ޖެސިކާ އަޑުއިވުނުކަމަށްވެސް ނުހަދާ އެތަނުން ނިކުމެގެން ދިޔައީއެވެ. މޭރީގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. މިއީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ ރަނގަޅަށްވިއްޔާ އޭނަ ސްކޫލަށް އަންނާނީވެސް އެކަންޏެވެ. މިއޮށްފަދަ ފިނި، އަނދިރި ރޭގައިވެސް ބިރެއް ފިކުރެއް ނެތި އެއައީއެވެ. އެހެންނޫނަސް މިކަހަލަ ރޭތަކުގައި މީހުން ސްކޫލަށް އާދޭހެއްޔެވެ؟ އޭނާއަށް ވާނެނަމަ، މިހާރު މޭރީ އިންނާނީ ގޭގައެވެ. އެކަމަކު ޖެސިކާމެން މިރޭ ސްކޫލަށް އަންނަ ވާހަކަ ބުނެފައި އޮތުމުން އެމީހުން އެކަނިކޮށްނުލަންވެގެން އައީއެވެ. އެޑެމްމެން ނަޔަސް ޖެސިކާ ކޮންމެ ގޮތެއް ހަދާފައިވެސް އަންނާނެކަން އޭނައަށް އެނގެއެވެ. އެހެންވިޔަސް، އޭނާ ޖެސިކާދެކެ ވަރަށް ލޯބިވެއެވެ. ބުނާ ކޮންމެ ކަމެއް ބުނި ގޮތަކަށް ކުރާ ބަސްއަހާ ކުއްޖަކަށް ވީތީއެވެ. ***
އިލެވޭޓަރގައި ހުއްޓިލައިގެންހުރި ޖެސިކާ ހުރީ ހިތްހަމަނުޖެހިފައެވެ. މިކަހަލަ އަރާމު ރެއެއްގައި އެޑެމްމެންނަށް ސްކޫލަށް ނާދެވެންވީ ކީއްވެހެއްޔެވެ؟ ހަމަ ފައްކާ ކަންނެތްފޮޑަރުންތަކެކެވެ.
އެއިލެވޭޓަރއަކީ ބިއްލޫރިން ހަދާފައިހުރި އިލެވޭޓަރއެއް ކަމަށްވުމުން ބޭރު ވަރަށް ރީތިކޮށް ފެނެއެވެ. ހަތްބުރިއަށް ނަގާފައިހުރި ހައިސްކޫލް އިމާރާތް ފެންނަނީ ވަރަށް ރީތިކޮށެވެ. އެއިމާރާތް ޖެސިކާއަށް އިތުރަށް ރީތިވީ މުޅިން އަނދިރިކޮށް އޮތުމުންނެވެ. ހަވަނަ ބުރިއަށް ލިފްޓު ހުއްޓުމުން އޭނާ މިސްރާބުޖެހީ އޮފީހާ ދިމާލަށެވެ.
އޮފީސްތެރޭގައިވެސް މީހަކު ނެތެވެ. މަޑު ހިނގުމެއްގައި ގޮސް އެތާހުރި ކަބަޑެއްގެ ދޮރު ހުޅުވާލިއެވެ. އޮފީހުގެ ބޮކި ދިއްލާކަށް ޖެސިކާ ނޫޅުނެވެ. ހީވަނީ އަނދިރިއަކީ އޭނާގެ އެކުވެރިޔާހެންނެވެ.
ކަބަޑުތެރެ ހާވަހާވާ ހުއްޓާ ފަހަތުގައި މީހަކު އުޅޭހެން ހީވެގެން ފަހަތް ބަލާލިއެވެ. އެވަގުތު ހިޔަންޏެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް އެއީ އޭނާގެ ހިޔަނި ކަމަށް ބަލާ އެކަމާ އަޅައެއް ނުލިއެވެ.
ދެވަނަ ސިކުންތުގައި ޖެސިކާގެ ކަންފަތް ހީވީ ބައްވިހެންނެވެ. އިވުނު ބާރު އަޑުފަށްގަނޑާއެކު އޭނާއަށް ސިހިފައި ފަހަތް ބަލާލެވުނެވެ. ލިބުނު ޝޮކުން ހަޅޭއްލަވައިގަންނަންވެސް ނޭނގިފައި ހުރެވުނެވެ.
ކުރިމަތީ މިހުރީ ހަމަ އޭނާގެ ސިފައިގައި ހުރި ކުއްޖެކެވެ. އިސްތައްޓެއްގެ މިންވަރުވެސް ތަފާތުކަމެއް ނޭނގެއެވެ.
