Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ******* (9) ވަނަ ބައި

DESTINY2020 Level 210 Stories
July 30, 2015 4 Mins Read
14 Comments

” މާދަމާ 10 ޖަހާއިރަށް އައި.ޖީ.އެމް ހޮސްޕިޓަލަށްދާތި. އަހަރެން ފަތިސް ފަތިހާ ތެދުވެ ޢާޒިމްއަށް ހިތުގެ ބަލީގެ ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓެއް ހައްދަދޭނަން. އެތާ ރެސެޕްޝަންގަ އިންނާނީ އަހަރެންގެ ދައްތަ. އަދި ޢާޒިމް މަރުވެގެން މިވާހަކަ ރީއްޗެއް ނުވާނެ.” ޝުދޫއަކީ ދިމާކުރަންވެސް އެއްވަނައެވެ.

” ހިތުގެ ބަލީގެ ޑޮކްޓަރަކަށް ދެއްކިޔަސް މިހިތުގެ ރިހުމަށް ލުޔެއް ނުލިބޭނެ. މިކަމަށް ހަމައެކަނި އެހީތެރިވެވޭނީ ޝުދޫއަށް. ދެން އަހަންނަށް އާނއެކޭ ބުނަންވީނު. އިންސާނެއްގެ ހިތަށް ތިހާ ވަރަށް އަނިޔާކުރާކަށް ނުވާނެ.” އަހަރެން ބުނީމެވެ.

” އަހަރެން އެއްވެސް މީހެއްގެ ހިތަށް އަނިޔާއެއް ނުކުރަން. ޢާޒިމް އަމިއްލައަށް އަނިޔާ ތިލިބިގަންނަނީ. ދެން ބާއީ.” ޝުދޫ އޮފްލައިން ވީ އެހެން ބުނުމަށްފަހުގައެވެ.

އަހަރެންވެސް ކުޑައިރުކޮޅަކުން އޮފްލައިންވީމެވެ. ޝުދޫގެ ފަރާތުން އަހަންނަށް ހިތްއެދޭ ޖަވާބެއް ނުލިބޭނެކަން އަހަންނަށް އިނގެއެވެ. ލޯތްބަކީ ހަމަ މިހާ ހިތި އެއްޗެއްހެއްޔެވެ؟ އެކަން އަހަންނަކަށް ނޭނގެއެވެ. އެނގޭނަމަ، އަހަރެން ޝުދޫދެކެ ލޯތްބެއްނުވާނަމެވެ. މައްސަލައަކީ އަހަރެންގެ މައްސަލައެވެ. ނުފެނި އަހަންނަށް ޝުދޫދެކެ ލޯބިވެވުނީއެވެ. އަހަންނަށް އިނގެއެވެ. ޝުދޫ ދުވަހަކުވެސް އަހަރެންދެކެ ލޯތްބެއް ނުވާނެއެވެ. އެކަމަށް ވިސްނާނެކަމެއްވެސް ނެތެވެ. ރަނގަޅަށް ވިއްޔާ މިހާރު ޝުދޫގެ ލޯބިވެރިޔަކު ހުންނާނެއެވެ. އަހަރެންމީ ކާކު ހެއްޔެވެ؟ އަހަރެންގެ ވިސްނުން ބަދަލުކުރަންވެއްޖެއެވެ. ވަގުތު ފާއިތުވުމުގެ ކުރިންނެވެ. އެއަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެއެވެ. އެކަން އަހަންނަށް އިނގެއެވެ. އެކަމަކު އަހަރެންގެ ހިތްއެކަމަށް ނޭދެނީއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ބައެއް ފަހަރު، އަހަރެންގެ އަމިއްލަ ހިތަށް އަހަންނަށް ބާރުވެސް ނުފޯރުވެއެވެ.

އަހަރެން ނިދަންވަނީ ވަރަށް ފުންކޮށް ވިސްނުމަށްފަހުގައެވެ. އަހަރެންގެ ޙަޔާތާއި ދޭތެރޭގައެވެ. އަހަންނަށް އިނގެއެވެ. އަހަރެންގެ ހުރިހާ އެދުމެއް ދިރިއުޅުމުގައި ޙާޞިލުނުވާނެކަމެވެ. އެކަމަކު، އަހަރެން މަސައްކަތްކުރާނަމެވެ.

