Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ނާމާނޭ…

PluviophileNyctophilia Level 110 Stories
July 22, 2015 2 Mins Read
12 Comments

ވެހެމުންދިޔަ ވާރެއަށް އާޝޯޚުވެފައި ބަލަން ހުރެ ޖެސިކާ ކުރިއަށް ފިޔަވަޅެއް އަޅައިފިއެވެ. ކަކުލާ ހަމައަށް އަރާ ގަދަ ފެހިކުލައިގެ ބޯ ޔުނީފޯރމުގައި އޭނާ ފެންނަނީ ލޫޅާފަތިކޮށެވެ. އެޔުނީފޯރމުގެ މޭމަތީގައި ދެބަރިއަށް ހައެއްކަ ކަޅުކުލައިގެ ބޮޑެތި ގޮށް ހުށްޓެވެ. އުފަންވިއިރުވެސް ޖެސިކާއަށް ލިބިފައިވަނީ ފެހިނޫ ކުލައިގެ ލޮލެކެވެ. މުށިކަޅު ކުލައިގެ އެބުޅިފަން އިސްތަށިގަނޑު ވަނީ މަށްޗަށް ނަގައި ހުޅިއެއް ޖަހާފައެވެ. ހަމުގެ ކުލަ މާއަލިނޫނަސް މާކަޅެއްވެސް ނޫނެވެ.
ގުގުރީގެ އަޑުން މުޅިތަން ގުގުމާލިއެވެ. ހަމައެއާއެކު ވާރޭ އިހުނަށްވުރެވެސް ބޯކޮށްލިއެވެ. ވިދާލި ވިދުވަރާއެކު ޖެސިކާ ރޫރޫއަޅައިގަތެވެ.
‘އެމީހުންނެއް ނާންނާނެ ކަންނޭނގެ.’ ޖެސިކާގެ ހިތަށް އެރިއެވެ. ރޭގަނޑުގެ މިގަޑީގައި ސްކޫލަށް ދާން އޭނާ ނިކުތީ ސްކޫލްގެ ކުޅިވަރުގެ ހަރަކާތްތަކެއް ބާއްވާނެ ގަޑިތަކާއި ތަން ހަމަޖައްސައިލުމަށެވެ. ސްކޫލްގެ އަންހެންކުދިންގެ ކެޕްޓަނަށްވުމުން ބާއްވާ ކޮންމެ ހަރަކާތެއްގައިވެސް އޭނާ ބައިވެރިވަނީ ވާހިތުންނެވެ. ނުވަގަޑި ބަޔަށް ސްކޫލަށް ދާން ގަޑިކިޔާފައި އޮތީ ފިރިހެން ކެޕްޓަން ‘އެޑަމް’، ސްޕޯރޓްސް ކެޕްޓަނުން ކަމަށްވާ މާރލިއާ އަދި ތޯމަސްގެ އިތުރުން ސްޕޯރޓްސް ވައިސް ކެޕްޓަނުން ކަމަށްވާ ވެލެންޓީނާ އާއި ޖޭޑެނަށެވެ.
އަނެއްކާވެސް ގުގުރައިގަތެވެ. މަޑު ހިނގުމެއްގައި ވާރެއާ ތެމެމުން އައި ޖެސިކާ މިފަހަރު ދުއްވައިގަތީއެވެ. ގެއާ ސްކޫލު އެހާ ދުރުނޫންކަމުން ދުވަމުން ދުވަމުން އައި ޖެސިކާއަށް މާކަގިނައިރުތަކެއްނުވެ ސްކޫލާ ހަމައަށް ފޯރައިފިއެވެ. ސްކޫލްގެ ގޭޓް ހުރީ ލައްޕާފައެވެ. ގޭޓުގައި ހިފާ ހުޅުވާލިއެވެ. ކޮރިޑޯތެރެ އޮތީ ވަރަށް ފަޅުކޮށެވެ. ބޮކިތައް ނުދިއްލާ ހުރުމުގެ ސަބަބުން ވަރަށް އަނދިރިއެވެ. ފާރަވެރިޔާ ކަމަށްވާ އެންތޯނީ ފެންނާކަށް ނެތެވެ.
ޕިސްޕިސް ތަޅަމުން އައި ޖެސިކާ ހުއްޓިލީ ބޮކިތައް ދިއްލާ ސްވިޗްތައް ހުރި ދިމާލުގައެވެ. ބޮކިތައް ދިއްލަން އުޅެފައިވެސް އަޅާނުލާ ވަދެގެން ދިޔައީ ރިސެޕްޝަނަށެވެ. އޭނާއަށް މިހެން އަނދިރިކޮށް އޮތުމުން މާރީއްޗެވެ. އަނދިރި ތަނަކަށް ވާރޭވެހޭނަމަ ޖެސިކާއަށް އެތަން ވަރަށް ރީތިވެއެވެ.
“އެޑަމްމެން ނާދޭތަ؟” ރިސެޕްޝަނުގައި އިން ހަމައެކަނި ފަރާތްކަމަށްވާ ރިސެޕްޝަނިސްޓު މޭރީ ގާތު އަހާލިއެވެ.
“އާނ، މަށަށް އެނގިގެން ނާދޭ. މިއޮށް ވިއްސާރައިރުވެސް ތިއައީ ކީއްވެ؟ ރަނގަޅަށްވިއްޔާ އެޑެމްމެންވެސް މިރޭ ތިބޭނީ ރަޖާލައިގެން ނިދާފަ.” މޭރީ ބުނެލިއެވެ. އޭނާ އިނީ ހީކަރުވާވަރުން މެރޫންކުލައިގެ ބޮޑު ޖެކެޓަކުން ހަށިގަނޑު ނިވާކޮށްލައިގެންނެވެ.
ޖެސިކާ އަޑުއިވުނުކަމަށްވެސް ނުހަދާ އެތަނުން ނިކުމެގެން ދިޔައީއެވެ. މޭރީގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. މިއީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ ރަނގަޅަށްވިއްޔާ އޭނަ ސްކޫލަށް އަންނާނީވެސް އެކަންޏެވެ. މިއޮށްފަދަ ފިނި، އަނދިރި ރޭގައިވެސް ބިރެއް ފިކުރެއް ނެތި އެއައީއެވެ. އެހެންނޫނަސް މިކަހަލަ ރޭތަކުގައި މީހުން ސްކޫލަށް އާދޭހެއްޔެވެ؟ އޭނާއަށް ވާނެނަމަ، މިހާރު މޭރީ އިންނާނީ ގޭގައެވެ. އެކަމަކު ޖެސިކާމެން މިރޭ ސްކޫލަށް އަންނަ ވާހަކަ ބުނެފައި އޮތުމުން އެމީހުން އެކަނިކޮށްނުލަންވެގެން އައީއެވެ. އެޑެމްމެން ނަޔަސް ޖެސިކާ ކޮންމެ ގޮތެއް ހަދާފައިވެސް އަންނާނެކަން އޭނައަށް އެނގެއެވެ. އެހެންވިޔަސް، އޭނާ ޖެސިކާދެކެ ވަރަށް ލޯބިވެއެވެ. ބުނާ ކޮންމެ ކަމެއް ބުނި ގޮތަކަށް ކުރާ ބަސްއަހާ ކުއްޖަކަށް ވީތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