” ހައްހައްހައްހާ، ހައްހައްހައްހައްހައްހާ” އެކުއްޖާ ހޭންފެއްޓިއެވެ.
” ކީއްވެތަ ތިހުރީ ބަހެއްވެސް ނުބުނެ؟” އެކުއްޖާ އިސްވެ އެއްސެވެ.
” ކަލޭ.. ކަލޭ ތީ ކާކު؟” އަތް ތުރުތުރުއަޅާ ހާލު ޖެސިކާއަށް އަހާލެވުނެވެ.
” މަމީ ކާކުކަން ހަމަ ނޭނގެނީތަ ތިއަހަނީ؟ މަމީ ޖެސިކާގެ އެއްމާބަނޑު ދައްތައޭ. އަހަރެމެން ދެމީހުންވެސް އުފަންވީ އެއްދުވަހަކު. މަ ދޮށިވާނެ ހަމިނެޓަށް ކަލެއަށްވުރެ.” އެއީ ފްލޯރާއެވެ. ޖެސިކާގެ އެއްމާބަނޑު ދައްތައެވެ.
އެހިނދު ހަނދާންތަކެއް ޖެސިކާ ވަށާލިއެވެ. އެރެއަކީވެސް މިފަދަ ވިއްސާރަ ރެއެކެވެ. އޭރު ޖެސިކާއާއި ފްލޯރާގެ އުމުރުން ވާނީ ސާދަ އަހަރެވެ. އެމީހުންނާ އެއްކުލާހެއްގައި ކިޔަވަމުން ދިޔަ އެޑެމް ފްލޯރާ ގާތުން ވަނީ ރައްޓެހިވުމަށް އަހާފައެވެ. ފްލޯރާވެސް އެޑެމްދެކެ ވަރަށް ލޯބިވިއެވެ. މިކަމާ ޖެސިކާ ފްލޯރާއާ ހަސަދަވެރިވިއެވެ. އެޑެމްއަކީ އޭނާވެސް ވަރަށް ލޯބިވާ ފަރާތެކެވެ.
އެހެންކަމުން، އެދެމީހުން ދުރުކުރެވޭނެ ގޮތެއް ޖެސިކާ ވިސްނިއެވެ. އެޅަ ސިކުނޑިއަށް ވިސްނުނު އެންމެ މޮޅު ގޮތަކީ ފްލޯރާ ނެތިކޮށްލުމެވެ.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
” ލޯރާ، ހަނދާނެއް ނެތްތަ މިރޭ ޓިއުޝަން އޮންނަ ކަމެއް؟” ޖެސިކާ ހުއްޓިލީ ފްލޯރާ ކުރިމަތީގައެވެ.
“އާ އެކަމަކު ކުޑަކޮށް އެބަ ބޮލުގަ ރިއްސާ، ލޯވެސް އެބަ ތޮޅޭ، ނޭނގެ މިވާގޮތެއް. ހީވަނީ ކޮންމެވެސް ކަމެއް ވާން އުޅޭހެން.” ފްލޯރާ އެނދުމަތީގައި އޮވެފައި ބަލިއަޑަކުން ބުނެލިއެވެ.
“ކީއްވެ؟ އެހެންވީއިރު ހިނގާ ވާރެއާ ތެމެން ދާން.” ޖެސިކާ ހުރީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ފްލޯރާ ބޭރަށް ނެރޭށެވެ.
“ދެން ނޫން. ހާދަ ބޯކޮށޭ އެވެހެނީ. ވިދަންވެސް އެބަ ވިދައެއްނު. ކިހިނެއްވީތަ؟ މިރޭ ހާދަ އުފަލުން ތިހުރީ؟” ފްލޯރާ ޖެސިކާގެ މޫނަށް ބަލާލަމުން ހެވިފައި އޮވެ ބުންޏެވެ.
“މިރޭ މީ ސަޕްރައިޒެއްވެސް އޮތް ރެއެކޭ. އެހެންވީމަ ހުންނާނީ އުފަލުންނެއްނު.” ޖެސިކާ މިހެން ބުނެލިއިރު އެހިތް ތެޅިލިއެވެ.
“އެހެންތަ؟ މަންމަމެންގެ ސަޕްރައިޒެއްތަ؟” ފްލޯރާ އެއްސެވެ.
“ނޭނގެ. ރައްޓެއްސަކު ދޭންބުނި ސަޕްރައިޒެއް. ހިނގާބަ ބޭރަށް ނިކުމެލަން. އޭނަ ބުނީ މިގަޑިއަށް ބޭރަށް ނިކުމެ ހުންނާށޯ.” ޖެސިކާ މިހެން ބުނެފައި ފްލޯރާ ގޮވައިގެން ބޭރަށް ނުކުތެވެ. އޭރުވެސް ހޯސްލާފައި ވާރޭ ވެހެއެވެ.
