Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް -3

Ushaali Level 810 Stories100 Comments100 Stories500 Comments
July 13, 2015 10 Mins Read
18 Comments

“ނޫން މާޝް ދެން ހުއްޓާލާ… ތީ ކުށެއް ނޫން… އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ… ޔަގީން މާޝް ތިކުރި ކަންތަކުން ދައްތަވެސް ބޭބެ ވެސް ރުޅި ނާންނާނެ. އަވަހައް ދައްތައަށް ކިޔާދީ… ބޭބެ މާލޭގަ ހުއްޓަސް ދައްތަ ކިޔާދޭނެއްނު… ދެން ހުއްޓާލާ….” އަލްމާޝް ގެ ބޮލުން ބޮޑު ބުރައެއް ފިލައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނީ އެންމެ ގާތް އެކުވެރިޔާއަށް ހަގީގާތް ކިޔާ ދެވުމުންނެވެ.

“މަޑުކޮށްބަލަ މާޝް….ތި ހާލަތު އަހަރެންވެސް ގަބޫލުކުރަން.. އެކަމު ތި ކައިވެނި ކިހނެއް އަހަރެން ގަބޫލު ކުރަނީ…އަހަރެން އެކަންޏެއް ނޫން.. ބުއްދިސަލާމަތުން ހުރި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ….ވިސްނާލަބަލަ ތީ އަންހެން ކުއްޖެކޭ… އަންހެން ދަރިއަކައް ބައްޕަ އާއި ނުލާ ކިހިނެއް ކައިވެނި ކުރެވޭނީ” އަފާފް ބިރުގަތީ އަލްމާޝް ދޮގު ހަދަނީއޭ ހިތާއެވެ. އަފާފްގެ ޖުމްލަ ނިމުމާއެކު އަލްމާޝް އަފާފް އަށް ފުރަގަސް ދިނެވެ.

“އަފޫ މަށައް ޓްރަސްޓް ނުކުރަންތަ.. ކުރިންވެސް ބުނީމެއްނު އަހަރެން ފ….ާފައަކައް އަރައެއް ނުގަންނަމޭ.. އަހަރެން ދޮގެއް ވެސް ނުހަދަން.. އަފޫ ކަންބޮޑު ނުވެބަލަ. ހަމަ ހުވާ ކޮށްފަ މިބުނީ” އަލްމާޝް މިހެން ބުންޏަސް އަފާފް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. “މާޝް ތިކިޔާ އެއްޗެއް އަހަންނަކައް ނުވިސްނުނު… ޕްލީޒް މާޝް… މިިހުރިހާ ވާހަކައެއް ވެސް ކިޔާދިނީނު.. ދެން މިހާރު ކޮންކަމެއް ސިއްރު ކުރަން ތިއުޅެނީ” އަފާފް އާއި ދެތިން ފިޔަވަޅު ދުރުގައި ހުރި އަލްމާޝް ގެ ކޮނޑުގައި ހިފާ އަނބުރާލި އިރު އަލްމާޝް އަށް ހުރީ ހެވިފައެވެ.

“އަފޫ…. އަފޫ… ހާދަ ވަރެއް ތިވަނީ… ﷲ އަށްޓަކައި.. މަށަށް އިތުބާރު ކޮށްބަލަ… އެއީ ވަރަށް ބޮޑު ސިއްރެއް. މަންމަ އާއި ބައްޕަ ވެސް ނޭނގޭނެ މިކަން މަށަށް އެނގުނު ކަމެއް… މަންމަ އާއި ބައްޕަ ކުރިން މި ވާހަކަތައް މަށަށް ކިޔާ ނުދެނިސް އަހަރެން ބޭނުމެއް ނޫން އިތުރު މީހަކަށް މިކަން ކިޔާ ދޭކަށް… އަހަރެންނަށް ވެސް މިވާހަކަތައް ކިޔާ ދިނީ މެލޭގައި ހުރި ބޮޑުބެ.. އެހެންވީމަ އަފޫ ޖެހޭނީ އެހާތަނައް ކެތްކޮށްލަން… އެއީ އަހަރެންގެ ދިރިއުޅުމާއި ގުޅިފައިވާ ވަރަށް ބޮޑު ސިއްރެއް…ޕްލީޒް އަފޫ.. އަފޫގެ މި އެކުވެރިޔާ ދޮގެއް ނުހަދަމޭ.. ގަބޫލުކުރޭ” އަލްމާޝް އަށް ރޮވުނެވެ. އަފާފް ވެސް އަލްމާޝް ގެ ގައިގާ ބައްދާލިއިރު ހުރީ ފެންކަޅި ވެފައެވެ.

“އަހަރެން ވަރަށް އުފާވެއްޖެ ނިމާން ފަދަ ބައިވެރިއެއް މާޝް އަށް ލިބުނީމަ… އަސްލުވެސް ނިމާން މާޝް ދެކެ ވަރަށް ލޯބިވޭ” އަފާފް ވާހަކަދެއްކުމުން އަލްމާޝް އުފަލުން އަފާފް ގައިގަ އަނެއްކާ ވެސް ބައްދާލިއެވެ.. އެ ދެމީހުންނައް ނޭނގުނީ ހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރު ތިން ވަނަ ފަރާތަކައް އަޑު އިވުނު ކަމެވެ. އެމީހަކު ފިނިވެފައި ހުރި ދެ ކޮފީ މަގު ހިފައިގެން ދިޔައިރުވެސް އެ ދެމީހުންނައް ރޭކާވެސް ނުލައެވެ.