PluviophileNyctophilia

Level 110 Stories

Other Articles

Previous

އިންތިޒާރު 38

Next

ޝުދޫ…. (5) ވަނަ ބައި

Next
July 23, 2015

ޝުދޫ…. (5) ވަނަ ބައި

Previews
July 22, 2015

އިންތިޒާރު 38

12 Comments!

  1. ifaasha says:
    July 22, 2015 at 11:21 pm

    V nice

  2. nukko says:
    July 22, 2015 at 11:24 pm

    Reethi feshumeh.. ekm English names thakeh v ma kudakoh foohi.. and ur name too writer… v unique.. hooe namaa ehvarah mi story vs unique vaane kamah.. lookin forward to nxt part.. nxt part thankolheh dhigukohllacheyyy… Waiting…..
    Bst of luk……
    🙂 🙂 🙂 🙂 🙂

  3. naj says:
    July 22, 2015 at 11:44 pm

    Nyce ….. Pretty interesting.. Hope to c the next part tomorrow… Gud luck 🙂

  4. Aifa says:
    July 23, 2015 at 12:11 am

    Thankolheh kuru dhigu koffa thi english name badhal kollaba. Kiyan undhagoo.. Reethi vaahaka feshun

  5. Anonymous says:
    July 23, 2015 at 1:14 am

    Feshun salhi

  6. dhonthi says:
    July 23, 2015 at 1:25 am

    ‘uniform ge meymatheega 2bariyah haehka kalhukulaige bodethi goh’ liyefa ineema varah alhaiganey….aslu innaaneee kalhukulaige bodethi haehka goh…visnaaleemavex ingeyne haehka kalhukula eh nukiyeyne kan…umeedhu kuran ethankolhu rangalhu kohlaane kamah…n next tym mikahala mistake nufennaane kameh 🙂

  7. naamaaney says:
    July 23, 2015 at 1:28 am

    bulhifan isthashigandu hureytha ehvex meehege

    1. Hfhhjm says:
      July 24, 2015 at 12:45 am

      Yeah. Ekahala isthashi gadah kiyaanee wavy hair.
      lol.

  8. thoo says:
    July 23, 2015 at 5:35 am

    Mammoai mioh nameh dhw, kiyan vx neyge..
    V v nice hen heeve vaahaka, feshun v reethi, ekm ma kury

  9. PluviophileNyctophilia says:
    July 23, 2015 at 11:32 am

    Aslu mi vaahakaiga dhakka dheyn mi ulheny igireysi mujuthama eh. ehenve igireysi nanthah beynun kohfa e hury.
    dhonthi namuga comment kuri faraathah shukriyya. Alhugandu beynumeeves thi kahala comment thah kiyaalan. Kuriah oi thaaga ves vaahakaiga huri kuhthah faahaga kohdhy. Eyrun ragalhu kuran faseyha vaany.
    Naamaaney, mee khiyaaly vaahaka eh, ehen veema hama faharehga huredhaane ehnu. HeHe.
    Shukuriyya Hurihaa kudhinge khiyaalthakah.

  10. xaa says:
    August 21, 2015 at 11:05 am

    Nice starting

  11. modish says:
    June 24, 2016 at 5:03 pm

    Feshun salhi ekam tankolheh odu english names beynu kureema

Comments are closed.

Next Episodeނާމާނޭ…2←


All Right Reserved!