Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (27)

zaisha
July 20, 2015
7 Mins Read
69 Comments

މާކިން ގެއަށް ދޫކޮއްލެވުނީ އޭގެ ހަފްތާއެއް ވަރުފަހުންނެވެ. ނަމަވެސް އަދި ހިނގުމަށް އުނދަގޫ ވާތީ އޭނާ ގިނައިރު އޮންނަނީ އެނދުގައެވެ. އަދި އިނާރާ މަތީ ބަޔަށް ބަދަލުވެ މާކިންއަށް އެހީތެރިވެ ދިނުމުގައި އުޅެއެވެ. އާދައިގެ މަތިން ހެނދުނު މާކިން ގޮވައިގެން އިނާރާ ކާގެއަށް ނިކުތީ ސައިދޭންށެވެ. އިނާރާގެ ކޮނޑުގައި އަތް ބާއްވާލައިގެން މަޑު ހިނގުމެއްގައި އައި މާކިން ހުރީ ހިތްހަމަޖެހިފައެވެ. މި ދުވަސްކޮޅު އޭނާ ނިދަނީވެސް އިނާރާ ކައިރީ އެކޮޓަރީގައެވެ.

“ކޮބާ ޒެރީން؟” ސައިބޯން އިން މާކިން ސުވާލު ކުރިއެވެ. “އެ ކޮޓަރީގައި ޓަކިޖެހިން.. ބުނިން ސައިބޯން އަންނާށޭ…” ޕާން ފޮތީގައި ޖޭމު ހާކަން އިން އިނާރާ ބުނެލިއެވެ. އެނާގެ ބުޅި އިސްތަށިގަނޑު މައްޗަށް ނަގައި އައްސާލެވިފައި ވާއިރު އެ ދޮން ކަރަށް އިރުގެ އަލިކަން އެޅިފައިވެއެވެ. އެ ބޮޑު ދެލޯ ވިދަމަން ދިޔައިރު މާކިން އިނީ އާޝޯހުވެ އެ މޫނަށް ބަލަހައްޓައިގެންނެވެ.

އެވަގުތު އެތަނަށް ނިކުން ޒެރީންއަށް މިމަންޒަރު ފެނި އަވަހަށް އެދިމާއަށް ދިޔައެވެ. “ހޭއި ލަވް.. މިއަދު އެބައޮތް ސްކޭން އެޕޮއިންޓްމެންޓެއް.. ދާނަން ދޯ.” މާކިންގެ ކައިރީގައި އިށީދެލަމުން ޒެރީން ބުނެލިއެވެ. “ސޮރީ.. މިއަދު ނުވާނެ.. އަދިވެސް އެއްކޮން ރަނގަޅު ނުވޭ..” މާކިން ބުނެލިއެވެ.

“އޯކޭ އަހަރެން އެކަނި ގޮސްދާނަން ދެން..” ޒެރީން ދެރަވެފައި އިނދެ ބުނެލިއެވެ. “ނޫނޭ.. ދޭ އިނާއާއި އެކީ.. ދޯ.” އިނާރާއާއި ދިމާއަށް ބަލާލަމުން މާކިން ބުނެލިއެވެ. މާކިން ކަމަކު އެދުމުން ނޫނެކޭ ބުނާކަށް އިނާރާއަކަށް ނުކެރުނެވެ. އޭނާ ޒެރީންއަށް ނަފްރަތު ކުރިކަމުގައި ވިއަސް އެއީ މާކިންގެ ދަރިފުޅުގެ މަންމައެވެ.

“އޯކޭ.. ކިހާއިރަކު ދަނީ.” އިނާރާ ވިސްނަން އިނދެފައި ބުނެލިއެވެ. “ރޭގަނޑު.. އެކަމަކު އިނާރާއަށް އުނދަގޫ ވާނެއެއްނުން..” ޒެރީން ހުރީ އިނާރާ ދާން އެއްބަސް ވުމުން ހާސްވެފައެވެ. އޭނާ ހީކުރީ އިނާރާ އިންކާރު ކުރާނީކަމަށެވެ.

“ނޫނޭ.. އެކަނި ދާނެ ކަމެއް ނެތް..” އިނާރާ މިހެން ބުނުމުން މާކިން ވެސް އެކަމަށް އެއްބާރުލުން ދިނެވެ. އެމީހުން އެއްގޮތަކަށް ވެސް ދޫނުކުރުމުން ޒެރީންއަށް އެންމެފަހުން ޖެހުނީ އެއްބަސް ވާށެވެ. ނަމަވެސް އިނާރާއަށް އެ ސިއްރު ހާމަވެދާނެތީ އޭނާ ހުރީ ބިރުންނެވެ. އޭރުން އެމީހުންގެ ހުރިހާ ރޭވުމެއް ފެނަށްދާނެއެވެ.

އިރުއޮއްސި އަނދިރިކަން ވަށާލިއިރު ހަނި ގޯޅިއެއްގެ ތެރޭގައި ހުރި މަލަކް އިންތިޒާރު ކުރަމުން ދިޔައީ ސިޑޭއަށްށެވެ. ދިގު ޓީޝާޓެއް ލައިގެން ހުރިއިރު އެއަތް ވަނީ ފިނިވެފައެވެ. އެއީ ބިރުން ކަމެއް ނުވަތަ މާހައުލުގެ ފިނިކަމުން ކަމެއް ނޭނގެއެވެ. އިރުކޮޅަކު މިހެން ހުއްޓައި ދުރުން ސިޑޭ އަންނަތަން ފެނުނެވެ. ފޯނުން ވާހަކަ ދައްކަމުން އައިސް މަލަކް ކައިރީގައި ހުއްޓިލަމުން ފޯނު ޖީބަށް ލިޔެވެ. އަދި މަތިން ފެށިގެން ތިރިއަށް މަލަކްއަށް ނަޒަރު ހިންގާލިއެވެ.

