Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި… (5 ވަނަ ބައި)

Shaam Level 110 Stories
March 25, 2015 3 Mins Read
5 Comments

ކެއުމާއިގެން ކުރިއަށް ދިޔަވަގުތުތަކުގައިވެސް އަހަންނަށް އިދެވެނީ ހެވިފައެވެ. އަހަންނަށް ޒައިކް އާއި އެކު ހޭދަކުރެވުނު ކޮންމެ ހިނދުކޮޅެއް އޭނަޔާއި އެކު ގެއަށް އައުމުގައި އެޅުނުކޮންމެ ފިޔަވަޅެއް އަދި ދެމީހުންގެ ދެމެދުގައި ބަދަލްކުރެވުނު ކޮންމެ ބަހަކީ ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. މިއީ އަހަންނަށް މީހަކު ދެކެ ލޯބިވެވުނު ފުރަތަމަ ފަހަރެވެ. އަހަރެންގެ ފުރަތަމަ ލޯތްބެވެ.

އޭގެ ފަހުން ކޮންމެ ރެއަކު އަހަރެންނާއި އެކު ޒައިކް އަހަރެން ގެއަށް ލައިދޭން އާދެއެވެ. އަހަރެން ނުބުންޏަސް ބައެއް ރޭރޭ އަހަރެން ނުކުންނަންދެން ޓިއުޝަން ސެންޓަރ ބޭރުގައި އަހަރެން އަންނަންދެން މަޑުވެސްކުރެއެވެ. އަހަރުމެން ދެމީހުންގެ ބަދަހިވަމުންދިޔަ ގުޅުންތަކަށް ކަޅިއަޅާ ހަސަދަވެރިވާ ބަޔަކު ތިބިނަމަވެސް ފަރުވާލެއް ނެތެވެ. ބަދަހިވަމުން ބޮޅަކަށްފަހު ބޮޅެއް އިތުރުވަމުން ދިޔަ މިގުޅުން ދިޔައީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުންނެވެ. ބައެއް ފަހަރު ބޭއިޚްތިޔާރުގައެވެ. އަދި ބައެއް ފަހަރު ގަސްތުގައެވެ.

އެއްރޭ ޓިއުޝަން ނިންމާފަ އަންނަމުން ޒައިކްގެ އެދުމުގެ މަތިން ހިގާލަން ދިޔައީމެވެ. އަހަރެންގެ ގޭގެ މީހުން އަހަރެން ލަސްވެދާނެތީ ކަންބޮޑުވާނެކަން ދަނެހުރެމެ އަހަރެން ދިޔައީ ޒައިކްގެ އެއްވެސް އެދުމަކަށް  ނޫނެކޭ ނުބުނަންވެގެންނެވެ. ޒައިކް ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ވާކަށް އަދި ކުރާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އަހަރުމެން ބޮޑުތަކުރުފާނު މަގަށް ނުކުމެގެން ދަނިކޮށް ސައިކަލަކުން ދިޔަމީހަކު އަހަންނާއި ކައިރި ކޮށްފައި “ހާދަލޯތްބޭ” މިހެން ބުނިއެވެ. އަހަރެން ދިޔައީ އެއްވެސް އެއްޗެކޭ ނުބުނެ ކުރިއަށް ހިގާފައެވެ. އަޑެއް އިވުނު އަޑަށް އަހަރެން ބަލާލި އިރު ޒައިކް އެމީހާ ހިފެހައްޓައިގެން އުޅެއެވެ. ސައިކަލާއި އެކު އެމީހާ ވައްޓާލައިގެން ހުރެ ޒައިކް އެމީހާ ދިމާޔަށް ވަރަށް ރުޅިއައިސްފައި، ހަޅޭއް ލައްވަމުން ދިޔައިރު އެއީ ދުވަހަކުވެސް އަހަންނަށް ޒައިކްގެ ފަރާތުން ފެނުނު ކަމެއް ނޫނެއެވެ. އޭނަގެ މޫނު މަތިން ފާޅުވާން ހުރި ރުޅިވެރިކަމަކީ މީގެކުރިން އެއްވެސް އިރެއްގައި ފެނުނު ކަމެއް ނޫނެވެ.

