Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 19

darkangel Level 210 Stories
March 29, 2015 5 Mins Read
24 Comments

ރާއިންއާއި އެހާ ކައިރީގައި އިންނަން ޖެހުމުން އެހިތުގެ ތެޅުންވަނީ ކުރިއަށްވުރެވެސް ބާރުވެފައެވެ. އޭނަ ކާރެއްގައި ދިއުމަށް ރާއިން ގަބޫލުނުވީ އޭނަ ދެރަކުރަން ކަމުގައި ބާއޭ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ހަގީގަތަކީ ކޮބައިކަން އޭނަ ހަނދާން ނައްތައެއްނުލާނެއެވެ. މަޑުދުވެއްޔެއްގައި ޒާޔާގެ ކޮލެޖާއި ހަމައަށް ގޮސް ސައިކަލު މަޑުކޮށްލިއެވެ. ޝުކުރުއަދާކުރަން ބޭނުންވިނަމަވެސް ޒާޔާއަކަށް އެއްޗެކޭ ނުބުނެވުނެވެ. ރާއިންވެސް އެއްޗެކޭ ނުބުނެ ޒާޔާފޭބުމުން ސައިކަލު ދުއްވާލިއެވެ.

ދޮރުމަތީގައި ތިބި ޒާޔާގެ ދެތިން ކްލާސްކުއްޖަކާއި އެކު ޒާޔާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭނައަށް ނޭނގުނީ ރާއިން ތަންކޮޅެއްދުރުގައި އޭނައާއި ދިމާ ބަލަހައްޓައިގެން އިންކަމެވެ. ޒާޔާމެން އެތެރެއަށް ވަތްވަފަހުންވެސް ރާއިން ކުޑައިރުކޮޅަކު އެތާގައި މަޑުކޮށްލައިގެން އިނެވެ. އެއަށްފަހު އޮފީހަށްދިއުމަށް މިސްރާބު ޖެހިއެވެ.

ކުލާހަށް ވަނުމަށްފަހުވެސް ޒާޔާއަށް ސިފަވަމުންދިޔައީ ރާއިންއާއިއެއްކޮން ސައިކަލުގައި ހޭދަވި ވަގުތުކޮޅެވެ. އެކި އެކި ހިޔާލުތަކުން އެހިތް ވީފުރިފައެވެ. ރާއިންގެ ކުރިމައްޗަށް އަރާފައި އޭނަ ފިނޑިވާކަށް ބޭނުމެއްނޫނެވެ. ދެން ހަމަގައިމުވެސް އެހެންވިޔަކަ ނުދޭނެއެވެ. އޭނައަކީ އެހާފިނޑި މީހެއްނޫނެވެ.

އެދުވހުގެ ކުލާސްތައް ނިމުނީ 1 ޖެހިއިރުގައެވެ. ގެއަށްދާންވެގެން ކޮލެޖުން ނިކުތް އިރުގައި ކޮލެޖުދޮރުމަތީ ސައިކަލުގައި ރާއިން މަޑުކޮށްލައިގެން އިންތަންފެނިފައި ޒާޔާއަށް ހައިރާން ކަމެއް ލިބުނެވެ. އެތާގައި އޭނަ އެއިންނަނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ނަމަވެސް ރާއިން ފެނުނުކަމަށްވެސް ނުހަދާ ޒާޔާ ގެއަށްދާން ހިނގައިގަތެވެ. ރާއިންއަށް ޒާޔާފެނުމުން އޭނަގެ ކައިރިއަށް ސައިކަލު ދުއްވާލިއެވެ.

“އަހަރެން މިއައީ ޒާޔާ ބަލާ” ޒާޔާއާއި އަރާ ހަމަވުމުން ރާއިން ބުނެލިއެވެ. ޒާޔާ މަޑުނުކުރުމުން އޭނައަށް ޖެހުނީ މަޑުމަޑުން ސައިކަލު ދުއްވަމުން ދާށެވެ.

“އަހަންނެއް ނުބުނަން ބަލާއަންނާށެކޭ” ހިނގުން މަޑުކުރުމެއްނެތި ޒާޔާ ބުނެލިއެވެ.

