Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (18)

zaisha Level 210 Stories
July 11, 2015 5 Mins Read
54 Comments

ކޮޓަރީގެ ދޮރުހުޅުވާފައި ވައިން ޝީލާގެ ނަޒަރު ހުއްޓުނީ އެނދުގައި އޮތް އިނާރާއަށްށެވެ. ގެއަށް އައިފަހުން އިނާރާ އަދި އެއްވެސް ވާހަކައެއް ކިޔައެއްނުދެއެވެ. “ދަރިފުޅާ.. ހިނގާ ކާން. ހުންނާނެ ދަރިފުޅަށް އެންމެ މީރު ސްޕެގެޓީ ހަދާފައި.” ޝީލާ ގޮސް އިނާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ތެދުވެ އެނދުގެ ފަޑީގައި ލެނގިލި އިނާރާ މިހާރު ހަމައަކަށް އެޅިފައި ހުރިއިރު އަދިވެސް އެ ހިތުގައި ރިހުން ވެއެވެ. “މަންމާ..” އިނާރާ ވާހަކައެއް ބުނަންވެގެން ގޮވާލިއެވެ.

“ކިހިނެތްތަ ވީ އަސްލު. މަންމައަށް ކިޔާދީބަލަ ދެން.. މާކިން އަނިޔާ ކުރީތަ؟؟” ޝީލާ ބުނެލިއެވެ. އިނާރާ ހުރިހާ ވާހަކައެއް ކިޔާދޭން ހިތަށްއެރި ނަމަވެސް އަނިޔާ ކުރި ވާހަކަ ބުނާނެހާއި ހިތްވަރެއް ނުލިބުނެވެ. “މާކިން ދެއަތްބަށް މީހަކާއި އިންނަނީ..” އިނާރާ އިސްޖެހިފައި އިނދެ ބުނެލިއެވެ. “އެ ކީއްކުރަން؟ ކާކައި އިންނަނީ..؟” ޝީލާ ހައިރާންވެ އިނދެ ސުވާލުކުރިއެވެ.

“ޒެރީން ކިޔާ ކުއްޖަކާއި.. އަދި އޭނަ.. އޭނަ އިނީ މާކިންގެ ދަރިއަކަށް ބަލިވެ..” އިނާރާ ބުނަން ނުކެރި އިނދެފައި ވެސް ބުންޏެވެ. “އަސްތަޚްފިރުﷲ… މާކިން..” ޝީލާ މިހެން ބުނެފައި އަނގަމަތީގައި އަތް އެޅުނެވެ. “ދެން ނާޒިމްމެންނަށް އިނގޭތަ؟؟ އެމީހުން ކީކޭތަ ބުނީ؟” ޝީލާ ވީގޮތް އޮޅުން ފިލުވަން ބޭނުންވިއެވެ.

“ބައްޕަ ހުރީ ވަރަށް ރުޅިއައިސްފައި.. ބުނީ ދެން މާކިންއާއި އެއްވެސް ގުޅުމެއް ނޯންނާނެޔޯ.. މަންމަވެސް ވަރަށް ރުއި..” އިނާރާ އުނދަގުލުން ކިޔާދިނެވެ. “ދެން ދަރިފުޅު ގެއިން ނިކުމެގެން އައިކަން އެމީހުންނަށް އިނގޭތަ؟” ޝީލާ ބުނެލިއެވެ. “މިހާރު އިނގޭނެ ކަންނޭގެ.. ދެން މަންމަ ބުނެބަލަ އަޅުގަނޑު ކިހިނެތް އެގޭގައި މަޑުކުރާނީ.. އައި ރުޅިގައި މާކިންއާއި ދިމާއަށް ބުނިން މާދަން ވަރިވާން ފޯމު ލާނަމޭ ވެސް..” އިނާރާ ދެރަވެފައި އިނދެ ބުނެލިއެވެ.

“ވަރި ވަނިއްޔޭ.. އިނދެގެން އުޅޭ އިރު މައްސަލަތައް ޖެހޭނެ. އިނގޭ މިއީ އައިދާގެ މައްސަލައެއް ވެސް ނޫންކަން. އެކަމަކު ކޮންމެ ކަމެއްގެ ހައްލަކީ ވަރިއެއްނޫން.” އިނާރާގެ އަތުގައި ފިރުމަމުން ޝީލާ ނަސޭހަތް ދިނެވެ. “އިނގެޔޭ މަންމާ.. އެކަމަކު..” މާކިންގެ ހަޤީޤަތް ހާމަކުރަން އުޅެފައިވެސް އިނާރާ ފަސްޖެހުނެވެ.

