Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 27

BONDAY Level 210 Stories
July 12, 2015 4 Mins Read
17 Comments

ބަނޑުފައިވެފައި ހުރިވަރުން ފާޒިން އަވަހަށް ކެއުމާއިގެން ކުރިއަށް ދިޔައެވެ. އިންހާވެސް ފާޒިންއާއި އެކު ކެއުމުގައު ބައިވެރިވިއެވެ. ކައިނިމިގެން ފާޒިން ގޮސް ގޮނޑިސެޓުގައި ޖައްސާލީ ވަރުބަލިވެފައި ލޯމައްޗައް ކުޑަކޮށް އަނދިރިވާން ފެށުމުންނެވެ. ގިނައިރު ނުކައި ހުރެފައި މާގިނައިން ކެވުނަސް އެކަހަލަ ގޮތެއް ވެދާނެ ކަމަށް ފާޒިންގެ ސިކުނޑިއަށް ވިސްނުނު ނަމަވެސް ފާޒިންއަށް ނޭގުނީ އޭނަގެ ދިރިއުޅުން އިންހާ ވައްޓާއެލަނީ ކިހާފުންމިން ހުރި ވަޅުގަނޑަކަށް ކަމެވެ. ގޮނޑިސެޓުގައި ބުރަކަށި ޖެހުނުތާ މާގިނައިރެއް ނުވަނީސް ފާޒިންއަށް ނިދިގެން ގޮޑިމައްޗަށް ދެމުނެވެ.

” އަވަހަށް އާދެބަލަ މަންމަމެން ނާންނަނީސް ފާޒިން ކޮޓަރިއަށް ގެންދަން…! ” އިންހާ އަވަސް އަވަހަށް ކޮންމެވެސް މީހަކަށް ގުޅާލާފައި ބުނެލިއެވެ. މާގިނައިރުތަކެއްނުވަނީސް ދޮރުގައި ޓަކިޖަހާލުމުން އިންހާއަށް އެދިމާލަށް ދެވުނީވެސް ދުވަފައި ކަހަލަ ގޮތަކަށެވެ.

ފާޒިންއަށް ހޭލެވުނުއިރު އިންހާ އޭނަގެ ގައިގައި ބައްދައިލައިގެން ނިދާފައި އޮތެވެ. އިންހާ ކައިރީގައި ނިދާފައި އޮތުމުން ފާޒިންއަށް ތެދުވެވުނީވެސް ފުންމާފައެވެ. އޭރު ފާޒިން ލައިގެންހުރި ގަމީސް ކައިރީގައި ހުރި ހަރުގަނޑުގައި އަޅުވާފައި އޮތެވެ. އިންހާ އޮތީ އޭނާ ނިދަންލާ ކުރުސޯޓާއި ކުރު ޓޮފްކޮޅެއް ލައިގެނެވެ. އޭރު އިންހާގެ ފައިގެ ބޮޑުބައެއް ހާމައަށް އޮތްއިރު ލާފައި އޮތް ޓޮޕުކޮޅު ތުނިކަމުން އިންހާގެ ހަށިގަނޑުގެ ވަނާތައް ރީތިކޮއް ފެންނަން އޮތެވެ. ފާޒިން ތެދުވެގެންގޮސް ގަމީސް ލާންހުއްޓާ އިންހާ ތެދުވެ ބަލާލިއެވެ. އޭރު އޭނަގެ މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ނަމަވެސް އެކަމެއް އެނދަށް ފުރަގަސް ދީގެން ހުރި ފާޒިންއަކަށް ނޭގެއެވެ.

” ދަނީތަ…؟ ” ނިދާކަމަށް ހެދިގެންއޮވެ އިންހާ ބުނެލިއެވެ.

” ކިހިނެއް އަހަރެން މިކޮޓަރިއަށް ވަނީ…؟ ކާކު އަހަރެންގެ ގަމީސް ބޭލީ…؟ ” ފާޒިން ބޮލުގައި އަތްކާތަމުން ރޭގައިވީ ކަންތައް ހަދާންކުރަމުންދިޔައެވެ. ނަމަވެސް އެއްވެސް ކަމެއް އޭނަގެ ހަނދާނަށް ނައިއިރު ބޮލަށްވެސް ވަނީ ބަރުވެފައެވެ.

