Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 38

darkangel Level 210 Stories
July 22, 2015 5 Mins Read
27 Comments

ނޫރާއަށް އަދިވެސް ވިސްނެނީއެވެ. ރޭގައި އާޔަންއަށް ގުޅައިގެން ވާހަކަ ދެއްކިއިރު ޒާޔާގެ ވާހަކަ ކިޔައިދިނުމަށް އެދުމުންނެވެ. ކުރުކޮށް ކިޔާދިނުމުންވެސް އަނެއްކާ ސުވާލުކޮށްގެން ހުރިހާ އެއްޗެއް އެހީމައެވެ. ފަހުން ދިމާވެފައި އެކަމާއަދި ވާހަކަ ދައްކަން ބޭނުންވާކަމަށް ބުނީމައެވެ. ރާއިންއާ ބެހޭގޮތުންވެސް ސުވާލު ކުރުމުންނެވެ.

އާޔަންއަށް ރާއިން މާލެދިޔަކަން އެނގުނީ އެދުވަހު ހަވީރުވަގުތެއްގައި ނޫރާމެންގެއަށް އައުމުންނެވެ. “ކީއްވެ އަހަރެންގާތުގައި ނުބުނީ ރާއިން މާލެ ދިޔަވާހަކަ،” އާޔަން ނޫރާއާއި ސުވާލުކުރިއެވެ.

“އާޔަން ނުވެސް އަހަމެންނު ފަހުން ރާއިންބެ ކޮބާތޯއެއް…” ޖަވާބުގައި ނޫރާއަށް ބުނެވުނީ ކުޑަކޮށް ހިތަހަމަ ނުޖެހިފައި ހުރެއެވެ. އޭނައަށް ކަންތައްތައް ފޮރުވައިގެން އުޅުމަކީ އޭނަ އެންމެ ހިތްހަމަނުޖެހޭ އެއްސިފައެވެ. ޖަވާބު އަޑުއިވުމުން އަޔާންއަށްވެސް އެކަން ފާހަގަވިއެވެ. މީހާހަމަޖެހިލާފައި ނޫރާ ހިތްހަމަޖައްސަން ދެތިން އެއްޗެއް ބުނެލިއެވެ. އަދި ރާއިންއާއި ޒާޔާގެ ގުޅުން އޭނައަށް އެނގުނު ގޮތުގެ ވާހަކަ ކިޔާދިނެވެ. އޭނަ މިހާރު ހީކޮށްގެން އެހުރީ ރާއިންއާއި ޒާޔާ އެކަން ހަނދާން ނައްތާލާފައި އެމީހެއްގެ ދިރިއުޅުމާއިގެން ކުރިއަށް ދިޔައީކަމަށެވެ. އަދި ރާއިންއާއި ޔާނާ ރައްޓެހިވެގެން އުޅެނީކަމަށެވެ. ފޯނުހުޅުވާލުމަށްފަހު އެއްޗެއް ލިޔެފައި އޮތް ފޮޓޯއެއް ނޫރާއަށް އޭނަ ދައްކާލިއެވެ.

“ހުރީމޭ އުމުރަށް އިންތިޒާރުގާ، ފުރަމުން ތިޔަނަމުން އަހަރެންގެހިތް

     ހުރީމޭ އަބަދުމެ ތިއިންތިޒާރުގާ، ވެދުންކުރަމުން އަހަރެންގެ މިހިތް”

ހައިރާންކަމާއެކު އާޔަންއަށް އޭނަ ބަލާލިއެވެ. އެއީ ކޮންޅެމެއްކަން އޭނައަށް ރަނގަޅަށް އެނގުމުންނެވެ. “އާޔަން… މިއީ…”….”ޔެސް ތިއީ އަހަރެން ނޫރާއަށް ޕްރޮޕޯޒް ކުރިރޭ ފޮނުވިޅެން… ޔޫނޯވް ކާކު ލިޔެފަ އިންއެއްޗެއްކަން މިއީ…” ނޫރާ ވާހަކަ ދައްކަނިކޮށް މެދު ކަނޑާލަމުން އާޔަން ބުނެލިއެވެ. އަދި ފޯނުން އެއާއި ޖެހިގެން އިން ފޮޓޯ ދައްކާލިއެވެ. “ހުރީމޭ ތިއިންތިޒާރުގާ…. ޒާޔާ” އެޅެމުގެ ތިރީގައި ލިޔެފައި އިނެވެ.

