Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 26

BONDAY Level 210 Stories
July 12, 2015 4 Mins Read
13 Comments

” ދެން ދެމީހުން ތިހެން ބަލަންނުތިބެ ހިނގާބަލަ އެތެރެއަށް…! އެތެރެއަށް ގޮސްވެސް ބެލިދާނެއެއްނު..! ” މިޝާ މިސްރާމެންނަށް ބަލަންހުރެފައި ބުނެލިއެވެ. މިޝާ އެހެންބުނުމުން އިމާދުއަށް ސިހިފައި ބަލާލެވުނެވެ. މިސްރާ ލަދުން އިސްޖަހާލިއިރު އެދޮން މޫނު ވަނީ ރަތްވެފައެވެ. އިމާދު މިސްރާމެންގެ ފަހަތުން ގޮސް ގެއަށް ވަތް އިރު ތަންކޮޅެއް ދުރުގައި އާދިލް ބަލަހައްޓައިގެންހުރިކަމެއް އެމީހުންނަކަށް ނޭގެއެވެ.

” މަންމަގެ ހާލް ކިހިނެއް މިހާރު…! ކީކޭ ޑޮކްޓަރ ބުނީ…؟ ” ގެއަށް ވަދެގެންއައި މިސްރާމެން ފެނުމުން އާމިރު އަހައިލިއެވެ.

” މިހާރު ރަނގަޅު…! ޑޮކްޓަރ ބުނީ މަންމަ މާބޮޑަށް ފިކުރުކުރާތީ ދިމާވި ކަމެކޭ…! އަނެއްހެން އެއްވެސް މައްސަލެއް ނެތްކަމަށް ބުނީ… ” އާމިރުގެ ސުވާލަށް ޖަވާބު ދިނީ މިސްރާއެވެ. އާމިރު އާއި ވަދީފާ ތެދުވެގެން ކޮޓަރިއަށް ދިޔައީ މިސްރާމެންވެސް އައިސް ގޮނޑިސެޓުގައި އިށީންނުމުން އެމީހުނަށް ވަގުތު ކޮޅެއް ދިނުމުގެ ބޭނުމުގައެވެ.

” އިންމަ ކީއްކުރަންތަ އެހާއަވަހަށް ފުރަނީ..؟ އަދި މާގިނަ ދުވަހެއްވެސް ނުނޭނު އައިތާ..؟ ” ސިޑިން އަރައިގެން ދިޔައި އާމިރުމެންނަށް ބަލަހައްޓައިގެން އިނދެފައި މިޝާ ބުނެލިއެވެ.

” ކިޔެވުން ފެށެން ވާއިރަށް ދާން ޖެހޭނެއެއްނު…! ” އިމާދު މިސްރާއަށް ބަލާލަމުން ބުނެލިއެވެ. އިމާދު ލަންކާގައި ކިޔަވަން އުޅެފައި މެލޭޝިއާއަށް ބަދަލްވީ ޑޮކްޓަރކަން ކިޔަވާށެވެ. ތަފާތު ވާހަކަ ތަކުގައި ތިބެފައި އިމާދު ގެއަށް ދިޔައީ ގަނޑިން ހަތަރެއްވެސް ޖަހަން އުޅެނިކޮށެވެ. މިޝާވެސް ދޭއްޖަހަން ކައިރިވެފައި ހުއްޓާ ނިދަން ދިޔައީ މިސްރާމެން އަވަހަކަށް ނުނިދާނެކަން އެނގޭތީއެވެ.

” ފާޒިން..! މަންމަ ބޭސް ކާގަޑި ޖެހެންވާއިރަށް ކާނެ ކޮންމެވެސް އެއްޗެއް ގެންނަންވީނު…! ” ގޮނޑިސެޓުގައި ފޯނާކުޅެންއިން ފާޒިންގެ ކައިރީގައި އިށީންނަމުން މައިޝާ ބުނެލިއެވެ. އޭރު ގަޑިން ހެނދުނު ހަގަޑި ބައިވަނީއެވެ. ފާޒިންވެސް ކުޑަކޮއް ނިދާލާފައި ތެދުވީ ފަސްގަނޑި ބައިވި ފަހުންނެވެ.

