Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (10)

maasham Level 110 Stories
July 22, 2015 4 Mins Read
13 Comments

ސައިޑް ޓޭބަލް މަތީގައި ފޯނު ބޭއްވި އިރު އޭނަގެ އަތްފައި ވަނީ ފިނިވެފައެވެ. މިރޭވެސް އޭނާގެ ހުވަފެންތަކުގެ ތެރެއަށް ބިރުވެރިކަން ފާއްދާލާނެއެވެ. އެވަރަށް އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ.

****

ހެނދުނު ހައެއް ނުޖެހި ކަމުގައި ވިޔަސް ގޭތެރެ ފެންނަނީ ހަލަބޮލިކޮށެވެ. އޮފީހަށް ދިޔުމައްޓަކައި އެއްބަޔަކު ތައްޔާރު ވަމުން ދިޔައެވެ. އަނެއްބަޔަކު އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައެވެ. އޮފީހަށްދާން ތައްޔާރުވެގެން އަހުނަފް އޭނާގެ ކޮޓަރިން ނިކުތީ ފޯނަށް ގެއްލިފައި ހުރެގެންނެވެ. ބަދިގެ ތެރެއިން މަންމަ ގޮވާލުމުން މިދަނީއޭ ބުނެފައި އެ ދިމާލަށް މިސްރާބު ޖެހިއެވެ.

“މިހާރު ތި ފޯނަށް ގެއްލިފަ ނީންނަ ވަގުތެއް ނުދޭ.. އަނެއްކާ ކޮން މަންޖެއެއްތަ؟” ކޮފީތަށިގެނެސް އަހުނަފްގެ ކުރިމަތީގައި ބައިންދަމުން މަރީނާ ވަހަކަދެއްކިއެވެ.

“ދެން އަހަރެން ފޯނަށް ބެލިއްޔާ އެއީ އަންހެން ކުއްޖަކާ ވާހަކަ ދައްކާތީތަ؟ މަންމަވެސް ދޯދެން!” މަރީނާގެ ކޮލުގައި ހިފާލަމުން އަހުނަފް ބުނެލިއެވެ.

“ހޫނ ދެން.. މަންމަވެސް ބޭނުމޭ މިހާރު ދަނބިދަރިއަކު… އެހެންވެ އޭ މިހާވަރަށް އެވާހަކަ މި ދައްކަނީ..” އަހުންފަގެ ބައްޕަ ރަމީޒު ކާގެއަށް ވަނީ ދެމައިން މި ވާހަކައިގައި ތިއްބައެވެ. މޭޒުގެ ކޮޅުގައި އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީންނަމުން އޭނާވެސް ވާހަކައިގައި ބައިވެރި ވެލިއެވެ.

“ދަރިފުޅު މިގެއަށް ގެންނަން ވާނީ ރަނގަޅު ދަނބިދަރިއެއް.. ތީ މި ހުރިހާ ވިޔަފާރިތަކެއްގެ ވެރިއަކަށް ހުންނާނެ ކުއްޖަކީ.. އަދި ބައްޕަ ނެތް ދުނިޔެއެއްގަ އިފާޝާގެ ބަލަދުވެރިކަންވެސް ދާނީ ދަނިފުޅަކައްނު؟ އެހެންވީމައި އެފަދަ މަސްއޫލިޔަތެއް އަދާކުރެވޭ ވަރުގެ ދަނބިދަރިއެއް ދޯ އަހަރުމެން ބޭނުމީ…” މަރީނާއަށް ދޯ ދެމުން ރަމީޒު ވާހަކަ ދެއްކިއެވެ.