“މިފޮޓޯއިން އޭރު ޒާޔާ ދުށީ،ވަރަށް ޗޭންޖް ވާނެ އޭރު، ސްކާރފްވެސް ނާޅާ މިފޮޓޯގަ ހުންނާނީ، ޅެން ރީތިކަމުން ޅެމުގެ ފޮޓޯއެއް ނެގީ، ޒާޔާގެޕިކް ގެ އަނެއްފަރާތުގައި ޅެން ލިޔެފަ އިނީ، ރާއިން ހާދަ ލޯބިވިޔޭ ޒާޔާދެކެ، ޒާޔާއަށް ޕްރޮޕޯޒް ކުރުމުގެ ކުރިން އެހުރިހާ ކަމެއް އެނގުނުނަމަދޯ، އެއްވެސް ހަގީގަތެއްނެތް ކަމެއް ފޮރުވަން އޭނަ މަސައްކަތްކުރީ އޭނަގެ ސްޓެޕް މަމްއަށްޓަކައި… ދުވަހެއްގެ ކޮޅުންވެސް ރާއިންގެ މަމްއަށް މިކަންތައް އެނގިއްޖިއްޔާ ހާދަ ދެރަވާނޭ، އޮން ވަން ސައިޑް ރާއިން އެއީ އޭނަގެ ދަރިއެއްނޫން، އެން ޒާޔާ އެއީ ރާއިން ބައްޕަ އެހެން މީހަކަށް ލިބިފައި ހުރި ކުއްޖެކޭ ކިޔައި އެކަން ގަބޫލު ކުރުވައިގެން އެއުޅެނީ ވެން ޝީއިޒް ނޮޓް އީވެން ރިލޭޓެޑް ޓްދެމް… ހައްގުނޫން ނަފްރަތެއްދޯ ޒާޔާއަށް ރާއިންގެ މަންމަ ފަރާތުން އެލިބެނީ… ރާއިންގެ މަންމަ މިހުރިހާދުވަހު ނަފްރަތު ކުރި ކުއްޖަކީ ޙުދު ރާއިންކަން އެނގޭ ދުވަހަކުން ވާނީ ކިހިނެތް ބާއޭވެސް ހިތަށްއަރާ، އެނގޭ މިހެން ބުނަން ނުވާނެކަންވެސް ބަޓް، ރާއިންގެ މާމައާއި ކާފަ ރާއިންގެ ބައްޕަ އިންނަން އުޅުނު ކުއްޖާއާ އެހާ ނުގަބޫލުވީމަކަންނޭނގެ މިހުރިހާ ކަމެއް މިދިމާވީ، ރާއިންގެ އަސްލު މަންމަ މަރުވީ، އެން ދޮންމަންމަގެ ދަރިފުޅުމަރުވީ، އިތުރަށް ކުއްޖަކު ނުލިބޭގޮތަށްވެސް ވީ، އެން އެމީހުން އެހާ ނުރުހުނު މީހެއްގެ ދަރިއެއް މިހާރު އެހާ އަމިއްލަ ކޮށްގެން އެއުޅެނީ، އަދި ރާއިންގެ މަންމައަށް ހަގީގަތް އެނގެންވީދުވަހު އަނެއްކާވެސް އޮޅުވާލީ ރާއިންގެ ބައްޕަގެ އިތުރުކުއްޖަކު ހުއްޓެއްކަމަކު އެކުއްޖަކީ ރާއިންއެއް ނޫނޭ ޒާޔާއޭބުނެ…އިޓްސް ނޮޓް ރައިޓްދޯ” އާޔަން ވާހަކަ މެދުކަނޑާލަމުން ނޫރާއަށް ބަލާލިއެވެ. ކަންތައްތައް މިވަނީ ރަނގަޅަށް ނޫންކަން ނޫރާއަށްވެސް ގަބޫލުކުރެވެއެވެ. އޭނައަށް ހުރިހާއެއްޗެއް އެނގެއޭ އާޔަންގާތު ބުނަންވީބާއޭ ހިތަށްއެރިއެވެ. ނަމަވެސް އަދި މަޑުންއިނީއެވެ. އާޔަންގެ ސުވާލު ޖަވާބަކަށް ހަމައެކަނި ބޯޖަހާލިއެވެ.

