Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 25

BONDAY Level 210 Stories
July 11, 2015 6 Mins Read
15 Comments

ދުވަސްތަށް ފާއިތުވަމުންގޮސް ހަމަސް ދުވަސް ފާއިތުގެންދިޔައީ ހީވެސް ނުކުރާ ބާރަށެވެ. ފަޒީލްމެން ފުރައިގެން އިންގުލެންޑަށް ދިޔައިރު ދިޔައީ ފައިހާވެސް ގޮވައިގެންނެވެ. ފައިހާއާއި މާލް ނެތުމުން ފޫހިކަން އިހްސާސް ކުރެވުނު ކަމުގައިވިޔަސް ކޮންމެ ދުވަހަކީވެސް މައިޝާގެ ހަޔާތަށް އަންނަ ވަރަށް އުފާވެރި ދުވަހެކެވެ. ނަމަވެސް ކޮންމެ އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނޭ ބުނާ ފަދައިން މައިޝާގެ އުފާވެރި ދިރުއުޅުން ހިތާމައިން ފޯވެގެން ދިޔައީ ހީވެސް ނުކޮއްހުއްޓާ ލިބުނު ހަބަރަކުންނެވެ. ހާދީ މަސެއްކަތުގައި ހުއްޓައި ވެއްޓުނީ ކުއްލިއަކަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާދީ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރ ބުންޏެވެ. ހާދީ މަރުވުމުގެ ސަބަބުން މުނީރާގެ އިތުރުން މައިޝާމެންވެސް ޖެހުނީ އެޑްމިޓްކުރާށެވެ. އެހެން އެންމެންނަށް ވުރެވެސް މައިޝާގެ ހާލް ބޮޑެވެ. ހާދީގެ ކަށުކަމާކެމީގެ ކަންތައްތައް ނިމި ވަޅުލެވުނުއިރު އިރުއޮއްސިއްޖެއެވެ. އޭރުވެސް މުނީރާ ދޫކޮއްނުލައެވެ. މުނީރާ ހޮސްޕިޓަލުން ދޫކޮއްލީ އެރޭ ނުވައެއްވެސް ޖެހިފަހުންނެވެ. ހޮސްޕިޓަލުން ދޫކޮއްލުމުން ފާޒިންގެ އެދުމުގެ މަތިން މުނީރާމެން ދިޔައީ ފާޒިންމެންގެ ގެއަށެވެ. މުނީރާމެންނަށް ހާއްސަކޮއްގެން އެގޭގައި ހުރި ގެސްޓް ރޫމް ވަނީ ތައްޔާރު ކުރެވިފައެވެ. އިމާދުއަށް ހާދީ މަރުގެ ހަބަރު ލިބުމުން އެންމެ އަވަހަށް ފުރި ބޯޓުން މާލެދާން ނައްޓާލިއެވެ. މާލެ އާދެވުނުއިރު މެންދުރު އެކެއް ޖަހަނީއެވެ. ގެނައި ހުރިއެއްޗެއްވެސް ބޯޓުގައި ބަހައްޓާފައި އިމާދު ފުރަތަމަވެސް ދިޔައީ މިސްރާމެންނާއި ބައްދަލް ކޮއްލާށެވެ.

“އިމާދު…! ކިހިނެއް އެނގުނީ އަހަރުމެން އުޅެނީ މިގޭގައި ކަމެއް… ” ބެލްޖަހާލި އަޑަށް މުނީރާ ގޮސް ދޮރުހުޅުވާލިއިރު ދޮރުކައިރީގައި މަޑުކޮއްލައިގެންހުރި އިމާދު ފެނުމުން މުނީރާ ބުނެލިއެވެ.

” އެގެއަށް ދިޔައިރު އެކަކުވެސް ނެތުމުން ހިތަށް އެރީ މިގެވެސް ބަލާލާނީއޭ…! ” ހިނިތުންވެލަމުން އިމާދު ބުނެލިއެވެ. އިމާދު ސޯފާގައި އިށީނުމުން މުނީރާ ދިޔައީ އިމާދުއަށް ކޮންމެވެސް ފިނިއެއްޗެއް ބަލައެވެ.

 ” ކޮބާ މިސްމެން…! ” މިސްރާ ފެންނަން ނެތުމުން އިމާދު އަހައިލިއެވެ.

” ނިދިފަ އެބަތިބި…! ގޮވާލަންތަ….؟  ” މުނީރާ އޭނާ ގެނައި ކޯކުތަށި އިމާދުއަށް ދިއްކޮއްލިއެވެ.