އަހަންނަށް ނިދެން އުޅެނިކޮށް ފޯން ރިންގްވާން ފެށިއެވެ. ފޯނަށް ބަލާލިއިރު، ގުޅަނީ ޝިފާއެވެ. އަހަރެންގެ ހިތަށް އެރިއެވެ. މީ ޝިފާ އަހަންނަށް ގުޅަންޖެހޭ ގަޑި ހެއްޔެވެ؟ ދެޚިޔާލެއްގައި އޮވެފައި އަހަރެން ފޯން ނެގީމެވެ.

” ނިދަނީތަ؟” ޝިފާ ފުރަތަމެވެސް ކޮށްލީ އެސުވާލެވެ.

” ނިދޭތޯ މަސައްކަތްކުރަނީ.” އަހަރެން ކުރު ޖުމްލައަކުން ބުނީމެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ!” ޝިފާ މަޑުމަޑުން ހެމުން ބުނެލިއެވެ.

” އިޓްސް އޯ.ކޭ. އެއީ ދެން ވަރަށް ކުޑަކުޑަ ކަމެއްނު.” އަހަރެން ބުނީމެވެ.

” ޢާޒިމްއަށް ވަރަށް ކުޑަކުޑަ ކަމަކަށް ވިޔަސް، އަހަންނަށް އެއީ ވަރަށް ބޮޑުކަމެކޭ. ތޭންކްސް ވަންސް އަގެއިން.” ޝިފާ ދެވަނަ ފަހަރަށް ޝުކުރު އަދާކުރިއެވެ. .

” ކޮން އިރަކުންތަ ޝިފާ ނިދަނީ؟” އަހަރެން އަނހާލީމެވެ.

” ނުނިދިގެން މިއުޅެނީ. އާދެބަލަ ނިންދަވަން.” ޝިފާ ސަމާސާ ރާގަކަށް ބުނެލިއެވެ.

” ހަމަ އަސްލުވެސްތަ؟ މިދަނީ އިނގޭ. އެކަމަކު، ތިގެ ހުންނަ ތަނެއްވެސް އަދި ނުބުނަމެއްނު.” އަހަރެން މަޑުމަޑުން ބުނީމެވެ.

” ނޫނޭ. އަންނާނެކަމެއްނެތް. އަހަރެން އެކަނި ނިދާލަފާނަން.” ޝިފާ މަޖާރާގަކަށް ބުނެލިއެވެ.

” ދެން އޯކޭ. ވަރަށް ނިދި އައިސްފި. އޯކޭތަ އަހަރެން ނިދިޔަސް؟” އަހަރެން ހުރީ ވަރަށް ނިދި އައިސްފައެވެ.

” އޯ.ކޭ. ހަމަ ނިދަންވީ. އެކަމަކު އަހަރެން މިގުޅީ ވާހަކަ އެއް ބުނަންވެގެން. މިގަޑީގަޔެއް ނޫންދޯ ބުނާނީ؟” ޝިފާ އަހަރެންގެ ގާތު ބުނަން އުޅެނީ ކޮން ވާހަކައެއް ބާވައެވެ؟

” ނޫނޭ. ތިބުނަން އުޅޭ ވާހަކައެއް މިހާރު ބުނެފިއްޔާ ވަރަށް ރަނގަޅު. އޭރުން އަހަރެން ހިތްހަމަޖެހޭނީ.” ޝިފާ ބުނާނީ ކީކޭބާވައެވެ؟

” ނޫނޭ. ފަހުން ދިމާކޮށްފަ ބުނާނަން. އޭރުން ރަނގަޅުވާނީ؟ ދެން ޢާޒިމް ނިދާ.” ޝިފާ ބުނެލިއެވެ.

” ތިހެން ހެދުމުން އަހަންނަށް ނުވެސް ނިދޭނެ. ދެން ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ.” އާދޭސްކުރުމުގެ ރާގަށް އަހަރެން ބުނީމެވެ.