” ކޯޗެއް ގެންނަންވީ…؟ މައިވެސް ދާންވީނު ހުރި އެއްޗެއް ބަލާލަން…! ” ފާޒިން މައިޝާ ގެނެސް ގަޔާލާ ފިއްތާލަމުންބުނެލިއެވެ.

” ފާޒިން…! މަންމަ ހޭލަފާނެ… ” ފާޒިންގެ މޭގައި އަތްއަޅާފައި ތެދުވަމުން މައިޝާ ބުނެލިއެވެ. ފާޒިން ތެދުވެ އަތުން އިސްޓަށިގަނޑު ރީތިކޮއްލިއެވެ. އޭރުވެސް މުނީރާ އޮތީ ނިދާފައެވެ. ފާޒިންއާއި މައިޝާ ކެންޓީނަށްގޮސް ހެދިކާ ގަނެގެން އައިސް ވަތްއިރު މުނީރާ އޮތީހޭލައެވެ. މައިޝާ ބަލާލުމުން މުނީރާގެ ފަރާތުން ފަނޑު ހިނިތުންވުމެއް ނޫން އެއްޗެއް ނުލިބުނެވެ.

” މަންމާ…! ސައިބޯންވީނު…؟ ” އެނދުކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ހެދިކާ ކޮތަޅު ބަހައްޓަމުން މައިޝާ ބުނެލިއެވެ. ފާޒިން ދިޔަގޮތަށްގޮސް ވަނީ ފާހާނައަށެވެ.

” މަންމާ… ހާދަ ކުޑަކޮށް ތިކެއީ..! ނުބައީތަ…؟  ” ތައްޓަށް ފެންއަޅަމުން މައިޝާ ބުނެލިއެވެ. ނަމަވެސް މުނީރާގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުނެވެ. މައިޝާ އެކަމާ މާބޮޑު ސަމާލުކަމެއްނުދީ މުނީރާއަށް ބޭސްދިނުމާއިގެން އުޅުނެވެ.

ގުޅާފައި އޮތް އައި.ވީ ފުޅި ހުސްވުމުން މުނީރާ ދޫކޮއްލިއެވެ. ގެއަށްގޮސް ސައިބޮއިލައިގެން ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލުމާއެކު ފާޒިންއަށް ނިދުނެވެ. މައިޝާ ކޮޓަރިއަށް ވަތްއިރުވެސް ފާޒިން އޮތީ ގަދަނިދީގައި ނިދާފައެވެ. މައިޝާވެސް އަވަހަށް ފާހާނައަށް ވެދެ ފެންވަރައިލައިގެން ނިކުމެ އަވަހަށް ނިދީ އެރޭ އެއްކޮށް ހޭލާ ހުރުމުންނެވެ. އިމާދުއަށް ހޭލެވުނީ ފުލައިޓްގަޑިޖެހެން ވަރަށް ކައިރިވެފައި ހުއްޓައި މިސްރާ ގުޅުމުންނެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ގަޑި ޖެހެންވާއިރަށް ހުޅުލެއަށް ދެވުނީ ހަމަ ކިރިޔާއެވެ. މިސްރާ ނުފެނި ފުރަން ޖެހުމުން އިމާދު މޫޑު މުޅިން ސަކަރާތްވީ ދެން އެނބުރި އާދެވޭނެ ދުވަހެއްވެސް ނޭގޭތީއެވެ.

