ހިތް ވިންދާނުލައި… (19)
މާކިންއާއި އިނާރާ އެކަނިވެރިވީއެވެ. “ބަމްބީ ޕްލީސް..” މާކިން ދެރަވެފައި އިނދެ ބުނެލިއެވެ. މާކިންގެ މޫނަށް ގެއްލިފައި އިން އިނާރާ އިނީ ހަދަންވީގޮތް ނޭނގިފައެވެ.. އެއްކޮޅުން އޭނާ ނަފްރަތުކުރައި އެނާއަށް އެހައި އަނިޔާދިން މާކިންއެވެ. އަނެއްކޮޅުން އަލަށް މަޢާފަށްއެދި އިތުރު ފުރުސަތެއް ދިނުމަށް އެދޭ ލޯބިވާ މާކިންއެވެ. މިތަނުން އޭނާ އިޚުތިޔާރު ކުރާނީ ކޮން މާކިންއެއް ބާއެވެ؟ އޭނާއަށް އިތުރު ފުރުސަތެއް މާކިންއަށް ދެވިދާނެބާއެވެ؟ މާކިންއާއި ދޭތެރޭ އެހިތުގައި ވާ ލޯބި މި ކުރެވޭ ނަފްރަތައް ވުރެން ބޮޑެބާއެވެ؟
އިރުކޮޅަކު އިނދެފައި އިނާރާ މާކިންއާއި ހަތަރުކަޅި ހަމަކޮއްލިއެވެ. “އަހަރެން މަންމެން ކައިރީގައި މާކިން އަނިޔާކުރިކަމުގެ އެއްވެސް ވާހަކައެއް ނުދައްކަން. އަދި އެވާހަކަ ބުނާކަށް ވެސް ގަސްތެއް ނުކުރަން. އެކަމަކު އަހަރެން މާކިންއާއި ވަރިނުވާން އެއްބަސް ވާނީ އެންމެ ޝަރުތެއްގެ މަތިން.” އިނާރާ ބުނެލިއެވެ. “އިނާރާ ބުނި ކޮންމެ ޝަރުތަކާއި އަހަރެން ރުހި ޤަބޫލު.” މާކިން ހުރީ އިނާރާ ގެއަށް ގެންދަން ކެތްމަދުވެފައެވެ.
“މާކިން ނުވާނެ އަހަރެންގެ ގައިގައި އިނގިލި ކުރި ޖައްސާލައިގެން ވެސް. އަދި އަހަރެން އުޅޭނީ މަންމެންގެ ބައިގަ. އެގޮތް ޤަބޫލިއްޔާ އަހަރެން ވަރިއެއް ނުވާނަން.” އިނާރާގެ ޝަރުތު އަޑުއިވިފައި މާކިން ސިހުނެވެ. އޭނާ އިނާރާގެ ގައިގައި އަތް ނުލައި ދުރުން އުޅެން އުނދަގޫވާނެއެވެ. އަނެއްކާއި އެނބުރި އަޔަސް އޭނާ އެ އުޅެން ބޭނުންވަނީ މަންމަ ކައިރީގައެވެ. މާކިން ކޮންމެގޮތެއް ވިޔަސް އިނާރާ އެނބުރި އަންނަނަމަ ހިތާއި ދެކޮޅަށް ނަމަވެސް މި ޝަރުތާއި ޤަބޫލެވެ.
“މައްސައެއް ނެތް. ބަމްބީ ތި އެދޭ ގޮތަށް ކަންތައްވާނީ..” މާކިން މިހެން ބުނިއިރު އޭނާ އިނީ އިސްޖެހިފައެވެ. އިނާރާ ޔާމިންމެން ގާތު އެނބުރި ދާ ވާހަކަ ބުނުމުން ޔާމިން ހިތްހަމަ ނުޖެހުނެއް ކަމަކު އަމިއްލަ ދަރިފުޅުގެ ނިންމުމަކާއި ދެކޮޅެއް ނުހެދިއެވެ. “ނިމުނި މީގެ ފަހުން އިނާރާގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓުނަސް..” މާކިންއަށް އިންޒާރެއް ދެމުން ޔާމިން ބުނެލިއެވެ. މާކިން އެގެއިން ދިޔައީ އެކުގައި އިނާރާވެސް ގޮވައިގެންނެވެ.
