ޒާހިރާ ހުންނަނީ ކަޔާން އުޅޭ ގޮތުން ވަރަށް ކަންބޮޑުވެފައެވެ. ކަޔާން ކައިރީގައި އަހާ އަހާވެސް ވެގެން އުޅޭގޮތެއް ނުބުންޏެވެ. ޒާހިރާ އެންމެ ފަހުން ލިޝާންއަށް ގުޅުމަށްފަހު ވާހަކައެއް ދައްކާލަންވެފައި އެބައޮތްކަމަށްބުނެ އެގެއަށް ގެނައެވެ. ޒާހިރާ ލިޝާން ކައިރީ ކަންތައް ވެގެން އުޅޭގޮތް އެހުމުން ޒާހިރާއަކީ ކަޔާންގެ މަންމައަށްވީތީ ހުރިހާ އެއްޗެއް ތެދަށް ކިޔައިދިނެވެ. ޒާހިރާ ބޭނުންވަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އުފަލުގައި ބަހައްޓާށެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނޫރާއާޢި މިފްޒާލްގެ ގުޅުންވެސް ދިޔައީ މަޑުމަޑުން […]
ނޫރާއަށް ސާހިލް އޭނާއަށް ގުޅާ ބޭނުން އެނގުމުން ހައިރާންވިއެވެ. އަދި ހަމަ އެހާ އުފާވިއެވެ. ސާހިލް ބުނީ އޭނާ އަމާނީ ދެކެ ލޯބިވާކަމަށެވެ. ސާހިލް އުޅެނީ އަމާނީގެ ހިތުގައި އޭނާއާ ދޭތެރޭ އޮންނާނެ އެއްޗެއް ނޭނގޭތީ އަމާނީ ކައިރީގައި ބުނަން ނުކެރިގެންނެވެ. އެހެންވެ އޭނާ ބޭނުންވަނީ ނޫރާގެ އެހީތެރިކަމެވެ. ނޫރާ ސާހިލް ކައިރީގައި ބުނީ އަމާނީ ކައިރީގައި ސާހިލްގެ ހިތުގައިވާ އެއްޗެއް ބުނުމަށެވެ. އަމާނީ ސާހިލްދެކެ ލޯބިވާ ވާހަކައެއް ނޫރާ ނުބުނެއެވެ. އަމާނީ ކައިރީގައިވެސް ސާހިލްއާ ދެމީހުން […]
ދޮރުން ވަދެގެން އައި ނޫރާވެސް މަޑުޖެހުނީ ކުރިމަތީގައި ހުރި ކަޔާން ފެނިފައެވެ. އޭނާ ވަޒީފާގެ ފުރަތަމަ ޕްރޮޖެކްޓުގެ މަސައްކަތް ކަޔާންއާއެކު ކުރަންޖެހިދާނެ ކަމަކަށް ހިތަކަށްވެސް ނާރައެވެ. ނޫރާ ހަމަޖެހިލަމުންގޮސް ކަޔާން ކައިރީހުރި ގޮނޑީގައި އިށީނެވެ. ރައޫފު ނޫރާއާއި ކަޔާން އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ. ކެބިންތެރޭ އޭސީގެ ފިނި ކިތައްމެ ގަދަވިޔަސް ނޫރާގެ ނިއްކުރިމަތީގައި ދާތިކިތައް ވިދަން ފެށިއެވެ. ރައޫފް ދައްކާ އެއްވެސް ވާހަކައަކަށް ނޫރާއަކަށް ސަމާލުކަމެއް ނުދެވެއެވެ. އޮފީސް ނިންމާފައި ގެއަށް ދެވުނު ގޮތަށް […]
ނޫރާ ތައްޔާރު ވަމުން ދިޔައީ އޭނާގެ ތިމާގެ ކުއްޖެއްކަމުގައިވާ އަޒްލިފާގެ ކައިވެނި ޕާޓީއަށް ދިއުމަށެވެ.”ދަރިފުޅާ ނޫރާ” ވަފިއްޔާ ނޫރާއަށް ގޮވާލުމަށްފަހު ދޮރުގައި ޓަކި ޖަހާލިއެވެ. ނޫރާ ގޮސް ދޮރު ހުޅުވީ ވަފިއްޔާ ދެތިން ފަހަރަކަށް ގޮވާލިފަހުންނެވެ.”ދަރިފުޅާ އަދިވެސް ނުނިމޭތަ މަންމަމެން މިތިބީ ތައްޔާރުވެގެން އަވަސްކޮށްލައިގެން އާދޭ” ވަފިއްޔާ ނޫރާ ކައިރީ އަވަސް ކޮށްލުމަށް ބުނުމަށްފަހު ދިޔައެވެ. ނޫރާމެންނަށް ދެވުނު އިރު ގިނަ އަދަދެއްގެ މީހުން ޕާޓީއަށްގޮސް ތިއްބެވެ. ދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ތަނުގައި އަޒުލިފާއާއި އޭނާގެ ފިރިމީހާ […]