” މައި ކީއްވެ ތިރޮނީ…! ” ފާޒިން ގޮސް މުނީރާގެ ކޮޓަރިއަށް ވަތްއިރު މައިޝާ މުނީރާ ކައިރީގައި ރޯންއިނެވެ. އޭރު މިސްރާއާއި މިޝާވެސް ރޮނީއެވެ. މުނީރާ ހަމައިންގޮތަށް އިނީއެވެ. ފާޒިން ގޮސް މައިޝާގެ ކޮނޑުގައި ހިފާ ފާޒިންއާއި ވީފަރާތަށް އަނބުރާލިއެވެ. އޭރު މައިޝާގެ ދެލޮލުން ފައިބަމުން ދިޔަ ލޭތައް ވަނީ އެރީތި ކޯތާފަތްމަތީގައި ރޮނގުދެމިފައެވެ. ހަޅޭލަވައިގަނެވުނު ވަގުތު ސިހިފައި ފާޒިންއަށް ހޭލެވުނެވެ. ފާޒިން ހަޅޭލަވައިގަތް އަޑަށް މައިޝާއަށްވެސް ތެދުވެވުނީ ފުންމާފައެވެ.

” ކިހިނެއްވީ…؟  ” ފާޒިންގެ އަތުގައި ހިފާލަމުން މައިޝާ ބުނެލއެވެ. ފާޒިން ކަމެއް ނުވޭބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލިއިރު މީހާވަނީ ދާހިއްލާ ފޯވެފައެވެ.

” ދޮންތާ…! ދޮންތާ…! ” ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން މިޝާ ގޮވައިލިއަޑުއިވުނީ އެވަގުތުއެވެ. މައިޝާ ތެދުވެގެންގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު މިޝާ ދޮރުމަތީގައި ރޮވިފައި ހުއްޓެވެ.

” ކުޑީ ކިހިނެއްވީ…؟ ” މިޝާ ރޯތަންފެނުމުން މައިޝާ ވަރަށް ކަންތައްބޮޑުވިއެވެ. މިޝާގެ ރޮވިފައިވާ މޫނުފެނުމުން ފާޒިންވެސް އެނދުން ތެދުވެގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ.

” މަންމަ ވާހަކައެއް ނުދައްކާ…! ގޮވާ ގޮވާ ވާޅުވިރުވެސް ބަލާވެސްނުލި…! ” މިޝާއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. މިޝާ އެހެން ބުނުމުން މައިޝާ މުނީރާމެންގެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ.

” މައި ވެއްޓިދާނެ…! ” ސިޑިން ތިރިއަށް ދުވެފައިދިޔަ މައިޝާއަށް ފާޒިން ގޮވާލިއެވެ. ފާޒިންވެސް މައިޝާގެ ފަހަތުން ދިޔައެވެ. މައިޝާގޮސް ކޮޓަރިއަށް ވަންއިރު މިސްރާ މުނީރާގެ ކައިރީގައި އިށީންދެލައިގެންއިނެވެ.

” މަންމާ…! މަންމާ…! ” މައިޝާގޮސް މުނީރާގެ އަތުގައި ހިފަމުން ބުނެލިއެވެ. ނަމަވެސް މުނީރާއަށް އަޑުއިވުނުހެނެއްވެސް ހީއެއްނުވެއެވެ. އަޑުނީވުނުތާނގަ ބަލާވެސް ނުލިއެވެ.

” ފާޒިން މަންމަޔަށް ކިހިނެއްވެފަތަ މިއިނީ…؟ ” މައިޝާއަށް ރޮވެން ފެށުނީ ބިރުގަތްވަރުންނެވެ. ފާޒިން އަވަސް އަވަހަށް އެންބިއުލާންސްއަށް ގުޅައިގެން މުނިރާ ހޮސްޕިޓަލަށް ގެންދިޔައެވެ. މުނީރާ އެމަޖެންސީރޫމަށް ވެއްދިތާ ގަޑިއެއްގެ އިރުފަހުން ޑޮކްޓަރު ބޭރަށް ނިކުތެވެ. އޭރު ވަދީފާއާއި އާމިރުވެސް އައިސް ބޭރުގައި މަޑުކޮއްލައިގެންތިއްބެވެ.

” ޑޮކްޓަރ..! މަންމަޔަށް ކިހިނެއްވީ…؟ ” ޑޮކްޓަރު ބޭރަށް ނިކުތުމާއެކު ފާޒިންގޮސް އަހައިލިއެވެ.

” އޭނަޔަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ގެއްލުންވެފައި…! ތިކަމަށް ކުރެވޭނެ އޮޕަރޭޝަނެއްވެސް ނޯންނާނެ…! އެއްގޮތަކަށްވެސް ޕޭޝެންޓްގެ ކުރިމަތީގައި ރޮއެހަދައިގެން ކަމަކު ނުދާނެ… ކޮންމެވެސް ކަމަކާ މާބޮޑަށް ފިކުރުކުރުމުން އެހެން އެދިމާވީ… ހަމައެއާއެކު ގަވާއިދުން ބޭސްކާންދޭން ޖެހޭނެ…! ” ޑޮކްޓަރު ވަރަށް ތަފްސީލްކޮށް ފާޒިންއަށް ކިޔައިދިނެވެ. ޑޮކްޓަރު މުނީރާ ގެއަށް ދޫކޮއްލީ އޭނަގެ ކުރިމަތީގައި އެއްގޮތަކަށްވެސް ރޮއިނުހެދުމަށް ތަކުރާރުކޮށް ނަޞޭހަތްތެރިވެފައެވެ.

ދުވަސްތަށް ފާއިތުވަމުންގޮސް ތިންމަސްދުވަސް ފާއިތުވީ ފާޒިންމެންގެ ގޭތެރޭގައި އެއްވެސްކަހަލަ އުފާވެރިކަމެއް ނެތިއެވެ. މައިޝާގެ މޫނުމަތިންވެސް އެއްވެސް ކަހަލަ އުފާވެރިކަމެއް ފެންނާކަށް ނުހުރެއެވެ. އެކަމާ ވަދީފާވެސް ހުންނަނީ ވަރަށް ދެރަވެފައެވެ. މުނީރާ ކައިރީގައި މައިޝާ އިންނަ ގަޑިތަކުގައި މިސްރާމެންނާ ބައެއްފަހަރަށް ސަކަރާތްޖަހާ ހީހަދައެވެ. އެންމެ ފަހުން މުނީރާއާއި ދޭތެރޭ ވިސްނާ ވިސްނާ ފާޒިންގެ ކަންތަކަށްވެސް ފަރުވާކުޑަވާންފެށިއެވެ.

” މައި ކީއްވެތަ އަބަދު ދެރަވެފަ ތިހުންނަނީ… މިހާރު އަހަރެންނަކަށްވެސް އަޅައެއްނުލާ…! އަބަދު ތިހެން އިންނާކަށް ނުވާނެއެއްނު…! ” ފާޒިން އޮފީހަށް ގޮސްފައި އައިސް ކޮޓަރިއަށް ވަތްއިރު މައިޝާ އެނދުމަތީގައި ނިތްކުރިމައްޗައް އަތް އަރުވައިގެން އޮތުމުން ފާޒިން ބުނެލިއެވެ. މައިޝާއަށް ފާޒިން ކީއެއްވެސް އެއްޗެއްގެ އަޑެއް ނީވުނެވެ. ނުވިތާކަށް ފާޒިން ކޮޓަރިއަށް ވަތްކަމެއްވެސް މައިޝާއަކަށް ނޭގެއެވެ. ފާޒިން ހުރީ ވަރަށް ބަނޑުފައިވެފަ ކަމުން ވަރަށް ފަސޭހައިން ރުޅިއާދެވުނެވެ. އެހެންވެ ކޮޓަރިން ނިކުންނަމުން ކޮޓަރީގެ ދޮރު ޖަހާލެވުނީވެސް ވަރަށް ބާރަށެވެ. ދޮރުޖެހި އަޑަށް މައިޝާއަށް ސިހިފައި ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު ކޮޓަރީގެ ދޮރުކައިރީގައި ބަލާބަހައްޓާފައި ހުރި ފާޒިންގެ ދަބަސް ފެނުނެވެ. ފާޒިން އައިކަންވެސް އެނގުނީ ދަބަސް ފެނުމުންނެވެ. މައިޝާ ދުވެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނިކުތްއިރު ފާޒިން ގެއިން ނިކުންނަނީއެވެ. ފާޒިންއަށް މައިޝާ ގޮވާލުމުންވެސް އަޑުއިވުނު ކަމަށްވެސް ނުހަދާ ނިކުމެގެން ދިޔައީއެވެ. މައިޝާ ދުވެފައި ގޮސް ބޭރަށް ނިކުތްއިރު ފާޒިން ފެންނަން ނެތުމުން ކޮޓަރިއަށް ދިޔަގޮތަށް ގޮސް އެނދުމައްޗަށް ވެއްޓިގެންއޮވެ ރޯންފެއްށީ ދެރަވީވަރުންނެވެ. މައިޝާގެ ހިތަށް ކުރާނެ އަސަރު ހަމަ ފާޒިންއަށް ނުވިސްނެނީ ހެއްޔެވެ؟