” ފާޒިން އަމިއްލައަކަށްނު މިކޮޓަރިއަށް ވަދެ ގަމީސްވެސް ބޭލީ…! ރޭގަވީ އެއްކަމެއްވެސް ހަދާނެއް ނެތްތަ…؟ ” އިންހާ ލޯހަނި ކޮއްލަމުން ބުނެލިއެވެ. އޭރުވެސް ފާޒިން ހުރީ ވިސްނާށެވެ. އެނދު ކޮޅުގައި ބާއްވާފައި އޮތް ފާޒިންގެ ފޯނުފެނުމުން ނަގާބަލާލިއިރު ފޯނުވެސް އޮތީ ނިވާލާފައެވެ. ފާޒިން އަވަސް އަވަހަށް އެނދުކޮޅުގައި އޮތް ސައިކަލު ތަޅުދަނޑި ހިފައިގެން ބޭރަށް ހިނގައިގަތުމުން އިންހާވެސް ފާޒިންގެ ފަހަތުން ނިކުތެވެ. އެވަގުތު ގޭތެރޭގައި އެކަކުވެސް ފެންނަން ނެތުމުން އިންހާ އަނެއްކާވެސް ގޮސް އެނދަށް އަރާ އޮށޯވެލި އިރު އިންހާގެ މޫނުމަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ.

 ގޭގެ ދޮރުމަތީގައި ސައިކަލް ޕާކުކޮއްލާފައި ސައިކަލްމަތީގައި އިށީންދެލީ މީހާ ހަމަޖެހިލަންވެގެންނެވެ. އިރުކޮޅެއް ވަންދެން އެހެން އިނދެފައި ފާޒިންގޮސް ގެއަށް ވަންނަން އެޅިފުރަތަމަ ފިޔަވަޅާއެކު މީހާ ހުއްޓުންއެރިއެވެ. މައިޝާގެ މޫނުމަތިން ފެނުނު އަސަރަކީ ދުވަހަކުވެސް މައިޝާގެ މޫނުމަތިން ފާޒިންއަށް ފެނިފައިވާ އަސަރެއްނޫނެވެ. ދުވަހަކަވެސް އުފަލެއް ލިބިފައި ހުރި މީހެއް ހެނެއް ހިޔެއްނުވެއެވެ. އެރީތި ދޮންމޫނު ވަނީ މިލާފައެވެ. ގަދަޔަށް ރުއިމުގެ ސަބަބުން ދެލޯވަނީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. ބަލާލީމަވެސް ރޭގައި ނުނިދާކަން އެނގެއެވެ.

” ކޮންތާކުން ތިއައީ…؟ ” ގޭގެ ދޮރުމަތީގައި ހުއްޓިގެން ހުރި ފާޒިން ފެނުމުން މައިޝާ ދުވެފައި އައިސް ފާޒިންގެ ގައިގައި ބައްދައިގަންނަމުން ބުނެލިއެވެ.

” ގެސްޓުހައުސްއިން… ގޮސް ޖައްސާލިއިރަށް ނިދުނީ…! ” ފާޒިން މައިޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ފާޒިން އެވަގުތު ދޮގުހެދީ ހަމަޖެހިލައިގެން ހުރިހާ ވާހަކައެއްވެސް ކިޔައިދިނުމުގެ މަގުސަދުގައެވެ.

” ދެން ކީއްވެ ފޯނު އޮފްކޮއްލީ…! ” މައިޝާއަށް އޭރުވެސް ގިސްލެވެމުން ދިޔައެވެ.