“އެކަމަކުވެސް މިހުރީ އައިހެންނު، އަހަރެން ހިތްހަމައެއްނުޖެހޭ ތިހެން އެކަނި ހިނގާފައިދާކަށެއް، އަރާ ސައިކަލަށް” ރާއިންއަށް އެހެން ބުނެވުނީ ހިތްހަމަނުޖެހިފައި ހުރެއެވެ.

“ވަޓް ޑޫޔޫ ތިން އައިއޭމް، ޓޯއީއެއް ނޫނޭ އަހަރެން މިއީ، ރާއިން އަހަރެން ދޫކޮށްފަދިޔައިރުވެސް އެނގޭނެ އަހަންނަށް ކެއަރ ކުރާނެ އެހެން މީހެއްނުހުންނާނެކަން، ބަޓް ޔޫލެފްޓް، މިހާރު އަހަރެން ރާއިންއާއި ނުލާ އުޅެން ދަސްކުރީމަ ވައިއާރޔޫ ކަމިންބެކް، ޖަސް އިގްނޯރ މީ ލައިކް ޔޫހޭވް އިގްނޯރްޑ މީ ފޯ ފައިވް އިޔާސްޒް، އަހަންނަށް އެނގޭ އެކަކުވެސް ނުބުނާނެކަން އަހަރެން ބަލާ އަންނާށެކޭ، ރާއިންގެ މަންމައަށްވެސް އެނގޭނެ އަހަރެން ކޮލެޖުނިންމާފަ ދަނީ ހިނގާފައިކަން، ބަލާއަންނަން ބޭނުންވަންޏާ އަހަރެން ގުޅާފަ ބުނޭކަން، އެންޑ އަހަރެން ބޭނުމެއް ނުވޭ ކޮންމެހެން ތިހާވަރަށް މީހުންނަށް ޑިޕެންޑް ވެގެން އުޅޭކަށް، އޯލްރެޑީ އައިއޭމް، ސޯޖަސް ގޯ އޯކޭއި” ރާއިން ބުނިއެއްޗަކުން ހުއްޓިފައި ރާއިންއާއި ދިމާބަލަންހުރެގެން ޒާޔާބުނެލިއެވެ. އަދި އިތުރަށް މަޑުކުރުމެއްނެތި ހިނގައިގަތެވެ.

ޒާޔާ ބުނިއެއްވެސް އެއްޗަކުން ރާއިން ރުޅިއެއްނާދެއެވެ. ނަމަވެސް ބަދަލުގައި ވީދެރައެވެ. ޒާޔާއެބުނީ ތެދެކެވެ. އޭނައާއި ނުލާ އުޅެން ޒާޔާއަށް މަޖުބޫރުކުރިމީހަކީ އެއީއެވެ. ދެންމިހާރު އަނެއްކާއައިސްގެން އުނދަގޫކުރުމުގެ ބޭނުމެއްނެތެ. ޒާޔާ އާދޭތެރޭ ވިސްނުމުގެ ހައްގެއް މިހާރަކު އޭނައަކަށްނެތެވެ. ދާނެ ވަކިމަންޒިލެއްނެތިފައިވާ މީހެއްފަދަ އިހުސާސެއް އޭނައަށް ކުރެވުނެވެ. ސައިކަލު ދުއްވާލީ އޮފީހަށް ދިއުމަށެވެ. ގެއަށްގޮސްގެން މިވަގުތު ޒާޔާގެ ސޫރަ ދެކޭކަށް އޭނަބޭނުމެއްނޫނެވެ.