“މާކިން އެކުރީ ވަރަށް ބޮޑު ކުށެއް. އެކަމަކު މިހާރު އެކަމާއި އޭނާ ވެސް ދެރަވާނެ… މަޢާފަށް އެދެންވެސް ބޭނުންވާނެ. އިނގޭ ދެން ދަރިފުޅަށް އޭނައަށް އިތުބާރު ނުކުރެވޭނެކަން. އެކަމަކު އޭނާ ކުރި އެންމެ ކުށެއްގެ ސަބަބުން އޭނާ ކޮއްދިންހާއި ހެޔޮ ކަންތައް މަތިން ހަދާން ނައްތާ ނުލައި.” ޝީލާ މިހެން ބުނީ ހަޤީޤަތް ނޭނގިއެވެ. މާކިން ކޮއްދިނީ ކޮން ހެޔޮކަމެއް ހެއްޔެވެ؟ އަނިޔާ ނޫން އެއްޗެއް އިނާރާއަށް ދެވިފައިވޭ ހެއްޔެވެ؟

ޝީލާގެ ވާހަކަތަށް އަޑުއިވުމުން އިނާރާއަށް ރޮވޭގޮތް ވިއެވެ. މަންމައަށް ހަޤީޤަތް އިނގޭނަމަ އެހެން ނުބުނާނެކަން އޭނާއަށް ކަށަވަރެވެ. “ދެން ނުރޮއެ ހިނގާ ކާން.. މަންމައަށް ފެންނަނީ މާދަން މާކިން މިގެޔަށް ގެނެސް ވާހަކަދައްކަން. އޭރުން މިކަން އިތުރަށް އޮޅުން ފިލާނީ..” އިނާރާގެ ލޯ ފޮހެދެމުން ޝީލާ ބުނެލިއެވެ.

މެންދަމުގެ ހަމަހިމޭން ވަގުތު އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅިއޮތް މާކިންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އެނދުގެ އެއްބައި ހުހައް އޮތްއިރު މާކިންއަށް އިނާރާ މަތިން ހަނދާންވަމުން ދިޔައެވެ. ކުއްލިއަކަށް މާކިން ތެދުވެ އެނދުގައި އިށީދެލަމުން ދެއަތުން މޫނުފޮރުވާލިއެވެ. މިހެން އިންނައިރު އޭނާއަށް ސިފަވަމުން ދިޔައީ އިނާރާ މިރޭ ރުޅިއައިސްފައި ހުރި މޫނެވެ.

އޭނަ ދޫކޮއްފައި ދިޔަ މަންޒަރު ފިލްމެންހެން ކުރިމަތީގައި ކުޅެވެމުން ދިޔަފަދައެވެ. އެންމެފަހުން ކެތްނުވެގެން މާކިންތެދުވެ ބާލިސްތަށް އުކާލިއެވެ. އިނާރާ ދިޔަތާއި އަދި ސައްވިސް ގަޑިއިރު ނުވަނީސް މިހާރުވެސް ގޭތެރޭގައި ވަނީ ފަޅުކަމެވެ. ހީވަނީ ހިތުން އެއްބައި ވެކިވެގެން ދިޔަހެންނެވެ. “ކަމް ބެކް ބަމްބީ…” މާކިންއަށް މަޑުމަޑުން ބުނެލެވުނެވެ.

ހެނދުނުގެ އަލިކަން މުޅިގޭތެރެ އަލި ކޮއްލިއިރު ސައިބޯން އިން ނާޒިމް އިނީ ޚިޔާލަކަށް ގެއްލިފައެވެ. ރޭގައި ހިނގާދިޔަ ހާދިސާއަށްފަހު ނާޒިމް ހުންނަނީ ނެގި މަޑުވެފައެވެ. އޭރު ކައިރީގައި އިން އާޝިޔާ ވެސް އިނީ އެހާލެއްގައެވެ. “ނާޒިމް ދެން މާކިންއަށް ތިހެން ނަހަދާ..” އާޝިޔާ ދެރަވެފައި އިނދެ ބުނެލިއެވެ. “އަހަރެން ކުރިމަތީގައި މާކިންގެ ވާހަކަ ދައްކާނެ ކަމެއް ނެތް. އެބުނި ޔާމިން ގުޅާފައި އިނާރާ އެގެއަށް ދިޔަ ވާހަކަ. އޭނައަށް ވީކަންތައް އެނގިފައި އޮތީ މިހާރު. އަހަރެންނަކަށް ނޭނގުނު ސުވާލުކުރީމަ ދޭނެ ޖަވާބެއް. މިހާ ދުވަސްވީ ރަޚުމަތްތެރި ކަމުގައި އަލަށް އަހަރެން ލަދުން އިސްޖެހުނީ.. މިއީ ހަމަ އެ މާކިންގެ ކުށް.” ނާޒިމް ގޮތް ހުސްވެފައި އިނދެ ވާހަކަދެއްކިއެވެ.

