.މުސްކާންގެ މުޅި ދުނިޔެ އަނދިރިވި ކަހަލައެވެ. ދެކެމުން އައި ފޮނި ހުވަފެންތަކުގައި ކުލަ ނުޖެހި ވިއްސިވިހާލި ވެގެން ދިޔައީއެވެ …ލޯބީގެ ވާހަކަ ބޮސްދީފާ ނުދޭ
“ޒާޔާ ކީއްވެ އެހާ ވާހަކަ ނުދައްކަނީ، އަހަރެން ހީކުރީ އަހަރެން މިތާގައި އިނީމަ އަހަންނާވެސް ވާހަކަ ނުދައްކާނެ ކަމަށް” މައުޟޫ ބަދަލުކޮށްލުމަށް ޒަޔާން އަހާލިއެވެ. “ނޭނގެ އެންމެން ތިހެން ކިޔަނީ ކީއްވެގެންކަމެއް، އެކަމަކު އަހަރެން ވާހަކަ ދައްކަން އެންމެންނާވެސް” ޒާޔާ ބުނެލިއެވެ. މަޑު ހުނުމަކާއި އެކު އެއީ އެހެން ބުނި އެއްޗެއް ނޫން ކަމަށް ޒަޔާން ބުނެލިއެވެ. މާގިނައިރުތަކެއް ނުވެ އިރު އަރައިގެން އަންނަ މަންޒަރު ފެންނަންފަށައިފިއެވެ. އެތަންފެނި ޒާޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ޒަޔާންއަށް ބޭއިހުތިޔާރުގައި […]
އޯލެވެލް އިމްތިހާނުގެ ނަތީޖާ ލިބެން އޮތް ދުވަހު ސާޔާ ހުރީ އަތްފައި ފިނިވެފައެވެ. ދިހަ އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ބަލާ ހިތުން ކެތްކުރެވެނީއެއްވެސްނޫނެވެ. މާމަތީ ވަނައެއް ނުލިބުނަސް ހުރިހާ މާއްދާއަކުން ފާސްވާން އޭނާ ބޭނުމެވެ. ސާޔާ ނަތީޖާ ނަގަން ދިޔައީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. އަތަށް ނަތީޖާ ލިބުމާއެކު ލިބުނު އުފާ ބަޔާންކުރަން ދައްޗެވެ. އޭނާ އޮތީ ހުރިހާ މާއްދާއަކުން ފާސްވެފައެވެ. އުފަލުން ސާޔާ ގެއަށްއައީ ބައްޕަ އޭނާގެ ނަތީޖާއާއިމެދު ހިތްހަމަ ޖެހޭނެކަން […]
އަނިޔާ ވެފައި އެވަނީ އަހަންނަށް ކަހަލައެވެ. ލެއާ ތަތްތެޅިފައި އެވާ ހަށިގަނޑަކީ އަހަރެންގެ ހިތުގެ ވިންދާއި ގުޅިފައިވާ މީހެއްގެ ހަށިގަނޑެކެވެ. ފުލުހުންގެ ވެހިކަލްގޮސް ހޮސްޕިޓަލަށް މަޑުކޮށް ފައިސަލްއާއި އެކު އަހަރެން ހޮސްޕިޓަލަށް ވަދެގެން ދިޔަ އިރުވެސް އަހަންނަށް ބެލެނީ ފަހަތުން މީހުންތައް ވަށާލައިގެން ގޮވައިގެން އަންނަ ޒައިކްއަށެވެ. ފައިސަލް އިމަޖެންސީ ރޫމަށް ވައްދައިފިއެވެ. ފަހަތުން ޒައިކް ވެއްދި ނަމަވެސް އިރުކޮޅަކުން އަހަންނަށް ޒައިކް ލޯމަތިން ގެއްލުނެވެ. ފަރުދާތައް ވަށާލެވިފައިވާ ޒައިކް ކައިރިއަށް ހޮސްޕިޓަލްގެ އެކި ޑޮކްޓަރުން ވަންނަމުންދިޔަ […]
ކަޅުފޮއި ރޭތަކުގެތެރޭން ބިރުވެރިކަން އިންތިހާއަށް ގޮސްފައިވާ ރެއެކެވެ.އަހަރެން ކޮޓަރިތެރޭ އޮށޯވެލައިގެން އޮތީ ގަނެއްފައިވާ ބިރެއްގެ ސަބަބުން ނުނިދިގެންނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަމުން ދިއައީ އަހަރެންހާ ކުޑަކުއްޖަކު މިބޮޑުގޭގައި އެކަނި ހުރީތީއާއި ބޭރުގައި އުފެދިފައިވާ ތުފާނުގެ އަޑު ގަދަ ކަމުންނެވެ. އަހަރެންގެ މަންމަ އާއި ދެ ކޮއްކޮ މާމަ ގެއަށް ދިޔަގޮތަށް ނައިސް މިހާރު އެތައް އިރެހޭދަވެއްޖެއެވެ. އަހަރެން ވިސްނިއަސް މަންމަމެން ތިބޭނީ އަރާމުގަ އުފަލުގައި ނިދާފަކަންވެސް އަހަންނަށް އެގެއެވެ. އަހަރެންގެ ހާލުކިތަންމެ ބޮޑަސް މަންމައަށް ކީއްހެއްޔެވެ؟ […]
