ގުގުރީގެ ބާރު އަޑާއިއެކީ ފުރޮޅު ކެހިގެން ދިޔައަޑަށް އިނާރާ ސިހިފައި ފަހަތައް ބަލައިލިއިރު މާކިން ދުރުގައި ވެއްޓިފައި އޮތެވެ. ވިދާލި ވިދުވަރުން ބޮލުން އޮހޮރެމުން ދިޔަ ލޭތައް ފެނުނުއިރު މާކިން އަތްނަގައި އެއްޗެކޭ ބުނި ނަމަވެސް ހަރަކާތްތައް ހުއްޓި ޚަބަރު ހުސްވެގެން އެލޯ މެރުނެވެ. ފެނުގެ ތެރެއަށް ރަތް ލޭކުލަ ފޭދިގެން ދިޔައެވެ. “މާކިން!!!” އިނާރާއަށް މި މަންޒަރުފެނި އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނެވެ. އިނާރާ ދުވެފެއި ގޮސް މާކިންގެ ބޯ އުނގަށްލިޔެވެ. މާކިންގެ ބޮލުން ފައިބަމުން ދިޔަ […]
މަލަކްއާއި ކައިރިވެލި ރާހިލް ދުރުކުރުމަށް މަލަކް ފަހަތައް ޖެހުނެވެ. “ރާހިލް ޕްލީސް.. އިނާރާ އެބަ އުޅެޔޭ..” މަލަކް ހިނިއައިސްފައި އިނދެ މިހެން ބުނުމުން ރާހިލް ޖެއްސުމަށް މަލަކް ގެނެސް އުނގަށް ލިއެވެ. “އޭނަ ނުކިކުންނާނެ މިގަޑީގައެއް..” ރާހިލް މިހެން ބުނި ވަގުތު އިނާރާ ކޮޓަރިން ނިކުތެވެ. ދުރުގައި ހުރި ސޯފާގައި މަލަކް ރާހިލްގެ އުނގުގައި އިންތަން ފެނި އިނާރާ ސިހުނެވެ. އޭނާއަށް މި މަންޒަރު ފެނުންއިރު ހީވީ ރާހިލް ގަދަކަމުން މަލަކް ގާތްކުރަން އުޅެނީ ކަމަށެވެ. “ރާހިލް..” […]
އޮފީހުގައި ވަރަށް ބުރަ ދުވަހެކެވެ. ގެއަށް އާދެވުނީ އިރުއޮއްސި ހަތެއްވެސް ޖެހި ފަހުންނެވެ. އަހަރެން ހުރީ ވަރަށް ބަރުބަލިވެފައެވެ. އަވަސް އަވަހަށް ބޫޓް ބާލާއި އިސްޓާކިން ބާލައި، އެ ހުންނަންޖެހޭ ހަރުގައި ބަހައްޓާލީމެވެ. ދެން ވަނީ ކޮޓަރިއަށެވެ. އެއްޗެހި ބަދަލުކޮށްލުމަށްފަހު، އަހަރެން ވަނީ ފާޚާނާއަށެވެ. ފާޚާނާއަށް ވަދެ ހަމަޖެހިގެން ފެންވެރޭތޯ މަސައްކަތްކުރީމެވެ. ފަސްވަރަކަށް މިނިޓްވަންދެން އެކަން ވިއެވެ. ދެން ނުވިއެވެ. ވާނީ ހަމަ މިހެންނެވެ. މީދެން ވަރަށް ދެރަކަމެކެވެ. ކޮންމެ ދުވަހަކު، އަހަރެން ފާޚާނާއަށް ވަންނަ ގަޑީގައި […]
“ޔާއްކޮވާނީ އަރީގެ ބޮސްއަށް ދޯ…!” ހިނިގަނޑެއް ޖަހާލަމުން ލިއުޒާ ބުންޏެވެ. މި ހުރިހާ ވާހަކައެއް ދެއްކިއިރު ލުޔާ އަނގައިންވެސް ބުނެނުލައެވެ. ނަމަވެސް ކޮންމެފަހަރަކުވެސް ހީލާފައި ބޯޖަހާލައެވެ. **** ވާރޭ ނުވެހުނެއްކަމަކު އުޑުމަތި ފެންނަނީ ވަރަށް ބަނަކޮށެވެ. ވައިގަދަވެފައި މުޅި ޖައްވު ވަނީ އަނދިރިކޮއްލާފައެވެ. ޖޯލިފަތީގައި އޮށޯވެގެން އޮތް ލުޔާ އޮތީ ލޯމެރިފައެވެ. ޖެހެމުންދާ ވައިރޯޅިތަކާއެކު އޭނާގެ އިސްތަށިގަނޑު ވަނީ މުޅި މޫނު މައްޗަށް ވިހުރިފައެވެ. މަޑު ނިންޖަކުން ނިދިފައިވާއިރު އޭނާ ފެންނަނީ ވަރަށް މަޢުސޫމު ކޮށެވެ. ދޮރު […]
ރޭގަނޑުގެ އަނދިރިކަން ފެތުރިގަނެ މުޅި މާހައުލު ވަނީ ހަމަހިމޭންވެފައެވެ. އެނދުގައި އިން ޒެރީން އިނީ މާކިން ލެޕްޓޮޕް ނެގުމުން އެދިމާއަށް ބަލަހައްޓައިގެންނެވެ. ދުރުގައި އިނދެ މާކިން އޭނާގެ ލެޕްޓޮޕުން މަސައްކަތް ކުރަމުން ދިޔައިރު ޒެރީން އިނީ އެ ލެޕްޓޮޕް އަތުޖެހޭނެ ވަގުތެއް ބަލާށެވެ. “ބުލޫ ލެޕްޓޮޕް އެއް ދޯ.” ޒެރީން ބައްސާމްއަށް މެސެޖުކޮއްލިއެވެ. “ޔެސް.. އޭނާ އޭނަ އެ ލެޕްޓޮޕް އޮފީހަކަށް ވެސް ނުގެންނާނެ. ޒެރީން ޖެހޭނީ އޭގެން މާކިންގެ އެކައުންޓް ހެކް ކުރަން.. ދެން ޒެރީން […]