ހަޤީޤަތުގައި ޖެސިކާ ބޭނުންވީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފްލޯރާ ބޭރަށް ނެރުމަށެވެ. މިރޭ މިއީ އޭނާގެ ހަޔާތުގައި ފާހަގަކޮށްލެވޭ ރެއަކަށް ވާނެއެވެ.
ގޭގެ ދޮރުކައިރީގައި ވާރޭވެހޭތަން ބަލަން ހުރުމަށްފަހު އެދެމީހުން ވަނީ އެތެރެއަށެވެ.
“ކޮބާ އޭނަ ދޭން ބުނި ސަޕްރައިޒް؟” ލިފްޓު ކައިރީ ހުރެފައި ފްލޯރާ އެއްސެވެ.
“ނޭނގެ. ވާރޭ ވެހޭތީ ނާދެވުނީކަމަށް ވާނީ. ދެން އަޅާނުލާ. ހިނގާބަ ގޭމެއް ކުޅެން.” ޖެސިކާ ދޮގަކަށްފަހު ދޮގެއް ހަދަމުން ދިޔައެވެ.
ޖެސިކާއާއި ފްލޯރާ ކުޅެމުންދިޔައީ އެމީހުން އަމިއްލައަށް ހެދި ގޭމެއް ކަމަށްވާ އިލެވޭޓަރ ގެމެވެ. މިގޭމްގައި ހަދަންޖެހޭ ގޮތަކީ އެއްކުއްޖަކު އިލެވޭޓަރއަށް އެރުމުން އަނެއް ކުއްޖަކު ފިލަން ދުވަނީއެވެ. އެއިލެވޭޓަރ އެކުއްޖަކު ބޭނުން ބަޔަކަށް ހުއްޓުމުން ފިލިކުއްޖާ ހޯދަން ޖެހެނީއެވެ. އިލެވޭޓަރއަށް އެރުމުގެ ބޭނުމަކީ ކޮބައިތޯ ފްލޯރާ އެހިވެސް މެއެވެ. ނަމަވެސް އެއީ މިގޭމްގެ ނަމާ ގުޅުވާށޭ ބުނެ ޖެސިކާ އޮޅުވައިލީއެވެ.
ފިލަންވެގެން ފާރަކާ ނިވާވެގެން ހުރި ޖެސިކާ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދިޔައީ އިލެވޭޓަރ ހުއްޓޭނެ ގަޑިއަކަށެވެ. އޭނާގެ މޫނުމަތީގައި ކާމިޔާބުގެ ހިނިތުންވުމެއް ކުޅެލީ ހަތަރުވަނަ ބުރިއާ ހަމައިން ލިފްޓު ހުއްޓުމުންނެވެ. ޔަޤީންކޮށްލުމަށްޓަކައި ލިފްޓު ކައިރިއަށް ގޮސް ބެލިވެސްމެއެވެ.
ހަމަޖެހުމުގެ ނޭވައަކާއެކު ޖެސިކާ ހިތަށް އަރުވާލިއެވެ. ދެން ވަރަށް ފަސޭހައިން އެޑެމް އަތުއަޅުވާލެވިދާނެއެވެ. ޔަޤީނެވެ. އެޑެމް ލޯބިވާނީވެސް ފްލޯރާގެ ސޫރަދެކެއެވެ. ފްލޯރާ މަރުވުމުން އެޑެމް ބޭނުންވާނީ ޖެސިކާއެވެ. ސަބަބަކީ ޖެސިކާއަކީ ހަމަ ފްލޯރާގެ ސޫރައެވެ.
ޖެސިކާ ހަމަ ގަސްތުގައި މަންމަމެން އުޅޭ ބަޔަށް ނުގޮސް ސިޑިމަތީގައި އެނބުރުނީ ފްލޯރާ އެތާއޮވެ ނޭވާހާސްވެގެން މަރުވަންދެނެވެ. އޭނާ މަންމަމެން ގާތަށް ފަސްވަނަ ބުރިއަށް ދިޔައީ ލިފްޓު ހުއްޓުނުތާ ހަގަޑިއިރު ފަހުންނެވެ. އޭރު މެންދަމު ތިނެއް ޖަހައިފިއެވެ.
މަންމަމެން ތިބީ ނިދާފައިކަމުން އެމީހުންނަށް ގޮވާ ހޭލައްވާކަށް ޖެސިކާ ބޭނުމެއް ނުވިއެވެ. އޭނާ އެނދުމައްޗަށް ވެއްޓިގަތްތާ އިރުތަކެއްނުވެ ނިދިއްޖެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.