ރޭގަނޑު އަށެއްޖެހި އިރު ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އާޝިޔާ ހުރީ އިނާރާ އަންނާނެ އިރަކަށް އިންތިޒާރު ކުރާށެވެ. މާކިން ގުޅާފައި އިނާރާ ގޮވައިގެން އަންނާނެ ވާހަކަ ބުނުމުން އޭނާއަށް ކޮޓަރިއެއް ހުސްކޮއްލާފައި އެތަން ތަރުތީބުވެސް ކޮއްފިއެވެ.
އިރުކޮޅަކުން އެތެރެއަށް ވައިން އިނާރާ ފެނުމުން އާޝިޔާ އުފަލުން ގޮސް އޭނާގެ ގައިގައި ބައްދާލިއެވެ. “އަވަހަށް އާދެ. މާކިން ދީ ތި ދަބަސް. ބައްޕަ ނާންނަނީސް ދޭ މިތަނުން. އެހެން ނޫނީ އަނެއްކާވެސް ރުޅި އަތުވެދާނެ.” މާކިންގެ އަތުން ދަބަސް އަތުލަމުން އާޝިޔާ ބުނެލިއެވެ.
އާޝިޔާގެ މި ބަސްތަކުން މާކިން ހިތުގައި ޖެހުނެވެ. މިހާރު އޭނާއަށް އެތަނުގައި މަޑުކޮއްލެވެން ވެސް ނެތީއެވެ. މާކިން އިތުރަށް އެއްޗެކޭ ނުބުނެ އެތަނުން ދިޔައެވެ. ކޮޓަރިން ނިކުން މަލަކްއަށް އިނާރާ ފެނި ފޮރުވިފައިވާ ނަފްރަތު ހޭލިއެވެ. މީގެ ފަހުން އިނާރާ އުޅޭނީ މިބައިގައޭ އާޝިޔާ ބުނިފަހުން އޭނާ އިންތިހާއަށް ފޫހިވިއެވެ.
“ކޮންތާކަށް ތި ދަނީ؟” މަލަކް ބޭރަށް ދާތަން ފެނުމުން އާޝިޔާ ސުވާލުކުރިއެވެ. “މިދަނީ ފްރެންޑްސް އާއިއެކީ ޝޮޕިންއަށް. އަންނާނަން ދިހައެއް ޖެހުމުގެ ކުރިން..”މަލަކް މިހެން ބުނެފައި އަވަހަށް ނިކުމެގެން ދިޔައެވެ. ހަޤީޤަތުގައި އިނާރާ އައުމުން އެނާ އެތަނުގައި މަޑުކުރާހިތް ނުވީއެވެ.
“މާކިން ދެން ކޮންއިރަކުންތަ އިންނަނީ؟” ޒެރީން މިހެން ބުނުމުން ފޯނުގައި އިން މާކިން އެނދުގައި އޮށޯވެލިއެވެ. “ބައްޕަމެން ކައިރި ބުނެފިން. އެ މީހުން ތިބީ އުފަލަކުންނެއް ނޫން. އެހެންވީމަ ޒެރީން އުއްމީދު ނުކުރާތި މިގެއި އެކަކުވެސް ހެޔޮވާނެކަމަށް. އަހަރެން މި އިންނަނީވެސް ދަރިފުޅުގެ ހައްޤުޤައި. އަހަރެން ބޭނުމެއް ނޫން ތިއީ ނަހަލާލު ދަރިޔެކޭ ކިޔާކަށް..” މާކިން ނިތްކުރީގައި އަތްބާއްވާލައިގެން އޮވެ ވާހަކަދެއްކިއެވެ.
“އިނގޭ ތިކަން. ދެން ކޮބާ ވައިފް..” ޒެރީން އަހާލިއެވެ. “އޭނާ ނުބެހޭނެ މިކަމަކާއި. ޒެރީންވެސް ރަނގަޅުވާނީ އޭނައާއި ދުރުން އުޅުނިއްޔާއި. ދެން އަހަރެންގެ ފަރާތުން އެއްވެސް އުއްމީދެއް ނުކުރާތި. މިއީ ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކައި ކުރެވޭ ކައިވެންޏެއް. މިއަށް ވުރެ ބޮޑަށް އެއްވެސް އިތުރު ގުޅުމެއް ނުބޭއްވޭނެ.” މާކިން ހުރިހާ ކަމެއް އޮޅުން ފިލުވައިދީފައި ފޯނު ބޭއްވިއެވެ. އިނާރާގެ ޚިޔާލުތަކަށް ގެއްލިފައި އޮއްވައި ދެލޯމެރި ފުންނިންޖަކަށް ގެނބުނެވެ.