” އަހަރެން ބުނަން އުޅުނީ… ބުނަން އުޅުނީ.. ނޫން ފަހުން ބުނާނަން.” ޝިފާ ކުއްލިއަކަށް ފޯން ބޭއްވީ އެހެން ބުނުމަށްފަހުގައެވެ.

އަހަރެން ހިތަށް އެރިއެވެ. ޝިފާ ބުނަން އުޅުނީ ކީކޭހެއްޔެވެ؟ ޝިފާގެ ހިތުގައި އަހަންނަށް ވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ޝިފާ ދައްކާނީ ކޮން ވާހަކައެއް ބާވައެވެ؟ ޝިފާ ބުނަން އުޅުނު އެއްޗެއް ނުބުނެ ފޯން ބޭއްވީ ކީއްވެގެން ބާވައެވެ؟ އަހަރެން ނުރުހުންވެދާނެތީ ބާވައެވެ؟ ނޫނީ ބުނަން އުޅޭ ވާހަކަ ބޮޑުކަމުން ބާވައެވެ؟ އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަންހެނުންގެ ހިތަކީ ފުން ކަނޑެއް ކަހަލަ އެއްޗެއް ކަމެވެ. އެއް ދުވަހަކުން އަންހެން ކުއްޖަކު ދަހެއްނުވާނެއެވެ. އެހެން މީހަކުވެސް މެހެވެ. މީހުންނާއިއެކު، ގިނަ ދުވަސްހޭދަކޮށް ދަސްކުރަން މަޖުބޫރުވަނީ އެހެންވެގެންނެވެ. އަހަންނަށް ނިދުނީ އެފަދަ ފުން ޚިޔާލުތަކެއްގައި އޮއްވައެވެ. .

އަހަންނަށް ހޭލެވުނީ އިމާން ގުޅަން ފެށުމުންނެވެ. ފޯންގެ ރިންގްގެ އަޑާއިއެކު، އަވަސް އަވަހަށް ގަޑިއަށް ބަލާލީމެވެ. ކަމަކުދާކަށް ނެތެވެ. ދިހައެއް ޖަހަނީއެވެ. މިހާރު އޮފީހަށް ދާ ގަޑި ޖެހުނީއެވެ. ދެންވާނީވެސް އެހެންނެވެ. ދުނިޔޭގެ ހުރިހާ ކަމަކާއި ވިސްނަންޖެހެއެވެ. ލޯބި ހޯދަން އެބަޖެހެއެވެ. އެއާއި ނުލާ ދިރިއެއް ނޫޅެވޭނެތާއެވެ.

” ދެންމެ ދޯ ތިހޭލީ. ތަންކޮޅެއް އަވަސްކޮށްލައިގެން އޮފީހަށް އާދެބަލަ.” އިމާން ފޯން ނެގުމަށްފަހު ފުރަތަމަވެސް ބުނީ އެހެންނެވެ.

” އަވަސްކޮށްލައިގެން މިދަނީ.” އަހަރެން ފޯން ބޭއްވުމަށްފަހު ވަނީ ފެންވަރާށެވެ.

ފެންވަރާ ނިމިގެން އަވަސް އަވަހަށް ތައްޔާރުވެލީމެވެ. ގަމީސް ހޯދިއިރު، އަޅުވާފައި އިން ކޮނޑުގައި ނެތެވެ.

” ކޮބާތަ މަގޭ ގަމީސް. އަނެއްކާ އެހެން މީހަކު ދިޔައީތަ އެލައިގެން؟” އަހަރެން ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.
” ޢާޒިމްގެ ގަމީސް ލާނެ އެހެން މީހަކު އުޅޭނެތަ މިގޭގަ؟” ޒަހާ ޖަވާބު ދިނެވެ.

” ތިއެއް ނޭނގޭ. އަހަރެން ބެހެއްޓި ތަނުގައި ނޯންނާނީ. ކޮންމެވެސް މީހަކު ނެގުމުންނެއްނު. ނުވަތަ ފޮރުވުމުންނެއްނު. ދެންވެސް އަވަހަށް ގަމީސް ފެނޭތޯ ބަލާބަލަ.” އަހަރެންގެ އަޑު ތަންކޮއް ގަދަވިއެވެ.