” ނޫނޭ… ގޮވާނެ ކަމެއްނެތް… އަންނާނަން ފަހުން… އަދި ގެއަށްވެސް ގޮސްނުލާ މިއުޅެނީ… ” އިމާދު އޭނަގެ އަތުގައި އޮތް ހުސްތަށި މުނީރާގެ އަތަށް ދީފައި ނިކުންނަން ހިނގައިގަތެވެ.

” ހަވީރުން އަންނާނަން ދޯ….! ” ދޮރާއި ދިމާލަށް ހިނގާފައި ދިޔަ އިމާދުއަށް ބަލަހައްޓައިގެން ހުރެފައި މުނީރާ ބުނެލިއެވެ. އިމާދު ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލާފައި ނިކުމެގެން ގެއަށް ދިޔައީ ވަރުބަލިވެފައި ހުރިވަރުން އަވަހަށް ޖައްސާލާށެވެ.

ފާޒިން އޮފީހުގައި ވަރަށް ބުރަކޮއްއުޅެފައި ގެއަށް އާދެވުނީ ހަތަރެއް ޖަހާ ބޮޑުވިފަހުންނެވެ. ގޭގެ ސިޓީންގްރޫމްގައި އެކަކުވެސް ފެންނަން ނެތުމުން ފާޒިންގޮސް ކޮޓަރިއަށް ވަންއިރު މައިޝާ އަރާމްކޮއް ނިދާލާފައި އޮތެވެ. ބަނޑުފައިވެފައި ހުރި ނަމަވެސް ފާހާނަޔަށް ވަނީ ފެންވަރާލާށެވެ. ނިދާފައި އޮތް މައިޝާއަށް ހޭލެވުނީ އޭނަގެ މޫނުގައި ފާޒިންގެ ތެތް އިސްތަށިގަނޑު ޖެހުމުންނެވެ. ލޯހުޅުވާލިއިރު ފާޒިންގެ މޫނު އެހާކައިރިން ފެނުމުން މައިޝާ ކުޑަކޮއް ސިހުނެވެ.

” ކޮންއިރަކު އައީ…؟ ” މައިޝާ ފާޒިންގެ ކަރުގައި އަތް އަޅުވާލަމުން ބުނެލިއެވެ.

” އިރުކޮޅެއްވެއްޖެ…! ހިނގާބަލަ ކާންދާން… ވަރަށް ހައިވެއްޖެ… ” ތެދުވެގެންގޮސް އަލަމާރި ކައިރީގައި ހުއްޓެމުން ފާޒިން ބުނެލިއެވެ. ފާޒިން އެހާފަސޭހައިން ތެދުވުމުން ފާޒިން ހުރީ ވަރަށް ހައިވެފަކަން މައިޝާއަށް ވަގުތުން ވިސްނުނެވެ. އެހެންވެ އަވަހަށް ފާހާނަޔަށް ވަދެ މޫނުދޮވެހަދާލައިގެން ކޮޓަރިން ނިކުތީ ފާޒިން ތިރިއަށް ދާން ވާއިރަށް ކާން ތައްޔާރުކުރާށެވެ. މައިޝާ ތިރިއަށް ދިޔައިރު ވަދީފާއާއި އާމިރުވެސް ބަދިގޭގައި ކާން ތިއްބެވެ.

” އަވަހަށް އާދޭ ކާން….! ” ކޮޓަރިން ނިކުމެގެން އައި ފާޒިންމެން ފެނުމުން ވަދީފާ ބުނެލިއެވެ.

” މަންމާ…! އަންނަ ހުކުރު ދުވަހުގެރޭ އެބޮތް ރިސޯޓުގައި ޕާޓީއެއް….! ދާނަންތަ….؟ ” ފާޒިން ވަދީފާކުރެން އަހާލިއެވެ.

” އެންމެން ދަންޏާ މަންމަވެސް ދާންބޭނުމީ…! ” ހާދީ މަރުވިތާ މާގިނަ ދުވަސްތަކެއް ނުވާތީ ވަދީފާ ދާކަށް ބޭނުމެއްނުވިއެވެ.

” ދެން މައިވެސް ވެއްޖެއެއްނު މަންމަމެން ގޮވައިގެން ބޭރަށް ނިކުމެ ތަންތަނަށް ގޮސްލާ ހަދަން… އޭރުނޭނު މަންމަވެސް އެހިތާމަޔާ މަޑުމަޑުން ދުރުވާނީ….! ކީކޭ ބައްޕަ މިކަމާ ބުނަނީ…! ” ފާޒިން އާމިރުގެ ހިޔާލް ހޯދާލުމުގެ ބޭނުމުގައި ބުނެލިއެވެ. ހާދީ މަރުވިތާ ތިންހަފްތާ ވިއިރުވެސް މުނީރާ އެއްގޮތަކަށްވެސް ބޭރަށް ނިކުމެއެއް ނޫޅެއެވެ. އަބަދުވެސް އޮންނަނީ ކޮޓަރީގައެވެ.