“ޔާމިން އަހަރެން ވަކި ކީކޭ ބުނާނީ.. މާކިން ބުނާގޮތުން ނަމަ އެއީ އޭނަގެ ދަރިއެއް. އެހެންވީމަ އޭނާވެސް ބޭނުމެއް ނުވާނެ ބައްޕައެއް ނެތި އެއްކުއްޖާ ބޮޑުވާކަށް. އަނެއްކާއި އެކުއްޖާފުޅުގެ ކޮން ކުށެއް އޮތީ..” ސީ ހައުސްގައި ކޮފީބޯން ތިބި ނާޒިމް ޔާމިންއައި ވާހަކަ ދައްކަމުން ބުނެލިއެވެ.
“ތި އަންހެން ކުއްޖަކު އެއިނީ ބަލިވެ. އެހެންވީމަ ކައިވެނި ސައްޚައެއްވެސް ނުވާނެ.. އެކަމަކު ވިހާފަހުން އިނދެފިއްޔާ އެންމެންނަށް އިނގޭނެ އެއީ ނަހަލާލު ދަރިއެއްކަން. މާކިން ބޭނުމެއް ނުވާނެ އެ ގޮތެއް.” ކޮފީބޯން އިން ޔާމިން ބުނެލިއެވެ.
“އަނެއްކާއި ދެ ޢާއިލާއަށްވެސް ކިހާ ބޮޑު ހުތުރެއް.. ދެން ކައިވެނި ކުރިޔަދީ.. އެހެން މީހުންނަށް އެނާއެއިނީ ބަލިވެކަމެއް އިނގޭކަށް ނުޖެހެ.. މިކަން ޢާއިލާ ތެރޭގައި ސިއްރެއްގެ ގޮތުގައި އޮތިއްޔާއި ރަނގަޅުވާނީ. އެހެންނޫނީ ބޭޒާރުވެ ވިޔަފާރިއަށްވެސް އަސަރު ކޮއްފާނެ.” ނާޒިމް ވިސްނަން އިނދެފައި ބުނެލިއެވެ.
“ތި ބުނީވެސް ތެދެއް. ދެން މިނޫން ގޮތެއް ނެތް. މާކިންއަށް ނުވިސްނުނީތީ ދެރައީ.. ކީއްކުރާނީ” ޔާމިންވެސް ނާޒިމްގެ ވާހަކައަށް ތާޢީދު ކުރަމުން ބުނެލިއެވެ.
ހެނދުނު ސައި ހެދުމުގައި އާޝިޔާއާއި އެކީ ބަދިގޭގައި އުޅުން އިނާރާ ދިޔައީ ސޭންޑްވިޗް ހަދަމުންނެވެ. އާންމުކޮން އޮފީހަށް ދާ ދުވަސްދުވަހު މާކިން އަބަދުވެސް ކާނީ ސޭންޑްވިޗް ކަމުން އޭނާ އެހަދަމުން ދިޔައެވެ. އިރުކޮޅެއްގެ ތެރޭގައި ސައިހެދި ނިމުމުން ނާޒިމް އައިސް ކާގެއަށް ވަނެވެ. ކުރިން މާކިން ސައިބޯން އަންނައިރު އަބަދުވެސް އޭނާއާއިއެކީ ސައިބޯންފަށާ ނާޒިމް މިއަދު މާކިން ކޮބައިތޯ ވެސް ބަލައެއްނުލިއެވެ.
