Skip to content
އެސްފިޔަ

ހިތް ނުރޮއްވާ… (33)

“މިޝަލް.” ރިހާ މަޑުމަޑުން އެ ޒުވާނާގެ ނަން ކިޔާލިއެވެ. ލޯގަނޑުން ރިހާގެ ސޫރައަށް ބަލާލަމުން މިޝަލް ހިނިތުންވެލަމުން ރިހާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ހެޕީ އެނިވާސަރީ ބޭބީ!” އެއާއި އެކު ރިހާގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.

              “މިޝަލް! ޔޫ އާ ލޭޓް.” އިށީންދެ އިން ގޮނޑިން ތެދުވެ މިޝަލް ކުރިމަތީ ހުއްޓި މިޝަލްގެ އަތުކުރީގައި އޮތް ގަޑި ދައްކާލަމުން ހިނިތުންވުމަކާއި އެކު ރިހާ ބުނެލިއެވެ. “އެންޑް ޔޫ ލުކް ބިއުޓިފުލް.” އެހެން ބުނެ ރިހާގެ އަތުގައި ހިފާ ކުއްލިއެއްޖަހާލާފައި މިޝަލް ރިހާ ގައިގައި ބާރަށް ބައްދާލިއެވެ. ރިހާވެސް ދެކޮޅުހެދުމެއްނެތި ލޯބިވާ ފިރިމީހާގެ އަތުތެރޭ ބޮނޑިވެލިއެވެ. “އައި މިސްޑް ޔޫ ސޯ މަޗް” މިޝަލް މަޑުމަޑުން ބުނެލިއެވެ.

              މިޝަލް އަކީ އަންހެންކުދިންގެ ހިތްދަމައިގަންނަފަދަ ފިރިހެންވަތަ ހަށިގަނޑެއްގެ ވެރިއެކެވެ. ދިވެހިފަސްގަނޑަށް އުފަން ނަމަވެސް ވަރަށް ކުޑައިރު މެލޭޝިޔާއަށް އައި ގޮތަށް އެތާ ވަޒަން ވެރިވެފައިވާ މިޝަލް އަކީ މިއަދު މެލޭޝިޔާގައި ކާމިޔާބު އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެކެވެ. ވިޔަފާރީގެ ކަމެއްގައި ދެތިން ހަފްތާ މެލޭޝިޔާއިން ބޭރުގައި އުޅެފައި އެއައީ މިރެއެވެ. އެއީ މިޝަލް އާއި ރިހާގެ ކައިވެންޏަށް އެއް އަހަރު ވީ ދުވަސް ކަމަށް ވީތީވެސްމެއެވެ.

              ފާއިތުވި އަހަރެއްހާ ދުވަސް މިޝަލްގެ އަންބެއްގެ ގޮތުގައި ރިހާ ހޭދަކުރީ އުފަލާއި ހިތްހަމަޖެހުމާއި އެކުއެވެ. މިޝަލް ވިޔަފާރީގެ ކަނަކަމުގައި ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ރިހާއަށް އަދި އޭނާގެ ޢާއިލާއަށް އަބަދުވެސް ވަގުތުދެއެވެ. ރިހާގެ އުފަލަށް އިސްކަންދީ އަބަދުވެސް ރިހާ އުފަލުގަ ބެހެއްޓޭތޯ ބަލައެވެ. މުޅި އުމުރު ރިހާ ހޯދަމުން އައި އުފާވެރިކަން ރިހާއަށް ލިބުނީ މިޝަލް ގެ ފަރާތުންނެވެ.  އަދި ބޭނުންވިފަދަ ޢާއިލާއެއް ކަމުގައި މިޝަލްގެ ޢާއިލާ ވެގެން ދިޔައެވެ. އެމީހުން ރިހާ ދެކެ އިންތިހާ ލޯބިވެއެވެ. މިއަދު ރިހާއަށް ލިބިފައިވަނީ ރިހާ އަބަދުވެސް ބޭނުންވި ފަދަ ދިރިއުޅުމެކެވެ.

              މިޝަލް އާއި ދުރުވެލާ މިޝަލްގެ ޓައީ ބާލުވާދެމުން ރިހާ ބުނެލީ އެންމެން ތައްޔާރުވެގެން ތިރީގައި އެ ދެމީހުންގެ އިންތިޒާރުގައި ތިބިކަމުގައެވެ. އެހެންކަމުން މިޝަލް ފްރެޝް ވެލައިން އެބަ އަންނަން ކަމުގައި ބުނެ ދިޔައީ ފާޚާނައަށެވެ. ރިހާ މިޝަލް ދިޔަދިމާ ބަލަން ހުރެލާފައި ދެން އެ ނަޒަރު ގޮސް ހުއްޓުނީ އެކޮޓަރީގައި ހުރި ކިންގް ސައިޒް އެނދާއި ދިމާ ފާރުގައި ހަރުކޮށްފައިވާ މިޝަލް އާއި ރިހާގެ ކައިވެނީގެ ރޭ ނަގަފައި އިން އެ ދެމަފިރިންގެ ފޮޓޯއަށެވެ. ރިހާ މިޝަލް އާއި ކައިވެނި ކުރިއިރު ރިހާ މިޝަލް ދެކެ ލޯބި ނުވީ ނަމަވެސް މިއަދު ރިހާއަށް މިޝަލް އާއި ނުލައި ނޫޅެވޭ ވަރަށް މިޝަލް ދެކެ ރިހާ ލޯބިވެއެވެ.