” ތިހެން ވަނީ ހަމަ ހޭގައި ނުހުންނާތީ. ދެންވެސް ހަމައިގައި ހުންނަން ދަސްކޮށްބަލަ.” ސުހާ ދިމާކުރަން ފެށިއެވެ.

“ޔޭ މޭރާ އަޕްނާ ކާމްހޭ. ތޫ ޗުޕް.” އަހަރެންވެސް މިހާރު ހިންދީއަށް ދަށް ނުވާނެކަން އަންގަންވެގެން ޖަވާބުދިނީ ހިންދީންނެވެ.

” ތޫ ޕާގަލްހޭ. އޯ.ކޭ.” ސުހާ އެހެން ބުނުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަހަރެން އަވަސް އަވަހަށް މުޅި ކޮޓަރި ތެރެއާއި ގޭތެރެ ބަލާ ހޯދަމުން ދިޔައީމެވެ. އެންމެ ފަހުން ގަމީސް އޮތީ ހަމަ އަހަރެން ބޭއްވިތަނުގައެވެ. ދެން ވާނީވެސް ހަމަ މިހެންނެވެ. އަވަސް ކުރަން އުޅެން ހަދައިގެން އަހަންނަށްވެސް ވާނުވާ ހަމަ ނޭނގެނީއެވެ. ދެން ވެސް އަވަސް ކޮށްގެން އަވަހަށް އޮފީހަށް ދާންވީއެވެ. ނޫނީ މިއަދުގެ މަސައްކަތްތައް މާދަމާއަށް ފުނިޖެހޭނެއެވެ.

“އަދި ކިރިޔާދޯ ތިއާދެވުނީ؟” އަހަރެން އޮފީހަށް ވަތްއިރު، އިމާން އިނީ އޮފީހުގައެވެ.

” ދެން ވާނީ މިހެން. މިޝިފާއަށްވެސް ގުޅަން އެނގެނީ ދަންވަރު ދޭއްގެ ފަހުން ވިއްޔަ.” އަހަރެން ހިތްހަމަނުޖެހޭ ރާގަކަށް ބުނީމެވެ.

” މިހާރު ގުޅަން ފެށީތަ ޝިފާވެސް؟ ކޮބާތަ ޢާޒިމްގެ ސްވީޓްހާޓް ޝުދޫ؟” ދެފަހަރުން އެއް ފަހަރު ޝުދޫގެ ވާހަކަ އިމާން އަނހާނެއެވެ.

” މިގަޑީގައި ބޭކާރު ވާހަކަތައް ނުދައްކާ އޮފީސް މަސައްކަތްތައް ނިންމަން އުޅެމާ ހިނގާ. ދެން ކުޑަ ބްރޭކެއް ނަގާފައި މިހާރުގެ ސްޓޭޓަސް ކިޔައިދޭނަން.” އޮފީސްގަޑީގައި އަމިއްލަ ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއް ނޫންތާއެވެ.

“ތިވީ މާރަނގަޅަކަށްނު.” އިމާން މަސައްކަތް ކުރަން ފެށީ އެހެން ބުނުމަށްފަހުގައެވެ.