” ޗާޖު ހުސްވެގެން ނިވުނީ…! ” ފާޒިން މައިޝާގެ އަތުގައި ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ފާޒިންގެ ބޮލުން ބަރުކަން ފިލައިގެނެއް ނުދެއެވެ. ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލުމާއެކު މައިޝާއަށް ނިދިއްޖެއެވެ. އެރޭ ހަތަރުދަމު ނުނިދައި ހުރުމުގެ ސަބަބުން މައިޝާގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސަމުންދިޔައެވެ. މައިޝާއަށް ނިދުމުން ފާޒިންގޮސް ފޯނު ޗާޖައްޖަހާލާފައި ފޯނު ހުޅުވާލިއެވެ. އެއާއެކު ފާޒިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިންހާގެ ގައިގައި ބައްދާލައިގެން ނަގާފައި އިން ފޮޓޯގަނޑެއް ވޯލްޕޭޕާއަށް ލާފައި އިންއިރު ގެލަރީގައިވެސް އެދެމީހުންގެ ވަރަށް ގިނަ ފޮޓޯތަށް ހުއްޓެވެ. ފާޒިން ފޯނުގައި ހުރި ހުރިހާ ފޮޓޯތަކެއް ފޮހެލާފައި ގޮސް ފާހާނަޔަށް ވަދެ ފެންވަރާލައިގެން ބޭރަށް ނިކުތީ ކުރިމަތިވެފައިވާ ތޫފާނުން ސަލާމަތްވާނެ ގޮތެއް ވިސްނޭތޯއެވެ.

” ދަރިފުޅާ! ކޮންތާކު ރޭގަ އުޅެނީ…! ” ކޮޓަރިން ނިކުމެގެން އައި ފާޒިން ފެނުމުން ވަދީފާ ބުނެލިއެވެ.

” ރޭގަ ގެސްޓުހައުސްއަށް ގޮސް ޖައްސާލިއިރަށް ނިދުނީ…! ” ފާޒިން އައިސް ވަދީފާގެ ކައިރީގައި އިށީނެވެ.

” ދަރިފުޅު ދެން އެހެން ހަދާކަށް ނުވާނު…! ރޭގަ މައިޝާ ނުނިދާކަންނޭގެ އެންމެ ނިދިކޮޅެއްވެސް…! މަންމަ ތިނެއްޖަހާކަން ހާއިރު ނިކުތްއިރުވެސް މައިޝާ އިން މިތާ ގޮނޑިސެޓުގައި…! މަންމަ އަހާލީމަ ބުނީ އޮފީހަށް ގޮސްފައި ނާންނާތީ އިނީއޭ…! ” ވަދީފާ ކޮށާ ނިމުނު ތަރުކާރީ ކޮޅު ހިފައިގެން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ވަދީފާ ސައިހެދުމުން ކުޑަކޮއް ސައިބޮއިލައިގެން ފާޒިން ގޮސް ކޮޓަރިއަށް ވަތްއިރު މައިޝާ ގަދަ ނިދީގައި ނިދާލާފައި އޮތެވެ. ފާޒިންވެސް ބޮލަށްބަރުވެފައި ހުރުމުން ނިދޭތޯ އޮށޯވެލިއެވެ.

” ފާޒިން…! ދަރިފުޅާ..! ” ދޮރުގައި ދެފަހަރަކަށް ޖަހާލަމުން ވަދީފާ ގޮވާލިއެވެ. އޭރު ގަޑިން މެންދުރު އެކެއް ޖަހަނީއެވެ. ފާޒިން ތެދުވެ ބަލައިލިއިރު މައިޝާ ނިދާފައި ނެތުމުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

” މިއަދު އޮފީހަށްވެސް ނުދަނީތަ…؟ ކޮބާ މައިޝާ…؟ ” ކޮޓަރިތެރެއަށް ބަލާލަމުން ވަދީފާ ބުނެލިއެވެ.

” ފާހާނައިގަ ހެން ހީވަނީ…؟ ” ފާޒިން ފާހާނައިގެ ދޮރާ ދިމާލަށް ބަލައިލަމުން ބުނެލިއެވެ.

” ދެން ފެންވަރާލައިގެން އާދޭ ކާން…! ބައްޕަވެސް އެބައިން ދަރިފުޅުމެން ނިކުންނަންދެން…! ” ވަދީފާ ސިޑިން ފައިބަން ހިނގައިގަންނަމުން ބުނެލިއެވެ. ފާޒިންގޮސް އެނދުގައި ޖައްސާލީ މައިޝާ ނިކުންނަން ދެނެވެ.