“ކޮބާ މާކިން.. މަންމަ ގުޅާފައި ބުނިން ސައިބޯން އަންނައްޗޭ..” މާކިން ނެތުމުން އާޝިޔާ ބުނެލިއެވެ. މިހެން ބުނިތަނާ ގޭގެތެރެ ދޮރު ހުޅުވާލާފައި މާކިން ވަދެގެން އައިތަން ފެނުމުން އިނާރާ އެދިމާއަށް ބަލައިލިއެވެ. ލައިގެން ހުރި ހުދު ގަމީސް ގައިގައި ހިފާފައިވާއިރު އެ މޫނު ވަނީ މިލާފައެވެ. މާކިން މަޑު ހިނގުމެއްގައި އައިސް މޭޒުކައިރީގައި އިށީންނަމުން އިނާރާއަށް ބަލައިލިއެވެ. މާކިންގެ ލޮލުގައިވި ހިތާމަވެރިކަން ބަލަން ނުހުރެވިގެން އިނާރާ ބަދިގެއަށް ވަނެވެ.
ސައިބުއިން ކުރިޔަށް ދިޔައިރު މޭޒުމަތިވަނީ ހަމަހިމޭންކޮށެވެ. އެކަކުވެސް މާކިންއާއި ވާހަކައެއް ނުދައްކައެވެ. “މާކިން.. ދެން ކޮންއިރަކުން ތި ކުއްޖަކާއި އިންނަނީ؟” އާޝީޔާ ހަމަހިމޭކަން ފިލުވާލަމުން ބުނެލިއެވެ. “މި ހަފްތާގައި އިންނަން ކަމަށް.. ފޯމު ލައިފިން މިހާރު..” އިސްޖެހިފައި އިނދެ މާކިން މިހެން ބުނިއިރު އިނާރާގެ ހިތް ރޮމުން ދިޔައެވެ.
“މަންމަ ނުރުހުނަސް ތި ކުއްޖަކު ދެކިލަން ގެއަށް ގެނަސްލާތި..” އާޝީޔާ މިހެން ބުނުމުން ނާޒިމް ކެއުން ހުއްޓާލާފައި ފެންތަށި ހިފައިގެން އެތަނުން ދިޔައެވެ. ނާޒިމްގެ މި ޢަމަލުން އޭނާ މިކަމާއި ނުރުހުންވާވަރު ހާމަވެގެން ދިޔައެވެ. “ލައްބަ..” މާކިން އަދިވެސް އިނީ އިސްޖެހިފައެވެ.
“ދެން ކޮންތާކު އޭނަ ހުންނަނީ؟” އާޝިޔާ ކެއުން ކުރިއަށް ގެންދަމުން ވާހަކަދެއްކިއެވެ. “މަތީގައި.. އަޅުގަނޑު ކައިރި..” އިނާރާއާއި ދިމާއަށް ބަލައިލަމުން މާކިން ބުނެލިއެވެ. ޒެރީން އުޅޭނީ މާކިން ކައިރީގައި ކަން އިނގުމުން އިނާރާގެ ހިތުގައި ރިއްސާލިއެވެ. އެމީހުން އެކުގައި އުޅޭތަން ދެކޭކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ.
“މާކިން މިއަދު ރާޝިދުއާއި ބައްދަލު ކޮއްލާފައި އެތަނުގެ ކަންތަން ހަމަޖައްސާތި..” ނާޒިމް އައިސް ފެންތަށި މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ. “ލައްބަ.. ބައްޕާ..” މާކިން ވާހަކަދައްކަން ފެށުމުން ނާޒިމް އޭނަ ހުއްޓުވުމަށް އަތް ހުރަސްކޮއްލިއެވެ. “އަހަރެން މި ވާހަކަ ދައްކަނީ މާކިންގެ ވެރިޔާގެ ހައިސިއްޔަތުން.. ތި ބުނާ ގުޅުމެއް މިހާރަކު ނޯންނާނެ. އެހެންވީމަ މީގެފަހުން އަހަންނާ މުޚާތަބު ކުރާނީވެސް އޮފީހުގެ އެހެންމީހުން ކުރާގޮތަށް..” ނާޒިމް މިހެން ބުނިއިރު މޫނުމަތިން ނުރުހުން ވެރިކަން ފާޅުވާން ހުއްޓެވެ. “ލައްބަ.. ނާޒިމް ސާރ” މާކިން ހިތާއި ދެކޮޅަށް މިހެން ބުނެލިއެވެ.