” ދަރިފުޅު ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް… ” އާމިރުވެސް ފާޒިންގެ ހިޔާލަށް ތާއިދު ކުރިއެވެ. އެހެންވެ ހިތާ ދެކޮޅަށްވެސް ރިސޯޓަށް ދިއުމަށް ވަދީފާ އެއްބަސްވިއެވެ. ވަދީފާ ދާން އެއްބަސްވުމުން ފާޒިން ވަރަށް ހިންހަމަ ޖެހުނެވެ.

” މައިވެސް ވާނެ މަންމަމެން އެއްބަސްކުރުވަން….! އެއްބަސްނުވެއްޖިއްޔާ ބުނޭ އަހަރެން ބުންޏޭ ގަދަ ކަމުންވިޔަސް ގެންދާނަމޭ…! ” ޖެހިގެން އިންގޮޑީގައި އިން މައިޝާއާއި ދިމާލަށް ބަލާލަމުން ފާޒިން ބުނެލިއެވެ. މައިޝާ އާނއެކޭ ބުނީ ބޮލުގެ އިށާރާތުންނެވެ. ކައިނިންމާލައިގެން ފާޒިން މައިޝާއާއި އެކު ގޮސް މުނީރާމެންގެ ކޮޓަރިއަށްވަނެވެ. އޭރު މުނީރާއަށް ނިދިފައި އޮތުމުން މޭޒުކައިރީގައި ފިލާވަޅު ހަދަން އިން މިޝާ ކައިރީގައި މަޑުކޮއްލައިގެން ތިބެފައި ދިޔައީއެވެ.

އިމާދުއަށް ހޭލެވުނީ އެރޭ އަށެއްވެސް ޖެހިފަހުންނެވެ. އެހެންވެ އަވަސްއަވަހަށް ފެންވަރައިލައިގެން މިޝާމެންނާއި ބައްދަލުކުރުމަށް ދިޔައީއެވެ. ފާޒިންމެންގޭގައި އިނީ އަލަށް އައި ސެކިއުރެޓީއެއް ކަމުން އިމާދުއަށް ގެއަށް ވަދެވުނީ އޭނާގެ އައިޑީކާޑަށް ދާންދެން ދެއްކުމުންނެވެ. އިމާދު ގެއަށް ވަދެގެން އައިސް ސަލާމް ގޮވާލިއިރު އާމިރުއާއި ވަދީފާ ގޭގެ ސިޓިންގް ރޫމްގައި ޓީވީ ބަލަން ތިއްބެވެ.

” ކީއްކުރާ ކުއްޖެއް….؟ ” ސަލާމް ބަލައިގަންނަމުން ވަދީފާ ބުނެލިއެވެ.

” މުނީރާއްތަ އެބައުޅޭތަ…؟ ” ވަރަށް އަދަބުވެރިކަމާއެކު އިމާދު ބުނެލިއެވެ.

” އާނ.. އާދޭ އެތެރެއަށް…! ކޮންނަމެއް ކިޔަނީ…؟ ” ގެއަށް ވަންނަން ތަންދައްކަމުން ވަދީފާ ބުނެލިއެވެ.

އިމާދު އޭނަގެ ނަން ބުނެލުމުން އިމާދު ކައިރީގައި އިށީންނަން ބުނެފައި ވަދީފާ ދިޔައީ މުނީރާއަށް ގޮވާށެވެ. މުނީރާމެންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމުން ދޮރުހުޅުވާލީ މިޝާއެވެ. އޭރު މުނީރާ އެނދުމަތީގައި ގުރުއާން ކިޔަވަންއިނެވެ.

 ” މުނީރާ…! އިމާދު ކިޔާ ކުއްޖަކު އެބައިން ބައްދަލުކޮއްލަން އައިސް…! ” ގުރުއާން ކިޔަވަން އިން މުނީރާ ބަލާލުމުން ވަދީފާ ބުނެލިއެވެ. އިމާދުއޭ ބުނުމުން މުނީރާވެސް ހަތިމް ބާއްވާފައި ބޭރަށް ނިކުންނަށް ހިނގައިގަތްއިރު މިޝާ ގޮސް ސިޑިން ފައިބަނީއެވެ. އޭރު މިސްރާ އުޅެނީ ފާހާނައިގާކަމުން މިސްރާއަކަށް އެކަމެއް ނޭގެއެވެ.

