Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީޝާ (ހަތަރުވަނަ ބައި)

Hannah Level 110 Stories
July 21, 2015 2 Mins Read
21 Comments

މަންމަ ގާތު ޒައިންއާއެކުގައި ބޭރަށް ދަނިއޭ ބުނެފައި ނިކުތެވެ. ޒީޝާ ފެނުމުން ޒައިން އަށް ހުރެވުނީ ކަޅިވެސް ޖަހާނުލާ ބަލާށެވެ. އެއީ ހަމަ ޒީޝާބާއެވެ. މީގެ ކުރިން ދުވަހަކުވެސް އެފަދަ ކުރު ހެދުމެއްގައި ޒައިން އަށް ޒީޝާ ފެނިފައެއް ނުވެއެވެ. ޒީޝާވެސް ޒައިންއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އެހިސާބުގައި ހުރި ޓްރެފިކް ލައިޓްތަކުގެ ރަތް އަލީގެ ތެރޭގައި ޒައިން ފުނުނުގޮތް ޒީޝާއަށް ނުހަނު ހިތް ގައިމުވިއެވެ. މުށި ކުލައިގެ ޖިންސަކާއި ކަޅުކުލައިގެ އަތްދިގު ގަމީހުގައި ޒައިން ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ސައިކަލުމަތީ އިނީ ވަރަށް ފިރެހެންވަންތަ ސްޓައިލަކަށެވެ. އެމަންޒަރު ފެންނަ ކޮންމެ އަންހެން ކުއްޖަކު ދިވާނާ ކުރުވާހާ ވަރުވެއެވެ. ޒައިން މާވަރަކަށް ބަލާތީ ޒީޝާ އިސްޖަހާލިއެވެ. ޒީޝާ މަޑުމަޑުން ގޮސް ޒައިންގެ ކުރިމައްޗަށް ހުއްޓުނެވެ. “ލަސްވިތަ” ޒީޝާ އަހާލިއެވެ. “ނޫނޭ.. އަހަރެން މިތަނަށް އައިސް ހުންނަތާ އަދި އެހާނގިނަ އިރެއް ނުވޭ.. އަވަހަށް އަރާ ސައިކަލަށް”  ޒައިން ވާހަކަ ދެއްކީ ޒީޝާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.

ޒީޝާ ސައިކަލުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލުމުން ޒައިން ސައިކަލު ސްޓާޓްކޮށްލިއެވެ. މަޑު ދުވެއްޔެއްގައި ސައިކަލް ދުއްވާލީ މާބްލް ރެސްޓޯރެންޓްއަށް ދިއުމަށެވެ.

ނާހިދާ އުޅުނީ ސައީދުއަށް ކާން ހަދައިދިނުމުގައެވެ. އޭރު ޒާރާ ދެފައި ވަށްކޮށްގެން ސޯފާގައި އިނީ ކާޓޫން ބަލާށެވެ. މާދަމާ ސުކޫލު ބަންދު ދުވަހެއްކަމުން ޓީވީ ބެލުމުގެ ހުއްދަ ސައީދުވަނީ ޒާރާއަށް ދީފައެވެ. “ކޮބާ ޒީޝާ…؟ ގޭގައި ނޫޅެނީތަ…” ގޮނޑީގައި އިށީންނަމުން ސައީދު ސުވާލު ކުރިއެވެ. “އާނ.. ޒައިން އާއެކު ބޭރަށް ގޮސްވީ” ތައްޓަށް ފެން އަޅަމުން ނާހިދާ ބުންޏެވެ. “އަހަރެން ހިތްހަމަ ނުޖެހޭ އެގޮތަށް ފިރެހެނަކާ އެކޮށް ޒީޝާ ބޭރަށް ދާކަށް.. އެއްވެސް މީހަކަށް އިތުބާރު ކުރެވޭ ޒަމާނެއް ނޫންމީ.. ” ސައީދު ހުރީ ހިތްހަމަ ނުޖެހިފައެވެ. “ދެން.. ޒައިން އެއީ ޒީޝާގެ ވަރަށް ގާތް ރަހުމަތްތެރިއެކޭނުން.. ޒައިން އާއެކު ބޭރަށް ދިއުމުން މައްސަލައެއް އޮތްހެނެއް ހިޔެއް ނުވޭ..” ނާހިދާގެ ވިސްނުން ހުރީ އެގޮތަށެވެ “އެކުވެރިކަމުންނޭ ލޯތްބަށް ބަދަލުވެ މަގު އޮޅެނީ.. ބޮޑުވެފަ ހުރި އަންހެން ކުއްޖަކު ފިރެހެނަކާއެކު ބޭރަށް ދިއުމަކީ އެއްވެސް ގޮތަކަށް ރައްކާތެރި ކަމެއް ނޫން..” ސައީދު ބެލީ ނާހިދާއަށް ވިސްނައިދެވޭތޯއެވެ.