އަހަރެން އޮފީހުގައި މަސައްކަތް ކުރަމުން ދަނިކޮށް، ކުއްލިއަކަށް ޝުދޫ ގުޅިއެވެ. އަހަރެން އަޅައެއް ނުލަމެވެ. އަހަންނާއި ދޭތެރޭގައި އެވަރުން އަޅާނުލާމީހަކާއި އަހަރެން އަޅާލުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ؟ މިވީ ހުރިހާ ދުވަހު އަހަންނަށް ދެއްކުނީ ހުސްވާހަކައެވެ. ޝުދޫ ހުންނަނީ ކިހިނެއްކަން އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެއީ އަންހެން ކުއްޖެއްކަމެވެ. އަހަރެން އާދޭސްކޮށް ހަލާކުވެއްޖެއެވެ. އިތުރަށް އާދޭސްކުރަމުން ދުވަންވީ ބާވައެވެ؟ ބުނާތީ އަޑުއަހަމެވެ. ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނާނެއެވެ. އެއީ ތެދެއްހެއްޔެވެ؟ ލޯބީގައި އެބުނީ ހައްދެއް އެބަ އޮވޭހެއްޔެވެ؟ އެހެންކަމަށްވާނަމަ، ޝުދޫއަށް އަހަރެން ޝުދޫދެކެ ލޯބިވާވަރު ހާމަކުރަން އަމިއްލައަށް މަރުވަން ވީ ބާވައެވެ؟ އޭރުން އެވަނީ ކޮން އެއްޗަކަށް ހެއްޔެވެ؟ އަހަންނަށް ޝުދޫގެ ލޯބިލިބޭނެހެއްޔެވެ؟ ނުލިބޭނެއެވެ. އޭރުން ހުރިހާ ކޮލަކުންވެސް ލިބޭނީ ގެއްލުމެވެ. އެހެން ހަދާކަށްނުވާނެއެވެ.

“ހާދަވަރަކަށް ތިވިސްނަނީ؟” ކޮފީއަށްގޮސް އަހަރެން މަޑުމަޑުން އިނުމުން އިމާން އަނހާލިއެވެ.

” ދުނިޔޭގެ ދިރިއުޅުން ދަންނާށެވެ. އެއީ ހުވަފެނެކެވެ. އެކަމާއި މިވަރަކަށް މިވިސްނަނީ.” އަހަރެން މަޑުމަޑުން ބުނީމެވެ.

” އެހެންތަ؟ ތިކަން އެންމެންނަށްވެސް އިނގޭ. އެކަމަކު، ތިކަމާއި ވިސްނަނީ ކިތައް މީހުންބާވައޭ އަހަރެންގެ ހިތަށް އަރަނީ؟” އިމާންވެސް ބުނީ ރަނގަޅުވާހަކައެކެވެ.

” މީހަކު ނުވިސްނިޔަސް އަހަރެން އަބަދުވެސް އެކަމާއި ވިސްނަން. އިމާން ނުވިސްނަންދޯ.” އަހަރެން މަޑުމަޑުންބުނީމެވެ.

” އަހަންނަކަށް ނޫޅެވޭނެ މާ ގިނަ ވިސްނުންތައް ބޮލުގައި އަޅައިގެނެއް. ލައިފް އިސް ސިންޕަލް. ދެޓްސް މައި ސްޕިރިޓް.” އިމާން ވަރަށް ރީތިކޮށް ބުނެލިއެވެ.

” މިއަދު ތިހެން ބުނާނެ. މާދަމާ އަހަރެން ދެކޭނަން ތިބުނާ ރޫޙްގައި ހުރި މީހާއަށް ވާގޮތް.” އަހަރެން ދިމާކޮށްލީމެވެ.

” އަހަރުން ތިބޭނީ މިހެން. މިނުވާނެ ބަދަލެއް. އޭރު އޮންނަ ގޮތަކަށް އުޅުނީމަ އޯކޭވާނެ. ޢާޒިމްގެ މައްސަލައަކީ ހަމައެކަނި ޝުދޫއަށް ހުސްވެގެން ހުރުން. އަހަރެންގެ ހިތަށް އަރާ މިހާރު ތިބުނާ ޝުދޫއަކީ ދުނިޔޭގައި އުޅޭ މީހެއް ބާވައޭވެސް. އޭ. އަނެއްކާ ޖިންނިއެއްތަ އެއީ؟” އިމާން ހެމުންހެމުން ވާހަކަ ދެއްކިއެވެ.