” އިންމަ….! ކޮންއިރަކު އައީ…؟ ” ސިޑިން ފައިބައިގެން އައި މިޝާއަށް އިމާދު ފެނުމާއެކު އަހައިލިއެވެ.

” ދެންމެ…! ކުޑީ ކިހިނެއް…؟  ” ހިނިތުންވެލަމުން އިމާދު އަހައިލިއެވެ.

” ކުޑަކޮށް ރަނގަޅު…! ” ފަނޑު ހިނިތުންވުމަކާއެކު މިޝާ ބުނެލިއެވެ.

” ކޮބާ މިސް…؟ ގޭގަ ނެތީތަ…؟ ” މިސްރާ ފެންނަން ނެތުމުން އިމާދު ބުނެލިއެވެ.

” ފާހާނައިގަ އެބައުޅޭ…! އިރުކޮޅަކުން ނިކުންނާނެހެން ހީވަނީ…! ” މިޝާ ގޮސް އިމާދު ކައިރީ ގޮނޑިސެޓުގައި އިށީންނަމުން ބުނެލިއެވެ.

” އިމާދު ކާން ދާންވީނު…؟ ” މުނީރާވެސް އައިސް މަޑުކޮއްލަމުން ބުނެލިއެވެ. އިމާދު އާނއެކޭ ބުނުމުން މުނީރާ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ.

” އިންމަ…! ކިހިނެއް…؟ ކޮންތާކު ތިއުޅެނީ…؟ ކޮންއިރަކު އައީ…؟ ” އެވަގުތު ފާޒިންގެ ފަހަތުން ކޮޓަރިން ނިކުމެގެންއައި މައިޝާއަށް އިމާދު ފެނުމުން ބުނެލިއެވެ.

” ހާދަ ބައިވަރު ސުވާލެއް…؟ ތިތަނުން ކޮން ސުވާލަކަށް އަހަރެން ޖަވާބު ދޭންވީ…؟  ” ހިނިތުންވެލަމުން އިމާދު ބުނެލިއެވެ.

” ކޮންމެވެސް ސުވާލަކަށް ޖަވާބު ދީ…؟ ” މައިޝާ އައިސް މިޝާ ކައިރީގައި އިށީނެވެ.

” ދަރިފުޅާ މައިޝާ…! އާދެބަލަ….! ” ބަދިގެ ތެރޭގައި ކާންހަދަންހުރި މުނީރާ މައިޝާއަށް ގޮވާލިއެވެ. މައިޝާ ތެދުވެގެން ބަދިގެއާއި ދިމާލަށް ހިނގައި ގަތުމުން ފާޒިންވެސް މައިޝާގެ ފަހަތުން ގޮސް ބަދިގެއަށްވަނެވެ. ބަދިގޭގައި ކާންހަދަންހުރި މުނީރާގެ ބޮލަށް އެނބުރުން އެރީ ކުއްލިއަކަށެވެ. ތަށިތަކަށް ފެން އަޅާފައި އިމާދު ކައިރީގައި ކާންބުނުމަށްފަހު ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ބޮލަށް އަރަންފެށި އެނބުރުމުގެ ސަބަބުން އޮށޯއްވެލާށެވެ. ނަމަވެސް ސިޑިން ވަކި ހިސާބަކަށް އެރުނުތަނާ އަނބުރައިގަނެގެން މުނީރާ ވެއްޓުނެވެ. މުނީރާ ވެއްޓުނު މަންޒަރު މައިޝާއަށް ފެނުމުން ބޭއިހްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ. މައިޝާ ހަޅޭލަވައިގަތް އަޑަށް ކާންތިބި ފާޒިންއާއި އިމާދުއަށް މައިޝާއާއި ދިމާލަށް ބަލާލެވުނީ ސިހިފައެވެ. ފާޒިންމެންގެ ލޮލުގައި ވެއްޓިފައި އޮތް މުނީރާ އަޅައިގަތީވެސް މައިޝާ ސިޑިއާއި ދިމާލަށް ދުއްވައިގަތުމުންނެވެ. މައިޝާގެ ފަހަތުން ފާޒިންއާއި އިމާދުއަށްވެސް ސިޑިއާއި ދިމާލަށް ދުއްވައިގަނެވުނީ އެއްކޮއްކަހަލަ ގޮތަކަށެވެ. ފާޒިންގޮސް މުނީރާ ނެގިއިރު ބޮލުން ފަޅައިގެންގޮސްފައި ހުރި ތަނުން ހޯސްލާފައި ލޭފައިބައެވެ. މުށިގަނޑުމަތީގައިވެސް ވަނީ ލޭގެ ކޯރެއް ދެމިފައެވެ.

