ފިޔަޖަހަމުންދާ ތަރިތަކުގެ ރީތިކަންމުޅިފަޒާގައި ވެއެވެ. ދުރުން އިވެމުންދިޔަ މިއުޒިކުގެ އަޑާއެކު ހަޅޭކުގެ އަޑު މުޅިފަޒާގައި ގުގުމަ ގުގުމާ ހުއްޓެވެ. ވަށައިގެން ވާ މީހުން ފޯރިއާއެކު ޝޯބެލުމުގައި އަވަދި ނެތި އުޅެމުން ދެއެވެ. ރެއަކީ އާއަހަރުގެ ފުރަތަމަ ރެއެވެ. އަހަރެން ވެސް އަހަރެންގެ ރައްޓެހި ތިން ކުދިން ނާއެކު ޝޯބަލަން ގޮސްހުރީމެވެ. އަހަރެމެން ވެސަް މަޖާކޮއް ސަކަރާތް ޖެހުމުގައި ތިއްބާ ކުއްލިއަކައް ފަހަތުން މީހަކު އައިސް އަހަރެންގެ އަތުގައި ހިފައި ފަހަތައް ދާމާލިއެވެ. އެއީ އަހަރެންގެ މަންމައެވެ. “ކިތައް […]
ފެންކަޅިވެފައިވާ އަހަރެންގެ ދެލޮލުން އެދިމާލަށް ބަލަނީ އަހަރެން އެދިމާލަށް ނުބަލަން ވަރަށްވެސް މަސައްކަތް ކުރާ ޙާލުގައެވެ. އެކަކު އަނެކަކަށް ހީ ސަމާސާކޮށް ހަދަމުން ދިޔަ އިރު ކިޔާ އެއްޗެއްވެސް ނޭނގޭ ހިސާބު ފަހަތުގައި ހުރެ އަހަރެންގެ ހިތް ގިސްލަ ގިސްލާފައި ރޮނީއެވެ. އެމީހުންގެ ހަރަކާތްތަށް ނުބަލަން އަހަރެން އެހެންމަގަކަށް އަނބުރާލީމެވެ. އެކަމު އަހަރެންގެ ޙާލުވީ ދެރައެވެ. ލޮލުގައި ހިފެހެއްޓިފައިވާ ކަރުނަތަށް ހޯސްލާފައި ފައިބައިގަނެއްޖެއެވެ. ގިސްލެވެން ފަށައިފިއެވެ. ކައިރިން ހިގާފައިދާ މީހުންގެ ބެލުންތައްވެސް އަހަންނަށް އަމާޒުވާން ފަށައިފިއެވެ. ބާރުހިގުމެއްގައިގޮސް […]
އާނއެކެވެ. ކޮޓަރި ފަންކާގައި ދަންޖެހިފައި އެހުރީ އިމްޝާއެވެ. އިމްޝާ ހުރީ މަރުވެފައެވެ. “ޝާއިން” އަހަންނަށް ބުނެވުނެވެ. “އިމްޝާ ތިރިކުރޭ..” އަހަންނަށް ރޮވުނެވެ. ޝާއިން ގޮސް އިމްޝާގެ ކަރުގައި އައްސައިފައި ހުރި ބެޑްޝީޓް މޮހަންފެށިއެވެ. “މަގޭ ދަރިފުޅު..” އައިނައި ދިމާލެއް ނޭނގި އިމްޝާގެ މަންމަވެސް ރޮވެ ގަތްއަޑު އިވުނެވެ. “ގޮތްކުޑަ ޖާހިލު..”އިމްޝާގެ މަންމަ ގޮސް ޝާއިން ކޮއްޕާލިއެވެ. “މިހިރަ ސުންޕާ އާއި އިނދެގެން މަގޭ ދަރިފުޅު ހިތްދަތި ކުރެވުނު ވަރު ކުޑައީތަ.. އެންމެ ފަހުން އެދަރިފުޅު މަރާތިލީ..” އިމްޝާގެ […]