“އިނާރާ ފޮނުވާށޭކޭ ނުބުނަންތަ؟” އާޝިޔާ ބުނެލިއެވެ. “ނުބުނަން. އެ ގޮތް ނިންމީ އިނާރާ. އެކަމާއި އަހަރެން ދެކޮޅުހަދާކަށް ނެތިން…” ނާޒިމް މިހެން ބުނުމަށްފަހު އެތަނުން ތެދުވެގެން ދިޔައެވެ. އެކަނި އިން އާޝިޔާއަށް އިނާރާ ދިއުމުން އެހިތަށް އަސަރު ކުރިއެވެ. އިނާރާ އަނބުރާ ގެއަށް ގެންނަން އޭނާ ކިތަންމެހާ ވެސް ބޭނުމެވެ. އާޝިޔާ ފޯނުނެގުމަށްފަހު އިނާރާއަށް ގުޅާލިއެވެ.

“ހަލޯ..” އެނދުގައި އިން އިނާރާ ފޯނު ނެގުމަށްފަހު ބުނެލިއެވެ. “ދަރިފުޅާ.. އާދެ ގެއަށް.. ތިހެން ދިޔައީމަ މަންމަ ވަރަށް ދެރަވޭ… ދަރިފުޅު ބޭނުމިއްޔާ މިބައިގައި ވެސް ހުރެވިދާނެ. މަންމަ މާކިންގެ ފަރާތުން މަޢާފަށް އެދެން.” އާޝިޔާ ދެރަވެފައި ހުރެ ވާހަކަދެއްކުމުން އިނާރާ ހިތުގައި ޖެހުނެވެ.

“މަންމަ މަޢާފަށް އެދޭކަށް ނުޖެހޭނެ.. ތިހެން ނުބުނޭ.. އެކަމަކު މިވަގުތު އަދި ދެވޭކަށް ނެތް. އަޅުގަނޑުވެސް ވަރަށް ކެތްކުރިން މަޑުކުރެވޭތޯ.. އެކަމަކު” އިނާރާ ދެރަވެފައި ހުރެ ވާހަކަދެއްކިއެވެ. “އިނގޭ އުނދަގޫ ވާނެކަން. އެހެންވެ މި ބުނީ މިބައިގައޭ އުޅޭނީ. މަންމަ ކައިރީގައި.. ދަރިފުޅު އަންނާނެ ކަމަށް އުއްމީދު ކުރަން..” އާޝީޔާ މިހެން ބުނެފައި ފޯނުބޭއްވިއެވެ. އެނދުގެ ފަޑީގައި ލެނގިލި އިނާރާ ޚިޔާލަކަށް ގެއްލުނެވެ. ތެދެކެވެ. މާކިން ކުރި ކުށުގެ އަދަބު އެހެން މީހުންނަށް ދެވިގެން ނުވާނެއެވެ. އިނާރާ އައުމުން އާޝިޔާ ދެރަވި ވަރު އޭނާއަށް އިހުސާސް ކުރެވުނެވެ.

 މެންދުރުން އަނބުރާ ދޭއްޖެހިއިރު ވެސް މާކިން އޮތީ ކޮޓަރީގައެވެ. އޭނާ މިއަދު އޮފީހަކަށްވެސް ނުނިކުމެއެވެ. ގޭގެ ބެލް ޖެހުނުއަޑަށް މާކިން ސިއްސައިގެން ތެދުވެ ކޮޓަރިން ބޭރަށް ނިކުތެވެ. އަވަސް ހިނގުމެއްގައި ދޮރުހުޅުވަން ދިޔައިރު އޭނާ އުއްމީދު ކުރީ އެއީ އިނާރާއަށް ވާނެކަމަށެވެ. ނަމަވެސް ދޮރު ހުޅަވާލުމުން އޭނާއަށް ލިބުނީ މާޔޫސްކަމެވެ. ކުރިމަތީގައި ހުރި ރާހިލް މާކިންގެ ފަހަތުން އެތެރެއަށް ވަނެވެ.

“މާކިން ކިހިނެތް ހަދައިގެން ތި އުޅެނީ.. މިއަދު އޮފީހަށްވެސް ނުގޮސް.. އާޝިއްޔާތަ ގުޅާފަ މާކިން ކައިރިއަށް އައިސްދޭށޯ ބުނީމަ މިއައީ.” މާކިންގެ ފަހަތުން ގޮސް ކޮޓަރިއަށް ވައިން ރާހިލް ބުނެލިއެވެ. ނަމަވެސް މާކިން އެއިން އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ގޮސް އެނދުގައި އިށީނެވެ. ރާހިލް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. ބިންމަތީގައި ބާލިސްތައް އުކިފައި ހުރިއިރު މާކިންގެ ޓީޝާޓުވެސް އޮތީ ބިންމަތީގައިއެވެ. އެއްވެސް ތަރުތީބެއްނެތް ކޮޓަރިފެނި ރާހިލް ހާސްވިއެވެ.