ކޮޓަރިއަށް ވަތްގޮތަށް ޒާޔާ އެނދުގައި އޮށޯވެލިއެވެ. ރާއިންއާއި ދިމާއަށް ބުނެވުނު ލަފްޒުތައް ހަނދާން ވިއެވެ. އެހެންބުނެވުނީ ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ. އެއީ އަދި އޭނަގެ ހިތުގައިވާ ޝަކުވާތަކުގެ ތެރެއިން ކުޑަމިންވަރެކެވެ. ރާއިންއެހެން އެހަދަނީ އޭނަ ރުޅިއަރުވަން ހެއްޔެވެ. ނޫނީ އެހަނދާންތައް އިރުއިރުކޮޅުން ހަނދާންކޮށްދެން ހެއްޔެވެ. ނަމަވެސް އެހެންވިޔަސް ދެން ރާއިންގެ ކުރިމަތީގައި އޭނަ ފިނޑިއެއްނުވާނެއެވެ. މިހާރު ރާއިންއަށްވެސް އެކަން އެނގޭނެއެވެ. ރާއިން ކޮންމެހެން އެހަނދާންތައް އާނުކޮށްދިނަސް އޭނަ އެހިތުން އެހަނދާންތަކެއް ކުޑަތަންފުކެއްވެސް ނުނެތެއެވެ. އެކޮޓަރީގެ ކޮންމެ ދިމާއަކަށް ބަލާލިކަމުގައި ވިނަމަވެސް ރާއިންގެ ހަނދާންތައް އޭނައަށް އާވެއެވެ. ރާއިންއާއި އޭނަގެ ލޯބީގެ ހުރިހާ ހަނދާނެއްވަނީ އެކޮޓަރީގައެވެ. އެކަން ރާއިންއަށްވެސް ރަނގަޅަށް އެނގޭނެ ނޫންހެއްޔެވެ. ލޯމަރާ ބާރުކޮށްލީ އިތުރަށް އެކަމާއި ނުވިސްނަންވެގެނެވެ.

ޔާނާގެ ބައްޕަ ހުސްނީ އެގެއަށް އައީ އެދުވަހު ހަވީރުއެވެ. ޔާނާއެއީ ހުސްނީގެ ދަރިއެއްކަން އެނގުމުން ޔާސިރުއަށް އުފާވެރި ހަބަރަކަށްވިއެވެ. އޭނައާއި ހުސްނީއަކީ ވިޔަފާރީގެ އެކިގޮތްގޮތުން ވޭތުވެދިޔަ ދެތިންއަހަރެއްގައި އެކުވެރިވެފައިވާ ދެރަހުމަތްތެރިންނެވެ. އަންގާވެސް ނުލާ އޭނަގެ ބައްޕަ އެގެއަށް އައުމުން އޭނަ ހުރީ ހާސްވެފައެވެ. އޭނަ ހީކުރީ އެއާރޕޯރޓްއަށް ދާގަޑިކައިރިވުމުން އޭނަބަލާ ބައްޕަ އަންނާނީކަމުގައެވެ. ކުރިން ބައްޕަގާތުގައި ގޭގެ އެޑްރެހާއި ހުރިހާއެއްޗެއް ބުނެވުނުކަމުގެ މޮޔަމިހާރު ހީވެއްޖެއެވެ. ރާއިންގެ ބައްޕައާއި އޭނަގެ ބައްޕަ ރަހުމަތްތެރިވީ އަނެއްކާ އިތުރު މައްސަލައެއް ކުރިމަތިވާންބާއެވެ.

“ދެން މިހާރު ޔާނާވެސް އެއީ މިގޭކުއްޖެއްނު” ސިޓިންގް ރޫމުގައި ވާހަކަދައްކަން ތިބެފައި ވާހަކައިގެ ތެރެއިން ޔާސިރުބުނެލިއެވެ. ޔާނާއަށާއި ރާއިންއަށް ތިބީ އެއްޗެކޭ ބުނަން ނުކެރިފައެވެ. ޔާނާއާއި ރާއިންގެ ގުޅުން ނޭގޭކަމަށް ހުސްނީ ބުނިނަމަވެސް އެގުޅުމަކީ އޭނަވެސް ނުހަނު ގަބޫލުކަމެއްކަން އޭނަބުނެލިއެވެ. އަދި އެކުދިން ބޭނުންދުވަހަކުން ކައިވެނި ކުރަންވީކަމުގައި ބުނެލިއެވެ. ރާއިންއާއި ޔާނާތިބީ ހާސްވެފައެވެ. ޔާނާއަށް ރާއިންއާއި ދިމާއަށް ބަލައިލެވުނެވެ. ރާއިންވެސް ހުންނާނީ މިހާރު އެވިސްނުމުގައިކަން އޭނައަށް އެނގެއެވެ.