“ރެން ޕްލީޒް އަމިއްލަ ނަފްސަށް ތިހާ އަނިޔާވެރި ނުވެދާނަންތަ، ސަމްޑޭ އެވްރީތިންގ ވިލް ބީ އޯލްރައިޓް، މިގޮތަށް މިކަންވާނެކަން އެނގިހުރެއެންނު މިކަންކުރަން ނިންމީވެސް، ރެންތިއީ އާންޓްގެ ދަރިއަކަށް ނުވުން އެއީ ރެންގެ މައްސަލައެއް ނޫނެއްނު، އަދި ރެންގެ ބައްޕަ ކުށެއްނޫނެއްނު ކުރީ ރެންގެ މަންމައާއި ކައިވެނިކޮށްގެން ރެން ލިބުމަކީ، އާންޓް އަށް ހާރޓް ވާނެވަރުވިސްނާފަނުން މާމަވެސް އެގޮތަށް ނިންމީ، އިޓްއިޒް ޖަސް ޑެސްޓިނީ، ޕްލީޒް ސްޓޮޕް އިޓް” ޔާނާ ރާއިންގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ވާހަކަދެއްކިއެވެ. އެމީހުންނަށް […]
އަހަންނަށް ކަލާ ފެންނަނީ ފިނިފެންމާ ބަގީޗާއެއްގައި އެބަގީޗާގައިވާ ހިތްގައިމު މާތަކާ ކުޅެން ހުއްޓައެވެ. ތިޔައީ އަހަރެންގެ ހިތް އަބަދުމެ އެދޭ އާޝިޤާއެވެ. ކަލާ ފެނުމުން އަހަރެންގެ ހިތުގެ ހިގުން އަވަސްވެ އެވެ. އެކަމަކު މިއަދު ތިޔަ ލޯބި ޙާސިލްވުމަށް އެދި ކަލާޔަށް ލޯބި ހުށަހަޅަމެވެ. ތިޔަ ކުރަނގި ދެލޮލާ ފިނިފެންމަލުގެ ފިޔައެއްފަދަ ކޯތާފަތާ ފުން އަސަރުތައް އެކުލެވޭ ވަނާތަށް ދުރުން ބަލާލަބަލާލާ ހުންނާކަށް ދެނެއް ބޭނުމެއް ނުވިއެވެ. ހިތުގެ ތެޅުމާއި އެއްވަރު އަވަސް ހިގުމެއްގައިއަހަރެން ނައްޓާލަމެވެ. އެކަމަކު […]
އަހަންނަށް މަޖުނޫނު ދެކެ ހަޤީޤީ ލޯބި ވެވިއްޖެ ކަމުގެ އިޙްސާސާއި އެކު “އެނދުހުރަސް ބަލީ”ގެ ޝިކާރައަކަށް އަހަރެންވެ ނިމިއްޖެއެވެ. މަޖުނޫނު ފެނޭތޯ އެގެކައިރިން ޖެހި ބުުރުތަކުން އެއްވެސް ދުމެއް ނޭރިއެވެ. އެހެންނަމަވެސް އަހަންނަކީވެސް އެހާ ބަނދު ނަސީބު މީހެއްނޫނެވެ. ރަށުން ބޮޑުބެ މާލެއަށް އައި އިރު މަޖުނޫނު މެންގެއަށް މަޖުނޫނު ދައްތަ ފޮނުވި ހަދިޔާކޮތަޅެއް އޮތެވެ.އެކޮތަޅު އެގެއަށް ގެންގޮސްދޭން ބޭބެގޭގައި އުޅޭ ކުއްޖެއްގެ ކައިރީ ބުނުމުން ދައްތަ އޭގެ ފައިދާ ނަގާ އަހަންނަޔާ ދައްތަޔާ ދެމީހުން އެގެއަށް […]
