަންނަށް ނުކެރުނީ…. ނަޝާމް ރުޅިއައިސްދާނެތީ….” ބޯކަހާލަމުން ޒަޔާން ބުނެލިއެވެ.

“އަހަރެން ކީއްވެތަ ރުޅިއަންނަންވީ…؟؟؟ އަހަރެންވެސް ބޭނުންވަނީ ނަޝްއަށް ތިކަހަލަ ރަނގަޅު ބައިވެރިއަކު ލިބެން…. އެހެންނޫނަސް އަހަންނަށް އިނގޭ ލޯބިވީމަ ވާގޮތް… ލޯބިވާ މީހާ ނުލިބުނީމަ ވާދެރަ….”  ނަޝާމް މިހެން ބުނެލީ ދުރުބަލަހައްޓައިގެން އިނދެއެވެ.

“ހޫމް ދެން މާ އިޝްގީ ވާނެކަމެއްނެތް…. ކިރިޔާއޭ އަހަރެން ބިރުންގޮސް ހަލާކުވާވަރުނުވީ…” މިހެން ބުނެފައި ޒަޔާން ނަޝާމްގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ.

 

އެދުވަހުގެ ހަވީރުގެ ވަގުތެވެ. ލިމްޝާ އިނީ އޭޑީކޭ ހޮސްޕިޓަލްގެ ގޮނޑިބަރީގައެވެ. އެވަގުތު ލިމްޝާގެ ކައިރީގައި އިން އޭނާގެ ކޮއްކޮ ލައިޝާ ކުޑަކުދިން ކުޅެން ޚާއްސަކޮށްފައިވާ ތަނާ ދިމާއަށް ދުއްވާގަތެވެ. އެހިސާބަށް ނުދެވި އުޅެނިކޮށް ލައިޝާ ކައްސާލައިގެން ވެއްޓުނެވެ. ލިމްޝާއަށް މިމަންޒަރުފެނުމުން އަވަސްއަވަހަށް ލައިޝާ ނެގުމަށްޓަކައި ދިޔައެވެ. ލިމްޝާއަށް އެހިސާބަށް ދެވުން އިރު އެހެންމީހަކު ލައިޝާ ނަގަނީއެވެ. ލިމްޝާ ތިރިވަމުން ލައިޝާގެ އެއްވެސް ތަނަކަށް ގެއްލުމެއްވެފައި ހުރިތޯ ބަލާލިއެވެ.

“ދޮންތަ ބުނީމެއްނު ލައިއްކޮގާތު ދުވެފައި ތަންތަނަށް ނުދާށޭ….” ލައިޝާގެ ނޭފަތުގައި ހިފާލަމުން ލިމްޝާ ބުނެލިއެވެ. ދެން ލިމްޝާ ބަލާލީ ކައިރީގައި ހުރި މީހާއަށެވެ. އަދި އެމީހާއަށް ޝުކުރު އަދާކުރިއެވެ. އެވަގުތު އެއީ ކޮންމެވެސް ތާކުން ފެނުން މީހެއްހެން ލިމްޝާއަށް ހީވިއެވެ. އެމީހާވެސް ދަންނަމީހަކު ފަދައިން ލިމްޝާއަށް ހީލިއެވެ.

“އަހަރެމެން ކުރިންވެސް ބައްދަލްވި ދޯ… ފައިވާން ފިހާރައަކުން…” އެމީހާ މިހެން ބުނުމުން ލިމްޝާއަށް އެއީ ކާކުކަން އެނގުނެވެ. ލިމްޝާ ހިނިތުންވެލިއެވެ.

“އަހަންނަށް ކިޔަނީ ނާއިޝް…. މިތާގެ ޑޮކްޓަރެއް…” ނާއިޝް ތައާރަފްވެލިއެވެ.

” ދަރިފުޅާ ލިމްޝާ…” އެވަގުތު ދުރުން މީހަކު ގޮވާލުމުން ދެމީހުން އެއްފަހަރާ އެދިމާއަށް ބަލާލިއެވެ. އޭރު ލިމްޝާގެ ބައްޕަ މަތީން އެދިމާއަށް އަންނަނީއެވެ.