ގަޑިއަކަށް ފަހު ގަޑިއެއް ވޭތުވަމުން ގޮސް ރޭގަނޑު ބާރަ ޖެހީއެވެ. މަޑުމަޑުން ވާރޭ ވެސް ވެހެމުން ދެއެވެ. އަލްމާޝް ކޮޓަރީ ދެކޮޅައް ހިނގަ ހިނގާ ހުރި އިރު މޫނުމަތީގައި ވަނީ ހިތްހަމަނުޖެހުމެވެ. ނިމާން ގެ އެއްވެސް ހަބަރެއް ނުވަތާ ބަރާބަރު ހަތަރު ދުވަސް ވީއެވެ. އަލްމާޝް އަށް ގުޅާ ނުލާތާ ކުޑަމިނުން މެސެޖް އެއް ވެސް ކޮށްނުލައެވެ. އަލްމާޝް ގުޅިޔަސް ފޯނު އޮންނަނީ ނިއްވާލާފައެވެ. ނިމާން ގެ މަންމަ ފޯނު ރިންގް ވިޔަސް އެއްވެސް ޖަވާބެއް ނުދޭއެވެ. އިރުކޮޅަކުން އެނދުގައި އިށީނދެފާނެއެވެ. ފޯނައް ބަލާލަ ފާނެއެވެ. އަނެއްކާ ކޮޓަރިން ނިކުމެގެން ގޮސް އައީ ކުޑަ ތައްޓަކައް ޗޮކްލެޓް އައިސްކްރީމް އަޅައިގެންނެވެ. އެނދުމައްޗައް އަރާ ދެފައި ވަށްކޮށް އިށީނދެ އެއް ސަމްސާ އަނގައަށް ލީ ތަނާ ފޯން ރިންގްވާ އަޑު އިވެން ފެށިއެވެ. އަވަސްއަވަހަށް ފޯނު ބަލާލމަށްފަހު ފޫހިކަމާއެކު ފޯނު ބޭއްވީ ނުދަންނަ ނަންބަރަކުން ގުޅީމައެވެ. ތިން ވަނަ ފަހަރައް ފޯނު ރިންގްވާން ފެށުމުން ފޯނު ނަގާ ހަޅޭއްލަވަން ފެށީ އެކޮޅުން ވާހަކަދައްކަނީ ކާކުތޯ ބަލާވެސް ނުލައެވެ. އަލްމާޝް އެންމެ ރުޅިއައީ އެމީހަކު އަލްމާޝް ވާހަކަދައްކަ ދައްކާހުއްޓަ ކަންފަތް މައްޗައް ފޯނު ކަނޑާލީމައެވެ. އެއަށް ވުރެވެސް ރުޅި އައިއްސަ ފޯނު ހޫރާލެވުނީ ތަންކޮޅެއް ދުރަށެވެ. ފަނަރަވަރަކަށް މިނެޓް ވިތަނާ އަލްމާޝް ގެ ކޮޓަރީ ދޮރުގައި ތަޅަން ފެށީ އަންޖުއެވެ. އަލްމާޝް ކޮޓަރީ ދޮރު ނުހުޅުވާ އަންޖޫ ކައިރީގައި ވީ ކީއްތޯ އެހުމުން އަންޖޫ ބުނީ އަފާފް ގެ ފޯނަށް ޖަވާބުދިނުމަށެވެ. ތެދެކެވެ. އަފާފް ފަސް ކޯލް މިސްވެފައި އެބައި އިނެވެ. އަވަސް އަވަހަށް ފޯނުން އަފާފް އަށް ގުޅާލުމުން ފުރަތަމަ ހަޅޭއްލަވަން ފެށީއެވެ. އެއަށް ފަހު އެދުނީ ވަރަށް އަވަހަށް ގޭ ދޮރުމައްޗަށް ނިކުތުމަށެވެ. އަލްމާޝް އަލަމާރި ހުޅުވާލުމައްފަހު އެންމެ އަވަހަށް އަތު ޖެހުނު މަޑު މުށިކުލައިގެ ކުރުތާ ލުމަށްފަހު ތިރިންލާފަ ހުރި ހަރުވާޅުވެސް ބަދަލު ކޮށްލިއެވެ.

ވަގެއްވެސް ނޫޅޭނެހާ މަޑުމަޑުން އަލްމާޝް ގޭ ދޮރުން ބޭރަށް ބޯދިއްކޮށްލީ އެގަޑީ ބޭރަށް ނިކުތްކަން އެނގިއްޖިއްޔާ ފަޒްނާ އިންތިހާއަށް ރުޅި އަންނާނެކަން އެނގޭތީއެވެ. ކުއްލިއަކަށް އަލްމާޝް ގެ އަތުގައި ހިފާ ދަމައިގަތީ އަފާފް އެވެ.

“މީ ކޮން ސަކަރާތެއް އަފޫ… ކޮންމެ ގަޑިއެއްވެސް އަފޫ އަށް ހެޔޮ ދޯ މަޖާކުރަން… ހިނގާ އެތެރެއަށް… މަންމަ ނިކުމެދާނެ” އަލްމާޝް ބިރުގަތީ އެވަގުތު މަގުމަތިވެސް އަނދިރިކޮށް އޮތީމައެވެ. އޭރު ވެސް މަޑުމަޑުން ވާރޭ ވެހެމުން ދިޔައެވެ. ނަމަވެސް މީހަކު ތެމޭ ވަރަކައް ނުވެހެއެވެ.

“މަޑުކޮށްބަލަ… އެހެރީ ކާކު…؟”.. އަފާފް މިހެން ބުނީ ގެއަށް ވަންނަން އަލްމާޝް ހިނގައިގަތުމުންނެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ދެ ފިރިހެނުން ހުއްޓާ އަލްމާޝް އަށް ފެނުނެވެ. އެތަނުން އެކަކީ ދިފްރާން ކަން އަލްމާޝް އަށް އެނގުނީ ދިފްރާންގެ ދިގު އިސްކޮޅުންނެވެ. ހަމަ އެހިނދުކޮޅުގައި ވިދާލި ވިދުވަރާއެކު ދެވަނައަށް ހުރި މީހާގެ މޫނު އަލްމާޝް އަށް ހަމަ ރަނގަޅައް ފެނުނެވެ.

“މާން”….. ދެވަނަ ސިކުންތުގައި ފެނުނީ އަލްމާޝް ދުވެފައި ގޮސް ނިމާންގެ އަތު ތެރެއަށް ވަތް ތަނެވެ. ނިމާން ވެސް ލިބުނު ހިތްހަމަޖެހުމުގައި އަލްމާޝް ގެ މޫނުގެ އެކި ތަންތަނުގައި ބޮސް ދެމުން ދިޔައެވެ. އެވަގުތު ވެހެމުންދިޔަ ވާރޭ ވެސް އެއްކޮށް ތުނި ކޮށްލީ އެ ދެމީހުންނައް ފުރުސަތު ދޭން ކަހަލައެވެ. އެކަކު އަނެކަކުގެ ލޯބީގައި ދީވާނާ ވެފައި ތިބި ދެމީހުންނައް ހޭވެރިަކމެއްވީ އަފާފް ކަރުކެހިލުމުންނެވެ.