ހުވަފެންތަކެއް އަހަރެންވެސް ދެކުނީމެވެ.އުފާވެރި ކަމާއި ހަމަޖެހުން ގުޅާލީ އެހުވަފެންތަކާއެވެ.ކުރާފޮނި އުއްމީދު ތަކަކުން އަހަރެންގެ މަންޒިލް ބިނާވެގެން މިދަނީ ރަންގަނޑުވަރެއްހެން ކަމުގައި އަހަންނައް ހީވަމުން ދެއެވެ. އުފާވެރި ކަމާއެކު އުދުހެމުން ދިއަ އަހަރެންގެ އުމުރުން އޭރުވީ 12 އަހަރެވެ. ރެއާ ދުވާ މަޖަލާ އުފަލުގައި ވޭތުކުރަމުންދިޔަ އަހަރެންގެ ހަޔާތަށް ބޯމަތިވެފަވާ ވިލާތައް ވަކިކުރަން އެގޭވަރަށް ވުރެ އަހަރެންގެ ސިކުނޑި އޭރު މާޅައެވެ. ވިހަގަދަ ހަރުފައެއް އަހަރެންގެ ކައިރީ އަހަންނަށް ވިހަ ލާން އެބުރެމުން ދާ ކަމެއް އަހަންނަކަށް ނޭގެއެވެ. […]
ލޯއެދޭތީ ދުށުމަށް ތިޔަސޫރަަ ކުރެހިފައިވީ ހިތުތެރޭ ލޯބިއެ ފުރަތަމަ ނަޒަރޭ އާލާވީ ފެނުމުންއެ ލޮލުގެ ތެރޭން ލޯދުށުން އެދިގެން މަވީ އިންތިޒާރުން ފޮނިއެވީ ލޯބިރާހަތު ދައުރުވާ ލޭގެ ތެރޭން މަތަނުވީ ލޯ ބޭގަރާރީވީ އެދުންނެތި ދުށުމަށޭ ހިނިތުން އެވާ ލޯބިއެ ހީލުން ވިންދުތައް ފަރިވެލީ މާތައްް އެވާ ތާޒާވެފާ ލޯމަތިން ދަމުން ފަސްދީފާ އެގެއްލި ފުޑުފުޑު އެވީ ލޯބިކުރި ހުވަފެންތަކޭ ކަފުނައް އެވީ ޒަހަރުލާ ވިހައެއް ފަދާން ލޯއެދުން މަންޒަރުތަކޭ ބީވެދިއައީ ބޭވަފާެެތެރިވީ އެހާ ލޯބި ރަމްޒެއް […]
މިއަދަކީ ނާޒް ފުރުމަށް ހަމަޖެހިފައިވާ ދުވަހެވެ. ރޭގަނޑު 11 ޖެހުމުގެ ކުރިން ބޯޓަށް އަރަން ޖެހެއެވެ. ފުރަންދާންޖެހޭ ވަގުތު ކައިރިވަމުން އަންނަ ވަރަކަށް ނާޒްގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އިރުއޮއްސުނީއްސުރެ މުޅި މީހާ ހުންނަނީ ނެގިމަޑުވެފައެވެ. ރަށަށް ދެވޭތީ ކުރިން ފަހަރުތަކުގައިވާހާ އުފަލެއް މިފަހަރަކު ނުވެއެވެ. 7ޖަހަން އެޅެނިކޮށް ނާޒްގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ. އެހެންނަމަވެސް، އެމެސެޖް ކިޔާލުމުން އެމެސެޖް ފޮނުވި ފަރާތް އެނގި، ހިތައް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ލިބުނެވެ. ކުޑަކޮށް […]
“އެންމެން ކީއްކުރަނީ މިތާގަ” ނޫރާގާތުގައި ޒާޔާއަހާލިއެވެ. “މިއައީ ޒާ ބަލައެއްނު، ދެންވެސް އަވަހަށް އަރާބަ” ނޫރާބުނެލިއެވެ. “ފަން ޓައިމް” ކާރަށް އެރުމާއިއެކު ނޫރާބުނެލިއެވެ. “ހޫމް އެނގޭނެއޭ، ރެންބެ ދެން ދުއްވަބަ” “ދައްތައަށް އެނގޭނެތަ ތިމީހުން ޒާބަލާ އައިކަން” ޒާޔާ ނޫރާގާތުގައި މަޑުމަޑުން އަހާލިއެވެ. “ހޫމް އެނގޭނެއޭ،” ނޫރާވެސް މަޑުމަޑުން ބުނެލިއެވެ. ރާއިން ކާރުމަޑުކޮށްލީ ޑައިންމޯރ ކުރިމައްޗަށެވެ. އެއާއިއެކު އެންމެން ފައިބައިފިއެވެ. އެތެރެއަށްވަދެ މޭޒެއްގެ ކައިރީގައި އިށިއިނުމަށްފަހު އެންމެންވެސް ކާނެ އެއްޗަކަށް އޯޑަރުދިނެވެ. “ދެން ރެންބެ ކޮންއިރަކުންތަ މެރީކުރަނީ، […]