ދަންވަރު ވަގުތެވެ. ގަޑިން މެންދަމުން އަލިވެ 3ޖަހާ ބޮޑުވީއެވެ. އާދައިގެ މަތިން ނާޒް އިނީ އޭނާ ނިދުމަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައި ހުރި މޭޒުކައިރީގައި، މޭޒުގައި ބޯޖަހާލައިގެން ނިދިފައެވެ. އެއީ މިހާރަކަށް އައިސް އޭނާގެ އާދައެވެ. ރޭގަނޑު އެގޭ މީހުން ކައިގެން ނިމުމުގެ ކުރިއަކުން ނާޒްއަށް ފިލާވަޅުހަދަން ކީއްކުރަން ނިދިގެން ވެއްޓުނަސް ކޮޓަރިއަށް ނިދަން ދިއުން އެއީ ފާޑަކަށް މަނާކުރެވިފައި އޮންނަކަމެކެވެ. އެހެންކަމުން އެކަން ކަމުން އަވަދިވެގެން ނާޒް ދެން ފަށަނީ ފިލާވަޅެއް ހަދަން އޮތިއްޔާ އެކަން ނިންމާލާފައި […]
މިއަދަކީ ނާޒް ފުރުމަށް ހަމަޖެހިފައިވާ ދުވަހެވެ. ރޭގަނޑު 11 ޖެހުމުގެ ކުރިން ބޯޓަށް އަރަން ޖެހެއެވެ. ފުރަންދާންޖެހޭ ވަގުތު ކައިރިވަމުން އަންނަ ވަރަކަށް ނާޒްގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އިރުއޮއްސުނީއްސުރެ މުޅި މީހާ ހުންނަނީ ނެގިމަޑުވެފައެވެ. ރަށަށް ދެވޭތީ ކުރިން ފަހަރުތަކުގައިވާހާ އުފަލެއް މިފަހަރަކު ނުވެއެވެ. 7ޖަހަން އެޅެނިކޮށް ނާޒްގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ. އެހެންނަމަވެސް، އެމެސެޖް ކިޔާލުމުން އެމެސެޖް ފޮނުވި ފަރާތް އެނގި، ހިތައް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ލިބުނެވެ. ކުޑަކޮށް […]
ރަކިގޮތަކަށް ހިނިތުންވެގެން ހުރި ޝާން ފެނިފައި ނާޒް ގެ ޙިއްސުތައް ކުޑައިރުކޮޅަކަށް ނަމަވެސް ހުއްޓުނު ކަހަލައެވެ. ބުނާނެ އެއްޗެއް އެވަގުތު ނާޒުގެ ސިކުނޑިއަކަށް ނައެވެ. ޝާން ބަލަން ހުރީ ސީދާ ނާޒްގެ ދެލޮލަށެވެ. އެތޫނު ބެލުމުން ހިތުގެ އެންމެ ފުނުގައިވާ އެންމެ ހިމަނާރުތައްވެސް ވިރަމުންދާހެން ނާޒް އަށް ހީވިއެވެ. އެހެންކަމުން ކިތަންމެ ހިތްނޭދުނު ނަމަވެސް އަވަސްގޮތަކަށް ޝާންގެ ކުރިމަތިން ދުރަށް ދެވޭތޯ، ޖަވާބުގައި ހީލަމުން ދަނީއޭ ބުނެފައި ނާޒް އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ދޮރުން އެތެރެއަށް ދެމިގަތެވެ. […]
ނާޒް އަކީ ޙުސްނާއާއި ޞާބިރު ގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މިދެމަފިރިންގެ ޢާއިލާގައި ނާޒްގެ އިތުރުން ދެން ތިބެނީ 06 ފިރިހެން ކުދިންނެވެ. ނާޒް އަކީ ދެވަނަ އަށް އެންމެ ދޮށީ ކުއްޖާ ކަމުން އޭނާގެ ހުންނަނީ އެންމެ ބޭބެއެކެވެ. ދެން ތިބެނީ ހުސް ކޮއްކޮއެވެ. ނާޒް އާއި ނާޒްގެ ބޭބެ ނިޔާޒު މިހާރު ކިޔަވަމުންދަނީ ގްރޭޑް 07ގައެވެ. ގްރޭޑް 05ގައި ކިޔަވަމުން ދިޔަ އަހަރު ނިޔާޒުގެ ފަޔަށް ލިބުނު އަނިޔާއަކާގުޅިގެން […]