” މަންމާ….! ” މުނީރާގެ ބޮލުން ފައިބަމުންދިޔަ ލޭތަށް ފެނުމުން މައިޝާއަށް ރޮއިގަނެވުނެވެ.

“މައި…! އަވަހަށް އެންބިއުލެންސްއަށް ގުޅާބަލަ…! ” މުނީރާގެ ބޮލުން ފަޅައިގެން ގޮސްފައި ހުރި ތަނުގައި އަތްއަޅަމުން ފާޒިންބުނެލިއެވެ. އިމާދު އަވަސް އަވަހަށް އޭނަގެ ފޯނުނަގައިގެން އެންބިއުލެންސްއަށް ގުޅައިގެން މުނީރާ އަވަހަށް ހޮސްޕިޓަލަށް ގެންދިޔައީއެވެ.. އެމަޖެންސީރޫމަށް ވައްދާ ބޮލުގައި ބޭސް އެޅުމަށްފަހު ޕުރައިވެޓް ރޫމަކަށް މުނީރާ ބަދަލްކުރިއިރުވެސް ހޭނާރައެވެ.

މުނީރާގެ ޓެސްޓްތަކެއް ހަދާފައި ޑޮކްޓަރ ބޭނުންވީ މައިޝާމެންނާއި ބައްދަލުކޮއްލާށެވެ.

” މައި މަޑުކުރޭ މަންމަ ކައިރީގައި….! އަހަރެން އަންނާނަން ޑޮކްޓަރާ ބައްދަލް ކޮއްލާފައި….! ” މައިޝާގެ ކޮނޑުގައި ހިފާލަމުން ފާޒިން ބުނެލިއެވެ. ފާޒިން ނަރުސް ކުއްޖާއާއިއެކު ގޮސް ޑޮކްޓަރުގެ ކޮޓަރިއަށްވަނެވެ. ފާޒިން ވަނުމުން ނަރުސް ކުއްޖާ ނިކުމެގެން ދިޔައީއެވެ.

” ފާޒިން…! ” ފާޒިންގޮސް ގޮނޑީގައި އިށީންނަމުން ޑޮކްޓަރާ ސަލާމް ކޮއްލަން އަތް ދިއްކޮއްލިއެވެ.

” ޑރ.ރަސީދު…! ފާޒިންގެ މަންމަތަ އެއީ…؟  ” ފާޒިންގެ މޫނަށް ރަނގަޅަށް ބަލައިލަމުން ރަސީދު ބުނެލިއެވެ.

” ނޫން…! އަންހެނުންގެ…! ” ކުޑަ ހިނިތުންވުމެއް މޫނުމައްޗައް ވެރިކޮއްލަމުން ފާޒިން ބުނެލިއެވެ.

” އެހެންވީމަ މަންމަޔަށް ދޯވާނީ…! މަންމަ އެއްވެސް ކަމަކާ ފިކުރުކޮއް ހަދާކަން އެނގޭތަ…؟  ” މުނީރާގެ ރިޕޯޓަށް ބަލައިލަމުން ރަސީދު ބުނެލިއެވެ.

” އަނ ފިކުރު ކޮއްފާނެ…! ބައްޕަ މަރުވިތާ އަދި މާގިނަދުވަހެއްނުވޭ…! އަނެއްކާ މަންމައަށް ކިހިނެއްވީ..؟ ” ފާޒިންއަށް ކޮންމެވެސް ކަމެއް ގޮސްވެއްޖެކަން އެނގުމުން މޫނުމަތީގައި ހުރި ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ.

” މުނީރާއަށް ވަނީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރު ކޮއްފައި…! މިގޮތަށް މާބޮޑަށް ފިކުރު ކުރަން ފަށައިފިނަމަ ފަހަރެއްގަ ވަރަށް ގޯސް ވެދާނެ…! ވީމާ ވީހާވެސް ގިނައިން އެފިކުރުތަކާ ދުރުގައި ގެންގުޅުން ރަނގަޅީ… އެއީ ކިތަންމެ ވަރަކަށް އެކަމާ ވިސްނާ ފިކުރުކޮއް ހެދިޔަކަސް ވާނެ ފައިދާއެއް ނޯންނާނެ… ހަށިގަނޑަށް އިތުރު ގެއްލުންތަކެއް ނޫނީ ނުލިބޭނެ…! ” ވަރަށް ގިނަ ވާހަކަތައް ޑޮކްޓަރ ކިޔައިދިނުމަށްފަހު ފާޒިން ކައިރީގައި ދިއުމަށް އެންމެ ރަނގަޅުކަމަށް ބުނުމުން ފާޒިން ނިކުމެގެން ގޮސް މުނީރާ އޮތް ކޮޓަރިއަށްވަނެވެ.