“ސާބަސް… ދެން ވެސް ދޭ އެތެރެއަށް” އަލްމާޝް އާއި ދާދި ކައިރީގައި ހަށަން ބަނދެލައިގެން ހުރި އަފާފް ހުރީ އަލްމާޝް އާއި ދިމާކޮށްލަން ތައްޔާރަށެވެ. އަލްމާޝް ލަދުގަތީ ކައިރީގައި ހުރި ދިފްރާން ފެނުމުންނެވެ. ނިމާން ފެނުމުން ވީ އުފަލުން ކައިރީގައި ތިބި މީހުން މަތިންވެސް ހަނދާން ނެތުނީއެވެ. ނަމަވެސް އަލްމާޝް ބިރުގަތީ ބޮޑު ސިއްރު ދިފްރާން އަށް ވެސް އެނގުނީއޭ ހިތައް އެރުމުންނެވެ. އަފާފް އަށް ބަލާލުމުން ކޮށްލި އިޝާރާތުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ އަފާފް ބުންޏެވެ. ނިމާން ގެ އަތުގައި ހިފައިގެން އަލްމާޝް ހަމަ އެހާ ވަގު ވަގަށް ގޭތެރެއަށް ވަދެގެން ގޮސް ކޮޓަރިއަށް ވަދެ ތަޅު ލިއެވެ.

ކޮޓަރިއަށް ވަނުމަށްފަހު ނިމާން ކުރިއަށް ވުރެ ވެސް ބާރަށް އަލްމާޝް ގެ ގައިގާ ބައްދާލުމުން ބިމުން ވެސް ހިއްލުނެވެ. ކޮޓަރިތެރެއަށް ފެތުރިގެން ދިޔައީ އަލްމާޝް ގެ މަޑުމަޑު ހީލުމުގެ އަޑެވެ. އެ ކޮޓަރި ތެރެއިން ނިމާން އަށް އެންމެ ކަމުދިޔައީ އެނދާ ދިމާލުން މަތީގައި ހަރުކޮށްފައި ހުރި އަލްމާޝް ގެ ބޮޑު ފޮޓޯ ފްރޭމް އެވެ.

“ޝޯނާ…. ވަރަށް މިސް ވި” ނިމާން އިށީނދެގެން އިނީ ކޮޓަރިތެރޭގައި ހުރި ސޯފާ ގޮނޑީގައެވެ. އަލްމާޝް ކައިރީގައި ހުރެގެން ތުވާއްޔަކުން ނިމާންގެ ބޯ ހިއްކަމުން ދިޔައެވެ.

“ކީއްވެ ހަބަރެއް ނުވެ ހުރީ… ބިރުން ހަލާކުނުވީ ކިރިޔާ….ހީކުރީ ކަމެއް ވީ ކަމަށް” އަލްމާޝް ރުޅި މޫނު ހަދާލައިގެން ހުރެ އިށީނީ ނިމާންގެ އެއްފައި މަތީގައެވެ. ނިމާން ގެ ތުންފަތައް ހިނިތުންވުމެއް ވެރިވި އަލްމާޝް ތުން އަނބުރާލިތަން ފެނުމުންނެވެ. އަލްމާޝް ގެ އެންމެ ލޯބި ސިފައަކީ އެއީ ކަމުގައި ނިމާން ކުރިން ވަނީ އަލްމާޝް ކައިރީގައި ބުނެފައެވެ.

“އެއީ ސަޕްރައިޒެއް ދޭން ވެގެން… ބޮޑަށް އުފާ ކޮށްލަން ވެގެން” އަލްމާޝްގެ ހަށިގަނޑުގައި ދެއަތުން ވަށާލަމުން ނިމާން ބުންޏެވެ.

“ދެން ކިހިނެއް އަފޫ ނަންބަރު ހޯދީ”

“ޝޯނާ އެއްނު އެއްދުވަހު ނަންބަރުތަކެއް މެސެޖް ކޮށްފައި ބުނީ އެއީ ޝޯނާ އާއި ގުޅުންހުރި ހުރިހާ މީހުންގެ ނަންބަރުތަކޭ…ޝޯނާ އަށް ނުގުޅިއްޖިއްޔާ ކޮންމެސް އެއްނަންބަރަކައް ގުޅާށޭ… ހަނދާން ނެތުނީތަ” … ކުއްލިއަކައް އަލްމާޝް ހަނދާންވިއެވެ. ނިމާން އަށް ހުރިހާ ނަންބަރުތަކެއް ދިނީ އަލްމާޝް އެވެ.

ކޮޓަރިން ބޭރަށް އަލްމާޝް ބޯ ދިއްކޮށްލީ ބޭރުން އެއްވެސް މީހަކު ފެންނަން ހުރިތޯއެވެ. އާންމުކޮށް އަންޖޫ ކޮފީ ބޯން ނިކުންނަ ގަޑިއަކީ އެއީ ކަމުގައި ވާތިއެވެ. ބަދިގެއަށް ގޮސް އަލްމާޝް ހޮޓް ޗޮކްލެޓް ހަދަން ހުއްޓާ އެތަނައް އައިސް ހުއްޓުނީ އަންޖޫއެވެ.

“މާޝް ކޮއްކޮ ކީއްކުރަން އައީ… އަންޖޫ އަށް ގޮވާލިނަމަ”…. އަލްމާޝް ކަންބޮޑުވީ އަންޖޫ ފަހަތުން ދެން ނުގޮސްދާނެތީއެވެ..

“ނޫން … އަންޖޫ ދޭ ނިދަން.. މާ ބޮޑަށް ފިނިވީމަ ހޮޓްޗޮކްލެޓެއް ބޯހިއްވީ… އޯކޭ… ގުޑްނައިޓް” އަންޖޫ ހައިރާންވީ އަލްމާޝް އެހާ ބާރަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލީމައެވެ.