              ރިހާގެ އުފަލާއި ހިތްހަމަޖެހުން ނަގާލުމަށް ނިހާ އަތުކުރި އޮޅާލައިން ހުރިކަން އެނގުނުރޭ ރިހާ އުޅެބޮޑުވި ގެއާއި، ޢާއިލާ އަދި ރާއްޖެ ވެސް ދޫކޮށް އައީ މެލޭޝިޔާއަށެވެ. ރިހާގެ މަސައްކަތުން ރައްކާކޮށްފައި ހުރި ފައިސާއިން ރިހާ މެލޭޝިޔާއަށް އައިސް ހުންނާނެ ތަނެއް ހޯދައިން ރަގަޅަށް ހަމަޖެހިލެވުމުން ދެން ބެލީ ވަޒީފާއެއް ލިބޭތޯއެވެ. އޯ ލެވެލް ނިންމާލާފައި ނަސީރުގެ ވިޔަފާރިއާއި ހަވާލުވާން ޖެހުނު ނަމަވެސް ރިހާ ކިޔެވުން ދޫކޮށެއް ނުލައެވެ. ނަސީރުގެ ކުންފުނީގައި ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށް ވިޔަފާރި ހަމައަކަށް އެޅި ރިހާއަސް ވެސް ވިޔަފާރީގެ ކަންކަން ރަގަޅަސް އެނގި ދަސްވުމުން ރިހާ ދެން ކުރިކަމަކީ ރިހާ އަބަދުވެސް ކިޔަވަން ބޭނުންވި ދާއިރާ ކަމަށްވާ އިންޓީރިއާ ޑިޒައިނިންގެ ދާއިރާއިން ރިހާ ހިތްހަމަޖެހޭ ވަރުގެ ރަގަޅު އޮންލައިން ކޯހެއް ހޯދާ ކިޔަވަން ފެށީއެވެ. އެކަން އެނގޭ އިތުރު މީހަކު ނުހުންނާތީއާއި އަދި އެކަން ރިހާ އިތުރު މީހަކަށް އަންގަން ބޭނުން ނުވާތީ ކޮންމެ ފަހަރަކު އެގްޒާމަށް ރިހާ އަންނަނީ ވިޔަފާރީގެ ކަމެއްގަ ކަމުގައި ބުނެފައެވެ. ނިހާގެ ހަޤީޤަތް ފަޅާއެރި އިރު ރިހާ ދަބަހާއި އެއްޗެހި ޕެކް ކޮށްފައި ހުރީ ކޯސް ނިމި ގްރެޖުއޭޝަނަށް މެލޭޝިއާއަށް ދިއުމަށެވެ.

              ގްރެޖުއޭޝަނަށް ފަހު ރިހާ ވަޒީފާ ހޯދަމުން ދިޔައީ ވެސް އެ ދާއިރާއިންނެވެ. އެކަން ރިހާއަށް ފަސޭހަވެގެން ދިޔައީ ރިހާއަކީ އެ ކޯހުން އެންމެ ރަގަޅު ނަތީޖާ ލިބުނު އެއް ދަރިވަރުކަމަށް ވުމުންނެވެ. އެ ކޯހުގައި ކިޔަވާދިން ލެކްޗަރާއެއްގެ ވަރަށް ގާތް އެކުވެރިއެއްގެ ގެ ޑެކަރޭޓް ކުރުމަށް ޑިޒައިނަރުން ހޯދަމުން ދިޔަ ދުވަސް ކޮޅެއްކަމުން އެ ލެކްޗަރާ، ލީޒާ، ރިހާއާއި އަދިވެސް އިތރު ދެތިން ކުއްޖެއްގެ ނަން އޭނާގެ އެކުވެރިޔާއަށް ހުށައެޅިއެވެ. ލީޒާގެ އެކުވެރިޔާ، ސުޒީ ރިހާމެނަށް އެ ގެ ޑެކަރޭޓް ކުރަން ފުރުސަތު ދިނެވެ. ސުޒީ އަކީ މިޝަލްގެ ކޮއްކޮ މިޒާން ގެ އަނބިމީހާއެވެ. އަދި އެ ގެ އަކީ ރިހާ މިހާރު މިޝަލް އާއި އެކު ދިރިއުޅެމުންދާގެއެވެ. މިޝަލް އާއި ރިހާ ފުރަތަމަ ބައްދަލުވީ ރިހާ މެންގެ މަސައްކަތް ބަލާލުމަށް މިޝަލް އެ ގެއަށް އައި ދުވަހެއްގައެވެ. އެއަށްފަހު މިޝަލް ގޭގެ މަސައްކަތް ބަލާލުމަށް އަންނަ ކޮންމެ ދުވަހަކުހެން ރިހާއާއި ބައްދަލުވެއެވެ. އަދި ރިހާ އާއި ސުޒީގެ ރަޙްމަތްތެރިކަން އުފެދުމުން އެ ގޭގެ މެންބަރުންނާއިވެސް ރިހާގެ ގުޅުން ބަދަހިވިއެވެ. ޙާއްސަކޮށް މިޝަލް ގެ އެންމެ ހަގު ކޮއްކޮ މައިރާއަށް ރިހާ ވަރަށް ކަމުދިޔައެވެ. އެކަން މިޝަލްއަށް ވެސް ފާހަގަވީ މައިރާ އަބަދު ނެގިމަޑުވެފައި އިންނަ ކުއްޖާ ރިހާއާއި ބައްދަލުވި ފަހުން މަޑުމަޑުން ބަދަލުވަމުން ދިއުމުންނެވެ. ހީ ސަމާސާކޮށް ހަދާއިރު ކުރިން މައިރާ އެހެން ބަދަލުވެދާނެ ކަމުގެ އުއްމީދު މިޝަލް ހުރީ ކަނޑައިލައިންނެވެ. ހަމައެހެންމެ މައިރާ އަބަދު ރިހާ ނައިސްގެން އެވާހަކަވެސް ދައްކާނެއެވެ.