ފާޒިންމެން ކޮޓަރިން ނިކުތްއިރު އާމިރުއާއި ވަދީފާ ސިޓިންގްރޫމްގައި މަޑުކޮއްލައިގެންތިއްބެވެ. ފާޒިންމެން ފެނުމުން ވަދީފާ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ފާޒިންގޮސް އާމިރުކައިރީގައި ގޮނޑީގައި އިށީނުމުން މައިޝާ ދިޔަގޮތަށް ގޮސްވަނީ ބަދިގެއަށެވެ.

“ދަރިފުޅާ! މަންމައަށް ކާންދީފިންތަ…؟ ” ބަދިގެއަށް ވަދެގެންއައި މައިޝާ ފެނުމުން ވަދީފާ ބުނެލިއެވެ.

” ނޭގެ..! ކުޑީ ކައިރީގައި ބުނިން މަންމަޔަށް ކާންދޭށޭ…! ” މައިޝާ ތަށިތަކަށް ފެންއަޅަމުންބުނެލިއެވެ.

” ދޭބަލާލާފަ އަންނަން…! މަންމަ ކާންހަދާލާނަން….! ” ވަދީފާއައިސް މައިޝާގެ ބުރަކަށީގައި ފިރުމާލަމުންބުނެލިއެވެ. މައިޝާ ގޮސް މުނީރާމެންގެ ކޮޓަރިއަށް ވަތްއިރު މިސްރާ މުނީރާއަށް ކާންދޭންއިނެވެ.

” މަންމަޔަށް ކާންދީ ނިމުނީމަ ބޭސްދޭތި…! ” ހިނިތުންވެލަމުން މައިޝާ ބުނެލިއެވެ. އަދި ކޮޓަރީގެ ދޮރުލައްޕާލާފައި ގޮސް ބަދިގެއަށްވަނެވެ. އޭރު ވަދީފާ ކާންހަދާ ނިންމާލަނީއެވެ.

” ދޭ ބައްޕަމެންކައިރީގައި ބުނަން…! ” ބަދިގެއަށް ވަތް މައިޝާ ފެނުމުން ވަދީފާ ބުނެލިއެވެ. މައިޝާ ގޮސް އާމިރުމެންކައިރީގައި ކާންބުނުމުން ފާޒިންއާއި އާމިރުއައިސް ބަދިގެއަށްވަނެވެ. މައިޝާވެސް ފާޒިންމެންނާއެކު ކެއުމުގައި ބައިވެރިވިއެވެ.

ހަވީރު ފާޒިން އޮފީހަށް ދިޔައީ ރިސޯޓަށް ފޮނުވަންޖެހޭ މުހިންމު ލިއުމެއްގައި ސޮއިކޮއްލަން ޖެހޭ ވާހަކަ ސިރާޖު ގުޅާފައިބުނުމުންނެވެ. ފާޒިން އޮފީހަށް ދިޔައިރު އޮފީހުގައި ސިރާޖުގެ އިތުރުން އިންހާވެސްއިނެވެ. ފާޒިން ފެނުމުން އިންހާ ތުއިގޮތަކަށް ހިނިތުންވެލިއެވެ. ސިރާޖު ދިން ލިއުންތަކުގައި ސޮއިކޮއްލުމުން ސިރާޖުވެސް ފާޒިންއާއި އެކު ބޭރަށް ނިކުތީ އެލިއުންތަށް ފޮނުވަން އިންހާއާއި ހަވާލުކޮއްފައެވެ. ސައިކަލަށް އަރަންބެލިއިރު ކެބިންގައި ތަޅުދަނޑި ބާއްވާފައި ނިކުމެވުމުން ފާޒިން ދިޔައީ ތަޅުދަނޑިބަލައެވެ. ފާޒިންގޮސް އޭނަގެ ކެބިންއަށް ވަތްތަން ފެނުމުން އިންހާ ފާޒިންގެ ފުރަގަހުންގޮސް ބައްދާލިއެވެ.