“އަސްލު ހިޔެއް ނުކުރަން ޒާޔާ މިހާގިނަ ދުވަސް ވަންދެން އެގޭގަ ބަހައްޓާނެ ކަމަކަށްވެސް، ރާއިންވެސް ދެން މޫވް އޮންކުރީމަ ރަނގަޅުކަންނޭނގެ އެއްގޮތަކުން….” އާޔަން އަނެއްކާވެސް ބުނެލިއެވެ. ނޫރާއާޔަންގެ އަތުގައި ހިފާލާފައި ކޮނޑުގައި ބޯއަޅާލިއެވެ. މިހުރިހާ ކަމެއް ވަރަށް އަވަހަށް ރަނގަޅުވެދާނެއޭ ހިތާހިތުން ބުނެލިއެވެ. ނަމަވެސް އެހަގީގަތް އޭނައަށް އެނގޭކަން ނާންގާ މަޑުކުރިއެވެ. އެކަމަށް ހައްގުއޭނައަށް ލިބިގެން ނުވެއޭ ހިތާހިތާ ބުނަމުންނެވެ.

**********************

“ޒަޔާން މިހާރު އެވާހަކަ ދެއްކީތަ ޒާޔާގާތު..؟” ސަނާ ޒަޔާން ކުރެން ސުވާލުކޮށްލީ ނޫރާއާއި ނާޔާއާއި ހަތަރުމީހުން ޓެރަސްގައި ތިބެފައެވެ.

“ނޫން އަދި ނުދައްކަން، މާކުރިން ދައްކައިފިނަމަ އޭނަ ހިޔާލު ބަދަލުވެދާނެ، އެގަޑީގަ ދައްކާނީ އޭރުން އޭނައަށް ދެރަވެގެންވެސް އެވާހަކަ ޝަކުވާ ކުރެވޭނެދޯ…” ޒަޔާން ފާޅުކުރީ އޭނަ ވިސްނާފައިވާގޮތެވެ.

“ޒަޔާންގެ މަންމަ އެބަ ގޮވާ….” ޓެރަސް އަށް އަރަމުން ގޮވާލާފައި ބުނެލިއެވެ.

“މަންމަ މިހާރު ކުޑަކަމެއްވިޔަސް ބުނަނީ ޔާނާގާތުގަދޯ…” ނޫރާއަށް އަނގަމަޑުލައިގެން ނުހުރެވުނެވެ. ޔާނާ ފާޑަކަށް ލޯއަޅާލުމުން ހިނިއައިސްފައި ޒަޔާންއަށް ބަލާލިއެވެ.

“މަންމަ ރުއްސަން ތިވަރުން ނޫޅުނަސް މަންމަ ރުހޭނެއޭ ޔާނާއާ… ދޯ ދޮންބެދައްތާ….” ޒަޔާން އެތަނުން ނުކުތުމުން ނޫރާ އަނެއްކާވެސް ޔާނާއާ ދިމާކޮށްލިއެވެ.

“މިހާރު އެންމެންގާތު ބުނީ، އަހަރެން ބުނިންދޯ ނުބުނާށޭ” ޔާނާގެ ލޯފެންކަޅިވިއެވެ. ނޫރާވެސް ހުރީ ދެރަވެފައެވެ. ސަމާސާ ވިހަވެއްޖެކަން އެނގުމުން އެތާގައި ހުންނާކަށް އޭނައަކަށް ނުކެރުނެވެ. “ސޮރީ”އޭ ބުނަމުން އޭނަ ޓެރަހުން ފައިބައިފިއެވެ. ނާޔާއަށްވެސް ބަލާލެވުނީ ކުށްވެރިއެއް ހެނެވެ. އެވަގުތު ޔާނާއަށް ފޯނެއް އައިސްގެން ތަންކޮޅެއް ދުރަށްޖެހިލިއެވެ. ސަނާއާއި ނާޔާވެސް އެވަގުތު ޓެރަސްއިން ފޭބިއެވެ. ފޯނުނިންމާފައިވެސް ޔާނާ ޓެރަސްމަތީގައި ހުރީއެވެ. އޭނަގެ މޫޑުހުރީ ގޯސްވެފައެވެ. އެންމެންގެ ތެރެއަށްދާހިތް ނުވެފައެވެ. ވިއްސާރަ ވައްތަރުވެފައި ވުމުގެސަބަބުން މާހައުލުވެސް ވަނީފިނިވެފައެވެ. ހީވަނީ ދެންމެ ދެންމެ ވާރޭވެސް ވެހިދާނެހެނެވެ. ނަމަވެސް އޭނަ ހުރީ ދާހިޔާލެއްގައެއްނޫނެވެ. ހުރިހާކަމަކާ ފިކުރު ބޮޑުވެފައި ހުރެވުނީއެވެ.