” އިންހާ އަދިވެސް ގެއަށް ނުދަނީތަ…؟ ” އޮފީހަށް ވަދެގެން ދިޔަ ފާޒިންއަށް އިންހާ އޭނަގެ ކެބިންގައި އިންދާ ފެނުމުން ފާޒިން އަހައިލިއެވެ. ފާޒިން އޮފީހަށް ދިޔައީ އޭނަގެ ފޯނު އޮފީހުގައި ބާއްވާފައި ދެވުނު ހަނދާންވުމުން ފޯނުބަލައެވެ.

” ފާޒިން ކީއްކުރަން އޮފީހަށް ތިއައީ…! ” އިންހާ އެވަގުތުވެސް ތުއިވެލަމުން ބުނެލިއެވެ.

” ފޯނު ބާއްވާފައި ދެވުނީ…! އެހެންވެ ފޯނު ނަގަންވެގެން…! ” ފާޒިން އޭނަގެ ކެބިންއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. ފާޒިން ފޯނު ހިފައިގެން ނިކުތްއިރު އިންހާ ގެއަށް ދާން ރެޑީވެގެން ފާޒިންގެ އިންތިޒާރުގައި ބޭރުގައި މަޑުކޮއްލައިގެން ހުއްޓެވެ.

” ފާޒިން އަހަރެން ގެއަށް ގެންގޮސްދެވިދާނެތަ….؟ ” ގޮނޑިން ތެދުވަމުން އިންހާ ބުނެލިއެވެ. ފާޒިން އިންހާ ގޮވައިގެން ދާން ބޭނުން ނުވިނަމަވެސް އޭނާ ބޯޖަހާލީ އިންހާ ގެއަށް ގެންގޮސް ނުދީ ދާންނުކެރިގެންނެވެ. ފާޒިންގެ ފޯނު ރިންގުވާންފެށުމުން ފާޒިން ފޯނުނަގާ ބަލައިލިއިރު ގުޅަނީ މައިޝާކަމުން ސައިލެންޓަށްލާފައި ފޯނު ޖީބަށްލަމުން ސައިކަލަށް އަރާ އިސްޓާޓުކޮއްލިއެވެ. އެމަންޒަރު އިންހާއަށް ހަމަ ރަނގަޅަށް ފެނުނެވެ.

” ކާންދާންވީނު…؟ މިއަދު ދޮންތަމެން މިގެއަށް އައިސްގެން މަންމަ ވަރަށް މައްޗަށް ތައްޔާރު ކޮއްލާފައި އޮތީ…! ” އިންހާއަށް އޭނަޔަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން ބުނެލިއެވެ. ބަނޑުފައިވެފަހުރިވަރުން ފާޒިންވެސް ސައިކަލު ޕާކުކޮއްލާފައި އިންހާގެ ފަހަތުން އެގޭތެރެއަށް ހިނގައިގަތެވެ.

” ގޭގައި އެކަކުވެސް ނެތީތަ…؟ ” ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ފާޒިން ބުނެލިއެވެ.

