Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 5

Ushaali Level 810 Stories100 Comments100 Stories500 Comments
July 21, 2015 4 Mins Read
19 Comments

އިޝާނަމާދުކޮށް އަވަދިވެގެން އަލްމާޝް މައްޗަށް ދެއަތް ނަގާ ދުޢާ ކުރިއެވެ.ލިބެން އުޅޭ ދަރިފުޅަށްޓަކައެވެ. ދުނިޔޭގައިވާހާ ލޯތްބެއްދީގެން އެންމެ ކުޑަދުވަހުން ފެށިގެން އެންމެ ލޯތްބެއްވެސް އުނި ނުކޮށް އެތައް ގުރުބާންތަކެއްވި މައިންބަފައިންނާއި ދެތަން ނުކުރަށްވާތޯ ރޮއެފާ ދުޢާ ކުރިއެވެ. ނަމާދު ބުރުގާ ގެންގޮސް ކޮނޑެއްގައި އަޅުވާލިއެވެ. އެއީ އަލްމާޝްގެ އަބަދުގެވެސް އާދައެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުނީ ބޮޑުވަމުން އަންނަ ބަނޑަށް ބަލާލުމަށެވެ. ބޮޑުވަމުން އަންނަ ބަނޑާ އެއްވަރަށް އަލްމާޝްގެ ދެކޯ ވެސް ފުއްޕާފައި ވާކަން އަލްމާޝް ފާހަގަކުރިއެވެ. އަލަމާރި ހުޅުވާލައި އަލްމާޝްއަށް އެންމެބާރު ހުދުކުލައިގެ ކުރުތާ ނަގާ ލިއެވެ. އަދި ކޮޓަރިން ނިކުންނަމުން ފޯނު ނަގާ ނިމާންއަށް އަދި އަފާފް އަށް މެސެޖް ކޮށްލިއެވެ. ބަދަލުގައި ދެމީހުންވެސް އޯލް ދަ ބެސްޓް ޖަހާލާފައި ރިޕްލައި ކޮށްލުމުން ކޮޓަރިން ނިކުތް އަލްމާޝް ހީލިއެވެ. ނަމަވެސް އެހިތް ވަނީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. މިރޭ އަލްމާޝް އެއުޅެނީ ހަޔާތުގައި ކުރިމަތިލާނެ އެންމެބޮޑު ކަންތަކާއި ކުރިމަތިލާށެވެ. އަލްމާޝްގެ ދިރިއުޅުމުގެ އެންމެބޮޑު ހަގީގަތްމިރޭ ފަޒްނާއަށް ހާމަކުރާނެއެވެ.

އަލްމާޝް ގޮސްވަނީ ޖެހިގެންހުރި ފަޒްނާގެ ކޮޓަރިއަށެވެ. އޭރު ފަޒްނާ ފާހާނާއިން ނިކުންނަނީއެވެ. އަލްމާޝް މަޑުމަޑުންގޮސް އިށީނީ އެނދުމަތީގައެވެ. އޭރުވެސް އެހިތް ނެގިނެގިފައި ޖެހެނީ އަލްމާޝްއަށް ވެސް އަޑުއިވޭހާ ބާރަށެވެ.

“ދަރިފުޅާ.. މާބޮޑަށް ބަނޑުހައިވީ ދޯ… ހިނގާ ކާން ދަމާ… މިރޭ އަންޖޫވެސް ކުޑަކޮށް ބަލިވެ އުޅެނީ” ތުވާލި ހަރުގައި އަޅުވަމުން އެނދުގެ ފަޑިމަތީގައި އަޅުވާލެވިފައި އޮތް ގޭގަ އަޅާ ބުރުގާ ނަގާ އަޅާލިއެވެ. އެއަށްފަހު އަލްމާޝް ކައިރީގައި އައުމަށް ބުނެ ކޮޓަރިން ނިކުތުމުން ނެގިމަޑުވެފައި އިން އަލްމާޝް ވެސް ފަޒްނާ ފަހަތުން ނިކުތެވެ. އަލްމާޝް އެންމެ ހައިރާންވީ އެހާ ގަޔަށްބާރު ހެދުމެއްލާފަ ހުރިއިރު ވެސް ފަޒްނާ ލޮލުގައި އަޅާ ނުގަތުމުންނެވެ. ބަދިގެއަށްވަދެ ފަޒްނާ ކާންހަދަން ފެށުމުން އަލްމާޝް އިށީނީ ސޯފާ ގޮނޑީގައެވެ.

