“ނޫން މާޝް ދެން ހުއްޓާލާ… ތީ ކުށެއް ނޫން… އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ… ޔަގީން މާޝް ތިކުރި ކަންތަކުން ދައްތަވެސް ބޭބެ ވެސް ރުޅި ނާންނާނެ. އަވަހައް ދައްތައަށް ކިޔާދީ… ބޭބެ މާލޭގަ ހުއްޓަސް ދައްތަ ކިޔާދޭނެއްނު… ދެން ހުއްޓާލާ….” އަލްމާޝް ގެ ބޮލުން ބޮޑު ބުރައެއް ފިލައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނީ އެންމެ ގާތް އެކުވެރިޔާއަށް ހަގީގާތް ކިޔާ ދެވުމުންނެވެ. “މަޑުކޮށްބަލަ މާޝް….ތި ހާލަތު އަހަރެންވެސް ގަބޫލުކުރަން.. އެކަމު ތި ކައިވެނި ކިހނެއް އަހަރެން […]
ބަނޑުފައިވެފައި ހުރިވަރުން ފާޒިން އަވަހަށް ކެއުމާއިގެން ކުރިއަށް ދިޔައެވެ. އިންހާވެސް ފާޒިންއާއި އެކު ކެއުމުގައު ބައިވެރިވިއެވެ. ކައިނިމިގެން ފާޒިން ގޮސް ގޮނޑިސެޓުގައި ޖައްސާލީ ވަރުބަލިވެފައި ލޯމައްޗައް ކުޑަކޮށް އަނދިރިވާން ފެށުމުންނެވެ. ގިނައިރު ނުކައި ހުރެފައި މާގިނައިން ކެވުނަސް އެކަހަލަ ގޮތެއް ވެދާނެ ކަމަށް ފާޒިންގެ ސިކުނޑިއަށް ވިސްނުނު ނަމަވެސް ފާޒިންއަށް ނޭގުނީ އޭނަގެ ދިރިއުޅުން އިންހާ ވައްޓާއެލަނީ ކިހާފުންމިން ހުރި ވަޅުގަނޑަކަށް ކަމެވެ. ގޮނޑިސެޓުގައި ބުރަކަށި ޖެހުނުތާ މާގިނައިރެއް ނުވަނީސް ފާޒިންއަށް ނިދިގެން ގޮޑިމައްޗަށް ދެމުނެވެ. ” […]
އަހަރެން ކުއްލިއަކަށް ގެއިން ނިކުމެގެން ދުއްވައިގަތީމެވެ. ވަކި ދާނެ ތަނެއް ނޭނގި ދުވަމުން ދުވަމުން އަހަރެންދިޔައި ޚުދު ކޮންތާކަށްކަމެެއްވެސް އަހަންނަކަށް ނޭނެގެއެވެ. އެންމެ ފަހުން އަހަރެން ވަރުބަލި ވެއްޖެއެވެ. ވަރުބަލިކަން ފިލުވާލުމަށްޓަކައި އަހަރެން ދުވުން ހުއްޓީލީމެވެ. ދެން މަޑުމަޑުން ހިނގަން ފެށީމެވެ. އޭރު އަހަންނަށް އާދެވިފައިވާ ހުރީ ރަށުގެ އެންމެ ބޯ ޖަންގަލީ ހިސާބަށެވެ. މަޑުމަޑުން ހިނގަމުން ގޮސް ޖަންގަލީގެ ގަސްތަކުގެ ތެރެއަށް އަހަރެން ވަނީމެވެ. ވަގުތަކީ ހަވީރުވަމުން ދިޔަ ވަގުތު ކަމުން ޖަންގަލީގެ ތެރެއިން ފެންނަނީ […]
މާކިންއާއި އިނާރާ އެކަނިވެރިވީއެވެ. “ބަމްބީ ޕްލީސް..” މާކިން ދެރަވެފައި އިނދެ ބުނެލިއެވެ. މާކިންގެ މޫނަށް ގެއްލިފައި އިން އިނާރާ އިނީ ހަދަންވީގޮތް ނޭނގިފައެވެ.. އެއްކޮޅުން އޭނާ ނަފްރަތުކުރައި އެނާއަށް އެހައި އަނިޔާދިން މާކިންއެވެ. އަނެއްކޮޅުން އަލަށް މަޢާފަށްއެދި އިތުރު ފުރުސަތެއް ދިނުމަށް އެދޭ ލޯބިވާ މާކިންއެވެ. މިތަނުން އޭނާ އިޚުތިޔާރު ކުރާނީ ކޮން މާކިންއެއް ބާއެވެ؟ އޭނާއަށް އިތުރު ފުރުސަތެއް މާކިންއަށް ދެވިދާނެބާއެވެ؟ މާކިންއާއި ދޭތެރޭ އެހިތުގައި ވާ ލޯބި މި ކުރެވޭ ނަފްރަތައް ވުރެން ބޮޑެބާއެވެ؟ […]
” ދެން ދެމީހުން ތިހެން ބަލަންނުތިބެ ހިނގާބަލަ އެތެރެއަށް…! އެތެރެއަށް ގޮސްވެސް ބެލިދާނެއެއްނު..! ” މިޝާ މިސްރާމެންނަށް ބަލަންހުރެފައި ބުނެލިއެވެ. މިޝާ އެހެންބުނުމުން އިމާދުއަށް ސިހިފައި ބަލާލެވުނެވެ. މިސްރާ ލަދުން އިސްޖަހާލިއިރު އެދޮން މޫނު ވަނީ ރަތްވެފައެވެ. އިމާދު މިސްރާމެންގެ ފަހަތުން ގޮސް ގެއަށް ވަތް އިރު ތަންކޮޅެއް ދުރުގައި އާދިލް ބަލަހައްޓައިގެންހުރިކަމެއް އެމީހުންނަކަށް ނޭގެއެވެ. ” މަންމަގެ ހާލް ކިހިނެއް މިހާރު…! ކީކޭ ޑޮކްޓަރ ބުނީ…؟ ” ގެއަށް ވަދެގެންއައި މިސްރާމެން ފެނުމުން އާމިރު އަހައިލިއެވެ. […]