“ހާދަ މިސްވިއޭ..” ސިޑޭ އަތުން މަލަކްގެ ކޮލުގައި ފިރުމާލުމުން އޭނާ މޫނު ދުރުކޮއްލިއެވެ. މަލަކްގެ ބެލުމުގައި ބީރައްޓެހި ކަމެއް ހުރިއިރު އެމޫނުމަތިން ނުރުހުންވުން ފާޅުވިއެވެ. “އެހެރީ އެއްނުން ގެއެއް.. އެގޭގެ ދެވަނަ ބުރީގައި މިކަންތައް ކުރިއަށް ދާނީ.. މަލަކް އަންނާނީ ރޭގަނޑު ދިހައެއްގައި.. އެއްގަޑި އިރު ކޮންމެ ރެއަކު.. ލިބޭ ހުރިހާ ފައިސާއަށް އަހަންނަށް.. ބަދަލުގައި ރާހިލް އެހެރީ ސަލާމަތުން..” ސިޑޭ އޮޅުން ފިލުވައިދިނެވެ. “ސިޑޭ ޕްލީސް..” މަލަކް އާދޭސް ކުރަން ފެށުމުން ސިޑޭ އޭނަ ހުއްޓުވިއެވެ.

“ހުއްޓާލަ! މިއީ މަލަކް އަމިއްލައަށް ކުރި ކަމެއް.. ބޭކާރު ވާހަކަ ނުދާއްކާ ދެން.. މިރޭ އަންނަން ޖެހޭނެ..” ސިޑޭ މިހެން ބުނެފައި އެތަނުން ދިޔައެވެ. ރޮވިފައި ހުރި މަލަކް އެތަނުން ދާން ހިނގައިގެން އިރު އަމިއްލަ ނަފްސުދެކެ ލަދު ގަތެވެ. މިއީ ހަމަ ސިޑޭ ބުނިހެން އޭނާގެ ކުށެވެ. ފުރަތަމަ މިކަހަލަ ކަންތަކަށް ނުގެއްލުނު ނަމަ މިހެންނެއް ނުވީހެވެ. ނަމަވެސް މިހާރު އެކަމާއި ދެރަވިއަސް ކުރެވޭނެ ކަމެއް ނެތެވެ. އެދުވަސް ފާއިތު ވެއްޖެއެވެ.

ހޮސްޕިޓަލަށް ވަދެގެން އައި ޒެރީންގެ ފަހަތުގައި ހުރި އިނާރާ މަޑު ހިނގުމެއްގައި އާދެއެވެ. ޒެރީން ނަމްބަރ ނަގައިގެން އިންއިރު އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޒެރީން ވެސް ހުރީ އަވަހަށް މިކަންތައް ނިއްމާލުމަށްފަހު އެތަނުން ނުނިކުމެވިފައެވެ. ސްކޭން ރޫމް އިން ނިކުމެގެން އައި ޒެރީން ފެނުމުން އިނާރާ ތެދުވިއެވެ.

“ކީކޭ ޑޮކްޓަރ ބުނީ؟” އިނާރާ ސުވާލު ކޮއްލިއެވެ. “ކޮންކަމެއް. އެއީ އިނާރާއާއި ބެހެވޭނެ ކަމެއް ނޫން..” ޒެރީން މޫނު ހަދާފައި މިހެން ބުނެލުމުން އިނާރާ ރުޅިއައެވެ. “ބެހެވޭނެ.. ތިއީ އަހަރެން ފިރިމީހާގެ ދަރިއެއް.. އެހެންވީމަ އޭނާގެ ހާލު ބެލުމުގެ ހައްޤު އޮންނާނެ..” އިނާރާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. “ވަޓް އެވާ.. ބޭސް ނަގަން އެބަޖެހޭ..” ޒެރީން މިހެން ބުނެފައި އެތަނުން ދިޔައެވެ.

ޒެރީން ހިނގައި ގަންތަނާ ފަހަތުން އޭނާއަށް މީހަކު ގޮވާލިއެވެ. އިނާރާ ވެސް މިއަޑަށް ފަސްއެނބުރި ބަލާލިއެވެ. “އަހާ ޒެރީން.. ކިހިނެތްތަ؟” ޑޮކްޓަރ ކޯޓު ލާފައި ހުރި އަންހެނަކު ޒެރީންއާއި ވާހަކަދެއްކިއެވެ. ނަމަވެސް ޒެރީން ހުރީ ފާޑަކަށް ސިހިފައެވެ. އޭނާ ދެލޯ ބޮޑުވިއިރު ކުޑަކޮން ފަހަތަށް ވެސް ޖެހެވުނެވެ. “ޑޮކް.. ޑޮކްޓަރ މީރާ..” ޒެރީން ބުނެލިއެވެ. އޭނާ ވާހަކަދެއްކި ގޮތުން ވެސް ހުރީ ސިހިފައިކަން އިނާރާއަށް އިނގުނެވެ.

“އޯ.. އެބޯޝަން ނެހެއްދީތަ ފަހުން..” ޑޮކްޓަރ ދެއްކި ވާހަކައަކުން ޒެރީންގެ ހިތް ގެބުނެވެ. މިއީކީ އިނާރާއަށް އެއްވެސް ވަރަކަށް އަޑުއަހަންޖެހޭ ވާހަކަތަކެއް ނޫނެވެ. އޭރު އިނާރާ ހުރީ ވާނުވާ ނޭގިފައެވެ. ކޮން އެބޯޝަންއެއް ހެއްޔެވެ؟ މާކިންއާއި އިނީވެސް އެބޯޝަން ނުކުރާކަން ނޫންހެއްޔެވެ؟ އިނާރާ އެއްފަހަރު ޑޮކްޓަރާއި ދިމާއަށް ބަލާލުމަށްފަހު ޒެރީންއާއި ދިމާއަށް ބަލާލައެވެ.

“ނޫނޭ.. އެބޯޓް ނުކުރަން.. ދެން ދަނީ..” ޒެރީން އަވަސް އަރުވާލާފައި އެތަނުން ދާން އުޅުނެވެ. ނަމަވެސް އިނާރާ ވެގެން މިއުޅޭ ގޮތް އޮޅުން ފިލުވަން ބޭނުންވިއެވެ. ޒެރީން ކޮންމެ ވެސް ކަމެއް ސިއްރު ކުރާހެން އޭނާއަށް ޝައްކުވިއެވެ. ޒެރީންގެ ފަހަތުން ދިޔަ އިނާރާ އޭނާގެ ކުރިމައްޗަށް އެރިއެވެ. “ކޮން އެބޯޝަންއެއް؟” އިނާރާގެ ސުވާލުން ޒެރީން ސިހުނެވެ. ހުރިހާ ކަމެއް އެހާ ރަނގަޅަށް ދަނިކޮން ނިކުމެ ނިކުމެ ހުއްޓައި އެ ޑޮކްޓަރ އަންނަން ޖެހޭ ހެއްޔެވެ.