ބައްޕަމެން އަހުނަފް ދެވަން ބޭނުންވަނީ ކާކާކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކުރިންވެސް ދެތިން ފަހަރަކު އެ ކަން ރަމީޒު ވަނީ ބުނެފައެވެ. އެހެނަސް އެކަމާ އަހުނަފް އިންކާރު ކުރުމުން އެމީހުން އަޅާނުލީއެވެ. ރަނގަޅު ތަރުބިއްޔަތެއް ދީގެން ބޮޑުކޮށްފައި ވާ ކުއްޖަކަށް ވުމުން އެމީހުން އަހުނަފަށް އިތުބާރު ކުރެއެވެ. އަދި އެ އާއިލާއަށް ދެރަ ގޮތެއްވެދާނެ ކަމެއް އަހުނަފް ނުކުރާނެކަމަށް އެމީހުން ގަބޫލުކުރެއެވެ.

މަންމައާއި ބައްޕަގެ ވާހަކަތައް އަޑުއެހުމަށްފަހު އަހުނަފް ސަމާސަ ކޮއްލިއެވެ. އޭނާ ބުނީ އެ ހިތް ކުއްޖަކަށް ހިބައިން ދެވިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އެ ލޯބި ގަބޫލު ނުކުރާ ހާ ހިނދަކު އަހުނަފް ހުންނާނީ ހުހަށް ކަމަށެވެ. ކިތަންމެ މަޖާވެފައި އެ ވާހަކަ އޭނާ ބުންޏަސް އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެކެވެ. އެ ހިތުގައި ކުރިންވެސް، އަދި މިހާރުވެސް ލިޔެވިފައިވަނީ ހަމަ އެންމެ ނަމެކެވެ.

****

އޮފީސް ހެދުމުގައި ލުޔާ މަޑުކޮއްގެން ހުރީ ދޮރުމަތީގައެވެ. ނަސީރު އާއި ލިއުޒާ އޮފީހަށް ދިޔަތާ ކިތަންމެ އިރެއް ވެއްޖެއެވެ. އެހެނަސް އަރީފުގެ ހިލަމެއްވެސް ނުވެއެވެ. ނުވިތާކަށް އޭނާ ފޯނެއް ވެސް ނުނަގައެވެ. އެންމެ ފަހުން ގަޑި ޖެހިދާނެތީ އޭނާ ހިނގައިގަތެވެ. އެހެނަސް މާދުރަކަށް ނުދެވެއެވެ. ސައިކަލުގައި އައިސް އޭނާގެ ކުރިމައްޗަށް މަޑުކޮއްލީ އަރީފެވެ.

“މީހުން ރައިޑަށް އަހާފަ ދަނީ ހިނގާފަތަ؟” އަވި އައިނު ތިރިކޮއްލުމަށްފަހު ލުޔާގެ ދެލޮލަށް ބަލަމުން އަރީފު ސުވާލުކުރިއެވެ.

“މީހުން ރައިޑު ދޭނަމޭ ކިޔާފަ ފޯނު ނުނަގާ އުޅެންޏާ ޖެހޭނީ ހިނގާކަށެއްނު” އުނަގަނޑުގައި އަތްއަޅައިގެން ހުރެ އަރީފުއާއި ދިމާލަށް ކަޅިއަޅަމުން ލުޔާ ޖަވާބުދިނެވެ.

“ދެންވެސް އަރާބަލަ.. ގަޑި ޖެހިދާނެ..” ހިނިގަނޑެއް ޖަހާލުމަށްފަހު އަރީފު ބުންޏެވެ.

ދެމީހުން އެކުގައި އޮފީހަށް ވަދެގެން ދިޔައިރު އަރީފު ދިޔައީ އޮފީހުގެ އެކި އެކި ވާހަކަތައް ކިޔައިދެމުންނެވެ. ބައްޕަ އާއި އެކު އޮފީހަށް އައިސް އެތަނުގެ ކަންތައްތައް ބަލާފައި ވީނަމަވެސް ބަންދުދުވަހެއް ކަމުން އެއްވެސް މީހަކާ ބައްދަލެއް ނުވެއެވެ. އެހެންކަމުން އަރީފު ދިޔައީ އެންމެންގެ ތައާރަފު ލުޔާއަށް ދެމުންނެވެ. ކޮންމެ މީހަކުވެސް ލުޔާ ފެނުމުން މަޑުކޮށްލުމަށް ފަހު ސަލާމް ގޮވާލައެވެ. އެއީ ނަސީރު އޮފީހަށް އައުމުންވެސް އާދައެވެ. ލުޔާ އަކީ ނަސީރުގެ ދަރިއެއްކަން އެމީހުންނަށް އެނގޭތީ އޭނާއަށް ކުރާ އިޚުތިރާމު ލުޔާއަށްވެސް ކުރަނީއެވެ.