“ހިނގާ ދާން….” މަތީން މިހެން ބުނުމުން ލިމްޝާ ލައިޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

“ޑިއުޓީ ނިމުނީތަ…؟؟؟” މަތީން ނާއިޝްއަށް ހީލަމުން އަހާލިއެވެ. ޖަވާބުގައި ނާއިޝް ބޯޖަހާލިއެވެ. ބައްޕައަށް ސަލާމް ބުނާށޭ ބުނެފައި މަތީންވެސް ލިމްޝާމެންގެ ފަހަތުން ދިޔައީއެވެ. މަތީންއަކީވެސް އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރެއްކަމުން ނާއިޝްއާއި މަތީން އެކަކު އަނެކަކު ދަނެ ވާހަކަ ދައްކާ ހަދައެވެ. އޭގެ އިތުރުން މަތީންއާއި ނާއިޝްގެ ބައްޕަ ނާޝިދުއަކީވެސް ވަރަށް ގާތް ދެރަޙުމަތްތެރިންނެވެ.

ލިމްޝާ އޭނާގެ ޙަޔާތަށް ގެންނާނެ ގޮތުގެ މޮޅު ޚިޔާލެއް އެވަގުތު ނާއިޝްއަށް ލިބުނެވެ. ނާއިޝް ލިމްޝާމެން ދިޔަދިމާއަށް ބަލަން ހުރެފައި އިސްތަށިގަނޑުގައި އަތްހިންގާލަމުން ހީލިއެވެ.

 

ޖެހިގެން އައިދުވަހެވެ. ލިމްޝާ އޮފީހަށްގޮސް އޭނާގެ ކެބިންއަށް ވަންނަން ދިޔަވަގުތު ހުއްޓުންއެރީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރަކުންނެވެ. މޭޒެއްގެ ދޮށުގައި އެހުރީ ކުރިން އެއޮފީހުން ލިމްޝާއަށް ފެނިފައިނުވާ އަންހެންކުއްޖެކެވެ. އޭނާ ލައިގެން ހުރި ކަޅުކުލައިގެ ޓޮޕްކޮޅާއި ސްކިނީ ހުރީ ބާރުކަމުން ގަޔަށް ހިފިފައެވެ. ހަށިގަނޑުގެ ބައްޓަން ރީތިކޮށް ފާޅުވާން ހުއްޓެވެ. އެހާ ދިގުއިރުވެސް އަރައިގެންހުރީ ހައިހީލްއަކަށެވެ. ކުރުކޮށް ކޮށާފައިވާ އިސްތަށިގަނޑު ހުރީ ޕިންކްކުލައިން ހައިލައިޓްކޮށްލާފައެވެ. ހަމުގެ ކުލަ މާއަލިނޫނަސް ރީތި ކުއްޖެކެވެ. މޭކަޕްކޮށްލާފައި ހުރިއިރު ފިރިހެންކުދިންގެ ލޯތަކުގައި އަޅާގަންނާނެކަން ޔަގީނެވެ. ރީތި ހިނިތުންވުމަކާއިއެކު ކުރިމަތީގައި ހުރި މޭޒުމަތީގައި އިށީނދެލައިގެން އިން ނަޝާމްއާއި އެކުއްޖާ ވާހަކަދައްކަމުންދިޔައެވެ.

ވާހަކައަށް ގެއްލިފައި ހުރިވަރުން ދެމީހުންކުރެ އެކަކަށްވެސް ލިމްޝާއެތާ ހުރިކަން އެނގޭހެނެއް ހިޔެއް ނުވެއެވެ. ނަޝާމް އިނދެލާފައި އަތުގެ އިޝާރާތުން ހަދާލި ގޮތަކުން އެކުއްޖާގެ ރީތިކަމަށް ތައުރީފަކޮށްލީކަން އެނގުމުން ލިމްޝާގެ ހިތުގައި ނަފްރަތުގެ އަލިފާން ރޯވެގެން ދިޔައެވެ.

