Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ހައްގެކެވެ. (ފަހުބައި)

Shaz Level 110 Stories
March 25, 2015 5 Mins Read
14 Comments

އިރުކޮޅަކު ވާހަކަ ދައްކަން އިދެފައި އަހަރެން އޮށޯތީ ނިދާލެވޭތޯއެވެ. މާގިނަ އިރުތަކެއްނުވެ އަހަންނަށް ނިދިއްޖެއެވެ. ހަމަ ނިދި ޖެހިލުމާ އެކު އީޝާ އަހަރެންގެ ކަންފަތް ބުޑުގައި ރޮވެލިހެން އަހަންނަށް ހީވިއެވެ. އެއާއެކު އަހަރެންނަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އަހަރެން ހައިރާންވީ ޒިޔާދާ އާއި ރިޝްފާ ފެންނަ ހިސާބުގަ ނެތީމައެވެ. އެކަމަކާ އަހަރެން އަޅައެއްވެސް ނުލަމެވެ. އޮށޯންނަން އުޅެނިކޮށް ރިޝްފާ ކުކުރާލި އަޑުއިވުނެވެ. ގޮޅީގެ ފާހަނާއާވީ ދިމާލުންނެވެ. އަހަރެން ތެދުވެގެން ގޮސް ބަލާލީ ރިޝްފާ ތަނަކަށް ތަދުވާތީ އުޅޭހެން ހީވީމައެވެ.

ނަމަވެސް ފެނުނު މަންޒަރާއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ރިޝްފާ އާއި ޒިޔާދާ އާއި ދެމީހުން ފާހަނާގައި އެއްޖިންސުން ގުޅުން ހިނގަނީއެވެ. އަހަންނަށް ބަލަން ހުރެވުނީއެވެ. ދުރުން ބަލާ މީހަކަށް ހީވަނީ ފާހަނާގައި އެންމެ މީހަކު އިންހެނެވެ. ހާދަ ކުޅަދާނައެވެ. ޒިޔާދާގެ ބެޑަށް އަހަންނަށް ބަލާލެވުނު އިރު އެތާވެސް މީހަކު މުޅިގައިގަ ރަޖާ އޮޅައިގެން އޮތްހެންހީވެއެވެ. ނަމަވެސް ހަގީގަތަކީ ރަޖާގެ ދަށުގައި އޮތީ ދެބާލީހެވެ. އަހަންނަށް ލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރެވުނީއެވެ.

ނަމަވެސް ހަގީގަތަކީ ރަޖާގެ ދަށުގައި އޮތީ ދެ ބާލީ ހެވެ. އަހަންނަށް ލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރެވުނީއެވެ.

“ރިޝްފާ” އަހަންނަށް ބުނެލެވުނެވެ. ފުދޭވަރަކަށް ބާރަށެވެ. އެއާއެކު އެދެމީހުންގެ ސަމާލު ކަމަށް އަހަރެން އައެވެ. ދެމީހުންވެސް ބަލަހައްޓައިގެން ތިބީއެވެ. އަހަންނަށްވެސް ހުރެވުނީ އެވެ. އެކަކަށްވެސް އެއްޗެކޭ ބުނަން ނުކެރިފައި ތިބި ކަހަލަ އެވެ. އެންމެ ފަހުން އަހަރެން ގޮސް އޮށޯތީ މެވެ. ރޮވުނެވެ. ޝާއިން މަތިން ހަނދާންވެސް ވިއެވެ.

“ޝާއިން އާދޭ.. އަހަރެން މޮޔަވެދާނެ..” އަހަންނަށް މަޑުމަޑުން ބުނެވުނެވެ.

އަހަންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ އަންހެން ފުލުހަކު އައިސް އަހަރެންގެ އަތުގައި ހިފާ ގޮވަން ފެށުމުންނެވެ.

“ކޯޓަށް ދާން ތެދުވޭ..” އެމީހާ އަހަރެންނާ ވާހަކަ ދެއްކީ ވަރަށް ރޫޑް ކޮށެވެ. އަހަރެން އަޅައެއް ނުލަމެވެ.

