ކަޔާލް ބާރަށް ހީގެންފައި ކޮޓަރިން ބޭރަށް ނިކުތެވެ. ކަޔާލް އަށް ނިކުމެވުނީ ހޫދުގެ ކުރިމައްޗަށެވެ. “ކާޔާލް.. މި ކޮޓަރީގަ.. އެ ކީއްކުރަން މި ކޮޓަރީގަ” ހޫދު ބުއްޏެވެ. ޖަވާބުގައި ކަޔާލް ޖަހާލީ ވަރުގަދަ ހިނިގަޑެކެވެ. އަދި އެތަނުން ދާން ހިގައިގަތެވެ. ހޫދު ކޮޓަރިއަށް ވަތް އިރު ލިބުނީ ސިހުމެވެ. ކޮޓަރި ތަޅުން މަތީގައި އޮތީ ހަސީނާ އެވެ. އޭނާ އޮތް ގޮތުން ހޫދު ގާތަށް ހިނި އައެވެ. “ދެން ވެސް ހެނީތަ.. އަހަރެން ނަގައިދީބަލަ… އަވަސް.. ތުންފައި […]
“އޭ މިރޭ މީ އަރީފުގެ ޓްރީޓެއް ދޯ؟” ޖޭޒް ކެފޭގެ މޭޒު ދޮށުގައި އިށީންނަމުން ޔިވާމް ވާހަކަ ދެއްކިއެވެ. އޭރު އަރީފް އަދި އަހުނަ އޯރޑާރ ކޮށް ނިމިއްޖެއެވެ. “ތިހެންނޯ.. ދެންވެސް އަވަހަށް އޯރޑަރ ދޭންވީނު…” ޔިވާމް އަތަށް މެނޫ ދިއްކޮއްލަމުން އަހުނަފް ވާހަކަ ދެއްކިއެވެ. ކޮފީގައި ތިބެގެން ތިން ރަހުމަތްތެރިން ދިޔައީ އެކި އެކި ވާހަކަތައް ދައްކަމުންނެވެ. ޔިވާމް އާއި އަހުނަފް ކޮންމެވެސް މަޖާއެއްޗެއް ބުނުމަށްފަހު ހިނިގަނޑެއް ޖަހާލިއެވެ. ނަމަވެސް ފޯނަށް ގެއްލިފައި އިން އަރީފަށް […]
ގޭތެރެއަށް ވަދެފައި ނަޞްރާއަށް ކުރާނެ ވަކި ކަމެއް ނުވިސްނުނެވެ. އަންނައުނު ފޮށިން ނަގާނީއޭ ހިތަށްއެރިއެއްކަމަކު އެކަން ކުރެވޭ ވަރަށްވުރެ ވަރު ބައްޔެވެ. ބައްޕައާއި އަފްރީން ނާންނަނީސް ނިދާކަށް ބޭނުމެއް ނުވިއެވެ. ނަޞްރާ ވަރުބަލި ގޮތަކަށް ސޯފާއަށް ވެއްޓިގަތެވެ. ނިދަން ބޭނުން ނުވިއެއްކަމަކު ދެލޯ މަރާލިތާ މާގިނައިރެއްނުވެ ނަޞްރާއަށް ނިދުނެވެ. ނަޞްރާއަށް ހޭލެވުނީ އަފްރީންއާއެކީ ގެއަށް އައި ޝަރީފް އޭނައަށް ގޮވާލުމުންނެވެ. ނަޞްރާއަށް ލުއްކެއްޖަހައި ތެދުވެވުނީ އޭނައަށް ނިދުނުކަން ޤަބޫލުނުކުރެވިފައިވާ ޙާލުގައެވެ. ނަޞްރާއަށް ވީގޮތުން ޝަރީފާއި އަފްރީންވެސް […]
ކުލާސްތެރޭގައި ހުރި މުދައްރިސް އަތްމަތީގައި އޮތް ފޮތެއް ބަލައިގެން ބޯޑުގައި އެއްޗެއް ލިޔަމުން ގެންދިޔައެވެ. ކުލާހުގައި ތިބި ކުދިން އެ ލިޔެވޭ އެއްޗެއް ފޮތްތަކަށް ނަގަމުން ދިޔައިރު އެމީހުންގެ މެދުގައި އެކިއެކި ވާހަކަތައްވެސް ދެކެވެމުން ދިޔައެވެ. އެއްބަޔަކު މިއީ ހާދަ ފޫހި ގަޑިއެކޭ ބުނަމުން ދިޔައިރު އަނެއްބަޔަކު ކޮންމެވެސް ކަމަކާ ހޭން ތިއްބެވެ. ކުލާހުގެ އެންމެ ފަހަތު ބަރީގައި ތިބި އަންހެން ކުދިންތައް އޮލަ ވާހަކައެއްގައި ތިއްބެވެ. އެހެން ދުވަސްތަކަކާ ޚިލާފަށް މިއަދު އަފްރީން އިނީ އެ […]