އެއީ ހަމަ އެގެއަށް ދާ ކޮންމެ ދުވަހަކު ކޮންމެވެސް ގޮތަކުން ޖެއްސުންކުރާ ޔާއްކޮ ހެއްޔެވެ؟ މިޚިޔާލުތަކުން އޭނާ ހަމަބިމަށްއައީ ލުޔާ އޭނާއަށް ހަނާ އެޅުމުންނެވެ. އޭރުވެސް ލިއުޒާއަކަށް އަރީފެއް ނުފެނެއެވެ. “ދެން އަރީ ވެސް ދޯ” ފަހަތުން އައިސް ލިއުޒާގެ ލޮލުގައި އަތްއެޅުމުން އޭނާ ކުރުކަނޑާލިއެވެ. “މަގޭ މަސްކަރައޭ އެޔޮއް ހަޑިވީ..” ލިއުޒާ މިހެން ބުނުމުން މޭޒުދޮށުގައި ތިބި އެންމެނަށް ހެވުނެވެ. ކެއުމާއިގެން ކުރިއަށް ދިޔައިރު އެކި އެކި ވާހަކަތައް އެމީހުންގެ މެދުގައި ދެކެވުނެވެ. އިރުއިރުކޮޅުން ލުޔާގެ […]
ޖެހިގެންއައި ދުވަހު އެންމެންވެސް އުޅުނީ އެރޭއޮންނަ ރަންކިޔުމުގެ ހަފްލާއަށް ތައްޔާރުވުމުގައެވެ. ރަންކިޔުމާ ގުޅިގެން ކުޑަހަފްލާއެއްބާއްވަން ދެފަރާތުގެ އާއިލާއިންވެސް ބޭނުންވުމުންނެވެ. އެދުވަހުގެ މެންދުރު ވަގުތެއްގައި ރާއިންވެސް އައިސްފިއެވެ. ނަމަވެސް ނޫރާފަހަތުން އުޅުމުން ޒާޔާއަށް އޮތީ އެކަން ނޭނގިފައެވެ. ޒަޔާންވެސް ޒާޔާ ބޭރަށް ނުކުމެ ނޫޅެފާނެތީ އެކަން އެހަށް ސިއްރުކޮށްފައި ބޭއްވީއެވެ. ރަންކިޔުން އޮތީ 8 ޖަހާއިރުކަމުން ފިރިހެން ކުއްޖާގެ އާއިލާމީހުން އެހާއިރުވާންވާއިރު އެގެއަށް އައިސްފިއެވެ. އެމީހުންގެ އިސްތިގުބާލުގައި އޭރު އާއިލާގެ ހުރިހާއެންމެންހެންވެސް ގޭގެ ބޮޑުހޯލުގައި ތިއްބެވެ. ޒާޔާއާއި ޔާނާ […]
ދުވަސްތަށް ފާއިތުވަމުންގޮސް ހަމަސް ދުވަސް ފާއިތުގެންދިޔައީ ހީވެސް ނުކުރާ ބާރަށެވެ. ފަޒީލްމެން ފުރައިގެން އިންގުލެންޑަށް ދިޔައިރު ދިޔައީ ފައިހާވެސް ގޮވައިގެންނެވެ. ފައިހާއާއި މާލް ނެތުމުން ފޫހިކަން އިހްސާސް ކުރެވުނު ކަމުގައިވިޔަސް ކޮންމެ ދުވަހަކީވެސް މައިޝާގެ ހަޔާތަށް އަންނަ ވަރަށް އުފާވެރި ދުވަހެކެވެ. ނަމަވެސް ކޮންމެ އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނޭ ބުނާ ފަދައިން މައިޝާގެ އުފާވެރި ދިރުއުޅުން ހިތާމައިން ފޯވެގެން ދިޔައީ ހީވެސް ނުކޮއްހުއްޓާ ލިބުނު ހަބަރަކުންނެވެ. ހާދީ މަސެއްކަތުގައި ހުއްޓައި ވެއްޓުނީ ކުއްލިއަކަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާދީ […]
ކޮޓަރީގެ ދޮރުހުޅުވާފައި ވައިން ޝީލާގެ ނަޒަރު ހުއްޓުނީ އެނދުގައި އޮތް އިނާރާއަށްށެވެ. ގެއަށް އައިފަހުން އިނާރާ އަދި އެއްވެސް ވާހަކައެއް ކިޔައެއްނުދެއެވެ. “ދަރިފުޅާ.. ހިނގާ ކާން. ހުންނާނެ ދަރިފުޅަށް އެންމެ މީރު ސްޕެގެޓީ ހަދާފައި.” ޝީލާ ގޮސް އިނާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ތެދުވެ އެނދުގެ ފަޑީގައި ލެނގިލި އިނާރާ މިހާރު ހަމައަކަށް އެޅިފައި ހުރިއިރު އަދިވެސް އެ ހިތުގައި ރިހުން ވެއެވެ. “މަންމާ..” އިނާރާ ވާހަކައެއް ބުނަންވެގެން ގޮވާލިއެވެ. “ކިހިނެތްތަ ވީ އަސްލު. މަންމައަށް ކިޔާދީބަލަ […]