Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީޝާ (ފަސްވަނަބައި)

Hannah Level 110 Stories
July 21, 2015 3 Mins Read
20 Comments

ޒައިން ވާހަކަ ދައްކާ ނިމުނުއިރު ޒީޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒީޝާ އިނީ ހައިރާންކަމާއެކު ޒައިންގެ މޫނަށް ބަލަހައްޓައިގެންނެވެ. ޒައިން ދެންމެ ދެއްކި ވާހަކަ ގަބޫލުކުރަން ދަތިވެފައެވެ. “ޒީ… ހިތްހަމަ ނުޖެހުނީތަ؟.. ކޮންމެވެސް އެއްޗެއް ބުނެބަލަ..” ޒީޝާ އެއްވެސް އެއްޗެކޭ ނުބުނުމުން ޒައިން އަހާލިއެވެ. “އަހަރެން ވަކި ކީކޭ ބުނާނި ޒޭން.. އަހަރެން ދުވަހަކުވެސް ޒޭންއާ ދޭތެރޭ އެކަަހަލަ ގޮތަކަށް ނުވިސްނަން.. އަދި ހިޔެއް ނުކުރަން މިހެން ކަންތައް ވާނެކަމަކަށްވެސް.. ސްޓިލް އައި ކާންޓް ބިލީވް ޔޫ..” ޒީޝާއަށް އަދިވެސް އިނީ ގަބޫލް ނުކުރެވިފައެވެ. “އައި ނޯ ޔޫ ކާންޓް ބިލީވް މީ.. ބަޓް ޒީ.. އައި ލަވް ޔޫ ސޯ މަޗް.. ވަރަށް އިންތިޒާރު ކޮށްފިން ޒީ އަށް.. އެންޑް އައި އެމް ޓެލިން ދަ ޓްރުތް ޒީ…އިރާދުކުރެއްވިއްޔާ ދުވަހަކުވެސް ލޯބިވޭ ކިޔައިގެން އަންހެން ކުއްޖަކު ނުހައްދާނަން.. ދެން އިޓްސް އަޕްޓު ޔޫ ޓު ބިލީވް އޯ ނޮޓް…” ޒައިން ވާހަކަ ދެއްކީ ޒީޝާއަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށެވެ. “މްމް..އޯކޭ.. މިވަގުތު އަދި ޖަވާބެއް ދެވޭކަށް ނެތް.. ވަގުތު ބޭނުން ތިކަމާ ދޭތެރޭ ވިސްނާލަން… ވިސްނާލާފަ ޖަވާބެއް ދޭނަން.. ” ޒައިން އަށް ބަލައިލަމުން ޒީޝާ ބުންޏެވެ. “އޯކޭ.. ޒީ ބޭނުން ވަރަކަށް ވިސްނާ.. ދެރަވާ ކަހަލަ ޖަވާބެއް ނުދޭނެކަމަށް ހީކުރަން.. ޒީ ގާތު އަހަރެން ބުނެލަން ބޭނުންވަނީ … އިފް ޔޫއާރ އާންސާރ އިސް ޔެސް.. ދުވަހަކުވެސް ޒީ އަކަށް ދެރައެއް ނުދޭނަން..ވަރަށް ލޯބި ދޭނަން.. އައި ވިލް މޭކް ޔޫ ދަ މޮސްޓް ހެޕިޔަސްޓް ގާލް އިން ދަ ވޯލްޑް.. އެހާވެސް ލޯބިވޭ.. ދެހަފްތާ ފަހުން އަހަރެން ރަށަށް ފުރަން..” ޒީޝާއަށް ޒައިން ދިނީ ފުރިހަމަ ޔަގީން ކަމެވެ. އޭރު އޯޑަރު ކުރި އެއްޗިސް ހުރީ ކާން ތައްޔާރުވެފައެވެ. އައި ނީޑް ޓައިމޭ ބުނެފައި ޒީޝާ ކާން ފެށިއެވެ. ޒީޝާ ފެށުމުން ޒައިންވެސް ފެށިއެވެ.