“ބައްޕަ ގުޅިތަ؟… ވަރަށް ބަލިވެޔޯ އުޅެނީ… މޭގައި ރިއްސާ ވާހަކަ ބުނީ… ވަރަށް މޮޅު ޑޮކްޓަރަކަށް ދެއްކި ވާހަކަވެސް ބުނި… ކޮންނަމެކޭތަ ބުނީ…އާނ.. ހަނދާންވެއްޖެ ނާއިން އެކޯ… ވަރަށް ރަނގަޅު މީހެކޯ އެއީ… ގޭގައި ހުއްޓަސް ގުޅާފައި ހާލު ބަލަޔޯ… ހާދަ ތައުރީފެކޭ ބައްޕަ އެ ޑޮކްޓަރަށް ކުރީ” ފަޒްނާ ވާހަކަދައްކަމުން ދިޔައިރުވެސް އަލްމާޝް އަނގައިން ހަމަ އެންމެ ބަހެއްވެސް ބުނެނުލައެވެ…

“ދަރިފުޅާ… ކިހިނެއްވެފަ ތިއިނީ.. އާދޭ އަވަހަށް ކާން…އެވަގުތު އެއީ އަންޖޫވެސް އައިސް އަރާހަމަވި ވަގުތެވެ. އަލްމާޝް އައިސް ކާން އިށިން ވަގުތު ފަޒްނާ ރިހަބޯތަށި މަތި ނެގުމުން އަލްމާޝް އަށް އޯކަށްދެމި ގަނެވުނީ ވަރަށް ބާރަށެވެ. ދުއްވައިގަތީ ބަދިގެއަށެވެ. ކިތަންމެ ވަރަކަށް އޯކަށްދެމިފަވެސް ހޮޑެއްނުލެވުނެވެ. ކުރިމަތީގައި ހުރި އަލްމާޝް އަދި އަންޖޫ ފެނުމުން އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.

“ދަރިފުޅާ…. ކިހިނެއްވެފަ ތިހިރީ…ހާދަ ބާރު ހެދުމެކޭ ލާފަ ތިހިރީ…” އަލްމާޝްގެ ކަންފަތް ދަށުގައި މީހަކު ވަގުތު ޖެހިއްޖޭ ހުރިހާ ވާހަކައެއް މަންމައަށް ކިޔާދޭށޭ ބުނިކަހަލައެވެ. ކުއްލިއަކަށް އަލްމާޝް ކުރިއަށް ޖެހިލާ ފަޒްނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެދެލޮލުން ކަރުނަ ނޫނީ އެއްވެސް އެއްޗެއް ފަޒްނާއަކަށް ނުފެނުނެވެ. އަލްމާޝް ހިއްވަރުކުރާނެއެވެ. ހިންދިރުވާލަމުން ކުރިއަށް ހިނގައިގަތެވެ.

“މަންމާ… ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން” އަލްމާޝްގެ މި ޖުމްލައިން ފަޒްނާގަތީ އިންތިހާދަރަޖައިގެ ބިރެވެ. އެހެނަސް ފަޒްނާގެ ސިކުނޑީގެ އެއްކަނުގައި ކޮށްޓާލިހެން ހީވީ އެދެލޯ އަލްމާޝްގެ ފުއްޕާފައިވާ ބަނޑަށް އަމާޒުވުމުންނެވެ. އެވަގުތު އަލްމާޝް ފަޒްނާގެ އަތްތިލަ ގެންގޮސް ޖައްސާލީ ބަނޑުގައެވެ. ދުރުގައިހުރި އަންޖޫ ދެއަތުން އަނގަމަތީގައި އަތްއެޅީ ވެގެން އުޅޭގޮތް ސާފު ވުމުންނެވެ. ކުއްލިއަކަށް އަލްމާޝް ދުރަށް ކޮށްޕާލާ ފަޒްނާ ފަހަތަށް ޖެހިލިއެވެ.