އައިރުޅީގައި ބާރުގަންނަވާފައި ލިމްޝާ ދިޔައީ އޭނާގެ މޭޒާއި ދިމާއަށެވެ. އެވަގުތު މޭޒުމަތީގައި އޮތް ފައިލެއްގައި އަތުންޖެހި ވެއްޓުން އަޑަށް ނަޝާމްއާއި އެކުއްޖާ އެދިމާއަށް ބަލާލިއެވެ. ލިމްޝާ ފައިލްނަގަމުން ވަށްކަޅިން ނަޝާމްމެނަށް ބަލާލިއެވެ. އޭރު ނަޝާމްއާއި އެކުއްޖާ އެދިމާއަށް އަންނަނީއެވެ.

“ލިމް…” ލިމްޝާއާއި އަރާ ހަމަވުމުން ނަޝާމް ލިމްޝާއަށް ގޮވާލިއެވެ. ލިމްޝާ ނަޝާމަށް ބަލާލަމުން ހީލިއެވެ.

“މީ ސާރާ… ޖިނާން ކެނޑުނީމަ އެމަގާމަށް ހޮވުނު ކުއްޖާ… ސާރާ މީ ލިމްޝާ… ލިމް….” ނަޝާމް އެކަކު އަނެކަކަށް ތައާރަފްކޮށްދިނެވެ. ލިމްޝާ ހިނިތުންވެލަމުން ސާރާއާއި ސަލާމްކޮށްލިއެވެ.

“އަހަރެން ބުނީމެއްނު ވަރަށް ކަޓުކޮށް ހެދުންލާ ކުއްޖެއްގެ ވާހަކަ… މީ އޭނަ…” ނަޝާމް ސާރާގެ ކަންފަތްދޮށުގައި ބުނެލީ މަޑުން ނަމަވެސް ލިމްޝާއަށް އެއަޑު އިވުނެވެ. ނަޝާމް އެހެން ބުނުމުން ސާރާ ހޭންފެށިއެވެ. ލިމްޝާ ރުޅިއައިނަމަވެސް އެކަން ބޭރުފުށަށް ނުދައްކާ ގޮނޑީގައި އިށީނެވެ.

“މިޔަދު ސްޓައިލިޝް ކުއްޖެއް ފެނުނީމަ މާ އޭނަ ވެގެން އެބައުޅެއެއްނު… އަހަރެންނާ ފުރަތަމަ އޮފީހުން ދިމާވި ދުވަހު ދޯބައްޓާ ހެދުންލީމަ މާ ރީއްޗޭ ކިޔަކިޔާފަ އުޅުން މީހާއޭ މީ…. ވަރަށް ފޫހިވެ… އެއީ ހަމަ ފިރިހެނުންގެ ވައްތަރު…” ތުންފިއްތާއިގެން އިނދެ ލިމްޝާ ހިތާހިތުން ނަޝާމަށް ކުދިކިޔަމުން ދިޔައެވެ.

 

ރޭގަނޑުގެ ވަގުތެވެ. ޒަޔާން ނަޝާމްމެންގެ ގެޔަށް ދިޔައީ ނަޝާމް ހޯދާށެވެ. ގެއަށް ވަދެގެން އައިވަގުތު ޖޯލީގައި އޮތް ނަޝްވާ ފެނުމުން ޒަޔާން މަޑުކޮށްލިއެވެ. ނަޝްވާ އޮތީ ރަތްކުލައިގެ ކުރުތާއަކާ ހުދު ޖީންސްއެއް ލައިގެންނެވެ. އޭނާގެ ނަޒަރުގޮސް ހުއްޓިފައިވަނީ ފިޔަޖަހަމުންދިޔަ ތަރިތަކުގެ މެދުގައިވާ ހަނދަށެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ވެއެވެ. ބުޅި އިސްތަށިގަނޑު އޮތީ ހާމައަށް ދޫކޮށްލާފައެވެ. އެތާގައި ދިއްލާފައިވާ އޮރެންޖްބޮކީގެ އަލި ނަޝްވާގެ މޫނަށް އެޅިފައިވާއިރު ފެންނަލެއް ނުހަނު ހިތްގައިމެވެ. ޒަޔާން މަޑުމަޑުން ފިޔަވަޅު އަޅަމުންގޮސް ޖޯލީގެ ފުރަގަހަށް ހުއްޓުނެވެ. އަދި އަތުގައި އޮތް މާ ނަޝްވާއާއި ދިމާއަށް އެއްލަމުން ތިރިވެ ނިވާވެލިއެވެ. ނަޝްވާ ސިހިފައި ފަހަތްބަލާލިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ކާކުތޯ އަހާލީ ބިރުގެންފާ އިނދެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ފަރާތް ފަރާތް ބަލަމުން ޖޯލިން ތެދުވިއެވެ. އެވަގުތު ޒަޔާން ކުއްލިއަކަށް ކޮޅަށް ތެދުވުމުން ނަޝްވާ ސިހިފައި ހަޅޭލަވައިގަންނަން އުޅުމުން ޒަޔާން ނަޝްވާގެ އަނގަމަތީގައި އަތް އެޅިއެވެ.