ޒަޔާން ޓެރަސްއަށްއެރީ އޭގެ ދެގަޑިއެއްހާއިރު ފަހުންނެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭވެސް ވެހެއެވެ. ޓެރަހުގެ ހިޔާކޮށްފައިވާ ބައިގައި ހުރި ގޮނޑިއެއްގައި ޔާނާ އިންތަން ފެނުމުން އޭނަ ހައިރާން ވިއެވެ. އިށިއިނދެގެން އިންގޮތުން އިނީ ފިނިބޮޑުވެފައިކަންވެސް އެނގެއެވެ. ޔާނާގެ ނަމުން ގޮވާލުމުން ސިހިފައި ލޮލުން ފައިބައިފައި ހުރި ކަރުނަތައް ފޮހެލިއެވެ. ޒަޔާން ހިތުގައި ސުވާލުއުފެދުނެވެ. ޔާނާ އެގޮތަށް އިންދާ ދާކަށްވެސް އޭނައަކަށް ނުކެރުނެވެ. ކައިރީގައި އިށިއިންނަމުން ކިހިނެތްވީތޯ ސުވާލުކުރިއެވެ. ނަމަވެސް ޔާނާއެއްވެސް އެއްޗެކޭ ނުބުނެ ޒަޔާންގެ މޫނަށް ބަލައިގެން އިނީއެވެ. ޒަޔާންވެސް ޔާނާ އެއްޗެކޭ ބުނޭތޯ އެގޮތަށް އިނެވެ. އެލޮލުން ކަމެއް ދޭހަވާކަހަލައެވެ. އެވަގުތު ވިދާލި ވިދުވަރާއެކު ޖެހި ގުގުރީން ސިހިފައި ޔާނާއަށް ޒަޔާއާ ކައިރިއަށް ޖެހެވުނެވެ. ޒަޔާންގެ ހޫނުނޭވާ އިހުސާސްވާހާ ކައިރިއަށެވެ. ޖެހި ދެވަނަ ގުގުރިއާއިއެކު ކުރިއަށްވުރެ ބޮޑަށް ޒަޔާންގެ އަތުގެ އުނގުތެރެއަށް ވަދެވުނެވެ. ޒަޔާންގެ އަތުގެ މުލައްދަނޑީގައި ދެއަތުން ހިފާލައިގެން ޔާނާއަށް އިނދެވުނެވެ. ހަތަރުކަޅި ހަމަވިހިނދު އެހެން ކަންތައްމަތިން އޭނަ ހަނދާން ނެތުނުކަހަލައެވެ. ޒަޔާންގެ މޭގައި މޫނުފޮރުވާލަން އޭނަ ހިތްއެދުނެވެ. ހިތުގެ އަޑަށް އިޖާބަ ދެވުނީކޮން އިރަކުކަމެއް ނޭނގުނެވެ. އެއަތުގެ ތެރޭގައި ހީފިލުމުން ރަނގަޅަށްވެސް ޒަޔާންގެ ގައިގައި ޔާނާއަށް ބައްދާލެވުނެވެ.

“ޔާ.ނާ..” ޔާނާގެ ހޫނުނޭވާތައް ޒަޔާންގެ ކަނދުރާއަށް އިހުސާސްވުމުން ޒަޔާން ދެދަތްޕިލާ ޖައްސާ ބާރުކޮށްލަމުން ބުނެލިއެވެ.