ިޔާދާއި ހަތަރުކަޅި ހަމަކުރާކަށް އަހަރެންގެ ހިތް ހަމަ އެއްގޮތަކަށްވެސް އެއްބަސް ވާގޮތެއް ނުވިއެވެ. އަމިއްލަ ޒަމީރު އެކަމާއި އިންކާރުކޮށް ދެކޮޅުހަދަނީއެވެ. ބޭވަފާތެރިވެފައިވާ މީހެއްގެ ކައިރިއަށް އަމިއްލައަށް އެދިގެން ބައްދަލުކުރުމަށް ދާން އުޅުމުން މުޅިދުނިޔެވެސް އެކަމާއި މަލާމާތްކޮށް ހޭހެން ހީވެއެވެ. ކޮންމެ ގޮތެއްވިއަސް އަހަރެންގެ ހިތުގައިވާ އެއްޗެއް އެގޭނީ އަހަންނަށެވެ. އަހަރެން ބުނަން އުޅޭ ވާހަކައެއްވެސް އެގޭނީ ހުދު އަހަންނަށެވެ. ދުނިޔެއަށް ރޭކާވެސް ލާނީ އަހަރެން ބުނީމަތާއެވެ. ދިޔަވަރު ފޫދެންފަށާގަޑީގައި ދޯނިފަހަރުގެ ބޯސަލަށް ވާންވާފަދައިން ހިތްކޮޅުކޮޅަށް ލެނބެންފަށައިފިއެވެ. ސޯފާގައި […]
“ނަޝާ ދެން ނުރޮއޭ… އަހަރެން މިއައީ ނަޝާ ބަލާ..” އީތަން އަހަރެންގެ މޫނަށް ބޮސްދެމުން ބުންޏެވެ. ސިއްސައިގެން ގޮސް އަހަންނަށް ހޭލެވުނެވެ. ފެނުނީ ހުވަފެނެއްކަން އެގުމުން އަނެއްކާވެސް އަހަންނަށް ރޮވުނެވެ. “އީތަން ކީއްވެތަ.. ކީއްވެތަ.. އީތަން އަހަރެން ގެންދިޔަ ނަމަ…. އެންމެ ފަހަރަކުވެސް ލޯބިވެޔޭ ބުނި ނަމަ… އެންމެ ފަހަރަކުވެސް މަޖުބޫރުވެގެންނޭ ބުނި ނަމަ… އަހަރެން މަޑުކުރީމުސް.. އަހަންނަށް ހާދަ ހާރޓް ވޭ.. އަދިވެސް މިހިތުން ލޯބި ފިލާނުދޭ..” އަހަރެން ހިތާހިތުން ޝަކުވާ ކުރަމުން ދިޔައީމެވެ. މާދަމާއަކީ […]
ލޯތްބަކީ ނިކަން ބާރުގަދަ ހަތިޔާރެކެވެ. ނިކަން ނުރައްކާތެރިވެސް ހަތިޔާރެކެވެ. އަދި އެހާމެ ފޮނި މޭވާއެކެވެ. މިއީ އެންމެންވެސް ދަންނަކަމެކެވެ. އެކަމަކު ލޯބި އަތަށް އެރުމުން ދެންވާ ހުރިހާކަމެއްވެސް ވަނީ ބޭއިޚްތިޔާރުގައެވެ. ލޯތްބަށް އެނަން ނިސްބަތްކރެވެނީ އެ ލޯބި ހޯދުމަށް ކުރާ މަސައްކަތުގައެވެ. އެލޯބި ޙާސިލްވުމުން ހަޤީޤަތުގައި ތިމާގެ ނަފްސުގެ މައްޗަށް އެލޯބި ބާރު ފޯރުވަނީ ތިމާއަށްވެސް މިވަނީ ކީއްކަން ނޭގިއެވެ. މިކިޔެނީ އެންމެން ދަންނަވާހަކަތަކުގެ ވާހަކަތަކެވެ. ނިކަން އަސްލު ވާހަކަޔަށް ޖެހިލަމާ ތޯއެވެ. ދޭހަކުރާނީވެސް މި ހިޔާލީ […]