Nice…
V thafaaathu vaaahaka eh hen heeevaneeee….
V thafaaathu vaaahaka eh hen heeevaneeee…. ekam ves vaaahaka v reeethi
Varah thafaathu vaahaka eh. Heevey varah reethi vaaney hen…
nice , ekam eng names huryma kuda koh udhagoo vay , ekam ves rythi
Jessica varah brave!
V reethi.. loOkin forward to nxt part…….
V v nice …
jesicca vr goas , eana ge twin dhahtha eyy e maraaly , vr moya kuhjjeh , enoon baivaru goiy goiy ves hunnnaane dw , dhen dhahtha ah edam dhookoh laafa , ehn myhaku hoadhi nama eh nun , hehe,
Nice story waiting for next part
Nice
V nice
Shukuriyya
Adhi mihaatahnah kiyunu ehmme thafaathu story…. “PLUVIOPHILENYCTOPHILIA” shabee ah heevanee u mivaahaka base khfa meenee eng series ehkamahvaa marykate and ashley ge vaahaka thakah hen… v vahtharu gotheh hurey e series ge ” two of a kind” e baiga hunna vaahaka thakaaa…. gaumuvex copy ehnoon…. n i hav to tell u something…. aslu u thinan liyefa theenee ehcheh vusnainehnoon dhw 😉 i asked tht bcx heevanee hithah.eri akuru thakh hama kuyelaafa hen…. sorry ” U ” kiyaigen author aa talk kuraathee but e noon gotheh neh 🙁 emme faharaku author ge nan liyunee…. kiriyaa moya nuvee… haadha undhagoo name ekey…vaahakaiga hunna eng name thajaa ehgoeh author gr name vexx…. 😛 but nameh noon dhw ehchakee….vaahaka reethi v ma shabee ah nimunee….. 😀
Adhi mihaatahnah kiyunu ehmme thafaathu story…. “PLUVIOPHILENYCTOPHILIA” shabee ah heevanee u mivaahaka base khfa meenee eng series ehkamahvaa marykate and ashley ge vaahaka thakah hen… v vahtharu gotheh hurey e series ge ” two of a kind” e baiga hunna vaahaka thakaaa…. gaumuvex copy ehnoon…. n i hav to tell u something…. aslu u thinan liyefa theenee ehcheh vusnainehnoon dhw 😉 i asked tht bcx heevanee hithah.eri akuru thakh hama kuyelaafa hen…. sorry ” U ” kiyaigen author aa talk kuraathee but e noon gotheh neh 🙁 emme faharaku author ge nan liyunee…. kiriyaa moya nuvee… haadha undhagoo name ekey…vaahakaiga hunna eng name thajaa ehgoeh author gr name vexx…. 😛 but nameh noon dhw ehchakee….vaahaka reethi v ma shabee ah nimunee….. 😀 good luck… 🙂
Aslu mi namuga innaane dhe bas. Ey “Pluviophile” adhi “Nyctophilia”. Dhen e dhebas user name akah ikhthiyaaru kury e dhe bahaa alhugandaa kommeves varakah gulheythy. Net ga jahaigen e dhe bahuge maana balaalaba.
Dhen thi bunaa series aa mi vaahaka aa gulhumeh vaanama maaf kuravva. Mi vaahaka mee ehves series akah base kohfa eh noon. Dhen vahtharuvun ey mulhin ehen kameh dhehtho.
Shukuriyya Shabee.
Kuriah oi thaaga ves alhugadah Hiyvaru dhehvaane kamah ummeedh kuran.
Dhen shabee beynumiyya alhugandah nick name eh dhehviyas heyo.
HeHe.
mi story varah vahtharu hindi film ” alone ” aa. 🙂
btw varah reethi story. nd best of luck 🙂 :*
Heevany “alone” film in idea nagaafa hen..!!
Hehe, kuriah huri baithah kiyaalamaa dhoa
itx awesome..i love this story…waiting for next episode
wow salhi.. keevanee varah reethi vaanehen mivaahaka.. ekam dheythere dhuru nukoh up kohdhehcheY..
Shukuriyya Hurihaa Kudhinah
Ok ehen v ma shabee thi author ah kiyaanee.. ummmmm.. actually i need a help of the readers… 🙂 may b u can tell me a nick name to call u my majesty author… hehe 😛
ahdhey.. shabee dhn maa vefa..
Mivaahaka heevani copy eh hhen..hindi flim alone in vaani mihothah
Vvvvvvvvv salhi