 ޑޮކްޓަރ މީރާއަކީ ޒެރީން އެންމެ ފުރަތަމަ ބަލިވެ އިންކަން އިނގުމުން ބައްސާމްއާއި އެކި ދައްކަން އައި ޑޮކްޓަރއެވެ. އެއީ މާކިންގެ ދިރިއުޅުމަށް ޒެރީން ވައިންތަނާއެވެ. ފުރަތަމަ އެބޯޝަން ހައްދަން އުޅެފައި ވެސް ބައްސާމްގެ މޮޅު ޚީޔާލާއި އެއްގޮތަށް އެއީ މާކިންގެ ދަރިއެއް ކަމަށް ބުނެ އޭނާ ވާވެއްދީއެވެ. އެބޯޝަންއާއި ބެހޭގޮތުން އެ ޑޮކްޓަރާއި ވަރަށް ވާހަކަދެއްކެވުނެވެ. ނަމަވެސް ފަހުން އެ ޚިޔާލު ދޫކޮއްލައި އެކަން ޑޮކްޓަރަށް ވެސް ނޭންގުނީއެވެ.

“ކިތަށް ފަހަރު ބުނަންވީ އިނާރާއާއި ނުބެހޭ ކަންތަކާއި ނުބެހޭށޭ..” ޒެރީން ހަމަޖެހެން މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ. “އަހަރެން ކުރާ ސުވާލަށް ޖަވާބުދީ..” އިނާރާ ކުޑަކޮން ހަރުކަށިކޮން ވާހަކަދެއްކުމުން ޒެރީންއަށް އޭނާ ދޫނުކުރާނެކަން އިނގުނެވެ.

އެހެން ކަމުން ކޮންމެވެސް އެއްޗެކޭ ބުނެގެން އިނާރާގެ އަނގަ ބަންދުކުރަން އޭނާ ނިންމިއެވެ. “އެއީ އެންމެ ފުރަތަމަ އަހަރެން އުޅުނިން އެބޯޓް ކުރަން.. އެކަމަކު ކުރަން ނުކެރުނީ.. އަނެއްކާއި މާކިން ވެސް އެކަމާއި ދެކޮޅު ހެދީ. އޯކޭ!” ޒެރީން އަވަސް އަވަހަށް ދޮގެއް ހަދާލިއެވެ.

ޒެރީން މިހެން ބުނި ކަމަކު އިނާރާއަށް އެކަން ޤަބޫލު ކުރަން އުނދަގޫ ވިއެވެ. ނަމަވެސް އޭނާ އަދި އެއްޗެކޭ ނުބުނަން ނިންމިއެވެ. އޭނާގެ ޝައްކު ޔަޤީން ނުވަނީހެއް އަދި ޒެރީންއާއި ދިމާއަށް އެއްޗެކޭ ނުބުނާނެއެވެ. ޒެރީންގެ ވާހަކަތައް ދޮގަކަށް ވެއްޖެއްޔާއި އޭނާގެ ނުލަފާކަން ދައްކާލާނެއެވެ. މާކިންއަކީ އޭނާގެ ފުރާނައެވެ.

 ޒެރީން އެއްވެސް ގޮތަކުން މާކިންއަށް އޮޅުވާލައި ގެއްލުމެއް ދީފިނަމަ އިތުރަކަށް ކެތެއް ނުކުރާނެއެވެ. އެދުވަހަކުން ޒެރީންގެ ދުވަސް އެ ދިޔައީއެވެ. ޒެރީންއާއި ދިމާއަށް ލޯއަޅާލަމުން އިނާރާ އެތަނުން ހިނގައިގަތެވެ. އެ ބެލުމުން ވެސް އެދިނީ އިންޒާރެއްކަން ޒެރީންއަށް ނަގައިގަނެވުނެވެ. އެކަމަކު އޭނާ ހާހެއް ނުވެއެވެ. އިނާރާއަށް އެއްވެސް ކަމެއް ނުކުރެވޭނެއޭ ޒެރީން ހިތަށް އެރިއެވެ.

 ދިއްލިފައި ހުރި ރަތްކުލައިގެ ނިދާ ބޮކީގެ އަލިން މުޅި ކޮޓަރިވަނީ އަލިވެފައެވެ. ފަނޑުއަލީގައި ނިދިފައި އޮތް މާކިންއަށް ބަލަހައްޓައިގެން އޮތް އިނާރާ އިނީ ފުން ވިސްނުމެއްގައެވެ. މިރޭ ޒެރީންގެ ވާހަކަތައް އަދިވެސް އޭނާއަށް ޤަބޫލު ނުކުރެވެއެވެ. މާކިން ކައިރީގައި ސުވާލުކުރަން ބޭނުންވި ނަމަވެސް އެހިތްވަރައް ނުލިބުނެވެ. އިނާރާ މަޑުމަޑުން މާކިންގެ ނިތްކުރީގައި އަތް ހާކާލުމުން އޭނާ ލޯ ހުޅުވާލިއެވެ. މާކިން ހޭލަފާނެކަމަކަށް އިނާރާ ހިއެއް ނުކުރެއެވެ.

“ސޮރީ.. ނިދާލަ.” މާކިންގެ ބޮލުގައި ފިރުމަމުން އިނާރާ ބުނެލިއެވެ. “ނޫން.. ކީއްވެ ބަމްބީ ނުނިދަ ތިއިނީ.. ކަމެއް ވީތަ..” އިނާރާގެ އަތުގައި ހިފާލަމުން މާކިން ބުނެލިއެވެ. “ނޫން.. ކަމެއް ނުވޭ..” މޫނުމަތިން ހާސްކަން ފޮރުވަން މަސައްކަތް ކުރި ނަމަވެސް މާކިންއަށް އޮޅުވައެއް ނުލެވުނެވެ. މާކިން ތެދުވެ ފަޑީގައި ލެނގިލަމުން އިނާރާ ގެނެސް އެ އުނގަށް ލިއެވެ.