” އަހަރެން މިހާ ސީރިއަސްކޮށް ވިސްނަމުން ދާއިރުވެސް، އިމާން ޖެހޭތަ ދިމާކުރަން؟ ދިރިއުޅުމަކީ ފިލްމެއްނޫނޭ އަހަންނަކަށް.” އަހަރެން ކުޑަކޮށް ހިތްހަމަނުޖެހުނެވެ

” އެކަމަކު، ދިރިއުޅުމަކީ ހަމަ ފިލްމެއް. ބަލާބަލަ. ޝިފާއަށް ކިހާ ސަޅި އޭނަ. ދެން އެކަން ކުރަން އުޅެބަލަ. އެކަހަލަ ސްވީޓީއެއް ކޮންތާކުންތަ މިރާއްޖޭން ހޯދާނީ؟ ހުސްބުޅީގަ ގަންނަމުންދާއިރު ނަނަށް ދަމާނުލާ ކެއުޅުންނަށް ހާހެއް ނުބޭނޭނެ.” އިމާން މޮޅު އެއްޗެއް ބުނެލިއެވެ.

” ދެން މޮޅު ވާހަކަ ނުދައްކާ ހިނގާ ދަމާ. މިހާރު ދެން އިތުރަށްވެސް ވާހަކަ ދެއްކިއްޖެ.” ކޮފީ މޭޒުން ތެދުވަމުން އަހަރެން ބުނީމެވެ.

އޮފީސް ނިމިގެން ގެއަށް ދިއުމަށް ތައްޔާރުވެލީމެވެ. ޝިފާ ގުޅަން ފެށީ ދެނެވެ. ދެޚިޔާލެއްގައި ހުރެފަ އަހަރެން ފޯން ނެގީމެވެ.

” ވަރަށް ބިޒީތަ؟” ޝިފާ ފުރަތަމަވެސް ބުނީ އެހެންނެވެ.

” ނޫނޭ. ކީއްތަ ކޮށްދޭންވީ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ.

” ބުނާ ކޮންމެ ކަމެއްވެސް ކޮށްދޭ ގޮތައްތަ ތިހުންނަނީ؟” ޝިފާވެސް ވަކި ދަށެއް ނޫންތާއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހަތަރު އުދަރެސް (13)

Next

ނާމާނޭ…9

Next
July 30, 2015

ނާމާނޭ…9

Previews
July 30, 2015

ހަތަރު އުދަރެސް (13)

14 Comments!

  1. Shia says:
    July 30, 2015 at 5:50 pm

    So?

  2. Smile says:
    July 30, 2015 at 5:51 pm

    Nc… When is next part?

  3. Kayani says:
    July 30, 2015 at 6:15 pm

    Reethi kn irakun nxt part.. mee anekaa ma ge life stwry tha haadha heeveyey.. e ee dhivehi vaahaka site ga vaahaka lee iru shudhu ah specially ey liyfa ineema

  4. Kayani says:
    July 30, 2015 at 6:16 pm

    Sorry ma noon amaaz..

  5. Amaaz says:
    July 30, 2015 at 6:17 pm

    ESPECIALLY DEDICATED TO ONE N ONLY SHUDOOOOO

    1. sumone says:
      July 30, 2015 at 10:08 pm

      btw who is shudoo??????????????????????????

  6. nukko says:
    July 30, 2015 at 6:27 pm

    reeethi.. kn irakun nxt part…………………..

  7. Thahoo says:
    July 30, 2015 at 7:48 pm

    Wow vvvv salhi

  8. Fathun says:
    July 30, 2015 at 8:19 pm

    Its too short!!! Bt nice waiting for the next part

  9. Shabee says:
    July 30, 2015 at 9:15 pm

    Too too too short…. amaaz ehfaharaa kuru vaahaka thah alhaala gothah prt eh genesdhybala alhe 🙂 eyrun v happy vaane….v reethi ekam…

  10. Hudhu says:
    July 30, 2015 at 9:27 pm

    Just love this story. waiting for next part

  11. sumone says:
    July 30, 2015 at 10:09 pm

    varah salhi mi part ves…….. when is the next part…….. avahah dhn in part uo kurahchey……

  12. neel says:
    July 31, 2015 at 12:36 am

    Who is Shudhoo? U ge goma fulhu tha?

    1. sumone says:
      August 1, 2015 at 11:25 am

      hehe….. vedhaane dhw ehn kamah ves….. 😛 😛

Comments are closed.

Next Episodeޝުދޫ ******* (10) ވަނަ ބައި←


All Right Reserved!