“ތިއީ އަޅުގަނޑުވެސް އެންމެ އަޖައިވާ ކަމަކީ” އެހެން ބުނުމަށްފަހު އަނެއްކާ އެހެން ވީޑިއޯ އެއް ޕްލޭ ކޮށްލިއެވެ. އޭގެން ފެންނަ ގޮތުން އެ ސައިކަލް ބާރު ދުވެލީގައި ގޮސް ވެއްޓެނީ މޫދަށެވެ. އެއީ މާލެ ވަށައިގެންވެސް އޮންނަ އެންމެ ފުން ހިސާބެވެ. އެހާ ބާރު ދުވެލީގައި ދިއުމުން ސައިކަލް ގޮސްޖެހެނީ ފުދޭވަރަކަށް ބޭރަށެވެ. ފައިސަލްއާއި ރޭޝަމްއަށް އެކަކު އަނެއްކަކަށް ބަލާލެވުނެވެ. ******* “ކިހިނެއް ހީވަނީ” ބޭރަށް އެތަނުން ބޭރަށް ނިކުމެ ފައިސަލް ރޭޝަމްއާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑަށް […]
“ހޫން. ސާބަހޭ. އެއީ މަގޭ ސިސް އޭ. ޔިވާމްއަކާ ނުވެސް ގުޅޭނެ.” ލިއުޒާ ހޭންފެއްޓިއެވެ. އަދި ޔިވާމްގެ އަތުގައި ހިފައިގެން ފެންޑާއާއި ދިމާލަށް ނިކުތެވެ. “އަހަންނާ ގުޅޭނެ އެންމެންވެސް” ގޯތި ތެރޭގައި އިން ޖޯލީގައި އިށީންނަމުން ޔިވާމް ބުންޏެވެ. “ތިޔޭ މައްސަލައަކީ… އޭ ގިވް މީ ފައިވް މިނިޓްސް، މިއަންނަނީ ރެޑީ ވެލައިގެން” ލިއުޒާ އެނބުރި އަނެއްކާ އޭނާ އައި ފަރާތަށް މިސްރާބުޖެހިއެވެ. “އޭތް، އެ މަންޖެ ގާތު ބުނެބަލަ އަހަރެންގެ ފަޅު ފިލުވާލަދޭން އައިސްބަލާށޭ” ޔިވާމް […]
ނިދިފައި އޮތް މައިޝާއަށް ހޭލެވުނުއިރު ކޮޓަރި ތެރޭގައި ރަސްކަން ކުރަމުންދަޔައީ މަޑު އޮރެންޖު ކުލައެކެވެ. ކުއިލްޓް ގައިމަތީގައި އަޅާލަމުން ފާޒިން އޮތް ފަރާތަށް އެނބުރުނު އިރު އެނދުގައި އޮތީ މައިޝާ އެކަންޏެވެ. އިރުކޮޅެއް ވަންދެން ވިސްނަން އޮވެފައި ތެދުވެގެންގޮސް ފާހާނައިގެ ދޮރުގައި ހިފާލިއިރު ފާހާނާގައިވެސް ފާޒިންއެއް ނެތެވެ. އެވަގުތު މައިޝާގެ ކަންފަތުގައި ޖެހިގެން ދިޔައީ އަންހެން ކުއްޖަކުގެ ހުނުމުގެ އަޑެވެ. ބެލްކަންޏަށް ނިކުންނަ ދޮރާއި ދިމާލަށް ހިނގައިގަތްއިރު މައިޝާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ދަމާލެވިފައިވާ […]
ފާރުކައިރީގައި އިނާރާ ހުރީ ގުޑިލަންވެސް ނޭނގި ގަބުވެފައެވެ. އިރުކޮޅަކުން މާކިން ނިކުމެގެން ގޮސް ދުރުގައި އޮތް އޭނާގެ ކާރަށް އަރައި އެތަނުން ދިޔައެވެ. ނަމަވެސް މާކިންއަކަށް ވެސް އެތަނުގައި އިނާރާ ހުރިކަމެއް ނޭނގެއެވެ. މާކިން އެއްފަހަރުވެސް ފަސްއެނބުރި ބަލައިލިނަމަ ހުރިހާ ކަމެއް ބޭޒާރުވާނެކަން ޔަޤީނެވެ. މާކިން ދިއުމުން އިނާރާ ދުވެފައި ކަހަލަ ގޮތަކަށްގޮސް ލިފްޓަށް އެރިއެވެ. ކޮޓަރިއަށް ވެދެވުމާއިއެކީ އޭނާ ބާލީހެއް ނަގައި އަނގަމަތީގައި އެޅުމަށްފަހު އަޑުގެ ކޮޅަށް ހަޅޭލަވަންފެށިއެވެ. އެއަޑު ބޭރަށް ނުއިވުނު ކަމުގައިވިޔަސް އިނާރާ […]
“އާނ، އަދި ޔާއްކޮއަކަށް އަރީ އެއް ނޭނގޭނޭދޯ! ޔާއްކޮ މީ އަރީފް، ދޮންތަގެ ބޯއިފްރެންޑް. އަރީ މީ ލުޔާ، ލިއުގެ ކޮއްކޮ. ޔާއްކޮ ކިޔަވަން ގޮސް ހުރީ ކެނެޑާގަ. މިހާރު ނިންމާފަ އެއައީ. ލިއުބުނީމެންނު ބޭރުގަ ހުންނަ ކޮއްކޮއެއް ވަރައް އަވަހައް ރާއްޖެ އެބަ އާދެޔޭ… އެއީ ޔާއްކޮގެ ވާހަކަ… ދެންމިހާރު އިންޓްރޮޑިއުސް ވެއްޖެ އެންނު، ހިނގާ އެތެރެއަށް” ލިއުޒާ ހިނގައިގަތީ އެއްއަތުން އަރީފުގެ އަތުގައި، އަނެއްއަތުން ލުޔާގެ އަތުގައި ހިފަހައްޓައިގެންހުރެ ސިޓިންގ ރޫމާ ދިމާލަށެވެ. “ލުޔާ […]