އޮފީހަށް ނިކުތް ފުރަތަމަ ދުވަސް ކަމުން މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. މާކެޓިންގެ އެސިސްޓެންޓް މެނޭޖަރަކީ އަރީފެވެ. އެހެންކަމުން ލުޔާގެ ހުރިހާމަސައްކަތެއް ކުރިއަށް ގެންދިޔަ އިރު އެކަމުގައި އެހީތެރިވެދޭން އަރީފު އުޅުނެވެ.

“އަރީ ބްރޭކަށް ނުދަންތަ؟” ކޮންޓްރެކްޓު ތަކުގައި ސޮއިކޮށް ނިންމުމަށްފަހު އަރީފު އާ އެތަކެތި ހަވަލުކުރަމުން ލުޔާ އެއްސެވެ.

“ލުޔާ ނުދަންތަ؟” ފައިލްތައް ލުޔާގެ އަތުން ނަގައި މޭޒުމަތީގައި ބަހައްޓަމުން އަރީފުވެސް ސުވާލު ކުރިއެވެ.

“އަހަރެން ދަންނަ މީހެއް ނޫޅެއެއްނު… އަރީގެ ރައްޓެހިން ތިބޭނެ މަޑުކޮށްގެން..” އަރީފުގެ މޭޒުދޮށުގައި އިން ގޮނޑީގައި އިށީންނަމުން ލުޔާ ވާހަކަ ދެއްކިއެވެ.

“އަހަރެން ނުދިޔަޔަސް އެމީހުންނަށް ސައި ބޮވޭނޭ..”

“އޭރުން އެމީހުން ހިތައް އަރާނެ އަހަރެންމީ ވަރަށް ހާރޝް މީހެކޭ! އަރީއަށް ބްރޭކް ނުދީ ހިފަހައްޓަނީ އޭ!”

“ރަނގަޅެއްނު، އޭރުން އެމީހުން ލުޔާދެކެ ބިރު ގަންނާނެއްނު!” ލުޔާއާއި ދިމާކޮއްލަމުން އަރީފު ވާހަކަ ދެއްކިއެވެ.

ބްރޭކަށް ދިޔައިރު އަރީފު ދިޔައީ ލުޔާވެސް ގޮވައިގެންނެވެ. އެ ސެކްޝަންގެ އެންމެނާއެކު ކެންޓީނުގެ މޭޒު ދޮށުގައި އިށީނދެގެން ތިބި އިރު އެކި މީހުން ދިޔައީ އެކި އެކި ވާހަކަތައް ދައްކަމުންނެވެ. އޮފީހުގެ ވާހަކަ ތަކާއި އަމިއްލަ ވާހަކަ ތަކެވެ. އަރީފުވެސް އެމީހުންނާއި ބައިވެރިވިއެވެ. މަޑުމަޑުން އަނގައިން ނުބުނެ ލުޔާ އިން ނަމަވެސް ދެކެވޭ ވާހަކަތަކަށް ބޯޖަހަމުން ގެންދިޔައެވެ. އެމީހުންވެސް އިރު އިރުކޮޅާ ލުޔާއަށް ދޯ ދެއެވެ.