“ކިހިނެތް ހަދާފަތަ މިހިރީ.. ކޮބާ އިނާރާ؟” ރާހިލް ބާލިސްތައް ނަގައި އެނދަށް ލަމުން ބުނެލިއެވެ. ނަމަވެސް މާކިންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. “މާކިން އަހަރެން ވާހަކަދައްކަމޭ އެބަ.. ކިހިނެތްވެގެންތަ ތި އުޅޭނީ؟” މާކިން ކޮނޑުގައި ޖަހާލަމުން ރާހިލް ބުނެލިއެވެ. މާކިން ކަކުލުގައި އުޅަބޮށި އަޅުވާލަމުން ދެއަތުން ބޮލުގައި ހިފާއްޓާލިއެވެ. މިހެން އިނދެފައި ކަންތައްވެގެން އުޅޭގޮތް ރާހިލްއަށް ކިޔާދިނެވެ. ނަމަވެސް އޭނާވެސް އިނާރާއަށް އަނިޔާ ކުރިވާހަކައެއް ކިޔައެއްނުދެއެވެ. ދެމީހުން ހީވަނި އެވާހަކަ ސިއްރުކުރަން ބޭނުންވާހެންނެވެ.

“ކިހިނެތްތަ ތިހެދީ؟ އަހަރެން އަދި ހީކުރި މާކިން އެ އުޅުން ދޫކޮއްލީކަމަށް.. ދެން ހަމަ އިންނަނީތަ؟” ރާހިލް ދެބުމަ ގޮއްޖެހިފައި އިނދެ އަހާލުމުން މާކިން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “ކީއްވެގެންތަ ތި ވާހަކަތަށް އަހަރެން ކައިރި ކުރިން ނުބުނީ؟ ދެން އަޅާނުލައި. ހިނގާ އިނާރާ ބަލާދާން. އޭނައާއި ވާހަކަދައްކައިގެން މިކަން ހައްލުވާނީ.. އިނާރާ އެހެން ބުންޏަސް ހިއެއް ނުވޭ ވަރިވާނެ ހެންނެއް. އެކަމަކު މިވަރު ވީމަ އޭނައަކަށްވެސް ވަކި ކެތެއް ނުވާނެދޯ.” ރާހިލް ބުނެލިއެވެ.

“އޭނަ ނާންނާނެ. ދެން ދުވަހަކުވެސް ނާންނާނެ..” މާކިން ދެރަވެފައި އިނދެ ބުނެލިއެވެ. “އިނގޭ ދޯ ކުށެއް ކުރެވުނުކަން. ދެންވެސް އޭނަ ގާތުން މަޢާފަށް އެދުނީމަ އެންމެ ރަނގަޅުވާނި. އޭނާ މަޢާފުނުކުރިޔަސް މާކިން މަޢާފަށް އެދުނުކަން އޮންނާނެ. ތިހެން ނީދެ ހިނގާބަލަ.” ރާހިލް ބެލީ މާކިންއަށް ވިސްނައި ދެވޭތޯއެވެ. ނަމަވެސް މާކިން ގޮތް ހުސްވެފައި އިން މީހެއް ފަދައިން އިނީއެވެ. މާކިންގެ ފޯނު ރިންގުވިއަޑަށް އޭނާ ތެދުވެގެން ގޮސް ފޯނުނެގިއެވެ. ގުޅަނީ ޔާމިންއެވެ. އޭނާގެ ހިތް ތެޅިލިއިރު ޔާމިންއާއި ކުރިމަތިލާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

“ހަލޯ..” މާކިން ބުނެލިއެވެ. “ހަވީތު މިގެއަށް އައިސްދީ…” ޔާމިން އިތުރު ވާހަކައެއް ނުބުނެ ފޯނު ބޭއްވިއެވެ. “ކިހިނެތް ވީ؟” މާކިން މަޑުން ހުރުމުން ރާހިލް ސުވާލުކުރިއެވެ. “އިނާރާ ބައްޕަ ގުޅީ.. ހަވީރުން އެގެޔަށް ދާށޯ.” މާކިން ފޯނު ޖީބަށް ލަމުން ބުނެލިއެވެ. “ކޮބާ.. އެހެންވީމަ ދާންވާނެ. ހުރިހާ ކަމެއްވެސް އަދި ރަނގަޅުވާނެ” ރާހިލް މިހެން ބުނި ނަމަވެސް މާކިންއަށް އެކަން ރަނގަޅު ނުވާނެކަން އިނގެއެވެ.

ހަވީރުވެގެން ދިޔައިރު ޔާމިން އިންތިޒާތު ކުރަމުން ދިޔައީ މާކިން އަންނާނެ އިރަކަށްށެވެ. މާ ގިނައިރެއްނުވެ މާކިން އައިސް ގޭތެރެއަށް ވަނެވެ. އޭނަ އެންމެ ފުރަތަމަވެސް ބަލާލީ އިނާރާ ކޮބައިތޯއެވެ. ނަމަވެސް އިނާރާ ފެންނަން ނެތުމުން މާކިން ގޮސް ޔާމިންއާއި ޖެހިގެން ހުރި ސޯފާގައި އިށީދެލިއެވެ. އެދެމެދުގައި ވާހަކައެއް ނުދެކެވި ހަމަހިމޭން ވަގުތުކޮޅެއް ދިޔައެވެ.