“އެހާ ބާރަށް ހަޅޭނުލަވާބަލަ މީ ހަންޑިއެއް ނޫނޭ….” ޒަޔާން ނަޝްވާގެ ކަންފަތްދޮށުގައި މިހެން ބުނެފައި ނަޝްވާގެ އަނގަމަތިން އަތްނެގިއެވެ. ނަޝްވާ ފުންނޭވާއެއް ބޭރުކޮށްލަމުން ޒަޔާނަށް ލޯއަޅާލިއެވެ.

“ތިހެން ސިއްސުވާލަން ޖެހޭތަ…؟؟ ކިރިޔާއޭ ބިރުންގޮސް ހަލާކު ނުވީ….” ޒަޔާންގެ ކޮނޑުގައި ޖަހާލަމުން ނަޝްވާ ބުނެލިއެވެ.

“އެހެންނޭ ވާނީ…. މާރީތިކޮށް އޮތީމަ ހަމަ ޖެއްސުންކޮށްލާ ހިތްވީ….” ހިނިގަނޑެއް ޖަހާލަމުން ޒަޔާން ބުނެލިއެވެ. ނަޝްވާ ޒަޔާންއާއި ދިމާއަށް ވައްތަރު ޖައްސާލަމުން ޖޯލީގައި އިށީނެވެ. ޒަޔާންވެސް ހެވިފައި ހުރެ ނަޝްވާގެ ގާތުގައި އިށީނެވެ.

“ބުނަންތަ ވާހަކައެއް…؟؟؟ އަންހެންކުދިން ތިގޮތަށް އިސްތަށިގަނޑު ދޫކޮށްލައިގެން ރޭގަނޑު އުޅޭކަށް ނުވާނެ…” ނަޝްވާއަށް ބަލަންއިނދެ ޒަޔާން ބުނެލިއެވެ. ނަޝްވާ ވަރަށް ސީރިޔަސްވެފައި އެ ކީއްވެތޯ އަހާލިއެވެ.

“އެއީ ވަރަށް ފަސޭހައިން ޖިންނި އަވަލާނެ ތިހެން އިސްތަށިގަނޑު ދޫކޮށްލައިގެން އުޅެންޏާ… އަނެއްކޮޅުން ނަޝް ތިއިނީ ރަތް ކުލައިގެ ހެދުމެއް ލައިގެން… އެއީ ޖިންނީންގެ ފެވަރިޓް ކުލަ… ނޭނގެ މިހާރު މިތާގަވެސް ޖިންނިއެއް ނެތްކަމެއް….” ޒަޔާން މިހެން ބުނީ ލޯބޮޑުކޮށްގެން އިނދެ ބިރުވެރި ރާގެއްގައެވެ. ޒަޔާން މިހެން ބުނުމުން ނަޝްވާ ހަޅޭލަވައިގަންނަމުން ޒަޔާންއާއި ޖެހިފިތިގެންއިނެވެ. ޒަޔާން ޕަކަޕަކަލާފައި ހޭންފެށުމުން ނަޝްވާ ރުޅިއައިސްގެން ޒަޔާން ކޮށްޕާލަމުން އޭނާގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ. އަދި އިސްތަށިގަނޑު އައްސާލަމުން ޒަޔާންއަށް ލޯއަޅާލާފައި ގޭތެރެއަށްވަނެވެ. އެވަގުތު ގޭތެރެއިން ނުކުންނަން އައި ނަޝާމް ގޮވާލުމުންވެސް ނަޝްވާ ބަލާނުލާ އެތެރެއަށް ވަދެގެން ދިޔައީއެވެ. ނަޝާމް ހައިރާންވެފައި ހުރެ ބޭރަށް ނުކުތްއިރު ޒަޔާން ބޭރުގައި އިނދެގެން ހެނީއެވެ. ނަޝާމް ޒަޔާންގެ ކޮނޑުގައި އަތްޖަހާލަމުން ނަޝްވާ ރުޅިއައިސްގެން އެދިޔައީ ކީއްވެތޯ އަހާލިއެވެ. ޒަޔާން ވީގޮތް ކިޔައިދިނުމުން ނަޝާމްވެސް ހޭން ފެށިއެވެ.