*ތެންކް ޔޫ* ލުޔާ އަރީފަށް މެސެޖެއް ފޮނުވާލިއެވެ. ހަގީގަތުގައި އަރީފު ނެތްނަމަ ލުޔާ ވަރަށް ބީރައްޓެހި ވީހެވެ. އޮފީހުގެ ކަމެއްގައި ނޫނީ އަމިއްލައަށް ގޮސް އެހެން މީހުންނާއި ވާހަކަ ދައްކާ ހަދަން ލުޔާއަކަށް ނުކެރޭނެއެވެ. އެހެންކަމުން ސެކްޝަންގެ އެހެން މީހުންނަށް ލުޔާ ތައާރަފު ކޮއްދީ، އަދި އޭނާގެ މަސައްކަތަށް އެހީތެރި ވެދިނުމުން ލުޔާ ވަރަށް ޝުކުރުވެރި ވިއެވެ.

*އަހަރެން ވަޒީފާއިން ވަކި ކޮއްފާނެތީ ބިރުގަތީ.. :P* އަރީފު ފޮނުވި މެސެޖު ކިޔާލުމަށްފަހު ލުޔާ ހީލިއެވެ.

****

އޮފީސް ނިންމާފައި އަރީފުވެސް ދިޔައީ ލުޔާމެން ގެއަށެވެ. އޭރު ލިއުޒާވެސް އޮފީސް ނިންމާލުމަށްފަހު ގެއަށް އައިއްސިއެވެ. އަރީފު ފެނުމާއެކު ލިއުޒާ އަނގައިންވެސް ނުބުނެ ނިކުތީ ފެންޑާ އަށެވެ.

“ކޮންކަމަކާ ރުޅިހަދައިގެން؟” އެމަންޒަރު ފެނިފައި ސުވާލު ކުރީ ހައުފާއެވެ.

“ބްރޭކް ގަޑީގަ ދާނަމޭ ކިޔާފަ ހަނދާން ނެތުނީމަ…” އަރީފު ޖަވާބު ދިނީ ވަރަށް މަޑުމައިތިރި ކަމާއެކުއެވެ.

“އަޅާ ނުލާ! އިރުކޮޅަކުން އޯކޭ ވާނެ.. އަރީފު ދާން ވާނީ މިރޭ ކައިގެން އިނގޭ..” އަރީފުގެ ކޮނޑުގައި ޖަހާލުމަށްފަހު ހައުފާ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. އޭރު ލުޔާ ހުރީ ކޮޓަރިއަށް ވަންނަން ދޮރު ހުޅުވައިގެންނެވެ. އަރީފު ބަލާލުމުން ލުޔާ ނިތް އަރުވާލިއެވެ. އަދި ‘ހަނދާން ނެތުނީ؟’ އޭ އަހާލިއެވެ. ޖަވާބުގައި އަރީފު ކޮނޑު އަރުވާލުމުން ލުޔާ ބޯ ހޫރާލުމަށްފަހު ކޮޓަރިއަށް ވަނެވެ.

****

ވަރަށް އިރު ވަންދެން ވާހަކަ ދެއްކުމަށްފަހު ލިއުޒާ ރުޅި މަޑުވުމުން އަރީފު ގެއަށް ދާން ނިކުތެވެ. އޭރު ގަޑިން އެގާރަގަޑި ބައިވަނީއެވެ. ސިޓިންގ ރޫމަށް ނިކުމެ ދޮރާ ދިމާލަށް އެޅި ފިޔަވަޅާއެކު އަރީފު ހުއްޓުނެވެ. އޭނާއަށް އިވެމުން ދިޔައީ ވޭނީ ރުއިމެއްގެ އަޑެވެ. އެ އަޑު އަންނަ ދިމާލަށް އަރީފު ހިނގައިގަތީ ޖެހިލުންވެ ހުރެއެވެ. އެހެނަސް އެ އަޑުގައި ވާ ރިހުން ގަދަވިވަރަކަށް އަރީފުގެ ފިޔަވަޅުތައްވެސް ހަލުވި ވިއެވެ. ދޮރުމައްޗަށް އަރައި ހުއްޓުމުން އެއީ ލުޔާގެ އަޑުކަން އަރީފު ދެނެގަތެވެ. މުއްކަވާފައި ދޮރުގައި ތަޅައިގަތީ ލުޔާއަށް މީހަކު އަނިޔާ ކުރަނީހެން ހީވުމުންނެވެ. އޭރު އަރީފުގެ ހިތް އޮބިނޯވެއެވެ. ދެތިންފަހަރަކު ލުޔާއަށް ގޮވައިލުމުން ކޮޓަރިން އިވެމުން އައި އަޑު ހުއްޓުނެވެ.

