ރާއިންއާއި އެހާ ކައިރީގައި އިންނަން ޖެހުމުން އެހިތުގެ ތެޅުންވަނީ ކުރިއަށްވުރެވެސް ބާރުވެފައެވެ. އޭނަ ކާރެއްގައި ދިއުމަށް ރާއިން ގަބޫލުނުވީ އޭނަ ދެރަކުރަން ކަމުގައި ބާއޭ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ހަގީގަތަކީ ކޮބައިކަން އޭނަ ހަނދާން ނައްތައެއްނުލާނެއެވެ. މަޑުދުވެއްޔެއްގައި ޒާޔާގެ ކޮލެޖާއި ހަމައަށް ގޮސް ސައިކަލު މަޑުކޮށްލިއެވެ. ޝުކުރުއަދާކުރަން ބޭނުންވިނަމަވެސް ޒާޔާއަކަށް އެއްޗެކޭ ނުބުނެވުނެވެ. ރާއިންވެސް އެއްޗެކޭ ނުބުނެ ޒާޔާފޭބުމުން ސައިކަލު ދުއްވާލިއެވެ. ދޮރުމަތީގައި ތިބި ޒާޔާގެ ދެތިން ކްލާސްކުއްޖަކާއި އެކު ޒާޔާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. […]
ކަޔާން ދުއްވާފައި ދިޔައިރު މަގުމަތީގައި ދުއްވާފައިދާ އެހެން އެއްޗަކަށް ސާމާލު ކަމެއް ނުދެއެވެ. ގޯޅިއަކަށް އެޅިތަނުން އެމަގުން ނުކުތް ލޮރީއެއްގައި ކަޔާން ނުޖެހުނީ ހަމަ ކިރިޔާއެވެ. އެވަރުންވެސް ކަޔާން ސައިކަލުގެ ސްޕީޑް މަޑުކުރާކަށް ހިތަކަށް ނާރައެވެ.އެބާރު މިނުގައި ގޮސް ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖެހިއެވެ. ބަދިގޭގައި އެއްޗެއް އުނދުން މައްޗަށް އުދައިގެން ހުރި ޒާހިރާ ނުުކުތީ ކަޔާންގެ ކޮޓަރިން އަޑު ފަންގަނޑެއް އިވުމުންނެވެ. ޒާހިރާ އުނދުން ނިންވާލާފައި އަވަސް އަވަހަށް ގޮސް ކަޔާންގެ […]
ޒައިކް ރުޅިއައިސްދާނެތީވެސް އަހަރެން ހުރީ ވަރަށް ބިރުގެންފައެވެ. އެކަމަކު ޒައިކް ހިތްހަމަ ނުޖެހޭކަން އެގިއްޖެ ނަމަ އަހަރެން ހުރީ ޒައިކްއަށް ނުފެނި އެތަނުން ދިއުމުގެ ޚިޔާލްގައެވެ. ކޮއްކޮ ގޮސް ޒައިކްއަތަށް ފުއްޕާ ހަންދިއްކޮށްލުމުން ޒައިކް ހެވިލާފައި ކޮއްކޮގެ ކޮލުގައި ހިފާލިއެވެ. އަނެއްކާ ކޮއްކޮ އެއީ އަހަރެން ދިން އެއްޗެކޭވެސް ބުނެފާނެކަމަށް ވަރަށް ހިތްނުތަނަވަސްވިއެވެ. ގޭގެތެރެއަށް ވަދެފަ އިރުކޮޅަކުން ނުކުމެގެން އައިސް ކޮއްކޮ އަހަންނާއި ދިމާލަށް އަންނަނިކޮށް ގޮވާފަ ޒައިކް އެހަން ކޮއްކޮގެ އަތަށް ދިނެވެ. އަދި އިތުރު […]
ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެފެނި ޒާހިރާ ހުރީ ފިކުރު ބޮޑުވެފައެވެ. އެއްވެސް މަޔަކު އެމީހެއްގެ ދަރިއަކަށް ކުޑަނަމަވެސް ހިތްދަތި ކަމެއް ލިބޭކަން ބޭނުމެއް ނުވާނެއެވެ. ކަޔާން އާއި ދޭތެރޭ ވިސްނާ ވިސްނާ މިހާރު ޒާހިރާ މާޔޫސް ވެއްޖެއެވެ. ކަޔާންއަކީ ދުވަހަކުވެސް އެހެން އުޅުނު ކުއްޖެއް ނޫނެވެ.ކޮޓަރިތެރެ ތަރުތީބު ކޮށްލާފައި ޒާހިރާ ނުކުމެގެން ދިޔައީ ކަޔާންގެ ބައްޕަ އަޝްރަފްއާ ވާހަކަ ދައްކަން ނިންމައިގެންނެވެ. ކަޔާން އޮފީހުގައި އިން އިރު މަސައްކަތަކަށް ސަމާލު ކަމެއް ނުދެވެއެވެ. އޭނާގެ ދިރިއުޅުމަށް މިއައި ބަދަލަކީ […]