 

ލިމްޝާއިނީ ކޮމްޕިއުޓަރުން އެއްޗެއް ޓައިޕްކުރާށެވެ. އެވަގުތު ނަޝާމްއާއި ސާރާ ހެމުންހެމުން އެތަނަށް ވަނެވެ. ލިމްޝާ އިސްއުފުލާ އެމީހުނަށް ބަލާލިއެވެ. އެވަގުތަކީ ސާރާ ހެމުންހެމުން ނަޝާމްގެ ކޮނޑުގައި ޖަހާލިވަގުތެވެ. ލިމްޝާގެ ހިތަށް ތަދުވިއެވެ. ނުބަލާން އުޅުނަސް ލިމްޝާއަށް އެމީހުންގެ ހަރަކާތްތަކަށް ބެލެންފެށުނެވެ. ދެމީހުން ހީހީފައި ސަކަރާތް ޖަހާއިރު ހީވަނީ ވަރަށް ގާތް ދެމީހުންހެންނެވެ. އެވަގުތު ސުހާވެސް އައިސް ލިމްޝާގެ ގާތު މަޑުކޮށްލިއެވެ.

“ކޮންކަހަލަ މަންޒަރުތަކެއްތަ މިފެންނަނީ…؟؟؟ އެ ސާރާއެއް އައީއްސުރެ ނަޝާމް އޭނާގެ ފަހަތުން ނައްޓާނުލަ…” ނަޝާމްމެނަށް ބަލާލަމުން ސުހާ ބުނެލީ މަޑުމަޑުންނެވެ.

“ނޭނގެ އަހަންނަކަށް….” މިހެން ބުނެފައި ލިމްޝާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ. މިވަގުތު އޭނާ އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވީއެވެ.

“ލިމް އަޑުއަހާބަލަ މިހިރަ ނަޝާމް ދައްކާ ވާހަކައެއް… ހާދަ މަޖަލޭ…” ލިމްޝާ ސާރާމެންނާ އަރާ ހަމަވުމުން ހީލަމުން ސާރާ ބުނެލިއެވެ. ލިމްޝާ މަޑުކޮށްލަމުން ދެމީހުންނަށް ބަލާލިއެވެ.

“އަހަންނަކަށް މަޖަލެއްނޫން ނަޝާމް ދައްކާ އެއްވެސް ވާހަކައެއް… ވެދާނެ ސާރާއަށް އޭނަ ދައްކާ ވާހަކަ މާ ކަމުދަނީ ކަމަށް… އެހެންވީމާ ސާރާ އަޑުއަހާލާ….” މިހެން ބުނެފައި ލިމްޝާ އެތަނުން ނުކުމެގެން ދިޔައީއެވެ. ދުރުގައި ހުރި ސުހާ ދެފަރާތަށް ބޯހޫރާލިއިރު ލިމްޝާ ދިޔަދިމާއަށް ބަލަހައްޓައިގެން ހުރި ނަޝާމްގެ ތުންފަތުގައި ދުވެލަދުވެލާ ހުރީ ލާނެއް އަދި ކާމިޔާބީގެ ހިނިތުންވުމެކެވެ.