އަލްމާޝް ކޮޓަރިއަށް ވަންއިރު ނިމާން އިނީ ހަމަ އެގޮނޑީގައި އަލްމާޝް ގެ އިންތިޒާރުގައެވެ. އަލްމާޝް ދިއްކޮށްލި ތަށީގައި ހިފަމުން ނިމާން ހިނިތުންވެލީ އަލްމާޝް ގެ އުޖާލާވެފައިވާ ދޮން މޫނު ފެންނަން ހުރުމުންނެވެ. ބުރުގާ އާއި ނުލާ އަލްމާޝް މާ ރީއްޗެވެ. ފަން ދިގު އިސްތަށިގަނޑު ވެސް އޮތީ އެއްވެސް ތަރުތީބެއްނެތި ފަހަތައް ދޫކޮށްލެވިފައެވެ. އެ މޫނަކައް ކިތަންމެ ގިނަ އިރެއް ވަންދެންވެސް ބަލާ ނިމާން ފޫހި ނުވާނެ މޫނަކީ ހަމައެކަނި އަލްމާޝް ގެ މޫނެވެ. އަލްމާޝް އަކީ ނިމާން ގެ ފުރާނައެވެ. ހިތުގެ ވިންދެވެ. މަންމަ އާއި އެއްބަނޑު ކޮއްކޮ ބޮޑުދައިތަމެންގެއަށް ބަދަލުކޮށްފަ ރާއްޖެއަށް ވަޒީފާއަށް އައީ ލޯބިވާ ޝޯނާ އާއި ދުރުގައި ހުންނަން ކެއްނުވާނެތީއެވެ. ކަންތައްތައް ވެފައި އޮތް ގޮތުން އަލްމާޝް ގެ މައިންބަފއިން ދުކޮށްފައި ނިމާން ކައިރިގައި ދިރިއުޅެން އަލްމާޝް އަށް ނާދެވޭނެކަން ނިމާން އަށް ވިސްނޭތީއެވެ

“އެނގޭތަ… މާދަމާރޭ މާލެ ދާން ޖެހޭނެ.. ވަރަށް ރަނގަޅު އެކުވެރިއެއް ވެސް ލިބިއްޖެ.. ޖިނާ… އެއީ ވެސް ޑޮކްޓަރެއް… ހަމަ އޭޑީކޭ އަށް ނިކުންނާނީ.. އެކަމު ތަންކޮޅެއް ސިނިއާރ ވާނެ އޭނަ.. އަހަރެންގެ ޝޯނާ ކައިރިއަށް މިހިސާބަށް އަންނަން އެހީތެރި ވެދިނީވެސް އޭނަ” ހޮޓްޗޮކްލެޓް ތަށި ހުސްކޮށްލުމައްފަހު އަލްމާޝް ވައްދާފައި ހުރި އައިސްކްރީމް ތަށިން ވެސް ނިމާން އެތިކޮޅެއް ބޯލިއެވެ.

ނިމާން ފާހާނާ އަށް ވަދެލުމައްފަހު ނިކުތްއިރު ވެސް އަލްމާޝް އިނީ އެގޮނޑީގައި އިށީނދެގެންނެވެ. ޝަހާދަތް އިނގިލީގެ ކުރީގައި ދަތްއަޅާލައިގެން އިންގޮތުން ނިމާން ހިނި ވެސް އައެވެ. ނިމާން ގޮސް އެނދުގައި އޮށޯތުމުން އަލްމާޝް ވަށްލޮލުން ނިމާން އަށް ބަލާލިއިރު އޮތީ އަލްމާޝް އަށް ބަލަހައްޓައިގެން ހީލައިގެންނެވެ.

“ނުނިދާ ރެއެއްތަ؟… ނޫޅެމޭ ޝޯނާ އަށް ކަމެއް ކުރާކަށް… އާދޭ ނިދަން” ނިމާން ދޫ ނުކުރުމުން އަލްމާޝް މަޑުމަޑުން ތެދުވެގެން ގޮސް ފާހާނާ އަށް ވަދެ އެއްޗިހި ބަދަލުކޮށްގެން ނިމާން ކައިރީގައި އޮށޯވެލިއެވެ. އިރުކޮޅަކު ނިމާން އަލްމާޝް އަށް ބަލަން އޮތުމައްފަހު އަލްމާޝް ގެ ހަށިގަނޑުގައި ބައްދާލީ އެ ހަށިގަނޑުގެ ހޫނުކަމަށް ބޭނުންވާތީއެވެ. ކައިވެނީގެ ފުރަތަމަ ރެއެކޭ އެއްގޮތައް މިރޭ ވެސް ހުރިހާ ކަމަކަށް އިސްނަގަން ޖެހުނީ ނިމާން އަށެވެ. ލިބުނު ފޮނި މީރުކަމުންނާއި ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ދެމަފިރިންނައް ވެސް ނިދުނީ ފަތިސްވާން ގާތްވެފައި ވަނިކޮށެވެ.

ބަދިގޭގައި ސައި ހަދަން ހުރި ފަޒްނާ ކަންބޮޑުވީ ގަޑިން 10 ޖެހިއިރު ވެސް އަލްމާޝް ސައި ބޯން ނުނިކުތީމައެވެ. އަލްމާޝް އާއި އެކުގައި ސައި ބޯން ވެގެން ފަޒްނާ ވެސް އެ ހުންނަނީ މަޑު ކޮށްގެންނެވެ. އަލްމާޝް އަށް ގޮވާލުމަށް އަންޖޫ ފޮނުވަން ބަލާލިއިރު އަންޖޫ ވީ މެންދުރައް ކައްކަން އެއްޗިހި ގަންނަން ގޮސް ކަން ހަނދާންވިއެވެ. އަލްމާޝް އަށް ވީ ގޮތެއް ނޭނގޭތީ ކަން ބޮޑު ވެފައި ހުރި ފަޒްނާ އެ ކޮޓަރީގެ ދޮރުގައި ތަޅަން ފެށީ ވަރަށް ބާރަށެވެ.

ފުންމައިގެން އެނދުން ތެދުވި ނިމާން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެނދުގައި ލޯބިކޮށް ނިދާފައި އޮތް އަލްމާޝް އަށް ބަލާލުމައްފަހު ގައިގާ ކޮށްޓާލީ ފަޒްނާގެ އަޑު މާބޮަޑަށް ގަދަ ވުމުންނެވެ.

“މަންމާ އޯތް… އަދި ހެލެވުނީ މި” ފަޒްނާ ނޭވައެއް ލީވެސް އަލްމާޝް ގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

“އަވަސް ކުރޭ… މަންމަ ވެސް އަދި ސައި ނުބޮން. މިހާރު 10ޖަހާ ބޮޑު ވެއްޖެ… ރޭގައި ނުނިދާ މިދަރި ކުރި ކަމެއް ވެސް ނޭނގެ” ފަޒްނާ ބަދިގެއަށް ގޮސް ވަނީ އަދި އެއްފަހަރު އަވަސްކުރަން އަލްމާޝް ކައިރީގައި ބުނެފައެވެ.