ކޮންމެ ކަމެއްގައިވެސް ފަހުބަސް އިއްވަނީ ސައީދުއެވެ. އޭނާއަކީ ދަރިންގެ ކަންތައްތަކުގައި ހަރުކަށި ގޮތެއް ގެންގުޅޭ މީހެކެވެ. ދަރިންދެކެ ކިތަންމެ ލޯބިވިޔަސް އެކުދިން އެދޭހާ ގޮތަކަށް ކަންތައްތައް ކޮށްދީ ހެދުމަކީ ރަނގަޅު ގޮތެއް ނޫންކަން ސައީދު ގަބޫލުކުރެއެވެ. ގިނަ ފަހަރަށް ކުދިންނުބައި ގޯޅި އަޅަނީ މައިންބަފައިން ފަރުވާ ކުޑަކޮށްލީމައެވެ.

ޒައިން ސައިކަލު މަޑުކޮށްލީ މާބްލް ރެސްޓޯރެންޓް ކުރިމައްޗަށެވެ. ޒީޝާ ސައިކަލުން ފޭބިއެވެ. ޒައިން ސައިކަލް ޕާރކް ކޮށްލުމަށްފަހު ހިނގައިގަތުނެވެ. ޒީޝާވެސް ޒައިންގެ ފަހަތުން ހިނގައިގަތުނެވެ. ދެމީހުން ގޮސް މަޑުކޮށްލީ އެއްކަނެއްގައި ހުރި މޭޒުކައިރީގައެވެ. މަޑު އޮރެންޖު ކުލައިގެ ބޮކިތަކުން ތަންވަނީ އަލިވެފައެވެ. ޒީޝާއަށް މިތަން ބޮޑަށް ކަމުދިޔައީ ހަމަހިމޭންކޮށް އޮތީމައެވެ. “ޒީ ކޯއްޗެއް ގެންނަނީ ކާން” ވެއިޓަރ އޯޑަރު ނަގަން އައުމުން ޒައިން އަހާލިއެވެ. “މްމް.. ޗިކަން ފުރައިޑް ނޫޑްލްސް.. އެންޑް.. ޑްރިންކް އަކަށް ކޯކް” ކުޑަކޮށް ވިސްނާލަން ހުރެފައި ޒީޝާ ބުންޏެވެ. ވެއިޓަރ އޯޑަރު ނެގުމަށްފަހު އެތަނުން ދިޔައެވެ.

ޒައިން ޒީޝާގެ މޫނަށް ބަލައިލިއެވެ. ކިތަންމެ ވަރަކަށް ބެލިޔަސް ފޫހިނުވާފަދަ ހިތްގައިމުކަމެއް އެމޫނުން ފެންނަން ހުއްޓެވެ. ލޯމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ނަގައި އެއްފަރާތް ކޮށްލަން ޒައިން ބޭނުންވިއެވެ. ޒައިން ބަލާހެން ހީވެގެން ޒީޝާ އިސްއުފުލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ޒައިންއަށް ހީވީ އޭނަގެ ހުރިހާ ހިއްސުތަކެއް ހޭލައްވާލިހެންނެވެ. ޖާދުވީ ބޮޑު އެދެލޮލުން ޒައިންއަށް އެބަލައިލީ ކޮންމެ ފިރެހެނަކުވެސް ހިތްދަމައިގަންނަ ފަދަ ގޮތަކަށެވެ.

ޒައިން ސިހުނީ ޒީޝާ ގޮވާލުމުންނެވެ. “ޒޭން ކޮން ވާހަކައެއް ބުނަންތަ އަހަރެން މިތަނަށް ތިގެނައީ” ޒީޝާ މަޑު މަޑުން އަހާލިއެވެ. ޒައިން އެވާހަކަ ބުނަން އަދިވެސް ފަސްޖެހެނީއެވެ. “މްމްްމް.. ޒީ ގާތު މިވާހަކަ ބުނަންއުޅޭތާ ވަރަށް ދުވަސްވެއްޖެ..އެކަމް ބުނާނެ ގޮތެއް ނޭނގިގެން މިއުޅެނީ..”  ވަރަށް ހިތްވަރު ކޮށްފައި ޒައިން ފެށިއެވެ. “ދެން ބުނަންވީނު.. ޒައިން ދައްކާ ކޮންމެ ވާހަކައެއްވެސް އަޑުއަހަން މީނީ..” ޒީޝާ  ބުނެލިއެވެ. “ޒީ ރުޅި ނާނައްޗޭ” ޒައިން މިހެން ބުނުމުން ބޮލުގެ އިޝާރާތުން އާއެކޭ ޒީޝާ ބުނެލިއެވެ. “ޒީ… ވަރަށް ދުވަސްވެއްޖެ އަހަރެން ޒީ ދެކެ ލޯބިވާތާ..އޭލެވެލް ކިޔަވަން އުޅުނު އިރު ޒީދެކެ ލޯބި ވެވުނީ.. އަހަރެން އެއިރު ދުވަހަކުވެސް އަންހެން ކުއްޖަކާ ދޭތެރޭ  އެކަހަލަ ގޮތަކަށް ނުވިސްނަން.. އެކަމް ޒީ ފެނުނު ފުރަތަމަ ދުވަހުވެސް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ..ޒީގެ ހިތްހެޔޮ ކަމާ މަޑުމައިތިރިކަން ފެނި އަހަންނަށް ޒީ ވަރަށް ލައިކްވި… ޒީ އާ ޓޯކް ކުރަން ފެށިފަހުން މާބޯޑަށްވެސް ގަޔާވެ ލޯބި ވެވުނީ… އެވާހަކަ ޒީ ގާތު ބުނަން ނުކެރުނީ.. އެއީ ޒީގެ ކިޔެވުމަށް ހުރަސް އެޅިދާނެހެން ހީވީމަ.. އަހަންނަށް އެނގޭ ޒީ ވަރަށް ކިޔަވާހިތްވާކަން…މްމް ސޯ ޒީ ކިޔަވާ ނިމެންދެން މަޑު ކޮށްގެން ހުރީ.. ނަމަވެސް އަހަރެން ރަށަށްދިޔަ ފަހުން ޒީގެ ހަބަރެއް ނުވި.. އެހެންވެ ހަބަރެއްވީމަ ބުނަން ނިންމީ ލަސްކުރުމެއްނެތި…” ޒައިން ވާހަކަ ދައްކާ ނިމުނުއިރު ޒީޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. (ނުނިމޭ(