ބަލަން ނުހުރެ އަހަރެން ދުވެފައި ގޮސް ޒައިކްގެ އަތުގައި ހިފާ އެތަނުންދާން އުޅުނީމެވެ. ރުޅިވެރިކަމާއި އެކު އަތް ފޮޅާލުމާއި އެކު ވިއްސައިގެން ގޮސް އަހަރެން މަގުމައްޗަށް ވެއްޓުނެވެ. އެމީހާ ދޫކޮށްލުމަށްފަހު ޒައިކް އަހަރެންގެ އަތުގައި ހިފާ ނެގީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭގެ ފަހުން ގެއާއި ހަމަޔަށް އަންނަންދެން އަހަންނާއި އެއްވެސް ވާހަކެއެއް ޒައިކް ނުދައްކައެވެ. އަދި އަހަންނަށްވެސް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

ގެއަށް އައިސް ވަތް އިރު އަހަންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވީނަމަވެސް، އަހަންނަށް ދިމާވި ކަންތައްތަކާއި ވަރަށް ފުންކޮށް ވިސްނެން ފެށުނެވެ. ޒައިކްގެ ފަރާތުން ފެނިގެން ދިޔައީ އަހަރެން އޭނަގެ ފަރާތުން ފެނިދާނެކަމަށް ހީވެސް ނުކުރާ ކަންތައްތަކެވެ. މިގޮތަށް އަހަންނަށް ނޭނގޭ ކިތަންމެކަމެއް އޭނަ ކިބައިގައި ހުންނާނެއެވެ. އަހަރެން އޭނަ ދެކެ ލޯބިވާއިރު، އޭނަ ބޭނުންވާއިރު އޭނަ ދަސްކުރުން މުހިއްމުކަމަށް އަހަންނަށް ވިސްނުނެވެ.

ހަފްތާބަންދު ދުވަހެއްގައި ބައްދަލުވުމަށް އަހަރެން ޒައިކް އަށް ދަޢުވަތު ދިނީމެވެ. އެކި ބަހަނާތައް ދެއްކިނަމަވެސް އަހަރެންގެ ދަޢުވަތު ޒައިކް ޤަބޫލްކުރިއެވެ.

އަދި އަހަރެން ޒައިކް އަށް ދަޢުވަތު ދިންރޭ ޒައިކް އާދޭތޯބަލަށް ހަތްގަޑި ބައިވީއްސުރެން އަހަރެން ހުރީ ދޮރުމަތީގައެވެ. އަހަރެމެން ދެމީހުންނަށް އެއްބަސްވެވިފައިވާ ގަޑިއަކީ އެރޭ އަށެއް ޖަހާއިރަށެވެ. މަގުގެ ދެކޮޅު ބަލަބަލާ ހުރި އަހަރެންގެ ދެލޮލުގެ ބެލުން ކުއްލިއަކަށް ހުއްޓުނީ މަގުގެ އެއްފަރާތުން މަޑުމަޑުން ހިގާފައި އައި ޒައިކް ފެނުމުންނެވެ. އައިސް ގޭގެ ދޮރުކައިރިއަށް ހުއްޓިއްޖެއެވެ.

“ކޮބާ މިއޮތީ މީޓްވެސް ވެފަ.. ކޮން ކަމެއް އޮތީ” ޒައިކް ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ.

“އެއްވެސްކަމެއް ނެތް ދެން ހަމަ ބައްދަލްކޮށްލާ ހިތްވީ.. ކޮބާ ޗުއްޓީ އަށް ރަށަކަށް ނުދަންތަ” އަހަރެން ބޭނުންވީ ޒައިކް ދާ ދުވަސްކޮޅާ ދިމާކޮށް ރަށަށް ދާށެވެ. އޭރުން އޭނަޔާ ރަށުންވެސް ބައްދަލުވާނެކަމަށް އުއްމީދުކޮށްގެން ހުރެމެއެވެ.

” އަހަރެން ރަށަށްދާނީ ގޭގަ އުޅޭ ރަށު ކުދިންތަކާއި އެކު.. އެއީ ނޮވެމްބަރ ސަތާރަ ހިސާބުގައި” ޒައިކްގެ މިވާހަކަ އަޑު އިވުމުން އަހަރެން ވެސް ޒައިކް ދާދުވަހަށް ރަށަށް ދެވޭނެކަމަށް އުއްމީދު ކުރާ ވާހަކަ ބުނީމެވެ. އަދި މިހާ ހިސާބަށް ދިއުމުން ޒައިކް ވަރަށް އަވަހަށް ތަނަކަށް ދާންޖެހޭ ވާހަކަ ބުންޏެވެ. ފަހަރެއްގަ އަހަރެމެން ދެމީހުން އެވަގުތުގައި ދައްކާނެ ވާހަކަ ތަކެއް ނެތުން ކަމަށްވެސް ވެދާނެއެވެ. ވާނީވެސް އެހެންތާއެވެ. ޒައިކް ކައިރީގައި ލޯބީގެ ވާހަކައެއް ދެއްކޭކަށް ނެތެވެ. އޭނަ ބުނާގޮތުން އޭނަ ކުއްޖަކާ ރައްޓެހިވާނީ ކިޔެވުން ނިންމާފައެވެ. މިހެން ކަމުން އަހަރެން ދެން އިތުރަށް ކިތަންމެ ވާހަކައެއް ދައްކަން ހުއްޓަސް ދައްކާނީވެސް ކިހިނެތް ހެއްޔެވެ.