              މިޝަލް ވިސްނީ މައިރާއަށް އައި ހެޔޮ ބަދަލާއި މެދުއެވެ. އެކަމާ މިޝަލް އުފާވިއެވެ. ރިހާއަށް ޝުކުރުވެރިވިއެވެ. އެހެނީ އޭގެ ފަސް އަހަރެއްހާ ދުވަސް ކުރިން މިޝަލްމެންގެ ބައްޕަ ނިޔާވުމަށް ފަހު މިޝަލްމެންގެ މަންމަ މުއްސަނދި ފިރިހެނަކާއި އިނދެގެން ދަރިންކޮޅު ދޫކޮށްލާފައި ދިޔައީ މުއްސަނދި ދިރިއުޅުމެއް ބޭނުންވެގެނެވެ. އޭރު މެލޭޝިއާގައި ދިރިއުޅުނު ނަމަވެސް މިޝަލްގެ ޢާއިލާއަކީ ތަނަވަސް ޢާއިލާއެއް ނޫނެވެ. މިޝަލްގެ ބައްޕައަށް ލިބޭ އާމްދަނީން ހުރިހާ ޚަރަދެއްކޮށްފައި ރައްކާކުރެވެނީ ކުޑައެއްޗެކެވެ. ނަމަވެސް އެ ދުވަސް މާޒީއާއި އެކުވެގެން ގޮސް މިޝަލް އަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. ކޮންމެއަކަސް އޭރު އުމުރުން ނުވަ އަހަރުގެ މައިރާއަށް ބައްޕައަށްފަހު މަންމަ ވެސް އެގޮތަށް ގެއްލިދިއުމުން ކުރި އަސަރުން ނެގިމަޑުވެފައި އަބަދު އިންނަނީ އަމިއްލަ ދުނިޔެއެއްގައެވެ. މިޝަލް އާއި މިޒާންގެ މަސައްކަތުން މައިރާއަށް އެއްވެސް ބަދަލެއްނައެވެ. ނަމަވެސް އެ ދެ މީހުނަށް ނުވި ކަންތައް އެ ކޮށްދިނީ ރިހާ ކަމުގައި މިޝަލްގެ ހިތްބުނެލިއެވެ. މިޝަލް ނިންމީ ރިހާއާއި ބައްދަލުކޮށް ވާހަކަ ދައްކާ ރިހާއަށް ޝުކުރު އަދާކުރާށެވެ.