” އާނ..! މަންމަމެން ދޮންތައާއެކު ބޭރަށް ގޮސްވީ…! ” ބަދިގެއަށް ވަދެ ކާންތައްޔާރު ކުރަމުން އިންހާ ބުނެލިއެވެ. އިންހާ ކާންބުނުމުން ފާޒިންގޮސް ބަދިގެއަށް ވަތްއިރު މުޅިމޭޒުމަތި އޮތީ އެކިވައްތަރުތަކުން ފުރިފައެވެ. ބަނޑުފައިވެފައި ހުރިވަރުން ފާޒިން އަވަހަށް ކެއުމާއިގެން ކުރިއަށް ދިޔައެވެ. އިންހާވެސް ފާޒިންއާއި އެކު ކެއުމުގައު ބައިވެރިވިއެވެ. ކައިނިމިގެން ފާޒިން ގޮސް ގޮނޑިސެޓުގައި ޖައްސާލީ ވަރުބަލިވެފައި ލޯމައްޗައް ކުޑަކޮށް އަނދިރިވާން ފެށުމުންނެވެ. ގިނައިރު ނުކައި ހުރެފައި މާގިނައިން ކެވުނަސް އެކަހަލަ ގޮތެއް ވެދާނެ ކަމަށް ފާޒިންގެ ސިކުނޑިއަށް ވިސްނުނު ނަމަވެސް ފާޒިންއަށް ނޭގުނީ އޭނަގެ ދިރިއުޅުން އިންހާ ވައްޓާއެލަނީ ކިހާފުންމިން ހުރި ވަޅުގަނޑަކަށް ކަމެވެ. ގޮނޑިސެޓުގައި ބުރަކަށި ޖެހުނުތާ މާގިނައިރެއް ނުވަނީސް ފާޒިންއަށް ނިދިގެން ގޮޑިމައްޗަށް ދެމުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހަތަރު އުދަރެސް (4)

Next

ހިތް ވިންދާނުލައި… (19)

Next
July 12, 2015

ހިތް ވިންދާނުލައި… (19)

Previews
July 12, 2015

ހަތަރު އުދަރެސް (4)

13 Comments!

  1. ihthu says:
    July 12, 2015 at 12:29 pm

    Mi part ves kiyuntherin nah reethivaane kamah hykuran..

  2. Noomath says:
    July 12, 2015 at 12:59 pm

    Wow Very nice mi story… Mi baives varah reethi…

  3. ihthu says:
    July 12, 2015 at 1:01 pm

    Thanks noomath

  4. Aishaa says:
    July 12, 2015 at 1:06 pm

    Mi part vs v salhi…next part genes dhey ny kon irakun

  5. ihthu says:
    July 12, 2015 at 1:15 pm

    Next part maadhan up kohdhevey thw balaanan

  6. nathoo says:
    July 12, 2015 at 1:21 pm

    Varah reethi. Avahah up kurahchey

  7. naj says:
    July 12, 2015 at 1:33 pm

    Vv reethi

  8. mary says:
    July 12, 2015 at 2:09 pm

    Ti kada v mi haaru vaahaka .mi noon gothakan ayves vaahaka ah ga vaytha

  9. ammuty says:
    July 12, 2015 at 2:11 pm

    Kuriyah vaab ulheny keehkan kituntherinnah idea gennan neyngey gothah liyuneena maa reethu vaanehen heevany. Misaalakah fahu baiga thiyothy hint dhevifa kiyuntherinnah dhen knmes kahala photo eh ehcheh nagaanekan e anhen kujjaa..

  10. nahu says:
    July 12, 2015 at 2:21 pm

    vvv nice

  11. fairy says:
    July 12, 2015 at 4:12 pm

    reethi varah

  12. Amaaz says:
    July 12, 2015 at 4:58 pm

    reethi… kuriyah gendaathi

  13. Amaaz says:
    July 12, 2015 at 4:58 pm

    reethi

Comments are closed.

Next Episodeހިތަކުން ނުފިލާނެ 27←


All Right Reserved!