ތިންދުވަހަށްފަހު އަހަންނަށް އިރު ފެނުނު ވަގުތު ހިތްހަމަޖެހުނެވެ. އެއަށްވުރެ ހިތްހަމަޖެހުނީ ޝާއިން ފެނުމުންނެވެ. ނަމަވެސް އެމޫނު މަތީގައިވާ އުޖާލާކަން ވަނީ ކެނޑިފައެވެ. އެންމެ ދެދުވަހުގެ ތެރޭގައިވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައެވެ. އަހަރެން ކޯޓަށް ވެއްދިއިރު ދޮންބެ އާއި ޝިބާގެ އިތުރުން އިމްޝާގެ މަންމަ ވެސް ކޯޓްގައި އިނެވެ. އަހަރެން ހަނދާންވީ އަހަރެންގެ ތުއްތު ދަރިފުޅު މަތިންނެވެ. ނަމަވެސް އެދަރިފުޅެއް ނެތެވެ. އަހަންނާ ޝާއިންގެ ފަރާތުން ވަކާލާތު ކުރުމަށް ވަކީލަށް ހުރީ މިހާރުގެ އެންމެ މަޝްހޫރު އެއް ވަކީލެވެ. ނަމަކީ މުހައްމަދު މިހާދެވެ. އަހަންނަށް އެނގިފައިވާ ގޮތުގައި މިހާދަކީ ޝާއިންގެ ގާތް އެކުވެރިއެއްވެސް މެއެވެ. ނަމަވެސް އޭނަ ވަކާލާތު ކުރާނީ ހަގީގަތަށެވެ.

އަހަންނާ ޝާއިންގެ ދިފާއުގައި ހެއްކެއް ދޭނެ މީހެއް ނެތެވެ. ނަމަވެސް އިމްޝާގެ ދިފާއުގައި އިމްޝާގެ މަންމަ ހެކިބަސް ދޭން ތައްޔާރުގައި އިނެވެ. އެންމެ ފުރަތަމަވެސް ހެކިބަސް ދިނީ އިމްޝާގެ މަންމައެވެ.

“އިމްޝާގެ މަންމަ އަށް ފެނުނު ގޮތް އަޅުގަނޑުމެންނަށް ކިޔައިދެއްވާ..” އިމްޝާގެ ފަރާތުން ވާކާލާތު ކުރަން އައިސް ހުރި ވަކީލު އިމްޝާ މަންމަ ކުރެން އެއްސެވެ.

“އަޅުގަނޑަށް ހޭލެވުނީ ފެންބޮވައި ގަނެގެން.. ކޮޓަރީގައި ހުރި ފެން ޖަގު ހުރީ ހުސްވެފަ.. އެހެންވެ އަޅުގަނޑު ދިޔައީ ފެން ބޯން ބަދިގެއަށް.. ގޮސްގޮސް ހުއްޓާ އަޅުގަނޑަށް ފެނުނީ މިހިރަ ނަޝާ މިކޮޓަރީ ދޮރުމަތީ ހުއްޓާ.. އެހެންވެ އަޅުގަނޑު އައީ މަޑުމަޑުން އޭނައަށް ފެނި ދާނެތީ.. އައިރު ޝާއިން ހުރީ އަހަރެންގެ ދަރިފުޅު ކަރުގައި މިއޮތް ބެޑްޝީޓް އައްސައިގެން އޭނާގެ ކަރަށް ބާރު ކުރަން.. ދެން އަޅުގަނޑު އައިސް އޭނަ ކޮއްޕާލީ ދުރަށް..” އިމްޝާގެ މަންމަ ކުރިންވެސް ކިޔައި ދިންގޮތަށް އަކުރަކަށް ފިއްޔަކަށް ތަފާތު ކުރުމެއްނެތި ކިޔައިދިނެވެ.

“އިމްޝާ މަންމައަށް ހަމަ ޔަގީންތަ ޝާއިން އާއި ނަޝާ ކަން އިމްޝާ މަރާލީ..” މިފަހަރު ވާހަކަ ދެއްކީ މިހާދެވެ.

“އާދެ ހަމަ ޔަގީން..” އިމްޝާ މަންމަ ޔަގީން ކަމާ އެކު ބުންޏެވެ.

“އިމްޝާ މަންމަ އެބަ ވިދާޅުވޭ ޝާއިން ދުރައް ކޮއްޕާލި ވާހަކަ ދެއްތޯ.. އެވަގުތު ޝާއިންގެ ފަރާތުން ރައްދު ހަމަލައެއް އައި ތޯ..” މިހާދު އަނެއްކާވެސް ސުވާލު ކުރިއެވެ.

