Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ…. (5) ވަނަ ބައި

DESTINY2020 Level 210 Stories
July 23, 2015 3 Mins Read
6 Comments

” ހަލޯ. ކިހިނެއްތަ ޙާލު؟” އަހަރެންގެ ކަންފަތުގައި ޖެހުނީ އަހަރެން ދަންނަ އަޑެއްނޫނެވެ.
” ތީ ކޮން ކުއްޖެއްބާ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ.
” ހާދަ ހަނދާން ބައްޔޭދޯ. މީޝިފާ. ރޭގަ ކޮފީއިން ދިމާވިއެއްނުދޯ.” ޝިފާ އެހެން ބުނުމުން އަހަންނަށް ލިބުނީ ޙައިރާންކަމެކެވެ.
” އެހެންތަ؟ ކީއްކުރާށޯ ތި ގުޅާލީ؟” އަހަރެން އަނހާލީމެވެ.
” ދެން ހަމަ ވާހަކަ ދައްކާލަން މިގުޅާލީ. އަނެއްކާ ޢާޒިމްއަށް ގުޅައިގެން ނުވޭތަ؟” ޝިފާ މަޑުމަޑުން ބުނެލިއެވެ.
” ނޫނޭ. ހަމަ ގުޅަންވީ. ތިކަހަލަ ރީތި ކުއްޖަކާއި ވާހަކަ ދައްކަން ލިބުމަކީ އަހަރެންފަދަ މީހަކަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް” އަހަރެން ކުޑަކޮށް ހީނލަމުން ބުނީމެވެ.
” ހަމަ އަސްލުވެސްތަ؟ އީމާންވެސް ބުންޏޭ ޢާޒިމް ވަރަށް ލައިކްވާނެޔޭ އަހަންނާއި ވާހަކަ ދައްކަން. ދެން މިހާރު ކީއްތަ ތިކުރަނީ؟” ޝިފާ އަނހާލިއެވެ.
” މިހާރު މިއުޅެނީ. އޮފީހުގަ. ކުޑަކޮށްބިޒީ. ފަހުން ގުޅާލެވޭތޯ ބަލާނަން. އޯ.ކޭދޯ.” އަހަރެން ބުނީމެވެ.
” މައްސަލައެއްނެތް.” ފޯން ބާއްވަމުން ޝިފާ ބުނެލިއެވެ.

އަހަރެން ފޯން ބޭއްވިތަނާހެން އިމާން އައިސް އޮފީހަށް ވަނެވެ
.
” ކޮން ކަމެއްތަ ކުރަންވީ؟” އިމާން އަވަސް އަވަހަށް ބުނެލިއެވެ.
” ނަޞީބަކުން މިއަދު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްނިމިއްޖެ.” އަހަރެން ބުނީމެވެ.
” ލަކީ ދުވަހެއްދޯ.” އިމާން ބުނެލިއެވެ.
” ބައެއް ދުވަސްދުވަހު މިހެންވެސް ވާންޖެހޭނެދޯ.” އަހަރެން ބުނީމެވެ.
” ޝިފާ ގުޅިދޯ.” އިމާން ކުއްލިއަކަށް ބުނެލިއެވެ.
” އާނ. އިމާން ބުނެގެންތަ ގުޅީ؟” އަހަރެން އަނހާލީމެވެ.
” އަހަރެން ބުނީ ޢާޒިމްއަށް ގުޅާލައްޗޭ. ސަޅިއެއްނުދޯ.” އިމާން ހެމުން ބުނެލިއެވެ.
” ތީވެސް ގޮތެއް. އެކަމަކު ދެން ފަހަރަކުން އަހަރެންގެ ނަންބަރު ކުއްޖަކަށްދޭކަމުގަވަނީވިއްޔާ، އަހަރެންގެ ގާތުގަވެސް އަނހާލާތި. ރީތިގޮތަކީ އެއީހެން އަހަންނަށް ހީވަނީ.” އަހަރެން ބުނީމެވެ.
” އޯ.ކޭ. އޯ.ކޭ.” އިމާން ބުނެލިއެވެ.