ލިޝާން ކަޔާންއަށް ބަލައިލީ ހައިރާންވެގެންނެވެ. “ނޫރާ ފެނުނަސް ކެންއަށް ކީއް. އެއީ ކެން ވިސްނަންޖެހޭ ކަމެއް ނޫނެއްނު”.. “މަށެއްވެސް ނޫޅެމޭ ނޫރާއާމެދު ވިސްނާކަށް.. މަމިބުނީ މަށަށް މިއަދު އޭނަ ފެނުނު ވާހަކަ އެހާ ގިނަ ދުވަސްވެފަ ފެނުނީމަ މި ބުނީވެސް މިހާރު އޭނަގެ ހަބަރެއް ނުވާތާ މިވަނީ ހައަހަރު މިހާރު އޭނަހުރީ ވަރަށް ބަދަލުވެސް ވެފަ..” ކަޔާން ލިޝާނަށް އޮޅުން ފިލުވައިދިނެވެ. “ހޫން ދެން އެންމެ ރަނގަޅޭ ހިނގާ ކޮފީއަކަށް ދާން” ލިޝާން ކަޔާން ގޮވައިގެން ދިޔައީ […]
ކަންފަތާއި ފޯނު ދުރުކޮންލަން ނޭނގިފައި ނޫރާއަށް ހުރެވުނެވެ. ހަރަކާތެއް ކުރަން ނޭނގިފައި އެތައް އިރަކު ނޫރާ އެހުރި ގޮތަށް ހުއްޓެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމުން ނޫރާ އަނެއްކާވެސް ކަޔާންއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކަޔާން ނޫރާ ގުޅާ ކޮންމެ ފަހަރަކުވެސް ފޯނު ބިޒީ ކޮށްލަނީއެވެ. ނޫރާ ކަޔާން އަށް އެތަކެއް މެސެޖެއް ފޮނުވިއެވެ. އޭނާއަށް އެހެން ނުހެދުމަށް އާދޭސް ކޮށްފައެވެ. ކަޔާންދެކެ އިންތިހާއަށް ލޯބިވާކަމަށް ބުނެފައެވެ. ކަޔާންގެ ހިތަށް ނޫރާ ކުރި އެއްވެސް […]
ކަޔާން އޮފީސް ނިންމާލާފައި ގެއަށްދާން ނުކުތް އިރު ހަތަރުގަޑި ބައިވާން ކައިރިިވެއްޖެއެވެ، ބާރު ހިނގުމުުގައި ޕާކު ކޮށްފައިހުރި ސައިކަލާ ދިމާއަށް ދިޔަ ކަޔާން ހުއްޓުނީ ކުޑަ އަންހެން ކުއްޖެއް އަތުގައި ހިފައިގެން ހިނގާފައި އަންނަ ޒުވާން އަންހެން ކުއްޖާ ފެނިފައެވެ. އެއީ އޭނާއަށް އާ މޫނެއް ނޫނެވެ. އެއަންހެން ކުއްޖާ އޭނާގެ ކުރިމަތިން ގެއްލެންދެން ކަޔާން ބަލަހައްޓައިގެން ހުއްޓެވެ. ގެއަށްގޮސް ފެންވަރާލައިގެން ނުކުމެ ކަޔާން ޖައްސާލީ ނިދާލުމަށެވެ. އެހެންނަމަވެސް ނިދޭގޮތެއް ނުުވިއެވެ. ސިކުނޑި ބަރުވެފައިވަނީ އެހެން ހިޔާލު […]
ކަޅުސާލެއް ލެވިފައިވާ އުޑުމަތީ ފިޔަޖަހަމުންދާ ތަރިތަކުގެ ރީތިކަންމުޅިފަޒާގައި ވެއެވެ. ދުރުން އިވެމުންދިޔަ މިއުޒިކުގެ އަޑާއެކު ހަޅޭކުގެ އަޑު މުޅިފަޒާގައި ގުގުމަ ގުގުމާ ހުއްޓެވެ. ވަށައިގެން ވާ މީހުން ފޯރިއާއެކު ޝޯބެލުމުގައި އަވަދި ނެތި އުޅެމުން ދެއެވެ. ރެއަކީ އާއަހަރުގެ ފުރަތަމަ ރެއެވެ. އަހަރެން ވެސް އަހަރެންގެ ރައްޓެހި ތިން ކުދިން ނާއެކު ޝޯބަލަން ގޮސްހުރީމެވެ. އަހަރެމެން ވެސް މަޖާކޮއް ސަކަރާތް ޖެހުމުގައި ތިއްބާ ކުއްލިއަކައް ފަހަތުން މީހަކު އައިސް އަހަރެންގެ އަތުގައި ހިފައި ފަހަތައް ދާމާލިއެވެ. އެއީ […]
ކަޅުސާލެއް ލެވިފައިވާ އުޑުމަތީ ފިޔަޖަހަމުންދާ ތަރިތަކުގެ ރީތިކަންމުޅިފަޒާގައި ވެއެވެ. ދުރުން އިވެމުންދިޔަ މިއުޒިކުގެ އަޑާއެކު ހަޅޭކުގެ އަޑު މުޅިފަޒާގައި ގުގުމަ ގުގުމާ ހުއްޓެވެ. ވަށައިގެން ވާ މީހުން ފޯރިއާއެކު ޝޯބެލުމުގައި އަވަދި ނެތި އުޅެމުން ދެއެވެ. ރެއަކީ އާއަހަރުގެ ފުރަތަމަ ރެއެވެ. އަހަރެން ވެސް އަހަރެންގެ ރައްޓެހި ތިން ކުދިން ނާއެކު ޝޯބަލަން ގޮސްހުރީމެވެ. އަހަރެމެން ވެސަް މަޖާކޮއް ސަކަރާތް ޖެހުމުގައި ތިއްބާ ކުއްލިއަކައް ފަހަތުން މީހަކު އައިސް އަހަރެންގެ އަތުގައި ހިފައި ފަހަތައް ދާމާލިއެވެ. […]