ރޭގަނޑުގެ އަނދިރިކަން ވަށާލިއިރު އޭ.ޑީކޭގެ އައި.ސީޔޫގެ ބޭރުގައި މާކިންގެ އިތުރުން އިނާރާއިނެވެ. މެންދުރު ހޮސްޕިޓަލަށް އައިގޮތަށް ރާހިލްގެ ހާލު ނުބަލައި ގެޔަށް ދާކަށް މާކިން ބޭނުމެއްނުވިއެވެ. ނާޒިމްއަށް މިޚަބަރު ދިނުމުން އޭނާ ހޮސްޕިޓަލަށް ވަދެގެންއައީ އެވަގުތުއެވެ. “މާކިން.. ކޮބާ ރާހިލް ކިހިނެތް މިހާރު” ނާޒިމް އައިސް މާކިންގެ ކައިރީ މަޑުކޮއްލަމުން ބުނެލިއެވެ. “އިރުކޮޅަކުން އިނގޭނީ..” މާކިން މިހެން ބުނިތަނާ ޑޮކްޓަރ ނިކުތެވެ. “ރާހިލް މިހާރު ރަނގަޅުވަމުން ދަނީ. ނަސީބަކުން ސިކުނޑިއަށް ލޭ އެޅިފައެއް ނުވޭ.. އެކަމަކު އަދި […]
ޖެހިގެން އައި ދުވަހު ފާޒިންމެންގެ މަންޒިލަކަށްވީ އިޓަލީގެ މިލާނެވެ. މައިޝާމެން އެންމެ ފުރަތަމަވެސް ދިޔައީ މިލާނުގައި ހުންނަ މަޝްހޫރު ކެޓިޑުރަލް ޗާރޗް ބަލައިލާށެވެ. އެއިމާރާތް ފެނިފައި މައިޝާއަށް ހުރެވުނީ ހިރިލަންވެސް ނޭގިފައެވެ. އެއީ މިހާތަނަށް މައިޝާއަށް ފެނުނު އެންމެ ރީތި އިމާރާތެވެ. ބަލާބެލުމަށް ބޮޑު ގަނޑުވަރަކަށް ހުރި އެއިމާރާތް ހަދާފައި ވަނީވެސް ހުދު ހިލައިންނެވެ. އެތަނުގައިވާ ކޮންމެ މުންނާރެއްގެ ކޮޅުގައި މޮނިއުމެންޓެއް ބަހައްޓާފައި ހުރިއިރު ވަރަށްވެސް ފުރިހަމައެވެ. އެތަނުގައި ހުރި ތަނބުތަކުގެ ބުޑުގައި އެކި އެކި މަންޒަރުތައް […]
ބާކީ އޮތީ އެންމެ ކަމެކެވެ. އެއީ، އޭނާގެ ޝައުގުވެރިކަން ހޯދާފައިވާ ޝިއާނާ ހާސިލް ކުރުމެވެ. އަތުގައި އޮތް ތަވީދަށް ބަލާލުމަށްފަހު އަބްރާސް މިސްރާބު ޖެހީ ޝިއާނާގެ ގެއާ ދިމާއަށެވެ. *** ކޮޓަރިތެރެއަށް ވެރިވެފައިވަނީ ނިދާބޮކީގެ ފަނޑު އައްޔެވެ. އެނބުރެމުންދިޔަ ފަންކަލުގެ ފިޔަތަކަށް ނަޒަރު ހުއްޓާލައިގެން އެނދުގައި އޮތް ޝިއާނާގެ ސިކުނޑިތެރޭ އެނބުރެމުންދިޔައީ ޔައީޝްގެ ހިޔާލުތަކެވެ. ތުންފަތަށް ވެރިވެފައިވަނީ ލޯބިވެތި ހިނިތުންވުމެކެވެ. ނިދާ ބޮކީގެ އޮރެންޖް އަލީގެ ސަބަބުން އެނާގެ މޫނުގެ އޮމާން ހަންގަނޑަށް ވެރިވެފައިވަނީ އަޖައިބުވާހާ ރީތި […]
ގޭގެ މައި ދޮރުން ވަދެ ނިކުމެ ހަދާ މީހުންގެ ހަރަކާތްތައް ބަލަން ލުޔާ އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތިގައެވެ. އަށް ބުރިޔަށް ހަދާފައިވަ ހ.ރިދުވަރުގޭގެ ފަސްބުރި ކުއްޔައް ދެވިފައިވާތީ އަބަދާ އަބަދު މީހުން ވަދެ ނިކުމެ ހަދާތަން އެގެއިން ފެނެއެވެ. ލުޔާ އަކީ ރާއްޖޭގައި ހުންނަ ކުއްޖެއް ނޫންކަމުން މަލޭގައި ހުންނައިރު ގިނަވަގުތު ހޭދަ ކުރަނީ އެގޭގެ ތަނަވަސް ގޯތިތެރޭގައެވެ. ލުޔާގެ މަންމަ ހައުފާ އަކީ މަމެލާމެއްޔަށާއި ރިތިކަމަށް ލޯބިކުރަ އަންހެނެއްކަމުން މުޅިގޯތިތެރެވަނީ ތަފާތު އެކިކުލަކުލައިގެ މީރުވަސްދުވަ […]