އޮފީހުން ގެއަށް ދާން ނިކުންނަމުން އަހަރެން ޝުދޫއަށް ގުޅާލީމެވެ. ޝުދޫގެ ފޯން އޮތީ ނިއްވާލާފައެވެ. އެހެންވެ، އަހަރެން ޝުދޫއަށް އެސް.އެމް.އެސް ފޮނުވީމެވެ. އޭރުން ޝުދޫ ފޯން ހުޅުވުމުން އަހަންނަށް އިނގޭނެތީއެވެ. އަހަރެން ޝުދޫއާއި ދެން ވާހަކަ ދައްކާނީ ރައްޓެއްސެއްގެ ހައިޞިއްޔަތުންނެވެ. ލޯބިވެރިޔަކަށް ޝުދޫ ހެދޭނެކަމުގެ އުންމީދެއް އަދި ނެތެވެ. އެކަމުވެސް، އަދިވެސް މަސައްކަތް ކުރާނަމެވެ. ހިނިވެސް ފަރުބަދަ ކަނޑައެވެ.

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެކެވެ. އޮފީސް ބަންދު ދުވަހެއްކަމުން އަހަރެން ހުރީ ގޭގައެވެ. ކުރާނެ ވަކި ކަމެއްނެތުމުން ސިޓިންގ ރޫމްގެ ސޯފާސެޓްގައި ޖައްސާލީމެވެ. ބަންދު ދުވަހެއްކަމުން ގޭތެރޭގައި ހުރިހާ މީހުން އުޅެމުން ދިޔައެވެ. އަހަރެން ދިޔައިރު، ސުހާ އިނީ ސޯފާސެޓްގައި އިށީނދެގެން ޓީ.ވީ ބަލާށެވެ. ޒަހާ އިނީ ކޮމްޕިއުޓަރކައިރީގައެވެ. ކޯހުގެ އެސައިންޓްމަންޓެއް ނިންމާށެވެ.

އަހަރެންވެސް ޓީ.ވީ ބަލަމުން ގެންދިޔައީމެވެ. އަހަރެން ކުއްލިއަކަށް ސުހާއަށް ބަލާލީމެވެ. ސުހާ އިނީ ވަރަށް ދެރަވެއެވެ. އަނެއްކާވެސް ކޮންމެވެސް ހަނގުރާމައެއް ހިގީ ކަންނޭނގެއެވެ.

” ހާދަ ދެރަވެފަ ސުހާ. ކިހިނެއްތަވީ އަނެއްކާ؟” ސުހާގެ ކޮލުގައި ހިފާލަމުން އަހަރެން ބުނީމެވެ.
” ބޮޑު ބަ………” ސުހާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

ސުހާ ގާތަށް އައި ރުޅީގައި އޭނަގެ އަތުގައި ޖެހުނު ތަޅުދަނޑިފަތި އަހަންނާއި ދިމާލަށް ހޫރާލިއެވެ. ތަޅުދަޑިފަތި އައިސް ޖެހުނީ އަހަރެންގެ މޫނުމަތީގައެވެ. އޭގެން އެއްތަޅުދަނޑިޖެހުނީ ނޭފަތްމަތީގައެވެ. އަނެއް ތަޅުދަނޑިން ޖެހުނީ ލޯމަތީގައެވެ. ލޮލުގެ ކޮއިތެރޭގައި ނުޖެހުނުކަން ނަޞީބެކެވެ. ސުހާ ތަޅުދަނޑިތައް އަހަންނާއި ދިމާލަށް ހޫރާލިލެއް ބާރުކަމުން، ދެހުނު ދެތަނުންވެސް ކުޑަކޮށް ލޭއައެވެ.

އަހަރެންގެ ގާތަށް ވަރަށް ރުޅިއައެވެ. އަހަރެން އަތް އިސްނުކޮށް، ރުޅި ކޮންޓްރޯލް ކުރީމެވެ. ކުޑަކުދިންނަށް އަނިޔާކުރުމަކީ ގޯހެކެވެ. އެކަމަކު، ސުހާވެސް އެހާ ރުޅި ގަދަވާކަށް ނުވާނެއެވެ. އަހަރެން އެހެން ބުނުމުން ތަޅުދަނޑިން ޖެހުމަކީ ގޯހެކެވެ. އެހާ ޅަޢުމުރުގައި މާރާމާރީއަށް މިސްރާބުޖެހުމަކީ ގޯސް ކަމެކެވެ. ބޮޑުވުމުން އަދި ކިހާވަރެއްވާނެ ބާވައެވެ؟

” އަހަންނަށް ވަރަށް ތަދުވެއްޖެ. ދެން އަހަރެން ސުހާގެ ގައިގައި ޖަހަފިއްޔާ، ސުހާއަށް މާތަދުވާނެ. އެކަމަކު، އަހަރެން އެހެނެއް ނަހަދާނަން. ތީ ކުޑަކުއްޖެއް. ކުޑަކުއްޖަކަށް އަނިޔާކުރުމަކީ އަހަރެންގެ ގޮތެއްނޫން. އެކަމަކު، ސުހާވެސް ދަސްކުރަންޖެހޭނެ ބޮޑެތި މީހުންނާއި ރީތިކޮށް ވާހަކަ ދައްކަން. އަދި އަތް އިސްނުކުރަން. ނޫނީ ފަހުން ގޯސްވެދާނެ.” އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ.