ކޮޓަރި ތެރޭގައި ދެކޮޅައް ހިނގަ ހިނގާ ހުރި އަލްމާޝް ދުވެފައި ގޮސް ފާހާނާ އަށް ވަނީ ނިމާން ފެން ވަރަން އުޅެނިކޮށެވެ. ލަދުގަންނަވާލަން އުޅޭ ކަހަލަ ގޮތަކައް ނިމާން ހީލުމުން އަލްމާޝް ބުނީ އަވަސް ކުރަން ބޭނުންވާތީ ކަމަށެވެ. އަލްމާޝް ނިކުމެގެން ގޮސް ފަޒްނާ ކައިރީގައި ބުނީ ސައި ބޯނީ ކޮޓަރީގައި ކަމަށާއި ބަނޑުގައި ރިއްސާތީ ރޭގައި ނުނިދޭ ކަމަށެވެ. ބޮޑު ތަބަކަކަށް އަލްމާޝް ޕާނާއި ބަޓަރ އެޅީ އެއީ ނިމާން އަށް އެންމެ މީރު އެއްޗިހި ކަމަށްވީތީއެވެ. ދުވަހަކުވެސް ގިނައިން ކެއުމަށް އާދަވެފައި ނުވާ އަލްމާޝް ހިފައިގެން ހުރި ތަބައް ފެނިފައި ފަޒްނާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ.

ނިމާން ފުރުވާލުމަށްފަހު އަލްމާޝް އޮތީ ކޮޓަރީ އެނދުމަތީގައި އޮށޯވެގެންނެވެ. އަލްމާޝް ހިޔާލައް އަންނަނީ ނިމާން ގެ ރޮވިފައިވާ ދެލޮލެވެ. ވަރަށް އަވަހަށް ނިމާން ކައިރިއަށް އަލްމާޝް ގެންނާނަމޭ ބުނީ ނިކަން ސާބިތުކަމާއެކުއެވެ. އަލްމާޝް އިންތިޒާރުކުރަނީ އެދުވަހަށެވެ. އަލްމާޝް ބޭނުންވަނީ ނިމާން ކައިރީގައި ދިރިއުޅޭށެވެ. ނިމާންގެ ނޭވާގެ ހޫނު ކަން އަލްމާޝް އަށް އިހުސާސް ކުރެވޭހާ ކައިރީގައި ހުންނާށެވެ. އެކަމަކު އެއީ ފަޒްނާ އާއި މަނިކުގެ ރުހުމުގައެވެ.

އާ ދުވަހަކަށް އިރު އެރީއެވެ. މިއަދަކީ ނިމާން އަށް ވަރަށް ހާއްސަ ދުވަހެކެވެ. އޭޑީކޭ ހޮސްޕިޓަލައް ނިމާން ވަދެގެން ގޮސް ލިފްޓަށް އެރި އިރުވެސް އެތައް ބައެއްގެ ލޯތައް ވަނީ އެއްދިމާލަކައް ހުއްޓިފައެވެ. ނާރސް ސްޓޭޝަނުގައިއިން ދީމާ ވެސް އިނީ މިއަދު އަލައް ހޮސްޕިޓަލައް ނިކުންނަ ޑޮކްޓަރ ދެކޭ ހިތުން ކެތްތެރިކަން ކުޑަވެފައެވެ. ދަބަސް ތެރޭގައި އޮތް ލޯގަނޑުކޮޅު ނަގައިގެން އިރުއިރުކޮޅުން ނިއްކުރިމައްޗައް ވެއްޓޭ އިސްތަށިކޮޅު ރީތިކޮށްލާނެއެެވެ. ލިޕް ގްލޯސް ހާކާލާނެއެވެ. މާގަނޑުން ފުށް ޖަހާލާނެއެވެ. ކައިރީގައި ހުރި އެކުވެރި ޒައުމާ ހުރީ ދީމާ އުޅޭގޮތުން ހިނި އައިއްސައެވެ. އެއީ އަބަދުވެސް ދީމާ ގެ އާދައެވެ. ދުވަހަކުވެސް އެއްފިރިހެން ކުއްޖަކާއެކު ނޫޅެވޭ ދީމާ މިއަދު ވެސް ހިތުގައި އޮތީ ނިމާން ގެ ހިތް އަތުލުމެވެ. ދީމާ އަކީ ބަލާލަން ހުތުރު ކުއްޖެއް ނޫނެވެ. ދޮން މޫނަކާއި ހިމަތޮޅި ހަށިގަނޑެކެވެ. އުނަަގަނޑާ ހަމައަށް އަރާ އިސްތަށިގަނޑު އެއީ ދީމާގެ ރީތިކަން އިތުރުކޮށްދޭ އެކައްޗެވެ.

“ޑީން… ނުވެސް ފެންނަ މީހަކައް ހާދަ ވަރެކޭ ދޯ ތިވަނީ… އެހެން ކުދިން އަތުއަޅުވާލެވޭ ގޮތައް ހިއެއްނުވޭ މިކަން ވާނެހެނެއް”  ފައިލްތަކެއް ހުޅުވާލައިގެން ހުރި ޒައުމާ ވާހަކަދެއްކީ އޭނާގެ އެކުވެރިޔާ ދީމާ އާއެވެ.

“ޒައު އަށް ހީވާގޮތް ތީ… ބަލައްޗެ” ކުރަން ހުރި މަސައްކަތައް ވުރެ ބޮޑަށް ދީނާ އިސްކަން ދެނީ އޭނާގެ އަމިއްލަ މަސައްކަތަށެވެ. ޒައުމާ ނޫނީ ހިތްހެޔޮކަމާއެކު ދީމާ އާއި އަނގައިން ބުނެލާ އެއްވެސް މީހަކު އެތާ ނޫޅެއެވެ. ދީނާ ގެ އުޅުން ހުންނަ ގޮތުން އެންމެން ވެސް ފޫހިވަނީއެވެ.

“މައި ގޯޑް…. އަޅެ ޒައު އަކަށް ރީއްޗެއް ނޫންތަ އޭނަ” ދީމާ ކުރިަމތިން ހުރަސްކޮށްފަ ދިޔަ ނިމާން ފެނުމުން އިނީ ތަލިން ކުޅު ހިކިފައެވެ. ދީމާ އާއި އަރާ ހަމަވެފައި ނިމާން ހަދިޔާކޮށްލި ހިނިތުންވުން ފެނިފައި ނިމާން ހާސިލް ކުރުމުގެ އަޒުމް ދީމާގެ ހިތުގައި ކުރިއަށްވުރެ ވެސް ބޮޑަށް އާވެގަތެވެ.