” އިންހާ ކިހިނެއްވެގެން ތިއުޅެނީ…؟  ” ފާޒިން ކައިރިއަށް އައިކީ އަމަށަކު ރުޅިއެއްނޫނެވެ. ފާޒިންއަށް އިންހާ ފޮޅުވާލެވުނު ގޮތަކުން އިންހާ ނުވެއްޓުނީ ކިރިޔާއެވެ.

” ދެން ރޭގަ އަހަރެންނާއެކު އެހެންއުޅުނީ ކީއްވެ…؟  ” ދެރަވެލާފައި އިންހާ ބުނެލިއެވެ.

” އަހަރެން ނޫޅެއް ރޭގަ ގޮތަކަށް…! ” ފާޒިން އޭނަގެ ކެބިނުން ނިކުންނަމުން ބުނެލިއެވެ. ފާޒިން އައިސްފައި ހުރި ރުޅީގެ ސަބަބުން ސިރާޖު އޭނަގެ ސައިކަލު މަތީގައި މަޑުކޮއްލައިގެން އިންކަންވެސް ނޭގުނެވެ.

” ކިހިނެއްވީ…؟  ” ސިރާޖު ސައިކަލުމަތީގައި އިނދެފައި ބުނެލިއެވެ.

” ސިރާޖު އަދި ނުދަންދޯ…! ހިނގާ ކޮފީއަކަށް…! ” ސައިކަލު ދުއްވައިލަމުން ފާޒިން ބުނެލިއެވެ. ސިރާޖުވެސް ފާޒިންނާއި އެއްވަރަށް ސައިކަލު ދުއްވަމުންދިޔައެވެ. ދެމީހުންގޮސް މަޑުކޮއްލީ ޑޯލްފިންކައިރީގައެވެ.

” ފާޒިން…! ކިހިނެއްތަވީ…؟ ” ގޮނޑީގައި އިށީންނަމުން ސިރާޖު އަހާލިއެވެ. ފާޒިން ބޯހަލުވާލީ ކަމެއްނުވާކަމަށް ބުނުމުގެ ގޮތުންނެވެ.

  ” އަހަރެން މިވިސްނަނީ އަހަރުމެންގެ ފުރަތަމަ އެނުވާސަރީގައި މައިޝާއަށް ސަޕްރައިޒެއް ދޭން…! ނެއްތަ ރަނގަޅު އައިޑިއާއެއް..! ” ފާޒިން ކޮފީއަކަށް އޯޑަރު ކޮއްލަމުން ބުނެލިއެވެ.

” އަންނަ މަހު ހަތެއް އެއީ ދޯ…؟ ” ސިރާޖު ވިސްނާލަމުން ބުނެލިއެވެ. ފާޒިން ހިނިތުންވެލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

” ކިހިނެއްހަދަން ކަމަށް ތިވިސްނަނީ..؟ ” ކޮފީތަށި ނަގާ ތުނބުގައި ޖަހާލަމުން ސިރާޖު ބުނެލިއެވެ. އެވަގުތު ފާޒިންގެ ފޯން ރިންގުވާންފެށުމުން ފާޒިން ފޯނުނަގާ ބަލައިލިއިރު ގުޅަނީ އިންހާ ކަމުން ސައިލެންޓަށް ލާފައި ފޯނުނަގާ ޖީބަށް ލީ ފޫހިވެފައި އިނދެއެވެ.

” ކޮންތާކު އުޅެފައި ތިއައީ…؟ ހާދަ ވަރަކަށް ގުޅީމޭ…؟ ” ގެއަށް ވަދެގެންއައި ފާޒިން ފެނުމުން މައިޝާ ގޮނޑިން ތެދުވަމުން ބުނެލިއެވެ. ފާޒިން ފޯނުނަގާ ބަލައިލިއިރު މައިޝާ ވަރަށް ގިނައިން ގުޅާފައި އޮތެވެ.