“އެވްރީތިންގް ވިލްބީ ފައިން” ރާއިންގެ މެސެޖެއް ލިބުނީ އެވިސްނުމުގައި ހުއްޓައެވެ. “އައި ހޯޕް ސޯ” ލިޔެލާފައި ޔާނާވެސް މެސެޖުކޮށްލިއެވެ.

“ރެންބެގެ ފާދާރ އިންލޯ އައިސް އެބައިން” ޒާޔާގެ ކޮޓަރިއަށް ވަތްގޮތަށް ނޫރާ ބުނެލިއެވެ. އޭރު ޒާޔާއިނީ ނޯޓްތަކެއްނަގާށެވެ.

“އެހެންތަ، ދެން ނޫރާވެސް ވީނުން ބީއެފް އެއްނަގަން، އޭރުން ޔޫގެވެސް މަދަރ އިންލޯ ގެނެވޭނެނެއްނު” ނޫރާ ބުނިއެއްޗަކަށް މާބޮޑަށް ވިސްނުމެއްނެތި ޒާޔާބުނެލިއެވެ.

“ހޫމް ދެންހެވޭ، އެކަމް ބުނަންތަ، އަހަރެންނަށް ހީވަނީ އެމީހުންގެ ވެޑިން އަވަސްކުރަނީހެން” ޒާޔާގެ ހިތުގެ ހާލުއެނގުމެއްނެތި ނޫރާ އެކިއެކިވާހަކަތައް ދައްކަމުންދިޔައެވެ. ނަމަވެސް ބޭރުފުށުން އެއްވެސް ކަމެއް ނުދައްކާ ކުރަމުންދިޔަ މަސައްކަތާއިގެން މަސްއޫލުވެގެން އިނެވެ.

“ޒާދެން އަހަންނާ ވާހަކަދައްކަބަލަ، އަބަދުވެސް ކޮންމެވެސް ފޮތެއްހިފައިގެން، ތިހާބޮޑަށް ދެން ސްޓަޑީކުރާކަށް ނުވާނެއޭ، ހިނގާބަލަ ކޮންމެވެސް ކަމެއްކުރަން، ޔާނާވެސް މާދަމާ ދާނެ، އޭގެ އަނެއްދުވަހު އަހަރެންވެސް މިއުޅެވީ ދާން” ނޫރާއެންމެފަހުން ޒާޔާގެ ފޮތް އަތުލަމުން ބުނެލިއެވެ.

“ސްޓަޑީއެއް ނުކުރަމޭ، މިނޯޓްސްތައް ނަގަނީ، ކަމެއްކުރެވޭނީ ދެންވެސް މިމަސައްކަތް އަވަހަށް ކޮށް ނިންމާލެވުނީމަދޯ” ނޫރާގެ އަތުން ފޮތް އަތުލަމުން ޒާޔާބުނެލިއެވެ.

“އަހަރެން އަދި މިހުރީސައިވެސް ނުބޮއި ޒާއާއެކު ސައިބޯންވެގެން، އަވަސްކޮށްގެން އާދޭ، އެމް އިންމައިރޫމް” ނޫރާ އެކޮޓަރިން ނިކުންނަމުން އެންމެފަހުން ބުނެލިއެވެ. ޒާޔާ އެންމެރަނގަޅޭ ބުނެލިއެވެ. ނޫރާ ނިކުތުމާއި އެކު ޒާޔާ މޭޒުގައި ބޯއަޅައިގެން އޮށުއޮވެލިއެވެ. ނުރޯން މަސައްކަތް ކުރިނަމަވެސް އޭނައަށް ރޮވުނީއެވެ. ނަމަވެސް އިރުކޮޅަކުން ތެދުވެ ލޯފޮހެލަމުން ބުރުގާ އަޅާލައިގެން ނޫރާކައިރިއަށް ދާން ހިނގައިގަތެވެ. އެއްވެސް ވަރަކަށް ރޯކަށެއް އޭނައެއްބޭނުމެއްނޫނެވެ. އެގޮތަށް ކަންތައް ކުރީވެސް އެހެންވެގެވެ.