“މަންމާ…. އަހަރެން ކުށެއް ނުކުރަން… އެކަމަކު މަންމައާއި ބައްޕައަށް ވަރަށް ބޮޑު ކަމެއް ސިއްރު ކުރެވިއްޖެ…. އާނ މަންމާ … މަންމަގެ މިދަރިފުޅު މީނީ ބަލިވެ ބަނޑަށް ހަތަރުމަސް…އެކަމަކު މަންމާ……..މީ….

“ހުއްޓާލާ އަލްމާޝް…..މިހިރަ މުޑުދާރު ގޮތެއް ފޮތެއް ނެތް އަންހެނާ… ތީ މަގޭ ދަރިއެއް ނޫން… މަގޭ ދަރިއެއްނަމަ ތިވަރުގެ ހަޑި މުޑުދާރު ކަމެއް ނުކުރާނެ”.. އަލްމާޝް ބާރަށް ރޮއެ ގަނެވުނީ ފަޒްނާގެ ބަހުރުވަ ހުރި ގޮތުންނެވެ. ކައިރީގައިހުރި އަންޖޫއަށްވެސް ހުރީ ރަނގަޅަށް ރޮވިފައެވެ.

“ތިހެން ނުބުނޭ މަންމާ… މީ ހަމަ މަންމަގެ ދަރިފުޅު. މިދަރިފުޅު ގޮތްކުޑަ މުޑުދާރު ކަމެއް ނުކުރަން. އަހަރެން ދައްކަން މިއުޅޭ ވާހަކަ އެންމެފަހަރަކުވެސް އަޑުއަހާބަލަ މަންމާ…

“ދެން ކޯއްޗެއް އަޑުއަހަން އޮތީ… ތީކާކުގެ ދަރިއެއްކަން ރަނގަޅަށް ވެއްޖިއްޔާ ކަލެއަށް ނޭނގޭނެ.. މިއަދު އަހަރެން ލަދުން ބޯފަޅައިގެންގޮއްސި. ތީ މަގޭ ދަރިއެކޭ ބުނަންވެސް މިހާރު ލަދުގަނޭ” ފަޒްނާ އަތް ފޮޅުވާލީ އަލްމާޝް ކުރިއަށް ޖެހިލާ ފަޒްނާގެ އަތުގައި ހިފާލުމުންނެވެ.

“ހެޔޮނުވާނެ މަންމާ..ތިކަހަލަ ރަހުމުކުޑަ ބަސްތައް ދުލުން ބޭރުނުކުރޭ… މީ މަންމަގެ އަލްމާޝްއޭ… މަންމަ މިދަރިފުޅަށް އިތުބާރު ނުކުރަންތަ މަންމާ….” އަލްމާޝް މަސައްކަތްކުރީ ފަޒްނާއާއި ކައިރިވެވޭތޯއެވެ.

“ބުނެފީމެއްނު މަގޭ ދަރިއެއް ތިވަރުގެ ހަޑި މުޑުދާރު ކަމެއް ނުކުރާނޭ… މީ ކަލޭގެ އަމައެއް ނޫން…ކަލޭގެ މޫނު ދެކޭކަށްވެސް އަހަރެން ބޭނުމެއްނޫން” އަލްމާޝްގެ ބުރަކަށީގައި އަތްއަޅާ ބާރަށް ދުރަށް ކޮށްޕާލިއެވެ. އެބާރު މިނުގައި ކާމޭޒުގެ ކަނުގައި އަލްމާޝްގެ ބަނޑު ޖެހިފައި ވެއްޓުމުން އަންޖޫ އަވަސްއަވަހަށް އަލްމާޝް ކޮޅަށް ނެގިއެވެ. އަލްމާޝް ވެއްޓުނު ގަޑީގައި ފަޒްނާއަށްވެސް ތެޅިގަނެވުނެވެ. ދެލޮލަށް ޖަމާވި ކަރުނަތަކާއެކު އަނެއް ފަރާތަށް އެނބުރުނީ އެލޮލުން ކަރުން ވެއްޓޭތަން އަލްމާޝްއަށް ނުދެއްކުމަށެވެ.