ފަހަތުން އަޑެއް އިވިގެން ހިލްމީ ފަހަތަށް އެބުރިލަން އުޅުނެވެ. ނަމަވެސް މިފަހަރު ފަހަތް ފެންނަ ވަރެއް ނުވިއެވެ. އެއްޗެއްގެ ހަމަލާއެއް އެރީ ހިލްމީގެ ބޮލަށެވެ. އެވަގުތު ހިލްމީ ވެއްޓުނެވެ. ފަހަތު ހުރި މީހާ ވަގުތުން ހިލްމީގެ އަތުގައި ހިފެހެއްޓިއެވެ. މޫނުމަތީގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން އެއީ ކާކުކަމެއް ނޭނގެއެވެ. އެމީހާ އަތުގައި ހިފެހެއްޓުމާއި އެކު ގަސްތަކު ތެރޭގައި ފިލާ ތިބި ދެމީހުން އައިސް ހިލްމީގެ ފައިގައި ހިފެހެއްޓިއެވެ. އަވަސް ހަރަކާތާއި އެކު ހިލްމީ ނަގާ ވޭނުގެ ފަހަތުބައި […]
ލޯބިވެރިޔަކު ހޯދަން އަމިއްލައަށް މަސައްކަތް ކުރާށެވެ. ” ކޮބާ ނެތްތަ ނަންބަރެއް؟” ފާރިޝް އަނހާލިއެވެ. އޭރު އޭނާ ހުރީ ރައްޓެހިންނާއިއެކު ކޮފީއެއްގައެވެ. ލިބޭ ކޮންމެ ނަމްބަރަކަށް ގުޅައިގެން އަންހެން ކުދިންގެ ގޮތް ބެލުމަކީ ފާރިޝްގެ ހޮބީއެކެވެ. މިހާރު ސަތޭކަ ވަރަކަށް އަންހެން ކުދިންނަށް އޭނާއަށް ގުޅިދާނެއެވެ. އެހެނަސް ހިތްހަމަޖެހޭ ނަމްބަރެއް އަދިވެސް އޭނާއަކަށް ނުލިބެއެވެ. އެހެން މީހުންހެން ފާރިޝްވެސް ބޭނުންވަނީ ފަސްމީރު ކުރި ރުކެކެވެ. އަންހެން ކުއްޖާގެ ގައިގައި ޔޫޕަރްގެ ކުލަގަނޑު ހުރެއްޖެއްޔާ، އެނިމުނީއެވެ. ފުރަތަމަ ނަޒަރުން […]
ވަށައިގެން ވަނީ އަނދިރިކަމެވެ. އެއްވެސް ތަނެއް ނުފެނެއެވެ. އެ ފުން އަނދިރިކަމުގެ ތެރެއިން މީހަކު އައިސް އަހަރެންގެ ދެލޮލަށް އިނގިލި ކޮށްޕާލިއަސް ނޭނގޭނެއެވެ. ހަމަހިމޭންވެފައި އަހަރެން އިނީ އެހެންވެއެވެ. މިހާލުގައި މިގޮތަށް އިންނަތާ މިހާރު އެތަށް އަހަރެއް ވެދާނެއެވެ. މިހާރު އަހަރެންގެ އުމުރުން 28 އަހަރެވެ. އަހަރެންނަކީ ފިރިހެނަކީމެވެ. ދެލޮލުގެ ފެނުން ގެއްލިފައިވާ ބަދުނަސީބު ފިރިހެނަކީމެވެ. މިއީ އަހަރެން އަމިއްލައަށް ލިބިގަތް “ބޮނޑި” އެކެވެ. އަހަންނަށް ކުރިން ނުވިސްނުނީ ކީއްވެހެއްޔެވެ؟ އަހަރެން ހީކުރިގޮތުގައި، ކާމިޔާބަކީ ހަމައެކަނި އަހަރެންގެ […]
” އޭ. ދިމާ ނުކުރައްޗޭ. ބޮސްގެ އާ އެސިސްޓެޓް އެއީ.” ހާނިމް ބުނެލިއެވެ. ” ދެން ކޮންމެ މީހަކަށް ވިޔަސް ރީތިވީމަ ރީއްޗޭ މިބުނީ.” ރިޝާމް ބުނެލިއެވެ. ލިފްޓް ހުޅުވުމާއި އެކު ނަހުމާ ހިނގައިގަތެވެ. ގޮސް އޮފީހުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އޮފީސް ތެރޭގައި ތިބި ގިނަ ފިރިހެނުންގެ ކަޅިތައް ހުރީ ނަހުމާއާއި ދިމާލަށް ހުއްޓިފައެވެ. ނަހުމާ ހިނގަމުން ދިޔައިރު އެމީހުން ކީ އެއްޗެހި ނަހުމާއަށް އަޑުއިވުނެވެ. އެކަމަކު، އަޑުވެސް ނީވޭކަމަށް ހަދާފައި ގޮސް ނަހުމާގެ […]