     ޖެހިގެން އައިދުވަހު ޔާނާ ފުރައިގެން ހިނގައްޖެއެވެ. އޭގެ އަނެއްދުވަހު ނޫރާވެސް ފުރަން ހަމަޖެހުނެވެ.

     “އައިވިލް މިސްޔޫ، ދެންނޭނގެ އާދެވޭނެ ދުވަހެއްވެސް، ކާރަށް އަރަމުން ޒާޔާގެގައިގައި ބައްދާލަމުން ނޫރާ ބުނެލިއެވެ. ޒާޔާވެސް ވަރަށް ހަނދާންވާނެކަމުގައި ބުނެލިއެވެ. ނޫރާއަކީ ރަނގަޅުއެކުވެރިއެކެވެ. އެކުވެރިޔާ ދުރަށް ދާތީ އޭނަހުރީ ކިތަންމެހައިވެސް ދެރަވެފައެވެ.

ނޫރާދިއުމުން ޒާޔާއަށް އިތުރަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށިއެވެ. އަބަދު ކައިރީގައި އަނގަތަޅާނެ މީހަކު ނެތުމުން އެހެން ކަންތައްތަކާ ދޭތެރޭ ގިނައިން ވިސްނެންފެށިއެވެ. ރާއިންވެސް މަދުފަހަރެއްގައި ނޫނީ މިހާރު އޭނައަށް ނުފެނެއެވެ. ޔާނާދިއުމުން ގޭގައި ގިނަވަގުތު ނޫޅެނީއޭ އޭނަ ހިތަށް އަރަމުންދިޔައެވެ. ނަމަވެސް އެއްގޮތަކުން ރަނގަޅުތާއެވެ. ރާއިން ފެންނަފަށުގައި ހުންނަންޏާ އޭނައަށް މާއުނދަގުލެވެ. ހިތަށް މާތަދުވެއެވެ. ނަމަވެސް އޭނައަށް ނޭނގެނީ ރާއިން ގަސްތުގައި އޭނަ ނުފެންނަ ހިސާބުގައި އުޅޭކަމެވެ. ސައިބޯންވެސް ގިނަފަހަރަށް ނުކުންނަނީ ޒާޔާ ކޮލެޖަށް ދާފަހުންނެވެ. ގެއަށް އަންނަނީ ރޭގަނޑުވީމައެވެ. ޒާޔާ ނުފެންނަ ހިސާބުގައި އުޅެން އޭނައަށް ކިތަންމެ އުނދަގޫވިނަމަވެސް އޭނަ އެކަން ކުރާނެއެވެ. ޒާޔާ އޭނަދެކެ ވީލޯބި އެހިތުން ނެރޭނެއެވެ. އޭނަމަތިން ހަނދާންނެތޭވަރުކުރާނެއެވެ. އެހިތަށް ކިތަންމެ ތަދުވިޔަސްމެއެވެ. އެހިތުން އެހެން ކުއްޖަކަށް ދޭނެ ޒައްރެއްގެ މިންވަރު ނެތްކަމުގައި ވިޔަސް އެލޯބި ހާމަނުކުރާނެއެވެ. ޒާޔާގެހިތް އޭނައާއި މެދު ޝަކުވާއިން ފުރާލާނެއެވެ.

އޮފީހުގެ މަސައްކަތަށް ރާއިންގެ ހުރިހާވަގުތެއް ހުސްކޮށްލިއެވެ. ބޭރުގައި އޮންނަ ކޮންފެރެންސް ތަކަށްވެސް ގިނައިން އޭނަދާންފެށީ ޒާޔާއާއި ދުރުގައި ހުރުމަށެވެ. ހަމައެފަދައިން ޒާޔާވެސް ވަނީ ހުރިހާވަގުތެއް ކިޔެވުމަށް ހުސްކޮށްލާފައެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުން ގޮސް 9 މަސްދުވަސް ފާއިތުވެއްޖެއެވެ. މިވީ ދުވަސްތަކުގެތެރޭގައި ރާއިންއާއި ޒާޔާ އެންމެ ފަހަރަކުވެސް އަނގައިން ނުބުނެއެވެ. އެކަކު އަނެކަކުގެ ހިޔާލުތަށް ދެމީހުންގެ ހިތުގައިވިނަމަވެސް އެއިހުސާސްތައް ބެހެއްޓީ ހިތުގައެވެ.

