ނަމަވިޔަސް… (8 ވަނަ ބައި)
ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެފެނި ޒާހިރާ ހުރީ ފިކުރު ބޮޑުވެފައެވެ. އެއްވެސް މަޔަކު އެމީހެއްގެ ދަރިއަކަށް ކުޑަނަމަވެސް ހިތްދަތި ކަމެއް ލިބޭކަން ބޭނުމެއް ނުވާނެއެވެ. ކަޔާން އާއި ދޭތެރޭ ވިސްނާ ވިސްނާ މިހާރު ޒާހިރާ މާޔޫސް ވެއްޖެއެވެ. ކަޔާންއަކީ ދުވަހަކުވެސް އެހެން އުޅުނު ކުއްޖެއް ނޫނެވެ.ކޮޓަރިތެރެ ތަރުތީބު ކޮށްލާފައި ޒާހިރާ ނުކުމެގެން ދިޔައީ ކަޔާންގެ ބައްޕަ އަޝްރަފްއާ ވާހަކަ ދައްކަން ނިންމައިގެންނެވެ.
ކަޔާން އޮފީހުގައި އިން އިރު މަސައްކަތަކަށް ސަމާލު ކަމެއް ނުދެވެއެވެ. އޭނާގެ ދިރިއުޅުމަށް މިއައި ބަދަލަކީ ދުވަހަކުވެސް އަތުވެދާނެކަމަށް ހީކުރެވިފައިވެސް ނުވާ ބަދަލެކެވެ. ކަޔާން ފޯނު ނެގީ ނޫރާއަށް ގުޅާށެވެ. ނޫރާ އަދިވެސް ކަޔާންދެކެ ލޯބިވާކަމަށް ކަޔާންގެ ހިތް ބުނެއެވެ. ނޫރާ އޭނާދެކެ އައިސްފައިވާ ރުޅި ފިލައިދިޔުމުން ކަޔާންގެ ލޯތްބަށް އާން ބަސް ބުނާނެ ކަމަށް ކަޔާން ހީކުރިއެވެ.
ނޫރާއަށް ގުޅަން ފޯނުނެގިގޮތަށް ކަޔާން ފޯނަށް ބަލަހައްޓައިގެން އިނީ ނޫރާ ފޮނުވާފައި އިިން މެސެޖެއް ފެނުމުންނެވެ. ކަޔާންގެ މޫނުން ހިތްހަމަ ޖެހުމުގެ ކުލަވަރު ފެނިގެން ދިޔައީ ނޫރާ އޭނާއާ ބައްދަލުކޮށްލަން ބޭނުންވާކަމަށް ބުނެފައި އޮތުމުންނެވެ. އެމެސެޖުގައި ދާންވީ ތަނާއި ގަޑި ބުނެފައި އޮތެވެ.
އޮފީހުން އައިއިރު ކަޔާން ހުރީ ހިތްހަމަ ޖެހިފައެވެ. ރާގެއް އަޅުވާލައިގެން އައިއިރު އެތާ ޒާހިރާމެން ތިބި ކަމެއް އޭނާއަކަށް ނޭނގެއެވެ.ކޮޓަރިއަށް ވަންނަން ދިޔަ ކަޔާން ހުއްޓުނީ އަޝްރަފުގެ އަޑަށެވެ. “ދަރިފުޅާ އާދެބަލަ މިކޮޅަށް ބައްޕަމެން އެބައޮތް ވާހަކައެއް ދައްކާލަންވެފަ” އަޝްރަފް ކަޔާންއަށް ގޮވާ ގެނެސް ކައިރީގައި ބޭންދިއެވެ. އަޝްރަފް އޭނާގެ ދަރިފުޅަށް ނަސޭހަތް ދިނެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކާ ކެރިގެން ކުރިމަތި ލުމަށެވެ.ކަޔާން އިސްޖަހާލައިގެން އިނދެ އަޝްރަފުގެ ވާހަކަތައް އަޑު އަހަމުން ދިޔައެވެ.
ކަޔާން ބަލައިލީ އަޝްރަފް އޭނާގެ ކައިވެނީގެ ވާހަކަ ބުނުމުންނެވެ. ކަޔާންއަށް ވަގުތުން ޒާހިރާ އަޝްރަފު ކައިރީގައި އެކަހަލަ ވާހަކައެއް ދެއްކީކަން އެނގުނެވެ. “ބައްޕާ އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކައިވެނި ކުރަން އެބަ ވިސްނަން” ކަޔާން އެހެން ބުނީ ނޫރާ އޭނާގެ ހުށައެޅުމާ ދެކޮޅު ނުހަދާނެކަން ޔަގީންވާތީއެވެ.