ނާޒިމްގެ މި ވާހަކަ އަޑުއިވި އާޝިޔާ އިންތިހާއަށް ދެރަވިއެވެ. މާކިން އަމިއްލަ ބައްޕައަށް ވެރިޔާގެ ހައިސިއްޔަތުން އަބަދުމެ މުޚާތަބު ކުރަން ޖެހުމަކީ އޭނާ އެދޭގޮތެއް ނޫނެވެ. “ބަލަ އެއީ ނާޒިމްގެ ދަރިއޭ..” އާޝިޔާއަށް އެއްޗެކޭ ނުބުނެ ނީދެވިގެން ބުނެލިއެވެ. “އޭނަ އެކަންތައް ކުރިއިރު ހަދާނެތް ނެތެއްނުން ބައްޕައަކާއި ޢާއިލާއެއް އޮތްކަމެއް.. އެހެންވީމަ މިހާރު އަހަރެންވެސް ދަރިއެއް ހުންނަކަން ހަނދާން ނައްތާލައިފިން.” ނާޒިމް މިހެން ބުނެފައި އިތުރަށް މަޑުކުރުމެއްނެތި ނިކުމެގެން ދިޔައެވެ.
ގޮނޑީގައި އިން މާކިން ދުވަހަކުވެސް މިވަރަކަށް ލަދުގަނެ ހިތުގައި ޖެހިފައެއްނެތެވެ. މާކިން އިންގޮތް ފެނިފައި އިނާރާގެ ހިތް އެހީވާން ބޭނުންވި ނަމަވެސް އޭނާ މިއަދު އެހިތާއި ދެކޮޅަށް ކަންތައް ކުރަން އިޚުތިޔާރު ކުރިއެވެ. “މާކިންގެ ތި ކުށުގެ ސަބަބުން މުޅި ޢާއިލާ ރޫޅެނީމި.” އާޝިޔާ މިހެން ބުނެފައި ތަށިތައް ނަގައިގެން ބަދިގެއަށް ވަނެވެ. އާޝިޔާ ދިއުމުން މާކިންއާއި އިނާރާ އެކަނިވެރިވީއެވެ.
“އިނާ…” މާކިންއަށް ބުނެވުނީ ހަމައެކަނި މިހެންނެވެ. އިތުރު އެއްޗެއް ބުނާނެހާއި ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. އިނާރާ އެތަނުން ދާން ތެދުވުމުން މާކިން އޭނާގެ ކުރިމައްޗަށްއަރައި ހުއްޓުވިއެވެ. ދެއަތުން އިނާރާގެ ކޮނޑުގައި ހިފައި ގާތް ކޮލުމުން އިނާރާގެ ދެލޮލުން ރުޅިވެރިކަން ހާމަވިއެވެ. “ބުނީމެއްނުން ގައިގައި އަތް ނުލައްޗޭ.. ކީއްވެތަ މިކަން އިތުރަށް އުނދަގޫ ކުރަން ތިއުޅެނީ.. ޕްލީސް ތިގޮތަށް ގާތްނުވޭ..” މާކިންގެ އަތް ދުރުކޮއްލަމުން އިނާރާ ބުނެލިއެވެ.
މާކިން އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން އިނާރާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ ދޮރުބުޑުގައި އިށީދެވުނުއިރު ލޮލުގައި ބޮނޑިވެގެން ކަރުނަތަށް ކޯތާފަތަށް ފޭބިއެވެ. އަނގަމަތީގައި އަތްއަޅައިގެން އިނދެ ރޮމުން ދިޔައިރު އޭނާ މާކިން ގާތު އަތްނުލާށޭ ބުނާކަށް ފަސޭހައެއްނޫނެވެ. މިހާރުވެސް ގޮސް އެމޭތެރޭ ބޮނޑިވެ ގަންނަށް އެދުނަސް އެކަންވަނީ ހިތުގައެވެ.