“ނޫން އޭނަ ގޮސް ޖެހުނު ގޮތަށް އޮތީ.. ފުލުހުންގެ ބޭފުޅުންނަށްވެސް އަޅުގަނޑު މިސުވާލުގެ ޖަވާބު.. އިއްޔެ އަޅުގަނޑު ގެނެސް ހަށިގަނޑުން ޓެސްޓް ތަކެއް ހެދިއިރު..” އިމްޝާގެ މަންމަ ހުރީ ހަމަޖެހިފައެވެ.

“އިއްޒަތްތެރި ގާޒީ ދެން އަޅުގަނޑަށް ހުއްދަ ދެއްވާ މިމައްސަލާގައި ފޮރެންސިކް ގަރީނާ ހުށައެޅުމަށް މިމައްސަލާގައި އެންމެ އިސްކޮށް އުޅުނު ފޮރެންސިކް އޮފިސަރ ޕޮލިސް ސާރޖަންޓް އަލީ މުހައްމަދު މި ޝަރީއަތަށް ހާޒިރު ކުރުމަށް.. އިމްޝާގެ މަންމަގެ ހާޒިރުގަ..” މިހާދު ހުރީ އަވަސް އަރުވާލާފައެވެ.

“ހުއްދަ ދީފިން” ގާޒީ ބުންޏެވެ. އެއާއެކު ސާރޖަންޓް އަލީ މުހައްމަދު ޝަރީއަތަށް ހާޒިރުވެއްޖެއެވެ.

“އަލީ މުހައްމަދު ވިދާޅުވެދެއްވާ ތިބޭފުޅުންގެ ތަހުގީގީ ރިޕޯރޓް..” މިހާދު ބުންޏެވެ.

އަހަރެންގެ ހިތް ބާރު ބާރަށް ތެޅިގަތެވެ. ޝާއިންއަށް ބަލައިލެވުނެވެ. ޝާއިން ބޯ ޖަހާލީ ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނާ ކަހަލަ ގޮތަށެވެ. އަހަރެންގެ ހިތް ނެގި ނެގިފައި ޖެހެނީއެވެ.

“މިއިއްވައި ދެނީ އަޅުގަނޑުމެންގެ ތަހުގީގީ ރިޕޯރޓް.. އަޅުގަނޑުމެން ކުށުގެ ވެށި ބަލާ ފާސް ކުރި ކުރުމުގައި އިމްޝާ މަރުވެފައި ވަނީ ދަންޖެހިގެން ނޫންކަމައި އޭނާ މަރުވެފައި ވަނީ މޫނު މަތީ އެއްޗެއް އަޅާ ނޭވާ ހާސް ކޮށްލައިގެން ކަން ޔަގީންވޭ.. ސަބަބަކީ އިމްޝާގެ ނޭވާލާ ނިޒާމުގެ ތެރެއިން އިމްޝާގެ އެނދު މަތީގައި ހުރި ބާލީހުގެ ކަފަ ފެނިފައިވޭ.. މީގެ އިތުރުން އިމްޝާ އެމީހެއްގެ ކިބައިން ސަލާމަތް ވުމަށްޓަކައި އެމީހެއްގެ ގައިގައި ނިޔަފަތި އަޅުވާ ބައެއް ތަންތަން ކަނޑާލައިފައިވޭ.. މިކަން ޔަގީންވާ ސަބަބަކީ އިމްޝާގެ ނިޔަފަތި ތަކުން ގާތިލުގެ ލޭ ފެނިފައި ވާތީ.. އިމްޝާގެ ނިޔަފަތި ތަކުން ފެނިފައި ވަނީ ބީ ޕޮޒިޓިވްލޭ.. އިމްޝާގެ ފިރިމީހާގެ ގައިގައި ހުރީ އޯ ޕޮޒިޓިވް އަދި ޝާއިންގެ ހަގު އަނބި ނަޝާގެ ގައިގައި ހުރީ އޭބީ ޕޮޒިޓިވް.. އަޅުގަނޑުމެން ހެދި ޓެސްޓް ތަކުން ދައްކާގޮތުގައި އިމްޝާ މަރުވެފައި ވަނީ އެރޭގެ ދިހަގަޑި ބަޔާ އެގާރަޔާ ދޭތެރޭ.. އެގަޑިގައި ނަޝާ އޭނާގެ އެކުވެރި އީތަން އާއި މެސެޖުން ވާހަކަ ދައްކާފައިވޭ.. މިހުރިހާ ކަމަކަށް ބަލާއިރު އިމްޝާގެ މަރުގައި ނަޝާގެ އަތެއް ނުވާކަން ތަހުގީގަށް ޔަގީންވޭ… އިމްޝާގެ ގާތިލް ޔަގީންވާ އެންމެ ބޮޑު ހެއްކަކީ އިމްޝާގެ އެކުވެރި ޒާހީ.. އެއީ އިމްޝާގެ ގާތިލް އިމްޝާއަށް ހަމަލަ ދެމުން ދިޔައިރު ވަމުން ދިޔަ ހުރިހާ ކަމެއް ފޯނުން އަޑު އިވުނު ފަރާތެއް.. އޭނާ މި ޝަރީއަތުގައި ހެކިބަސް ދޭން ހުރީ ތައްޔާރަށް.. އަދި ހަމަ އެހެންމެ އިމްޝާގެ ހެދުންތެރެއިން އިމްޝާގެ ގާތިލްގެ އަތުގައި އޮތް ރަންކެވެލި ކޮޅެއްވަނީ ފެނިފައި.. އަޅުގަނޑުމެންގެ ތަހުގީގަށް ސާބިތުވާގޮތުގައި އިމްޝާގެ ގާތިލަކީ އިމްޝާގެ މަންމަ.. އައްޑޫ ހިތަދޫ އިރުމަތީގޭ ޝާއިރާ މުފީދު..” އަލީ މުހައްމަދުގެ ތަހުގީގީ ރިޕޯޓް ނިންމާލިއެވެ.