“ހާދަ ބައިވަރު އެއްޗެއް މިއަދު ތިހަދަނީ، އެނީތިންގ ސްޕެޝިއަލް” ބާރަޖަހާ އެހާކަތްހާއިރު ކޮލެޖުން އައިސް ބަދިގެއަށް ވަތް ޒާޔާ ސަނާގާތުގައި އެހެން އަހާލީ މެންދުރުކެއުމަށް ތައްޔާރުކުރަމުންދިޔަ އެއްޗެހިގިނަކަމުންނެވެ.

“ޒާޔާއަށް މިހާރު މިގޭތެރޭގައި ވާނުވާވެސް އެނގޭތަ، އަބަދުކޮލެޖަގައިނުން ތިއުޅެނީ، އަބަދުވެސް ކޮންމެވެސް އިވެންޓެއްގަ، މިހާރު ތިޓީޗާރސްޑޭއަށް ރެޑީވާތާވެސް ދެހަފްތާވަނީ، އަހަރެން ހިތަށްއަރާ މާދަމާރޭ ތި ޝޯވް އެއްބާއްވާއިރުވެސް ތިމީހުންނަށް ތައްޔާރުވެވޭނެބާއޭ” ސަނާ އޭނަ ކުރަންހުރިކަމުގައި މަސްއޫލުވެގެންހުރެ ބުނެލިއެވެ. އެއަހަރުގެ ޓީޗަރުންގެ ދުވަސް ފަހަގަ ކުރުމުގެ ގޮތުން ޔުނިވާރސިޓީގެ ކުދިން ދަނީ ޔުނިވާރސިޓީތެރޭގައި އެދުވަހަށް ހާއްސަކޮށްގެން ޝޯވްއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ޒާޔާމެންގެ ކުލާހުން ހުށަހަޅާ އައިޓަމްގައި ޒާޔާވެސް ބައިވެރިވެފައިވާތީ ވޭތުވެދިޔަ ދެހަފްތާ އޭނަވެސް ހޭދަކުރަމުން ދިޔައީ އެކަމުގެ އެކި އެކި ތައްޔާރީތައްވުމުގައި ޔުނިވާރސިޓީގައެވެ. އަދި މާދަމާ އެއިވެންޓް ބާއްވާތީ މިއަދުގެ ހުރިހާވަގުތެއް ހޭދަކުރަންޖެހޭނީ އެކަމުގެ ތައްޔާރީތަކުގައިކަމުގައި އޭނަވަނީ ކުރިންބައިގައި ސަލްމާގާތުގައިވެސް ބުނެފައެވެ.

“ދެން ސީރިއަސްކޮށްބުނެބަލަ، ކޮންކަމެއް އޮތީތަ، ދޮންބެދައްތައެއްނުން ބުނީވެސް އެހެން ކަންތައްތަކުގައިވެސް ބައިވެރިވާންވާނެއޭ، އޭރުންނޭ ރަނގަޅުވާނީ، މިހާރު އެހެން އުޅޭތީވެސް މައްސަލައަކަށްވީ، އޯކޭއޭ ދެންނުވާނަމޭ އެއްވެސް ހަރަކާތެއްގަ ބައިވެރިއެއް،” ޒާޔާވެސް ސަނާއަށް ދޫނުކޮށް ބުނެލިއެވެ.

“ހޫމް ދެން ހެވޭ، ދޮންބެދައްތަ ހީކުރީ ޒާއަށް އެނގޭނެކަމަށް…..”

“އަހަރެންނަށް ކޮންއެއްޗެއްތަ އެނގެންވީ” ސަނާގެ ވާހަކަ ހުއްޓާލުމަށްފަހު ޒާޔާ ބުނެލިއެވެ.