“އަންޖޫ… މި އަންހެނާ މަގޭ ކުރިމަތިން ހަމަ މިހާރު ދުރަށް ގެންދޭ.. އެއީ މަގޭ ދަރިއެއްނޫން…” ފަޒްނާގެ މިޖުމްލައިން އަންޖޫ އަވަސް އަވަހަށް އަލްމާޝްގެ މެދުހަށީގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ.

“އަޅެ ނޫން މަންމާ…. ތިހެންނުހަދާ…އަހަރެން މިހުރީ މިއަދު މަންމަގެ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފަ…ޕްލީޒް މަންމާ…އަހަރެން ހުރިހާ އެއްޗެއްވެސް ކިޔާދޭނަން…” އަލްމާޝްއަށް ގިސްލެވޭ ވަރުން ކިޔާ އެއްޗެއްވެސް ސާފުވާނީ ވަރަށް ވިސްނައިގެންހުރި މީހަކަށެވެ. އަލްމާޝް ރޯވަރުން ފަހަތަށް އެނބުރިހުރި ފަޒްނާގެ ހިތްވެސް ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. އެކަމަކު ފަޒްނާ ދެކޭ ގޮތުގައި އެދަރި އެކުރީ ފަޒްނާ ހިތްރުހޭ ވަރުގެ ކަމެއް ނޫނެވެ.

“އަހަރެން ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން…އަހަރެމެން ދެމަފިރިން އަލްމާޝްއަށް ދިން ތަރުބިއްޔަތުގެ ކޮންކަމެއްތަ އުނިވީ ތިވަރުގެ ފާފައެއް އަލްމާޝް ކުރަން. ކީއްވެތަ ތިވަރުގެ ބޮޑު ލަދެއްގަ އަހަރެމެން ދެމަފިރިން ތި ބެއްދީ…” ފަޒްނާގެ އަޑު ބެދުނެވެ.

“ނޫން މަންމާ… މަންމަގެ މިދަރިފުޅު ފާފައެއް ނުކުރަން… ދުވަހަކުވެސް ނުކުރާނަން… އެންމެ ފަހަރަކުވެސް އަހަރެން މިދައްކާ ވާހަކަ މަންމަ ފިނި ހިތަކުން އަޑުއަހާބަލަ…” އަލްމާޝް ފަޒްނާގެ އަތުގައި ހިފާލުމުން އެއަތް ފަޒްނާ ފޮޅުވާލިއެވެ.

“ބުނަން އަލްމާޝް ވާހަކައެއް.. ތި މުޑުދާރު އަތުން އަހަރެންގެ ގައިގާ އަތްނުލާތި… މިއަދު މިތަނުގައި މަނިކު ނެތްކަން އެއީ އެފަކީރުގެ ނަސީބު.. އަލްމާޝްގެ ތި ހަޑި ސޫރަ ދެކޭކަށް އޭނަވެސް ނުހުންނާނެ.. އަހަރެން އެންމެ ހިނދުކޮޅަކުވެސް މިތާ ހުންނާކަށް ބޭނުމެއްނޫން.. މިއަދުން ފެށިގެން އަހަރެން މައެއްގެ ލޯބިދީގެން ބަލާބޮޑުކުރި އަހަރެންގެ ލޯބިވާ އަލްމާޝް މަރުވެއްޖެ” ފަޒްނާގެ އެވިހަ ޖުމްލައިން އަލްމާޝްގެ ވޭނީ ކަރުނަތަކަށް ލޮނުމިރުުސް އަޅާލި ފަދައެވެ.

“އަޅެ ނޫން މަންމާ… އާދެސް މިކުރީ ތިކަހަލަ ބަސް ބޭނުންނުކުރޭ”

