Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި… (4 ވަނަ ބައި)

Shaam Level 110 Stories
March 24, 2015 3 Mins Read
5 Comments

މަޢުލޫމާތައްޓަކައި: ކިޔުންތެރިންގެ އެދުމުގެ މަތިން ، މިވާހަކައިގައި ކުރިން ބޭނުންކުރި މަޖުނޫނުގެ ބަދަލްގައި މީގެ ފަހުން ބޭނުންކުރެވޭނީ ޒައިކްއެވެ.

====================================================================

އޭރު ޔަޝްފާ ޓިއުޝަން ސެންޓަރ ގެ ބޭރުން އަހަރުމެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ރުޅިއައިސް ރަތްވެފައެވެ.

ޒައިކް:”ކާކު ތިހޯދަނީ ލައިލާ”

އަހަރެން: ” މީ..މި.، މީހަކު ނުހޯދަން”

ޒައިކް: “އަހަރެން ހީކުރީ ބޯއި ފްރެންޑް ބަލާއައީކަމަށް.. “

ޒައިކް މިހެން ބުނުމަށް ފަހު ހޭން ފެށިއެވެ.

އަހަރެން : ” ސާބަސް ޒައިކް.. މަގޭ އެކަހަލަ ކަމެއް ނުހުރެޔޭ.. ޒައިކްގެ ހުއްޓަސް”

ޒައިކް:”ކިހިނެއް އެގުނީ އަހަރެންގެ ލޯބިވާ އެއް ހުންނަކަމެއް”

ޒައިކްގެ މިބަހުން އަހަރެންގެ ހިތް މިލާ މޯޅިވިކަހަލައެވެ.

އަހަރެން: ” ދެން ހަމަ ހީވަނީ ދޯ..”

ޒައިކް: “ނޫނޭ ލައިލާ.. އަހަރެން އެކަހަލަ ކަމަކާ ނުވިސްނަން.. ދެން އެނޫނަސް މާލެ އައިސްގެން މިއުޅެނީވެސް އެހެން މަޤްސަދެއްގަ، އެކަން އަހަރެންގެ ހަނދާނަކުން ނުދޭ، އަހަރެންގެ މައިން ބަފައިން އަހަންނަށްޓަކާ މިހާ ބޮޑު ޤުރުބާނީ އެއް އެވަނީ އަހަރެން ކިޔަވާ މޮޅު މީހަކަށްވާން، އަހަންނަށް އިގޭ އަހަރެން މިވަގުތު މިހާ ހަމަޖެހިލައިފައި ހިނގާފައިދާއިރު އެމީހުން ތިބޭނީ ރަށުގައި އަހަންނަށް ފޮނުވާނެ ލާރިކޮޅު ހޯދުމަށް ދުވާލު މަސައްކަތްކޮށް ވަރުބަލިވެފައިކަން، ލައިލާއަށްވެސް އެނގޭނެ”

އަހަރެން: “ޒައިކްއަކީ ހާދަ ޒިންމާ ދާރު މީހެކޭ ދޯ! އަހަރެންގެ ހިތަށްއަރާ…….”

ޒައިކް: ” ކީއްވެ ތި ހުއްޓުނީ ކީކޭ ހިތައް އަރަނީ”

އަހަރެން: “ޒައިކް ރުޅި ނާންނަ ނަމަ ވާހަކައެއް އަހަންތަ؟ “

ޒައިކް: “އާދެ ! އާދެ ކުރިއަށް”

އަހަރެން:” ޒައިކް އާ ޔަޝްފާ އާ ދެމީހުން އުޅެނީ ރައްޓެހިވެގެންތަ”

ޒައިކް: ” ޔަޝްފާ…އެއީ އެއްކަލަ ލިޕްސްޓިކް މަންޖެދޯ”

އަހަރެން ކައިރިއަށް ޒައިކް މިހެން ބުނުމުން ވަރަށް ހިނިއައެވެ. އެކަމަކު އެއީ އަހަންނަށް ވަރަށް މުހިންމު ސުވާލެކެވެ. އާއެކޭ ބުނުމުގެ ގޮތުން ހެމުން އަހަރެން ބޯޖަހާލީމެވެ.