“މާކިންއަށް އިނގެއެއްނުން ވެގެން މިއުޅޭގޮތް.. އަހަރެން ނެތިން އެއީ ކިހިނެތް ވީކަމެއް ތޯ އޮޅުން ފިލުވާކަށް. އެކަމަކު މާކިން އެންމެ ފަހަރަކުވެސް ލަދޭ މި ކިޔާއެއްޗެއް ގައިންތަ؟” ޔާމިން ރުޅިވެރިކަމާއި އެކީ ވާހަކަދެއްކިއެވެ. މާކިން އިނީ އިސްއުފުލައި ބަލައިލަން ވެސް ނުކެރިފައެވެ. ޔާމިންގެ އެ ސުވާލަށް އޭނާ ދޭނީ ވަކިން ކޮން ޖަވާބެއް ހެއްޔެވެ؟ “އިނގޭ ޖަވާބެއް ނުދެވޭނެކަން. އެކަމަކު އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. މާކިންގެ ސަބަބުން މިއަދު އޭނާ ވަރަށް ހިތާމަ ކޮއްފި. އަހަރެންނަށް ވާނަމަ އިނާރާ މިހާރު މާކިން ގާތުން ވަރި ކޮއްފިތައި ކިތަންމެ އިރެއް ވާނެ…” ޔާމިން މިހެން ބުނިތަނާ އެތަނަށް އިނާރާއައެވެ.

މާކިންއަށް އިނާރާ ފެނުމުން އެހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަހެޖެހުމެއް ލިބުނެވެ. ނަމަވެސް އިނާރާ އޭނާއާއި ދިމާއަށް ބަލައިވެސް ނުލައި ގޮސް ޔާމިންގެ ކައިރީ އިށީދެލިއެވެ. އޭނާގެ ފަހަތުން ޝީލާވެސް އައިސް އެތަނުގައި އިށީދެލިއެވެ. “އިނާރާ..” މާކިން ވާހަކަދައްކަން ފެށުމުން އިނާރާ އޭނާ ހުއްޓުވިއެވެ. “އަހަރެން ބޭނުމެއްނޫން ތި ވާހަކަތަކެއް އަޑުއަހާކަށް. އަދި މާކިން މަޢާފަށް އެދުނަސް އަހަރެން ނެތިން މަޢާފުކުރާކަށް. އެހެންވީމަ އެކަން ނުކުރިއްޔާ ރަނގަޅު ވާނީ.” އިނާރާގެ ފިނި ބެލުމުން މާކިންގެ ހިތުގައި ރިއްސާލިއެވެ.

“އިނގޭ މަޢާފް ނުލިބޭނެކަން. އެކަމަކު އަހަރެން ބޭނުމެއްނޫން އިނާރާ ވަރިކުރާކަށް.. ނަމަވެސް އަހަރެން އެބަޖެހޭ މި ކައިވެނި ކުރަން..” މާކިން ވާހަކަދެއްކިއެވެ. “އިނގޭ ތިކަން. ކުށެއްނެތް މަޢުސޫމް ފުރާނައަކަށް މާކިން ކުރި ކުށުގެ އަދަބު ދޭކަށް ނުޖެހޭނެ. އެކަމަކު އަހަރެންނަކަށް އިތުރަށް މާކިންގެ ގާތުގައި އުޅެވޭކަށްނެތް..” އިނާރާ މިހެން ބުނުމުން މާކިން ހިތުގައިޖެހޭ ގޮތްވިއެވެ.

“ނޫން އިނާ.. އަދި އެއް ފުރުސަތު ދީ. މިއަދު އަހަރެންނަށް އިހުސާސް ކުރެވޭ މި ކުރެވުނީ ކުށެއްކަން. އެކަމަކުގެ ހިތި ރަހަވެސް އިނގިއްޖެ. މައްސަލައެއް ނެތް މަޢާފު ނުކުރިޔަސް.. އެކަމަކު އަހަރެން ނެތިން އިނާރާ ދޫކޮއްލާކަށް..” މާކިން ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ. އޭނާ ހަޤީޤަތުގައި ވެސް އިނާރާ އެގޮތަށް ދާކަށް ބޭނުމެއްނުވެއެވެ. އެ ހިތުގައި އިނާރާ ނެތުމުން އުފެދުނު ފަޅުކަން ދެމިގެން ދާކަށް އޭނާ ނޭދެއެވެ. މާކިންގެ ދެރަވެ މިލާފައިވާ މޫނު ފެނުމުން އިނާރާވެސް ދެރަވިއެވެ. އެރީތި ދެލޯ ރަތްވެ ކުޑަކޮން ލޯކައިރި ކަޅުވެފައި ހުރުމުން ރޭ ހަތަރުދަމު ނުނިދާކަން ހާމަވެއެވެ.

