ދުއްވަމުން ދިޔަ ކާރުތެރޭގައި އިން މާކިން އިނީ އަދި ވެސް ހިތްހަމަ ނުޖެހިފައެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔައިރު މިސްރާބު ޖަހާފައި ހުރީ ޒެރީންގެ ގެއަށްށެވެ. އެގޭގެ ކުރިމަތީގައި ކާރު ޕާކު ކޮއްލުމަށްފަހު މާކިން ހަލުވި ހިނގުމެއްގައި ގޯޅިގަނޑުން ލާފައި އެތެރެއަށް ވަދެގެން ދިޔައެވެ. އޭނާގެ ބޭނުމަކަށްވީ އައިސްފައި ހުރި ރުޅިގަނޑު މައިތިރިކޮއް ބޯ ހަމަޖައްސާލުމަށް ޒެރީން ބޭނުންކުރުމެވެ. އޭރުން ހަމަ ގައިމުވެސް އޭނައަށް އިނާރާގެ ޚިޔާލުތަކަކާއި ދުރަށް ދެވޭނެއެވެ. އެނދުގައި ތިބެ ސަކަރާތް ޖަހަމުން ދިޔައިރު […]
“ޝުކުރިއްޔާ.. ކަލޭމެންގެ ތި ކަމެއް އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން” ދެ ފައިލް ނަގާ ކޮންމެ ފައިލް އަކުން އެއް ލިޔުން އެދެމީހުންނަށް ރައްދު ކޮށްލަމުން ފައިސަލް ބުނެލިއެވެ. “އަހަރެން ހީކުރަން އިތުރަށް ކަލޭ އަހަރެން ކައިރީގައި ކަމަކު ނުކިޔާނެ ކަމަށް” ހުސައިން ލިޔުން ހިފައިގެން ބޭރަށް ނިކުންނަން ހިގައިގަތެވެ. އަހްމަދު ފައިސަލްއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. “ގުޑް ލަކް..” އަހްމަދު ބުނެލިއެވެ. އަދި އޭނަވެސް އެތަނުން ބޭރަށް ނިކުންނަން ހިގައިގަތެވެ. ******** އަހަރެން ސިހިގެން […]
“ދަރިފުޅާ…. މީ ހާދަ ވަރުގަދަ އުޅާ ގަނޑެއް…. ރަން ދޯ މީ…. ކުރިން ދަރިފުޅު މިކަހަލަ އެެއްޗެހި އަޅަން ދެކޮޅު ހަދާތީ މަންމަ އަޅާނުލަނީ… މިހާރުވެސް މަންމާ އަލަމާރިގައި އޮންނާނެ ދަރިފުޅުގެ ތަނޑިގަނޑު” ފަޒްނާ މިހެން ބުނުމާއެކު އަލްމާޝް ގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. މުޅި މީހާ ދާހިއްލާ ފޯވެ ބޮލުގައި ރިއްސަން ވެސް ފެށިއެވެ. މިވަގުތު އަލްމާޝްގެ މޫނައް ބަލާލި ކޮންމެ މީހަކައް ވެސް ކަންތައް ގަނޑެއް އަލްމާޝް ސިއްރު ކުރަމުންދާނެކަން ޔަގީން ވާނެއެވެ. […]
އޭނާ ފުރާނައަށްވުރެން ބޮޑަށް ލޯބިވާ މާކިންގެ ކައިރީގައި އަބަދުވެސް ވާނެއެވެ. އިނާރާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު މި މަންޒަރު ފެންނަ މީހެއްގެ ހިތަށް އަސަރު ނުކޮށެއްނުދާނެއެވެ. އެސްފިޔަތަށް ދުރުކޮއްލަމުން ލޯ ހުޅުވާލި މާކިންއަށް ފެނުނީ ސީލިންގުގައި އިން ފަންކާ އެނބުރެމުން ދިޔަ މަންޒަރެވެ. އޭނާގެ މޭމަތީގައި ބޯއަޅާލައިގެން ނިދިފައި އޮތް އިނާރާގެ އިސްތަށިގަނޑު އޮތީ ޓައިލްސް ތަކުމަތީ ފެތުރިފައެވެ. މާކިން ދެލޯ އުނގުޅާލުމަށްފަހު އިނާރާ ދުރުކޮއްލަން ތެދުވިތަނާ އޭނާގެ ނަޒަރު ހުއްޓުނީ އިނާރާގެ ކޮލަށްށެވެ. ރަތްވެފައިވާ […]
މަރުވެފައިވާ މާހިލްގެ މަސްގަނޑު ކައިރީ އިށީނދެލައިގެން އިން ޝާލިނީއަށް ސިހިފައި ބަލާލެވުނީ، ކުއްލިއަކަށް ކޮޓަރީގެ ދޮރު ފަޅާލުމަށްފަހު އެތެރެއަށް ވަން ޕޮލިހުންތަށް ފެނިފައެވެ. ލިބުނު ސިހުމުގެ ސަބަބުން ޝާލިނީއަށް ކޮޅަށް ތެދުވެވުނު އިރު، މާހިލްގެ ބަނޑަށް ހަރާލި ވަޅި އޮތީ އޭނާގެ އަތުގައެވެ. *** ޔައީޝް އަށް ހޭލެވުނީ ހެނދުނު 10 އެއްވެސް ޖެހިފަހުންނެވެ. ފޯނުން ގަޑި ބަލާލުމަށްފަހު އެނދުން ތެދުވެގެން ގޮސް ފާހާނައަށްވަދެ ފެންވަރާލިއެވެ. ފެންވަރާ ތާޒާވެލުމަށްފަހު ފެހިކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއް ވައްޓާލައިގެން ފޯނާ […]
