“ޕްރޭންކެއް ކަމަށް ވެދާނެ!” ލުޔާ މިހެން ބުނުމުން ވަރަށް ފަސްޖެހިފައި ނަމަވެސް އެ ފޮށި ލިއުޒާ ހުޅުވާލިއެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗައް ވެރިވެގެން ދިޔައީ ހިނިތުން ވުމެކެވެ. “އޫ، ސްނޯގްލޯބް އެއްތަ؟” ސޯފާގެ ފަހަތުގައި ހުރެގެން ލިއުޒާގެ އަތުގައި އޮތް ފޮއްޓާ ދިމާލަށް ބަލާލުމަށްފަހު ލުޔާ ބުންޏެވެ. “އާނ… ލަންޑަންގެ… އަހަރެން އެންމެ ދާހިތްވާ ގައުމު.. ” ސްނޯގްލޯބް ހިއްލާލަމުން ލިއުޒާ ބުންޏެވެ. އޭނާ އޭތި ތަޅުވާލުމުން މުޅި ލަންޑަނަށް ސްނޯ ވެހޭ މަންޒަރު ފެނިގެންދެއެވެ. […]
ގެއަށް ދިޔަމަގުމަތިން މާވިއްކާ ފިހާރައެއް ފެނުމުން ފާޒިން ފިހާރައަށް ވަނީ މައިޝާއަށް ދޭނެ ހަދިޔާއެއް ގަތުމަށެވެ. މާބޮނޑިއާއި އެކު ދޭނެ ކާޑެއްވެސް ގަނެލައިގެން ފާޒިން ގޮސް ސައިކަލު ކައިރީގައި މަޑުކޮއްލާފައި ސައިކަލުގެ މަޑިދަށައް ގަތް އެއްޗެހިތައް ލުމަށްފަހު ސައިކަލަށް އަރަން ރެޑީވެލި ގަޑީގައި ބުރިކައްޓައް އެރި ތޫނު ތަދެއްގެ ސަބަބުން ފާޒިންއަށް އެނބުރިލެވުނެވެ. އެވަގުތު ކައިރީގައި ހުރި ޒުވާނާ އޭނަގެ އަތުގައި އޮތް ބޮޑު ކަނޑިން ފާޒިންގެ މޭމައްޗައް ދެވަނަ ހަމަލާ އަރުވާލިއެވެ. ތިންވަނަ އެތިފަހަރު ފާޒިންގެ […]
މެންދުރުން އަނބުރާ ބާރަޖެހިއިރު ޒެރީން އަދިވެސް އޮތީ ނިދާފައެވެ. މާކިން އޭރު ހޭލިގޮތަށް އަމިއްލައަށް ސައި ހަދައިގެން ބުއި އިރުވެސް ޒެރީންއަކަށް ހިލަމެއް ނުވެއެވެ. ތިރިއަށް ދާން އުޅެފައި ވެސް އެ ހިތްވަރު ނުލިބިގެން އަމިއްލައަށް އެއްޗެއް ހަދާލީއެވެ. މާކިން ކޮޓަރިއަށް ވަދެ ނިދާފައި އޮތް ޒެރީންގެ ގައިގައި ކޮއްޓާލުމުން އޭނާ އަތް ފޮޅުވާލިއެވެ. “ޒެރީން.. ހޭލަބަލަ ދެން.” މާކިން ގޮވަންފެށިއެވެ. ނަމަވެސް ޒެރީން އަނެއް ފަރާތަށް އެނބުރިލިއެވެ. “ހޫމް.. ދެން ނޮގޮވަބަލަ…” ބާލިހުގައި މޫނު ފޮރުވާލަމުން […]
ދުލުން ބަހެއް ބުނާއިރު، މިބުނެވެނީ ކީކޭކަން ހަންދާންކުރާށެވެ! ފެންވަރައި ނިމިގެން ނަހުމާ އައިސް ޑްރެސިންގ ޓޭބަލްގެ ކުރިމައްޗަށް ހުއްޓިލިއެވެ. އޭރު ނަހުމާ އިނީ ނަހުމާ އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެނެވެ. ދެން މަޑުމަޑުން ލޯގަނޑުން މޫނު ބަލާލިއެވެ. އެއަށްފަހު އިސްތަށިގަނޑުން ފެން ހިއްކާލިއެވެ. ބޯއޮމާންކޮށްލިއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ނަހުމާ ހާލާކީއެވެ. މޫނު އޮމާން ކޮށްލިއެވެ. ދެން މަޑުމަޑުން ލޯގަނޑުން މޫނުބަލާލިއެވެ. ނަހުމާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މޭކަޕްކޮށްލުމުން ނަހުމާގެ ރީތިކަން […]
އަހަރެން ސިގިރޭޓެއް ނުބޮމެވެ. ކޮފީއެއް ނުބޮމެވެ. ރައްޓެހިންނާއިއެކު ހީ ސަމާސާ ކުރުމެއް މިހާރަކު ނެތެވެ. ހުރިހާ ކަމެއް ބަދަލުވީ ކުއްލިއަކަށެވެ. ހީވެސް ނުކުރާހާ އަވަހަށެވެ. ދުރުން މަންޒަރު ބަލަން ހުންނަ މީހާވެސް ކޮސްވާނެއެވެ. އަހަންނަށް ކުއްލި މި ބޮޑު ބަދަލު އައީ ކީއްވެހޭ ސުވާލުވެސް ކުރާނެއެވެ. މާޒީގައި އަހަންނަކީ ރަނގަޅަށް އުޅެނު މީހެއް ނޫނެވެ. އަހަންނަށްވުރެ ގިނައިން ދުވާލަކު ސިނގިރޭޓް ކޮފީ ބުއި އުޅުނު އިންސާނަކު ވާނެހެނެއް ހީއެއް ނުވެއެވެ. ނަމާދު ގަޑިއެއް އެހެން ގަޑިއެއް ނުބަލާ، […]