“ދޮގު.. ޓެލް މީ.. ކޮން ކަމަކާތަ މާވަރަކަށް ތި ވިސްނަނީ..” އިނާރާގެ މޫނަށް ވެއްޓުނު އިސްތަށިކޮޅު ދުރުކޮއްލަމުން މާކިން ބުނެލިއެވެ. އިނާރާ ސުވާލުކުރަން ފަސްޖެހުނެވެ. ނަމަވެސް ހިތްވަރު ކޮއްފައި އަހާލަން ނިންމިއެވެ. “އަނެއް.. ކިހިނެތް މާކިންއަށް ފުރަތަމަ ޒެރީން ޕްރެގްކަން އިނގުނީ..” އިނާރާ ވާހަކަފެށީ މާކިންއަށް ނޭނގޭނެ ގޮތަކަށެވެ.

މާކިން އެއްޗެކޭ ނުބުނެ އިނުމުން އިނާރާ އެހުނީތީ ވެސް ދެރަވިއެވެ. “ސޮރީ އެހެން އެހުނީތީ.. އަޅާނުލައި..” އިނާރާ މިހެން ބުނެފައި އުނގުން ފައިބަން އުލުމުން މާކިން އޭނާ އިތުރަށް ގަޔާއި ކައިރިކޮއްލިއެވެ. “ނޯ އިޓްސް އޯކޭ.. އަސްލު އެއްދުވަހު ޒެރީން ގުޅާފައި ބުނީ މީޓް ކުރެވިދާނެ ހެއްޔޯ.. ދެން އޭރު އޭނައާއި ދިމާ ނުވާތާ ވަރަށް ދުވަސް ވެދާނެ.. ދެން ދިޔައީ.. ދިޔާމަ ބުނެފި ޕްރެގްޔޯ.. އެކަމަކު އަހަރެން ޤަބޫލެއް ނުކުރަން އޭރު..” މާކިން ކިޔާދިނެވެ.

“އެކީއްވެ؟” އިނާރާ ޝައުޤުވެރިވެފައި އިނދެ ސުވާލުކުރިއެވެ. “އެއީ އަހަރެން އެންމެ ފަހަރަކު އޭނައާއި އެކަހަލަ ގުޅުމެއް ބޭއްވީ ވެސް.. ހަނދާން އެބަހުރިތަ ރިސޯޓަށް ފުރި ދުވަސް.. އޭގެ ކުރީ ރޭ އަހަރެން ޒެރީން ކައިރިއަށް ދިޔައީ.. އެކަމަކު ވީ އެއްވެސް ކަމެއް އަހަރެން މާ ބޮޑަކަށް ހަނދާނެއް ނެތް.. ޒެރީން ބުނީމަ އިނގުނީ.. އޭގެފަހުން އެކަހަލަ ކަމެއް ނުވޭ.. އެހެންވެ ޤަބޫލު ނުކުރީ..” މާކިން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އެކަމަކު އޭނަ ގެއަށް ރިޕޯޓު ހިފައިގެން އައީމަ ޔަޤީންވީ.. އޭގެން ބަޑަށްވީ ދުވަސް ބެލުމުން އިނގޭ ދޯ ދެން އެއީ އަހަރެންގެ ކަން.. ދެން ޑޮކްޓަރ ރިޕޯޓު ދޮގަކަށް ނުވާނެތާ..” މާކިންގެ ވާހަކައިން އެދުވަހު ޒެރީން ގެއަށް އައީ އެ ރިޕޯޓު ހިފައިގެންކަން އިނާރާއަށް އިނގުނެވެ. ތެދެކެވެ. މާކިންގެ ވާހަކަތަކުން އެއީ މާކިންގެ ދަރިއަށް ވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އޭނާއަށް އަދިވެސް ޝައްކުވިއެވެ. މާކިން އެއްވެސް ވަރަކަށް އެބޯޝަން ހައްދަން އުޅުނު ވާހަކަ ނުދެއްކީމައެވެ.

. “ދެން އެބޯޝަން ކުރާކަން ނޫޅެންތަ؟” އިނާރާ ޖެހިލުންވި ނަމަވެސް ސުވާލުކޮއްލިއެވެ. އިނާރާގެ ސުވާލު އިވިފައި މާކިންގެ ބުމަ ގޮއް ޖެހުނެވެ. “އޮފްކޯސް ނޮޓް.. އަހަރެން ކީއްކުރަން އެބޯޓް ކޮއްލަން ވީކީ.. އެކަހަލަ ވާހަކައެއް ޒެރީންވެސް ނުދައްކާ.. އިނާ ހީކުރީ އަހަރެން މިއީ އެހައި ރަހުމުކުޑަ މީހެއް ކަމަށްތަ؟” މާކިން ހިތްހަމަ ނުޖެހިފައި އިނދެ ސުވާލުކުރިއެވެ.

 އިނާރާ ވަގުތުން މާކިންގެ މޫނުގައި ދެއަތުން ހިފާލިއެވެ. “ނޫން.. އެހެންނެއް ނުބުނަމެއްނުން.. ހަމަ އަހާލީ…” އިނާރާ ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އޭނާ އެތެރޭން އަނދަމުން ދިޔައެވެ. ޒެރީން މިރޭ އެ ހެދީ ދޮގުކަން މިއޮތީ ފަޅާއަރާފައެވެ. އޭނާ މިކަމުގެ އެންމެ އަޑިއަށް ފީނަންވެސް ހުރީ ތައްޔާރަށްށެވެ. ޒެރީން އެ ސިއްރު ކުރާކަމެއް އޭނާ ހޯދާނެއެވެ. މިހާރު އިނާރާއަށް އެދަރިއަކީ މާކިންގެ ދަރިއެއް ކަމާއިމެދު ވެސް ޝައްކު ކުރެވެއެވެ.