“ދަރިފުޅު ބޭނުން ގޮތެއް ނިންމައި… މަންމަ ކުރިން ވެސް ބުނިން ވަރިވުމަކީ ހައްލެއް ނޫނޭ.. ދެން މީގަ ގޮތް ނިންމާނީ އިނާރާ.” ޝީލާ ތެދުވަމުން ބުނެލިއެވެ. “ތެދެއް.. ދަރިފުޅަށް އެއްވެސް ކަމެއް ކުރުމަށް ބައްޕަމެން ބާރެއް ނާޅާނަން. މިއީ އިނާރާ ނިންމަންޖެހޭ ކަމެއް.” އިނާރާގެ ބޮލުގައި ފިރުމާލަމުން ޔާމިން މިހެން ބުނެފައި ޝީލާއާއިއެކީ އެތަނުން ދިޔައެވެ.

މާކިންއާއި އިނާރާ އެކަނިވެރިވީއެވެ. “ބަމްބީ ޕްލީސް..” މާކިން ދެރަވެފައި އިނދެ ބުނެލިއެވެ. މާކިންގެ މޫނަށް ގެއްލިފައި އިން އިނާރާ އިނީ ހަދަންވީގޮތް ނޭނގިފައެވެ.. އެއްކޮޅުން އޭނާ ނަފްރަތުކުރައި އެނާއަށް އެހައި އަނިޔާދިން މާކިންއެވެ. އަނެއްކޮޅުން އަލަށް މަޢާފަށްއެދި އިތުރު ފުރުސަތެއް ދިނުމަށް އެދޭ ލޯބިވާ މާކިންއެވެ. މިތަނުން އޭނާ އިޚުތިޔާރު ކުރާނީ ކޮން މާކިންއެއް ބާއެވެ؟ އޭނާއަށް އިތުރު ފުރުސަތެއް މާކިންއަށް ދެވިދާނެބާއެވެ؟ މާކިންއާއި ދޭތެރޭ އެހިތުގައި ވާ ލޯބި މި ކުރެވޭ ނަފްރަތައް ވުރެން ބޮޑެބާއެވެ؟

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ރަހީނު… 10 ވަނަ ބައި

Next

ހިތަކުން ނުފިލާނެ 25

Next
July 11, 2015

ހިތަކުން ނުފިލާނެ 25

Previews
July 11, 2015

ރަހީނު… 10 ވަނަ ބައި

54 Comments!

  1. zaisha says:
    July 11, 2015 at 4:40 pm

    next part will be updated tmrw afternoon insha allah. enjoy 🙂

    1. azu says:
      July 11, 2015 at 8:52 pm

      thanx zai.. really heart touching story 🙂

  2. flower says:
    July 11, 2015 at 4:48 pm

    Nice

  3. ainy says:
    July 11, 2015 at 4:51 pm

    V v v v reethi mibives

  4. sopher says:
    July 11, 2015 at 4:51 pm

    V reethi…

  5. Lali says:
    July 11, 2015 at 4:54 pm

    Vvv reethi

  6. nau says:
    July 11, 2015 at 4:54 pm

    balive in anhenakaa kaiveni kurumaky faafa eh ge ithurun qaanoony kushehkan ehves myhaku maakin ah bunenudheny kyhvetha? eh goas mihaaru e othy hedhifa anehka ves dhw…..nazim men evaahaka bune nudhenya v characterless hen hyvany. anyway nice story 🙂

  7. neen says:
    July 11, 2015 at 4:54 pm

    Wow varah reethi

  8. Shabee says:
    July 11, 2015 at 4:55 pm

    Tomorrow afternoon?? Wow…yay…zai ur di bst hama… 😀 nd vaahaka v reethi…but Adhivexx dhigu khdhee….plx.. thank u.. 😛 😉

  9. shaf.. says:
    July 11, 2015 at 4:57 pm

    v v… nice waitin for the next part…

  10. dark princess says:
    July 11, 2015 at 4:58 pm

    v reethi… plz inaa maakin ah maaf kurey… dhen e ulhey zereen ge kanthah maakin ah falhaa aruvaala…. maakin mihaatru inaa dheke loabi vany dhw zai….. keep it up…. u r the best…. v asaru gadha story eh mee..

  11. yash says:
    July 11, 2015 at 4:59 pm

    V nice mi vaahaka

  12. Bambee says:
    July 11, 2015 at 5:01 pm

    Zaishaa…this is thr first time im reading a story of urs..have to say ur story has been v gud nd interesting so far…keep it up..gudluck 🙂

  13. shaxu says:
    July 11, 2015 at 5:02 pm

    Story nice. . Thiyavarun vaahaka up nukurey. Konmafaharaku thanfukeh. .