“އެމް ސޯސޮރީ” ޔާނާ ޒަޔާންއާ ދުރަށް ޖެހިލަމުން އަވަސްއަވަހަށް ބުނެލިއެވެ. ޒަޔާންގެ މޫނަށް ބަލާވެސް ނުލާ އެތަނުން ނުކުންނަން ދިޔައީ ކުރެވުނު ކަންތަކުގެ ބޮޑުކަމުން އަނގަ މަތީގައި އަތްވެސް އަޅާލައިގެނެވެ. ޒަޔާންގެ ކުރިމަތީގައި އޭނަ އެހާ ފިނޑިވީބާއޭ ހިތާހިތާ ސުވާލުކޮށްލިއެވެ. ކޮޓަރިއަށްވަތް ގޮތަށް އެރޭދެން އޭނަ ނުވެސް ނުކުތެވެ.

ރޭގަނޑު ކެއުމުގައި އެރޭ އާޔަންވެސް ބައިވެރިވިއެވެ. “މިރޭ ޒާޔާވެސް ޔާނާވެސް ނުފެނޭ، ނޫރާވެސް އެނުކުތީ އާޔަން އައިސް ގޮވީމަ… ކީއްވެފަތަ މިއެންމެންނަށް މިތިބެނީ…”ބަލްގިސް ހިތްހަމަ ނުޖެހިގެން ސުވާލުކޮށްލިއެވެ. ނަމަވެސް އެސުވާލަށް ޖަވާބުދޭނެ އެކަކުވެސް ނުވިއެވެ. ނޫރާއާއި ސަނާ އެކަކު އަނެކަކަށް ބަލާލިއެވެ. ނާޔާއަށް ބަލާލެވުނީ ޒަޔާންއަށެވެ. ޒާޔާ ކާން ނުނުކުތީ މިރޭ ރާއިންމެން އަންނާތީކަން ޔަގީނޭ ހިތަށް އެރިއެވެ.

ކައިނިމިގެން އެންމެން ތިބީ ޓީވީކައިރީގައެވެ. އޭރު ތަށިތައް ނަގަން ސަނާއާއި ނޫރާ އަދި ނާޔާ އުޅެއެވެ. ކުޑައިރުކޮޅަކު ތިބުމަށްފަހު އަބްދުﷲގެ ދެމަފިރިން ކޮޓަރިއަށްވަނެވެ. ޔަޝްރާގެ ފިރިމީހާ ކުއްލިއަކަށް ބޭރަށް ދާންޖެހިގެން ގެއިން ނުކުތީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. ސަލްމާއާއި ޔަޝްރާވެސް ކޮންމެވެސް އެއްޗެއް ހަދަންވެގެން އެތެރެއަށް ވަނެވެ. ޔާސިރު އިނުމުން އާޔަން ދާންނުކެރިފައި އިނީއެވެ. ޔާސިރު އޭނައާއި ދެތިން ސުވާލެއް ކޮށްލާ މަސައްކަތް ކިހިނެތްތޯ އަހާހެދިއެވެ.

“އަޅުގަނޑު ވަރަށް ހިތްހަމަޖެހިއްޖެ ރާއިންވެސް މާޒީ ދޫކޮށްލާފަ ދިރިއުޅުމާއިގެން ކުރިއަށް ދާން ނިންމީމަ” އާޔަންއަށް އިނދެފައި ބުނެވުނީ ހިތުން ޔާސިރުއަށް އެނގޭ ވާހަކައެކެވެ. ނަމަވެސް އެކަން އޮތްގޮތް އޭނައަށް އެނގޭނަމަ އޭގެން އެންމެ ލަފްޒެއްވެސް ބޭރުނުކުރިކަން ޔަގީނެވެ. ޔާސިރުއަށް އާޔަން ދައްކާވާހަކަ ފަހުމް ނުވިއެވެ.

“ތިބުނި އެއްޗެއް ނުވިސްނުނު…”

“މިބުނީ ޒާޔާއާ ރުޅިވެފަ ދެން މިހާރު ޔާނާއާއެކު ދިރިއުޅުމެއް ފަށަން ގަސްތުކުރީތީ ހިތްހަމަޖެހޭވާހަކަ، ޒާޔާއާ ރުޅިވެފަ އެހެން ކުއްޖަކާ ގުޅޭ ހިޔާލެއްވެސް އޭރު އޭނަ ނުކުރޭވިއްޔަ، ޒާޔާއަށްވެސް ހަގީގަތް ކިޔާދޭނެ ވާހަކަ ބުނި، ނޭނގެ ކިޔާދިންކަމެއް… އާންޓްގާތުގަ ހަގީގަތް ދުވަހަކުވެސް ނުބުނާނެކަން އެނގޭ މިހާރުދެން، ޒަޔާއަށްވުރެވެސް ރާއިންއަށް މުހިންމީ އޭނަގެ މަންމަކަން، އަދި އޭނަގެ ބައްޕަ ބޭނުންވާގޮތްކަން…”