ޒައިކް:”ކީއްވެ ތި ސުވާލް ތިކުރީ؟ “

އަހަރެން: “ރޭގަ ކަމެއް އެބައޮތޭ ކިޔާފަ އޭނަޔާ އެއްކޮށް ދިޔައީމަ”

ޒައިކް:” މަކުރިންވެސް ބުނީމެއްނު މަގޭ ވިސްނުން ހުރިގޮތް..އެނޫނަސް އޭނަޔާ ދިމާވީވެސް ރޭގަ، މަގުމަތިން ދިމާވެގެން އައިސްބަލާށޭ ބުނީމަ ދިޔައީ، ދިޔައިމަ ކޮންމެވެސް ގޮތަކުން އޭނަޔާ އަހަރެންގެ ފެމިލީ އާ ތިމާގެ ވާހަކަތަކެއް ދެއްކީ، އެކަމުގެ ތެރޭގައި ލައިލާ އަށް ތިފެނުނީ”

މިހާހިސާބަށް ދިޔައިރު ގެއާ ހަމަޔަށްވެސް އާދެވުނީއެވެ.ހާދަ ދެރައެވެ. ހިތްގައިމު ވަގުތުކޮޅެއް ލިބިއްޖެ ނަމަ ވަގުތު ދާގޮތް ހާދަ އަވަހެވެ. އެނޫނަސް ޒައިކްގެ ވާހަކަތަށް ހާދަ ހިތްގައިމެވެ. އެއީ ހިތްގައިމު، ހިތްހެޔޮ އަދި މިވަގުތު އަހަރެންގެ ވަރަށް ލޯބި ލޯބި އެކުވެރިއެކެވެ. މިގުޅުން ލޯތްބަށް ބަދަލްވެ ޒަވާޖަށް ދާނީކޮންދުވަހަކުން ބާއޭ ހިތަށް އަރައެވެ.

ޒައިކް: “ލައިލާމެންގެ ގެއަށްދޯ މިއާދެވުނީ.. ދަނީ އޭ ދެން”

އަހަރެން: ” އާދެ! އާދެ! ވަޑައިގަންނަވާ”

ޒައިކް:” ކީކޭ، “

އަހަރެން:” ދެން ޒައިކް ކައިރިންނެއްނު ދަސްކުރާނީ”

“ވާއޫ………….” ގެއަށް ވަންނަމުން އަތުގައިވާ ފޮތްތަކުގައިބާރަށް ބައްދާލަމުން އަހަންނަށް ބުނެވުނެވެ.

އަވަސް އަވަހަށް އަހަރެން ދައްތަ ހޯދަންފެށީމެވެ.ދައްތަ ސިޓިންރޫމްގަ އިންދާ ދައްތަގެ އަތުގައި ހިފާފައި ދަމާ ބެލްކަންޏަށް ގެންދިޔައީމެވެ. އަހަރެންގެ އުފާވެރިކަމާ، ހިތްހަމަޖެހުން ފެނި ދައްތަވެސް ހުރީ ވަރަށް އުފާވެފައެވެ.

ދައްތަ: “ލައިލާ.. ޒައިކް އޯކޭ ވީތަ ތިހާ އުފަލުން ތިއުޅެނީ”

އަހަރެން: ” ތިއެއް ނޫނޭ.. ބަލާބަލަ ތިރިއަށް އެއޮއްދަނީ ކާކުތަ؟”

ދައްތަ: ” ހޫނ! މިއީދޯ މިވީ ގޮތަކީ، މިރޭ ކޮން ފަންޑިތައެއް ހަދައިގެން އޭނައާއި އެކު ތިއައީ؟”

އަހަރެން: ” އޭނަ ހިތުން ރުހުމުން އައީވެސް، އަދި ޔަޝްފާ އާއި އެއްވެސް ގުޅުމެއް ނެތް ވާހަކަވެސް ބުނި”

ދައްތަ: ” ދެން ލައިލާ އާއި އޯކޭތަ! “

އަހަރެން ދައްތަޔަށް ޒައިކް އަހަރެން ކައިރީ ދެއްކި ވާހަކަތަށް ކިޔައިދިނީމެވެ. އަދި އެއީ އޭނަގެ ހަރުދަނާ ކަންކަމަށް އަހަންނަށް ޤަބޫލްކުރެވޭ ވާހަކަވެސް ބުނީމެވެ.