ނޮޓް މައި ޓައިޕް… އަހަރެން ނޫޅެން ޑީން އުޅޭގޮތަކައް” ދީމާ އާއި ދިމާލައް ލޯ އަޅާލަމުން ޒައުމާ އެތެރެއަށް ވަނެވެ. ޒައުމާ ދިޔަ ދިމާލައް

ބަލަން ދީމާ އިނީ ފޫހިވެފައެވެ.

އެންމެ ފުރަތަމަ ޕޭޝަންޓްވެސް ނިމާންގެ ރޫމުން ނިކުތީ ހިތްހަމަޖެހިގެންނެވެ. ޖުމްލަ 10 މީހުން ބެލުމައްފަހު ނިމާން ބްރޭކް ނެގިއެވެ.

އެވަގުތު ވެސް ނިމާން ގުޅާލީ ލޯބިވާ ޝޯނާ އަށެވެ. އެއްގަޑީރުގެ ބްރޭކަކައްފަހު އަނެއްކާ ނިމާން މަސައްކަތަގެން ކުރިއަށް ދާން ފެށިއެވެ. ބަލި މީހުން ބެލުމުގައި ނިމާން އެންމެ އިސްކަމެއް ދެނީ ނިމާންގެ މަންމަ ބުނި ފަދައިން ބަލި މީހުންނާއި ގާތް ގުޅުމެއް އުފައްދާ އެމީހުންނައް އަޅާލުމާއި އޯގާތެރިވުމެވެ. އަދި ނިމާން އަކީ ހިތުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާތީ އެކަހަލަ ބަލި މީހުންނަކީ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ބައެއް ކަން އަބަދުވެސް ނިމާން ދަނެއެވެ. ޑިއުޓީ ނިންމާލުމައްފަހު ނިމާން އަށް ގެއަށް ދެވުނީ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ނިމާން ދިރިއުޅެނީ ހޮސްޕިޓަލް ފަރާތުން ކުއްޔައް ހިފާފައި ހުންނަ އެޕާރޓްމަންޓްއެއް ގައެވެ. އެގޭގައި ކައްކަނީ ނިމާން އަމިއްލައަށެވެ. ނަމަވެސް ވަރަށް އަވަހަށް އަލްމާޝް އަށް ޓަކައި ނިމާން ގެެއެއް ގަންނާނެއެވެ. އެކަމަކު އެއީ އަލްމާޝް އަށް ސަޕްރައިޒްއެކެވެ. ނިމާން ބޭނުންވަނީ އަލްމާޝް ގެ މައިންބަފައިންގެ ރުހުމުގައި އަލްމާޝް މާލެ ގެންނާށެވެ.

“މަންމާ މަޑުކޮށްލައްޗެ. ފޯނެއް ….” އަލްމާޝް ދުއްވައިގަތީ ޓީވީ ރެކްމަތީގައި އޮތް ފޯނާ ދިމާލަށެވެ. ގުޅަނީ ނިމާން ކަން އެނގުމުން       އަލްމާޝް ކަންބޮޑުވީ އެ ފޯނައް ޖަވާބުދޭއިރު ކައިރީގައި މަންމަ އިނުމުންނެވެ.

“ދަރިފުޅާ ކޮންތާކަށް. މިތާހުރެ ވެސް ތި ފޯނަށް ޖަވަބުދެވޭނެ..” ކޮޓަރިއަށް ދާން ހިންގައިގަތް އަލްމާޝް ހުއްޓުނީ ފަޒްނާގެ އަޑުންނެވެ.

“އަން… މި ރޮދިފަށު ހިފާބަލަ” ފަޒްނާ އިނީ އަފާފްގެ ޕާރޓީއަށް ދާން އަލްމާޝް އަށް އާ ހެދުުމެއް ފަހާށެވެ. ފަޒްނާ ބުނި ގޮތައް ހުރެ އަލްމާޝް މަސައްކަތް ކުރީ ނިމާން ގެ ކޯލަށް ޖަވާބުދޭށެވެ.

“ޔެސް ޑޮކްޓަރ” ފަޒްނާ ބަލާލީ އަލްމާޝް ޑޮކްޓަރ އޭ ބުނުމުންނެވެ. އަލްމާޝް ވާހަކަދައްކަމުން ދިޔައީ އިނގިރޭސި ބަހުން ކަމަށްވާތީ ފަޒްނާ އެއްވެސް ސުވާލެއް ނުކުރެއެވެ.

އަލްމާޝް ތައްޔާރުވަނީ އަފާފް ގެ ޕާރޓީިއަށް ދިއުމަށެވެ. މަޑުމަޑު ފިޔާތޮށި ކުލައިގާއިވާ ދިގު ހެދުމުގައި އަލްމާޝް ވަރަށް ވެސް ފުރިހަމައެެވެ. އަފާފް ގެ ޕާރޓީގެ ކުލައަކީ ފިޔާތޮށި ކުލަ ކަމަށްވާތީ  އަލްމާޝް ހިޔާރުކުރީ އެންމެ މަޑު ފިޔާތޮށިކުލައެވެ. ވިދުންގަދަ ކުލަތައް އަލްމާޝް އަށް އަދި ނިމާން އަށް ވެސް ކަމަކު ނުދެއެވެ.

“މަންމާ …. މަންމަ ގޮވައިގެން ތަނަކައް ދާން އުޅޭނެކަމެއް ނެތް…މަންމާ… ހާދަ ސްލޯއޭ… މިހާރު އަފޫ ހުންނާނީ ރުޅިއައިއްސަ” އަލްމާޝް އަޑުގަދަ ކުރަމުން ދިޔައީ ގޭ ދޮރުމަތީގައި ހުރެއެވެ.

“މި ނިމުނީ ދަރިފުޅާ… އަދި އެހާ ލަހެއް ނުވެއެއްނު” ބުރުގާ ރީތި ކުރަމުން ނިކުތް ފަޒްނާ ހީލަފާއި ދޮރުގައި ތަޅުލުމަށްފަހު އަލްމާޝް އަތުގައި އޮތް އަތް ދަބަހުގެ ތެރެއަށް ތަޅުދަނޑި ލިއެވެ. ޕާރޓީ އޮތީ ރަށު ސްކޫލުގައި ކަމުން ދެމައިން ހިނގާފައި ދިޔައީ ސްކޫލް ހުންނަނީ ގެއާއި ވަރަށް ކައިރީގައި ހުންނާތީއެވެ. މަގަމަތިން ދިމާވި ދެތިން ރައްޓިހިންނާއި ވާހަކަދައްކަން ފަޒްނާ މަޑުކުރުމުން އަލްމާޝް އެއްޗެއް ނުބުނީ އޭނާގެ ހަށިގަނޑައް އުނދަގޫތަކެއް ވަމުން ދާތީއެވެ. ހަވީރއްސުރެ ފެށިގެން މޭ ނުބައިކޮށް ހޮޑު ލަވާ ގޮތް ވާތީ އަލްމާޝް ދަބަހުން ނެގި ޕެކެޓަކުން ބަދަން ކޮޅެއް ކާލިއެވެ. ފަޒްނާ ކައިރީގައި އެ ވާހަކަ އަލްމާޝް ނުބުނީ ފަޒްނާގެ ގޮތް ރަނގަޅައް އެނގޭތީއެވެ.