“އާޔަން…” އާޔަންގެ ވާހަކައަށް ހުއްޓުމެއް އައީ ފަހަތުން ނޫރާ ގޮވާލުމުންނެވެ. އޭރު އޭނަ ހުރީ އާޔަން އެގޮތަށް ޔާސިރުގާތުގައި އެވާހަކަ ދެއްކުމުން ހަދާނެ ގޮތްނޭނގިފައެވެ. ޔާސިރުވެސް އިނީ އާޔަން ދެއްކި ވާހަކައަކުން ވިސްނާނެ ގޮތެއްނޭނގިފައެވެ. އާޔަންގާތުގައި ހަގީގަތް ކިޔާދެވުނުނަމައޭ މިހާރު ނޫރާގެ ހިތަށް  އަރަމުންދިޔައެވެ. ނަމަވެސް ނަމައަކުން ވާނެ ކަމެއް އޮންނާނެ ހެއްޔެވެ؟

“ކީއްވެ އަންކަލް ގާތުގައި ތިވާހަކަ ތިދެއްކީ…” ނޫރާ ހުރިގޮތް ފެނުމުން އޭނައަކައިރިއަށް އާޔަން ދިޔައެވެ.

“ތިބުނީ ކީކޭ”

“އަންކަލް އަކަށް ނޭނގޭނެ ރާއިންއާއި ޒާޔާގެ އެއްވެސް ކަމެއް، ރާއިން ނުބުނޭ އެވާހަކަ އަންކަލްގާތުގައެއް…” ނޫރާއެއްޗެކޭ ނުބުނުމުން އެންމެފަހުން ނާޔާ ޖަވާބުދިނެވެ.

“ތިއެންމެންނަށް އެނގޭތަ އެކަންތައް” އާޔަންއަށް ކުރެވުނީ އަނެއްކާވެސް އަނެއް ސުވާލެވެ.

“ދެން ކީއްވެ އަހަރެންގާތުގަ ތިވާހަކަ ނުބުނީ ނޫރާ، އައި ތޯޓް ހީ އޯލްރެޑީ ނޯސްކަމަށް، ރާއިން އޭރު ބުނީވެސް އެހެން، ޒާޔާއާ ރުޅިވާނީއޭ ބައްޕައަށް ހުރިހާ އެއްޗެއް ކިޔާދޭނީއޭ އެކަމަކު މަންމައަށް ހަގީގަތެއް ނާންގާނަމޭ، މަންމަގެ ނަޒަރުގައި ޒާޔާއަކީ ބައްޕަގެ ދަރިއެއްކަމުގައި ގަބޫލުކުރުވައިގެން މަންމަގެ ދަރިއެއް ނެތްކަން ފޮރުވެންޏާ، އަހަންނަކީ މަންމަގެ ދަރިފުޅުކަމުގަ މަންމަ ގަބޫލުކުރަންޏާ މަރުވަންދެންވެސް އެހަގީގަތް އޮންނާނީ އެގޮތަށޭ…. އޯނޯވ…” މަޑުމަޑުން އާޔަން ކިޔާލިއެވެ. މިހާރު އޭނަވެސް ހުރީ ހާސްވެފައެވެ.

ގޭގެ ބެލްޖަހާލިއަޑަށް އެންމެންނަށް އެދިމާބަލާލެވުނެވެ. ރާއިންމެން އައީކަން ޔަގީނެވެ. ގޮތްހުސްވެފައި ތިބެ އެންމެންނަށް ބަލާލެވުނީ ޔާސިރުއާއި ދިމާއަށެވެ. ނަމަވެސް ޔާސިރު އެތާގައި އިނުމުގެ ބަދަލުގައި ތެދުވެގެން ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ.

ގޭގެ ދޮރު ހުޅުވާލުމުން ރާއިންއާއި ޝާން އެތެރެއަށް ވަދެގެން އަންނަތަން ފެނުނެވެ. އެންމެންނަށް ހައި ޖަހާލުމަށްފަހު ރާއިން އެތާގައި މަޑުކުރުމެއް ނެތި އެތެރެއަށް ހިނގައިގަތެވެ.