    1. zaisha says:
      July 11, 2015 at 5:11 pm

      thank you for the comment. but writers cannot spend their whole day writing a story and you guyz should understand how much time and effort it takes to write an episode and i am trying my best to update it everyday and finish the story i started without stopping half way through. so i would really want you all to enjoy the story rather than complaining on how long how short it is. i really appreciate you all liking this story and hope it would continue. no harsh feeling 🙂 🙂 and i appreciate all of your opinions. 🙂

    2. cute says:
      July 12, 2015 at 12:22 pm

      sis, pls bunedhyba happy face eh aruvaa goith….

  14. me says:
    July 11, 2015 at 5:24 pm

    v nice mi partvs… avahah up kohdhinrrthy thx zai.. keep it up..

  15. Hoody says:
    July 11, 2015 at 5:36 pm

    Asluvex gud vaahakaeh zaisha thibunee!! story liyumakee kiyutherin heekuraahaa faseyha kameh noon! mulhi dhuvahu ekkoh e kamaa visnan jehey! abadhuvex ekamaa hiyaalu kureveynee! So, please readers, be patient! komme dhuvahaku episode eh up kurumakee ehaa faseyha kameh noon!

  16. lynn says:
    July 11, 2015 at 5:41 pm

    zaisha is right … aharemen readers kiyaalaaha faseyha ehkoh vaahaka eh nu eh liye veyne.. writer eh viyas kuran hu naane dhw baivaru kanthah .. and konme dhuvahaku zaisha eba baeh gens dhe eh nu .. ekan balaa nugan na myyhun vess ulhey .. aslu massala ulhenyy writers ge ehn noon readers ge .. dhigukoh genes dhinass kiyaa hithun hun na varun hyyvaane kurey .. thats the problem actually … and thank u zaisha .. for uploading a new part everyday .. and i really llike this part .. kepp up the good work ❤ ❤ ❤ 🙂

    1. liu says:
      July 11, 2015 at 7:10 pm

      Hama thedheh thy. Vaahaka kiyalan 10 min or 5 min vaany. Bt e part liyan writer ah nagane vaguthu maa gina vaane. Emmen ves understanding vaan vaane dhw. 🙂

  17. Imatteyù says:
    July 11, 2015 at 5:47 pm

    V salhi igey

  18. naj says:
    July 11, 2015 at 6:00 pm

    Salhi..:-)

  19. tree says:
    July 11, 2015 at 6:11 pm

    balive in anhenakaa inumaky kusheh noonennu

    1. shaama says:
      July 11, 2015 at 6:32 pm

      Huhdha kameh nun.

    2. Smile says:
      July 11, 2015 at 9:47 pm

      y?

    3. shaama says:
      July 11, 2015 at 11:24 pm

      Ba’ndu bodu myha ge ihdha aky vihan dhn.. nd marry kohfiyya kaiveni halaaleh nuvaane.

  20. Anonymous says:
    July 11, 2015 at 6:12 pm

    nice

  21. aliii says:
    July 11, 2015 at 6:18 pm

    Inaaraa ves balive ineema mihaaru story reethi vaanee

  22. shaama says:
    July 11, 2015 at 6:31 pm

    Balive indha marry eh nukureveyne vihan dhen , hashi hus thoa balani ehn vyma ehnu. Bt kyhvetr ehvx maakin ge bappa evaahaka nubuni

  23. kivi says:
    July 11, 2015 at 6:34 pm

    Zai raahil hospital in dhookohly kn iraku. .?

  24. shaama says:
    July 11, 2015 at 6:35 pm

    Vaahaka v reethi.. ehn avahah upload kohdheythy thnkx.. btw knme dhuvahaku upload kohdhey ehchakaa balaafa kurehnun.. keep up the gud work

  25. no name says:
    July 11, 2015 at 6:46 pm

    sukunthakuga kuh hurikan faahaga kurevey

  26. xoxo says:
    July 11, 2015 at 6:48 pm

    noon misaalakah banduga oi dharifulhuge bappa ah mamma aa idheveyne..