 މެންދަމު އަލިވިއިރު މަލަކް އެނދުގައި ނުނިދިފައި އޮތެވެ. މިރޭ އެކުރެވުނު ކަންތަކާއި މެދު ހިތާމަކޮށް ރޮއެރޮއެ ގަޔަކު ވަރެއްނެތެވެ. ކޮންމެ ރެއަކު ރާހިލްއަށް ސިއްރުން އޭނާއަށް ދޭން އޮތް ހައްޤު ހިލޭ ފިރިހެންނުނަށް ދޭން މަޖުބޫރުވީއެވެ. އޭނާއަށް މިކަން ސިއްރު ކުރެވޭނީ ކިތަށް ދުވަހަށް ކަމެއް ނޭނގެއެވެ. ނަމަވެސް އޭނައަށް ސިއްރު ކުރެވުނުހާއި ދުވަހަކަށް މިކަން މީހަކަށް އިނގުނަކަ ނުދޭނެއެވެ. މިއީ ހަމަ ރާހިލް އަށްޓަކައި ކޮއްދޭ ކަމެކެވެ. އެކަމުން ކިތަންމެ ވޭނެއް ލިބުނަސް އޭނާ ކެތްކުރާނެއެވެ.

މެންދުރު ހޫނު ގަދައިރު ޖޫސް ތައްޓެއް ގިރަން ހުރި ޒެރީން ދިޔައީ ފޯނުން ބައްސާމްއާއި ވާހަކަ ދައްކަމުންނެވެ. “ނޭނގޭނެ.. އިނާރާއަކަށް ނުކެރޭނެ މާކިން ކައިރީގައި އަހާކަށް ޓްރަސްޓް މީ..” ޒެރީން ޔަޤީން ކަމާއިއެކު ވާހަކަދެއްކިއެވެ. “ޑޭމް އިޓް! އެއަށް ވުރެ ރަނގަޅު އެސްކިއުޒް އެއް ދައްކަން ނޭނގުނީތަ!” ބައްސާމްގެ ރުޅިވެރި އަޑުއިވުމުން ޒެރީން ސިހުނެވެ.

 “ނޯ.. ބައްސާމް އަޑުއަހާބަލަ.. ބައްސާމް..” ޒެރީންއަށް ތަންކޮޅެއް ބާރަށް ގޮވާލެވުނެވެ. ނަމަވެސް އޭރު ބައްސާމް ފޯނު ކަނޑާއިފިއެވެ. އެވަގުތު އެތަނަށް އަރައި ހަމަކުރި އިނާރާއަށް ބައްސާމްގެ ނަން އިވުމުން ހުއްޓެވުނެވެ. ޒެރީން ބައްސާމްއަށް ގުޅަނީ ކީއްކުރަން ބާއޭ ހިތަށްއެރިއެވެ. އެކަމަކު މާކިންގެ ރައްޓެއްސަކަށް ވުމުން އޭނާވެސް ރަހުމަތްތެރި ވެދާނެއެވެ. ނަމަވެސް އިނާރާގެ ޝައްކު އިތުރުވިއެވެ.

ކާގެއަށް ވައިން އިނާރާ އެއިން އެއްވެސް ވާހަކައެއް އަޑުއިވުނު ކަމަކަށް ނަހަދައެވެ. އަދި ނުވިތާކުން ޒެރީންގެ ދޮގު ފަޅާއެރި ވާހަކަ ވެސް ނުބުނިއެވެ. އޭނާ ބޭނުންވީ އެކަން ޔަޤީން ކޮއްފައި ނޫނީ ޒެރީންއާއި ކުރިމަތި ނުލާށެވެ. އިނާރާ އައުމުން ޒެރީން މޫނު ހަދާލުމަށްފަހު އެތަނުން ދިޔައެވެ. އިނާރާ ދަބަސް ހިފައިގެން ނުކުތީ އޭނާ މިކަންތައް ކޮޅެއްގައި ޖެއްސުމަށްށެވެ.

ހޮސްޕިޓަލަށް ވަދެގެން އައި އިނާރާ ރިސެޕްޝަންގައި މަޑުކޮއްލިއެވެ. އަދި ޑޮކްޓަރ މީރާގެ މަޢުލޫމާތު އޮޅުން ފިލުވުމަށްފަހު އޭނައާއި ބައްދަލު ކުރުމަށް ދިޔައެވެ. ރޫމްގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވައިން އިނާރަ ގޮސް ގޮނޑީގައި އިށީދެލިއެވެ. “ރޭގައި ދިމާވި ދޯ.. ކިހިނެތް ތޯ ވީ.” ޑޮކްޓަރ ވާހަކަދެއްކިއެވެ. “އަޅުގަނޑު އަސްލު ކުޑަކަމެއް އޮޅުން ފިލުވާލަން.. ފްރީތޯ..” އިނާރާ ބުނެލިއެވެ. “ޔެސް މިދެން ބްރޭކް ގަޑި..” ޑޮކްޓަރ ހިނިތުންވެލަމުން ބުނެލިއެވެ.

“ހާއި މިއީ އިނާރާ… ރޭގައި ޒެރީން އެބޯޝަން ކުރަން އައި ވާހަކަ ބުނީމަ.. އެއީ ކުރިން އެނގިފައި އޮތް ކަމެއް ނޫން.. އެހެންވެ އެކަން ވީގޮތް އޮޅުން ފިލުވާލަން ވެގެން.” އިނާރާ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އޯ.. ޒެރީން އައީ ގާތްގަނޑަކަށް މީގެ ހަތަރު މަސްކުރިން… އޭނަގެ ހަސްބެންޑް އާއި އެކީ އައިސް ވަރަށް އެބޯޝަން ހައްދަން ބޭނުން ވެގެން އުޅުން…” ޑޮކްޓަރ ބުނި ވާހަކައިން އިނާރާ ސިހުނެވެ. ޒެރީން ކުރިން ހުރީ އަނެއްކާއި މީހަކާއި އިނދެގެން ބާއެވެ.