              އެހެން އުޅެނިކޮށް މިޝަލް އަށް އެކަމަށް އެކަށޭން ފުރުޞަތެއް ލިބުނީ އެއްދުވަހަކު މިޝަލް އޮފީހުން އައިވަގުތު ސުޒީ އާއި މިޒާން ގެ ދޮޅުއަހަރަށްދާ ދަރިފުޅު އުރާލައިން ރިހާ އެކަނި ސިޓިން ރޫމްގަ އިނުމުންނެވެ. ކުޑަ ކުޑަ އައިރާ ގޮވައިން ރިހާ ކުޑަކުއްޖެހެން ވައްތަރު ޖައްސަ ޖައްސާފައި އުޅެމުންދިޔަ ގޮތުން މިޝަލްއަށް ބަލަހައްޓައިން ހުރެވުނީއެވެ. ނަމަވެސް އިރުކޮޅަކުން މިޝަލް ދެކޮޅު ހޯދާ ބަލާލަމުން ގޮސް ރިހާ އިން ސޯފާއާއި މާ ދުރުނޫން ހިސާބަކަށް ހުއްޓިފައި ވާހަކައެއް ދައްކަންވެފަ އޮތްކަމުގައި ބުނެލިއެވެ. މިޝަލް ކުއްލިއަކަށް އައިސް އެހެން ބުނުމުން ރިހާ ކުޑަކޮށް ހައިރާންވީ މިގޭ އެހެންމީހުނާއި ރިހާ އެހާ ގާތް އިރު އަދި އެވަރަށް ރިހާ އެގެއަށް އަންނަ އިރު މާ ބޮޑު އެކުވެރިކަމެއް އުފެދިފަ ނެތް މީހަކަށް މިޝަލް ވުމުންނެވެ. ރިހާ ވާހަކަ ކުރިއަށް ގެންދަންވީކަމުގައި ބުނުމުން މިޝަލް ފެށީ މައިރާގެ ވާހަކައެވެ. މައިރާއަށް އައިސްފައިވާ ހެޔޮ ބަދަލުގެ ވާހަކައެވެ. އަދި އެކަމަށްޓަކައި ރިހާއަށް ޝުކުރުވެރިވާ ކަމަށް މިޝަލް ބުނެލިއެވެ. ބަދަލުގައި ރިހާ ބުނީ ރިހާއަށް ޝުކުރުވެރިވާން ނުޖެހޭނެކަމުގައެވެ. އަދި ރިހާ މާބޮޑު ކަމެއް ނުކުރާ ކަމުގައާއި ކުރިހާވެސް ކަމަކީ މައިރާ އާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލީ ކަމުގައެވެ. މައިރާއަށް އުނިވި އަޅާލުމާއި ލޯބި ދެވޭތޯ ދެވޭތޯ މަސައްކަތް ކުރީކަމަށެވެ. “ކީއްވެ؟” މިޝަލް އަށް ބޭއިޙްތިޔާރުގައި އަހާލެވުނެވެ. ވާނީވެސް އެހެންތާއެވެ. ނުވެސް ދަންނަ، އެއްވެސް ގުޅުމެއް އެދެމެދުގައި ނުވާ މީހަކަށްޓައި ރިހާ އެހެން ކަންތައް ކުރަންވީ ކީއްވެ ހެއްޔެވެ؟ ރިހާ އަށް ވިސްނިގެން ހިނިތުންވެލަމުން ރިހާ ބުންޏެވެ. “އެއީ އަހަރެންނަށް އެނގޭ މަންމަގެ އަޅާލުމާއި ލޯބި ބޮޑުވަމުން އަންނަ ކުއްޖަކަށް ބޭނުންވާނެ ވަރު. އެ ލޯބި ނުލިބިއްޖެޔާ ދެން އެކުރެވޭ އިޙްސާސް އެއީ އެހާ ރަގަޅު އިޙްސާސެއްނޫން. އައި ނޯ ހައު އިޓް ފީލްސް ޓު ބީ އެލޯން. ދެޓްސް ވައި.” އެހެން ބުނެ އައިރާ ގޮވައިން ރިހާ އެތަނުން ދިޔައެވެ. ރިހާ ދިޔަ ދިމާލަށް ބަލައިން މިޝަލް އިނީ ރިހާގެ ވާހަކަ ތަކުގައި ފުން މާނައެއް ވާކަމަށް ހިތްބުނުމުންނެވެ. އެ ހޭދަވީ ކުޑަވަގުތު ކޮޅު ތެރޭ މިޝަލްގެ ހިތުގައި ރިހާ ކޮށްޓައިލައިފިއެވެ.