ނޫރާ ދަތްދޮޅީގައި އަތް އަޅުވާލައިގެން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ. އޭނާއަށް އަދިވެސް ކަންތައް ކުރެވެން މިއުޅެނީ ރަނގަޅަށްކަމެއް ޔަގީނެއް ނުވެއެވެ.ހިތާއި ސިކުނޑީގައި ހީވަނީ ހަނގުރާމައެއް ފަށައިގެން އުޅޭހެންނެވެ. ދެން އޮތީ މާތް ކަލާނގެ އާއި ވަކީލު ކޮށްލުމަށްފަހު ކުރިއަށް ދިއުމެވެ.
ކަޔާން ލޯގަނޑު ކުރިމަތީގައިހުރެ ގަޔަށް ސެންޓު ބުރުވާލިއެވެ. މިއަދު އޭނާ ބޭނުންވަނީ ވެވުނު އެންމެ ރީއްޗެއް ވެގެން ނޫރާގެ ކުރިމައްޗަށް ދާށެވެ.
ކަޔާން ގޭން ނުކުމެގެން މިސްރާބު ޖެހީ ލޮނު ޒިޔާރަތް ކޮޅާ ދިމާއަށެވެ. އެތަނަން ދިޔައިރު ފުރަގަސް ދީގެން ނޫރާ ހުއްޓެވެ. ކަޔާން ބޭނުންވީ ދާގޮތަށްގޮސް ނޫރާ އޭނާގެ އަތުތެރެއަށް ގެންނާށެވެ. ކަޔާން ނޫރާގެ ގައިގައި ފަހަތުން ގޮސް ބައްދާލީ އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ. ސިއްސައިގެން ގޮސް ނޫރާ ކަޔާންގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. ކަޔާން މާފަށް އެދުނީ ނޫރާ މާ ބޮޑަށް ސިހުނީ ކަމަށް ހީކޮށެވެ.
ކަޔާންއާއި ނޫރާގެ ހަރަކާތްތަކަށް ބަލަން ހުރި މިފްޒާލް ދެލޯ މަރާ ބާރުކޮށްލީ އޭނާގެ އިހުސާސްތައް ކޮންޓުރޯލް ކުރެވޭތޯއެވެ. މިއަދު ނޫރާ ކަންތައް ކުރި ގޮތުން އޭނާ ހުރީ ވަރަށް ހިތް ހަމަނުޖެހިފައެވެ. ކަޔާން އަށް ގަޑި ކިޔާފައި އެތަނަށް އޭނާ ގެންނަންވީ ކީއްކުރަން ހެއްޔެވެ؟ މިފްޒާލް އޭނާ ނޫރާދެކެ ލޯބިވާ ވާހަކަ ބުނިއިރުވެސް ކަޔާންއާ ދެމީހުންގެ ގުޅުމުގެ ވާހަކަ ނުބުނެވެންވީ ކީއްވެގެން ހެއްޔެވެ؟ މިފްޒާލްގެ ހިތުގައި ފުރަތަމަ ފަހަރަށް ނޫރާއާއި މެދު ޝަކުވާ އުފެދުނެވެ.
ކަޔާން ނޫރާ ކައިރީގައި އޭނާގެ ލޯބި ހާމަ ކުރަމުންދިޔައެވެ. “އަހަންނަށް އެނގޭ ނޫރާ އަހަރެންދެކެ ލޯބިވާކަން އަހަރެންގެ ހުށައެޅުމާ ދެކޮޅެއް ނުހަދާނެކަން” ކަޔާންގެ އަޑު އިވިފައި އެމީހުން ކައިރިއަށް އައިސް އައިސް ހުރި މިފްޒާލް ހުއްޓުނެވެ. ކަޔާންގެ ވާހަކައިން އޭނާއަށް ހީވީ ނޫރާވެސް ކަޔާން ބޭނުންވަނީ ކަމަށެވެ. ނޫރާއަށް ނުފެނި އެތަނުން ދާން އުޅެނިކޮން ނޫރާ މިފްޒާލްއަށް ގޮވާލިއެވެ.ކަޔާން އާއި މިފްޒާލްއަށް ނޫރާ އާއި ދިމާ ބަލައިލެވުނީ އެކުއެކީގައެވެ.