އެރޭ ޒީޝާއަށް ގެއަށް އާދެވުނީ އެގާރަ ޖަހަން ގާތްވެފައި ހުއްޓައެވެ. “ޒީ… ޒީގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރާނަން” ޒީޝާ މެންގެއަށް އަރާ ހަމަވުމުން ޒައިން ބުނެލިއެވެ. ގުޑް ނައިޓްއޭ ބުނެލުމަށް ފަހު ގޭތެރެއަށް ޒީޝާ ވަދެގެންދިޔައެވެ. އޭރު ޒައިން ހުރީ ޒީޝާ ގޮސް ގެއްލެންދެން ބަލާށެވެ. އެއީ އޭނާގެ ހިތުގައި ރަނިކަން ކުރަމުންދާ ރާނީއެވެ.  ކެތްތެރި ކަމެއް ނެތި ދެން އިންތިޒާރު ކުރެވޭނީ ޒީޝާގެ ޖަވާބަކަށެވެ. ބުނަން ބޭނުންވި ވާހަކަ ބުނެވުމުން ޒައިން ހުރީ ފުދޭވަރަކަށް ހިތްހަމަ ޖެހިފައެވެ. އެހިތަށް އެއްކޮށް ހަމަޖެހުމެއް ލިބޭނީ އޭނާ އެދޭފަދަ ޖަވާބެއް ޒީޝާގެ ފަރާތުން ލިބުމުންނެވެ. ކުޑަ އިރުކޮޅެއްވަންދެން ވިސްނަން ހުރެފައި މިސްރާބުޖެހީ ގެއަށް ދިޔުމަށެވެ.

ގޭތެރެއަށް ވަދެގެން އައި ޒީޝާ ހިތްހަމަ ޖެހުނީ މީހަކު ފެންނަން ނެތުމުންނެވެ. އެހާ ލަސްކޮށްފައި ގެއަށް އައީމަ ބައްޕަ ހިތްހަމަ ނުޖެހިދާނެތީއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމަށްފަހު އަވަސްވެގަތީ ނިދާލުމަށެވެ. އެއީ މާދަމަ ހެނދުނު ކޮލެޖްއަށް ދާން ހޭލަން ޖެހޭނެތީއެވެ. ފާހަނައަށް ވަދެ އެއްޗިސް ބަދަލުކޮށްގެން އައިސް ނިދަން ޖައްސާލިއެވެ. އެހެން އޮންނަތާ އިރުކޮޅެއް ވީއިރުވެސް ޒީޝާގެ ލޮލަކަށް ނިންޖެއް ނައެވެ. ވާނީވެސް އެހެންތާއެވެ. ޒައިން މިރޭ ދެއްކި ވާހަކައާ މެދު މާބޮޑަށްވެސް އޭނާއަށް ވިސްނެނީއެވެ. މިއީ ޒީޝާއަށް އެފަދަ ކަމަކާ ވިސްނަން ޖެހޭ ފުރަތަމަ ފަހަރެވެ. ވިސްނިވަރަކަށް އޭނާގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ.

ޒީޝާ އެކޭ އެއްފަދައިން ޒައިން އަށް ވެސް އޮތީ ނުނިދިފައެވެ. ޒީޝާ ދޭނެ ޖަވާބަކާ މެދު ވިސްނެނީއެވެ.ޒައިން އަންހެން ކުއްޖަކަށް ލޯބި ހުށައެޅި ފުރަތަމަ ރެއަކީ މިރެއެވެ. އެހެންކަމުން ޒީޝާވެގެން ދާނީ އޭނާ ހަޔާތުގައިވެސް ވަރަށް ހާއްސަ ކުއްޖެއްގެ ގޮތުގައެވެ.