މާކިން ގޮސް އިނާރާގެ ކޮޓަރި ދޮރުގައި ލެނގިލަމުން އެތަނުގައި އަތް ބީއްސާލިއެވެ. އޭނާއަށް އިނާރާ ރޮނީކަން އިނގެއެވެ. ދެއަތުން ދޮރުގައި އަތް ބީއްސާލިއިރު އެމެރިފައިވާ ލޮލުން ފެންނަމުން ދިޔައީ އިނާރާއެވެ. އިނާރާ ގެނެސް އެމޭގައި ބޮނޑިކޮއްލައި އެ ހުރިހާ ކަރުނަތަކެއް ފޮހެދޭން ބޭނުންވި ނަމަވެސް ދެން އެކަމައް ނުވާނެއެވެ. “ބަމްބީ.. އައި ލަވް ޔޫ….” މާކިންގެ މިބަސްތައް ބުނެލީ ހަމައެކަނި އެހިތަށް އަޑުއިވޭ ވަރަށްށެވެ. އެ ހިތުގައި ވި ކޮންމެ ވިންދެއް މިހާރު ޖަހަނީ އިނާރާއަށްޓަކައެވެ. އެ ލޯތްބަށްޓަކައެވެ. ނަމަވެސް އޭނާ މިކަން މުޅި އުމުރަށްވެސް ސިއްރުކުރާނެއެވެ.
73 Comments!
Comments are closed.
next part tmrw evening insha allah. and sorry if this part is too short. i have been buxy so wasn’t able to write more. enjoy 🙂
Salhi…….
This part is very very nice and heart touching.. Waiting for the next part 😀
V nice
WOOOOOOOW..nice..ZAI.. Thanks for quick update …. 🙂
Mi part vess reethi..but kuru v ma dhw…kuru kon nugenes dhy dhigu kon genesdhen fennany..thanfukeh liyelaafa up kuranyaa v foohi… dhen reethi story eh vehjehyaa abadhuvess jehey mahsala eh eyy…writer buxy vedhaane ( dhen gabool kuran busy vedhaane kamah… ekam vaguthaky hoadyma libey ehcheh hen hyvany )…dhe folhuvay genesdhifaane…masdhuvass fahun genesdhifaane…dhen reethi vefa readers kiyaa hiyvaathy kohlaa jehsumeh kanneyynge
waau mibaivex vvv salhi keep it up
Varah reethi…..keep it up…
no words simply owsom
V.reethi mibaives
varah reethi! Thankyou Zai <3
Shakuvaa Gina meehun vaahaka nukian v nu…kurukoh fonikoh Anna episodes ves hunnane dhw…be patient….be thankful
Hama habeysss…waiting:)
Hmmm!! Interesting…. Waiting for next part….. Vvv obi interesting loving and swyt story eh. Aslu zai men is best. Ehaa busy koh ulhefa wex kon me dhuwahaku up koh dhey dhw. Than fukeh wiyas. So you guys should understand. Zai men good kamun dhw e up kh dheny wex. Hama kiyuntherin natakaadhw. So you understand and I can understand that. Once more I would love to say that this is a great story done by a great writer. Vvv rythi Mi story maasha Allah. Love yah :-* !!!!
Vrh vrh reethi… Ur Osum zaisha…
Asluga vaahaka reethikamun heevany kuruhen…kiaalaa hithun kiaalevey..kiaa nimigen mahchah scroll kohlyma ingey kuru noonkan…gaimuves mush ah emme sentence eh liefaves hafarah kiey..haadha time eh beybunvaane ey mush vaahaka eh lian vejjehyaa…so I understand… Time hurihaaves ehchaky…
Mi oh fadha roadha mahuga ves baeh meehun shakuvaa in arai nugane.. zai alhaanulaa… mi bai meehunnakah neyge shukuruveri vaakah.. amilla ah vaahaka eh liyefa upload kuran jehuneema igeyny mi kamuga huri burakan.. evarunves zai mi meesthakun ge munifoohi filuvaidheythy shukuru kohbala.. zai you are the best
Good
Mashaallah V reethi ingey mi part vs… waiting 4 nxt. And thanks avahah up kohdheythyyy.. good luk …
Rythi kamaaa eve. Mashah vs rovijje
varah reethi vaahaka.. miha areethi vaahaka eh nukiyan adhi… avahah up kurahchey… keep it up..:p
Vvvvvv reethi… oh please! eha buxy koh ulhemunves up koh dheineema shuruverivun haggun… be thankful to Zai… THANK YOU Zai… urthe best… keep up the good work..