“ޕިސް، ޕިސް، ކެތްވެސް ނުލައްވާ އަންހެނެއްމިއީ، ނާޔާގެ ކައިވެނި ހަމަޖެހުނީ، މިއަދު އެމީހުން އާދޭ މާލެއަށް، ރާއްޖެ ކުއްޖަކާ ކައިވެނި ކުރަނީ، އެދެމީހުންވެސް ބޭނުންވަނީ މާލޭގައި ކުރަން، ފިރިހެން ކުއްޖާގެވެސް އާއިލާ އުޅެނީ މިކޮޅުގައިވީމަ، އެނގޭނެއޭ މިބުނީ ނޫރާ ބުނާނެ ކަމަށް ހީކޮށް، އޭނަ ނުބުނޭތަ” ސަނާ އޮޅުންފިލުވައިދިނެވެ.

ނޫރާ އެކަހަލަ އެއްވެސް ވާހަކައެއް ނުބުނާކަމަށް ޒާޔާ ބުނެލިއެވެ. އަދި އައުމުން ޝަކުވާ ކުރާނެކަމަށް ބުނެލީ ކުޑަކުއްޖެއްފަދައިންނެވެ.

“ވެދާނެ ސަޕްރައިޒް ކޮށްލަންކަމަށްވެސް ނުބުނީ، އެންމެންވެސް ތިބީ ވަރަށް އެކްސައިޓްވެފަ، މަންމަވެސް ހީވަނީ އުފަލުން އެހެންކަމެއްހެން، އެހާދުވަހަށްފަހު އަލުން ފެމެލީގައި ވެޑިންއެއް އޮތީމަ ކިހާމަޖާވާނެ” ސަނާބުނެލިއެވެ.

“ކިހާއިރަކު އެމީހުން އަންނަނީ، އަދި އަހަރެން ކޮލެޖަށްވެސް ދާންޖެހޭ 1:15 އަށް،” ސައިތައްޓެއް ހަދަމުން ޒާޔާ ސުވާލުކުރިއެވެ.

“2 ޖަހާ އެހާއިރު އަންނާނެވާހަކަ ބުނީ، ޒާއަކަށް ނުވެސް ހުރެވޭނެދޯ އަންނައިރަކުއެއް” ސަނާބުނެލިއެވެ.

އަވަސްއަވަހަށް ސައިބޮއިނިމިގެން ޒާޔާ ކޮޓަރިއަށްވަނެވެ. އަދި ފެންވަރައިގެން ތައްޔާރުވެލުމަށްފަހު ނަމާދުކޮށްލިއެވެ. އަދިއަނެއްކާވެސް ކޮލެޖަށް ދިއުމަށް ގެއިންނުކުންނަން ހިނގައިގަތެވެ. އެވަގުތުވީ ރާއިންވެސް ގެއަށް ވަތްވަގުތަށެވެ. ޒާޔާއަށް ރާއިން އެފެނުނީ ބަރާބަރު އެއްހަފްތާ ފަހުންނެވެ. އަދިވެސް ރާއިން ފެނުމުން އެހިތުގައި ނޭނގޭ އިހުސާސެއްދައުރުވެލައެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ނަމަވިޔަސް… (9 ވަނަ ބައި)

Next

ނަަމަވިޔަސް (10 ވަނަ ބައި)

Next
March 30, 2015

ނަަމަވިޔަސް (10 ވަނަ ބައި)

Previews
March 29, 2015

ނަމަވިޔަސް… (9 ވަނަ ބައި)

24 Comments!

  1. dimple says:
    March 29, 2015 at 11:37 pm

    Varah reethi …. konirakun aneh bai upload vaany

  2. saf says:
    March 29, 2015 at 11:48 pm

    One ofthe best story published in esfiya ….wara reethi

  3. luv luvy. says:
    March 30, 2015 at 6:48 am

    Wow wow .. Kiya baath hey.. Hadha nice ey… Dhn avaha aneh part up kh dhyba. Plx. Kba thr ehkala same gandu… Adhi comment eh nukurey thr… Eiy v mama kuhjeh dhw… Hahaha..