” ކީކޭ ޑޮކްޓަރު ބުނީ…؟ ” ކޮޓަރިތެރެއަށް ވަތް ފާޒިން ފެނުމުން މައިޝާ އަހައިލިއެވެ.

” ޑޮކްޓަރ ބުނީ މަންމަ މާބޮޑަށް ފިކުރުކުރާތީ ދިމާވި ކަމެއްކަމަށް…. ވީހާވެސް ގިނައިން އެފިކުރުތަކާ ދުރުކޮއްގެން ގެންގުޅޭށޭ… އޭރުން ރަނގަޅުވާނޭ…! ” އެވަގުތު މައިޝާ ދެރަވާނެވަރު ހިތަށް އަރާފައި ފާޒިން ހުރިހާ ވާހަކައެއް ކިޔައިނުދިނީއެވެ. އޭރުވެސް މުނީރާ ހޭނާރައެވެ. ކުޑައިރުކޮޅެއް ފަހުން އިމާދުއާއި އެކު މިސްރާވެސް އައިސް ވަނެވެ. އޭރު މިސްރާއަށްވެސް ހުރީ ރޮވިފައެވެ. ފާޒިން ބަނޑުފައިވެފަ ހުރި ވަރުން މައިޝާއާއި އެކު ދިޔައީ ކެންޓީނަށެވެ. އޭރު ގަޑިން ބާރަ ޖަހަނީއެވެ.

” މަންމާ…! ” މައިޝާމެން ކައިގެން އައިއިރު މުނީރާއަށް ހޭލެވިފައި އޮތުމުން މައިޝާ އައިސް އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން މުނީރާގެ މޫނުގައި ފިރުމާލިއެވެ.

” ދެން ކުޑީމެން ގެއަށް ދާންވީނު…! ދޮންތަ މަޑުކުރާނަން މަންމަ ކައިރީގައި…! ” އެނދުގެ އަނެއްފަރާތުގައި ތިބި މިސްރާއާއި މިޝާއާއި ދެމީހުނަށް މައިޝާ ބުނެލިއެވެ.

” ދޮންތަ އެކަނިތަ މަޑުކުރަނީ…؟  ” މިސްރާ ހުރީ ގެއަށް ދާން ބޭނުން ނުވެފައެވެ.

” ދޮންތަބޭވެސް އެހެރީނު…! ދެން މާދަން ހެނދުނު އަންނާނީ…! އިންމަވެސް ގެއަށް ދާންވީނު…! ” ފާޒިން ކައިރީގައި އިން އިމާދުއަށް ބަލާލަމުން މައިޝާ ބުނެލިއެވެ. މައިޝާ އެހެންބުނުމުން އިމާދުވެސް ގެއަށް ދިއުމަށްޓަކައި ތެދުވިއެވެ.

” ފާޒިން ދާންވީނު ކުޑީމެން ގެއަށް ލާދީފަ އަންނަން…! ” މައިޝާ ފާޒިންއަށް ބަލާލަމުން ބުނެލިއެވެ.

” އިންމަ އަހަރުމެން ގެއަށް ލައިދީފަ ދޯ ދާނީ.. ދޮންތަބޭ ނުދިޔަސް ރަނގަޅުވާނެ…! ” މިސްރާ އިމާދުއަށް ބަލާލަމުން ބުނެލިއެވެ. އިމާދު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

” މަންމާ ދަނީ…! އަންނާނަން މާދަން ހެނދުނު…! ” މިޝާ މުނީރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. މުނީރާ ހިނިތުންވެލަމުން މިޝާގެ ނިތްކުރިއަށް ދޮނެއް ދިނެވެ. މިސްރާ ހުރީ އިމާދުއާއި ވާހަކަ ދައްކާލެވޭނެ ފުރުސަތެއް ނުލިބިފައެވެ. އައި.ޖީ.އެމް.އެޗް. އިން ބޭރަށް ނިކުމެފައިވެސް ދެމީހުނަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. ކައިރީގައި މިޝާ ހުރެގެން ވާހަކަ ދައްކަމުން ދިޔައިރުވެސް އިމާދުއަށް އިސްވެ މިސްރާއަކާއި ވާހަކަ ދައްކާކަށް ނުކެރުނެވެ.