“ހަސްބެންޑް؟ ތި ބުނީ…” އިނާރާ ވާނުވާ ނޭނގި އިނދެ ސުވާލު ކުރިއެވެ. “ނޭގޭތޯ.. ނަން ހަނދާނަކަށް ނާދެ.. ކޮން ނަމެއްތަ؟” ޑޮކްޓަރ ވިސްނަން އިނެވެ. “ބާ އަކުން ކަންނޭގެ ފެށެނީ.. ބަސް.. ބާސް” ޑޮކްޓަރގެ ވާހަކަ މެދުކަނޑާލީ އިނާރާއެވެ. “ބައްސާމް.” އިނާރާ މިހެން ބުނުމާއި އެކީ ޑޮކްޓަރ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. “ޔެސް.. އެ ދެމީހުން..” ޑޮކްޓަރ އިތުރަށް ސުވާލު ނުކުރީ އެއީ އޭނައާއި ބެހޭކަމަކަށް ނުވީމައެވެ.

އިނާރާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ޒެރީންގެ ބަލިވެ އިނީ ބައްސާމްގެ ދަރިއަކަށްށެވެ. ބައްސާމްއެވެ. ޑޮކްޓަރަށް ޝުކުރު އަދާ ކޮއްފައި އެތަނުން ނިކުން އިރު އޭނާ ހުރީ ހާސްވެފައެވެ. އެ ބައްސާމްގެ ސަބަބުން މާކިންއަށް މަޖުބޫރުވެގެން ޒެރީންއާއި އިންނަން ޖެހުނީ ބާއެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟ މިކަމުގެ ފަހަތުގައި ވަނީ ކޮން ކުޅިގަނޑެއް ހެއްޔެވެ؟

އިނާރާ ދުމެއް ޖަހާފައި ގެޔާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭނާ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. މިއަދު އެ ޒެރީންއަށް އޭނާ ކުޅިދައްކާލާނެ އެވެ. ވަރަށް ދުވަހު އެމީހުންގެ ދިރިއުޅުމާއި ކުޅެވިއްޖެއެވެ. ގޭތެރެއަށް ވަދެގެން ދިޔަ އިނާރާ އެ ދިޔަ ގޮތަށް ގޮސް ޒެރީންގެ ކޮޓަރިއަށް ވަނެވެ. ފުރަގަސް ދީގެން ހުރި ޒެރީންގެ އަތުގައި ހިފައި އަނބުރާލުމަށްފަހު އޭނާގެ މޫނުގައި ހޫނު އެތިފަހަރެއް ޖެހިއެވެ.

ކުއްލިއަކަށް ލިބުނު ސިހުމުން ޒެރީން ހުރީ ވާނުވާ ނޭނގިފައެވެ. އިނާރާއަށް އެގޮތަށް އަތް އިސްކުރަން ކެރުނީ ކިހިނެތް ހެއްޔެވެ. “އޭތް!” ޒެރީން ހަޅޭލައިގަންނަން އުޅުމުން އިނާރާ އަނެއްކާވެސް އަނެއް ކޮލުގައި އަތުގައި ހުރި ބާރެއް ލާފައި ޖެހިއެވެ. “ޝަޓް އަޕް!! ކަލޭ ލަދެއް ނުގަނޭތަ އެހެން މީހެއްގެ ދަރިއެއް މާކިންގެ ބޮލުގައި އަޅުވާކަށް.” އިނާރާ ބުނި އެއްޗަކުން ޒެރީންގެ ދެލޯ ބޮޑުވިއެވެ. އޭރު އިނާރާ ރުޅިއައިސްފައި ހުރިއިރު މޫނު ރަތްވެ މީހާ ރޫރޫ އަޅަމުން ދިޔައެވެ.

“ވަޓް ނޯންސެންސް… ކަލެއަށް ކެތްނުވީ މާކިން އަހަރެންނާއި ގާތްވީމަ..” ޒެރީން އަދިވެސް މަސައްކަތް ކުރީ ހަޤީޤަތް ފޮރުވުމަށްށެވެ. “ދޮގަކަށް ފަހު ދޮގެއް! ހުއްޓަލާ އެހެންނޫނީ އަހަރެން އަތުން އަނިޔާއެއް ވާނީ!!” އިނާރާ ހަޅޭލެވި ނަމަވެސް އެއަޑު ބޭރަށް ނީވޭ ވަރަށް އޭނާ ވާހަކަ ދެއްކިއެވެ.

އިނާރާ ފެށިގެން އޭނާ ހަޤީޤަތް ހޯދިގޮތް ކިޔައި ދިނުމުން ޒެރީން ހާސްވެ ނިތްކުރިން ދާތިކިތަށް ފާޅުވިއެވެ. މިދެން ދުވަސް ދިޔައީއެވެ. “ދެނޯ! ކީއްކުރެވޭނީ؟؟” ޒެރީން އިތުރަށް ގަދަކޮއްލިއެވެ. “ހީނުކުރާތި އަހަރެން މިއީ ފިނޑި މީހެކޭ..މުޅި އާއިލާ ކުރިމަތީގައި ޒެރީންގެ ހަޤީޤަތް ފަޅާއަރުވާނަން. އެ ބައްސާމްއަށް ވެސް މާގިނަ ދުވަހަކު ފިލައެއް ނުހުރެވޭނެ!” އިނާރާ ހަޅޭލަވައިގަތެވެ.

“އެހެންތަ ދެން ދޭބަލަ! އަހަރެން ބަލާނަމޭ ކާކަށްތޯ މޮޅުވަނީ!” ޒެރީން އެންމެ ތަންފުކެއް ވެސް ދުލެއް ނުކުރިއެވެ. “އަދި ހަނދާން ކުރާތި ތި މުޑުދާރު އަތުން މާކިންގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް މި އިނގިލަތައް ބިންދާލާނަން.” ޒެރީންގެ އިނގިލީގައި ހިފައި އަނބުރާލަމުން އިނާރާ ބުނެލިއެވެ. ޒެރީންއަށް ވީތަދުން އަވަހަށް އޭނާ އަތް ފޮޅުވާލިއެވެ. އިނާރާ ބެލުމެއް ނެތި އެދިޔަގޮތަށް ބާރަށް ދޮރު ޖަހާފައި ނިކުތެވެ.