އަހަރެން އެހެން ބުނުމުން ސުހާ އިނީ ވަރަށް ދެރަވައެވެ. އަހަރެން އަޅައެއް ނުލަމެވެ. އެކަމަކު، ވަރަށް ދެރަވިއެވެ. އަވަސް އަވަހަށް އެތަނުން ތެދުވެގެންގޮސް އަހަރެން ވަނީ ފާޚާނާއަށެވެ. މޫނުމަތިން ލޭ އައި ތަންތަން ފެނުން ފުހެލުމަށްފަހު، ކުޑަކޯލާޓަރުކޮޅެއް އުގުޅާލީމެވެ. ކުޑަކޮށް ދިލަވެސް ނެގިއެވެ. އަހަރެން ހުރީ ވަރަށް ރުޅިއައިސް ފައެވެ.

” ދެން ދުވަހަކުވެސް މަށާއި ވާހަކަ ދައްކައިގެން ނުވާނެ. އަދި މަށަށް ބަލާވެސް ލައިގެން ނުވާނެ. ތީ ވަރަށް މަތީ ފެންވަރެއްގެ މީހެއް.” އަހަރެން ގެއިން ނުކުތީ ސުހާއާއި ދިމާލަށް އެހެން ބުނެފައެވެ.

އަހަރެން ގެއިން ނުކުތްތާއިހެން ޝުދޫ އަހަންނަށް ގުޅިއެވެ.

” ކީއްކުރަންތަ ތިގުޅަނީ؟ އެއްވެސް މީހަކު އަހަންނަށް ގުޅާނެކަމެއްނެތް! އަހަރެން މިހުރީ ވަރަށް ރުޅިއައިސްފަ. އަހަރެންގެ ނޭފަތާއި ލޮލަށް ވަރަށް އެބަ ތަދުވެޔޭ.” ޝުދޫ ގުޅުމުން އަހަރެން ބުނީމެވެ.
” ތަދުވާގޮތަށް އުޅެންޏާ ތަދުވާނެ. އަދިވެސް ޢާޒިމްއަށް ވާވަރު ކުޑައީހެން އަހަންނަށް ހީވަނީ.” ޝުދޫ ހެމުން ދިމާކޮށްލިއެވެ.
” ދެން. ހެވޭ. އިހަށް ފޯން ބާއްވާ. އަހަރެން ފަހުން ގުޅާނަން.” އަހަރެން ހުރީ ހިތްހަމަނުޖެހިފައެވެ.
” ހަމަ ބާއްވަންވީތަ ފޯން؟” ޔަޤީންކޮށްލުމުގެ ގޮތުން ޝުދޫ އަނހާލިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ނާމާނޭ…

Next

ބަކުރުބެގެ ނަޞީބު *******(2)

Next
July 23, 2015

ބަކުރުބެގެ ނަޞީބު *******(2)

Previews
July 22, 2015

ނާމާނޭ…

6 Comments!

  1. Tigrious says:
    July 23, 2015 at 3:19 am

    Haadha Kurukoh Thi Genes Dheny ??? And Kyve Dhanvaru Up KuRany ???

  2. Anonymous says:
    July 23, 2015 at 4:08 am

    mashah heevany thi shudhoo aky suha henn….. anyways vaahaka vrh reethi

  3. nihaa says:
    July 23, 2015 at 4:18 am

    Nice..

  4. Shabee says:
    July 23, 2015 at 9:13 pm

    Anonymous shabee ah vex heevanee thihen… 😉

  5. Anonymous says:
    July 24, 2015 at 3:36 pm

    kobaa tha next part

  6. nazi says:
    July 25, 2015 at 2:12 pm

    vara reethi kobaa konirakuntha vaahaka up kuranee

Comments are closed.

Next Episodeޝުދޫ******* (6) ވަނަ ބައި←


All Right Reserved!