“އަހަރެންނަށް ކަލޭމެން ދިން ހޮސްޕިޓަލްޓީއަށް ވަރަށް ބޮޑަށް ޝިުކުރިއްޔާ.. ދިއުމުގެ ކުރިން އެއްޗެއް އަހާލަން ބޭނުންވޭ.. ކަލޭމެން އެއްވެސް މީހަކަށް ހިލްމީގެ ހާލަތެއް އެނގޭތަ” ނާޝިދު ނުލަފާ ފާޑަކަށް ހީގަންނަމުން ސުވާލު ކޮށްލިއެވެ. ފައިސަލްއާއި ނިހާންއަށް އެކަކު އަނެކަކާއި ދިމާލަށް އެވަގުތު ބަލާލެވުނެވެ. ************ “ހިލްމީގެ ހަބަރެއްވޭތޯ ބަލާބަލަ” ހާސްކަމާއި އެކު ނިހާންއާއި ދިމާލަށް ފައިސަލް ބަލާލީ ނާޝިދު އެތަނުން ނިކުމެގެން ދިޔައީމައެވެ. އަދި ބާރު ހިގުމެއްގައި އައިސް ޔާސިރު ހުރިތޯ ރޫމްއަށް ވަނެވެ. “ސަރ ހިގައްޖެ” […]
“ތީ ވަކި… އިކްލީލް ސާރ އާއި އަފޫ އެއްތަން ވީމަ ވާހަކަ ހުސްވޭތަ” އަލްމާޝް ވެސް ދެރަވާކަށް ބޭނުމެއްނޫނެވެ. ކައިރީގައި ހުރި ދިފްރާން ހީލުމުން އަފާފް ދިފްރާންގެ ބަނޑުގައި ވިކައިގަތެވެ. ޕާރޓީ ނިންމާފައި އެންމެން ދާން ފެށުމުން އަލްމާޝް އާއި އަފާފް އެކަނި ފޮޓޯ ނަގަން ބޭނުންވިއެވެ. ނާފް އަތުގައި އޮތް ކެމެރާއިން ފޮޓޯނަގަމުން ދަނިކޮށް އަލްމާޝް ވަރަށް ބާރަށް އޯކަށްދެމިގަތެވެ. ދުރުގައި އިން ފަޒްނާ އަށް ދުވެފައި އާދެވުނީ އަލްމާޝް ހުރި ދިމާލަށެވެ. އަފާފް އާއި […]
ސިޓިން ރޫމުގައި އިން ނާޒިމް އިނީ ޚިޔާލަކަށް ގެއްލިފައެވެ. އެވަގުތު އާޝިޔާ އައިސް ކައިރީގައި އިށީދެ ގޮވާލުމުން ވެސް ނާޒިމްއަށް ހޭވެރި ކަމެއް ނުވެއެވެ. “ނާޒިމް.. އޭތް..” އާޝިޔާ ކޮނޑުގައި ހިފުމުން ނާޒިމް ސިހުނެވެ. “އާނ ހޫމް ކީކޭ..” ނާޒިމް ބުނެލިއެވެ. “ކިހިނެތްވެފައި ތިއިނީ މިވަރަށް ގޮވާއިރު.. ހިނގާ ހޮސްޕިޓަލަށް ދާން.” އާޝިޔާ ބުނެލިއެވެ. “އަހަރެން ކޮން މޫނެއް ދެން މާކިންއަށް ދައްކާނީ.. އަހަރެން އޭނާ ދަރިއެއްގެ މަޤާމުން ވަކިކުރީ..” ނާޒިމް ދެރަވެފައި އިނދެ ބުނެލިއެވެ. “ދެން […]
“ދަރިފުޅާ ޒީޝާ ދޭބަލަ ފިހާހަރައަށް ގޮސް ހަވާދު ޕެކެޓެއް ގަނެގެން އަންނަން” ޒީޝާ ސިހުނީ ނާހިދާ ވާހަކަ ދެއްކުމުންނެވެ. އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު ޒީޝާ ފިހާރައަށް ދިޔައެވެ. “އޭ ޒީޝާ” ފިހާރަތެރެއަށް ވަންނަ އުޅުނު ޒީޝާ މަޑު ކޮށްލީ މީހަކު ގޮވާލުމުންނެވެ. އޭރު އޭނަ ހުރި ދިމާލަށް މީހަކު އަންނަތަން ފެނެއެވެ. “ޒައިން… ކޮންއިރަކު މާލެ އައިސްގެން ތިއުޅެނީ.. ހާދަ ތަފާާތޭ މިހާރު” ޒައިން އައިސް ޒީޝާގެ ކުރިމައްޗަށް ހުއްޓުމުން ހައިރާންވެފައިހުރެ ޒީޝާ ބުންޏެވެ. “ތަފާތުވާނުން. ދެއަހަރު […]
” ޝުހޫއެއް ނޫން. ޝުދޫ ކިޔާނީ. އެއީ ހަމަ ރަތް މިރުހެއް. މިހާރުވެސް އަހަންނަށް އެމިރުހުން ވަރަށް ކުޅިވެއްޖެ. ބޯހަރުކަމުން އެއް ވަނަ އެއީ.” އަހަރެން ކިޔައިދިނީމެވެ. ” ބުނެ ދެން ވާހަކަދައްކާ ފަހަރަކުން މާފާޑު ފާޑުކުރަންޏާ ޝުދޫއާއި އިނދެފަޔޭ ހުއްޓާލާނީ. އޭރުން މައިތިރިވެދާނެ.” އިމާން ބުނީވެސް ގޯސްވާހަކައެއްނޫނެވެ. ” ތިހެން ބުނެފިއްޔާ ދެން ދުވަހަކުވެސް އަހަންނާއި ވާހަކަ ދައްކާނެ ހެނެއް ހީއެއްނުވޭ. ތިހެނެއް ނުބުނެވޭނެ!” އަހަރެން ބުނީމެވެ ” ތިހެން ވިއްޔާ ތިކަމެއް ނުވާނެ. ތިހާ […]