  4. same says:
    March 30, 2015 at 7:07 am

    Wow…. Soooo get….. V awahah upload anehbaa khdhyba…. V hama habeyxxxx…. Miulheny luvly…. Eye ehnu dhn same mi v kiyaane kah…. Hadha nice sngx ekey…..kiyaa tharumoaxuhey….. Bstof luck mi v kiyaa kujjkah….. Gud bless you….

  5. luv luvy. says:
    March 30, 2015 at 7:09 am

    Sry vahaka ekey***

  6. minimee says:
    March 30, 2015 at 9:33 am

    Ehaa inthizaaru kuruvaafa haadha kurey. bydaway nice story kyp it up…

  7. shaani says:
    March 30, 2015 at 2:27 pm

    Esfiyain publish kura ehme salhi dhe vahaka… deewaana nd inthizaar… bos vx salhi bt e anehbay up nuvaathaa kn dhvaheh 🙁

  8. dark princess says:
    March 30, 2015 at 5:17 pm

    zaayaa ah konmes gothakun haqeegaiy angadheebala.. v nice

  9. zuu says:
    March 30, 2015 at 6:31 pm

    wow.. varah ryhi vaahaka

  10. Shiu says:
    March 30, 2015 at 8:39 pm

    Lovely .. n it’s gonna b a fantastic story in esfiya. Keep it up….

  11. azoo says:
    March 31, 2015 at 9:15 am

    v nice.When next part up kuraany? v all r waiting

  12. fini says:
    March 31, 2015 at 6:14 pm

    haadha lahuney up kurany than kolhey avas kohbal pppppppppplllllllllllllllllzzzzzzzzzzzzzz….vvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice

  13. maan says:
    April 3, 2015 at 4:21 pm

    Vaahaka v ves rythi. Ekam konme part eh up kuraa iruves kurin up kohfa onna ba aa gulhuvaa laigen genna iru kury ge bai maa dhigu.

  14. cherx says:
    April 3, 2015 at 6:22 pm

    nebai up kohdheveyne dhuvaheh buneba…

  15. smile says:
    April 4, 2015 at 4:42 pm

    Waiting waiting waiting for next part..

  16. maan says:
    April 5, 2015 at 1:22 pm

    Haadhalahey dhen up vaa eh.

  17. Zo says:
    April 5, 2015 at 1:57 pm

    Dear writer, can you at least mention that when you can upload the next part?

  18. raxy says:
    April 5, 2015 at 5:24 pm

    Alhe kobaatha next part

  19. zore says:
    April 5, 2015 at 7:18 pm

    އެސްފިޔަ ސައިޓަށް ލިޔާ ވާހަކަތައް އަޕްލޯޑު ވާލެއް ހާދަލަހޭ އަދި ބައެއް ވާހަކަ
    އަޕުލޯޑް ނުވެސްކުރާކަން ފާހަގަ ކުރެވޭ އެހެން ވީމަ ވވ ދެރަދޯ ހާދަ އިންތިޒާރެއް ކުރަމޭ ވާހަކަތަކަށް

  20. zore says:
    April 5, 2015 at 7:21 pm

    ކޮބާތަ؟ ހިތް އަދު ރޮނީއޭ ނުދާށޭ މި ވާހަކައިގެ އަނެއްބައި އަޕްލޯޑު ވާނީ ކޮންއިރަކުންތައް، ކޮބާތަ ދީވާނާ އިނތިޒާރު މިވާހަކަތައް ހާދަ ލަހޭ އަޕްވާލެއް

  21. enemy says:
    April 6, 2015 at 1:17 am

    Mee meehun vaahaka kiyan foohi vaa kamakii site thakun.. up kohdheyleh ehaa las ehaalahun up kodheyiru ves ehaa kuru koh genes dheny n writer up kohdheveyne dhuvaheh bunany eh noon. 🙁

  22. shau says:
    April 6, 2015 at 11:45 am

    mihaaru v v v foohi vejje… vaahaka up koh nudhenee dhw mihaaru…

  23. shau says:
    April 6, 2015 at 11:47 am

    koba darkangel….keehve vaahaka up nukuranee…

  24. zu says:
    April 8, 2015 at 8:25 pm

    One of the best stories read so far… Keep up the good work 🙂

Comments are closed.


All Right Reserved!