” ސައިލެންޓްގަ އޮތުމުން ނޭނގުނީ…! ” ފާޒިން އައިސް މައިޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

” އާދެބަލަ ކޮޓަރިއަށް…! ” މައިޝާ ފާޒިންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ބުނެލިއެވެ. ފާޒިންވެސް މައިޝާއާއި އެކު ގޮސް ކޮޓަރިއަށް ވަނީ ކުރިމަތިވާންއުޅޭ ތޫފާނުގެ އެއްވެސް އަލާމާތެއް ނޭގިއެވެ. ކޮޓަރިއަށް ވަދެފައި މައިޝާ ދޮރުތަޅުލާފައި ގޮސް ޑުރެސިންޓޭބަލްގެ މަތީގައި އޮތް އޭނަގެ ފޯނުނަގާފައި ފާޒިންއާއި ދިމާލަށް ބަލައިލިގޮތުންވެސް ކަމެއްގޯސްވެއްޖެކަން އެނގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ކުށަކާ ނުލާ

Next

އަލްމާޝް -3

Next
July 13, 2015

އަލްމާޝް -3

Previews
July 12, 2015

ކުށަކާ ނުލާ

17 Comments!

  1. ihthu says:
    July 12, 2015 at 6:05 pm

    Mi part ves reethi vaane kamah hykuran…

  2. maahee says:
    July 12, 2015 at 6:07 pm

    Wow

  3. flower says:
    July 12, 2015 at 6:12 pm

    Awsome.. n thnks mihaa avahah up kohla dhinyma

  4. Lali says:
    July 12, 2015 at 6:19 pm

    Vv reethi.

  5. @£#¥ says:
    July 12, 2015 at 6:20 pm

    Alhey Ihthu haadha ragalhey. Thnks thihaa ava ene part genas dhineema.. v ufaa veje. Thnks n ur the best masha allah.

  6. Smile says:
    July 12, 2015 at 6:29 pm

    Nice

  7. Jennifer says:
    July 12, 2015 at 7:58 pm

    Anekka kihineh mi v??

  8. mary says:
    July 12, 2015 at 8:03 pm

    v fake koh mihaaru mi story midhany…

  9. nathoo says:
    July 12, 2015 at 9:00 pm

    V reethi

  10. Shabee says:
    July 12, 2015 at 9:18 pm

    Inhaaaaaa u big dheytherey fani…..i hate u…. alhe ithoo haadha baivaru adi gudan thakekey thiothy ehfaharaa maisha hingaa magun… v dheravejje… mai eulheny inhaa aaehkh faazin ge pic thah dhakaa kashehnun… oooooh… mai haadha hurt vaaney dhw… 🙁

  11. Aish says:
    July 12, 2015 at 9:26 pm

    Varah reethi

  12. Shabee says:
    July 12, 2015 at 9:40 pm

    Ey ithoo thihama ehvana…ingeytha mi inhaa akee kaakukan neyngigen aslu kuree prt mi baalaalee…balaaliiru evex nw prt eh…dhen mi engunee ithoo miadhu 2 prt up kurikan…asluvex v happy vejje…. shabee beynunvanee thikahala liyuntherin…dhuvaalaku 2 prt up kureema e dhen hama bst… love u ithoo…. 😛

  13. shiaa says:
    July 12, 2015 at 11:20 pm

    ihthoo , 2 prt 1 day , oh wowwww , !!!! ihthoo , maadhan ves mihen hadhaa dheh chey , vr vr bodah thnkx , n inhaa gandu dw , haadha foohi vay , hama mai ge life fanaa kuran , faaxin ge life hanaa kuran ulhey myheh , myheh ves noon santhi mariyabeh , vr vr hate way

  14. nazi says:
    July 13, 2015 at 12:35 am

    v reethi dhen anna bayaka inyhizaaaaaar

  15. Shaxu says:
    July 13, 2015 at 1:54 am

    Varah Reeth…

  16. naj says:
    July 13, 2015 at 2:54 am

    Really nice 🙂

  17. nee says:
    July 13, 2015 at 2:35 pm

    mi vrhaka miharu midhaa goi kada. mi site ga in ehen vrhaka ehga
    mihaaru vany hama mihen. so kudakh story badhalu kohlane kama hope kuran. 2 vrhaka ga eh story eh inyma reechei nuvane. thats why. ithu mi comment positive kh nagaane kama unmeedhu kuran. 🙂

Comments are closed.

Next Episodeހިތަކުން ނުފިލާނެ 28←


All Right Reserved!