Share Article

Follow Me Written By

Hannah

Level 110 Stories

Other Articles

Previous

ހިޖުރަ (ތިންވަނަ ބައި)

Next

ޝުދޫ********(4)

Next
July 21, 2015

ޝުދޫ********(4)

Previews
July 21, 2015

ހިޖުރަ (ތިންވަނަ ބައި)

21 Comments!

  1. Hannah says:
    July 21, 2015 at 5:20 pm

    Hi guys.. kihineh hurihaa kudhinge haalu..? mirey aneh part genesdheynan.. In Sha Allah.. keep reading.. enjoy 🙂 😀

  2. axi says:
    July 21, 2015 at 5:31 pm

    salhi… Thankolheh kureee

  3. xxxx says:
    July 21, 2015 at 5:35 pm

    Kyhve ehaa kurukon genes deny v foohi

  4. anth says:
    July 21, 2015 at 5:41 pm

    Maa bodah ves kuru.

  5. Sam says:
    July 21, 2015 at 5:42 pm

    Awwnn zain haadha ragalhey… In sha Allah my dream boy will be like that..!

  6. Crazi says:
    July 21, 2015 at 6:01 pm

    Ya v nice

  7. SOMEBODY says:
    July 21, 2015 at 6:19 pm

    v reethi… ekm thankolheh kuru… avahah aneh part ves up koh dhechchey

  8. Nuxha says:
    July 21, 2015 at 6:33 pm

    vvvv kuru.. but nicce

  9. nukko says:
    July 21, 2015 at 6:43 pm

    Vv reethi. Nukko hama bst. Wat abt u?.. Mirey dw anehbaii.. hama inthixaaruga… 😉

  10. lwbi says:
    July 21, 2015 at 7:05 pm

    Haalu rangalhu… Hannah ge haalu kihineh?

  11. athi says:
    July 21, 2015 at 7:11 pm

    Vrh vrh salhi mi vaahaka..aneh bayah wait kurany mi.. pls avahah anehbai genes dhehche.. 😉

  12. swyty girl.. says:
    July 21, 2015 at 7:30 pm

    Vvvv nice.. Bt maa kury…♥♥♥

  13. Ruhu says:
    July 21, 2015 at 7:31 pm

    Alhey haadha kurey thankolheh dhigukon genesdhybala

  14. makko says:
    July 21, 2015 at 7:53 pm

    Dhn thihaa kurukon up nukohbala .. bt nice

  15. Shabee says:
    July 21, 2015 at 8:38 pm

    Maaaaaaaaaaaaaaa kuru 🙁 maaaaaaaaa kuru 🙁 ekam.v reethi…shabee buneemehnun 3rd prt ga propose kuran thoache ey eulhenee… nxt prt kon irakun??

  16. ken says:
    July 21, 2015 at 8:55 pm

    Nice story….❤

  17. swyty girl.. says:
    July 21, 2015 at 9:28 pm

    Mirey knirakn. Gud n u??????????????????????….

  18. sumone says:
    July 21, 2015 at 9:31 pm

    varah nice mi part ves….. ekam adhives thankolheh kury……… i wonder what zeesha will say?????????????????? this sorry is getting excited……. avahah next part up koh dhehchey ingey dhigukoh……… ❤❤❤❤❤❤❤❤❤❤❤❤❤ 😀 🙂

  19. sumone says:
    July 21, 2015 at 9:32 pm

    this story** 😛

  20. eeshee says:
    July 21, 2015 at 11:13 pm

    haasaru maadhiguvany

  21. Hannah says:
    July 21, 2015 at 11:43 pm

    I am doing well.. thanks for the sweet comments guys.. keep reading 🙂

Comments are closed.


All Right Reserved!