Vvv reethi..fahun maakin ves loabivey vuney enun inaara dheke 🙂
Miyadhu part ves v salhi i think maakin ah falha araane next part in..waitin for next part
V hithah thadhu vehje mi part kiyaafa..:( ekam ves reethi story eh mi zai..
vaahaka kithamme haaves reethi ekam kiyan fashaa irah onnany nimifa……vvvvvv kiyaa hithunney thibeny….
Zaisha EBA masaka kure enun dhigu kon genesdhe very tho…konme dhuvahaku ves part eh gene enun …so gehene duo ekama ves zai ah thanks bunelan..but u guys. R complaining…this is not gud than 🙁
Varah reethi. Hama 100 . bunaaney ehcheh ves nei..
Wow v v touching… Rovihje hama rangalhah ves… V v v v salhi dear.. Keeep it up…
Wow hama vvvvvvvvv reethi…..v kiyaa hiyy vey avahah up kohdheythee….
Awwwwnnn v touching
One of my favorite story
Thax v shalhi
V salhi thankolheh chigukohliyya v rangalhu
Kurehnun..hama baraabaru (y))
Waaaau….salhi
Nice part
just one word to explain all about you PERFECT,., u never disappoint your readers,., thankyou.. may u have blessed future
Vaahaka v chaalu…magumathin v feney meega miulhey inara.. faadehgge carehga ulheyny….zai u r the best and v reethi maadhan dhiguvaanekan uageen kuran… v salhi baskoshaaru.
Thank you guyz
liyumuge sukunthakuga mistakes eba ulhey mee mihaarakah ais hama hurihaa writers eh ge ves ulhey mahsala
Vvvvvvvvvvvvvv salhi
Nice story☺
Vv reethi vaahaka eh. Ehves varakah haasaru dhemumeh nei v touching
This is an awesome story
Flower ebunee thedhehkamah shabee gabool kuran…but hard feeling eh ovegeneh noon…hama ok vaane night ga up kuriyas haveeru liyefa… but kurukh nugeney…miahbure thankolheh dhigu khdhee plx zai… 🙁 ekam v reethi hama hiyy rohvaalaifi… 😉
Wow wonderful story. Keep it u
asluvex… mee dhen myhun vaahaka liyaa goi tha.. kuda kuda ethikolheh.. pis pis.. abadhu bxy oa bxy oa.. mashah vex hyvany dhn mee jehssumeh hen. bala aharun ehn writers ge vaahaka thaha vex kiyamey. e myhun vex hama bxy vaanun. ekm e myhun vaahaka genesdheny dhigu kohney.. aisha , yasma… mi meehun vex mee story liyaa meehun. e myhun vex hama busy vaanun. ekm emyhun vex vaahaka liyanee thivarakah nooney.. thiyah vuren habeyhah dhigu kow,.. plx theena vehjjeh nun vaahaka liyun huhttaalan dhw.. :/
please thihaa kiyaa hiy nuvanyaa nukiyabala. eyna ah ves vaa varakun dhw liyeveyni. aslu mi kama dhaane time aai visnan jehey varu readers akah nusineyne. ehen vi ma kamu nudhanya nukiyaani. konme meehaku kurey eba kiyaa. bala mi nooni mi site konme dhuvahaku up vaa story eh neh mihaaru. stop complaining and appreciate it. mi storyge mi part ekani mi haa kuri. ehen nooni miah vuren dhigu kon hunaani. mi meehun nah nuvisney thi dherai. thi aisha aka meehunaki sun ah liyaa meehun. ehen v ma dhigu vaane ekamaku up vaani week aku eh faharu. so plx stop comparing to others. zaisha is a great writer. we fans appreciate her work thankx for such a beautiful story.