ނޫރާގޮސް މިފްޒާލްގެ އަތުގައި ހިފައިގެންގޮސް ހުއްޓުނީ ކަޔާންގެ ކުރިމަތީގައެވެ. “ކަޔާން މިއީ މިފްޒާލް އަހަރެންގެ ވާން އުޅޭ ފިރިމީހާ” ކަޔާންއަށް އޭނާގެ ކަންފަތަށް އިވުނު އަޑާމެދު އިތުބާރެއް ނުކުރެވުނެވެ.ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ހުވަފެންތަކެއް ވިއްސި ވިހާލިވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
މިފްޒާލްހުރީ ނޫރާއާ ދިމާއަށް ބަލަހައްޓައިގެން ހަދަންވީ ގޮތެް ނޭނގިފައެވެ. އޭނާ ހީކުރީ ނޫރާ އޭނައާ ސަމާސަ ކުރަނީ ކަމަށެވެ.ކަޔާން ނޫރާ އަތުގައި ހިފަން އުޅުމުން ނޫރާ ފަހަތަށް ޖެހިލިއެވެ. “ނޫރާ ކީކޭތަ ތިކިޔަނީ ތިއުޅެނީ އަހަރެން ތަޅުވަންވެގެންދޯ އަހަންނަށް އެނގޭ ނޫރާ އަދިވެސް ލޯބިވަނީ އަހަރެންދެކެކަން” ކަޔާން އަދިވެސް ނޫރާ ބުނި އެއްޗެއް ގަބޫލުކުރާކަން ބޭނުމެއް ނޫނެވެ. “އާނ އަހަރެން އަދިވެސް ލޯބިވަނީ ކަޔާންދެކެ.. އަބަދުވެސް ލޯބިވީ ކަޔާންދެކެ އެކަމަކު އޭގެން އަހަންނަށް ލިބުނީ ކޯޗެއް.. ވޭނާ ހިތްދަތިކަން.. އަހަންނަށް ވެވުނީ އަގެއް ނެތް ލޯތްބެއް.. އަހަރެން މިފްޒާލް ދެކެ ލޯތްބެއް ނުވޭ އެކަމަކު އަހަރެންގެ ހިތުގައި މިފްޒާލްއަށްޓަކައި ދެވިފައިވަނީ ވަރަށް މަތިވެރި މަގާމެއް.. މިފްޒާލްއަކީ އަހަރެންގެ ހުރިހާ ހިތާމަޔަކާއި އުފަލެއްގެގައި އަހަންނާ އެކުގައި ވިމީހާ.. އަހަރެން ކަޔާންއަށް އެންމެ ބޭނުންވި ދުވަހު ކަޔާން އަހަރެންގެ ކައިރިއަކު ނެތް… މިހާރު އަހަރެންވެސް ކަޔާންގެ ލޯތްބާނުލާ ކަޔާންއާ ނުލާ އުޅެން ދަސްކޮށްފިން.. މިހާރު އަހަރެން ކަޔާންގެ ލޯބި ބޭނުމެއްނޫން..” ނޫރާ ވާހަކަ ދެއްކި އިރު ކަޔާންއާއި މިފްޒާލްއާ ދެމީހުން ނޫރާއަށް ބަލަހައްޓައިގެން ތިއްބެވެ.
މިފްޒާލް ނޫރާ ކައިރީގައި ބުނީ އޭނާއަށްޓަކައި ނޫރާގެ ލޯތްބާ ވަކިނުވުމަށެވެ. ކަޔާން އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ. ނޫރާ މިފްޒާލް ކައިރީގައި އެދުނީ އަބަދުވެސް އޭނާދެކެ ލޯބިވުމަށެވެ. މިފްޒާލްއާއިއެކު އުފާވެރި ހަޔާތެއް ވޭތުކުރަން ބޭނުންވާ ވާހަކައެވެ. އޭނާވެސް އެދެމީހުންގެ ހަޔާތް ބާއްޖަވެރި ކުރަން މަސައްކަތް ކުރާނަން ކަމުގައެވެ. މިފްޒާލް ނޫރާ ގެނެސް މޭގައި ޖައްސާލިއެވެ. އަތުގެ ނުފުށުން ލޮލުން ފޭދެމުންދިޔަ ކަރުނަ ތިކި ނޫރާ ފޮހެލީ އިތުރަށް ރޯން ބޭނުން ނުވާތީއެވެ.
ނޫރާމެންގޮސް ލޯ ކުރިމަތިން އޮބާލަންދެން ކަޔާން އެތާގައި އެހުރި ގޮތަށް ހުއްޓެވެ. އޭނާއެކޭ ތާކު ބަހައްޓާފައި ހުރި ބުދެކޭ ތަފާތެއް ނެތެވެ. ކަޔާން ދެކަކޫ މައްޗަށް ތިރިވީ ނޫރާ އޭނާގެ އަތުން ބީވެއްޖެކަން އިހުސާސް ވުމުންނެވެ. އޭނާގެ ކުރިމަތީގައި ނޫރާ އެހެން މީހެއްގެ އަތުތެރޭގައި ފެނުމުން އެތެރެހަށި ފިއްސާލައިފިއެވެ. މީހުންނަށް ސަމާލުކަމެއް ނުދީ ކަޔާން ސައިކަލުގައި ގެއާ ދިމާއަށް މިސްރާބުޖެހީ ބާރު ސްޕީޑެއްގައެވެ.
8 Comments
Comments are closed.
https://www.facebook.com/pages/Stories-by-kudaa/427641990732236 plx like my page to be in touch me…:)
varah shali.keep it up
It’s so good….
now this is what i call epic. abadhuves dheragoiy hedhymaves dhaane emyheh kiri ah. and eii eh noon vaan vee gothakee. good one
Nice BT hadha kurey,….
thankyou anonymous athoo and yyyyy
in sha allah next part digu koh liyeveytho balaanan ingey luv luvy
Salhi