  27. xaxa says:
    July 11, 2015 at 7:08 pm

    Hey zai xaxa mee aamu koh comment kuraa myhennuu. But i want to tell you. Aslu ingeytha this is the best story that i read in esfiya. And i can understand. Kuruwiyas kn mme dhuwahaku waahaka up koh dhey thee very hppy. Mi wahakaiga feshun rythi medhuthere rythi. Masha allahh!! And then ending rythi koh fiyyaa waahaka is awsome ingey. Aslu mi wahaka gothah intresting koh lyma dhw bodah kiyaa hiyy waany. I really want to say i love this story. Kyp it up zai.I enjoy reading this story……..♥♡♥♡♥ 😉

    1. zaisha says:
      July 11, 2015 at 8:04 pm

      thanks 🙂

  28. Fayaz says:
    July 11, 2015 at 7:17 pm

    Varah salhi

  29. Crazi says:
    July 11, 2015 at 7:44 pm

    Nice story…nukiyan yaa nukee mah v..mi vahaka hama vrh reethi…anhenun ge ehhusaas neygeyther dera vehje

  30. kivi says:
    July 11, 2015 at 7:47 pm

    Xoxo kaivenin beyrun libey dharin ge main na inun huhdha eh nuvaane. …bt kaiveni kh fa varivi iru bali ve idhehje nama nuvatha ihdha hama nuvanys preg vehje nama dhrifulhu ge bappa(vari kuri fulhu)aa kaiveni kureveyne

  31. kivi says:
    July 11, 2015 at 7:53 pm

    ummm…*illegitimate child eh vihya huhdhavaany vihe ee ma marry kurun…*

  32. Ruhu says:
    July 11, 2015 at 7:59 pm

    V v v nice

  33. zaisha says:
    July 11, 2015 at 8:03 pm

    thank you guyz. 🙂 🙂

  34. laily says:
    July 11, 2015 at 9:00 pm

    Komea dhuvahaku ganesdey thi v bodan thks…nd v reethi story..my first time to read esfiy story

  35. rose says:
    July 11, 2015 at 10:12 pm

    Inara keevve aniya kuri vaahaka nubunii? Eha avahah Makin ah maafu nukuraathi. Makin ah ragalhah kuh ihusaas kuruvaafa maafu kurani. V reethi mi part ves

  36. Azki says:
    July 11, 2015 at 10:40 pm

    Zai! vaahaka varah reethi 🙂
    Thankyou for the hard work you do to up the story <3
    love this story<3

  37. nazi says:
    July 11, 2015 at 10:57 pm

    v reethi ekamaku maakin a ekeega nudhathi ehaa avaha maakin kasree nubune maakinge mam kaareega hunnaanee adhi e zereen gandaa inanudheythi

  38. jui says:
    July 11, 2015 at 11:00 pm

    tooooooooooooo shorrrrrrrrrrrrrrtttttttttttt…. but i understand you zaisha.. 🙂 thanks for updating this story everyday.. really. i really appreciate your hard work. 🙂 for some pple this maybe short including me.. but its not a problem zaisha. they are telling how they feel.

  39. Aishaa says:
    July 11, 2015 at 11:31 pm

    Maakin ah adhi eh furusathu dhee inaaraa pls…n zereen bastu koh la bala…zai

    this part vs v nice…

  40. fahoo says:
    July 12, 2015 at 2:36 am

    V v v loabi mi vaahaka. <3

  41. nihaa says:
    July 12, 2015 at 4:15 am

    Vrh reethi… Maakin n inaara dhurunukuru vaathi eyrun story ithurah reethi vaaanee plx plx….

  42. Zeen says:
    July 12, 2015 at 6:42 am

    Rovijje ham. V.asarugadha mi part.
    Konme dhuvahaku genes dhey thee thx. Kurehnoon. Insaanaage hithakee freyne ehchehnoon.ei loabi nuvatha faisaa kamugaa vias. Mi usoolun balaair meehakah mi vaahakaves vaanee kuru dhw. Ekamaku miee roadhamas kamah vaathee ehaa gina vaguthu kiyuntherin hin hama jahsaadheyn mikamugaa v aahaka dhìgukoh liyumah heydha kurumakee rangalhu kameh oon. Vaahaka liyaameehunnakeeves insaanun. Kiyavaa kujjeh , gevehi anbei , nuatha vazeefaehgai burakoh ulhey meehakah nuvatha kuhjeh. Mivaru nudhanna meehun vaahaka nukiyaanee. Noonee coment nukuraanee. Nuvatha ebey fulhaku vaahaka liyan fahtava avahah. Kihaa dhigukoh vaahaka liyevey tho balaalan. Liyun theri kamakeeves fanneh. Konme dhuvahaku up kuraa vaahakaeh mi noonee kiyaalaakah nulibey. “Zai” thi kurahvaa hihvarah hama saabas.Eee

  43. flower says:
    July 12, 2015 at 10:18 am

    v salhi….

  44. liu says:
    July 12, 2015 at 11:49 am

    watting ,,,,,waiting,,,,this story is wonderful

  45. Arlie says:
    July 12, 2015 at 11:58 am

    Waiting waiting.. when is the next part? One of the best story i have ever read.. and many thanks to the writer for uploading a new episode each day.. Story line is very different from the stories i have read.. Keep it up 😀 😀 😀

  46. shifa says:
    July 12, 2015 at 12:24 pm

    v v v v v varah reethi….. waiting for the next

Comments are closed.


All Right Reserved!