ލުޔާ ދޮރު ހުޅުވި އިރުވެސް އަރީފުގެ ނޭވާ ހަމައަކަށް ނޭޅެއެވެ. ދޮރު ހުޅުވުމާއެކު ލުޔާ ދުރުކޮށްލުމަށްފަހު ކޮޓަރިއަށް ވަދެގަތީ އެތެރޭގައި މީހަކު ހުރިތޯ ބެލުމަށެވެ.

“އަރީފު ކިހިނެތް ވީތަ؟” އަހާލުމެއް ކަހާލުމެއް ނެތި އަރީފު ކޮޓަރިއަށް ވަނުމުން ލުޔާ ބިރުގަތެވެ.

“މިތާ އަހަރުމެން ދެމީހުން ނޫން މީހަކު އެބަ ހުރިތަ؟ ލުޔާ ދޮގު ނަހަދައްޗޭ!” އަރީފުގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. އޭރުވެސް އޭނާގެ ހިތް ނެގި ނެގިފައި ޖެހެއެވެ.

“ނޫން…. ދެން ކާކު؟! އަރީފު ކިހިނެތް ވީތަ؟!” ލުޔާ ވާހަކަ ދެއްކީ ކުރިއަށްވުރެ ބާރަށެވެ.

ލުޔާގެ މޫނަށް ބަލާލުމުން އޭނާ އެ ބުނަނީ ތެދެއްކަން އަރީފަށް އެނގުނެވެ. އޭރުވެސް ލުޔާ އަށް ވާނުވާއެއް ނޭނގެއެވެ. އެގަޑީގައި އެހާ ހާސްވެހުރެ އަރީފު އެ ކޮޓަރިއަށް ވަންނަންވީ ކީއްވެގެން ހެއްޔެވެ؟ އެތަނުގައި އެހެންމީހަކު ހުރިތޯ ސުވާލު ކުރަންވީ ކީއްވެހެއްޔެވެ؟ ލުޔާ އަރީފުއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ސުވާލުން ފުރިފައިވާ މޫނަކާއެކުއެވެ.

“ލުޔާ ރޯ އަޑު އިވުނީ…. އަހަރެން ހީކުރީ…” ލުޔާގެ މޫނަށް ބަލަހައްޓައިގެން ހުރެ އަރީފު ވާހަކަ ދެއްކިއެވެ. އެހެނަސް އޭނާއަށް ބުނެވުނީ މިވަރަށެވެ. ލުޔާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވިއެވެ. މިހާރު އެ މޫނުން ފެންނަނީ ހާސް ކަމާއި ބިރުވެރި ކަމެވެ. އެކަން އަރީފު ފާހަނގަ ކުރިއެވެ.

“އޯ… ދެންމެ ބިރުވެރި ހުވަފެނެކޭ ފެނުނީ.. ލުޔާ މީ ނިދީގަ ވާހަކަ ދައްކާ މީހެކޭ…” ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ލުޔާ ބުންޏެވެ.

“ދޮގެއް..” ލުޔާގެ ކުރިމައްޗަށް ހުއްޓިފައި އަރީފު ބުނެލިއެވެ. އެ އާއި އެކު ލުޔާގެ ލޯ ފެންކަޅިވިތަން އަރީފަށް ފެނުނެވެ. ހިންދުކޮޅެއްގެ ތެރޭގައި ގިސްލުމާއެކު އެ ކޯތާފަތް ތެމި ފޯވެގެން ދިޔައެވެ.