“ރާއިންއަށް ކިހިނެތްވީ…” ސަނާ ސިޑިއާއި ދިމާ ބަލަން ހުރެފައި ޝާންއާ ސުވާލުކޮށްލިއެވެ.

“ދެން އެނގެއެންނު، ވަރަށް އުޅުނު ނާންނަންވެސް”

“ދޮންބެ ސަމްތިންގ ހެޕެންޑް، އެވްރީތިންގ އިޒް ރުއިންޑް، އިޓްސް އޯލް މައި ފޯލްޓް އެމް ސޯސޮރީ،” މޫނުގައި އަތްއަޅާލަމުން ނޫރާ ރޮވިފައި ބުންޏެވެ. ކައިރީގައި ހުރި އާޔަންވެސް ހުރީ މާޔޫސްވެފައެވެ. ޝާން ކިހިނެތްވީތޯ ސުވާލުކުރިއެވެ.

“މިތާކު ނޫން، ދައްތަވެސް ތިރިއަށް އައިސްފާނެ..” ސަނާ އިތުރަށް އެތާގައި ވާހަކަ ނުދެއްކުމަށް ބާރުއެޅިއެވެ. އެންމެން މައްޗަށް ހިނގައިގަތީ ޝާންއަސް ވީގޮތް ކިޔާދޭށެވެ. އަދި އާޔާންއަށް އެކަންތައްތަކުގެ ވާހަކަ ކިޔާދޭށެވެ. އެއާއެކު ދެން ކަންތައް ކުރަންވިގޮތް ކިޔާދޭށެވެ.

*******************

“ތިއީ އާޔަންގެ އަދި ނޫރާގެ ކުށެއްނޫން، ބޭބެ އަދި ނޭނގެ ކަންތައް ކުރާނެ ގޮތެއް، އާންޓްގާތުގައި އެވާހަކަ ނުދައްކައިފިއްޔާ ޒަޔާން ޕްލޭންކޮށްފައި އޮތްގޮތަށް ކަންތައް ކުރާނީ، އެކަމަކު މިވާހަކަ ޒަޔާންގާތުގަ ދައްކާނެކަމެއް ނެތް، ކައިވެންޏަށް މިހާރު މިއޮތީދެން އެންމެ ދުވަހެއް، ބޭބެ ކަންތައް ކުރާގޮތްދެން މާދަން އެނގިދާނެއްނު، ރާއިންއާ ވާހަކަ ދެއްކިޔަސް އެނގޭނެ، ސޯ އެޓްދި މޫމެންޓް ލެޓްސް ރިމެއިން ކާމް….” ޝާންއަށް ހުރިހާ ވާހަކައެއް ކިޔާދީނިމުމުން އާޔަންއަށްވެސް ޒާޔާއާއި ރާއިންއާ ދެމެދު އައިސްފައިވާ ހުރަހުގެ ވާހަކަ ކިޔާދިނެވެ. ޝާން އެންމެންނަށްވެސް އެންގީ އެކަން އިތުރުމީހަކަށް ނާންގާ އަދި މަޑޫކުރުމަށެވެ. ޔާސިރުގެ ފަރާތުން އަންނަ ބަދަލަކާ ގުޅިގެން ދެން އިތުރަށް ވާހަކަ ދައްކާށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ކަޔާލް-5

Next

ނާމާނޭ…

Next
July 22, 2015

ނާމާނޭ…

Previews
July 22, 2015

ކަޔާލް-5

27 Comments!

  1. Saana says:
    July 22, 2015 at 10:48 pm

    Hey im the first

  2. Saana says:
    July 22, 2015 at 10:49 pm

    Waiting for the next part keep it up 🙂

  3. smile says:
    July 22, 2015 at 10:50 pm

    Keehve Tha ehaaa lahun up kuraneee…. BTW v nice… Plx upload the next part soooon

  4. Iba says:
    July 22, 2015 at 10:56 pm

    V v v reethi.
    bt kurin mi vaahaka kiyaahaa interest eh nuhuree..sababakee maa lahun upload vaatee.lahun upload vaatee kurin kee bai hadhaan ves nuhuree.eh henve jehenee kureege bai ves kiyan..
    so make us more interest to read this story.
    plx plx plx plx plx plx plx plx

  5. cherish says:
    July 22, 2015 at 10:57 pm

    V reethi…

  6. Ruhu says:
    July 22, 2015 at 10:59 pm

    Me first darkangle haadha lahunney thi up kohdheny thankolheh avahah next part up kohdhybala

  7. Ruhu says:
    July 22, 2015 at 11:00 pm

    darkangle haadha lahunney thi up kohdheny thankolheh avahah next part up kohdhybala

  8. Yana says:
    July 22, 2015 at 11:20 pm

    I luv it…
    Bt maa lahy upload vaa Leh!