” އިންމަ ކީއްވެ މާ މަޑުން ތިހުންނަނީ…؟ ” އިމާދު ވާހަކަ ނުދައްކާތީ މިޝާއަށް އެކަން ވިސްނިގެން ބުނެލިއެވެ.

” ކަމެއްނުވޭ…! މިޝާގެ މަންމައާއި ދޭތެރޭގައި ވިސްނާލީ…! ” ހިނިތުންވެލަމުން އިމާދު އެހެންބުނުމުން މިސްރާ އިމާދުއަށް ބަލާލިއެވެ. އޭރު އިމާދުވެސް ހުރީ މިސްރާއަށް ބަލަހައްޓައިގެންކަމުން ދެމީހުންގެ ހަތަރު ކަޅިހަމަވިއެވެ. މޫނުމައްޗައް ހިނިތުންވުމެއް ވެރިކޮއްލަމުން މިސްރާއަށް އިސްޖަހާލުން ނޫންކަމެއް ނުކުރެވުނެވެ.

” ކުޑީ…! ތުއްތިއަށް ކިހިނެއް ވެފަތަ މިހުންނަނީ…؟ ” އިމާދުއަށް ނުހުރެވިގެން މިޝާ ކައިރީގައި އަހާލިއެވެ.

” އިންމަ ތުއްތީ ކައިރިއަށް ނައިސްގެން ރުޅިއައިސްފަ ކަންނޭގެ…! ” މިސްރާގެ މޫނަށް ބަލާލަމުން މިޝާ ބުނެލީ މަޖާ ރާގަކަށެވެ.

” އިންމަ ނައިސްގެން ރުޅިއައިސްފަ ހުރި މީހަކު މިހާރު ހީލާހާއިރުވެއްޖެ ކަންނޭގެ…! ” މިސްރާއަށް ބަލާލަމުން އިމާދު ބުނެލިއެވެ. އޭރުވެސް މިސްރާ އިސްޖަހާލައިގެން ހުރެ ހިނގަމުން ގެންދިޔައެވެ.

” ކުޑީ ދެރައެއްވެސް ނުވޭތަ މަންމަ ބަލިވީމަ…! ” މިޝާ އެގޮތަށް ވާހަކަ ދެއްކުމުން މިސްރާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

” އަހަރެންވެސް ދެރަވޭ…! އެކަމަކު މަންމަ މިހާރު އޯކޭއެއްނު…! އެހެންނޫނަސް އަހަރުމެން އަބަދު ދެރަވެފަ ތިބެންޏާ މަންމަ ވަކިން ދެރަވާނެއެންނު…! ކީކޭ އިންމަ މިކަމާ ބުނަނީ….! ” މިޝާ އިމާދުއަށް ބަލާލަމުން ބުނެލިއެވެ.

” ކުޑީ އެބުނީ ތެދުވާހަކައެއް…! މިތުއްތި ދެން މާ ފީބަޑީ ދޯ…! ” އިމާދުވެސް މިޝާއާއި އެއްބައިވެލިއެވެ.

” ދެން ތިދެމީހުން އެއްބައިވެގެން މަށާ ދިމާލަށް އެއްޗިހި ކިޔާނެކަމެއްނެތް…! ކަމަކާ ޖެހުނީމަ ކުޑީއަށް ވާވަރު އެނގޭނެ އިންމައަށްވެސް…! ” މިސްރާވެސް ހުރީ ދޫކުރާގޮތަކަށްނޫނެވެ.

” އިންމަ އަންނަންވީނު އެތެރެއަށް ވާހަކަ ދައްކާލަން…! ” ގެއާ ހަމައަށް ދެވުމުން މިޝާ ބުނެލިއެވެ. މިސްރާ އެއްބަހެއްވެސް ނުބުނެ އިމާދުއަށް ބަލަހައްޓައިގެން ހުރީއެވެ.

” ދެން މިރެއަކު ނޫން…! މާދަން ހެނދުނު މަންމަ ކައިރިއަށްވެސް ދާންޖެހޭނު…! ” މިސްރާ އިމާދު ކައިރީގައި މަޑުކުރާށޭ ނުބުނުމުން އިމާދު ބޭނުންވީ މަޑުނުކޮށްދާށެވެ.

” އިންމަ ގެއަށް ވަންނަން ބޭނުންނޫނިއްޔާ އެންމެ ރަނގަޅު ދިޔަސް…! ދޯ ކުޑީ…! ” އިމާދު ގެއަށް ނުވަންނާނެކަން ޔަގީންވުމުން މިސްރާއަށް ނުހުރެވިގެން ބުނެލިއެވެ.