އެންމެވެސް ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. އަހަންނަށް ބަލައި ލެވުނީ އިމްޝާގެ މަންމަގެ އަތުގައި އޮންނަ ވަރުގަދަ ރަން ކެވެލި ގަނޑަށެވެ. އަލީ މުހައްމަދު ބުނީ ތެދެއްކަން އަހަންނަށް ޔަގީންވީ ދެނެވެ. އެކެވެލިގަނޑެއް ނެތެވެ.

“އަހަރެން ނުމަރަން އަހަރެންގެ ދަރިއެއް..” މަންމަ ހަޅޭއްލަވައިގަތެވެ.

“އެންމެ ރަނގަޅު.. އިއްޒަތްތެރި ގާޒީ އަޅުގަނޑަށް ހުއްދަދެއްވާ ޒާހީ މި ޝަރީއަތަށް ހާޒިރު ކުރަން..” މިފަހަރުވެސް ވާހަކަ ދެއްކީ މިހާދެވެ.

“ހުއްދަ ދީފިން..” ގާޒީ ބުންޏެވެ. އެއާއެކު ޒާހީ އައިސް ކޯޓަށް ވަނެވެ.

“ޒާހީ ވިދާޅުވެ ދެއްވާ އެރޭ ކަންތައް ވީގޮތް..” މިހާދު ބުންޏެވެ.

“އަޅުގަނޑަށް އިމްޝާ ގުޅީ ޝާއިން އާ ޒުވާބުކޮށްފަ އައިސް… ވާހަކަ ދައްކާފައި ދެން ބާއްވަނީއޭ ބުނި އިރު އަޅުގަނޑުގެ ދެއަތުގައި ހުރީ އެއްޗެހި.. އެހެންވެ އަޅުގަނޑަށް ފޯނު ކަނޑާނުލެވުނު.. އިމްޝާ ފޯނުގެ އެ ބަޓަން ދޭތެރެއަކުން މައްސަލަޖެހޭ ކަމަށް އިމްޝާ ބުނޭ.. އަޅުގަނޑަށް ހީވަނީ އެރޭވެސް ވީ އެހެން ކަންނޭގެ.. ދެން އިވުނީ އިމްޝާ ހަޅޭއްލަވައިގަތް އަޑު.. އެއާއެކު އިމްޝާގެ މަންމަ އިމްޝާ އާއި ދިމާލަށް ކަލޭ ހަދާނެ ގޮތެއް ހަދަންދެން މަށެއް ނުހުންނާނަމޭ.. މިގެޔާ މި ހުރިހާ ފައިސާ އަކީ އަހަރެންގެ އެއްޗަކަށް ހަދާނަމޭ ބުނި އަޑު އިވުނު.. ދެން އިމްޝާ ވަރަށް ބަރު އަޑަކުން ވާހަކަ ދެއްކި މަންމާއޭ ތިހެން ނުހަދާށޭ ކިޔައިފަ.. ދެން އަޑެއްނީވުނު.. އަޅުގަނޑު ބަލައިލި އިރު އަޅުގަނޑުގެ ފޯނު ނިވުނީ ޗާޖް ހުސްވެގެން.. ދެން ފޯނު ޗާޖަށް ޖަހާފައި އަޅުގަނޑު އުޅުނީ އޮފީހުގައި.. އެކަން އެހާ ބޮޑު ކަމަކަށް ނުހެދީ އާއްމުކޮށް އިމްޝާ އާއި އިމްޝާގެ މަންމަ ޒުވާބު ކުރާ އަޑުއިވޭތީ..” ޒާހީ ހުރީ ރޮވިފައެވެ.