90
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

zaisha

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ސާޔާ (14 ވަނަ ބައި)

Next

ޒީޝާ (ތިންވަނަ ބައި)

Next
July 20, 2015

ޒީޝާ (ތިންވަނަ ބައި)

Previews
July 20, 2015

ސާޔާ (14 ވަނަ ބައި)

69 Comments

  1. zaisha says:
    July 20, 2015 at 10:45 pm

    next part tmrw night in sha allah. enjoy 🙂

  2. Rana says:
    July 20, 2015 at 10:49 pm

    Vaahaka nice … me 1st

  3. sumone says:
    July 21, 2015 at 12:02 am

    this part is also amazing………….. can,t wait to see what happens next…… waiting waiting ❤❤❤❤❤❤❤❤❤❤❤❤❤ 🙂

    1. zzzz says:
      July 22, 2015 at 3:19 pm

      kihineh tha mi heart alhany alhe bunedhyba

  4. shaf says:
    July 21, 2015 at 12:05 am

    Nice.thanks to zaisha u a uploading story every day thats a great job that no one ever. I loved your story♡♡♡♡♡♡

  5. flower says:
    July 21, 2015 at 12:07 am

    yess yess..go inaa go…mifaharu kulhi dhahkaalaathi…mi part v interesting… waiting 4 next part

  6. Sam says:
    July 21, 2015 at 12:14 am

    Wow Masha Allah…! Love it…! Plx upload asap…

  7. finni says:
    July 21, 2015 at 12:20 am

    vvv vvvvvv habeys….
    keep it up…..

  8. marsha says:
    July 21, 2015 at 12:22 am

    Come on inaa, we r with u, kulhi dhahkaalaathi e zeryn ah… very very nice story zai, love this

  9. Anonymous says:
    July 21, 2015 at 12:26 am

    V furihama

  10. dhil says:
    July 21, 2015 at 12:38 am

    Mi part ves v salhi

  11. mal says:
    July 21, 2015 at 12:49 am

    Avas…waiting waiting… V.reethi… Keep it up

  12. Sana says:
    July 21, 2015 at 1:13 am

    Mi Part v v v v habeys.. Thanxx zaii. Knme dhuvahaku vaahaka up kh dheythy…☺ waiting 4 next part…

  13. mixu says:
    July 21, 2015 at 1:14 am

    Wow amazing. Now the real fight started. Isn’t it. Ur da bst. Waiting 4 nxt prt.

  14. kitty says:
    July 21, 2015 at 1:29 am

    Go go inara

  15. lyn says:
    July 21, 2015 at 1:45 am

    Wow mi part v v v nice ingey….waiting for next part…

  16. suha says:
    July 21, 2015 at 1:47 am

    Wooow v salhi ingey.mivaahaka v salhi.

  17. maahy says:
    July 21, 2015 at 2:04 am

    VVV NICE………………….. PLX PLX UPLOAD IT SOON. MEE MI SITE GA VES IN EMME NICE STORY…………. ZAI U R GREAT………….. LUV U ZAI <3<3<3<3<3

  18. maahy says:
    July 21, 2015 at 2:14 am

    wow! vvvvvvvvv reethi mi prt vex………..zai u r the best komme dhuvahaku up kohdheythee thanks n nxt prt avaha up khdhechey…………..luv u zaeeee……..!

  19. xaaya says:
    July 21, 2015 at 2:26 am

    Masha Allah…! mi prt ves vvvv salhi……… Ur da bst .writer Waiting 4 nxt prt..allah bless u dear………………keep it up………love you darlin………..! :p

  20. mary says:
    July 21, 2015 at 2:41 am

    V v reethi makin kairee bunefa falhaa aruvaa leema adhi majaa vaani v salhi .anay bayan inthizaru kuran .v avas kondheebala pls

  21. ai says:
    July 21, 2015 at 2:49 am

    V teethi vaahakaeh keep it up

  22. nihaa says:
    July 21, 2015 at 4:08 am

    Well done hama… Dhen e shidey maraalaafa malak n raahil Ge life happy kohbaaa… Waiting…

  23. naj says:
    July 21, 2015 at 7:49 am

    Vvv habey..to tell the truth there is no words to express how beautiful this story…:-)

  24. laily says:
    July 21, 2015 at 7:57 am

    Ohhhh.vvvv reethi..waitin 4 next part..kee it up

  25. Shara. .... says:
    July 21, 2015 at 9:06 am

    Waiting, ,,,,,

  26. zu says:
    July 21, 2015 at 9:24 am

    Esfiya is the best.. v reethi mi partvx..
    kyp it up 🙂

  27. zzzz says:
    July 21, 2015 at 9:44 am

    love it… v salhi… good job zai… <3

  28. inaa says:
    July 21, 2015 at 10:04 am

    wow mi part vxx v salhi

  29. AR says:
    July 21, 2015 at 10:44 am

    Nice

  30. Juma says:
    July 21, 2015 at 10:50 am

    Wow! Nice.. gud lick 4 nxt part 🙂 🙂

  31. shaa says:
    July 21, 2015 at 10:58 am

    dhen falhaa aran vejje dho maa dhigudhanmanchaa hadi

  32. sweet heart says:
    July 21, 2015 at 12:01 pm

    v..reethi…………..

  33. faya says:
    July 21, 2015 at 12:12 pm

    vaahakaaga in hama nujehey thankolheh bunelaanan: maakin aa eki hospital ah dhaan jehilun nuvani keehve? hama makin ah ves bust vedhaanu.. hama anaaraa eki makin eki eh gothehnu vaani ?

    1. Anonymous says:
      July 21, 2015 at 7:21 pm

      yes………its true dhw

    2. someone says:
      July 21, 2015 at 8:46 pm

      Aslu makin aa ekko nudheveyne kan yageen v ma kanneynge eyna ehn e hedhee..so inaaraa aa ekko dhaa biru gathee..and firihenakaa ekko huriyyaa doc ves aissa ehn naahaane kanneynge…

  34. shaff says:
    July 21, 2015 at 1:39 pm

    just wow!