ދައްތަ: ” އޯކޭ ދޯދެން.. އެކަމަކު ބުނަން.. ލޯބި ވެވުނީމަ އޭނައަށްވެސް ނުހުރެވޭނެ. ހަމަ ލޯބިވެރިންގެ ޙާލަތަށްވެއްޓެން ޖެހޭނީ ދޯ”

އުފަލުން ހެމުން އަހަރެން ގޮސް އެނދުގައި އޮށޯތީ ޒައިކްގެ ފޮނި ހިޔާތަކާއި އެކުގައެވެ. އޭނައަކީ އަދި އަހަރެންގެ ލޯބި ވެރިޔަކަށް ނުވިޔަސް ކޮންމެވެސް ދުވަހަކުން އެކަން ވާނެކަމަށް ހިތް ޤަބޫލްކުރެއެވެ. އެއީ ހިތްގައިމު ސޫރައެއްގެ ވެރިއެކެވެ. ހުރިހާގޮތަކުންވެސް އަހަރެންގެ ޙައްޤެކެވެ.  އަހަރެންގެ ހިތް އޭނަޔަށް ދިނީ ދެންވާނެ ގޮތަކަށް ވިސްނާފައެއް ނޫނެވެ. ނުވެސް ވިސްނޭނެއެވެ. ބާލީހުގައި ފަންކާއާއި ދިމާލަށް ބަލަހައްޓައިގެން އަހަންނަށް އޮވެވުނީ ކިހާ އިރެއްވަންދެންކަމެއް ނޭނގެއެވެ.

އިރުކޮޅަކުން ޒައިކްކޮޓަރި ތެރެއަށް ވަދެގެން އައި ތަން އަހަންނަށް ފެނުނެއެވެ.

” ލައި..އަހަންނަށް އެގޭ ލައި އަހަރެންދެކެ ލޯބިވާކަން، ލައި އަށް އެގޭތަ އަހަރެންވެސް ލައިދެކެ އިންތިހާ އަށް ލޯބިވާކަން” އަހަރެން ހުރީ ހައިރާންވެފައެވެ. ޒައިކްގެ މި ބަސްތަށް އިވިފައެވެ.

އަހަރެން:” ލައި އަބަދުވެސް ޒައިކް ދެކެ ލޯވިވަން.. އެކަމަކު ޒައިކް މިރޭ އަންނަމުން ދެއްކި ވާހަކަ އިން އަހަންނަށް މިހުރީ ދެން ލޯބީގެ އިޝާރާތެއް ނުކުރަން”

“އާ ލައި.. ލައިއާއި އެކު އަހަންނަށް ހޭދަވި ކުޑަ ކުޑަ ވަގުތުކޮޅުތެރޭގައި އަހަންނަށް އެގިއްޖެތިއީ އަހަރެން އެންމެ ބޭނުންވާ ކަހަލަ އަދި އެކަލަ ކުއްޖަކަށް ހުރި ހަމަ އެކަނި ކުއްޖާކަން.. އެހޭދަވި ވަގުތުކޮޅުން އަހަރެންގެ މުޅި ދިިރިއުޅުން ބަދަލްވެގެން ހިގައްޖެ ކަހަލަ، އަހަރެންނަށް އެވަގުތު ކޮޅު ތެރޭގައި ތިރީތި ސާދާ މޫނުގެ ހިތްގައިމު ކަން އިޙްސާސްވި ކަހަލަ، ކިހިނެތް އަހަރެން މިވާ ލޯބި ބަޔާންކޮށްދޭނީ، “

މިހެން ބުނެފަ ޒައިކް އަހަރެން އަތްނަގާ އޭނަގެ އަތާ ގުޅުވާލިއެވެ.

“ޒައިކް” އަހަންނަށް ބޭ އިޚްތިޔާރުގައި ބުނެވުނެވެ.