“އަދި އަޅުގަނޑުގެ ހެކިބަސް އަޑުއަހާ..” އެންމެން އެއް ފަހަރާ ކޯޓް ދޮރުމަތީ ހުރި މީހާއަށް ބަލައިލިއެވެ.
ކޯޓް ދޮރުމަތީގައި ހުރީ ޝާއިންމެން ގޭގައި ގެންގުޅޭ ލަތާއެވެ. ލަތާ އައިގޮތަށް އައިސް ހުއްޓުނީ ހެކިބަސްދޭ މީހާ ހުންނަތާނގައެވެ.
“ލަތާ.. ކިޔައިދެއްވާ އެރޭ ލަތާއަށް ފެނުނު ކަންތައް..” ގާޒީގެ އިޒުނަ އާއި މިހާދު ބުންޏެވެ.
“އަޅުގަނޑު އެރޭ އުޅުނީ އޭގެ އަނެއް ދުވަހު ކޮލެޖްގައި ޓެސްޓް އޮތީމަ ފިލާވަޅު ދަސް ކުރަން ހޭލާ.. އަބަދުވެސް ފިލާވަޅު ދަސްކުރާއިރު އިމްޝާއްތަ އެހީވާނެ.. އެހެންވެ އެރޭ ނިދިއަންނަން ފެށީމަ އަޅުގަނޑު ދިޔައީ އިމްޝާއްތަ ކައިރިއަށް ފޮތް ހިފައިގެން.. އެހެންޏާ ކޮޓަރި ހުންނާނީ ތަޅުލާފަ އެހެންވެ އަޅުގަނޑު ތަޅުގައި ހިފާލީ ތަޅުލާފަތޯ ބަލާލަން.. އެކަމަކު ދޮރުވެސްހުރީ ރަނގަޅަށް ނުލެއްޕި.. ދޮރު ހުޅުވަން ކޮށްޕާލިތަނާ އިމްޝާއްތަގެ މަންމަގެ އަޑުއިވުނީމަ އަޅުގަނޑު މަޑުކޮށްލީ.. އިމްޝާއްތަ މަންމަ ވާހަކަ ދައްކާއަޑުއިވޭ އެކަމަކު އިމްޝާއްތަ އެއްވެސް ވާހަކައެއް ދައްކާ އަޑެއްނީވޭ.. އެހެންވެ އަޅުގަނޑު ކުޑަކޮށް ދޮރުހުޅުވާލީ އޭރު އިމްޝާއްތަގެ މަންމަ ހުރީ އިމްޝާއްތަގެ ކަރުގައި ބެޑްޝީޓްއައްސަން.. އަޅުގަނޑަށް ވީނުވީ އެއްވެސް ނޭނގުނު.. އަވަސްއަވަހަށް ކޮޓަރިއަށްވަދެ ދޮރުލެއްޕީ.. ދެން އަޑުގަދަވެގެން ނުކުތްއިރު ފުލުހުންވެސްތިބި..” ލަތާގެ ދެލޯވަނީ ކަރުނުން ފުރިފައެވެ.
އަހަރެން ހިތާ ހިތުން ހެއްދެވި ފަރާތައް ޝުކުރު ކުރުމުގައި އިނީމެވެ. އިމްޝާގެ މަންމަ އިނީ އިސްދަށަށް ޖަހައިގެންނެވެ. ބުނާނެ އެކައްޗެއްވެސް ނޭނގިފައި އިންހެނެވެ. އަހަންނަށް ބެލެނީ ފަހަރަކު މީހަކާ ދިމާލަށެވެ. އެންމެންހެން ތިބީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެވަގުތު ގާޒީގެ އަޑު މުޅި ކޯޓްގައި ގުގުމާލިއެވެ. ގާޒީގެ ބަޔާން އިއްވަންފެށިއެވެ.
“މި ޝަރިއްޔަތުގައި ހެކީންގެ ހެކިބަހާއި ގަރީނާތަކަށް ބަލައި ކުށް ނުކުރާ ދެމީހުން ކަމަށްވާ ހެންވޭރު އައިރިޝް މުހައްމަދު ޝާއިން އާއި މާފަންނު ބީޗްހައުސް މަރިޔަމް ނަޝާއާ ދެމީހުންގެ މައްޗައް ގަސްތުގައި މީހަކުމެރުމުގެ ކުށް ސާބިތު ނުވާކަމަށް ނިންމާ އެދެމީހުން ވަގުތުން ދޫކޮށްލުމަށް ހުކުމް ކުރަން.. އަދި ހަމައެހެންމެ އިމްޝާ ޒާހިރުގެ މަންމަ ޝާއިރާ މުފީދުގެ މަށްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ކުށް ހެއްކާއި ގަރީނާއިން ސާބިތު ވާތީ އޭނާގެ ލޭގެ ހުރުމަތް ކެނޑިއްޖެ ކަމަށް ނިންމާ މަރުގެ ހުކުމް އިއްވައިފިން.. މިހެން ނިންމީ އިމްޝާގެ ވާރިސަކު ނެތުމާއެކު ވާރިސުންގެ ބަސް އަޑުނާހާ އިސްލާމީ ޝަރީއަތުގައި ވާފަދައިން..” ގާޒީގެ ބަޔާން އިއްވި އިރު އަހަރެން އިނީ ލޯމަރާލައިގެންނެވެ.
އަހަރެން ސަލާމަތް ވުމުން އެންމެ ފުރަތަމަވެސް ބެލީ އަހަރެންގެ ލޯބިވާ ދަރިފުޅު ކޮބާތޯއެވެ. އަހަރެން ކޯޓުން ނިކުތީ ޝާއިންގެ އަތުގައި ހިފާލައިގެން ހުރެއެވެ. ކޯޓުން ނިކުތް އިރު އީޝާ ގޮވައިގެން ޝިބާ އައިސް ހުއްޓެވެ. އަހަރެން ދުވެފައި ގޮސް އަހަރެންގެ ލޯބިވާ ކުޑަ ދަރިފުޅު އުރާލާ ލޯބި ކުރަން ފެށީމެވެ. މި ދެތިން ދުވަހު ނުދެވި ހުރި ލޯބި އެއްފަހަރާ ދޭން ބޭނުން ވިއެވެ. ޝާއިންވެސް އައިސް އަހަރެންނާ ދަރިފުޅު ގައިގަ ބައްދާލިއެވެ.
ގެއަށް ގޮސް އަހަރެން އެންމެ ފުރަތަމަވެސް ފެންވަރާލާ ރީތިވެލައިގެން ނަމާދު ކުރީއެވެ. ދެން އަހަރެންގެ ދަރިފުޅު ގޮވައިގެން އެދުވަހުގެ ބާކީބާއި އަހަރެން ހޭދަކުރިއިރު ޝާއިން ވެސް އެންމެ ފަހަރަކުވެސް ދުރަށް ނުދެއެވެ. ދެދުވަސް ވަންދެން ރަނގަޅަށް ނުނިދޭތީ އަހަންނާ ޝާއިންއަށް ވެސް އެރޭ ވަރަށް އަވަހަށް ނިދިއްޖެވެ.