  35. SOMEBODY says:
    July 21, 2015 at 3:20 pm

    V V REETHI MI STORY…WAITING FOR THE NEXT PART

  36. reysham says:
    July 21, 2015 at 4:49 pm

    inaa hama gadha!! avahah dhey…e zeryn ves bust kohlaa emmennah…… eyrun mi story adhi maa reethi vaane…..vrh furihama….waiting4 next part..

  37. princess says:
    July 21, 2015 at 4:55 pm

    nice , inaa haadha gadha eyy , avahah markin kairi buney , dhen markin zeryn vari kurey , dhen bahsaam ge plan ves falhaa aruvaalaa , dhen xeryn adhi bahsaam jail ah laa , hahaha

  38. nukko says:
    July 21, 2015 at 5:07 pm

    V reethi vaahaka eh.. zaii age kihaa vareh? Jus ahaalee ingeyy. v molhu vaahaka liyan….. I love ur stories now….:-) 🙂 🙂

  39. zaisha says:
    July 21, 2015 at 8:16 pm

    guyz i’m really buxy tonight so no story. next part tmrw evening or night in sha allah. sorry

    1. Anonymous says:
      July 21, 2015 at 9:38 pm

      Okeyh… Take yor tym zaisha darlin.. 🙂 :-). 🙂

    2. Anonymous says:
      July 21, 2015 at 9:40 pm

      Okeiii <3 🙂 :-*

    3. sahyn says:
      July 21, 2015 at 9:42 pm

      Waiting for tmrw..

    4. nukko says:
      July 22, 2015 at 12:00 am

      Alhwyy.. ekm vs okk.. dhen e part dhigukohdhen vaane.. ingeyyy.. waiting waiting waiting waiting.. 😛 🙂

    5. Jennifer says:
      July 22, 2015 at 11:50 am

      OK varne

  40. Naa says:
    July 21, 2015 at 8:20 pm

    Zai malak ge kanthah ves raahil ah angaa and e dhemyhunge gulhun maakin ah falhaa aruvaa..
    it’s the best story in esfiya..waiting for the next part
    much love

    1. zee says:
      July 22, 2015 at 10:00 am

      yes zee agreekuran thikama waiting

  41. Shabee says:
    July 21, 2015 at 8:20 pm

    Omg 😮 haadha hoonu vejjey dhw… but mihaaru in hama ekani problem akee bank account heck khli mahsalaa… ekam xeryn ge kanthah falhaa eryma,maakin xeryn dhookhlaane dhw…eyrun vex account heck khffa iniyya hama beyzaaru vaane dhw….bahssaam ge vaahaka thah hunna gothun baehfaharu heevey eyee naazim ah libifa huri dhariekey…nahalaalah… 😉 anyways v salhi mibaivex…. mirey thankolheh kurin up khdhevidhaanetha zai?? 😀

  42. Shabee says:
    July 21, 2015 at 8:21 pm

    Mirey no story ey?? Wat the?? 🙁 v dheravejje….but i hope tomorrow night kiyaalan libeyne kamah… 🙁 🙁 🙁

  43. naj says:
    July 21, 2015 at 8:36 pm

    I am so sad..vara wait kofin…but hope to read it tomorrow 🙁

  44. mako says:
    July 21, 2015 at 8:55 pm

    v rythi vaahaka. N v happy ehaa avahah upload kohdheythyve……. waiting for next part

  45. anju says:
    July 21, 2015 at 9:30 pm

    love this story 😉 thx eha awahah up kohdheythy… waiting for nxt part

  46. pinky says:
    July 21, 2015 at 9:33 pm

    Bassam ey nazimge dhariehtha?

  47. nazi says:
    July 21, 2015 at 9:56 pm

    kobah mihaaru mi vahaka kiyaahithun asheyka fahhru belijje

  48. Rana says:
    July 21, 2015 at 10:08 pm

    So sad up nukureveythy ! Still xai u’re the best……….

  49. flower says:
    July 21, 2015 at 10:30 pm

    Ooh so sad… ehen v ma mardhan libeyne dhw 2 part noony 2 part ah vaavarah dhigukon…. ekamaku vaa haadha dheraey… adhi mirey eyoh ready vegen ais mi ishyny story kiyalaa hithun…still ok waiting 4 tomorrow evening

  50. Azki says:
    July 21, 2015 at 10:53 pm

    story up nukurakan mi inguny dhemme :/
    waiting for tmrw!!

  51. SOMEBODY says:
    July 22, 2015 at 12:22 am

    can you please make it quick zai
    story kiyaalaa hithun mi ulheny

  52. mal says:
    July 22, 2015 at 12:44 am

    Zai koba mirey ge part… So sad v.wait kohfin.. insha Allah maadhan update vaane kamah unmydhu kuran

  53. orchid says:
    July 22, 2015 at 1:38 am

    Inthixaaruga “next part” ah….v reethi story

  54. Naju says:
    July 22, 2015 at 2:27 am

    Aley

  55. Xoxo says:
    July 22, 2015 at 4:48 am

    Doctor hadhaa faseyhainney Ina ah hurihaa ehcheh kiyaidhiny… Kobaa doctor patient confidentiality?? Hadhaa unprofessional doctor ekey Dho…
    But the story is very nice ingey.. Ethankolhu faahaga kurevunyma bunelu.. Looking forward for tomorrow’s part

    1. Anonymous says:
      July 22, 2015 at 12:47 pm

      thivex thedhu vaahaka eh…….

  56. flower says:
    July 22, 2015 at 11:25 am

    kobaaaaaaa avas

  57. flower says:
    July 22, 2015 at 1:26 pm

    For all comment kuraa kudhin nah….mithaa eba ulhey flower ge namuga comment kuraa ehen kuhjeh… faharu ga eyna negative comment kohfihyaa eyge roalhi flower ah aisdhaane thy bunely… frm today onwards i’ ll change my name… dhen flowerge namuga comment eh kohfihyaa aee mi flower eh noon … mithaa mithiba hurihaa kudhinah..bye bye for this name.

  58. zee says:
    July 22, 2015 at 3:33 pm

    waititng waiting alhey kon irakun up kuranee zaii please avas mivaahaka varah reethi

  59. Azki says:
    July 22, 2015 at 4:50 pm

    zai !
    plz avahah up kohdhyba

Comments are closed.

All Right Reserved!