ކެއުމާއިގެން ކުރިއަށް ދިޔަވަގުތުތަކުގައިވެސް އަހަންނަށް އިދެވެނީ ހެވިފައެވެ. އަހަންނަށް ޒައިކް އާއި އެކު ހޭދަކުރެވުނު ކޮންމެ ހިނދުކޮޅެއް އޭނަޔާއި އެކު ގެއަށް އައުމުގައި އެޅުނުކޮންމެ ފިޔަވަޅެއް އަދި ދެމީހުންގެ ދެމެދުގައި ބަދަލްކުރެވުނު ކޮންމެ ބަހަކީ ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. މިއީ އަހަންނަށް މީހަކު ދެކެ ލޯބިވެވުނު ފުރަތަމަ ފަހަރެވެ. އަހަރެންގެ ފުރަތަމަ ލޯތްބެވެ. އޭގެ ފަހުން ކޮންމެ ރެއަކު އަހަރެންނާއި އެކު ޒައިކް އަހަރެން ގެއަށް ލައިދޭން އާދެއެވެ. އަހަރެން […]
އިރުކޮޅަކު ވާހަކަ ދައްކަން އިދެފައި އަހަރެން އޮށޯތީ ނިދާލެވޭތޯއެވެ. މާގިނަ އިރުތަކެއްނުވެ އަހަންނަށް ނިދިއްޖެއެވެ. ހަމަ ނިދި ޖެހިލުމާ އެކު އީޝާ އަހަރެންގެ ކަންފަތް ބުޑުގައި ރޮވެލިހެން އަހަންނަށް ހީވިއެވެ. އެއާއެކު އަހަރެންނަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އަހަރެން ހައިރާންވީ ޒިޔާދާ އާއި ރިޝްފާ ފެންނަ ހިސާބުގަ ނެތީމައެވެ. އެކަމަކާ އަހަރެން އަޅައެއްވެސް ނުލަމެވެ. އޮށޯންނަން އުޅެނިކޮށް ރިޝްފާ ކުކުރާލި އަޑުއިވުނެވެ. ގޮޅީގެ ފާހަނާއާވީ ދިމާލުންނެވެ. އަހަރެން ތެދުވެގެން ގޮސް ބަލާލީ ރިޝްފާ ތަނަކަށް ތަދުވާތީ އުޅޭހެން ހީވީމައެވެ. […]
ނާޒް އަކީ ޙުސްނާއާއި ޞާބިރު ގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މިދެމަފިރިންގެ ޢާއިލާގައި ނާޒްގެ އިތުރުން ދެން ތިބެނީ 06 ފިރިހެން ކުދިންނެވެ. ނާޒް އަކީ ދެވަނަ އަށް އެންމެ ދޮށީ ކުއްޖާ ކަމުން އޭނާގެ ހުންނަނީ އެންމެ ބޭބެއެކެވެ. ދެން ތިބެނީ ހުސް ކޮއްކޮއެވެ. ނާޒް އާއި ނާޒްގެ ބޭބެ ނިޔާޒު މިހާރު ކިޔަވަމުންދަނީ ގްރޭޑް 07ގައެވެ. ގްރޭޑް 05ގައި ކިޔަވަމުން ދިޔަ އަހަރު ނިޔާޒުގެ ފަޔަށް ލިބުނު އަނިޔާއަކާގުޅިގެން […]
“ޒާޔާ، ދައްތަބުނީމެއްނު ދިރިއުޅުމުގައި އެތައް ކަމަކާ ކުރިމަތިވާނެއޭ، ތިގޮތަށް ހިތްވަރުދެރަކޮށްގެން އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ، ދައްތައަށް ޔަގީން ޒާޔާ ދޫކޮށްލި މީހަކު ޒާޔާ ދޫކޮށްލާނީ އެއީ އެމީހަކަށް ނުވިސްނޭތީކަން، ޒާޔާތިއީ ވަރަށް ރަނގަޅުކުއްޖެއް އެހެންނު، ދެން އެކަހަލަ މީހަކަށްޓަކައި ކީއްކުރަން ރޮނީ، މިހާރު ކޮލެޖުކިޔެވުންވެސް ފެށެން ކައިރިވީ، ދެން އެކަމާ ވިސްނަން ހަދައިގެން ޒާޔާގެ ކިޔެވުން ހަލާކުވެއްޖެއްޔާ އެދުވަހުން އަދި މާދެރަވާނެއްނު، އެން، ޔޫ އާރ ގޮއިންގ ޓް ފޯލް އިންލަވް އަގެއިން، އެން އިޓްސް […]
މަޢުލޫމާތައްޓަކައި: ކިޔުންތެރިންގެ އެދުމުގެ މަތިން ، މިވާހަކައިގައި ކުރިން ބޭނުންކުރި މަޖުނޫނުގެ ބަދަލްގައި މީގެ ފަހުން ބޭނުންކުރެވޭނީ ޒައިކްއެވެ. ==================================================================== އޭރު ޔަޝްފާ ޓިއުޝަން ސެންޓަރ ގެ ބޭރުން އަހަރުމެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ރުޅިއައިސް ރަތްވެފައެވެ. ޒައިކް:”ކާކު ތިހޯދަނީ ލައިލާ” އަހަރެން: ” މީ..މި.، މީހަކު ނުހޯދަން” ޒައިކް: “އަހަރެން ހީކުރީ ބޯއި ފްރެންޑް ބަލާއައީކަމަށް.. “ ޒައިކް މިހެން ބުނުމަށް ފަހު ހޭން ފެށިއެވެ. އަހަރެން : ” ސާބަސް ޒައިކް.. މަގޭ އެކަހަލަ […]