              އެއަށްފަހު މިޝަލްގެ ކަމަކީ ރިހާގެ ޙިޔާލުގައި ވަގުތު ހޭދަކުރުމެވެ. ފުރަތަމަ އެއީ ލޯބީގެ ފެށުން ކަމަށް ޤަބޫލުކުރަން މިޝަލް ބޭނުން ނުވީ އޭނާގެ މަންމަ އެމީހުން ދޫކޮށް ދިޔަފަހުން މިޝަލް އެއްވެސް ކުއްޖަކާއި ނުގުޅެން އަމިއްލަ ނަފްސަށް ވަޢުދުވުމުންނެވެ. އެއީ މިޝަލްގެ މަންމަގެ ސަބަބުން އަންހެނުންނަކީ ކެހިވެރި ބައެއްކަމަށް މިޝަލްއަށް ޤަބޫލުކުރެވުމެވެ. ނަމަވެސް ރިހާގެ ސަބަބުން އެކަން ބަދަލުވެއްޖެއެވެ. އެންމެ ފަހުން މިޝަލް އަމިއްލަ ހިތަށް ތަސައްލީ ދިނުމަށްޓަކައި ރިހާއާއި ގިނަގިނައިން ބައްދަލުކޮށް ވާހަކަ ދައްކާ ހަދަންފެށިއެވެ. އިސާހިތަކު ދެމީހުންގެ އެކުވެރިކަން ބަދަހިވެގެން ދިޔައެވެ. އެގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް މިޝަލް އޭނާގެ ހިތުގެ ހާލު ރިހާއަށް ބަޔާންކޮށްދިނެވެ. މިޝަލްއަށް ރިހާ ދެކެ ލޯބި ވެވިއްޖެކަމާއި ރިހާއާއި ކައިވެނި ކުރަން ބޭނުންކަމުގައި މިޝަލް ބުނީ ރިހާއާއި ދެމީހުން އެއް ރެއެއްގެ ކެއުމަށްފަހު ހިނގާލަން ނުކުމެ އުޅުމުގެ ތެރެއިންނެވެ. މިޝަލް އެ ބުނި ވާހަކައަކުން ރިހާ ހުއްޓުން އެރިއެވެ. ހަނދާނުގައި ތާޒާ ވެގެން ދިޔައީ ހަނދާނުން ފޮހެލުމަށް މިއޮއްހާ ދުވަހު މަސައްކަތް ކުރަމުން ދިޔަ މާޒީއެވެ. ޒީޝާނެވެ. “މިޝަލް… އަހަރެން ދެކެނީ ތީ… ހަމައެކަނި އެހަރެންގެ އެކުވެރިއެއް ގޮތުގަ…” ވަރަށް ހިތްވަރުން އެހެން ބުނެ މިޝަލްގެ ލޯބީގައި ކޮޅުފައިން ޖަހާފައި ރިހާ މިޝަލްއަށް ފުރަގަސް ދިނީ ލޮލުގައި ގިނަވި ކަރުނަތައް އެހެން މީހަކަށް ނުދެއްކުމަށްޓަކައެވެ. އަދި އެހެން ދިޔަ ޓެކްސީއެއް ހުއްޓުވާ ރިހާ އެއަށް އަރައިން މިޝަލްގެ ލޯ ކުރިމަތިން ގެއްލުނެވެ.

              އޭގެފަހުން ދެ ތިން ހަފްތާ ވެގެން ދިޔައިރުވެސް ރިހާގެ ޙަބަރެއް ނުވުމުން މިޝަލް މާޔޫސްވިއެވެ. މިޗަލްގެ ކުރިމައްޗަށް ނާންނަތާންގައި އެ ގޭ އެހެން މީހަކާއިވެސް ބައްދަލު ކުރަނީއެއް ނޫނެވެ. ރިހާ އެ ގެއަށް ނާންނާތީ މައިރާގެ ޝަކުވާވެސް ގިނަވާން ފެށިއެވެ. އަދި ކުރީގެ މޮޅިވެރިކަމަށް އެނބުރި ހިނގައިދާނެހެން ހީވުމުން މިޝަލް ނިންމީ ރިހާއާއި ބައްދަލުކުރާށެވެ. މިޝަލްއާއި ގުޅެން ބޭނުން ނޫންކަމުގައިވިއަސް މައިރާއަށް އޭގެން އަސަރު ނުކުރާނެހެން އަލުން މައިރާ ގާތަށް އައުމަށް އެދޭށެވެ. އެހެން ކަމުން މިޝަލް ދިޔައީ ރިހާ އުޅޭ ގެއަށެވެ. މިޝަލް ގޮސް ބެލް ޖެހުމުން ދޮރު ހުޅުވީ ހައްވާދީއެވެ. މިޝަލް ރިހާ އަށް ގޮވާލަން އެދުމުން ހައްވާދީ ބުނީ ރިހާ އެވަގުތު ގޭގަ ނޫޅޭ ކަމުގައެވެ. ހައްވާދީއަށް ކުރިންވެސް މިޝަލް ފެނިފަ ހުރުމުންނާއި ރިހާއަށް މިހާރު އައިސްގެން އެ އުޅޭ ބަދަލުގެ ސަބަބު އެނގޭތީ، އިރުކޮލަކުން ރިހާ އައިސްދާނެ ކަމަށް ބުނެ މިޝަލް ގާތު އެތެރެއަށް އައުމަށް އެދުނެވެ. މިޝަލްވެސް ދެކޮޅު ހެދުމެއްނެތި އެތެރެއަށްވަނެވެ. ހައްވާދީ މެލޭޝިއާއަށް އައީ ރިހާ އާއި އެކުގައެވެ. ރިހާ ނެތި ހައްވާދީ އެތަނުގައި ބަހައްޓަން ރިހާ ބޭނުން ނުވީއެވެ. އެހެންނޫނަސް އަމިއްލަ ދަރިއެއްފަދައިން ރިހާ ބަލާބޮޑުކުރީ ހައްވާދީއެވެ. އެހެންކަމުން ރިހާ އައި އިރު ހައްވާދީ ގެނައީއެވެ.

