ޝުދޫ…. (3) ވަނަ ބައި
” ހަމަ އަސްލުވެސް އަހަންނަށް ޝުދޫ ދެކެ ވަރަށް ލޯބި ވެވިއްޖެ. ނުފެނުނަސް، ބައްދަލުނުވިޔަސް، އަހަންނަށް ބައެއް ފަހަރު ހީވަނީ ޝުދޫއާއިއެކު އުޅެވޭހެން.” އަހަރެން އަސަރާއިއެކު ބުނީމެވެ.
” ލޯތްބަކީ މިދުނިޔޭގައި އަހަރެން ދުވަހަކުވެސް ޤަބޫލުކުރާނެ އެއްޗެއްނޫން.” ޝުދޫ އާދައިގެ ގޮތަކަށް ބުނެލިއެވެ.
” ތިހެން ބުނަން ހެޔޮވެސް ނުވާނެ. ކޮންމެވެސް އެއް ދުވަހަކުން ޝުދޫގެ ހިތުގައި މީހަކަށް ލޯބި އުފެދުމުން، އަހަރެން މިބުނާ ބަސް ހިތަށް އަރާނެ. އޭރު އޮންނަނީ ވަގުތުފާއިތުވެފަ.” އަހަރެން ޝުދޫއަށް ވިސްނައިދޭން މަސައްކަތްކުރީމެވެ.
” ލޯބި ޤަބޫލުނުކުރާ މީހަކު، މީހަކު ދެކެ ލޯބިވާނެތަ؟ ދައްކާ މޮޔަވާހަކަ. ޢާޒިމްދެން މާމުސްކުޅިވީއޭ މިހާރު. ތިކަހަލަ ވާހަކަ ތިދައްކަނީ އެހެން ވެގެނެއްނު.” ޝުދޫ ދިމާކުރަން ފެށިއެވެ.
” ޙަޤީޤަތަކީ، އަހަންނަށް ޝުދޫދެކެ ލޯބިވެވުނު ކަން. މިހެން އަހަރެން ބުނުމުން، ޝުދޫ ޙައިރާނެއްނުވާނެ. ޝޮކެއްވެސް ނުލިބޭނެކަންވެސް އިނގޭ. އެކަމަކު، އަހަރެންގެ ހިތުގައި ޝުދޫގެ ނަން ބިންވަޅު ނެގި ނިމިއްޖެ. ހިތަށްއަރާ އަހަރެން މިވާ ވަރަށް ޝުދޫވެސް އަހަރެންދެކެ ލޯބިވާނެނަމައޭ. އަޅެ ބުނެބަލަ. އަސްލުވެސް އަހަރެންދެކެ ލޯތްބެއްނުވޭތަ؟” އަހަރެން މަޑުމަޑުން ބުނީމެވެ.
” ނުވޭ. ދުވަހަކުވެސް ނުވާނެ. ދެން ޢާޒިމް މިހާރު ތިއުޅެނީ މޮޔަވެގެން. ތިހެން އުޅެންޏާ ދުވަހަކުވެސް ވާހަކައެއް ނުދައްކާނަން.” ޝުދޫ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
” ތިހެން ނަހަދާތި. ތިހެން ހަދައިފިއްޔާ އަހަރެން މަރުވެސްވެދާނެ. އަސްލުވެސް، ދިރިއުޅުމުގައި އަހަރެން ވަރަށް ފޮނި އުންމީދުކޮށްގެން މިހިސާބަށް މިއައީ. އެކަމު، އަހަންނަށް އެއްވެސް އުފަލެއް ނުލިބޭ. އަހަރެން ހީކުރިން ޝުދޫއާއި މިހެން ދިމާވުމުން، ތީ އަހަރެންގެ ނަޞީބޭ. އެކަމަކު..” އެހިސާބަށް ބުނުމަށްފަހު، އަހަރެން ފުން ނޭވާއެއް ލީމެވެ.
” ހާދަ ފުން ނޭވާއެއް ތިލީ. ހަމަ ޖެހުނީތަ؟ ބުނަންހުރި ހުރިހާ އެއްޗެއް ބުނެވުނީތަ؟” ޝުދޫ އަނހާލިއެވެ
” ނޫނޭ. މަގޭ ހިތުގެ ރިހުން އިނގޭނީ އަހަންނަށް. ދުރުގަ ހުންނަ މީހަކަށް އެކަމެއް ނޭނގޭނެ. އެއީތާ މިމައްސަލައަކީ. އަހަރެން ހީކުރި ކަހަލަ ކުއްޖަކަށް ޝުދޫއެއް ނުވި. ވަރަށް ދެރަ. އަހަރެން މިރޭ އަމިއްލަ އަށް މަރުވާނަން. މިދަނީ ފަސްވަނަ ބުރިން ފުންމާލަން. އޯ.ކޭތަ؟” އަހަރެން ވަރަށް ދެރަވާކަމަށް ހަދާފައިބުނީމެވެ..