” އާދެބަލަ ކޮޓަރިއަށް…! ” މައިޝާ ފާޒިންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ބުނެލިއެވެ. ފާޒިންވެސް މައިޝާއާއި އެކު ގޮސް ކޮޓަރިއަށް ވަނީ ކުރިމަތިވާންއުޅޭ ތޫފާނުގެ އެއްވެސް އަލާމާތެއް ނޭގިއެވެ. ކޮޓަރިއަށް ވަދެފައި މައިޝާ ދޮރުތަޅުލާފައި ގޮސް ޑުރެސިންޓޭބަލްގެ މަތީގައި އޮތް އޭނަގެ ފޯނުނަގާފައި ފާޒިންއާއި ދިމާލަށް ބަލައިލިގޮތުންވެސް ކަމެއްގޯސްވެއްޖެކަން އެނގުނެވެ. ” މައި..! ކިހިނެއްވީ…؟ ” ފާޒިންއަށް ބޭއިހްތުޔާރުގައި މައިޝާއާއި ދިމާލަށް ހިނގައިގަނެވުނެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅު ހުއްޓުންއެރީ މައިޝާ އޭނަގެ ފޯނުގައި އިން ފޮޓޯގަނޑު […]
ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް އިނާރާ އުޅުނީ މާކިންއާއި ދުރުންނެވެ. މިއަދަކީ ޒެރީން އެގެއަށް ގެންނަ ދުވަހެވެ. ނަމަވެސް އިނާރާ ހެނދުނު ހޭލީންސުރެ އުޅެނީ ކޮޓަރީގައެވެ. އޭނާ ބޭރަށް ނިކުންނަ ހިތްނުވެފައި ޒެރީންގެ މޫނު ފެންނަ ހިސާބައްވެސް ދާކަށް ބޭނުމެއް ނޫނެވެ. ހަވީރު ވީއިރު އާޝިޔާ އިނީ ސިޓިން ރޫމުގައި ޓީވީ ބަލާށެވެ. ނާޒިމް ގޭގައި ނޫޅޭވަގުތެއް ބަލައި މާކިންވީ ޒެރީން ބަލާގޮހެވެ. ގޭގެ ބެލްޖެހި އަޑަށް އާޝިޔާ ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒެރީންފެނި އޭނާއަށް ބަލަހައްޓައިގެން […]
“ވަރަށް ބޮޑާ ހާކާ ދޯ؟! ހަމަ ލިއު ގެ ސްޓައިލް” ދެމީހުން އެކަނި ވުމުން އަހުނަފް ލިއުޒާއާ ވާހަކަ ދެއްކިއެވެ. “ކޮންތާކު، އަހަންނަށްވުރެ ހާސް ބައި ބޯހަރުވާނެ..” ހިނިގަނޑެއް ޖަހާލަމުން ލިއުޒާ ބުންޏެވެ. “އޭ، އަރީފުގެ ޓީޝާޓަކާއި ސޯޓެއް އޮވެދާނެ.. މިއަންނަނީ އިނގޭ ހިފައިގެން…” އަހުނަފްގެ ޖަވާބަކަށް މަޑު ނުކޮށް ލިއުޒާ އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ޓީޝާޓާއި ސޯޓު ހިފައިގެން ލިއުޒާ އެނބުރި އައުމުން ހުސް ޖޯޑު އަހުނަފް ދިއްކޮއްލިއެވެ. އަދި ލިއުޒާ ބޮލުގެ އިޝާރާތުން […]
ޖެހެމުން ދިޔަ ފިނިވައިން އަހަރެންގެ ހިތާއި ހަށިގަނޑަށް ތަޞައްލީ ހޯދަމުން ދިޔައީމެވެ. މަޑުމަޑުން ނިދެންފެށުނު ކަހަލައެވެ. އަނެއްކާވެސް ފޯން ރިންގްވާން ފެށިއެވެ. ފޯނަކަށް ފަހު ފޯނެއް އަންނަމުން މެސެޖެއްގެ ފުލުގައި މެސެޖެއް އަންނަމުން ދިޔައެވެ. ކަހާތަން ހިރުވާވެސް ނުލާ އަހަރެން މައްޗަށް ބަލައިގެން އޮތީމެވެ. އެއްފައިން އުނދޯލި ހެއްލަމުން ދިޔައިރު ޖެހެމުން ދިޔަ ނަލަވައިން ހުރިހާ ކަމެއް އަހަރެންގެ ހިތުން ފިލައިގެން ދިޔަކަހަލައެވެ. އަހަރެންގެ ހިތް އުފަލުން ފުރުނުކަހަލައެވެ. މީ އަހަރެން އުޅެން ބޭނުންވާ ގޮތެވެ. އެކަނި […]