              މިޝަލްއަށް ސައިތައްޓަކާއި އިތުރު ދެ ތިން އެއްޗެއް ކެއުމަށް ގެނެސްފައި ހައްވާދީ ދެން ފެށީ ރިހާ މިޝަލް އާއި ގުޅެން ބޭނުން ނުވާ ސަބަބު މިޝަލްއަށް ކިޔައިދޭށެވެ. ހައްވާދީ ރިހާގެ މާޒީ ތަފްސީލުކަމާއި އެކު މިޝަލްއަށް ކިޔައިދިނެވެ. އަދި ރިހާ އަދިވެސް ލޯބިވަނީ ޒީޝާން ދެކެ ކަމުގައި ބުނެދިނެވެ. އެހެންނަމަވެސް މާޒީގެ އެދުވަސްތަކާއި އެ ލޯބި ހަނދާން ނައްތާލާ އާ ދިރިއުޅުމެއްފަށަން ރިހާއަށް ވިސްނައިދިނުމަށް ހައްވާދީ މައްސައްކަތް ކުރާކަމަށް ހައްވާދީ މިޝަލް ގާތު ބުންޏެވެ. ހައްވާދީ މިޝަލް އަށް އެ ވާހަކަތައް ކިޔައިދިން ކަމަށްޓަކައި މިޝަލް ހައްވާދީއަށް ޝުކުރުވެރިވިއެވެ.

              މިޝަލްގެ ހުށަހެޅުން ލިބުނުފަހުން ރިހާ އެކަމާއި ވަރަށް ބޮޑަށް ވިސްނިއެވެ. މިޝަލް ދެކެ ރިހާ ލޮތްބެއް ނުވެއެވެ. ނަމަވެސް މިޝަލްގެ ޢާއިލާއިން ރިހާއަށް ލިބުނު ލޮތްބަކީ ރިހާގެ އަމިއްލަ ޢާއިލާގެ ފަރާތުންވެސް ނުލިބުނު ލޮތްބެކެވެ. އެމީހުން ރިހާ ބަލައިގެންފައިވަނީ ރިހާއަކީ އެ ޢާއިލާގެ މެންބަރެއް ފަދައިންނެވެ. ރިހާއަށް ވެސް އެކަމުން ފުން އުފަލެއް ލިބުނީ ރިހާ ބޭނުންވި ފަދަ ޢާއިލާއެއް އެ ގޮތަށް ރިހާ ބަލައިގަތުމުންނެވެ. ހައްވާދީގެ ފަރާތުން މިޝަލް އެގެއަށް ރިހާ ހޯދަން އައިކަން އެނގިފައި އޮތުމުން އަދިވެސް މިޝަލްގެ އެ ހުށަހެޅުން ވަނީ ރިހާއަށް ޓަކައި ހުޅުވާލެވިފައިކަން ރިހާ ދެނެގަތެވެ. އަދި ވަރަށް ވިސްނުމަށް ފަހު މިޝަލްއަށް ގުޅާ ބައްދަލު ކޮށްލަން ބޭނުން ކަމުގައި ބުނެލިއެވެ.

              ހަވީރުގެ ވަގުތެވެ. ރިހާ އާއި މިޝަލް ބައްދަލުވީ އެ ސަރަޙައްދުގެ ޕާކެއްގެ ތެރެއިންނެވެ. ދެ މީހުންގެ މެދުގައި ހަމަހިމޭން ވަގުތު ކޮޅެއް ދިއުމަށްފަހު ރިހާ ވާހަކަ ދައްކަން ފެށިއެވެ. “މިޝަލް… މިޝަލްގެ ހުށައެޅުން އަދިވެސް އެގޮތުގައި އޮތްނަމަ، މިބުނީ މިޝަލްގެ ޙިޔާލު ބަދަލު ނުވާކަމަށް ވަންޏާ އަހަރެން… އަހަރެން މިޝަލް އާއި ކައިވެނި ކުރަން އެއްބަސް.” އެއީ މިޝަލްއަށް ހީވިގޮތް ބާއޭ މިޝަލްގެ ހިތަށް އެރިއެވެ. އެހެންކަމުން މިޝަލް “ކީކޭ” ހޭ އަހާލީ ކުޑަކޮށް ހައިރާންވެ ހުރެއެވެ. ރިހާ އަނެއްކާވެސް މިޝަލް އައި ކައިވެނި ކުރަން އެއްބަސް ކަމުގައި ބުނެލިއެވެ. “އެކަމު އަހަރެން ބޭނުމެއް ނޫން މިޝަލް އޮޅުމެއްގެ ތެރޭ ބަހައްޓާކަށް. އަހަރެން މިޝަލް ދެކެ ލޮތްބެއް ނުވޭ. މިޝަލް އާއި ކައިވެނި ކުރަން އެއްބަސް މިވީ އަހަންނަށް މިޝަލްގެ ޢާއިލާއިން ލިބުނު ލޮތްބާއި އަޅާލުން ފެނިފަ. އެކަމު އަހަރެން މިޝަލް ދެކެ ލޯބި ނުވިއަސް އަހަރެން ބަލާނަން އަންބެއްގެ ހުރިހާ ޒިންމާއެއްވެސް ވީ އެންމެ ރަގަޅަށް އަދާކޮށްދެވޭތޯ…” ރިހާ މަޑުމަޑުން އިނދެ ބުނެލިއެވެ. “މިހާރު އަހަރެން މިޝަލް ދެކެ ލޯބި ނުވިއަސް… ފަހުން ފަހަރެއްގަ…” ރިހާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. މިޝަލްއަށް ރިހާ ބުނި އެއްޗެއް ދޭހަވެއްޖެކަން އަނގާލުމަށް ބޯ ޖަހާލިއިރު އުފަލުން ހީވަނީ އެހެންކަމެއްހެނެވެ. ރިހާ މިހާރު މިޝަލް ދެކެ ލޯބި ނުވިއަސް ކީއްހޭ މިޝަލް ގެ ހިތަށް އެރިއެވެ. މަޑުމަޑުން އެކަން ވެސް ބަދަލު ކުރުމަށް މިޝަލް ހިތާހިތުން ނިންމިއެވެ.