“މިގަޑީގަ އަރީ މިތާނގަ ހުރުން… ރަނގަޅެއްނޫން… ދޭ… ފަހުން ވާހަކަ.. ދައްކާނީ” އިސްޖަހައިގެން ހުރެގެން ލުޔާ ވާހަކަ ދެއްކީ ގިސްލަމުންނެވެ.

“ލުޔާ…” އޭނާއަށް ކޮއްފައިވާ އަސަރު ފެނުމުން އަރީފުގެ ހިތުގައި ޖެހުނެވެ. ލުޔާ އަރީފުގެ މޭގައި އަތް އަޅައި ކޮޓަރިން ބޭރަށް ކޮއްޕަން މަސައްކަތް ކުރިއެވެ. އަރީފު ދެކޮޅުހެދުމެއްނެތި ނިކުތެވެ. އެއާއެކު ލުޔާ ދޮރު ލެއްޕިއެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރެ ގިސްލަމުން ދިޔައިރު ބޭރުގައި ހުރި އަރީފަށް އެ އަޑު ވަރަށް ސާފުކޮށް އިވެއެވެ. އެތައް އިރެއް ވަންދެން އޭނާ އެތަނުގައި ކޮޅައް ހުއްޓެވެ. އެހެނަސް ދެވަނަ ފަހަރަކަށް އެ ކޮޓަރިއަށް ވަންނާކަށް، އަދި ލުޔާ އާއި ވާހަކަ ދައްކާކަށްވެސް މަސައްކަތެއް ނުކުރެއެވެ. އަރީފު އެ ގެއިން ނިކުމެގެން ދިޔައީ ލުޔާގެ ރުއިމުގެ އަޑު މުޅިން ކެނޑި ހަމަހިމޭން ވުމުންނެވެ. އޭނާ ނިންމީ މާދަމާ އޮފީހުން ދިމާވުމުން ލުޔާ އާއި ވާހަކަ ދައްކާށެވެ. ލުޔާއަށް ވެގެން އުޅޭ ގޮތުގެ ހަގީގަތް ހޯދުމަށް އަރީފު އަޒުމް ކަނޑައެޅިއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ޒީޝާ (ފަސްވަނަބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ

Next
July 22, 2015

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ

Previews
July 21, 2015

ޒީޝާ (ފަސްވަނަބައި)

13 Comments!

  1. nihaa says:
    July 22, 2015 at 4:38 am

    Nice BT maakury..

  2. maasham says:
    July 22, 2015 at 4:55 am

    nReally sorry that it’s short.. I’ve been a bit busy and was unable to write longer.. But I wanted to upload a part today so liyefa in varah genesdhiny.. Hope you all understand. :))
    Cheers!

  3. Sana says:
    July 22, 2015 at 6:45 am

    This part is awesome…. Waiting 4 next part.

  4. Azka Ikyaa says:
    July 22, 2015 at 8:57 am

    waiting for next part…. kuru dw. ekam dhen OK… waiting!!!!!

  5. cherish says:
    July 22, 2015 at 9:02 am

    Warah reethi

  6. aish says:
    July 22, 2015 at 9:06 am

    Aslu luyaa ah meehaku goana kurani dhw. Varah reethi vaahaka

  7. ammuty says:
    July 22, 2015 at 10:04 am

    Jinni kanthah gandeh tha mee? Noony kurin meehaku luyaa kudairu goana eh kohfa hury dho? Story v short..ekam nice..

  8. Meesh says:
    July 22, 2015 at 10:47 am

    Vvvv reethi.. waiting 4 next part..

  9. aisha says:
    July 22, 2015 at 10:49 am

    varah salhi. next part kon irak

  10. nukko says:
    July 22, 2015 at 11:28 am

    V salhi. Waiting for the nxt part

  11. Hudhu says:
    July 22, 2015 at 11:40 am

    V V V V Salhi

  12. Crazi says:
    July 22, 2015 at 12:23 pm

    Vrh shalhi story eh..miyadhu ah dhi ehbaj genes dhybah

  13. nishy says:
    July 22, 2015 at 2:38 pm

    V reeethi mivaahaka

Comments are closed.


All Right Reserved!