ހަލުވި ފިޔަވަޅުތަކެއް އަޅަމުން ލިމްޝާ ދިޔަގޮތަށްގޮސްވަނީ ޕްރޭޔަރ ރޫމަށެވެ. ލިމްޝާއަށް އޭނާގެ ލޮލުން ފައިބަން ތައްޔާރުވެފައިހުރި ކަރުނަތައް ހިފަހައްޓާލެވުނީ އެހިސާބަށެވެ. ހޯސްލާފައި ކަރުނަތައް ފައިބާގަތެވެ. އަޑުބޭރުވެދާނެތީ ލިމްޝާ އޭނާގެ ތިރީތުންފަތުގައި ދަތްއަޅާލިއެވެ. ނަޝާމް އެގޮތަށް އެހެންމީހަކާއެކީ ހީ މަޖާކޮށް އުޅޭތަން ބެލުމަކީ އޭނާއަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. ކުއްލިއަކަށް ނަޝާމަށް އެބަދަލުއެއައީ ކީއްވެބާއޭ ލިމްޝާގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާ ދެރަވާންވީ ކީއްވެގެން ހެއްޔެވެ. ނަޝާމް މިއޮށްހާދުވަހު އާދޭސްކުރަމުން ލިމްޝާގެ ފަހަތުން ދުވިއިރު ލިމްޝާ އަޅާނުލާފަ ދެން އޭނަ އެހެން ދިމާލަކަށް ދިޔައީމަ ދެރަވާންވީ ކީއްވެގެން ހެއްޔެވެ. ނަޝާމް ލިމްޝާއަށް ގެއްލިގެން އެދަނީ ހަމަ ލިމްޝާގެ ސަބަބުންނޭ ލިމްޝާގެ ހިތަށް އެރިއެވެ. ލިމްޝާ އޭނާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ނަޝާމްއާއި ދޭތެރޭ ނުވިސްނުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ.

 

ލިމްޝާއިނީ އޭޑީކޭ ހޮސްޕިޓަލްގެ ޕްރައިވެޓްރޫމެއްގައެވެ. އޭނާގެ ކޮއްކޮ ލައިޝާ އެޑްމިޓްކޮށްފައި އޮތުމުންނެވެ. ލިމްޝާއިނީ ލައިޝާއަށް ވާހަކަފޮތެއް ކިޔާދޭށެވެ. އެވަގުތު ދޮރުހުޅުވާލާފައި އެތެރެއަށް ވަދެގެން އައީ ނާއިޝްއެވެ. ނާއިޝް ލިމްޝާއަށް ބަލާލަމުން ހީލިއެވެ. ލިމްޝާވެސް ނާއިޝްއަށް ހީލިއެވެ.

“ލައި މިހާރު ކިހިނެއްތަ…؟؟؟؟” ލައިޝާގެ އަތުގެ ވިންދު ބަލާލަމުން ހިތްހެޔޮކަމާއިއެކީ ނާއިޝް އަހާލިއެވެ. ނާއިޝްއަކީ ކުޑަކުދިންގެ ޑޮކްޓަރެކެވެ. ލައިޝާ އޮތީ ނާއިޝްގެ ބެލުމުގެ ދަށުގައި ކަމުން ނާއިޝް ލައިޝާގެ ހާލުބަލާލަން އައީއެވެ.

ނާއިޝް ބޭނުންވީ ވަގުތުގެ ބޭނުންކޮށް ލިމްޝާއާއި އެކުވެރިކަން ބަދަހިކުރާށެވެ. ނާއިޝްގެ މަގުސަދު ހާސިލްވެސް ވިއެވެ. ލިމްޝާއާއި އެކުވެރިކަން ބަދަހިކުރެވުނެވެ. ދެމީހުން އޮލަވާހަކައެއްގައި ތިއްބާ ރޫމްގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ ލިމްޝާގެ މަންމައާއި ބައްޕައެވެ.

“މިހާރު ލައިޝާ ކިހިނެއް…؟؟؟ ކޮންއިރަކުން ދޫކޮށްލަނީ….؟؟؟” މަތީންއައިސް ނާއިޝްގެ ގާތު މަޑުކޮށްލަމުން އަހާލިއެވެ.

“މިހާރު ވަރަށް ރަނގަޅު… އަދި މާދަން ބަލާފަ ދޫކޮށްލަން އެނގޭނީ… ދެންވީ ވީހާވެސް ގިނައިން ދިޔާއެއްޗެހި ދޭން…” ހިތްހެޔޮކަމާއިއެކީ ނާއިޝް ބުނެލިއެވެ. އަދި ލިމްޝާއަށް ބަލާލަމުން ދަނީއޭ ބުނެ އެތަނުން ނުކުމެގެން ދިޔައެވެ.