aisha men yasmaa men kureebaiga vaahaka ehkoh liye nimmaafa sun ah havaalu kohfa onnany… dhen daily koh sun in e genesdheny.. adhi e meehunnah laari ves dhee gen e kanthah e kurany.. aisha mennaa zai men kahala kudhinna alhaa keema hairaan vejje.. thiya beyfulhaa free koh hunneviyas buxy beyfulhun buxy vaane igeythoa… zai men kahala buxy koh ulhey kudhin hama kuraahithun kamah kamey hithaigen avas aruvaanulaa hama kiyuntherinnahtakaa e kohdhey masahkathuge agu vazan kohliyya thiya beyfulha ge gain baeh uni nuvaane igeythoa.. innallaha ma ah saabireen.. hamakashavarun allah vodigen vany kehtherinnaa ekeega ey.. mi ramadhaan mahu ves roadha ah hure keitherikan iskohliyyaa vaany keeh.. kiyuntherinah heevedhaane ehves kameh kuran nujehey hama mulhin free kudhin kamah mi vaahaka thah daily koh upload kurany… baeh writers freee koh thihbas anehbai writers v buxy vex vaane… e kan jeheyne dhannan vaahaka kiyaa meehun…
amilla meehaa vaahaka liyan fahtabla egeyne ekamuge huri burakan.. zaisha is a v good writer
aisha ge vaahaka thakuge vaahaka nudheh keeyaa ragalhuvaanee.. week aku one part.. dhen eythi update vaane dhuvahakah inthizaarukuran jeheynee..be thankful konme dhuvahaku mi story kiyaalan libeykamai hedhi.. zai keep up the osome work..☺
V v rythi.alhe thankolheh dhigukoh genesdhyba plsss zaisha
salhi………….. story hama habu…..
vvv reethi mihaaru maadhamaya inthizaaru kuranee★
Vvvvvv reethi mi vaahaka☺
Asluves mi story varah nice.. aharumen gaboolu kuran writer ves bixy vaanekamah.. thigothah konme dhuvahaku up kohdheythee thanks…
Mivaahaka haadha reechey.bamby aa maakin gulhuvaba zaishaan. Zeryn falhaa aruvaalabala avahah
Asluves mi story varah reethi… aharumen gaboolu kuran writer ves bixy vaanekamah… thi gothah konme dhuvahaku up kohdheythy thanks..
wow v salhi
vaahaka varah rythi. varah kiyaahithun kiyaalevey vaahakaeh mee. varah salhi… dhen kihineh vaaneee?
Jui ah egey tha yas men story liyanee mulhi dhuvaalu ekamah hus koh gen kan….. e’ee emeehun ge duty….. Aharen loa kuri mathee ga emeehun ekan kuraneee…. Jui story eh liyeba alhe..,.. eyrun egeyne mee kihaa busy work eh kan…. Aharumen ge story dhiguvanee aharumen story liyanee parts thaka kah noon veema… full story veema…. Jui akah neygeyne emeehun kuraa bura massakai… Zai vex time nagaane dw mi liyan.. Adhi mi vaahaka hadiyyaa cmt nukuraanee…. OK ehnun eyrun… Aharen vaahaka liyaa iru vex time nagaa…. visnan vex jehey… Jui ah mi kan kre venna alhe story eh liyaa public kohbala…. eyrun egeyne mee kihaa busy work eh kan
your story is very very nice Zai
Zaahee ah kon kameh Jui konme ehcheh kiyass…..ahannah vex v v v v kada mi vaahaka liyaa goi.. Just bad…. mi bunee enmen kurimathee.. Just bad….. ekamakuu feshi goi ahhannah v salhi….
thee mihaaru jehsumah kuri comment eh.. keehvetha meehunnah maa jehsun kuraa kiy vegen thi ulheny? mi vaahaka midhaa goi ves v salhi.. thi meehunnah hajam nuvany .. thimaa ah vaahaka liyan neygeythy ehen meehunnah faadu kiyany.. mi roadha mahuga ves ehen meehunnah hasadha dhoa thi lany? Maldivian Type ( typical)
Zai alhaa nulaa story is v nice writers ah hiyvaru dheyn vaane kuh faahaga kuraa gothah..
ey thistory liyaa Zaahee tha?
hmmm…. kihinehvvee????????
Zaa ehcheh nukkiyyaa rangalhu vaanee.. Anonymous ebunihen mi vaahaka midhanee rangalhah dw Zaa.. meehun mi roadhamahu vex jessun kuraa vareh dw… pis pis.. mi vaahaka hama best.. not bad.. meehun bad eh mi vaahaka akah nukiyeane
Zaaheeeeee ……Hw many yrs r u?
kobaa tha story …………..haadha lasvany
V v v v nice….
Janna hama thibuney raghalha
Varah reethi
V rythi