އަނދިރި ދުވަސްތަކަކަށްފަހު އަހަރެންގެ ހަޔާތަށް އިރު އެރިކަހަލައެވެ. އަހަރެންގެ މަސައްކަތަކީ ދަރިފުޅާއި ޝާއިންގެ ކަންކަން ބެލެހެއްޓުމެވެ. ލަތާވެސް ގޭގެ ކަންކަމުގައި އެހީވެދިނުމުގައި އުޅެއެވެ. ޝާއިންގެ ހުރިހާވެސް އުފަލަކީ އަހަންނާއި ދަރިފުޅެވެ. ނަމަވެސް އިމްޝާގެ ހަނދާންތަކާ ދުރަށް ދާން ޝާއިންއަށް އުނދަގޫވާނެކަން އަހަންނަށް އެނގެއެވެ. އިމްޝާ އަހަންނާ ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނަސް ޝާއިންއާ އީޝާދެކެ ވަރަށް ލޯބިވާކަން އަހަންނަށް އެނގެއެވެ. ކޮންމެގޮތެއްވިޔަސް އިމްޝާ މަތިން އަހަރެންވެސް ވަރަށް ހަނދާންވެއެވެ. އަނިޔާވެރި މަރަކުން އޭނާ މަރުވިކަމީ އަހަރެން ވަރަށް ހިތާމަ ކުރާކަމެކެވެ.
(ނިމުނީ)