ނާއިޝް ދިޔަދިމާއަށް ބަލަން ހުރެފައި މަތީން ހީލިއެވެ. ލިމްޝާއާއި ނާއިޝްގެ ދެމެދުގައި ކޮންމެވެސް ކަހަލައިގެ ގުޅުމެއްވާކަމަށް އޭނާގެ ހިތްބުނަމުން ދިޔައެވެ.

 

ބްރޭކް ގަޑިއަށް ގޮސް ލިމްޝާއާއި ސުހާ އެނބުރި އޮފީހަށް އައިއިރު އޮފީސްތެރޭގައި ވަރަށް އަޑުގަދައެވެ.

“އިޖާ… ކިހިނެއްވެގެންތަ މިއުޅެނީ…؟؟ ކީއްވެ މާއަޑުގަދަވެގެން މިއުޅެނީ…؟؟” އެވަގުތު ކެބިންތެރޭން ނުކުތް އިޖާޒަށް ގޮވާލަމުން ސުހާއަހާލިއެވެ.

“މިޔަދުމީ ނަޝާމްގެ ބާތްޑޭއޭ… އެހެންވެ ކޭކެއް ފަޅާލަން މިއުޅެނީ…” އަވަސްއަރުވާލައިގެން އުޅެން ހަދައިގެން އިޖާޒަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. މިހެން ބުނެފައި އޭނާ ހިނގައިގަތީ ބޭރަށެވެ.

ސުހާއާއި ލިމްޝާ ކެބިންތެރެއަށް ވަންއިރު އޮފީހުގެ ހުރިހާކުދިންހެންކަހަލަ ގޮތަކަށް އެތާ ތިއްބެވެ.

“މިއޮށްއައީ ލިމްމެންވެސް…” ލިމްޝާމެން އެތެރެއަށް ވަނުމުން ކުއްޖަކު ގޮވާލިއެވެ.

“ކޮބާތަ ނަޝާމް…” ދިމަދިމާއަށް ބަލާލަމުން ނަޝާމް ފެންނަން ނެތުމުން ސުހާ އަހާލިއެވެ. ލިމްޝާވެސް ނަޝާމް ފެނޭތޯ ފަރާތް ފަރާތް ބަލާލިއެވެ.

“އޭނަގޮވައިގެން ސާރާވީ ބޭރަށްގޮސް… އަހަރެމެން ބުނީ ސާރާގާތު އަހަރެމެން ބުނީމަ އަންނަން މަޑުކޮށްލާށޭ…” ޒަޔާން ބުނެލިއެވެ. ޒަޔާން މިހެން ބުނުމުން ލިމްޝާއަށް އަނގަޔަށް ގޮތެއް ހަދާލެވުނީ އެދެމީހުން އެކީގައި ބޭރަށް ދިޔަވާހަކަ ބުނުމުންނެވެ.

“ކޮބާ މިހާރު ހުރިހާ ކަމެއްވެސް ރެޑީ… ދެން ސާރާއަށް ގުޅާފަ ބުނޭ ނަޝާމް ގޮވައިގެން އަންނާށޭ….” އެތަނަށް ވަންނަމުން އިޖާޒު ބުނެލިއެވެ.

އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ ނަޝާމްމެން އަންނާނެ އިރަކަށެވެ. އެވަގުތު ބޭރުން އައިކުއްޖަކު ނަޝާމްމެން އެބައާދެއޭ ބުނުމުން އެންމެންވެސް ކެބިންއިން ބޭރަށް ނުކުމެ ނަޝާމްމެނަށް ނުފެންނާނެހެން ތިއްބެވެ.

ނަޝާމްއާއި ސާރާއައިސް ކެބިންއަށްވަނެވެ.