އޭގެ އަނެއް ދުވަހެވެ. ޒީޝާ ތައްޔާރުވެލައިގެން އައިރު އެންމެންވެސް ސައިބޯން ތިއްބެވެ. ރޭ ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ޒީޝާ އިނީ ކުޑަކޮށް ބޮލުގައި ރިއްސާތިއެވެ. އެކަން ނާހިދާއަށް އެނގިގެން ސުވާލު ކުރިއެވެ. “ދަރިފުޅު މިއަަދު ބަލީތަ…؟ މާ ފާޑަކަށް ތިއިންނަނީ..؟ ޒީޝާއަށް ބަލައިލެވުނީ ނާހިދާގެ މޫނަށެވެ. “ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ.. ބޭސް ކާލަނިކޮށް ރަނގަޅު ވެދާނެ” މަންމަ ކަންތައް ބޮޑުވެދާނެތީ ޒީޝާ އަވަހަށް ބުނެލިއެވެ. “ބޮލުގަވެސް ރިއްސާނެދޯ.. ރަނގަޅަށް ނިދި ނުލިބޭތީ.. ” ރޭ ޒީޝާ ލަހުން ގެއަށް އައުމުން ސައީދު ހުރީހިތްހަމަ ނުޖެހިފައެވެ. ރޭ ޒީޝާ ގެއަށް އައިރު ސައީދު ހުރީ  ކާގޭގައި ކަމުން ޒީޝާއަށް ނުފެނުނީއެވެ.އޭނާއާ ހެދި ބައްޕަ ހިތްހަމަ ނުޖެހިފައި ހުރުމުން ޒީޝާ ދެރަވިއެވެ. “މިއަދަށްފަހު ރޭގަނޑު ދިހައެއް ޖެހުމުގެ ކުރިން ގޭގަ ހުންނަން ޖެހޭނެ..” ސައީދު ގޮނޑިން ތެދުވީ ފަހުބަސް އިއްވާފައެވެ.

ސަމާ އަންނަންދެން ގޭޓް ކައިރީ  ޒީޝާ މަޑުކޮށްލައިގެން ހުއްޓެވެ. އޭރު ކޮންމެވެސް ވަރަކަށް ވައިޖެހެއެވެ. ތަންކޮޅެއް ދުރުން ބާރު ހިނގުމެއްގައި ސަމާ އަންނަތަން ފެނެއެވެ. “އޭ ޒީ ވަރަށް ސަޅި ބިޓެއް  ފެނިގެން މިއުޅެނީ…. ވާއު ހާދަ ހޮޓްއޭ.. ޔަގީންޒީވެސް ހިތްކިޔާނެ..” ޒީޝާގެ ކުރިމައްޗަށް ހުއްޓެމުން ސަމާ ބުނެލިއެވެ. ޒީޝާއަށް ހެވުނެވެ. “ސަމާ އަބަދުވެސް އުޅެނީ ތިވަރެއްގައެއްނު… ތިވާނީ ރަނގަޅަށް ވީއިރު މީހެއްގެ ފިރިއަކަށް..” ޒީޝާ ދިމާކޮށްލިއެވެ. “ޒީ އަށް އެނގޭނީ ދިމާކުރަން.. ވަރަށް ފޫހިވޭ..” ތުން އަނބުރާލަމުން ސަމާ ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ކައިގެން ޒީޝާ ވަނީ ކޮޓަރިއަށެވެ. ފޯނަށް މެސެޖެއް އައުމުން މެސެޖް ކިޔާލިއެވެ. “ޒީ.. ކީއްކޮށްލަނީ.. މިސްވީމަ މެސެޖެއް ކޮށްލާ ހިތްވީ” އެއީ ޒައިން ކޮށްފައި އޮތް މެސެޖެކެވެ. ކަމެއް ނުކުރަމޭ ލިޔެލާފައި ޒީޝާ މެސެޖް ކޮށްލިއެވެ.

އެރޭ ޒީޝާ ވަރަށް ރަނގަޅަށް ޒައިންއާ ދޭތެރޭގައި ވިސްނާލިއެވެ. ޒައިން އަކީ ގޯސް މީހެއް ނޫންކަން އޭނާއަށް އެނގެއެވެ. ޒީޝާ ދެކެ ލޯބިވާ ވާހަކަ އޭރު ނުބުނީ ޒީޝާގެ ކިޔެވުމަށް ހުރަސްއެޅިދާނެ ކަމަށް ވިސްނާފައޭ ޒައިން ބުނި ބުނުން ހަނދާންވުމުން އެތުންފަތްމަތީ ކުޅެލީ ހިނިތުންވުމެކެވެ. މީހަކަ ދޭތެރޭ ވިސްނޭނީ ދެން އެވަރަކަށެވެ. ކުއްޖަކާ ރައްޓެހިވާން ޒީޝާ ޖެހިލުންވެއެވެ. އެއީ ބައްޕަގެ ހަރުކަށިކަމުންނެވެ. ބައްޕަ ރުޅި އަތުވެއްޖެނަމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ޒީޝާއަށް އެނގެއެވެ. އެރޭވެސް އޭނާއަށް ނިދުނީ ވަރަށް ލަހުންނެވެ. (ނުނިމޭ)