“ދަރިއަކާނުލާ ދިހަ އަހަރުވީފަހުން އަހަރެން ބަނޑުގައި ދަރިއަކު ގަރުބަގަތީ… ނަސީބުދެރަކަމުން އެދަރިވެސް މިދުނިޔެއަށް ނޭވާލިތާ އެންމެ ގަޑީރެއްވެސް ނުވަނިސް މިދުނިޔެއާއި އަލްވަދާޢުކީ…..އެދުވަހުވެސް އަހަރެން ކެތްތެރިވިން…އެއީ އަހަރެންނަށް މިދުނިޔެމަތީގައި ހުރިގޮތް ކަމުގައި ވާތީ ކަލާނގެ ހަޒްރަތަށް ޝުކުރުކޮށްލައިގެންހުރީ… އެކަމުގެ ހިތާމައިގާ އުޅެނިކޮށް އަލްމާޝް އަހަރެމެންގެ ދެމަފިރިންގެ އަތް މައްޗަށް އެރީ… އަހަރެންގެ ލޮލުގެ ކޮއި ފަދައިން ބަލާބޮޑުކުރީމަ ދޭންވި އިނާމަކީ ތިއީތަ؟…ބުނެބަލަ އަލްމާޝް… މަަށަށް ރަނގަޅީ މަގޭ ކުރިމަތިން އަލްމާޝް ދުރަށް ދިޔައިއްޔާ…” އިތުރަށް އެންމެ ބަހެއްވެސް ނުބުނެ ފަޒްނާ ސިޑިން އަރައިގެން ދާން ފެށުމުން އަލްމާޝް އަށް ކެތްނުވެގެން ފަޒްނާ ފަހަތުން ދުއްވައިގަންނަން އުޅުނު ވަގުތު ބޮލަށް އެނބުރުންއަރާ ތިރިއަށް ވެއްޓުނެވެ.

ރޮމުން ގިސްލަމުން ކޮޓަރިއަށް ވަން ފަޒްނާ ތިރިވީ ކޮޓަރީގެ ދޮރުބުޑަށެވެ. ހަށިގަނޑަށް ލެވުނުހާ ބާރެއްލާފައި ރޯން ފެށުނީ ހިތަށް ކެތްނުވެގެންނެވެ. އެވަރުގެ ހިލަހިތެއްގެ ވެރިއަކަށް އޭނާވީ ކޮންއިރަކުބާއޭ ހިތަށް އެރިއެވެ. އަލްމާޝް އެއީ އޭނާގެ މޭގެ އެތިކޮޅެވެ. މިއަދުު އެދަރިފުޅު ބާކީކޮށްލީ ހުދު ފަޒްނާގެ ދެއަތުންނެވެ. ފަޒްނާ ބޭނުންވިއްޔާ ދުނިޔޭގެ ލޯތަކަށް އަލްމާޝްގެ އެކުށް ފޮރުވޭނެއެވެ. އެކަމަކު ދަރިއަކު އެކަހަލަ ނުބައި ކަމެއް ކުރުމުން ކެތްވާނީ ކޮން މަންމައަކަށް ހެއްޔެވެ؟ ފަޒްނާ ކެތްކުރާނެއެވެ.

“މާތްކަލާކޮ….ދުނިޔެއިން މިދުވަސް ދެއްކެވުމުގެ ކުރިން އަހަރެން މަރުނުވީ ކީއްވެ؟ ޔާ ﷲ.. މިއަޅާގެ ދިރިއުޅުމަށް މިފަދަ ބޮޑު ލޮޅުމެއް މިއައީ ކީއްވެ؟ މަނިކު…..މަނިކުއަށް އެނގިއްޖިއްޔާ އެފަކީރު މޮޔަވެސް ވެދާނެ.. ނުބުނާނަން…ނުބުނާނަން މަނިކު ކައިރީ” ފަޒްނާ މޮޔަގޮވަމުންގޮސް އެނދަށްއަރާ އިށީނެވެ.