” ވަންނަން ބޭނުން ނުވެގެނެއްނޫން…! ދެން ތަންކޮޅެއްލަސްވީމަ އެހެންވެގެން…! ” ލިބުނު ހިތްހަމަ ޖެހުމެއްގެ ބޮޑުކަމުން މިސްރާއަށް ބަލާލަމުން އިމާދު ބުނެލިއެވެ. އޭރު މިސްރާ ހުރީ އިމާދުއަށް ބަލަހައްޓައިގެންކަމުން ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ދެމީހުންކުރެ އެކަކަށްވެސް ކައިރީގައި މިޝާ ހުރިކަމުގެ އިހުސާސެއް ނުކުރެވެއެވެ.

” ދެން ދެމީހުން ތިހެން ބަލަންނުތިބެ ހިނގާބަލަ އެތެރެއަށް…! އެތެރެއަށް ގޮސްވެސް ބެލިދާނެއެއްނު..! ” މިޝާ މިސްރާމެންނަށް ބަލަންހުރެފައި ބުނެލިއެވެ. މިޝާ އެހެންބުނުމުން އިމާދުއަށް ސިހިފައި ބަލާލެވުނެވެ. މިސްރާ ލަދުން އިސްޖަހާލިއިރު އެދޮން މޫނު ވަނީ ރަތްވެފައެވެ. އިމާދު މިސްރާމެންގެ ފަހަތުން ގޮސް ގެއަށް ވަތް އިރު ތަންކޮޅެއް ދުރުގައި އާދިލް ބަލަހައްޓައިގެންހުރިކަމެއް އެމީހުންނަކަށް ނޭގެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހިތް ވިންދާނުލައި… (18)

Next

އިންތިޒާރު 37

Next
July 12, 2015

އިންތިޒާރު 37

Previews
July 11, 2015

ހިތް ވިންދާނުލައި… (18)

15 Comments!

  1. nausha says:
    July 11, 2015 at 5:59 pm

    Yayy!!! Me first.. Mi partvexx vrh reethi….aneh partvex avahah up kohdheyne kamah umeedhu kuran

  2. shyn says:
    July 11, 2015 at 6:06 pm

    Haadha kury..waiting for the next part.. .

  3. naj says:
    July 11, 2015 at 6:06 pm

    Me second vvv salhi 🙂

  4. shyn says:
    July 11, 2015 at 6:19 pm

    No me second…

  5. anth says:
    July 11, 2015 at 6:36 pm

    Varah salhi maa kuru. Thankolheh dhigu kuran feney….

  6. Anonymous says:
    July 11, 2015 at 6:53 pm

    nicyyy

  7. een says:
    July 11, 2015 at 7:10 pm

    Dhen kon irakun. Next part genes dheynee..?

  8. Juma says:
    July 11, 2015 at 10:03 pm

    Wow vvv reethi.. next part kon iraku tha??☺☺

  9. Shabee says:
    July 11, 2015 at 10:30 pm

    Shyn aa naj mihaaru vana ah vex koalhen feshytha?? Alhey theedhen boduvaru…Hahaha 😛 nd ithu story v nice…mibai dhen ok..i mean ehaa kureh nooney… ok hama… ummeedhu kuran nxt prt avahah up khdheyne kamah…. n thank u hama bodukh ithooo… u knw y?? Bcx mihaaru daily kh up khdheythee… 😀 kurin v foohivey ithu dheke hafthaa akun 1 faharu kahala gothakah up kuraathee…but mihaaru hama v like vey… thikahala liyuntherindheke readers loabi vaanee…. good luck ithoo… love u… 😉

  10. jui says:
    July 11, 2015 at 11:13 pm

    nice .. 😉

  11. jui says:
    July 11, 2015 at 11:15 pm

    <3

  12. Anonymous says:
    July 11, 2015 at 11:33 pm

    Salhi mi part vs…

  13. Yagal says:
    July 12, 2015 at 1:41 am

    V v nice.. Waiting for the next part..

  14. shaisha says:
    July 12, 2015 at 9:47 am

    Ithu stry v reethi ! Just awesome !BTW shabee thee meehunna naseyhaidheyn bahataafa huri kujjehtha?ha-ha
    I agree with anth!;3

  15. Shabee says:
    July 12, 2015 at 10:44 pm

    Shaisha shabee naseyhatheh nudhen..shabee bunefa onnaanee shabee ge hiyaalu… understand?!?

Comments are closed.


All Right Reserved!