ދުވަސްތައް މާޒީ ވަމުންގޮސް ޗުއްޓީއަށް އަހަރެމެން ދެމީހުންވެސް ރަށަށް ހިގައްޖެއީމެވެ. އަހަރެން ދިޔައީ ޒައިކް އަށްވުރެ ހަފްތާއެއް ކުރިންނެވެ. ޒައިކް ރަށަށް އައުމާއި އެކު އަހަރެން އޭނަޔާއި ބައްދަލްކުރުމަށް ވަރަށް މަސައްކަތް ކުރަން ފެށީމެވެ. ނަމަވެސް އަހަރެން ފެނުމުން ގޮވާލުން ފިޔަވާ އެއްވެސް ވާހަކައެއް ދެއްކޭ ގޮތެއް ނުވިއެވެ. އަބަދުވެސް ޒައިކް ފެންނަނީ ކޮންމެވެސް ބަޔަކާއި އެކުގައެވެ. އެއްދުވަހެއްގައި އަހަރެން އަހަރެންގެ ކޮއްކޮ އަކާއި އެކު ހިގާލަންދަނިކޮށް ޒައިކް އޭނަގެ ދައްތައެއްގެ ގޭގެ ބޭރުގައި ބަޔަކާއި އެކު ހުއްޓާ ފެނުނެވެ. ހީވަނީ ދެން އެތަނުގައި ތިބީ އޭނަގެ ރައްޓެހިންތަކެއް ހެންނެވެ. އަދި އެވަގުތު ވަރަށް ފާޑެއްގެ ވިސްނުމެއްވެސް ބޮލުތެރެއަށް ވަދެއްޖެއެވެ.

ކޮއްކޮގެ އަތުގައި ހުރި ފުއްޕާ ހަންތަކުން ހަމެއް ނަގާ އޭގައި ” އައި ލަވްޔޫ.. ޑޫ ޔޫ ލަވް މީ” މިހެން ޖަހާފަ ކޮއްކޮއަށް ޒައިކް ދެއްކުމަށް ފަހު ޒައިކް އަށް ފުއްޕާ ހަން ދިނުމަށް ކޮއްކޮ ފޮނުވީމެވެ. ކޮއްކޮ ފޮނުވާލުމަށް ފަހު އަހަރެން އެތަނުގައި ހުރި ގަހަކާ ނިވާވީ އެ ކިޔާލުމަށް ފަހު ޒައިކްގެ މޫނުމަތިން ފާޅުވާނެ ކުލަވަރެއްގެ އިންތިޒާރުގައެވެ. (ނުނިމޭ)

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

އަހަރެންގެ ހައްގެކެވެ. (ފަހުބައި)

Next

ނަމަވިޔަސް… (8 ވަނަ ބައި)

Next
March 26, 2015

ނަމަވިޔަސް… (8 ވަނަ ބައި)

Previews
March 25, 2015

އަހަރެންގެ ހައްގެކެވެ. (ފަހުބައި)

5 Comments!

  1. mufff says:
    March 25, 2015 at 11:04 pm

    i have been waiting for this …….

  2. naaz says:
    March 26, 2015 at 1:23 am

    naaz ge life r ehvx thafaatheh neh… mihaarus kanthah vamum dhanee mikahala gothakah… naaz ge life ga e majnoon kaamiyaab vaanekameh neygey… inthixaar kuranee majunoonge ishaarathakah… ☺

  3. athoo.. says:
    March 26, 2015 at 4:03 pm

    hama eh comment eh it’s “WOW”.

  4. malak says:
    May 8, 2015 at 10:54 am

    hmmmmmmm

  5. mohammad ameen dheedhi says:
    August 20, 2017 at 11:08 am

    mee magey vahaka in copy kohfa….copy cat

Comments are closed.


All Right Reserved!