ސްކޫލައް ވަދެވުމާއެކު އަލްމާޝް ސްކޫލް ގެ އެކި ދިމާލައް ކަޅި ހިންގާލީ ކުރީގެ ހަނދާންތައް އާ ކޮށްލުމަށެވެ. އަފާފް ހުރި ހިސާބަށް އަލްމާޝް އަށް ދެވުމާއެކު އެންމެ ފުރަތަމަވެސް އަލްމާޝް އަފާފްގެ ރީތިކަމަށް ތައުރީފް ކޮށްލިއެވެ. ނަމަވެސް އަފާފްގެ ރުޅި މޫނު ފެނުމުން ޝަކުވާތައް އަޑު އިވުނު ކަހަލައެވެ.

“އެންމެ ލަހުން މާޝް… އަހަރެންގެ އެންމެ އެކުވެރި އެކުވެރިޔާ އަހަރެންގެ ހަޔާތައް އައި އެންމެ އުފާވެރިި ދުވަހު އެންމެ ލަހުން” އަލްމާޝް ހީކުރި ގޮތައް އަފާފް ޝަކުވާ ކޮށްލުމުން އަލްމާޝް ކައިރިއަށް ހިނިއައެވެ.

ސޮރީ އަފޫ…. މަންމަ ތިއްތި ވާން ވެގެން ލަސްވީ” ދުރުގައި މޫމިނާ އާއި ވާހަކަދައްކަހުރި ފަޒްނާ އަށް އިޝާރާތްކޮށް އަލްމާޝް ބުންޏެވެ.

“އެބަ އެނގެއޭ ދައްތަ ކަން ތިއްތި ވެފައި ހުރީ.. މާޝް ނެތް އެއްވަރަކައްވެސް ތިއްތި ވެފައެއް… އެހެންނު ދިފޫ” ކައިރީގައި ހުރި ދިފްރާން އަށް ދޯ ދިނުމުން އަފާފް އާއި ބައިވެރި ވެގެން ދިފްރާން ވެސް ހީލިއެވެ.

ސްކޫލްގެ އެކި ދިމަދިމާ ހޯދަމުން އަލްމާޝް ދިޔައީ ނާފް ފެނެތޯއެވެ. ސްކޫލްގެ ލައިބްރަރީ އާއި އަރާ ހަމަވިތަނާ ވަރަށް ކައިރިން މީހެއްގެ ހިލަން ވިހެން ހީވެގެން ފަހަތައް އެނބުރި ބަލާލިއެވެ. ކުއްލިއަކަށް އަލްމާޝް ގެ ބޮލަށް އެނބުރުން އަރާ މޭ ނުބައިކޮށް އަރިއަޅާލުމުން ކައިރީގައި ހުރި އިވާން ގެ އެހީގައި ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ.

“މާޝް… އާ ޔޫ އޯކޭ…” އެހެން ގޮނޑިއެއް އަލްމާޝް އާއި ކައިރިކޮށްލަމުން އިވާން އިށީނެވެ.

“އިވާން ތަ.. ނުވެސް އެނގުނު ފުރަތަމަ. މިހާރު ތަންކޮޅެއް ފަލަހެން ހިވޭ” އިވާން އަކީ އަލްމާޝް ގެ ކްލާސް މޭޓަކައް ވާތީ އިނީ ވާހަކަދައްކާލަން ނުހަނު ބޭނުންވެފައިއެވެ.

“މާޝް ވެސް ހާދަ ބަދަލޭ… މާޝް އައިސްގެން އުޅޭ ވާހަކަ އަފޫ ބުނި.. މި ދިމާލަށް މާޝް އައޭ ބުނެގެން މިތަނައް މިއައީ ވެސް.. މިހާރު ހަމަ އެއްކޮށް ބަދަލު ވެއްޖެ.. ރީތީ ވެފަ ދޮންވެފަ ފުރާ ފުރިހަމަ ވެއްޖެ” އިވާން ގެ ވާހަކަތަކުން އަލްމާޝް ލަދުގަންނަ ގޮތް ވިއެވެ. އެއީ އިވާންގެ އަބަދުގެވެސް އާދައެވެ. އަލްމާޝް ގެ ރީތިކަމަށް އިވާން ތައުރީފް ނުކުރާ އިރެއް ނުދެއެވެ.

“ދެން ހެޔޮ… އިވާން ވެސް ތިހުރީ ބަދަލުވެފައި ހުރި ވަރު… މިހާރު މެރީ ކުރީތަ”

“އަދި ނުކުރެވޭ… ކީއްކުރާނީ މީ ހުރި ގޮތް” އިވާން މިހެން ބުނިއިރު އިނީ އެއްތުންފަތުން ހީލައިގެންނެވެ.

“އެއީ… އަނެއްކާ ކިހިނެއްވީ” އަލްމާޝް ވެސް ކޮށްލީ ސުވާލެކެވެ.

“އެއީ މާޝް އަދިވެސް އާއެކޭ ނުބުނާތީ” އިވާން ގެ މި ސަމާސާ އަމަލުން ހަމަރަނގަޅައްވެސް އަލްމާޝް ރަކިވިއެވެ. އަތުގައި އޮތް އަތް ދަބަހުގައި ދެއަތުން ބައްދާލައިގެން އިސް ޖަހާލެވުނީއެވެ.