” އޯ.ކޭ. އަވަހަށް ގޮސް ފުންމާލާ. އޭރުން ޢާޒިމްއާއިހުރެ އަހަރެން ބޯގޮވާކަށް ނުޖެހޭނެއްނު. ކޮންމެ ރެއަކު، އެފައްޓާވާހަކައެއް ދެން ހުއްޓާނުލާނެ. ހީވާނީ ބޮލި ރަވައެއް ތަޅުވާހެން. އަހަރެން ލޯބިނުވަންޏާ، ނުވާ ވާހަކަ މިބުނަނީ. އަހަންނަކީ، ޢާޒިމް ހީކުރާ ކަހަލަ ކުއްޖަކަށް ދުވަހަކުވެސް ނުވާނެ. ވާކަށް ނުވެސް ޖެހޭނެ. އޯ.ކޭ. ހީކުރީތަ މީ ޗީޕް އަންހެން ކުއްޖެއްކޭ. ނޯ. ނެވަރ. ފޮގެޓްއިޓް. އޯ.ކޭ.” ޝުދޫ އެއްނާވައިން ކަހަލަ ގޮތަކަށް ފައްޗަކަށް އަމުނާލިއެވެ.
” ދެން އޯ.ކޭ. އަހަރެން އިތުރަށް ވާހަކަ ދައްކާކަށް ނޫޅެން.” އަހަރެން ކުރު ޖުމްލައަކުން ބުނީމެވެ.
” އިތުރަށް ވާހަކަ ދެއްކޭނީވެސް އަހަރެން އިތުރަށް ވާހަކަ ދައްކަން ފުރުޞަތުދީގެންތާދޯ. އެކަމަކު، ޢާޒިމްމެން މުސްކުޅިވީމަވެސް ޒުވާންކުދިން ފަހަތުން ދުވަނީދޯ. މިޝުދޫގެ މަތިން ދެން ހަނދާން ނައްތާލަބަލަ.” ޝުދޫ ބުނެލިއެވެ.
” ޝުދޫ ބުންޏަސް، ތިޔަ ކަމެއް ނުވާނެ. ތިނޫން ކޮންމެވެސް އެހެންކަމެއް ބުނެފިއްޔާ، ފަހަރުގައި ވެދާނެ. އަހަރެންގެ ހިތް އެދޭ ކަމަކަށް އަހަރެން ފުރަގަސްދޭނީ ކިހިނެއްތަ؟” އަހަރެން އާދޭހުގެ ރާގުގައި ބުނީމެވެ.
” ދެން ތިވާހަކަ ނުދައްކާ. އޯކޭތަ މާލޭގެ ކަންތައްތައް މިހާރު؟ ވަރަށް ކަންތައްތައް ގޯސްތަ މިހާރުވެސް؟ ހުރިހާ މީހުން ވެރިކަމާ ހިފަނީދޯ؟” ޝުދޫ މާލޭގެ ވާހަކަ ދައްކަން ފެއްޓިއެވެ.
” ދެން ހަމަ އެކަހަލަ ގޮތެއް. ދޭތެރެ ދޭރެއިން ތިބުނާ ޝޯވްތައްވެސް ފެނޭ. ދެން ހީވަނީ ކޮންމެ ބަޔަކުވެސް މޮޔަވެގެން އުޅޭހެން.” އަހަރެން ބުނީމެވެ.
” ތިކަން އިނގޭ. ޢާޒިމްވެސް ތިއުޅެނީ އަހަންނާއި ހެދި މޮޔަވެގެނެއްނު. އަހަރެންގެ ހިތަށް އަރާ، ނުވާން ހުންނަ ކަންތައްތަކަށް އިންސާނާ ފައިނަގަނީ ކީއްވެގެންބާވައޭ؟ މޮޔައީދޯ؟” ޝުދޫ ބުނެލިއެވެ.
” އަހަރެން މޮޔަވެގެން މިއުޅޭނީ ލޯތްބަށްޓަކައި. އެއީ ކުށެއްނޫންހެން އަހަންނަށް ހީވަނީ؟” އަހަރެން މަޑުމަޑުން ބުނީމެވެ.
” ދެން އޯ.ކޭ. އަހަރެން މިދަނީ ނިދަން. މާލެ ގޮއްސަ ފަހަރުގަ ދިމާވޭތޯ ބަލާނަން. ތިހާ ދެކޭ ހިތުން އުޅެންޏާ ދެން ދިމާކުރަންޖެހޭނެދޯ. އަހަރެންވެސް ޖެހޭނެދޯ ކޮންމެވެސް ވަރަކަށް މީހުންނަށް ހެޔޮކޮށްހިތަންދޯ.” ޝުދޫ ބުނީ އަހަރެން ވަރަށް ހިތްހަމަޖެހުނު އެއްޗެކެވެ.
” ތީގެ މާނައަކީ މާލެއައިސްފަ އަހަންނަށް ގުޅާނަމޭދޯ.” އަހަރެން ޔަޤީންކޮށްލަން ބޭނުންވިއެވެ.