” ދަރިފުޅާ މައިޝާ…! ފާޒިން އެކަންޏެއްނު އެއިނީ ސިޓިންގްރޫމްގައި…! ” ކޮޓަރީގެ ދޮރު ހުޅުވާލާފައި މުނީރާ ބުނެލީ ތަންކޮޅެއް މަޑުންނެވެ. މުނީރާ އެހެންބުނެފައި ދޮރުލައްޕާލާފައި ނިކުތީއެވެ. މުނީރާ ދިއުމުން މައިޝާ ބޭރަށް ނިކުތްއިރު ފާޒިން އޭނަގެ ފޯނުން ކޮންމެވެސް ގޭމެއް ކުޅެއް އިނެވެ. ” ރުޅި އައީތަ….؟ ” މައިޝާގޮސް ފާޒިންގެ ކައިރީގައި އިށިންނަމުން ބުނެލިއެވެ. ފާޒިން ބަހެއް ނުކިއުމުން މައިޝާ ގޮސްވަނީ ބަދިގެއަށެވެ. އޭރު މުނީރާ ސައިގިރަން ހުއްޓެވެ. ސައި ތައްޔާރުކޮއް ނިންމާފައި މުނީރާ ގޮސް […]
ފެނުނު މަންޒަރުން މާކިން ސިހުނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައިވާއިރު އޭނާ ހާސްކަން އެތަށް ގުނައެއް އިތުރުވިއެވެ. ކުރިމަތީގައި ފެންނަން ހުރި މަންޒަރަށް ބަލަހައްޓައިގެން ހުރި މާކިންގެ ދުލުން ބޭރުވީ އެންމެ ލަފްޒެކެވެ. “އިނާރާ..”. ރުއްބުޑު ކައިރިއަށް ވެއްޓިފައި އޮތް އިނާރާ ފެނި މާކިންއަށް ހީވީ ސިކުންތު ކޮޅަކަށް ހިތް ހުއްޓުނު ހެންނެވެ. ދުވެފައި ގޮސް ވެއްޓިފައި އޮތް އިނާރާ އޭނާގެ އުނގުގައި ބޭއްވިއިރު ހެއެއް ނެތެވެ. މާކިން އަވަސްވެގަތީ ވިންދު ހުރިތޯ ބެލުމަށްށެވެ. ވިންދުޖަހަމުން ދާކަން […]
“ޔާނާވެސް މިއަދު އަންނާނެ….ދޮންބެ ޔަގީންތަ ޕްލޭން ވޯރކްކުރާނެކަން…އިފް މިހުރިހާކަމެއް ފްލޮޕްވެއްޖިއްޔާ…” ޒަޔާންކައިރިއަށް އައިސް ނޫރާ އިތުރުކޮށްލިއެވެ. “ޑޯންޓް ޓޯކްއެބައުޓްއިޓް، އެވްރީތިންގ ވިލްބީފައިން، ހުރިހާ ކަމެއް ރަނގަޅު ކުރާކަންނު މިއުޅެނީ،…ޕްލޭން ވޯރކްވެސް ކުރާނެ، އެން އައިތިންކް ޔޫގޮޓް މޯތިންގްސް ޓް ތިންކް….” ޒަޔާން ނޫރާއާއި ދިމާކޮށްލިއެވެ. އިތުރަށް އެވާހަކަތަށް ދައްކަންބޭނުން ނުވުމާއިއެކު ވާހަކަ ބަދަލުކޮށްލުމަށެވެ. އަދި ނޫރާ އެންމެ ފަސޭހައިން އެތަނުން ދާނީވެސް އޭރުންކަން އެނގޭތީއެވެ. ޒާޔާމެންނަށް އާދެވުނީ ފަތިސްވާން ކައިރިވެފައިވަނިކޮށެވެ. ބޯޓުންފައިބައިގެން ގެއާހަމައަށް ދެވެންދެންވެސް ޒާޔާ އެންމެބަހެއްވެސް […]
މާހިލްއާއި ޝާލިނީގެ ކައިވެނި ކުރެވުނީ ޖެހިގެން އައި ހުކުރުދުވަހުގެ ރޭގައެވެ. ކައިވެނި ކޮށްދިނުމަށްފަހު ގާޒީން ގެއިން ނުކުމެގެން ދިއުމާއެކު މާހިލް ޝާލިނީ އަތުގައި މަޑުމަޑުން ހިފާލިއެވެ. “އަހަރެން މި ދުވަހަށް ހާދަ އިންތިޒާރެއް ކުރީމޭ!!” މާހިލް އިޝްޤީ އަޑަކުން ބުނެލިއެވެ. ޝާލިނީގެ މޫނު ރަތްވެގެން ދިޔައީ ލަދު ގަތްލެއް ބޮޑު ކަމުންނެވެ. “ހިނގާ ރޫމް އަށް!!” “އެހަށް މަޑުކޮށްބަލަ!” ޝާލިނީ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކުރުވަމުން ބުންޏެވެ. “އަހަރެން އެބޮތް ވަރަށް ބޮޑު ސަޕްރައިޒެއް ދޭން ވެފަ!!” […]