              ރިހާގެ ޙިޔާލީ ދުނިޔެއިން ނުކުތުމަށް މަޖުބޫރުވީ ފެންވަރާ ތާޒާ ވެލައިން ނުކުތް މިޝަލް އައިސް ފުރަގަހުން ރިހާގެ ގައިގައި ބައްދާލުމުންނެވެ. “އަހަރެންގެ ޕްރިންސެސް ކޮންކަމަކަށް ގެއްލިފަ ތިހުރީ؟” މިޝަލް މަޑުމަޑުން ބުނެލިއެވެ. ރިހާ މިޝަލް އާއި ކުރިމަތިވާ ގޮތަށް އެނބުރިލަމުން ހިނިތުންވެލިއެވެ. “އަހަރެން މި ގެ ޑެކަރޭޓް ކުރި އިރު ހިއެއް ނުކުރަން އަހަރެން ކަމަށް މިގޭގަ އުޅެން ޖެހޭނީކީ. ބަޓް ލުކް، ހިއަރ އައި އޭމް.” އެކަން އެނގުން ނަމަ މިހާ ހަޑިކޮށް މިގެ ޑެކަރޭޓް ނުކުރާނަން ދޯ އެ ކިޔާފައި މިޝަލް ރިހާއާއި ސަމާސާ ކޮށްލިއެވެ. މިޝަލްގެ އެ ސަމާސާއިން ރިހާ ކުރިކަމަކީ ދެއަތުން މިޝަލްގެ އެ ތަނަވަސް މޭގައި ތަޅާއިގަތީއެވެ. ބަދަލުގައި މިޝަލް ބާރަށް ރިހާ އޭނާގެ ގަޔާލައި ފިތާލީއެވެ.

===(ނުނިމޭ)===

Comments (58)

  1. athoo ..

    Dhen ragalhu.

  2. minte

    Mishal ah rihaa libunee dhoa alhrey dhen kudakoh foohivaan fashaifi

  3. sharu

    boaring

  4. hana

    mi dhen koncheh? evves thaakun thaaaku nujehey haasaru bondi eh..mioh reethi koh gendhiya vaahaka is totally ruined now.ithurah baakee bai kiyaa hitheh ves nuvey dhen.

  5. hai...

    mehaaru story hadivehje…. nd tihaa ginaduvaskohfa genesdeyiruves maa kuree. pls avahah up kohdee…..nxt prt tankoleh digukoh genesdeyti…

  6. zany

    wow varah reethi
    dhn nihage bai ves genesdhyba
    ei riha dhiumah fahu dhn vi goh …….

  7. Zoo

    Thi genai twist eha rangalheh noon..Vaahaka hadi vehje..Zeeshan and riha gulhunyma mi vaahaka reethi vaany

  8. elsa

    rainaa kobaa haadha lehy

  9. fake raina

    Kyh Thi kury????? Disappointing 🙁

  10. aii

    Nice hama varah.. zeshan ah ves riha ragalhah dhasnuvi…hama myhaku buna irah niha ai inanves ehbasvi..so nice twist..story interestn..

  11. aii

    Waitn for the next part

  12. Shadhi

    Rai kobaa kon.irakun up.kollaneee.. waiting waiting..

  13. athoo

    Oh god raina! You are hopeless :@ toooooo much! Bayyeh fooooho

  14. look

    Mi start button halaakuvefa huri Liyuntherieh. Dharifulhaa dhoonyyaaa ulhay dhen mikan huttaalan……..

  15. flower

    Rain plz plz next part up kohdheeba…..feeling kehnuvany mihaaru…Las vanyaa dhigukoh genesdhen vaane…maa kuruvyma dhw assu…Story hama emme gud…plz plz up the next part soon.

  16. :@

    Jan 8 ga last up kohfa inee. Rainaaaaaaaaaa :@ u r hopeless. Full of disappointments

  17. flower

    Rain mihaaru varubali vehje inthizaaru koh koh…… my humble request plz plz plz plz plz plz plz plz plz plz plz plz plz plz plzplz plz plz plz plz plz plz plz plz aneh part upkohdheeba…..aadheyskureveyny mivarah kanneynge

  18. LILAA

    HAADHALAHY VAHAKA UPLOAD KURAN, THIHAVARAKUN NUVANE ,VAHAKA LIYUN ISTHI UFAADEE………………………………………………………………………..