Share Article

Follow Me Written By

Hannah

Level 110 Stories

Other Articles

Previous

އަލްމާޝް 5

Next

ހަތަރު އުދަރެސް (10)

Next
July 22, 2015

ހަތަރު އުދަރެސް (10)

Previews
July 21, 2015

އަލްމާޝް 5

20 Comments!

  1. Hannah says:
    July 21, 2015 at 11:47 pm

    Hope you all are doing well. sorry for the late upload. read and present your views about the story here. enjoy 🙂 GOOD NIGHT

  2. vaahaka says:
    July 21, 2015 at 11:47 pm

    keeveta ma kuruko liyefa up kurani ti digu ko liyevuny ma up kuraa nama kuru v ma kiyaa hite nuvey ….

  3. ifaa says:
    July 21, 2015 at 11:53 pm

    V salhi

  4. nukko says:
    July 21, 2015 at 11:57 pm

    Thankolheh kuru.. ekm v v v reethi mi story… hopefully waiting for the next part.. 😉

  5. Alim says:
    July 22, 2015 at 12:07 am

    Vvvv cute 🙂
    Ven nxt part?

  6. SOMEBODY says:
    July 22, 2015 at 12:19 am

    i love this story

  7. fathun says:
    July 22, 2015 at 12:35 am

    Story v reethi..ekamak thankolheh kury..nxt prt dhigokoh genesdheyn veyehnu..

  8. Crazi says:
    July 22, 2015 at 1:14 am

    Story dhigu kohlaa eyrun vrh habes vaane..mi part ves hadi eh noon…but reethi

  9. Liaa Mahdhy says:
    July 22, 2015 at 9:25 am

    salhi… mi vhka kuda koh dhigu kohli nama… hope youu will do that in 6th part. And Goood morning

  10. ken says:
    July 22, 2015 at 12:35 pm

    Story reethi…ekam maaa bodahves kureee

  11. Meera says:
    July 22, 2015 at 2:37 pm

    mi vaahaka varah reethi.. Hannah iyye 2 parts genesdhiney dho.. evarun vaaney.. maa bodah dhigu veema ves foohivaaney.. Good work hannah 🙂

    1. sumone says:
      July 22, 2015 at 3:25 pm

      asluves dhw……….. dhn eyrun ulheyne dhigu kamun kiyan foohi vegen hurihaa kudhin dhw… 😛 😛 😛 😛 😛 😛

    2. swyty girl.. says:
      July 22, 2015 at 7:42 pm

      Asluvx.. Maadhigu vyma vx vvv hadi n loyan foohi vx vaane dhw…. Anyways stry is soooo nice.. Keep it up..♥♥

  12. sumone says:
    July 22, 2015 at 2:40 pm

    mi part ves varah salhi………… when is the next part???????????? ❤❤❤❤❤❤❤❤❤❤❤❤❤ 🙂 😀

    1. swyty girl.. says:
      July 22, 2015 at 7:45 pm

      Sry kiyan

  13. Hannah says:
    July 22, 2015 at 7:39 pm

    Maadhama rey aneh part genesdheynan.. kudakoh balive miulhenee miadhu.. 🙁 and thanks comment kohli hurihaa kudhinnah.. 🙂

    1. swyty girl.. says:
      July 22, 2015 at 7:43 pm

      OK Hannah… Thanks mikahala rythi vaahakaeh eh genas dhey thyve…. GWS….

    2. sumone says:
      July 22, 2015 at 7:53 pm

      owkeiiiiiiiiiiiiiiiiiiii……………….. get well soon and make the next part beautiful ingey ………… 🙁 🙁

  14. eeshee says:
    July 23, 2015 at 11:42 am

    vv reethi

  15. Hannah says:
    July 24, 2015 at 12:13 am

    Comment kohli hurihaa kudhinah thanks..
    swyty girl and sumone..thankyou both for your well wishes 🙂 😀

Comments are closed.


All Right Reserved!