” ވެދާނެ ތިހެންވެސް.އޭ ދެން ބާއްވަނީ މަންމަ އެގުޅަނީ؟” ޝުދޫ އަހަންނާއި ވާހަކަދެއްކުން ހުއްޓާލީ އެހިސާބުންނެވެ.
އަހަރެން ގޮނޑިން ތެދުވެގެން ބަދިގެ ފަރާތަށް ހިނގައިގަތީ އެހިސާބުންނެވެ. އޭރު ގަޑިން އެގާރަ ޖަހަން ކައިރިވަނީއެވެ. އަހަރެން ދިޔައިރު، ސުހާ އިނީ ކާމޭޒުކައިރީގައެވެ.
” ކޮން ޝުދޫއެއްތަ އެއީ. ޢާޒިމްއަކަށް ނުލިބޭނެ އޭނައެއް.” ސުހާ ހެމުން ހެމުން ބުނެލިއެވެ.
” ބޮޑެތި މީހުންގެ ކަންތައްތަކުގެ ތެރެއަށް ކުޑަކުދިން ވަންނާކަށް ނުވާނެ. ދެންވެސް އަވަހަށް ކައިގެން ނިދަންދޭ. ގޮއްސަ އަނެއްކާ އަހަރެންގެ ޖެލްދަޅު ތަޅާނުލާތި.” އަހަރެން މަޑުމަޑުން ބުނީމެވެ.
” ތޭރާ ސަޕްނާ ހަޤީޤަތު ނެހީހޯގާ. ލޭކިން މޭރާ ސަޕްނާ ޒަރޫރު ހަޤީޤަތުހޯގާ.” ކާމޭޒުކައިރިން ދަމުން ސުހާ އަހަންނަށް ބަހަކުން ޖަހާލިއެވެ.
ސުހާއަކީ އާދައިގެ ކުއްޖެއް ނޫނެވެ. އަހަރެންގެ ހުފަވެން ހަޤީޤަތަކަށް ނުވިއްޔާ ސުހާއަށް ނުވަތަ އެހެން މީހަކަށް ކީއްހެއްޔެވެ؟ ސުހާގެ ހުވަފެންތައް ހަޤީޤަތަކަށްވީމަ އުފާވާނީ ސުހާއެވެ. އަހަރެންވެސް ކޮންމެވެސް ވަރަކަށް އުފާވާނެއެވެ. އަހަރެންގެ ތިމާގެ މީހަކަށް އޭނާވުމުންނެވެ. އެކަމަކު، އަހަރެންގެ އަމިއްލަ ކަންތައްތަކާއި ބެހެން އޭނަ އަދި ތަންކޮޅެއް ކުޑައެވެ. އަހަރެން އިތުރަށް އެއްޗެކޭ ނުބުނީ މަސްލަޙަތުގޯސްވެދާނެތީއެވެ. ސުހާއަކީ ރުޅިގަދަ ކުއްޖެކެވެ. އެކަން އަހަންނަށް އިނގެއެވެ. ނަމަވެސް، ޝުދޫ އަހަންނަށް ނުލިބޭނެޔޭ ބުނާކަށް ސުހާއަކަށް ނުޖެހޭނެއެވެ. ވީއިރު، ސޯފާސެޓްގައި ޓީ.ވީ ބަލާކަމަށް ހަދާފައި އިނދެގެން ސުހާ ސިއްރުން އަހަރެން ދެއްކި ވާހަކަތައްވެސް އަޑުއެނހީކަންނޭނގެއެވެ. ދެން ވާނީ އެކަހަލަ ގޮތެކެވެ. އުޅެން މިޖެހެނީ ކުދިކުދި ތަންތަންކޮޅުގައެވެ. އެކަކު، އަނެކަކު ދައްކާ ވާހަކަތަކާއި ކުރާ ކަންތައްތައް އަޑިއިވި، ފެންނަ ހިސާބުގައެވެ.
” އާދެ ކޮފީއަކަށް.” އިމާން އަހަންނަށް ގުޅީ ނިދަން އެދަށް އަރަނިކޮށެވެ.
” ކޮންތާކަށްތަ ދާންވީ؟” އަހަރެން އަނހާލީމެވެ.
” ރޯޔަލްއަށް އާދޭ.” އިމާން އަވަސް އަވަހަށް ބުނެލިއެވެ.
އަހަރެން ސައިކަލަށް އަރާ ސްޓާޓްކޮށްލަނިކޮށް ފޯނަށް މިސްކޯލެއް އައެވެ. ބަލާލިއިރު، ގުޅާފައި އިނީ ޝުދޫއެވެ.
” ހާދަ ނުވަގުތެއްގަ ތިގުޅީ؟” އަހަރެން އަވަހަށް ގުޅުމަށްފަހު އަނހާލީމެވެ.
(ނުނިމޭ)
6 Comments
Comments are closed.
amaaz keevetha dhivehivaahaka site ga in ethi continue nukurany………. btw dhn kn iarkun 8th vana part kiyanlibeyny?????????????????????????????
kn irakun**
amaaz cmon …. but stwry is vvvvvvv nice
V nice
nxt part knirakun……….. story vrh reethi
Not bad…