އަލްމާޝްގެ ހަބަރެއްނުވާތާ ބަރާބަރު ބާރަގަޑީރު ވީއިރު ނިމާން ހީވަނީ މޮޔަވެދާނެހެންނެވެ. އަލްމާޝް ދީފައިހުރި ނަންބަރުތަކުން ހަމައެކަނި ނުގުޅަނީ ފަޒްނާގެ ފޯނަށެވެ. އެނަންބަރަށް ގުޅަންވެސް ފޯނުގައި ނަންބަރުތައް ޖެހުނު އަދަދެއް ބުނަންވެސް ނޭނގެއެވެ. ނިމާންއަށް ނޭނގުނީ ފަޒްނާގެ ފޯނަށް  ނުގުޅުނުކަން އެއީ ނަސީބެއްކަމެވެ. ކޮންމެސް ނުބައެއް އުޅޭކަން ނިމާންގެ ސިކުނޑީގެ އެއްކަނަކުން އިންޒާރުދެމުން ދިޔައެވެ. އަލްމާޝްއަށް ވީގޮތެއް ނުބަލާ އެހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ކުރިމަތީގައި ހުރި ކޮފީތަށި ހިހޫވެ ފެނަށްވެފައި ހުރިއިރު އެއްފަރާތުގައި އިން ޖިނާން އިނީ ނިމާންގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިވެ ބަލަހައްޓައިގެންނެވެ. މާޔޫސްވެ ކަރުއެލުވާލި ނިމާން ސިއްސައިގެންދިޔައީ އަތުތެރޭގައި އޮތް ފޯނުގެ ރިންގްގެ އަަޑަށެވެ. ދެވަނަ ސިކުންތުގައި ފޯނުނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ރޮވިފައިވާ އަޑަކުން ޝޯނާއޭ ބުނެ ގޮނޑިއަށް ވެއްޓިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޝުދޫ********(4)

Next

ޒީޝާ (ފަސްވަނަބައި)

Next
July 21, 2015

ޒީޝާ (ފަސްވަނަބައި)

Previews
July 21, 2015

ޝުދޫ********(4)

19 Comments!

  1. Mil says:
    July 21, 2015 at 10:42 pm

    This story is awesum… bt thankolhehh kury… n me 1st… waiting for nxt part… ❤❤❤❤❤❤

  2. inayaa says:
    July 21, 2015 at 10:50 pm

    Haadha salhiey ekamaku maalahee up vaaleh.

  3. nuxha says:
    July 21, 2015 at 10:55 pm

    wow.. haadha molhey Ushaali dhahtha.. im 2 dw.. salhi

  4. ifaa says:
    July 21, 2015 at 11:00 pm

    V reethi

  5. reysham says:
    July 21, 2015 at 11:05 pm

    Mi vaahaka salhi…ekm maa kuru Vega genesdeyleh maaa las….ehenve mihaaru mivaahaka mathin foohives vehjje….dhn Anna part miahvuren avahah up kohdeyne kamah umeedhu kuran

  6. reysham says:
    July 21, 2015 at 11:06 pm

    Vefa*****

  7. Azka Ikyaa says:
    July 21, 2015 at 11:06 pm

    good writter eh dw.. aslu vaahaka salhi vaane if you make that litttle bit longer…… dhen faxnaa numarachey..

  8. anth says:
    July 21, 2015 at 11:15 pm

    Varah reethi.. Veeha avahakah enh part genesdhee….

  9. nukko says:
    July 21, 2015 at 11:52 pm

    V v reethi ekm maaaaaa kuru…hope anehbaii avahah up kohffa dhigu vs kohllaane kamah

  10. Ish says:
    July 21, 2015 at 11:55 pm

    Reethi,,bt bunan ulhey vaahaka buneveynedho faafaeh nukuramey dhakka vaahaka aduahaashey bunaa knme faharaku…anywy nice,,wtn fr nxt…..

  11. fathun says:
    July 22, 2015 at 12:45 am

    V reethi vaahaka..nxt prt kndhuvahakun upkohdheny..

  12. Nau says:
    July 22, 2015 at 5:18 am

    Vrh reethi.. kn iraku next part

  13. aish says:
    July 22, 2015 at 9:00 am

    Wow avas koh up kohdhee bala. Vaahaka varah reethi

  14. liu says:
    July 22, 2015 at 9:39 am

    varah reetii,……..when next part

  15. Rayan says:
    July 22, 2015 at 3:47 pm

    Nc. Ushaa! Kn irakun tha next prt up kurany?? Nxt part dhigu kohlachey!

  16. Smile says:
    July 22, 2015 at 3:48 pm

    Nice

  17. liu says:
    July 22, 2015 at 7:26 pm

    vvvv reethiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  18. Lali says:
    July 23, 2015 at 11:27 pm

    Avahah up kuran dhn noolheythee foohi.ethah dhuvahehe fahun viyya up kuranee…..dhn plxplx avahah up kohba……

  19. Tom says:
    July 30, 2017 at 4:26 pm

    No kada kobba dhenoh baa

Comments are closed.

Next Episodeއަލްމާޝް 6←


All Right Reserved!