“ހާދަ ބިރެއް ތި ގަތީ… އެއި މަޖާ.. އަދި މެރީ އެއް ނުކުރަން. ހިތްދެވުނު ކުއްޖާ ލިބެންދެން އަދިވެސް އިންތިޒާރު މިކުރަނީ” އިވާން ހިނިގަނޑެއް ޖަހާލިއެވެ. ތެދެކެވެ. ސްކޫލުގައި ހޭދަކުރި އެންމެ ފަހު އަހަރު އިވާން ވަނީ އަލްމާޝް އަށް ލޯބި ހުށައަޅާފައެވެ. އެ ލޯތްބަށް އަލްމާޝް ފާޅުަގައި ދެކޮޅު ހެދީ އޭރު އިވާން އަކީ އަލްމާޝް އެހާ ހިތްހަމަ ޖެހޭ ގޮތަށް އުޅޭ މީހަކައް ނުވާތީއެވެ.

” ކުރިން ދުވަހު އަފޫ އިވާން ވާހަކަދެއްކީ.. މިތާ ދޯ އުޅެނީ” ގަސްދުގައި އަލްމާޝް މައުލޫ ބަދަލުކޮށްލީއެވެ.

“އާނ މީ ވަރަށް ސަޅި ޖޮބެއް… އެކަމު ދެން މުޅިން އެކަނިވީ މި. އަފޫ ދެން ނުނިކުންނާނެ.. ބައިވެރިޔާ ހިތްހަމަނުޖެހެޔޯ” އަލްމާޝް އާއި އިވާން އެކު އެކީ ހިނގަމުން ދިޔައީ އަފާފްމެން ތިބި ހިސާބަށް ދިއުމަށެވެ.

“މިއޮށް އައީނު… މިދެމީހުން އެއްތަން ވިއްޔާ ވާހަކަ ހުހެއް ނުވާނެ” އަލްމާޝް އާއި ދިމާކޮށްލަމުން އަފާފް ބުންޏެވެ.

“ތީ ވަކި… އިކްލީލް ސާރ އާއި އަފޫ އެއްތަން ވީމަ ވާހަކަ ހުސްވޭތަ” އަލްމާޝް ވެސް ދެރަވާކަށް ބޭނުމެއްނޫނެވެ. ކައިރީގައި ހުރި ދިފްރާން ހީލުމުން އަފާފް ދިފްރާންގެ ބަނޑުގައި ވިކައިގަތެވެ. ޕާރޓީ ނިންމާފައި އެންމެން ދާން ފެށުމުން އަލްމާޝް އާއި އަފާފް އެކަނި ފޮޓޯ ނަގަން ބޭނުންވިއެވެ. ނާފް އަތުގައި އޮތް ކެމެރާއިން ފޮޓޯނަގަމުން ދަނިކޮށް އަލްމާޝް ވަރަށް ބާރަށް އޯކަށްދެމިގަތެވެ. ދުރުގައި އިން ފަޒްނާ އަށް ދުވެފައި އާދެވުނީ އަލްމާޝް ހުރި ދިމާލަށެވެ. އަފާފް އާއި ދިފްރާން ވެގެން އަރިއަޅާލި އަލްމާޝް ކައިރީގައި ހުރި ގޮނޑިއެއްގައި ބޭންދިއެވެ. އޭރު އަލްމާޝް ގެ ދެ ލޯ ވަނީ މެރިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހިތަކުން ނުފިލާނެ 27

Next

ކުށަކާ ނުލާ….2

Next
July 13, 2015

ކުށަކާ ނުލާ….2

Previews
July 12, 2015

ހިތަކުން ނުފިލާނެ 27

18 Comments!

  1. inayaa says:
    July 13, 2015 at 2:01 am

    Salhikamaaeve

  2. lovely says:
    July 13, 2015 at 3:12 am

    Wow.. vvvv salhi… next part avahah up kohdheeba..

  3. Crazi says:
    July 13, 2015 at 3:19 am

    Vrh shalhi..habes hamah

  4. Shana says:
    July 13, 2015 at 4:18 am

    Awesome…..☺

  5. aish says:
    July 13, 2015 at 4:46 am

    Wow varah reethi

  6. liu says:
    July 13, 2015 at 5:04 am

    Mi part ves reethi.
    Dhn mi vaahaka up vaany koniraku???

  7. kailan says:
    July 13, 2015 at 11:27 am

    vrh reethi.. kon irakun tha next part.. inthixaaru kuran

  8. mae says:
    July 13, 2015 at 11:29 am

    mi vaahaka varah ves reethi problem akee up kohdeyleh lahiy.. ehen ve baeh faharu kuriiyyyge part handhaan nethy.. well ummeedhu kuran next prt avas kuraane kamah.. kn irakun tha next part.. ushaali

  9. star says:
    July 13, 2015 at 11:31 am

    އަވަހައް
    ދަރިއަކައް
    އަހަންނަކައް
    އެހާތަނައް
    ދެމީހުންނައް
    ދެކޮޅައް
    ތައްޓަކައް
    އެނދުމައްޗައް
    ފަހަރައް
    މައްޗައް

    mihiry hahthahaaves sukunuge kuh.. adhives ebahuri baivaru sukunuge kuh.. mihurihaa basthakehga ves innaany shaviyani sukun…

  10. star says:
    July 13, 2015 at 11:34 am

    mahchah ehen kiyaairu mahchakashey ehen kiyaany.. mahchakakey ehen nudhaane.. ehenve shviyani sukun innaany..

  11. star says:
    July 13, 2015 at 11:36 am

    dhabaheh kiyaairu dhabahekey ehen dhaany.. dhabaheshey ehen nudhaanethee ve dhabaheh eyga innaany alif sukun

  12. Lali says:
    July 13, 2015 at 11:47 am

    V reethi.avahah up kohladhyba……

  13. USHAALI says:
    July 13, 2015 at 12:26 pm

    thanx huriha kudhin… varaha avahah up koh dheynan iraadha kureviyya… n sukun massala thah faahaga kohdhin “star” ah varah bodah thnx thi gothah faahaga kolla dhineethi… 🙂

  14. story says:
    July 13, 2015 at 3:07 pm

    Is she pregnant.what will happen in nxt part..avahah up kohdheythi.

  15. naj says:
    July 13, 2015 at 3:59 pm

    She is pregnant… Symptoms akey pregnancy ga vaa kantha that…vv salhi..but lahi up vaalen

  16. Jam says:
    July 13, 2015 at 5:39 pm

    Haadha reechchey ..mi story…keep it up

  17. Shabee says:
    July 13, 2015 at 5:51 pm

    Vrh vrh vrh reethi… but she’s pregnant …omg.. :O dhen alhe mom men ok vahchey.. i mean ekaivenyan….:(

  18. Sam says:
    July 18, 2015 at 11:12 am

    kobastory

Comments are closed.

Next Episodeއަލްމާޝް -4←


All Right Reserved!