  19. flower

    Kobaa tha aneh part

  20. sum1

    Varah vai veyyy raina gandu dheke! Meena ah vvisnuvadhyyba
    manje dhn oisthiufa dheeefa rashah dheyyy!!

  21. update

    kada eh update nukurevenya waahaka liyan noolhebala!

  22. Thumblina

    Rai alhe dhoonyaa plx dhen avahah mi story ninmaala dhybarrrrrrr. I like ur stories <3.

  23. Thumblina

    mihaaru mivaa gothun dhen stories thah nimunyma read kuran ves fashaany.. Vv dhera vey kudhin kudhin story fashaafa nuninmaathyve. 🙁 .

  24. lee jong suk

    midhen nimuneetha……… dhen anihkaaves mi ahna aharu kahneyge aa baeh kiyaalan libeynee dhw……… ehaaves lahun vihyaa up kuranee

  25. Anonymous

    can not read a story like this

  26. sumeraa

    meehunge hiy halaaku nukoh anehpart update kuranvy?

  27. anjal

    alhe dhn mi vrhakaige aneh prt kolhu kiyaalan nulibeynee tha???? mihn vanyaa vrhaka nuliyan v nun dhww

  28. anjal

    thi varu vaahaka nuliyuniyyaa rangalhy….kiyun theringe hiyy halaaku vun noon kameh nuvaane.. raina isthiufaaaa

  29. anjal

    varah salam

  30. zaa

    Koba aneh bai

  31. Pls

    Raina pls pls pls anehbai up kohdheeba 🙁 🙁 this is my fav story

  32. shiu

    Raina pls pls pls pls pls mee haaadha reethi story ekey :'( nimen kairy vefa ovvaaa kihineh thi hehdy

  33. Barbie

    Rai plss I love u. Plscontinue with the story 🙁 haadha dheravey. Nuvey nidhey :'( :'(

  34. Barbie

    Rainaaaaa :'(((((

  35. Shabee

    Varah faruvaa kuda meeheh raina thee. @admin please do not allow these types of writers to ruin your website.

    1. Shabee
      Shabee

      heyo nuvaane thinoon ehn name eh use kurey……..

  36. Maash

    Plx avahah upkohdhyba! Kiyaalaahithun abadhu beleny mi story up veythw

  37. sadh

    I cant beleive i still am here to see whether the other episode has been updated or not. Such a careless writer she is :/

  38. rish

    Nimun kobaa

  39. gurl

    i want this storyyyy :'(

  40. Aimsithu

    Mi vaahakaige nimun kobaaithoa eve

  41. Keep an

    Adi ves mi story ge nunimi oah part thah genes dhyvaru nuvaneetha……

  42. xxx

    Koba aneh part??mihaaru kithah duvas vejje????

  43. Khajja

    Ajaabeh fahenuvaane meekithahmas mivanee mivaahakaige anehbayah ainthizaaru kuraathaan mihaaru foohivehjje

  44. Petite

    Alheyy rainaa… mi story v salhi rythi ey.. alhe next part up kohdhdheebaaa plxxx…

  45. ?

    Alheyy rainaa.. mi story nimmabaa.. finish the thing that u started girl. . The story is really interesting.. and v real. . Kiyamun dhaairu story therey ulhevey kahala. I dnt knw how many times i have read this story… plx plz rainaaa next part up kohdhdhyba!!

  46. Dhinbe

    Please update the story

  47. koo

    me dhen nuliyaneetha alhe kobaa next plx up kohbaa

  48. Khajja

    Mee vv dherakameh thimaa aehenmeehunge hinham jessumah kuraakanthah nuruhun vaagothah kohdheythee mioh kiyaahithun mivaahaka kiyan fesheema hithah thadhuvun noon kameh nuvi migothah hadhan vaahaka liyaakudhin vaahaka genes nudheythi aekoh genes nudhennaa

  49. Ivrisha

    When next part ??????

  50. @l

    Alhey mioh reethi vaahaka liyan hutaaleetha…….plz plz plz plz plz plz I beg you mi story avahah genesdybala dhw?????I don’t want to be angry but mioh reethi story upload nukodheythi derave rulhives aadeveynenun….hope you’ll understand readers feelings…..we have a heart too…n your are a great writer…..dont think about some readers negetive comments and write…..i know there is a big reason which you couldn’t write the stry……i understand…..but whatever problem you have faced pls solve it fast and mi stry genesdhyba ♥️♥️♥️??????

  51. Shaima

    Mi story ninmadheeba plx

  52. '''''''

    alhey next part up kohdheebala……

  53. Ali

    Vaahaka nimunee tha??????
    Liyun theriyaa ge comment eh beynun vey…

  54. Eem

    story ge next part genesdheebala aleh

  55. Aleesha

    Raina plx mi story ge a eh Bai genesdheebala… Haadha kiyaalaa hiyy veye….. ???

  56. aisha

    next part plxxxx
    vvvv rythi mi story

  57. ivaa

    Next part plxx its been years now

Comments are closed.