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ހިތަކުން ހަމަނުފިލާނޭ…

Next

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި… (5 ވަނަ ބައި)

Next
March 25, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި… (5 ވަނަ ބައި)

Previews
March 25, 2015

ހިތަކުން ހަމަނުފިލާނޭ…

14 Comments!

  1. md says:
    March 25, 2015 at 6:53 pm

    woww varah reethi mi vaahaka ninmaalaafa oh goi i loved it… thanks for this beautiful story

  2. sal says:
    March 25, 2015 at 8:17 pm

    V salhi story eh. V kiyaa hithun huttaa nimuneema dhera vejje

  3. aalif says:
    March 25, 2015 at 10:09 pm

    loved ur story shazu… hope to see a new story from u… Love itt:-*

  4. Anonymous says:
    March 25, 2015 at 11:10 pm

    vaahaka dhn rythi.. bt islaamee shareeathuga aslehge mahchah faru’ ehge gathulu saabithu wiyas qisaas eh nuhifeyne.. mithaanga asley mibunany mamma, bappa, maama, kaafa.. faru’ akee dharin..

  5. Iffer says:
    March 26, 2015 at 10:07 am

    Shazu, Vaahaka varah varah reethi.. !! Ehkoh ninmmaafa bunan madu kuree.. 😛 Hope we’ll get to read another story soon… 🙂

  6. mustho says:
    March 26, 2015 at 3:08 pm

    fahu part up kurikan nuves ingey….mi haftha busy kamun vaahaka kiyan noolhe vuny…9 vana parterr ekee mi kiyaalee… v v v reethi adhi ehaame furihama….new story eh kiyaalan libeyne kamah ummeedhu kuran..

  7. testing carried says:
    April 25, 2015 at 10:34 pm

    cool… cool… v v v cool storyeh… realy happy kudoo mi aahakaige fahubai dhuvas kolhakah fahu fonu veema

  8. testing carried says:
    April 25, 2015 at 10:39 pm

    v v v v v v v salhi kudaa ge vaaahakathah…. nuzu ge ves ummeedhakee kudaa kahala molhu vaahaka liyun theriakah vumah…. abadhuvess kudoo ge vaahakiyaa ulhen nuzu… v v v v reethi hurihaavaahaka eh… specially this story and Saayaa ge vaahaka

  9. testing carried says:
    April 25, 2015 at 10:43 pm

    sorry shazu.. nubaikoh nan liyyevunee… v v v v v bodah sorry shazu.. sorry shazu story v v v kamudhey

  10. nice story says:
    May 24, 2015 at 9:40 pm

    mi vaahaka reethi ekamaku eethan nashaa eynage hayaathah nugendhevunu sababu bunefava msg ge vaahaka genesdhyfa nethyma kadae… nimmaalamun ves eethan ge vaahaka gensdhin nama v furi hama vees…. btw good work keep it up

  11. alma says:
    June 13, 2015 at 11:32 am

    nice story thanks for giving such an exciting story

  12. sana says:
    July 16, 2015 at 12:29 am

    Varah reethi story 🙂

  13. Mary says:
    October 11, 2015 at 1:10 am

    Eethan enme fahun kuri msg ga othy keekeykan nugenesdhentha?

  14. RYMA says:
    March 22, 2019 at 10:05 pm

    Adhi hayaathuga kiyunu emme reethi vaahaka aky mi

Comments are closed.



All Right Reserved!