  9. swyt says:
    July 22, 2015 at 11:21 pm

    varah reethi
    next part ah inthizaaru kurany

  10. emiliya says:
    July 22, 2015 at 11:22 pm

    Nice but plx upload a lil fast………… <3 <3 ♥♥♥♥♥

  11. naj says:
    July 22, 2015 at 11:39 pm

    Hurimey inthizaarugaa.. Dark angel pls up fast

  12. Usha says:
    July 22, 2015 at 11:47 pm

    Thivahtharah vaahaka nuLiunihyaa ragalhu eh part kiyaa hadhaan nethuneema aneh part

  13. lwbxx says:
    July 22, 2015 at 11:47 pm

    Wen nxt prt???

  14. hidhaa says:
    July 22, 2015 at 11:51 pm

    Vaahaka Nuliyeveyvarun nuliyeba garunakun ehfaharu dhen boduvaru

  15. sadh says:
    July 23, 2015 at 12:02 am

    Dark aharunge comment balaaves nulan dho ? Asluves vaahaka kithemme rycchas this is touture. Just tooo tooo much :/ dissappinting level is too damn high.

  16. Me says:
    July 23, 2015 at 12:18 am

    Vaahaka upload thi kohllevenee kury bai handhaan nethey fahun… Dhen ninmaalaa konmeves gothakah.

  17. swyty girl.. says:
    July 23, 2015 at 1:00 am

    Vvv nice♥♥♥.. Bt hadha dhuvaheh khfa.. Dhn kndhuvahakn next part up vaany…….

  18. sur says:
    July 23, 2015 at 1:37 am

    I have totally forgot what I read before. And these names are so similar and so confusing since its uploaded once in a blue moon. so dear writer! Do me a favour. If you can upload it on a regular basis, it’s well and good. Otherwise please quit it…..

  19. Een says:
    July 23, 2015 at 4:33 am

    Hy .. when is the next part?
    v nice story….

  20. ram says:
    July 23, 2015 at 11:03 am

    mihaaru vaahaka ehaareechenoon

  21. nuzoo says:
    July 23, 2015 at 11:21 am

    varah nice.. ekamaku maalahun up vanyy.. <3<3

  22. maree says:
    July 23, 2015 at 11:35 am

    mee vaahakaehtha. noonee dhamaafai oi haasarugandetha. hus ekahcheh. kiyaa meehunnahves vaanuvaa neyge liyaa meehaa ah ves vaanuvaa neyge

  23. eeshee says:
    July 23, 2015 at 11:36 am

    ehaalahun up kuraairuves shame kury. v foohi.

  24. vaanuvaa says:
    July 23, 2015 at 11:39 am

    alhey dhen thivarun vaahaka liyun huttaalanvejje ennu. dhen keekey bunaanee. mee vaahakaeh tha. ithuru vatharegge nameh neygeneetha. dhen thivarun nuliyaanee vaahakaigai beynunkuraane thafaathu name eh neygennaa

  25. mishal says:
    July 23, 2015 at 12:25 pm

    mii kongothakah up kuraa waahaka eh??? handhaan netheyhaa dhuwas v ma aneh bai,, foohi migothah genesdheythy,,

  26. aish says:
    July 23, 2015 at 2:34 pm

    Bodu haasaru gandeh othy liyefa.dhen maa english vefa othyma v foohi kiyan..ehves asareh neh..knmeves gothakaun vaahaka avahah nimmaalumah edhen..kurin onnna shauguverikameh neh mihr..

  27. ammmday says:
    August 13, 2015 at 2:57 pm

    Vvvv salhi..ekamaku dhivehi vaahakaehga English beynun kohfa hureema kiyaairuga undhagoo kamah faahaga kurevey..

Comments are closed.

Next Episodeއިންތިޒާރު 39←


All Right Reserved!