” ލައި އަށް އެގޭތަ! އަހަރެން ބޭނުމެއް ނޫން މިއަތުގައި އަހަރެން ނޫން މީހަކު އަތްލާކަށް.. އަދި ކީއް، އަހަރެން ނޫން މީހަކު ލައި ގެ ވާހަކަ ދައްކަންވެސް އަހަރެން ބޭނުމެއް ނޫން.. އަހަރެން ބޭނުންވަނީ ލައި އަހަރެންގެ ހިތުގެތެރޭގައި ފޮރުވަން”

ޒައިކްގެ މި ބަސްތަކާއި އެކު ފިނިވެފައިވާ އަހަރެންގެ ހަށިގަނޑާއެކު ތެދުވެ ޑްރެސިންގ ޓޭބަލްކައިރިއަށް ގޮސް ހުއްޓިއްޖެއީމެވެ. އެތޫނު ނަޒަރުން ރެކެވޭތޯއެވެ. އެ ޝާޢިރީ ބަސްތަކުން އުފަލުންގޮހެވެ. އެކަމަކު ޒައިކް އައިސް ފަހަތު އަހަރެންގެ ގައިގައި ބައްދާލިއެވެ. ލަދުންގޮސް އަހަރެންގެ ލޯ މެރުނެވެ.

“އަހަންނަށް ހީވަނީ ކުރިމަތީގައި މިވާ ލޯގަނޑުވެސް ލައިގެ ތި ލޯބި މޫނަށް ބަލާފަ ތަޢުރީފް ކުރާހެން، އެކަމަކު އެ ލޯގަނޑުވެސް ލައިއަށް ތަޢުރީފް ކުރާކަށް އަހަރެން ބޭނުމެއް ނޫން، ހިތަށް އަރަނީ އެލޯގަނޑުވެސް ތަޅާލަން، ލައި ތިއީ އަހަރެންގެ ހިތުގެ ހިގުން، ހިތުގެ ހިތްހަމަޖެހުން، ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އަހަރެން މިއީ މިއަދު ލައި އަށްޓަކާ ދީވާނާ ވެފައިވާ މީހެއް”

ޒައިކް ބުނަމުންދިޔަ ވާހަކަތަކުގެ ކޮންމެ އަކުރެއްގެ ކޮންމެ ފިއްޔެއް ދިޔައީ އަހަރެންގެ ހިތް ފަތަޙަކުރަމުންނެވެ.

“އޭނ! ނުކަނީތަ” ސިއްސައިގެންގޮސް ބަލާލިއިރު ދައްތަ ހުރީ އެނދުކައިރީ ހުއްޓިލައިގެންނެވެ.

ދައްތަ: ” ނިދީގަވެސް ހެނީދޯ މިހާރު! ހިގާ ކާން”

އަސްތާ! އަހަންނަށް މިފެނުނީ ހުވަފެނެއް ތާއެވެ. އެކަމަކު އެއީ ހާދަ ހިތްގައިމު ހުވަފެނެކެވެ. (ނުނިމޭ)

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

ނަމަވިޔަސް… (7 ވަނަ ބައި)

Next

އިންތިޒާރު 18

Next
March 24, 2015

އިންތިޒާރު 18

Previews
March 24, 2015

ނަމަވިޔަސް… (7 ވަނަ ބައި)

5 Comments!

  1. yash says:
    March 24, 2015 at 8:46 pm

    wow wow wow … magey life story hama thiee… what a nice story.
    shaam plx next part avas kohdhehchey… ebai nukiya yash akah nuves nidheyne

  2. Anonymous says:
    March 24, 2015 at 9:11 pm

    Wow haadha rythi vaahaka ekey.nace.

  3. athoo.. says:
    March 25, 2015 at 11:36 am

    Wow, well done!

  4. malak says:
    May 7, 2015 at 9:52 pm

    mi bai vrah reethi hiyeh nukuran ehaa reethivaane henneh

  5. aika says:
    July 10, 2015 at 4:39 am

    So in love dho.hehe nice story

Comments are closed.


All Right Reserved!