“ކޮބާތަ އެންމެން… އަހަރެމެންނަށް މާއަވަހަށްތަ މިއާދެވުނީ…؟؟؟” އެއްވެސް މީހަކު ކެބިންގައި ނެތުމުން ގަޑިބަލާލަމުން ނަޝާމް ބުނެލިއެވެ. އެވަގުތު އެންމެން ފަހަތުން ނަޝާމަށް ވިޝްކުރަމުން ކެބިންއަށް ވަނުމުން ނަޝާމްހުރީ ސަޕްރައިޒްވެފައެވެ. ޒަޔާން ކޭކުގެނެސް ނަޝާމްގެ ކުރިމަތީގައި ބެހެއްޓިއެވެ. ނަޝާމް ކޭކު ފެޅުމަށްފަހު ޒަޔާނަށް އެތިކޮޅެއް ލެވިއެވެ. އަދި ދެވަނަ އެތިކޮޅު ނެގުމަށްފަހު އެނބުރުނީ އޭނާގެ ކަނާތުފަޅިއަށެވެ. އެތާހުރީ ލިމްޝާއާއި ސާރާއެވެ.

ނުނިމޭ

41
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eemyaa

Other Articles

Previous

މާފް ކުރާނެބާ….؟؟؟

Next

މިޙަޔާތާ ދުރުނުވޭ (9ވަނަބައި)

Next
January 17, 2015

މިޙަޔާތާ ދުރުނުވޭ (9ވަނަބައި)

Previews
January 13, 2015

މާފް ކުރާނެބާ….؟؟؟

15 Comments

  1. ina says:
    January 13, 2015 at 11:10 pm

    Helow eemu.m happy to comment ..cox ina enme furathama mivaahaka kiyanuirst…dis story is so amaaazin…I love it…I love all of ur stories..jus keep up da good work dear

  2. eemiyaa says:
    January 13, 2015 at 11:21 pm

    Oh thanks ina for the lovely comment 🙂 🙂 🙂

  3. Faari says:
    January 13, 2015 at 11:43 pm

    v nice mi part vx eemu kiyaa hithun ohva eh nimuny next part vx avahah up kohdhehchey… <3

  4. mary says:
    January 13, 2015 at 11:56 pm

    v nice stories eh ……

  5. eemiyaa says:
    January 14, 2015 at 12:09 am

    Thanks faari n mary. 🙂

    yaa faari, v balaanan next part avahah up kohdheveytho.

  6. elsa says:
    January 14, 2015 at 8:12 am

    story hama salhi..ekam elsa akah ehaa kamaku nudhey dhn mihaaru mi vaa gothe..hyvany kuryge boring twist tha hen annan ulheny.. :/

  7. Shadhi says:
    January 14, 2015 at 9:40 am

    Hehehe naseebeh nu nashaam rulhi naikan..v reethi mi baives..

  8. eemiyaa says:
    January 14, 2015 at 12:15 pm

    Thanks elsa n shadhi.. 🙂

    elsa, boring nuvaa kahala gothakah geneveytho v balaanan..

  9. athoo .. says:
    January 14, 2015 at 2:15 pm

    E cake colhu lahvaanee limshaa ge agaiga. Yageen!

  10. maee says:
    January 14, 2015 at 5:26 pm

    oh gadha!!!!!aan dw athoo sis!!maee ah vx heevany ehn hn…ekamaku nasham e gothah lim j koh koh hutta naish kanneynge lim kamiyab kurany….masha allah!lwbi story eh!!!!!kyp going on the same way!!koba,maee bunymehnu eyruvx naish zayan thalhuvaliyyey!!hehe v.majaa!!gud job eem!

  11. eemiyaa says:
    January 14, 2015 at 7:26 pm

    Thanks maee 🙂
    athoo, next part ga engigendhaanethaa dhn e cake kolhu libeny kn kujjakah kan..
    maee, naaish eh nuney nashaam ey..

  12. maee says:
    January 14, 2015 at 9:44 pm

    oh naish ey dw liyevifa iny..sry,nasham..name ehvahtharu vma olhuny….

  13. nilaa says:
    January 17, 2015 at 1:35 pm

    avahah up kohdheeba.. vaahaka kiyaa hithun keivanee ki nuun

  14. Lovely says:
    January 17, 2015 at 3:23 pm

    Alhey.. Mi vaahka up veytho kpnme dhuhuku ethah times balan.. Ekam konme faharaku mi hiy kushi kudhi kohlaaa.. Thihaavarah wait kurun nujahsaba.. Avas plZ cant wait anymore

  15. eemiyaa says:
    January 17, 2015 at 8:45 pm

    sorry frnds.. mifaharu thankolheh las ve:jje dw.. dhn ehn nuvaane in sha allah..

Comments are closed.

All Right Reserved!